ގޮތް ހުސްވެފައި ހުރީމޭ..22
“އަހަރެން ރުފިޔާ ދިނީމަތަ ތި ކެއްކީ؟” އިނާން ޔަގީން ކޮށްލަން އަހާލިއެވެ.
އާނ އެކޭ ބުނުމުގެ ގޮތުން އަހަރެން ބޯ ޖަހާލީމެވެ. އެވަގުތު އިނާން ސިއްރު ސިއްރުން އަހަރެންގެ އަތުގައި ހިފާލިއެވެ. އިޔާނަށް ފެނިދާނެތީ އިނާންގެ ހަރަކާތްތައް ހުންނަނީ އެފަދަ ގޮތަކަށެވެ. ގާތްވެލާނެ ވަގުތު ލިބިއްޖެނަމަ އިނާން ކަންތައް ކުރަނީ އެހެނެވެ.
“އަހަރެން ނޫޅެން އަތޫފުއާ އިންނާކަށް. ބަލައްޗެ. އިނާން އެހެން ބުނީތީ ވެސް…. އިނާނަށް ލާހިކެއް ނޫން އެހެން މީހަކާ އެކީ އުޅޭކަށް.” ރުޅި އައިސްފައިވާ ނަޖްދާ މޫނު ފުސްކޮށް ލައިން އަތޫފަށް ޖަވާބު ދިނ






