Skip to content
އެސްފިޔަ

މަންޝާ (ފުރަތަމަ ބައި)

“އާހް… ނޫންންންން…. ދޫކޮށްފެލަ…. ދޫކޮށްފެލަ…. މީ ކޮންފަދަ ބޮނޑޮ ކަމަށް…. މަ ދޫކޮށްފެލަ…..”

އަޑުގެ ނެތްތަނަށް ހަޅޭއްލަވަމުން ނަވާރަ އަހަރުގެ ރޫހީ މަސައްކަތް ކުރަމުން ދިޔައީ އައްސާފައިވާ އޭނާގެ ދެއަތް މޮހާލެވޭތޯއެވެ. އެނދުގެ ދެފަރާތުގައިވާ ހޮޅިދަނޑީގައި ރޫހީގެ ދެއަތުގެ ކުޑަހުޅާ ހިސާބުންވަނީ އައްސާފައެވެ. ދެއަތުން ހޮޅިދަނޑީގައި ބާރަށް ހިފަހައްޓާލަމުން ރޫހީ ފުންމައިގެން ތެދުވެ އެނދުގައި އިށީނެވެ. އެނދުގެ ވަށައިގެން ތިބި މީހުންނާ ދިމާލަށް ނަޒަރު ހިންގާލިއެވެ. މޫނު މައްޗަށް ވެއްޓިފައި ހުރި އިސްތަށިތަކުގެ ނިވަލުން ރޫހީގެ ރުޅިވެރި މޫނު ފެންނަނީ ވަރަށްވެސް ބިރުވެރިކޮށެވެ. އެ ކޮޓަރީގައި ތިބި އެއްވެސް މީހަކު ވަކިކުރަން ރޫހީއަކަށް ނޭނގުނެވެ. އެއަށްވުރެ ބޮޑަށް އޭނާ އިނީ އެހެން ތާކަށް ދާން ބޭނުންވެފަައެވެ. އެހިސާބަކަށްދާން ކިތަންމެ ބޭނުންވި ކަމުގައިވީ ނަމަވެސް ރޫހީގެ އާއިލާ އޭނާ އެތަނަށް ދިޔަކަ ނުދޭނެކަން ކަށަވަރެވެ.

“ރޫހީ… ފެންފޮދަށް ބޯންވީނުން….” ރޫހީގެ ދޮންބެ ވާހަކަ ދައްކަމުން އައީ ފެންތައްޓެއް ހިފައިގެންނެވެ.

ފުން ނޭވާތަކެއް ބޭރުކުރަމުން ދިޔަ ރޫހީ އިނީ އިންތިހާއަށް ރުޅިގަދަވެފައެވެ. ނަމަވެސް ދޮންބެގެ އޯގާތެރި ފިރުމުންތަކަށް އޭނާ ބަލާލީ ތުއްތު ކުއްޖެއް ފަދައިންނެވެ. ފެންތަށި ތުނބުގައި ޖައްސަން މަސައްކަތް ކުރަން ފެށުމުން ރޫހީ ދެއަތަށް ބޯހޫރަން ފެށިއެވެ.

“ދޮންބޭ އަޅެ ޕްލީސް މިއަށް މޮހައި ދެރެފެލެ… އެޔާ ބޭހެއް… މަމިހެން އޮވެ ކެހެނަކަށް ސަލާމަށް ވޭނެއި… ޕްލީސް ދޮންބޭ…” ރޫހީ އޭނާގެ ދޮންބެއާއި ވާހަކަ ދެއްކީ ވަރަށް މަޑުމައިތިރިކޮށެވެ.

ރިޔާޒަށް މިއަޑުތައް އަހަން ވަރަށް ވެސް އުނދަގުލެވެ. މޭޒުމަތީ ފެންތަށި ބެހެއްޓުމަށްފަހު ފަސްއެނބުރި ބަލާވެސްނުލާ ރިޔާޒް ހިނގައިގަތީ ކޮޓަރިން ބޭރަށް ނުކުތުމަށެވެ. ދެރަވެ އިސްޖެހިފައި ރޫހީ އިނީ އޭނާގެ ދޮންބެގެ ފަރާތުން އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭނެ ކަމަށް އުއްމީދު ކޮށްގެންނެވެ. ނަމަވެސް ރިޔާޒްގެ ހަރަކާތް ހުރި ގޮތްފެނި ދޮންބެގެ ފަރާތުން އެހީއެއް ނުލިބޭނެކަން އެނގުމުން ރޫހީ ގާތަށް ވަރަށް ރުޅިއައެވެ. އިށީނދެގެން އިނދެ މީހާ ތެޅެމުން މިންޖުވާން ދެއަތަށް ލަކިޖަހަމުން ދިޔައިރު ރޫހީގެ އަތުގައި އައްސާފައިވާ ދިމާލުން ލޭގެ އަސަރު ފާޅުވޭވޭ ހުއްޓެވެ. އޭނާ މިހެން ތެޅޭއިރު ހީވަނީ ހަށިގަނޑުގެ އެތަން މިތަން ފުނޑާލަފާނެ ހެންނެވެ. އޭނާ ތެޅިފޮޅެމުން ދިޔަވަރަކަށް އެނދުގެ ދަގަނޑުތައް ތެޅޭ އަޑުވެސް އިވެމުން ދިޔައެވެ.

އައި.ޖީ.އެމް.އެޗްގެ ޕްރައިވެޓް ކޮޓަރިއެއްގައި އެނދުމަތި ކުރެވިފައިވާ ރޫހީގެ ހަށިގަނޑަށް އަރުވަމުން ދިޔަ ބާރު ފެނުނު ކޮންމެ މީހެއްގެ ހިތަށްވެސް ބިރުވެރިކަން ވަންނާނޭކަން ކަށަވަރެވެ. އެނދުމަތީގައި އޮތް ރޫހީގެ ހަށިގަނޑަށާއި މޫނަށް ޖައްސަމުން ދިޔަ ވައްތަރުތައް ބަލަންހުރި އާމިނަ ބަޑި ފަޅައިގެން ދިޔައެވެ. އެ މަންޒަރު ބަލަން އޭނާގެ މައި ލަގޮނޑިއަކަށް ކެތެއް ނުކުރެވުނެވެ. ކޮޓަރިން ބޭރަށް ނުކުތުމަށްފަހު، އެކޮޓަރިން ބޭރުގައި ފޯނުން މީހަކާ ވާހަކަ ދައްކަންހުރި ޟިރާރު ގާތަށް ގޮސް އާމިނަ ހުއްޓުނެވެ.

