ލާރާ :(5)
ޕާޓް 4 ގެ ނިމޭ ބައި: ކޮންމެ ގޮތެއްވިޔަސް އެ ޒުވާނާގެ ހަޤީޤަތް ހޯދުމަކީ މިއަދު އަހަރެންނަށް މަޖުބޫރު ކަމެކެވެ.
ޕާޓް:(5): މަގުގެ އެއްފަރާތުގައި ހުރި ފާރު ބުރިއެއްގެ މަތީގައި އިށީނދެލައިގެން އިން ލާރާ އިނީ ޓެކްސީއެއްގެ އިންތިޒާރުގައެވެ. އޭރު ވެސް ޔުނިވަރސިޓީގެ ގޭޓުދޮށުން ހީ ސަކަރާތް ޖަހާ އަޑު ކެނޑިނޭޅި ދިޔައީ އިވެމުންނެވެ. އެއީ ހަމަ ޔަގީނުންވެސް އަންހެން ކުދިންތަކެއްގެ ހުނުމުގެ އަޑެވެ.
މަޑު ހިނގުމެއްގައި އައިސް ކުރިމަތީގައި މަޑުކޮށްލިީ އެއް ފުރާވަރެއްގެ 3 އަންހެން ކުދިންނެވެ. “ކިހިނެއް ވެފަ ތީނީ” އެތަނުން އެއްކުއްޖަކު ސުވާލު ކުރިއެވެ. ” ޓެކްސީއެއް ނުލިބިގެން މިއުޅެނީ ” ލާރާ ބުންޏެވެ.
ހާސްކަނޑާލާ އަހަރަމެން ކުރިމަތީގައި ޓެކްސީ ނުވާނެ ސޯޅަޔަށް ވެސް . މި ކުދިން ގެ ސަކަ މިޒާޖު ހުރި ގޮތުން ލާރާގެ މޫޑު މުޅި އެކު ބަދަލުވި ކަހަލައެވެ. “ހިނގާ ދަމާ އަހަރުމެނާއެކު މިތާ ކައިރި ކޮފީ ޝޮޕަށް “. ކޮންމެ ގޮތެއްވިޔަސް މިތަނުގައި ރުންކުރުވެފައި އިނުމަށް ވުރެ މި މީހުންނާއެކު ދިޔުން ރަނގަޅުވާނެ ކަމަށް ބުނެ ހިނގައިގަތެވެ.
މީ ހަމަ ޔަގީނުންވެސް ތަފާތު މިޒާޖެއްގެ ބައެކެވެ. ލާރާ އަކީ މީހުންގެ ކުރި މަތީގައި ވަރަށް ބަސްމަދު ކުއްޖެކެވެ. ނަމަވެސް މި މީހުންނާއެކު ވާހަކަ ނުދައްކާ އުޅެން އެއީ ހަމަހިލާ ފަސޭހަކަމެއް ނޫނެވެ. އިރުކޮޅަކަށް މަޑު ޖެހިލައިގެން އިނުމަށް ފަހު ލާރާ ބުންޏެވެ.
“ކޮބާ އިންޓޮރޮޑިއުސް ވެލަން ވީނު” ބޮލުގައި އަޅާފައިވާ ބުރުގާގެ ދޮޅި ވަޅު ރަނގަޅު ކޮށްލުމަށްފަހު ތިން މީހުން އެކީ އެއް ރާގަކަށް އަނެއްކާ ވެސް ހޭން ފެށިއެވެ. ބޭ އިހުތިޔާރުގައި ލާރާ ކިހިނެއް ވީތޯ ސުވާލު ކުރިއެވެ.” ސޮރީ ސޮރީ” އަހަރެންގެ ނަމަކީ ނަތާޝާ ، ކުރުކޮށް ނަމަ ނަތާ. ދެން މިތިބީ ހަމަ އަހަރުމެންގެ އެއް ނޭވާ ހިނގާ ނާޒް އާއި މިޒްނާ ، މި ދެމީހުން މާދަން ފުރާނެ ޗައިނާއަށް ދެ އަހަރުގެ ކޯހަކަށް.
