މުޅިހިތް ބޭޤަރާރު ވެއްޖޭ-21
އާކިފް އައިސް ސެހްރިޝް އާއި ދިމާއަށް ގުދުވެލިއެވެ. ސެހްރިޝް ހުއްޓުން އެރިއެވެ. އާކިފްގެ ހޫނުނޭވާ ދިޔައީ އެއްވެސް ހުރަހެއްނެތި އޭނާގެ މޫނުގައި ބީހެމުންނެވެ. އަވަސް ހަރަކާތާއި އެކީ އާކިފް ސެހްރިޝްގެ ނިއްކުރިއަށް ބޮސްދިނެވެ. ސެހްރިޝް އަށް ހުރެވުނީ ގަނބު އަރާފައެވެ. ދުރުވެލާފައި އާކިފް ހިނިތުންވެލިއެވެ.
“ގުޑް ނައިޓް..” އެހެންބުނެ އާކިފް ގޮސް ފާޙަނާއަށް ވަނެވެ. އެއޮށްގޮތަށް ސެހްރިޝް އޮތީއެވެ.
*ޕާރޓް-21*
ނިއްކުރީގައި އަތް ޖަސާލާފައި ސެހްރިޝް އަށް ހިނިތުންވެލެވުނެވެ. އާކިފް އެހެން ހެދީމައި އޭނާ އަށްވީ މަޖާކަމަކަށެވެ. އެކަމު އެވަގުތު އޭނާގެ ހިތް އެހާ ވަރަށް ތެޅިގަތީ ކީއްވެހެއްޔެވެ؟ އާކިފް ކާރިވުމުން ވެސް މިހާ ބޮޑަށް ފިނިވެ ހިތްތެޅުނު ހަދާނެއް އޭނާ އެއް ނުވެއެވެ. ކޮންމެ ގޮތެއްވިއަސް މިހާރު އެކަމެއް އެއޮތީ ވެނިމިފައެވެ.
ފާޙަނާއަށް ވައިންގޮތަށް އާކިފް ފާރުގައި ލެނގިލިއެވެ. އާކިފް ވެސް އިނީ ހައިރާވެ ފައެވެ. އޭނާ މިކުރީ ކީއްހެއްޔެވެ؟ ކުރެވުނުކަމެއް ވިއްޔާ ކުރެވުނީ ބޭއިޙްތިޔާރުގައެވެ. ގަސްދުގައެެއް ނޫނެވެ. ސެހްރިޝް އިންނާނީ ލަދުންކަން ޔަޤީނެވެ. އާކިފް ހިތުލީ ސެހްރިޝް ނިދީމައި ނޫނީ ނުނިކުމަށެވެ. އެހެން ނޫނީ ސެހްރިޝްގެ ސުވާލުތަކާއި ކުރިމަތިލާން ޖެހޭނެކަން ޔަޤީނެވެ. މާގަނޑު ދޫކޮށްލާފައި އާކިފް މާގަނޑު ދަަށަށް ވަނެވެ. ފިނިފެންތިކިތަށް ގައިގައި ޖެހުމުން އާކިފް އަށް އިހްސާސް ކުރެވުނީ ހިތްހަމަ ޖެހުމެވެ. ވަރުބަލި ވެފައިވާ މިންވަރު އިހްސާސް ކުރެވުނެވެ.
“ޕިސް ޕިސް.. ޔަޤީން ކޮންމެ ވެސް އަންހެނެކާ އެކީ ވަދެއޮވެފަ ތިއައީ..” ތާރާ ވާހަކަދެއްކީ ފޯނުންނެވެ. އޭނާ އޮތީ ކައިސާން އާއި ގުޅައިގެންނެވެ. އޭނާ ގުޅާ ގުޅާ ކައިސާން ފޯން ނުނެގުމުން ތާރާ ހުރީ ހިތްހަމަ ނުޖެހިފައެވެ.
“ދެން ބޭބީ.. ތިހެނެއް ނުބުނާނެ ދޯ.. މިހާރު ބުނެފިންދޯ.. އަހަރެން ދުއްވާލަން ދިޔައީމަކާއެއް ފޯން ރިންގް ވިކަމެއް ނޭނގެއޭ..” ކައިސާން ބެލީ ތާރާ އަށް ކަންހިނގާ ދިޔަގޮތް ކިޔާދޭށެވެ. ނަމަވެސް އޭނާ އަޑެއް ނާހައެވެ.