އާމިނަގެ މޫނަށް ބަލާލަމުން ޟިރާރު ފޯނު ކަނޑާލަމުން ޖަވާބުދިނެވެ. ” އާމިނާ…. އަލިބެ ތެބެއެއި… މިކަމާއި އަފިރިން ވޭނޑެނެލެއް މާ ލަސްވީ… ދެން މާގިނަ ވޭލާ ނިވޭހެއް… ރޫހީ ސަލާމަށް ކެރެވޭހެއް… ރިޔާޒް އެގެއި ސައިކަލާން އަލިބެ ނަގާ…” ޟިރާރުގެ އަތުގައި އާމިނަ ހިފާލީ އުއްމީދުން ފުރިގެންވާ ހާލުގައެވެ. އެމީހުންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު މި ހާލުގައި ނިމިގެންދާތަން ބަލަން ވަރަށްވެސް ހިތް ދައްޗެވެ.

ރޫހީގެ ބައްޔަކީ ނަފްސާނީ ބަލިކަމަށް ބުނަމުން ޑޮކްޓަރުން އެކިކަހަލަ ބޭސްފަރުވާ ދެމުންދިޔަ ނަމަވެސް މާ ބޮޑު ލުޔެއް ލިބޭތަނެއް އަދި ނުފެނެއެވެ. ކުރިން ހަށިގަނޑު ރަނގަޅުކޮށް ހުރި އުމުރުން ނަވާރަ އަހަރުގެ ރޫހީއަށް ބަލާލާ ކޮންމެ މީހަކުވެސް އެ މަންޖެގެ ހާލާމެދު ހަމްދަރުދީ ވާނެކަން ކަށަވަރެވެ. ހިކިގެންގޮސް އަނަރޫފަވެފައިވާ އެހަށިގަނޑުގައި އެއްވެސް ތާޒާކަމެއް ނެތެވެ. ލޯކައިރި ކަޅުވެ ވަޅުވަދެފައި ވާއިރު ލޮލުތެރެ ހީވަނީ ރަތްކަމުން އަނގުރު އަލިފާންހެނެވެ. ތުންފަތުގައި ތެތްކަމެއް ނެތުމުން ކުރަކިވެ ފަޅަފަޅައިގެން ގޮސްފައި ހުއްޓެވެ. އިސްތަށިގަނޑުވަނީ ފުސްބުރާފައެވެ. ހޭވިފައި އޮތްއިރު އިސްތަށިގަނޑުގެ ބަލިކަށިކަން ފާހަގަ ވެއެވެ. ރޫހީގެ މޫނާއި ހަށިގަނޑަށް ބަލާލާފައި މީހުން ބުނާނީ އޭނާއަކީ 25 އަހަރުން މަތީ އަންހެނެކޭ އެވެ.

ނަރުސްކުދިން ކޮޓަރިތެރެއަށް ވަދެގެން އައިސް ރޫހީގެ އައްސާފައިވާ އަތުގައި ހަރުކޮށްފައިވާ ކެނިއުލާގެ ތެރެއަށް އިންޖެކްޝަނެއް ޖަހާލިއެވެ. އޭރުވެސް ރޫހީގެ ކުރަކިވެފައިވާ ބަރުއަޑުން ވާހަކަ ދައްކަމުން ދިޔައީ މޮޔައެއް ހެންނެވެ. “މިއަށް މޮހެފެލަ… މިއަށް މޮހެފެލަ ޕްލީސް…..” އެ އިންޖެކްޝަން ޖެހުމަށްފަހު އެނދު ކައިރީ ހުރި ސްޓޭންޑްގައި އަޅުވާފައިވާ އައިވީ ފުޅި ނަރުސް ކުދިން އޭނާގެ އަތަށް ގުޅާލިއެވެ. މާގިނަ އިރުތަކެއް ނުވެ ރޫހީގެ އެސްފިޔަތަކަށް ބަރުވެ ދެލޯ މެރިއްޖެއެވެ. އޭރުވެސް އޭނާގެ ތުންފަތް ހަރަކާތް ކުރަމުން ދިޔައެވެ. ” މި އަށް… މޮހެ…ފެލަ… ޕްލީ….ސްސް”

*** *** *** *** *** ***

ފެންނަމުން ދިޔަ އިރުއޮއްސޭ ފުރިހަމަ މަންޒަރަށް ބަލަން މަންޝާއަށް އިނދެވުނީ އެ ފެންނަ ގުދުރަތީ ރީތި ކުލަތަކުގެ އަވައިގައި ޖެހިފައެވެ. ހަވީރުގެ ހިތްފަސޭހަ މާހައުލުގައި އެތައްބަޔަކު ކުޑަކުދިންނާ އެކީ ހިނގާލަން އައިސް އުޅުނެވެ. ޒުވާނުންގެ މަރުކަޒު ކައިރީގައި ހަދާފައިވާ ގޮނޑުދޮށުގައި އެއްބަޔަކު މޫދަށް އެރި މަޖާކުރަމުން ދިޔައެވެ. އެ މަންޒަރު ދުރުން ބަލަން އިން މަންޝާއަށް ފެންނަމުން ދިޔައީ އުފާވެރިކަމުގެ ކުލަތަކެވެ. ކުޑައެއްގެ ދަށުގައިވާ ބެންޗުމަތީގައި ހަމަޖެހިލައިގެން އިން މަންޝާ ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާގެ ހޭވިފައިވާ ކަޅު އިސްތަށިގަނޑު ވަޔާއި އެކީ ވިހުރެމުން ދިޔައެވެ. ދޭތެރެއަކުން އިސްތަށިގަނޑުގައި އަތް ހާކާލަމުން ކޮނޑުން އެއްފަރާތަށް އިސްތަށިގަނޑު ވައްޓާލައެވެ.