“މިދެމީހުން ނެތަސް އަހަރުމެންނަށް ހަމަ އާދެވިދާނެ އެއްނު ކޮފީ އަށް” ނަތާ ބުންޏެވެ. ލާރާގެ މޫނުމަތިން ފެންނަމުން ދިޔަ އެކަނިވެރި ކަމުގެ ތަސްވީރަށް ނިމުން އައި ކަހަލައެވެ. މިހާ ހިތްހެޔޮ ސަކަ މިޒާޖެއްގެ އެކުވެރިއެއް މި ރާއްޖެ އިން ހޯދަން ލިބޭނެ ހެއްޔެވެ.؟
ނަތާޝާ އަކީ ކޮންމެ އަކަސް ތަފާތު އެކުވެރިއެކެވެ. މޫނުގައި ހާކައިފައި ހުންނަ ފައުންޑޭޝަން ގެ ސަބަބުން ބައެއްފަހަރު ކާކުކަން ވަކިކުރަން ނޭނގޭ ފަހަރު ވެސް ދެއެވެ. ތުންފަތުގައި ޖައްސާފައިވާ ލިޕްސްޓިކް ގަނޑެކޭ ރަތް އަންނާރެކޭ ތަފާތެ ނުހުންނާނެއެވެ. ކޮންމެ ތަނަކަށް ދިޔަކަމުގައި ވިޔަސް އޭނާގެ ތުންފަތުން ރަތްކުލަ ނުފެނުމަކީ އެހާމެ ނާޒުކު ކަމެކެވެ. ދުވާލު ދެ ދަޅައަށް ޖިމަށް ދިޔަ ކަމުގައި ވިޔަސް ނަތާގެ ރީތި ކަމުގެ އަސްލަކީ ލިޕްސްޓިކޭ ބުނާ މީހުން މަދެއްނޫނެވެ. ޔުނިވަރސިޓީގެ ކޮންމެ ފިރިހެން ކުއްޖެއްގެ ހިތުގެ ރަނިކަން ހޯދުމަކީ ، ނަތާއަށް މާކަ ބޮޑުކަމެއް ނޫނެވެ. ކަޅި ރަވައިން ކޮށްލެވޭ ކުޑަ ކުޑަ އިޝާރާތަކުން ވެސް މީހެއްގެ ހިތް ކަތިލުމުގެ ބާރު މި ކަމަނާއަށް ލިބިގެންވެއެވެ.
އެތައް އިރެއްވަންދެން ވާހަކަ ދައްކަމުން ގޮސް ގަޑި ބަލާލިއިރު ، ކަމަކުދާކަށް ނެތެވެ. މެންދަމުން އަނބުރާ އެކެއް ޖަހާ ބޮޑުވެއްޖެއެވެ. ނަމަވެސް މާލޭގެ މަގުތަކުގައި ދުއްވާ އެއްޗެހީގެ އަދަދަކަށް ބަދަލެއް ނާދެއެވެ. މާދަމާ އަކީ ކިޔަވަން ދާންޖެހޭ ދުވަހެއް ކަމުން އެންމެން ވެސް އަވަސްވެގަތީ ގެޔާ ދިމާލަށް މިސްރާބު ޖެހުމަށެވެ. މަގުގެ އެއްފަރާތުގައި ހިނގަމުން ދިޔަ ލާރާގެ ފަހަތުން ނަތާ ވެސް ބާރު ހިނގުމެއްގައި އައިސް ބުންޏެވެ. ކޮންތާކު އުޅެނި ؟
