Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފުންއަސަރު 14

Ushaali Level 810 Stories100 Comments100 Stories500 Comments
March 19, 2016 7 Mins Read
18 Comments

ވިރިވިރި ހުރި ޝިިޔާރާ މޫނު އެއްފަރާތް ކޮށްލުމާއެކު ޒޯހަން އެކަންފަތްދަށުގައި ބުނި އެއްޗެއް އަޑު އިވުމާއެކު ޝިޔާރާގެ ދެލޯ ބޮޑުވިއެވެ. “ޕްރިންސަސް. މެރީ މީ. އައި ކާންޓް ވެއިޓް” ޝިޔާރާ ޒޯހަންގެ މޫނަށް ބަލާލިއެވެ.

 

ޝިޔާރާ އަށް ވެސް ސިއްރުން ފަޓްލޫނުގެ ޖީބުން ނެގި ހުދު ރަނުގެ އަނގޮޓި ޝިޔާރާގެ އިނގިލި ތެރެއަށް ވައްދާލީ ލިބުނު އުފަލުން އިސްޖަހާލައިގެން ޝިޔާރާ ހެވިފައި ހުއްޓައެވެ. އިސް އުފުލާ ޝިޔާރާ ޒޯހަން އަށް ބަލާލީ އަނގޮޓިއަށް ބަލާލުމަށްފަހުއެވެ. ޒޯހަންގެ މޫނު މަތިން ފެނުނީ ޔަގީންކަމެވެ. “ޔެސް ރަނގަޅަށް ތިއަޑު އިވުނީ. ޝިޔާގެ ފިރިއަކަށްވުމުގެ ޗާންސް މަށަށް ލިބިދާނެތަ؟ ބޭނުމީ ތިލޯބި ކުއްޖާ އަބަދުގެ އަބަދަށް ކައިރީގައި ހުންނަން. މިލޮލުގެ ނަޒަރުން ފަޅި ސިކުންތަކަށް ވެސް ގެއްލެން ބޭނުމެއް ނޫން. ތިހަށިގަނޑު ވަރަށް ކައިރިން ބަލާލަނ ބޭނުން. ތިލޯބި ކުއްޖާއާއި ކައިރިވާ ވަގުތު އަތުން ފައިން ގޯހެއް ހެދިދާނެތީ ބިރުގަނޭ.  ބޭނުމީ ތިއުނގުގައި ކޮންމެ ރެއަކު ނިދާލަން. ހެނދުނު ލޯ ހުޅުވާލުމާއެކު އެންމެ ފުރަތަމަ ޕްރިންސަސްގެ މޫނު ފެންނަން. ވަރަށް ވަރަށް ލޯބިވޭ ޝިޔާދެކެ. އައިލަވްޔޫ ބޭބީގާރލް” ޒޯހަންގެ ވާހަކަތަކުން ޝިޔާރާ ލަދުގަތެވެ. އަދި ހަމަ އެހާފަސޭހައިން ބޯޖަހާލުމަށްފަހު ޒޯހަންގެ މޭގައި ބޯއަޅާލިއެވެ. ޒޯހަން ވީ އުފަލުން ޝިޔާރާ އުރާލިއެވެ. ދެއަތްދަނޑިމައްޗަށް ލުއި ފަތްކޮޅެއް ބާއްވާލިފަދައެވެ. ބެލްކަނީގައި ޝިޔާރާ ގޮވައިގެން އެނބުރެންފެށީ ހިތަށް ލިބުނު ހިތްހަމަޖެހުމެއްގެ ސަބަބުންނެވެ. ފަޒާގައި ޒޯހަންގެ ހުނުމުގެ އަޑު ގުގުމާލިއިރު ޝިޔާރާ ވެސް އަޑުނީވުނެއް ކަމަކު ހެމުން ދިޔައެވެ.