“ޤަބޫލެއް ނުކުރާނަން.. ހަމަ އެހެން އަންހެން ކުއްޖަކާ އެކީ ވަދެފަ ތިއައީ.. އެހެންވެ އެއްނު މާވަރުބަލި ވެފަ ވެސް ތިހުރީ..” ތާރާ ގާތަށް މިފަހަރު ހިނިއައެވެ. ކައިސާން ތަޅުވާލުމަކީ އޭނާ އަށް ވަރަށް މަޖާކަމެކެވެ.
“ތާރާ އަހަރެންނަށް ޓްރަސްޓް ނުކުރާކަން ތިއެނގެނީ..” ކައިސާން ބުނެލިއެވެ. އޭރު އޭނާ އިނީ ތާރާ މެންގޭ ދޮރުމަތީގައެވެ. އޭރު އޭނާ އަށް ތާރާ ކޮޓަރީގައި އިން ބެލްކަނި ބޭރުގައި އިންތަން ފެނެއެވެ. އޭނާ އިނީ ހެވިލައިގެންނެވެ. އޭނާ އަށް ކައިސާން މިތާ އިންކަން ވެސް ނޭނގޭނެއެވެ.
“ޓްރަސްޓޭ.. ޕިސް ޕޮސް.. އަޅެ ކުޑަ ކުޑަ މީހަކަށް ކިހިނެއް އެނގޭނީ ޓްރަސްޓް އަކީ ކޯއްޗެއްކަން ވެސް..” ތާރާ އަނެއްކާ ވެސް ފެށީހޭށެވެ. މިފަހަރު ކައިސާން އަށް ވެސް ހެވުނެވެ.
“އަހަރެން ތިގެޔަށް އަންނަންތަ..؟” ކައިސާން އަހާލިއެވެ. ތާރާ އަނެއްކާ ވެސް ޖަހާލީ ހިނިގަނޑެކެވެ.
“ކެރެންޔާ އާދެބަލަ..” ތާރާ ޖެއްސުމަށް ބުނެލިއެވެ. މައްސަލެއް އެއް ނެތޭ ބުނެ ކައިސާން އައިސް ދޮރުގައި ޓަކި ދިނެވެ.
ތާރާ ދިޔައީ ސިހިގެންނެވެ. އެއީ ކައިސާން ހެއްޔެވެ؟ އޭނާ އެހާ އަވަހަށް އަންނަންވީ ކީއްވެހެއްޔެވެ؟ ދުވަމުން ކަހަލަ ގޮތަކަށް ތާރާ ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީ ހުރެ ކައިސާން ފެނި ތާރާގެ ދެލޯ ބޮޑުވިއެވެ. ކައިސާން ލާގެން ހުރި ގްރޭ ކުލައިގެ ބޭގީ ޓީޝާޓް ގައި އޭނާ ފެންނަލެއް ކިތައްމެހާވެސް ހިތްގައިމެވެ. ކައިސާން އިނީ އެއްމިޔަކަނަށް ހީލާގެންނެވެ. އެހެން ހުރެފައި ކައިސާން ތާރާ އޭނާގެ ބާރުގަދަ ދެއަތުގެ ތެރެއަށް ލާހައްޔަރު ކޮށްލިއެވެ.
“އޯހް އައި މިސްޑް ޔޯ ލިޓިލް ބޮޑީ..” އެހެން ބުނެލުމުން ތާރާ ދުރުވެލިއެވެ. އޭނާ އިނީ ދެލޯ ހަނިކޮށްލައިގެންނެވެ.
“ކައިސާން ލޯބިވަނީ ހަމައެކަނި އަހަރެންގެ ބޮޑީ ދެކެ ދޯ..؟” ޝަހާދަތް އިނގިލި ދިއްކޮށްލަމުން ތާރާ އަހާލިއެވެ. ކައިސާން އަނެއްކާ ވެސް ހީލިއެވެ.