ލާރާގެ ގެޔާ ހިސާބަށް ހަމަ ޔަގީނުންވެސް އިތުރު ފަނަރަ މިނެޓް ހިނގާފަ ނޫނީ ނުދެވޭނެ ކަމަށް ލާރާ ބުންޏެވެ. “އެހާ ދުރުގައި ގެ ހުންނަން ޔާ ހިނގާ މިރޭ އަހަރުމެން ގެޔަށް ދާން ” ނަތާ ބުންޏެވެ. “އަހަރުމެން ގޭގަ އުޅެނި މިވަގުތު ހަމައެކަނި މަށާ ، މަގޭ ދޮންބެޔާ އެކަނި ، ލާރާ އަށް އޮވެވޭނެ މަގޭ ރޫމްގަ”
މޫނުމައްޗަށް ވެރިވަމުން ދިޔަ ނިދި ބަރު ކަމުގެ ސަބަބުން ނަތާ މެން ގޭގައި މަޑު ކުރުމަށް ނިންމިއެވެ. ގެޔާ ހިސާބަށް އާދެވުނުއިރު ލާރާގެ ކުރި މަތީގައި ހުރީ ކަނޑުވަރެކޭ ވެސް ބުނެވިދާނެ އެވެ. ދިހަ ބުރިޔަށް ނަގާފައިވާ މި ބޮޑު ގޭގެ ތިރީގައި ޕާރކް ކޮށްފައިވާ ބީއެމްޑަބްލިއު މަރުކާގެ ކާރަށް ލާރާގެ ސަމާލުކަން ހުއްޓުނެވެ. “ވާއު” ލާރާ ބުންޏެވެ. މީހަމަ މިގޭ ކާރެއްތަ ؟
މި ސުވާލާ އެކު ނަތާޝާގެ ހިނިގަނޑު ކޮންޓްރޯލް ވެސް ނުވިއެވެ. ” އަދި އަލަށްތަ މީގެ ކާރެއް ތި ފެނުނީ” ނަތާޝާ ބުންޏެވެ. ތިހާވަރަށް ކާރު ދެކެ ލައިކް ވަންޏާ ގޮސް ދޮންބެ ގާތު ބުނެބިލަ !! ދޮންބެ އިންނާނެ މިވަގުތު ހޭލާ ..
އައިސްފައިވާ ނިދީގެ ސަބަބުން މާ ވާހަކަ ދިގު ނުކޮށް ލިފްޓާ ދިމާލަށް ހިނގައި ގަތް ވަގުތު ލާރާގެ ނަޒަރު ހުއްޓުނީ ކާރުގެ ފަހަތުގައި ޕާރކް ކޮށްފައިވާ ކަޅު ކުލައިގެ ސައިކަލާ ދިމާލަށެވެ. އެއީ ހަމަ ޔަގީނުންވެސް މިރޭ އަހަރެން ގޮވައިގެން ޔުނިވަރސިޓީއަށް ދިޔަ މީހާގެ ސައިކަލު ބާއޭ ހިތާ ހިތާ ސުވާލު ކޮށްލެވުނެވެ. ލާރާގެ ހިތު ތެރެއިގައި ދިޔައީ ސުވާލުތައް ފުނި ޖެހެމުން ނެވެ. އަނެއްކާ އެ މީހަކީ މިގޭ މީހެއް ބާއެވެ.؟
ސައިކަލާ ދިމާލަށް ބަލަހައްޓައިގެން ހުރި ލާރާގެ ހިތަށް ސިހުމެއް ލިބުނީ ނަތާޝާ ގޮވާލި އަޑަށެވެ. ” އަޅެ ވަރުގަދަ ކަމެއްނު މި ލައިގަންނާނި ” ނަތާޝާގެ އަޑުގައި ވެސް ވަނީ ރުޅިވެރިކަމުގެ އުދާސްތަކެވެ. ކޮންމެ ގޮތެއްވިޔަސް ލާރާ އެހާ ފަސޭހައިން އެ ސައިކަލަށް ނަޒަރު ހުއްޓުނީ ކޮންމެވެސް ސަބަބަކާ ހުރެ ކަން ނަތާޝާއަށް ފާހަގަ ކުރެވުނެވެ.
