މުޅި ހިތް ބޭޤަރާރު ވެއްޖޭ-22
ލަޔާން ހޯދަން އުޅޭތާ މިހާރު ކިތައް އަހަރު ވެދާނެ ހެއްޔެވެ؟ ލަޔާން ފިލާގެން ދިޔަ ފަހުން އޭނާ އަަކަށް ލަޔާންގެ އެއްވެސް ހަބަރެއް ނުލިބެއެވެ. އެހެންކަމުން ކެނެޑާ އަށް ދެވޭފަހަރަކުން އޭނާ ނިއްމީ އޭނާ އަމިއްލައަށް ލަޔާން ހޯދުމަށެވެ.
އިޒްދާން އަކީ ކާކު ހެއްޔެވެ؟ އިޒްދާން އާއި ލަޔާންގެ ގުޅުމަކީ ކޮބާ ބާއެވެ.
*ޕާރޓް-22*
އޮފީހުގެ މަސަށްކަތުގައި އިނީރު ވެސް ސެހްރިޝްގެ ހިޔާލުތަށް އިރުއިރު ކޮޅާ މިސްރާބު ޖަހަނީ އާކިފް އާއި ދިމާއަށެވެ. މިހާރަކަށް އައިސް އާކިފްގެ މުޅި މިޒާޖު ބަދަލު ވެއްޖެއެވެ. އޭނާ ހީވަނީ ސެހްރިޝް ދެކެ ލޯބިވާ ހެންނެވެ. އާއެކެވެ. ވީވެސް އެހެންނެވެ. އާކިފްގެ ހިތް މިހާރު އެދި ގޮވަނީ ސެހްރިޝް އަށެވެ. ނަމަވެސް ސެހްރިޝް އަށް މިކަން އެނގޭ ބާއެވެ. އާކިފް ދަނީ ސެހްރިޝް އަށް އޭނާގެ ހިތުގައިވާ ކަންތަށް އަންގައިދޭން މަސަށްކަތް ކުރަމުންނެވެ. އާކިފް އަށް ސެހްރިޝްގެ ހިތް ލިބޭނެ ބާއެވެ. ހަމަ އެއް ގޮތަކަށް ވެސް ނޭނގެއެވެ.
މަސަށްކަތް ނިއްމާލާފައި އާކިފް ގޮނޑީގައި ހަމަޖެހިލިއެވެ. ފުންނޭވާ އެއް ބޭރު ކޮށްލާފައި އޭނާ ފޯން ނެގިއެވެ. އަދި ސެހްރިޝް އަށް މެސެޖް ކޮށްލިއެވެ.
“ހިގާބަލަ ބްރޭކް ގަޑީގަ ދިމާވެލަން..” އާކިފް ބުނެލިއެވެ. އިރުކޮޅެއް ނުވެ ސެހްރިޝް މެސެޖް ބަލާފިއެވެ.
“ކިހިނެއްވީ..؟” ސެހްރިޝް ވެސް ކޮށްލީ ސުވާލެކެވެ. ފޯނަށް ބަލަން މާހިިނި އައިސް ހުރި އާކިފް ފެނި ކައިސާން އޭނާގެ ކާރިއަށް އައެވެ. ކައިސާން އައިސް އާކިފް ކާރ ހުއްޓިލަމުން ބުމަ އަރުވާލިއެވެ. އާކިފް ރައްދުގައި ފުޅާ ހިނިތުންވުމެއް ދިނެވެ. އޭނާ އެހުރީ ވަރަށް އުފަލުންކަން އެމޫނުމަތިން އެނގެއެވެ.
ބްރޭކް ގަނޑި ޖެހުމުން ސެހްރިޝް ވެސް ތާރާ އާއި އެކީގައި ފޭބީ ތިރިއަށެވެ. އެއްމެ 30 ވަރަކަށް މިނެޓްގެ ބްރޭކް ގަނޑީގައި އާކިފް އަނެއްކާ މިހިސާބަށް އަންނަންވީ ކީއްކުރަން ހެއްޔެވެ؟ ކޮންމެ ވެސް މުހިންމު ވާހަކަ އެއް ދައްކަން އޮތީކަންނޭނގެއެވެ ސެހްރިޝް އޮފީސް ބޭރުގައި މަޑުކޮށްލާފައި އާކިފް އަށް ގުޅާލިއެވެ.