ބެންޗުމަތީގައި އިށީނދެލައިގެން ފޫހިކަމެއް ނެތި އެ މަންޒަރަށް ބަލަން އިނދެވުނީ އެ މަންޒަރުން މަންޝާއަށް ހިތްހަމަ ޖެހުމެއް ލިބެމުން ދާތީއެވެ. މަންޝާގެ އަތްދަބަހުގައިވާ ފޯނު ވައިބްރޭޓް ވާން ފެށުމުން ބެންޗުމަތިން ތެދުވީ ވަރަށް މަޑުމަޑުން ބަލައިގެންނެވެ. ފޯނަށް ބަލާލިއިރު މަންޝާ ގެއަށް ނައިސްގެން ލަސްވެގެން އެ ގުޅަނީ އޭނާގެ ފިރިމީހާކަން އެނގުމުން އަވަހަށް ޖަވާބު ދިނުމަށް ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. “ހެއި ދޫނިގަނޑާ… ދެން އަވަހަށް ގެއަށް އާދެބަލަ… އެއޮއް އިރުއޮއްސެނީ….”

އިރުއޮއްސެމުން ދިޔަ މަންޒަރަށް ފަހު ފަހަރަށް މަންޝާ ފަސް އެނބުރި ބަލާލީ ހިތާ ދެކޮޅަށެވެ. ނަމަވެސް ފިރިމީހާ ގުޅުމުން އިތުރަށް އެތާ ހުންނަން އޭނާ ފަސްޖެހުނެވެ. މަންޝާއަކީ އަބަދުވެސް އެނާގެ ފިރިމީހާގެ ބަސް އަހާ ކިޔަމަަންތެރި އަންބެކެވެ. ރަސްފަންނުން ބޭރަށް ނުކުމެވެން އޮތްމަގުން ކުރިޔަށް ހިނގައިގަތީ ބަނޑުގައި ފިރުމާލަމުންނެވެ. މަންޝާ ލައިގެން ހުރީ ކަކުލާ ހަމަޔަށް އަންނަ ގަޔަށް ދޫ ޓީޝާޓު ފޮތީގެ އަތްކުރު ހެދުމަކާއި ސްކިނީއެކެވެ.

ފަސް މަހަށްދާ ބަނޑުގައި ފިރުމާލި އިރު މަންޝާގެ މޫނު މަތިން އުފާވެރިކަމުގެ ކުލަވަރު ފެންނަމުން ދިޔައެވެ. ” ހޫން… މިހާރު މިދަނީ…. ބައްޕި ގެއަށް ނައިސްގެން ބޭބީ ފޫހިވާތީ ހިނގާލަން ނުކުތީ…. މިދަނީ އިނގޭ…” ބަނޑުގައިވާ ތުއްތު ދަރިފުޅު ތޮޅިލުމުން ކުރި އިހްސާސް ބުނެދޭން ވަރަށް އުނދަގުލެވެ. ހީވީ މަންޝާ ދެއްކި ވާހަކައިގައި އެ ތުއްތު ކުއްޖާވެސް ބައިވެރިވެލީ ހެންނެވެ. ގެއާ ދިމާލަށް ދިޔުމަށް މަންޝާގެ ފިޔަވަޅު އަވަސް ކޮށްލިއެވެ. ތޮށިގަނޑާ ވީ ފަރާތުގައި ހުރެފައި މަގުގެ އަނެއްފަރާތު ދުވާރު މައްޗަށް ދިޔުމަށް މަގު ހުރަސް ކުރަން މަސައްކަތް ކުރިއިރު ފޯނުގައި ހުރެ އަޒީމް ދައްކަމުން ދިޔަ ވާހަކަތަކުން މަންޝާއަށް ހެވެމުން ދިޔައެވެ.

އެ ދަނޑިވަޅުގައި އެ މަގުން ބާރު ދުވެއްޔެއްގައި ދުއްވާފައި ނުކުތް ސައިކަލެއް އައި ނައި ދިމާލެއް ނޭނގި ދިޔައީ މަންޝާއާއި ދިމާލަށެވެ. މަންޝާއަށް ލިބުނު ހައިރާންކަމާއި އެކީ ދުއްވައިގަންނަންވެސް ނޭނގި އެހުރި ފިޔަވަޅު މަތީ ގަނޑުވެފައި ހުރެވުނެވެ. އެސްފިޔަ ޖަހާ ހާ އަވަސް މިނެއްގައި އެ ސައިކަލު އައިސް މަންޝާ ގައިގާ ޖެހި ދިހަ ފޫޓެއްހާ ދުރަށް މަންޝާ ވިއްސައިގެން ދިޔައެވެ. ބިރުން ތެޅިތެޅި އޮތް ހިތާކާއި އެކީ މަންޝާ އޭނާގެ ބަނޑުގައި ހިފަހައްޓާލަމުން އަޑުގެ ނެތްތަނަށް ހަޅޭއް ލަވައިގަނެވުނެވެ. “މަންމާ….”

ގުޅަވަރަކަށް މަގު މެދަށް މަންޝާ ބަންޑުން ވެއްޓި ޖެހުނެވެ. މަންޝާގެ އަތުގައިވާ ފޯނު ބިމުގައި ޖެހުނު ގޮތަށް އެ ފޯނުގެ ޑިސްްޕްލޭ ކުދި ކުދި ވިއެވެ. ކޮންޓްރޯލެއް ނެތި ދިޔަ ސައިކަލާއި އެކު އޭގައި ތިބި ދެމީހުންގޮސް އެރީ ތޮށިގަނޑަށެވެ. ތޮށިގަނޑުގައި ޖެހުމާއި އެކީ ސައިކަލުގެ ފަހަތުގައި ހުރި ޒުވާނާ ބުރައިގެން ދިޔަ ގޮތަށް ތޮށިގަނޑުން ބޭރުގައި އަތުރާފައިވާ ބަޖިޔާ ގާތަކުގެ މައްޗަށް ވެއްޓުނެވެ.

