ރުއި ރުއި ވަރުބަލި ވުމުން އަހަރެން ވަނީ ކޮޓަރިއަށެވެ. ދެން އެކޮޓަރިގަނޑުން ނުނިކުންނަން ހިތުލައިގެންނެވެ. ބަނޑުހައިވި އަސް ހެވެ. ބަނޑަށް މަރުވާނީއެވެ. އެގޮތް ވެސް މާރަގަނޅު ވާނެއެވެ. މި ތާގައި ދިރިއުޅުމަށް ވުރެއް ކައްވަޅެއްގައި އޮތަސް މާ ހިތްހަމަ ޖެހުން ލިބޭނެއެވެ.
*ޕާރޓް-5*
އޭގެ އަނެއްދުވަހު ހެނދުނު އަހަރެން ފެންވަރައިލައިގެން އަނެއްކާ ވެސް ވަނީ ކޮޓަރިއަށެވެ. ބޭރުގައި އިންނަ ހިތެއް ނުވެއެވެ. އަހަރެންނާއި މެދު ނުވިސްނާ މީހުން ތަކެއްގެ ކުރިމަތީގައި އަހަރެން ހުންނާކަށް ބޭނުމެއް ނޫނެވެ. އެމީހުންނާއި އެކީ އެއްމެ ވަގުތު ކޮޅެއް ވެސް ހޭދަ ކޮށްލާކަށް އަހަރެން އެއްގޮތަކަށް ވެސް ބޭނުމެއް ނޫނެވެ. އެމީހުން ކާރީ އަހަރެން ބަލިވާކަަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެންމީ ވަރަށް ހިއްވަރުގަދަ އަންހެން ކުއްޖެކެވެ. އަހަރެންމީ ނަފްސާނީ ގޮތުން ވަރަށް ވަރުގަދަ ކުއްޖެކެވެ. އެކަން އެނގިގެން ދަނީ މިއޮށްހާ އަހަރުވެދިޔައިރު ވެސް އަހަރެން ކެއްކުރީމައެވެ. އަހަރެންނަށް ޔަޤީންނެވެ. އެހެން މީހެއް ނަމަ އަމިއްލަ ފުރާނަ ނަގާލީސް އެވެ.
ސުކޫލު ވޯކްޝީޓް އެއް ހަދަން އިންދައި ތަޅުދަޑި ފަތިން ކޮޓަރި ދޮރުހުޅުވި އަޑު އިވުނެވެ. އަހަރެން ބޭނުންވީ ހަޅޭ ލަވައިގަންނާށެވެ. ދުއްވައިގަންނާށެވެ. މިތަނުން ދުވެ ފިލާ ރައްކާވާށެވެ. މިހުރިހާ ހަދާން ތަކާއި ދުރައްދާށެވެ. ނަމަވެސް މިއީ މަންމަގެ ގެޔެއް ނޫންހެއްޔެވެ؟ މަންމަ އަށް މިތަނަށް ވަނުމުގެ ހައްޤު އެބައޮތެވެ. އަހަރެން އެނބުރި ބަލައިވެސް ނުލަމެވެ. އެކަމަކު އެނބުރި ބަލައިލަން އަހަރެންނަށް މަޖުބޫރު ކުރުވީ މަންމަ އަހަރެންގެ އަލަމާރި ހުޅުވުމުންނެވެ. އޭރު މަންމަ ބޮޑު ދަބަހެއް ހިފައިގެން އަހަރެންގެ ހުރިހާ އެއްޗެއް ދަބަހަށް އަޅައި ހުސްކުރަނީއެވެ. އަހަރެން އިނީ އާގަމަތި ވެފައެވެ. މަންމަ މޮޔަވަނީ ހެއްޔެވެ؟