“ނުކުމެތަ ތީނީ..؟” އާކިފް އަހާލިއެވެ. އޭރު އޭނާ ދިޔައީ ކާރުގައި ސެހްރިޝް ބަލާ ދިއުމަށް މިސްރާބު ޖަހާފައެވެ. ސެހްރިޝް އާއެކޭ ބުނެ ފޯން ކަޑާލިއެވެ. އާކިފްގެ މި މިޒާޖަށް ބަދަލު އަންނަން ޖެހުނީ ކީއްވެ ހެއްޔެވެ؟ އާކިފް މިހާރު އޭނާ އަށް މާ ޝައުގު ހުންނަ ކަމަށް ދައްކަ އެވެ.
އިރުކޮޅެއް ތެރޭ އާކިފް އައެވެ. ސެހްރިޝް ހިގައިގަނެފައި ވެސް މަޑު ކޮށްލީ އާކިފް ފޭބުމުންނެވެ. އާކިފް އައިސް ސެހްރިޝް އިޝީންނަ ދިމާލުގެ ދޮރު ހުޅުވާދިނެެވެ. ސެހްރިޝް އަށް ހުރެވުނީއެވެ. އާކިފް އަނެއްކާ ވެސް އައުމަށް އިޝާރާތް ކޮށްލިއެވެ. ސެހްރިޝް ލަސް ހިގުމެއްގައި އައިސް ކާރަށް އެރިއެވެ.
“ތެންކިއު..” ނުބުނަން ހުރެފަ ވެސް ސެހްރިޝް ބުނެލިއެވެ. އާކިފް ބަލާލާފައި ހިނިތުންވެލިއެވެ.
“ކިހިނެއްވީ މިގަނޑީ އަހަރެންކާރި އަށް އައީ..؟” އަނެއްކާ ވެސް އިރުކޮޅަކު މަޑުކޮށްލާފައި ސެހްރިޝް އަހާލިއެވެ.
“އަހަރެންގެ ވައިފް ބަލާލަން އައުމަކީ މައްސަލައެއްތަ..؟” އާކިފް އަހާލީ ސުވާލެކެވެ. ސެހްރިޝް އަށް އާކިފް އަށް ބަލާލެވުނެވެ. އާކިފް އެހާ ޖެހިލުމެއްނެތި އެހެން ބުނީމައެވެ. ސެހްރިޝްގެ ތުންފަތް މައްޗަށް ވެސް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.
އާކިފް ކާރު މަޑުކޮށްލީ ކޮފީ ޝޮޕް އެއް ކުރިމަތީގައެވެ. ދެމީހުން ވެސް ކާރުން ފާބެފައި ސެހްރިޝް ވަށައިގެން ނަޒަރު ހިންގާލިއެވެ. ކުޑަ ތަންކެވެ. ވަށައިގެން ކުޑަޖަހައި ގޮނޑި ހުއްޓެވެ. ވަރަށް އެސްތެޓިކް އެވެ. އާކިފް ސެހްރިޝްގެ އަތުގައި ހިފާލުމުން ސެހްރިޝްގެ ގަޔަށް ފިނިވިއެވެ. އާކިފް ސެހްރިޝް އަށް ބަލާވެސް ނުލައި ގޮސް ވެއިޓާރ ކާރީ ހުއްޓިލިއެވެ.
“އައިސްޑް ކޮފީ އަކާ، މާޗާ އެއް..” އާކިފް ސެހްރިޝް އަށް ބަލާލާފައި ހިނިތުން ވެލިއެވެ. ދެމީހުން ދެމީހުންގެ ދެލޮލަށް ބަލަން ހުރީ ލޯބިގެ އިޝްޤް ގައި ޖެހިފައެވެ. އިރުކޮޅަކުން ދެމީހުން ވެސް ސިއްސައިގެން ދިޔައީ މީހަކު ކަރު ކެހިލުމުންނެވެ. ސެހްރިޝް އަށް ފަހަތް ބަލާލެވުނެވެ. އޭރު ލަޔާން ހުރީ ފަކުރުގެ ނަޒަރަކުން އެދެމީހުންނަށް ބަލާށެވެ.
“ސެހްރިޝް ދޯ..” ލަޔާން އަހާލިއެވެ. ސެހްރިޝް ކުޑަކޮށް ހައިރާން ވިއެވެ. އޭނާ ބޯޖަހާލިއެވެ. ދެން ލަޔާންގެ ނަޒަރު ހުއްޓުނީ އާކިފް އަށެވެ. ލަޔާންގެ ތުންފަތް މަތީ ކުޅެލީ ނުލަފާ ހިނިތުން ވުމެކެވެ.