މަގު މަތީގައި ތިބި މީހުންތަކާއި ގޮނޑުދޮށުގައި ތިބި މީހުންތައް އެދިމާލަށް އެއްވަމުން ދިޔައެވެ. މަންޝާގެ ހަށިގަނޑަށް ގުޑުމެއްވެސް ގެންނާކަށް ނުކެރުނެވެ. ބަނޑުގައި ވާ ދަރިފުޅު ކުއްލި ކުއްލިއަށް ތެޅެމުން ދިޔަކަން މަންޝާއަށް ފާހަގަވިއެވެ. ބޮލުގެ އިސްތަށިގަނޑު ތެރެއަށް އާދަޔާޚިލާފަށް ފިނިވަމުން ދިޔައެވެ. ލޯ ކަރުނުން ފުރިގެން ދިޔައެވެ. ބޮލުގެ ބައެއް ފަޅައިގެން ގޮސްފައި ވުމުން މަންޝާގެ ބޮލުން ލޭ ފައިބަމުން ދިޔައެވެ. ވަށައިގެން ފެންނަމުން ދިޔަ މަންޒަރު މަންޝާގެ ލޯމަތިން ފުސްވަމުން ދިޔައެވެ. ބިންމައްޗަށް ޖެހުނުލެއް ބާރުކަމުން ކަންފަތް ބަށްވިއެވެ. ކަންފަތަށް ތޫލިއަޑެއް އިވިއިވި ހުރިއިރު އެ ސަރަހައްދަށް އެއްވަމުން ދިޔަ މީހުން ދައްކަަމުން ދިޔަ ވާހަކަތައް ސާފުކޮށް މަންޝާއަކަށް އަޑެއް ނީވެއެވެ. އެ ވަގުތު މަންޝާގެ ހަށިގަނޑާ ގާތްވި އަންހެނަކާއި ފިރިހެނެއް މަންޝާގެ ގައިގައި ފިރުމާލިއެވެ.

އެ ފިރިހެން މީހާ އޭނާގެ އަތުގައިވާ ފޯނުން އަވަހަށް އެމްބިއުލަންސަށް ގުޅާލިއެވެ. އަންހެން މީހާ މަންޝާއަށް ގޮވާލިއެވެ. “ކޮއްކޯ…. ކޮން ނަމެއް ކިޔަނީ؟…. ކާކަށް ގުޅަންވީ؟… އެމްބިއުލަންސް މިހާރު އެބަ އާދޭ… ހިތްވަރުކުރާތި…” މަންޝާއަށް އެ އަންހެންމީހާ ދައްކަމުން ދިޔަ ވާހަކަ އަޑު އިވުނީ ވަރަށް ނުސާފުކޮށެވެ. އެ އަންހެންމީހާ ދައްކަމުން ދިޔަ ވާހަކަ ރަނގަޅަށް ސާފުވާވަރުވީ، އެ އަންހެންމީހާގެ ތުންފަތުގެ ހަރަކާތަށް މަންޝާ ބަލަން އޮތުމުންނެވެ.

ވަރަށް ހިތްވަރުކޮށްފައި މަންޝާގެ ދުލުން ބޭރުކޮށްލެވުނީ އޭނާ ދެކެން ބޭނުންވާ ހަމައެކަނި އިންސާނާގެ ނަމެވެ. “އަޒީމް…އަޒީމް…” އެހިސާބުން މަންޝާގެ ދެލޯ މެރިގެން ދިޔައެވެ. އޭރު މަޑުމަޑުން އިވެމުން ދިޔަ އެމްބިއުލަންސްގެ އަޑު ކަންފަތުގައި ގުގުމަމުން ދިޔައެވެ. ފަހަރެއް ފަހަރެއް އެ އަޑު ދިޔައީ ގަދަވަމުންނެވެ.

*** *** *** *** *** ***

ސޯފާގައި ނިދިފައި އޮތް މަންޝާއަށް ލޯ ހުޅުވާލެވުނީ އޭނާގެ ފިރިމީހާ އަޒީމް، އެނާއަށް ގޮވާތީއެވެ.

“އަޒީމް… މަގޭ ދަރިފުޅު…” ބަނޑުގައި ފިރުމަމުން މަންޝާ ތެދުވީ ބިރެއް ފެނިގެން ހެން ހީވިއެވެ. މިހުރެވުނީ ގޭގައިކަން އެނގުމުން މަންޝާއަށް އެ ފެނުނީ ބިރުވެރި ހުވަފެނެއްކަން އެނގުނެވެ. ލޯ ހަނިކޮށްގެން ހުރެ ފާރުގައި ހަރުކޮށްފައިވާ ގަޑިއަށް މަންޝާ ބަލާލިއެވެ. “އޯހް… ހައެއް ޖަހަނީ….”

މަންޝާ އަވަސްވެގަތީ އަޒީމްގެ ޔުނީފޯމް އިސްތިރި ކުރުމަށެވެ. ކޮޓަރިއަށް ވަދެ އަލަމާރިން އަޒީމްގެ ޔުނީފޯމް ނެގިއެވެ. އަދި އިސްތިރިކުރާ ބޯޑު ފަތުރާލުމަށްފަހު އިސްތިރިކުރަން ފެށިއެވެ. އަޒީމް ލައިގެންހުރި ސޯޓާއި ޓީޝާޓް ބޭލުމަށްފަހު އޭރު ފާޚާނާއަށް ވަނީ އަވަހަށް ފެންވަރާށެވެ. މަންޝާއަށް ބިރުވެރި ހުވަފެނެއް ފެނުނީކަން އަޒީމަށް އެނގުނެވެ. ނަމަވެސް މިގަޑީގައި އެވާހަކަ ދައްކަން ބޭނުންނުވީ އަޒީމް ޑިއުޓީއަށް ދާން ގަޑި ޖެހޭތީއެވެ.