“ކީއްތި ކުރަނީ..؟ އަހަރެންގެ އެއްޗެހި ބަހައްޓާ..” އަހަރެން މަންމަގެ އަތުގައި ހިފޭއްޓީމެވެ. ނަމަވެސް ބައްޕަ އައިސް އަހަރެންގެ އަތުގައި ހިފައި މަންމަ އާއި ދުރު ކުރުވިއެވެ. އަހަރެންގެ އެއްޗެހި އެއުޅެނީ އުކާލަން ހެއްޔެވެ؟ އެކަމު އެއީ ކިއްވެ ހެއްޔެވެ؟ އަހަރެން ހަޅޭ ލަވައި އާދޭސް ކުރީމެވެ. ހުއްޓާލުމަށެވެ. އެއީ އަހަރެންގެ ހައްޤުތަކެއް ކަމާއި އޭއްޗެއްސަ މަންމަ އަކަށް އަތެއް ނުލެވޭނޭ ކިޔައި ހަޅޭ ލެވީމެވެ. މަންމަ ހީވަނީ ބީރުވެފައި ހުންނަ ހެންނެވެ. އަހަރެންނާއި ދިމާއަށް ބަލައިވެސް ނުލައި ހުރިހާ އެއްޗެއް އަޅައި ހުސްކޮށްފައި އެބޭގު ހިފައިގެން ނުކުތީ ބޭރަށެވެ. އަދި އަތުކޮޅަށް ހޫރާލިއެވެ. އަހަރެން ހުއްޓުން އެރިއެވެ. ކަންތަން ވާން އުޅޭ ގޮތް އަހަރެންނަށް ރޭކާލިއެވެ. ނޫނެކެވެ.
މަންމަ އަހަރެންގެ އަތުގައި ވަރަށް ބާރަށް ހިފައިގެން ގޮސް ބޭރަށް އެއްލާލީއެވެ. އޭރު މަންމަގެ ދެލޮލުން ދިޔައީ އަހަރެންނާއި ދިމާއަށް ނަފްރަތުގެ ތީރުތަށް އޭގެ އެއްމެ ބާރު މިނުގައި އުކަމުންނެވެ. އެދެލޮލުން ހީވަނީ އަހަރެން ފިއްސާލަން އުޅޭ ހެންނެވެ. އަހަރެންގެ ދެލޮލުގައި ކަރުނަ އުފެދުނެވެ.
“ދާން އުޅޭ.. ދެން މަގޭ ކުރިމައްޗަށް އައިސްގެން ނުވާނެ.. ތީ މިހާރު މަގޭ ދަރިއެއް ނޫން..” މަންމަ އަހަރެންނާއި ދިމާއަށް ހަޅޭލަވައިގަންނަމުން ބުނެލިއެވެ. އަހަރެންގެ ހިތް ހީވީ ތަޅައިގެން ދިޔަ ބިއްލޫރި ކޮޅެއް ހެންނެވެ. ދުވަހަކުވެސް އެމަންމަ އަހަރެންމީ އޭނާގެ ދަރިޔެކޭ ހިތަށް އެރިހެއްޔެވެ؟ އެހެން ބުނާކަށް.. އޭރު އަހަރެންގެ ދެލޮލުން ކަރުނަ އަންނަން ފަށާފިއެވެ. އެއްވެސް ހުއްޓުމެއް ނެތިއެވެ. އަހަރެން އެނެރިލީ ގެއިންނެވެ. އަހަރެން ދެން އުޅޭނީ ވެސް ކޮންތާކު ހެެއްޔެވެ؟ އަހަރެން މަޤުމަތިވީނޫން ހެއްޔެވެ؟ އަހަރެން އަތަކު އެއްމެ ރުފިޔާ އެއް ވެސް ނެތެވެ. އަހަރެންނަށް އިހްސާސް ވަނީ މީހަކު އަހަރެން ވަޅަކަށް ގަންބާލިހެންނެވެ. އެއްވެސް އަކުކަމެއް ނެތެވެ. ނޭވާ ލާނެ ފުރުސަތެއް ނެތެވެ. އަހަރެންނަށް އަހާލެވުނެވެ.
“ކީއްވެ..؟” އަހަރެންގެ އަޑުއައީ ފޭދިގެންނެވެ. އަހަރެންގެ ކަރަށް ވަނީ އެވަރަށް ބާރުވެފައެވެ.
