ފިޠުރު ޢީދުގެ ތަހުނިޔާ
ޢީދު މުބާރަކް
މާތް އެ ރަމަޟާންގެ ބަރަކާތް ހިތްތަކަށް ފެތުރުނީ
މާތް ދުވަސްތައް ސަލާމާ އަލްވިދާ އިން ނިންމަނީ
ވަކިވެ ދިޔަ އަޅުކަން ކުރަން ލިބުނު ރަން ފުރުޞަތު
ވަކިވުމުން ހިތުގައި ހިތާމައިގެ އަސަރެއް އުފެދެނީ
އުފަލުން މިއައި ފިޠުރު ޢީދުގެ ބަރަކާތާ އުފާވެރިކަން
ހިތްތަކަށް ލިބިދޭ މި ޢީދުގެ ހެޔޮ ދުޢާތައް ކޮށްލަނީ
ކުޑަކުދިންނާ އެހެން އެންމެން އުފަލުގައި ކޮށްލާ މަޖާ
ބައިބަޔަށް ހަދިޔާ ބަހާލާ ޢީދުގެ އުފާވެރިކަން ދެނީ
އަޟްޙާ ޢީދުގެ ފޮނި އިންތިޒާރުގެ ހުވަފެން ތަކުން
އަންނަންވި ޙައްޖާ އެކީ ބޮޑު ޢީދަށް ހިތުން އެދެނީ
އަންނަ އަހަރުގެ ރޯދައާ ބައްދަލުވުމަށް އެދި ކުރަމުން ދުޢާ
އާއިލާއާ އެކުވެރިންނަށް ކިޔަމޭ މުބާރަކް ޢީދުގެ ތަހާނީ
***
އައްސަލާމް ޢަލައިކުމް، މީ އަޅުގަނޑު ޅެމެއް ހަދަން ކުރި ފުރަތަމަ މަސައްކަތެވެ. މި މަސައްކަތް ކުރެވުނީ އެހެން ފަރާތްތަކުގެ އެހީއާވެސް އެކުގައެވެ. މީ ކިޔުންތެރިންނަށް އަޅުގަނޑުގެ ފަރާތުން ހަދިޔާއެކެވެ.
ޢީދު މުބާރަކް!
ޝުކުރިއްޔާ!
16 Comments!
Comments are closed.








Ma Sha Allah ❤️
Reethi lhemeh
عيد مبارك 🤍
thank you ❤️
Lhen vrh Reethi MA! 💗
Keep it up Btw
✨ عيد مبارك
thank u ❤️
Eid mubarak
eid mubarak ❤️
EID MUBAARAK marsha 🌙🕌
Hope u enjoy the eid!💫
The lhen v reethi ❤️🤌
thank u ❤️
Lhen Vrh Reethi MA!!!! ✨💗
عيد مبارك✨🖤
thank u ❤️
Lhen vrh reethi maashaa Allah….
EID MUBARAK
when stry ge next part??
thank u ❤️, InshaAllah varah avahah vaahaka genesdheyn fashaanan
MA…it’s so so sweet my dear Author!
Eid Mubarak! 🖤🥀
Wishing you this special occasion with a moment to relax on your fastings!
& Success is Ahead on you’re daily life!! 🖤🖤
thank u dear
EID mubarak
eid mubarak, thank u