“މިހެންވެ އަހަރެން މެންދުރުފަހު ކައިގެން ޓީވީ ބަލަން ނޫޅެނީ…. ނިދުނީ ވިއްޔަ…. ދެންވެސް އަވަސްކުރޭ.. އެހެންނޫނީ ގަޑި ޖެހިދާނެ…” އަޒީމްގެ ޔުނީފޯމް އިސްތިރި ކުރުމަށްފަހު ކޮނޑުގައި އަޅުވަމުން މަންޝާ ވާހަކަ ދެއްކީ ފާޚާނާގައި ފެންވަރަން ހުރި އަޒީމާއެވެ.

މަންޝާއާއި އަޒީމަކީވެސް އަތޮޅުތެރޭ ދެމީހުންނެވެ. އަޒީމްގެ މަންމަގެ ނުގަބޫލުގައި އޭނަ މަންޝާއާއި ކައިވެނިކުރީ މަންޝާ ދެކެ އިންތިހާއަށް ލޯބިވާތީއެވެ. ކައިވެނިކޮށްގެން އެދެމަފިރިން ދިރިއުޅެމުން އަންނަނީ މާލޭގައެވެ. ޚަރަދުތައް ބޮޑުވެދާނެތީ މަންޝާ ރަށުގައި މަޑުކުރަން ބޭނުންވި ނަމަވެސް އަޒީމް އެ ގޮތެއް ނޭދެއެވެ. ލޯބިވާ އަނބިމީހާއާއި ދުރުގައި ގިނަ ދުވަހު އުޅުމަކީ ބޮޑުވޭނެކެވެ. އެހެން ކަމުން މާލޭގައި އެދެމަފިރިން އުޅެނީ އެއް ކޮޓަރީގެ ކުޑަ އެޕާޓްމަންޓެއްގައި ކުއްޔަށެވެ. ހަތްހާސް ރުފިޔާ މަހުކުއްޔަށް ދައްކައިގެން އެދެމަފިރިން އުޅެނީ ވަރަށް އުފަލުގައެވެ. ނަމަވެސް އެ ދެމީހުންގެ ކައިވެންޏަށް ހަތް އަހަރުވީ އިރުވެސް ދިރިއުޅުން ފަޅުފިލުވައިދޭނެ ދަރިއަކު ނުލިބެއެވެ. މިހާރު މި ދެމަފިރިން ޑޮކްޓަރަށް ދައްކައިގެން އެކަމަށް ބޭސްކުރަމުން ދާތާ އަހަރެއްވީއެވެ. ޑޮކްޓަރުން ހެދި ޓެސްޓުތަކުން ދަރިން ލިބުމުގެ މައްސަލަ ހުރީ މަންޝާގެއެވެ.

ފުރާވަރަށް އެޅީއްސުރެ މަންޝާއަކީ ޤަވާއިދުން ޕީރިއަޑްވާ ކުއްޖެއް ނޫނެވެ. އެއީ މާބޮޑު ކަމަކަށް ނުހަދާ ޑޮކްޓަރަށް ނުދައްކާ ހުރެ ފަރުވާކުޑަ ކުރެވުނީތީ މިއަދު އެކަމާ މަންޝާ ހިތާމަކުރެއެވެ. މިކަމަށް ބޭސްކުރަން ފެށިތާ އަހަރެއް ވީއިރު ކޮންމެ މަހަކު ބަނޑުބޮޑުތޯ ޓެސްޓު ހަދާ ސްކޭން ކުރުމުންވެސް ލިބެމުން ދިޔައީ އެއް ޖަވާބެކެވެ. ކައިވެންޏަށްފަހު މަންޝާ އިތުރަށް ފަލަވެ ގައިގައި މަސްޖަހާ ހުންނަނީ ބިސް ގޮތަކަށެވެ. ޑޮކްޓަރުން ބުނާ ގޮތުގައި މިހުރިހާ ކަމަކީ ހަށިގަނޑުގެ ހޯމޯންސްތަކަށް އަންނަ ބަދަލުތަކުން ދިމާވާ ކަންކަމެވެ. މަންޝާ ދަރިއަކު ބޭނުމެވެ. މަންޝާއާއި އެއްއުމުރެއްގެ ހުރިހާ ރަހްމަތްތެރިންގެ ލޯބިލޯބި ދަރިން ތިބޭ އިރު މަންޝާވެސް އޭނާއަށް މަންމާއޭ ކިޔާފަ ގޮވާލާނެ ތުއްތު ކުއްޖެއް ބޭނުމެވެ.

ކައިވެންޏަށް ހަތް އަހަރުވީ އިރު މަންޝާގެ އުމުރަކީ ހަތާވީސް އަހަރެވެ. އަޒީމަކީ މަންޝާއަށް ވުރެ ދެ އަހަރު ދޮށީ ޒުވާނެއް ކަމުން އަޒީމް މިހާރު ތިރީހަށް އަޅަން އުޅެނީއެވެ. އަޒީމް މަސައްކަތް ކުރަނީ ހުޅުލޭގައި އިމިގްރޭޝަން އޮފިސަރެއްގެ ވަޒީފާގައެވެ. އެހެންކަމުން ބައެއް ހަފްތާތަކު ރޭގަނޑު ޑިއުޓީ، އަދި ދަންވަރު ޑިއުޓީވެސް ނަގަން ޖެހެއެވެ. އެއީ މަންޝާ އެންމެ ފޫހިވާ ދުވަސް ތަކެވެ. އަޒީމް ރޭގަނޑު ޑިއުޓީއަށް ދާ ދުވަސްތަކަކީ މަންޝާ އެކަނިމާ އެކަނި ގޭގައި އިންނަން ޖެހޭ ދުވަސްތަކެވެ.