“ކިއްވެހޭ.. ބަލަ ކަލެޔާ ހެނދި މިހާރު މި އާއިލާގެ އަނގުވެއްޓިއްޖެ.. މިތާގަ ޝައިލް ތިމައްނަ ގަޔަށް އަރާފިޔޭ ކީވާހަކަ އެއްމެންނަށް އެނގޭ.. އެންމެން ކިޔަނީ މަގޭ ދަރިން ބޮޑު ކުރަނީ ކިހިނަކުންހޭ.. މަ ކަލޭ ބޮޑު ކުރީ އެހެނެއް ނޫން.. ކަލެޔާ ހެދި މި އާއިލާގެ ނަން މުޅިން ހަޑިވެއްޖެ..” މަންމަ ކިޔާދިނެވެ. އަހަރެންނަށް ބަލާލެވުނީ ވަށައިގެންނެވެ. އޭރު ވެސް އަވައްޓެރިން އަހަރެންގެ ގެވަށައިލެވިފައި ވެއެވެ. ހުރިހާ ލޯތަކެއް އަމާޒުވެފައިވަނީ އަހަރެންނަަށެވެ. އެކަމާއި ވިސްނުމަށް ތުރެއް އަހަރެންގެ ހިތާއި ސިކުނޑި ވަނީ ބާރު ބޮޑުވެފައެވެ.
“ދާން އުޅޭ.. ދެން މިގެޔަށް އައިސް ނުވާނެ.. ދެން މި އަވަށަށް ވެސް އައިސް ގެން ނުވާނެ..” އަނެއްކާ ވެސް އަހަރެން ކޮއްޕާލަމުން މަންމަ ވާހަކަ ދެއްކިއެވެ. މަންމަގެ ހިތުގައި އަހަރެންނަށް ޓަކައި އެއްވެސް ރަހުމެއް ނެތީ ހެއްޔެވެ؟ މައިވަންތަކަމުގެ އެއްވެސް އަސަރެއް ނެތީހެއްޔެވެ؟ އަހަރެންގެ ކުށަކީ ކޮބާ ހެއްޔެވެ؟ ހަޤީޤަތް މަންމަމެންނަށް ހާމަ ކުރުންހެއްޔެވެ؟ އަމިއްލަ ދިފާއުގައި އަޑުއުފުލުން ހެއްޔެވެ؟ އަމިއްލަ ދެފައި މައްޗަށް ތެދުވުންހެއްޔެވެ؟ އެއްފަހަރު ނަމަވެސް ސާފުކޮށް އަަހަރެންގެ މައްސަލަ ބުނެދެވިދާނެ ހެއްޔެވެ؟ ހަތަރުފަރާތުން ބައްދާފައި ވުމުން އަލިމަގެއް ވެސް ފެންނާނީ ކިހިނަކުންހެއްޔެވެ؟
އަހަރެންނަށް ބަލާލެވުނީ ދޮރުކަނީގައި ލެނގިލައިގެން އިން އަހަރެންގެ ބޭބެ ޝައިލް އާއި ދިމާއަށެވެ. އޭނާ އިނީ ނުލަފާ ވައްތަރަކަށް ހީލައިގެންނެވެ. އެއީ އޭނާގެ ކަމެއްކަން އަހަރެންނަށް އެނގި ސާފުވިއެވެ. އަހަރެން ބޭނުންވީ އޭނާގެ ހަންގަނޑު ނޮޅާލާށެވެ. އަހަރެންނަށް މިހާލު ޖައްސާފައި އަދި އޭނާ އަށް މިހެން އުޅެވޭނެ ހެއްޔެވެ؟ ނޫނެކެވެ. އަހަރެން އޭނާއަކަށް ހަމަޖެހުމުގެ ދިރިއުޅުމެއް އުޅުނުކަ ނުދޭނަމެވެ. އަހަރެން އޭނަގެ ދިރިއުޅުން ދުނިޔެމަތީ ނަރަކަ އަކަށް ހަދާނަމެވެ.