“ބޯތް..” އެހެން ބުނެ އަނެއްކާ ވެސް ކައިސާން ތާރާ އޭނާގެ ގަޔާއި ކާރި ކޮށްލިއެވެ. އެދެލޯބިވެރިން އެރޭ ބާކީ އޮތްބައި ވޭތުކޮށްލީ އެކުގައި ވަގުތު ހޭދަ ކޮށްފައެވެ. އެކިވާހަކަދައްކަން ތިބެވުނީއެވެ. ކައިސާން ގެޔަށް ދިޔައީ ފަތިހު ހަތަރުގަނޑި ބައިވިފަހުންނެވެ.
އޮފީހަށް ދާން ތައްޔާރު ވަމުން ދިޔަ ސެހްރިޝް އަށް ބަލަހައްޓައިގެން އާކިފް އިނީ އެނދުގައި އިށީންދެލައިގެންނެވެ. އާކިފް ދިޔައީ ސެހްރިޝްގެ ކޮންމެ ހަރަކާތަކަށް ވެސް ވަރަށް ފަރުވާތެރިކަމާއި އެކީ ބަލަމުންނެވެ. އާކިފްގެ ތޫނުނަޒަރުގެ އިހްސާސް ސެހްރިޝް އަށް ކުރެވެއެވެ. އެކަމު އޭނާ އަޅައެއް ނުލައެވެ.
“އާކިފް އަށް ލަސްވަންޔާ އޯކޭ ދިޔަސް.. އަހަރެން ގޮސް ފާނަން އަހަރެންގެ ކާރުގަ..” ކަންފަތުލާ އެއްޗެހި ލައްވާލަމުން ސެހްރިޝް ވާހަކަ ދެއްކިއެވެ. އާކިފް ޗުސް ކަޑާލުމުން ސެހްރިޝް ބަލާލިއެވެ.
“އަހަރެން މިއަދު ދާނީ ސެހްރިޝް ގޮވާގެން..” އާކިފް އެހެން ބުނެލުމުން ސެހްރިޝް އަނެއްކާ ވެސް ހައިރާންވިއެވެ. އެހެން ނޫނީ ދެމީހުން އެއްކޮށް ނުކުމެފަ ވެސް ދެމީހުން ދާނީ ދެކާރެއްގައެވެ.
“އެކަމު އަހަ-”
“ޕްލީސް..” ސެހްރިޝްގެ ޖުމްލަ ފުރިހަމަ ނުވެ އުޅެނިކޮށް އާކިފް ބުނެލިއެވެ. ސެހްރިޝް އަށް އިތުރަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. އެހެން ނޫނަސް އޭނާ އަކީ އާކިފްގެ އަނބިމީހާ އެއްނޫން ހެއްޔެވެ؟ ފިރިމީހާގެ އަމުރުތަކަށް ކިޔަމަންތެރިވާން ޖެހޭނެއެއް ނޫންހެއްޔެވެ؟
ސެހްރިޝް ތައްޔާރު ވެނިމުމުން އާކިފް ނުކުތެވެ. ސެހްރިޝް ވެސް އާކިފް ފަހަތުން ނުކުތެވެ. ކާރުގައި ތިބީރު އެކަކު ވެސް އެއްވެސް ބަހެއް ނުބުނެއެވެ. ސެހްރިޝް އިނީ އޭނާގެ ފޯން ހިފައިންގެންނެވެ. ތާރާ އަށް މެސެޖް ކުރާށެވެ. އާކިފް ވެސް ވަކި ވާހަކަ ދައްކާކަށް ނޫޅެއެވެ. އޮފީހާ ހަމައަށް އާދެވިއްޖެއެވެ. ސެހްރިޝް ފޭބިއެވެ. އާކިފް ވެސް ސެހްރިޝް ފަހަތުން ފޭބިއެވެ. ސެހްރިޝް ހީއްކުރީ އޭނާ ގާތުގައި އާކިފް އެއްޗެކޭ ބުނަން މަޑުކުރީ ކަމަށެވެ. އެހެން ކަމުން އޭނާ މަޑުޖެހިލިއެވެ.