އަޒީމް ފާޚާނާއިން ނުކުމެ މަންޝާ ގައިގައި ބައްދާލިއެވެ. “ހޫންން.. ދެން މީ ކޮންގަޑިއެއް….” މަންޝާގެ އުނަގަނޑުގައި ވަށާލާފައިވާ އަޒީމްގެ އަތް ނައްޓާލުމަށްފަހު ފާޚާނާއަށް ވަނެވެ. މަންޝާ ފާޚާނާއިން ނުކުމެ އަތް ދިގު ގަމީހަކާ ސްކިނީއެއް ލިއެވެ. އަދި ބޮލުގެ އިސްތަށިގަނޑުގައި ފުނާ އަޅާލުމަށްފަހު އިސްތަށިގަނޑު ނިއުޅުވާލިއެވެ. މޫނުގައި ފުށްމާ ހާކާލުމަށްފަހު ތުންފަތުގައި ރަތްކުލައިގެ ލިޕްސްޓިކެއް ޖައްސާލިއެވެ. ބުޑުމަތި ނިވާވާ ވަރުގެ ދިގު ގަމީސް ރީތިކޮށްލަމުން ލޯގަނޑު ކުރިމަތީ ހުރެ ދެފަރާތަށް އެނބުރެމުން ބަނޑުގައި އަތްހާކާލީ މިއަދުގެ ނަތީޖާއަށް ވާނެ ގޮތަކާމެދު ވިސްނަމުންނެވެ.

އެވަގުތު އަޒީމް ޔުނީފޯމް ލައިގެން އައިސް މަންޝާގެ ފަހަތުގައި ހުއްޓެމުންް ފުން ނަޒަރަކުން މަންޝާއަށް ބަލާލިއެވެ. މަންޝާގެ ފަހަތުން އައިސް ބައްދާލަމުން ބަނޑުގައި ފިރުމާލިއެވެ. މަންޝާގެ ކޯތާފަތަށް ބޮސްދެމުން ކަންފަތް ދޮށުގައި އަޒީމް ބުނެލިއެވެ. “ލެޓްސް ހޯޕް ފޯރ ދަ ބެސްޓް…”

މަންޝާގެ ލޮލުން ވިދަމުން ދިޔަ ކަރުނަތައް ހިންދަން މަސައްކަތް ކުރަމުން އަޒީމާ ކުރިމަތިލާން އެނބުރިލިއެވެ. އަޒީމްގެ ގަމީހުގެ ގިރުވާން ރީތިކޮށްލުމަށްފަހު ޑްރެސިންގް ޓޭބަލް މަތީ އޮތް އަތްދަބަސް މަންޝާގެ ކޮނޑުގައި އަޅުވަމުން އަޒީމާއެކީ އެ އެޕާޓްމަންޓުން ބޭރަށް ނުކުތެވެ. ދޮރު ތަޅުލުމަށްފަހު މަންޝާގެ ތަޅުދަނޑި ދަބަހަށް ލަމުން ސިޑިން ފޭބީ އަޒީމްގެ ފަހަތުންނެވެ.

އެގޭ ދޮރު ކުރިމަތީގައި ޕާކްކޮށްފައިވާ އަޒީމްގެ ސައިކަލަށް ދެމީހުން އެރިއެވެ. އަޒީމްގެ މިސްރާބު ހުރީ އައި.ޖީ.އެމް.އެޗް އަށެވެ. މާލޭގެ ހަލަބޮލި މަގުތަކުން ދުއްވާފައި ދިޔައިރު ފިހާރަތައް ވަނީ ބަންދުކޮށްފައެވެ. ދެނަމާދު ދޭތެރެ ކަމުން އެއްވެސް ފިހާރައެއް ހުޅުވާފައި ނެތެވެ. އައި.ޖީއެމް.އެޗް ގޭޓު ކުރިމައްޗަށް ސައިކަލް މަޑުކޮށްލާފައި މަންޝާ އަތަށް އަޒީމްގެ ވޮލެޓުން ނެގި އެއްހާސް ރުފިޔާގެ ނޫޓު ދިއްކޮށްލަމުން ބުނެލިއެވެ. “7:30 ގަ ރިޕޯޓް ދޫކުރަނީ… ސްލިޕްކޮޅު ގެނައިންދޯ…. ކޯލްމީ އިނގޭ…”

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (98)

  1. gurey

    I was waiting for ur story…. Varah reethi feshumeh…. Nimendhen evvareggai hifahattaa laathi…. Addu bahun dho roohy family e talk kurany….

    1. Shax Lyn
      gurey

      heiii… thanks gurey… insha allah evvarehgga hifahhattaa leveytho balaanan…. yes Roohy family vaahaka dhakkanee addu bahun…. 🙂

  2. Emy

    Strtig v nice …hope dhnhuri baithaves salhivaane kamh …..
    Keep it up??

    1. Shax Lyn
      Emy

      thanks Emy :*

  3. Shaax

    Kon atholheh ge bahakun tlk kuranwee a…kudakoh neyge ebunaa ehcheh…bt story is osum

    1. gurey
      Shaax

      Its addu BA’s…. Neynge baheh ask me… I know quite well 🙂 😀

    2. Shax Lyn
      Shaax

      gurey ebunni rangalhah… its addu bas… neyngey thanthankolhu kiyaidheynan just ask….

  4. princess

    Wowww.vrh riithi..daily kh up khdhehchey

    1. Shax Lyn
      princess

      daily kurun undhagoo vane but every week 2 episodes genesdheynan….. thanks a lot princesss 🙂

  5. maree

    Shaaz wow!!! Such a super story

    1. Shax Lyn
      maree

      thanks mareee 🙂 :*

  6. blue

    varah reeethii,,,

    1. Shax Lyn
      blue

      thanks 🙂

  7. Ra

    Alhe ruhi mum gaathu dhahkaafa in vaahaka bunedhyba

    1. Marsha
      Ra

      Aaminaa.. alibe eba aadhey.. mikamaa aharumen ulhunuleh maa las vee.. dhen maa gina ireh nuvaane.. ruhy salaamaiy kureveyne.. riyaz e dhiyaee saikaluga alibe balaa

    2. Shax Lyn
      Ra

      thanks for translating marsha…. marshah translate koffa einee rangalhah… 🙂

  8. Marsha

    Hey.. vv rythi starting eh.. like thiss v much shazlyn.. n i understand addu bas but cannot speak.. hithah arany manshaa aa ruhy aa oiy connection aky koba baaey.. n i hope mifaharu manshaa preg vaane kamah.. vv salhi.. waiting.. inthizaaring…

    1. Shax Lyn
      Marsha

      hehehe… Inthizaaring dhw…. thanks a lot…. lets see dhw mansha ah vaa gotheh…. ya and the connection between roohee n mansha…. kuriyah huri baithakun engemun dhaane….