ރޮމުން ރޮމުން އަހަރެން ހިގައިގަތީމެވެ. އަވަށުން ބޭރަށެވެ. އެ އަވަށަކީ ވަރަށް ކުޑަ އަވަށެއް ކަމުން 15 ވަރަކަށް މިނެޓް ތެރޭގައި އަވަށުން ނުމެވުނެވެ. އަހަރެންގެ މުޅި ދިރިއުޅުން މިވަނީ އެފުއްމިފުށަށް ޖެހިފައެވެ. އަހަރެން ގެއިން ވެސް ނެރި އެއްލާލާފިއެެވެ. ދާނީ ވެސް ކޮންތާކަށް ހެއްޔެވެ؟ އަވަށުން ނުކުމެ ދެން ހިގުނީ އެއްމެ 30 ވަރަަކަށް މިނެޓް އެވެ. ވެފައިވާ ހައެއްގެ ސަބަބުންނާއި ހިތާއި ސިކުނޑިއަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން އަހަރެންގެ ބޯ އަބުރައިގެތެވެ. ހިތްވައރު ކޮށްލާފަައި އަހަރެން އަނެއްކާ ވެސް ހިގައިގަތީމެވެ. މަގުމައްޗަށް ވެއްޓިއްޖެއްޔާ އަހަރެން ނަގާނީ ކާކު ހެއްޔެވެ؟ އަހަރެންނަކީ މިހާރު އަޅާލާނެ ޔާރެއް އިޔާރެއް ނެތް ކުއްޖެކެވެ. އެހާ ވެސް ނިކަމެތި ވެއްޖެއެވެ. އިސާހިތަކު އަހަރެންގެ ލޯމައްޗަށް އަނދިރިވިއެވެ. ހުރިތަނަށް ދެމިއްޖެއެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.







Mi part ves varah reethi. Alhey hayaath ge mamma men hayaath dheke ehaarulhi annanee keevvetha? Dhen kihinaybaa evanee? Curiously waiting for next part???
Glad you love this part Miss rose! 🥰
Hehe, v curious kohlevihjje dhw! 💚
Next part thiyaee hadhey liyelaafa! 💙
Hiyeh nukuran e meehun ehaa nulafaa vedhaane kamakah! E nikamethi anhen kujja alhe geyn e beyru kohly😭 then ehen meehun ves hama balan thiby maa rythi drama akah vegen thwcheh!
Hayer! You just walked away from some useless ppl in ur life! Now prepare yourself to take the revenge in the worst way possible!
Mi part vx vrh furihama MA💗
Ly n tc💘
Hithah neyrias eothee ekuhjjaa fulhu hama neri ehlaalaafa!! Ehen meehun ves kammathee aunties and uncles ah vegen thibee dhw!!
Yess she will!!
Happy to know that Your fav bab!!
Love you more!! You also take care!!
V sad mi part but MA V reethi
Alhey haya gr kushakee kobaatha?
E hurihaa nubaeh ves hedhi shail
Ehchaku sahaadhe sheex ge athun maruvaane
Haya ah kihineh vaanee next part ga ?
I rlly can’t wait for the next part
Ly &tc muxo
Thank you Sheex!!
Hehee!! Vhk there ah vadhe nikan shail maraalabala!!
Next part ga egeyne dhw!!
Next part ah maadhigu inthizaareh kuraakah nujeheyne!!
Love you more!! You also take care!!
unbelievable..dhn vaani kihineibaa
keep it up muxo
Next part ga egeyne dhw dhen vaane gotheh!!
Thank you idhaan!!
Idhaan ge queen koba?🙊
Mi part ves vrh Reethi MA! 😍
Curiously waiting for the next part
When’s next ????
Ly & Tc 💝
Thank you! 🥰
Next part mirey ge vguthehga kamah balamaa! 💙
Love you more, and take care! 😘💚
will you be my girlfriend muxo?
plsss give me answer😭😭
Koba when next