“އާކިފް އަށް ހީވޭތަ މި ކައިވެނި ގިނަ ދުވަހު ދެމި އޮންނާނެ ހެން..؟” ލަޔާންގެ މި ޖުމްލަ އާއި އެކީ ސެހްރިޝް އާއި އާކިފް އާދެމީހުންނަށް އެއްފަހަރާ ދެމީހުންގެ މޫނަށް ބަލާލެވުނެވެ. ލަޔާން މިދައްކަނީ ކޮންވާހަކަ އެއް ހެެއްޔެވެ.
“ހެހެ.. ކޮންމެ އަކަސް ދެން ހެޔޮ..” ލަޔާން އެހެން ބުނެ ޓާޓާ އަޅާލާފައި ދިޔައީ އެވެ. ސެހްރިޝް އަށް ހުރެވުނީ ބަލަހައްޓައިގެންނެވެ.
“އެހާވަރަށް އެކަމާ ނުވިސްނާ.. އެއީ ކާކުތަ އަހަރެމެންގެ ކައިވެންޔާ ބެހޭކަށް..” އާކިފް ސެހްރިޝް އަށް މުހާތަބު ކޮށް ބުންޔެވެ.
އޯރޑާރ ކުރި އެއްޗެހި ލިބުމުން ދެމީހުން ވެސް ގޮސް އިށީންދެލީ ގޮނޑީގައެވެ.
“އަހަރެން އެބައޮތް ސެހްރިޝް ސަޕްރައިސް އެއް ދޭން ވެފަ..” އާކިފް ބުނެލިއެވެ. ސެހްރިޝްގެ މޫނުމަތި މަލެއްހެން ފޮޅިލިއެވެ.
“އަސްލު ވެސްތަ..؟ ކޯއްޗެއްތަ..؟” ވީ އުލެއްގެ ބޮޑުކަމުން ސެހްރިޝް އަށް އަހާލެވުނެވެ. އާކިފް އެއް މިޔަނަަށް ހީލިއެވެ.
“މިރޭ ސެހްރިޝް ފްރީތަ.. 10 އެއްގެ ފަހުން..؟” އާކިފް އަނެއްކާ ވެސް ކޮށްލީ ސުވާލެކެވެ.
“ހޫމް..” ސެހްރިޝް ބުނެލިއެވެ. އާކިފް ގޮނޑީގަ ހަމަޖެހިލީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ. ސެހްރިޝް ވެސް ހުރީ އެއީ ކޮން ސަޕްރައިސް އެއްތޯ އެނގެެން ބޭނުން ވެފައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.







Mi part ves vrh Reethi MA! 💗
Awwn Aakif and Sehrish so cute couple 🖤
Layern Aakif menge dhiriulhun halaaku koh nulahchey 😭
Anehkaa Kon kahalage suprise eh baa 🤔….
Sehrish vrh happy vehje dhw suprise ge vhk bunyma 😀
Curiously waiting for the next part When’s next??
Lyy and tc darling 💗
Thank you Shaba_73!! 🥰
Lets see dhw layaan hadhaane gotheh! 🧐
Next part ga egeyne suprise 🤭
Yeah sehrish is very happy dhw 🤗
Next part ves alhu gadah vee varakun liyaanan
Love you more, you also take care bbg! 😘💙
Also really sorry for the late reply! 😭
Vrh rythi MA!!!💗
Aakif seherish ah dheyn ulhey hadhiyaa akee Kbr baa….🤭
Curiously waiting for the next part……??????
Whn next?????????
Lysm and tc my darlss🙂😘
Glad you this part aswell! 🥰
Next part ga egeyen! 🤗
Next part ves V avahah kamah balamaa!
Love you too.. You also take care! 💙
Ahhh vrh reethss
Happy to know that you enjoyes sheiiiii! 🤗
Mi part ves varah reethi . can’t wait aakif sehrish ah dhenee koacheh thow balaalan? Layaanoo kihaa dhera kameh. Curiously waiting for next part???
Thank you miss rose! 🥰
Hehe, next part ga egeyne 🤭
Stay tuned 💙
Awwnn…🥰🥰 Marvelous part!
Sehrish X Akif cute cute kan dhw🫶🏻❤️…
Akif hama ragalhah vx Fall for her! Tara & Kaisern…So so Emotive💔!
Muxo,Ur intelligence Al-system for all of us🥹..
Akif..Sehrish evarah Blush nukohbaa..Eyrun Sehrish ladun goss cherry kula aiss dhaane ehnnu …🫶🏻❤️!
Lysm & Tc Mrs.Muxo 🥀🍎
Wow awesome..