  9. Kiaaraa

    Heii!! Its a very beautiful story.. Its same situation with my uncle and aunt-in-law.. My uncle works at immigration..and its also the same age.. It have been many years they didn’t conceive a baby.. As told in the story the prob is with my aunt-in-law.. Only one thing is different.. They have got married with the approval of both families… Is this story written on the situation with them…

    1. Shax Lyn
      Kiaaraa

      heiii Kiaaraaa…. thanks for reading my story… mi story akee shazge khiyaalee vaahaka eh… but abt the couple trying to get a baby…. this is a very common case with so many ppl… I have seen a lot of ppl going through this… ehenve ekahala situation eh nagaigen vaahakaeh liyelan hithah ereee… varah gina meehunge life aa gulheythee ulheyne… and thank u for sharing ur uncle n aunt-in laws story… i’ll include them in my prayers,… hope that they’ll get a baby soon…. tc

    2. Kiaaraa
      Kiaaraa

      Owh.. Okeyh.. And thankiu.. 🙂 🙂

  10. Faxoo

    wow varah reethi vaahaka eh. waiting fr the next part. 😀 Addu bahun liyefa huri thanthan kudakoh undhagoo kiyan :/ but its awsome, waiting fr the next part! 😉

    1. Shax Lyn
      Faxoo

      thanks Faxoo…. im glad u liked it… neyngey words huriyyaa let me knw.. will explain it…

  11. anu

    sis v salhi vaane hen heevany….. loving the story so far…. dhn vaany kihineh baa…. all the best sis… waiting for the next part…. <3

    1. Shax Lyn
      anu

      thanks Anu….. m so happy u read this…. 🙂 next episode on Thursday….. 🙂

  12. sana

    ????

  13. sana

    v rythi……

    1. Shax Lyn
      sana

      thanks sana 🙂 :*

  14. Ra

    Thanks marsha

  15. aff

    heii shaax .. story vrh habbu ingey

    1. Shax Lyn
      aff

      thanks… aff.. 🙂

  16. sau

    Wow. I Like the beginning..waiting for the next episode.. all the best dhonths…

    1. Shax Lyn
      sau

      sau thanks…. <3

  17. Siha

    V thafaathu story eh n feshun v reethi…. shaz ge vaahaka thah v interesting…… nex episode kiyaahithun keh madhuvefa.

    1. Shax Lyn
      Siha

      thanks Nasiha… 🙂 varah ufaavejje vaahaka kamudhiyaima…. keep waiting… 🙂

  18. Anonymous

    I have read ur first 2 stories and I can say this story’s beginning is the strongest… keep improving urself.. loved the description of man she’s accident scene.. (Y)

    1. Shax Lyn
      Anonymous

      thank u anonymous….. 🙂 😀

  19. Anonymous

    *mansha’s

  20. Nicky

    Nyyycccc

    1. Shax Lyn
      Nicky

      thanks Nicky…. 🙂

  21. sweety

    nice story ekamu addu bahun bunaa thankolhuga ebunaa ehcheh nengey. ehmenakah addu baheh nengeynedho

    1. Shax Lyn
      sweety

      I totally agree with u… next episode ga ebunaa ehcheh engeyne gothakah genesdheynan…. thank u for reading this…. 🙂

  22. naff

    Wat is this shaaz… I really dnt understand this.. Since i hv seen d advertisement, im waiting for ur story..im sory to say tht u hv disappointed me alot…

    1. Shax Lyn
      naff

      sorry if I have disappointed u… I think u didn’t understood the language used in five dialogues… next episode ill make sure… to translate it…. thanks for reading and giving yr feedback to this… 🙂

  23. inaa

    varah salhi….keep it up…

    1. Shax Lyn
      inaa

      thanks 🙂

  24. noora

    Starting v v salhi . Interesting & waiting for next part.

    1. Shax Lyn
      noora

      thanks nooraa… 🙂 <3

  25. Sienna

    Hi shax… Shax ge story akah inthizaa rkuraathaa dhuvas kolheh vejje… And its very nice. And Sienna akee Shax ge enme bodu fan kamuga balachey… And the storu was ausum, cool, dhen kiyaane ehcheh neyge.. hama ehaa salhi

    1. Shax Lyn
      Sienna

      hi… Sienna.. my BIG FAN…. im so happy to c so much love n support…. Nice to meet u Sienna…. my biggest FAN 🙂

  26. Shiaaleen

    plx Sienna akee ehnoon enme bodu fan.. it was me… Anyways story feshun hama habeys… v reethi… And u know… my sister name is also Shaxleen..

    1. Shax Lyn
      Shiaaleen

      Hi Shialeen another BIG FAN,,, Awwn… give my regards to ur sister… thankew for reading my story….. I hope u will like evry episode of this story…. tc

  27. Lai

    V unique shaaz ge vaahaka. Waiting for the next part ?

    1. Shax Lyn
      Lai

      thank u soo much 🙂

  28. saadhu

    V v v reethi

    1. Shax Lyn
      saadhu

      Thanks Saadhu 🙂

  29. Sienna

    oh! its not fear… u said to take care for that Shiaaleen and u didn’t say to take care for me… but i am ur big big fan 🙁

    1. Shax Lyn
      Sienna

      take care Sienna… 🙂 hehehe

  30. kandu fen

    ހަބޭސް ވާހަކައެއް, ވަރަށް ސަޅި ފެށުން

    1. Shax Lyn
      kandu fen

      ވަރަށް ބޮޑަށް ޝުކުރިއްޔާ…. ކަނޑުފެން

  31. iffa

    Vvvv salhi keep it up …I love this story….

    1. Shax Lyn
      iffa

      thank u so much iffa… im glad u liked this

  32. zul

    Shaz Ge mi ideas nereneee kihinehtha…. Masha Allah…. Ur writing has improved a lot…. And varah thafaathukoh Thi genes dhaneee…. Aammu koh addu bayaku ulhenya dialogues hunnaaner addu bahun… Am not from addu but vaahaka mihen genesdhinyma varah aslaa ehgoiy kollevey…. Salhi, habeys, fakkaaa feshumeh…. Thi vaahaka falhaaligoiy varah kamudhey. 😉

    1. Shax Lyn
      zul

      thank u so much…. thi comment falhaali goiy ves varah kamu gossi… 😉

  33. shif

    another master piece of the best writter… varah salhi starting ves.. keep it up..i love reading ur stories..