އާކިފް ސެހްރިޝްގެ އަތުގައި ހިފާލިއެވެ. އެތާގައި ތިބި އެހެން މުއަށްޒަފުންތަށް “ހޯއް” ގޮވާލިއެވެ. ސެހްރިޝް އިނީ ލަދުންނެވެ. އާކިފް އެއުޅެނީ ކީއްކުރަން ހެއްޔެވެ؟ މަޑުމަޑުން ސެހްރިޝްގެ އަތަށް ބޮސް ދީފައި އާކިފް ބަލާލީ ސީދާ ސެހްރިޝްގެ އަޅި ދެލޮލަށެވެ. ސެހްރިޝް އަށް ހުރެވުނީ ހަމަ ބަލާށެވެ.
“ހޭވް އެ ނައިސް ޑޭ..” އެހެން ބުނެ އާކިފް ދިޔައެވެ. އަނެއްކާ ވެސް ސެހްރިޝް އެހާލެއްގައި ދޫކޮށްލާފައެވެ. އެތާ ތިބި އެހެން މުއަށްޒަފުންތަށް “ހާދަ ލޯތްބޭ” “ސަޗް އެ ޖެންޓަލް މެން” އޭ ކިޔާ އަޑުއިވެއެވެ. ސެހްރިޝް ސިހުނީ ތާރާ އައިސް އޭނާގެ ކޮޑަށް އަތް ވައްޓާލުމުންނެވެ.
“އައްދޭ އާކިފް ހާދަހާ ވާ ރޮމޭންޓިކް ވެލާގެން..” ތާރާ ސެހްރިޝް އަށް ދިމާކޮށްލުމުގެ ގޮތުން ބުނެލިއެވެ. ސެހްރިޝް އެއްޗެކޭ ނުބުނެއެވެ. އާކިފް އަށް މިވީ ކިހިނެއް ހެއްޔެވެ؟ އަކިފްގެ މުޅި މިޒާޖު އެކީހެން ބަދަލު ވެއްޖެއެވެ. ސެހްރިޝް އަށް އެމިޒާޖު ވަރަށް ކަމުދިޔައެވެ.
މިއަދު އޮފީހަށް ނޮގޮސް ޖައިލަމް މަޑުކޮށްލީ ޒާޔާގެ ހާލަތު މާބޮޑުވީމައެވެ. ޒާޔާ މިހާރަކަށް އައިސް އުޅެނީ ކުޑަ ކުއްޖެއް އުޅޭ ހެންނެވެ. ބައެއް ފަހަރު ތެޔޮ ފުޅި އެނދުމައްޗަށް އަޅާލާނެއެވެ. ކޯލޯނު ފަދަ އެއްޗެހި ނަގައި ބިންމައްޗަށް އަޅާލާނެއެވެ. އެކަމު އޭގެ ފަނަރަވަރަކަށް މިނެޓް ފަހުން އަނެއްކާ ހަމަ ކުރީގެ ޒާޔާ ފަދައިން ވެދާނެއެވެ. ޒާޔާ އަށް އަންނަ ބަދަލު ތަކާއި ހެދި ޖައިލަމް އަބަދުވެސް ހިތާމަ ކުރެއެވެ. ވިސްނައެވެ. ޒާޔާގެ މިބައްޔަށް ކޮންމެ ވެސް ޝިފާ އެއް ވާންޖެހޭނެއެވެ. އޭނާ ވިސްނާފައި ވަނީ ޒާޔާ ގޮވައިގެން ބޭރަށް ދިއުމަށެވެ.