ނަތާޝާގެ އެޕާޓްމަންޓް އަށް ދިއުމަށްޓަކައި ލިފްޓް އަށް އަރާ ހުރެ ލާރާ ކޮށްލި ސުވާލުގެ ސަބަބުން ނަތާޝާ ހިތް މުޅިން ހުއްޓުނު ކަހަލައެވެ. އެ ސައިކަލު އެއީ ކާކުގެ ސައިކަލެއް ހޭ ލާރާ ސުވާލު އެކުރީ ހަމަ ޔަގީނުންވެސް ލާރާ އަށް މީގެ ކުރިން އެ ސައިކަލު އެތައް ފަހަރެއްގެ މަތިން ފެނިފައިވާތީ ކަން ޔަގީނެވެ.
(ނުނިމޭ)!!!
27 Comments!
Comments are closed.


V.rythi ig!
Thx 😊
University in dhimaavi kudhin kolhakaa eku coffee akah erun ok but hama e rey ehaa dhan vefa hutta, nuves dhanna meeheh gey madu kuran is not acceptable! It doesn’t really make sense?? Fictional story eh nooniyyaa realistic vaan jehey ne ehnu?
And it’s a bit too short? Maybe At LEAST 5 mins??
I agree with you girl
Girl ey buni iru egeytha ma miee girl eh kan😂
Vrh rythi MA!!
Whn nxt??
Thx 😊 soon ⏳
Wow v reethi mi part 💙
Shail u ah hama saabas wow 👏👏👏
hama anhen kudhin kuraa makeup thakah dhandhen ves liyelaafa!💋💄 bravo! bravo!🤌👍
It rlly got me laughing when u add those parts🤣
Extroverts thakakaa dhimaaveema introverts ah ves gehenee hama egothah ulhen ya hama thedheh sheex ves experience kohfin extroverts ge goy 😏
I can’t wait e firihen kujakee kaakutho balan 🤭
I rlly can’t wait for the next part!🙈
Thx 😊
Heevany alhe anhen kudhinnah jessun kohffa oth hen🙄
Alhe dhen thihen nubune some girls are like that ey
mi part Ves Vrh Reethi
I can’t wite for the next part
hope its very long
mi part Ves Vrh Reethi
I can’t wite for the next part
hope its very long
insha’Allah mi story ehkoh nimumaaeku hurihaa episode eh ehfotakah print kohfa …
Kiyun therin AA hamayah foaru kohdheynan ✍️😊
mi ah vure vx kuru kohbe😊 eyrun Gina kudhin kiyaa hihvaanee..
adhi vx unrealistic kohlaathi dhen ep 😆
Yeah dhw? Then ep eh ge liyalaathi university ah dhaan baeh foithah geyga bahattafa aima udun eychis aii ey! Eyrun story eyah vure salhi vefa fictional vefa reads ge support hes kiyaafa libeyne😂
fr
aslu vx readers ge support ves udun vaarey vehey henn faibaane😆
Hehe 🤦😁
Mi part ves vrh Reethi MA!!!
When’s next?? 😎
Thx 😊
okay. I find this author hella weird!!!
readers ge comments ah reply dhenee eh vx noon
at least thank you ey bunelaa nama dhw
Busy kamun comments adhi kiyaa nulevuni
Sorry 😔
there is something else I noticed
meege 13 years kurin esfiya ah author eh laafa inn laaraa kiyaa vaahaka eh hama e story ga vaa kahala gothen meega ves vanee.. miadhu aharen e vaahaka kiyaaleen.
so is this a copy or Smth?
hate comment eh noon mee
hama ahaalee heevaathee
and I’m trying to support you and give you tips😆
This is my own one which written before ☺️
i donnoo how u gys like the sifakurun thah in this “story” that much
this cant even be compared with sm sifakurun in stories i’ve read
(not saying this stry cant be improveed)
aslu heevanee shail aky boy eh veema fan girls molhu comment eh kohllanee hn
(no hate though)
ekm shail miah vure vhk reethchah liyan beynun nama i think u should accept hate comments and try to improve the mistakes 🙂
I always accept my mistakes 😔
Without mistakes there won’t be any improvement 👍
Thx for Ur feedback 🙂