    1. Shax Lyn
      shif

      varah happy vejje… 🙂 thanks alot

  34. faz

    B thankful to each n everyone who comment on ur story..nt only to those whom u feel like sayin so..its unfair..here its all abt ur story..nt abt friends..hope u dont take me wrong.its jus wat i felt n thought of telling thiz n btw ur story is awsum..i liked it n waitin to read the remainin parts..jazakillah khairan..

    1. Shax Lyn
      faz

      Alhamdhulillah… sure, and thank u FAz… am thankful to everyone who comment on my story… whether its negative or positive… 🙂 glad u liked this…

  35. aleena

    Hehe addu bas dhw. I like addu bas . I can understand it, BT its v difficult to speak. Two girls ge life gulhuvanee, dream in baa anekkaa, n may b both r twins. shax Lyn hadhaane gotheh hama neygeyne. Waiting waiting

    1. Shax Lyn
      aleena

      hehehe… Aleena… thank u…. just wait and see whats going to happen at the end….

  36. rifa

    Dhen fazoo konirakun vaahakaeh up kuraany shx lyn and fazoo ge vaahaka thah v reethi rifa ah

    1. Shax Lyn
      rifa

      thanks Rifaaaa… 🙂

  37. ken?

    OMG….the best in town is back…n yeah as expected it’s awesome…keep de hard work..??

    1. Shax Lyn
      ken?

      Thankew Ken…. 🙂 ;*

  38. Ricky

    Biruveri vaahaka akah inthixaaru koh koh indhaa thi genes dhinee.. Thnx v salhi mi story!! V dhuvahah fahun biruveri vaahaka eh kiyaalan mi libuny.. Hunnany huss loabeege moya koosani vaahaka.. Thank u so much for this change!! V salhi kohlahchey!!

    1. Shax Lyn
      Ricky

      🙂 oohh thanks Ricky…. thank u so much…. In-sha Allah.. will try my best 🙂

  39. rifa

    Shax lyn ge vaahaka thah kiyaaleveny v kiyaa hithun dhen vaanee kihinehbaaey hithah ara ara ohvaa part nimeny dhen anehkaaves inthizaaru kureveny aa bayah your habeys

    1. Shax Lyn
      rifa

      Rifa…. thank u for reading my stories…. keep waiting…. will upload soon.. 🙂

  40. Shau

    Woww v reethi I’m speechless . Sifakurun thah vex hama habeys..waiting 4 da next part. Ur da best shax <3

    1. Shax Lyn
      Shau

      ohhh Shau gandaaa…. thank u…. varah ufaa vejje vaahaka kamudhiyaima…. keep waiting….

  41. reesh

    vaahaka habeys. week ge kon dhuvas thakehga up kuraanee. btw shaz tha story cover hedhy. v salhi inge. plz lasukoh anebai up kurache

    1. Shax Lyn
      reesh

      Weekly every Monday and Thursday upload koh dheynan…. yeah.. shaz cover foto hedhy… thanks a lot….

  42. black

    Varah intresting fashaafa in goih. Just started read Ur stories. I found them pretty interesting

    1. Shax Lyn
      black

      Thank you BLACK….. I feel v happy u liked them all… 🙂

  43. nammi?

    shaxlyn ah kihinei addu bas eguny? Shax thy addu mee heh tha .,.? Anyways story hama habeys .?????V v v v v nice..???? gud luck..????? maashaa allah.???????????

    1. Shax Lyn
      nammi?

      Actually am not from addu.. its my idea to do something new…. ehenve… my husband n his family and some friends helpd me with those dialogues… now am even learning something… before I don’t know how to speak… now I know lil bit…. thanks for reading my story… am so happy to knw that u liked it…

  44. Esha

    Shaax another nice story… V furihama ??

    1. Shax Lyn
      Esha

      thank u Esha…. 🙂 🙂

  45. mary

    Dhivehi bahun ehaa furihama koh reethi vaahakaeh genesdheytheee shaazlyn ah fahfashun shukuru adhaakuran.
    vaahakaige dhen oiy episode genesdheyne irehgge inthizaaruga balabalaa mihunnanee.
    masha allah. am really proud of u.
    may god bless u.

    1. Shax Lyn
      mary

      thank u Mary…… 🙂 next episode on Thursday…. 🙂

  46. Shax Lyn

    މި ވާހަކައަށް މިހާބޮޑު ތަރުޚީބެއް ލިބެމުން ދާތީ އަޅުގަނޑު އެކަމާ ވަރަށް ބޮޑަށް އުފާކުރަން…. މިކަމުގައި އަޅުގަނޑުގެ އާއިލާ އަދި ރަހުމަތްތެރިންނާ ކިޔުންތެރިން ތިޔަ ދެއްވާ ހިތްވަރާ ތަރުހީބަށް އަޅުގަނޑުގެ ހިތުގެ އަޑިން ޝުކުރު އަދާކުރަން

  47. nihaa

    Varah amaixing story fashaafa inn goiiyy n best of luck for the next part:)

    1. Shax Lyn
      nihaa

      thanks nihaaaa 🙂 <3

  48. Aisha

    Its a very nice beginning and very interesting. Waiting for next episode. Good luck Shazu

    1. Shax Lyn
      Aisha

      Thank u Aisha 🙂 🙂

  49. Aroo

    Wow..? Lynn v reethi mi vaahaka vx. . I’m you’r huge fan ?.. thanks. ???

  50. ޒީނާ

    ރީތި ފެށުމެއް އުންމިދުކުރަން ކުރިއަށް ހުރި ޕާޓްތައްވެސް މިހާ އިންޓްރެސްޓިން ވާނޭކަމަށް. މީ ބިރުވެރި ވާހަކައެއްތ؟

  51. Emaa

    Varah reethi mi vaahaka

Comments are closed.