“އިޒްދާން.. މައިހާ މޭމް ބުނީ މާދަމާ ކެނެޑާއަށް ދާނެއޭ ތައްޔާރުގަ ހުންނައްޗޭ..” ބޮޑު އެކޮޓަރި މެދުގައި އިން ސޯފާގައި އިށީންދެލައިގެން އިން ޒުވާން ފިރިހެން މީހާ އާއި ވާހަކަ ދެއްކީ އެގޭގައި މަސަށްކަތް ކުރަން ގެންގުޅޭ އަންހެން ކުއްޖާއެވެ. އާއެކޭ ބުނުމެގ ގޮތުން އިޒްދާން ބޯޖަހާލިއެވެ. އެއަންހެން ކުއްޖާ ނުކުމެ ދޮރު ލައްޕާލިއެވެ. އިޒްދާން ހުރީ ހަޤީޤަތުގައި ކެނެޑާއަށް ދާން ބޭނުން ވެފައެވެ. އޭނާގެ އެކިވެރިއެއް ލަޔާން ކެނެޑާގައި އުޅޭ ވާހަކަ ބުނެފައިވީ ފަހުން އޭނާ އަބަދު ހެން ކެނެޑާ އަށް ދާން ބޭނުންވާ ވާހަކަ ކިޔައެވެ. ނަމަވެސް އޭނާގެ ބަލި މަންމަ ދޫކޮށްލާފައި ދާކަށް އޭނާ ބޭނުމެއް ނޫނެވެ. އިޒްދާންގެ މަންމަ އެހެނީ މައިހާގެ ހާލަތު މިހާރު ބޮޑުތަން ރަގަނޅުވުމުން މައިހާ ވަނީ އިޒްދާން ގޮވައިގެން ކެނެޑާ އަށް ދާން އެއްބަސް ވެފައެވެ.
ލަޔާން ހޯދަން އުޅޭތާ އޭނާ މިހާރު ކިތައް އަހަރު ވެދާނެ ހެއްޔެވެ؟ ލަޔާން ފިލައިގެން ދިޔަ ފަހުން އޭނާ އަކަށް ލަޔާންގެ އެއްވެސް ހަބަރެއް ނުލިބެއެވެ. އެހެން ކަމުން ކެނެޑާ އަށް ދެވޭފަހަރަކު އޭނާ ނިއްމީ އޭނާ އަމިއްލަޔަށް ލަޔާން ހޯދުމަށެވެ.
އިޒްދާން އަކީ ކާކު ހެއްޔެވެ؟ އިޒްދާން އާއި ލަޔާންގެ ގުޅުމަކީ ކޮބާ ބާއެވެ؟
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.







Mi part ves varah reethi. I think sehrish is falling for akif kannenge. Tara and kaisan soo cute. Izdhaan layaan dheke loabivaneetha anekka layaan hoadhan eulhenee? Curiously waiting for next part??
Happy to know that you enjoyed this part too Miss rose!!
Hama vedhaane gotheh dhw! hehe
You will know!
Next part ves dhen in dhe vhk liyelaafa!!
Omg omg yeyeyeyyeyeyeyeyeyye
Sehrish and akif the cutest
Thaaraa AA kaisaan aaves
Varah reethi mi part ves waiting for the next part
Love yahhh darlinggg💕
Hehehe V happy vehjje dhw!
Glad you liked this part aswell Verrr!!
Love you more!! MUAH!!!
V reethi mi part
Omg aakif anehka kaisaan kairin romantic vaanegoy kiyaadhey class eh negeetha
Sheex ah v heevey eba hehe
I’m so sad for zaya alhey get well soon sis
Who is it izdhaan? Is he layaanas bf?brother? Friend? Bestie? Or relative ehtha?
I’m so curious for the next part!
Ly & tc muxo
Thank you Sheex!!
Hehe, hama vedhaane dhw!
Vhk ge there in izdhaan akee kaaku kan ves egegin dhaane!!
Love you more!! You also tc Sheex!
Mi part ves varah reethi
Sehrish and aakif is so cute and kaisan and thara too curiously waiting for next part
Love yahh and TC😊
Glad you liked this part!!
Next part ves ehaa dhigu inthizaarakaa ekeega kiyaalan libeyne!!!
Love you more!! You also tc Ayyu!!
hey when next part publish kuraani…..i js cant wait hehhe … btw Eid Mubarak
Heyyy…Muxo🖤🖤
This part is astonishing!!!♠️☝🏻
Well, I’m interested in it! Aakif X Sehrish so so dramatic 🫶🏻🖤
Tara& Kaisern Ulheney relationship ehga dhw!!
Haadha cute ey couple vx 🫶🏻🖤🖤
When’s next?🖤🖤
Eid Mubarak🫶🏻♠️♠️
Lysm & Tc