އެކުގައި ލޯބިވެތި ވަގުތުކޮޅެއް ވޭތު ކުރުމަށްފަހު ޒޯހަން ޝިޔާރާ ގޮވައިގެން މާލޭގައި ކާރު ބުރެއް ޖަހާލިއެވެ. މާދަމާއަކީ ބަކުރުގެ ކިބައިން އެއްކޮށް ޝިޔާރާ މިނިވަންވާ ދުވަހެވެ. ދެން އޮތީ އިއްދައިގެ ދުވަސްތަކެވެ. އެދުވަސްތައް ހަމަވާ ދުވަހު ނޫން ދެން ޖެހޭ ހަފްތަގައި ޝިޔާރާ ޒޯހަންގެ މިލްކަކަށް ހަދާނެ ކަމުގައި ޒޯހަން ޝިޔާރާއަށް ވައުދުވިއެވެ. ޒޯހަންގެ ކައިވެނި ހަމަޖެއްސި ވާހަކަ ބުނަން ބޭނުންނުވީ ހަޔާތުގައި އުފަލެއް ނުވާ އަންހެންކުއްޖަކަށް ލިބުނު އުފާވެރިކަން ދެދުވަސް ތެރޭގައި ފެނަށް ދުއްވާލަން ބޭނުންނުވާތީއެވެ. ޒޯހަންއަށް ޔަގީންވާ އެއްކަމެއް އެބައޮތެވެ. ޒޯހަންގެ އަންބަކަށް ވުމުގެ ފުރުސަތު އެހިތުން ހަމައެކަނި ދޭނީ ޝިޔާރާއަށެވެ.

 

ޝިފްނީގެ ކުރިމަތީގައި އިން ނިއާއަށް ޝިފްނީ ބަލަން އިނީ ކަޅި އަޅާލައިގެންނެވެ. ޝިފްނީއަށް ކެރޭނަމަ މިހާރު ކަރުގައި ހިފީހެވެ. ދަތްތައް ފެންނަ ވަރަށް ހެވިފައި އެއިންނަނީ ކާކަށް ތުއިކަން ދައްކަންބާއޭ އެހިތަށް އަރަމުން ދިޔައެވެ. ސިޓިންގްރޫމަށް އެންމެން ޖަމާވެފައި ތިބިއިރު ޝިފްނީ ވެސް އިނީ ސާރާ ކިޔާވަރުން މިއަދި އެބަޔަށް އައިހެވެ. ޒޯހަން ތިރިއަށް ނުފޭބުމުން އެންމެ ފަހަށް ލަތާ ނިއާ ފޮނުވީ ޒޯހަންގެ ކޮޓަރިއަށެވެ. ޔަޝްމީ ނިއާއަށް ޒޯހަންގެ ކޮޓަރި ދެއްކުމަށްފަހު ތިރިއަށް ފޭބިއެވެ. ދޮރުން ވަން ނިއާ ފެނުމާއެކު އެނދުގައި އިން ޒޯހަން ފުންމައިގެން ތެދުވިއެވެ. ނިއާ ވެސް އިސްޖަހާލައިގެން ހުރެ އެތެރެއަށް އައިސް ޒޯހަން ކުރިމަތީގައި ހުއްޓުނެވެ. މުށިކުލައިގެ ޓޮޕެއްމަތިން ހުދުކުލައިގެ ޖެކެޓެއް ލާފާ ހުރިއިރު ލޮލުގައި އަޅާލާފައި ހުރި އަވި އައިނު އޮތީ ބޯމައްޗަށް ނަގާލާފައެވެ. ތިރިން ކަޅު ކުލައިގެ ސްކިނީއެކެވެ. އޭގައި އަޅާފައި ހުރި ވަރުގަދަ ބެލްޓް ފެންނަން ހުރިއިރު ކިރިޔާ އަތް އުފުލާލިއަސް ބަނޑު ފެންނާނެކަން ޔަގީނެވެ. އެސޫރަ ޒޯހަންއަށް ކަމު ނުދިޔައެވެ. މަންމައާއި ބައްޕަ ކަހަލަ ދީންވެރި ބަޔަކު ޒޯހަންގެ ހަޔާތަށް ގުޅުވަން މިއުޅޭ އަންހެން ކުއްޖަކީ މިފެންވަރުގެ ކުއްޖެއްކަން ނޭނގެނީބާއޭ ހިތަށް އެރިއެވެ. މިއަންހެންކުއްޖާ ޝިޔާރާ އާއި އެއްހަމައެއްގައި ފައި ވެސް ހަމަ ކޮށްލެވޭހާ ނުވެއެވެ. ޝިޔާރާ ހިނގި މަގަކުން ވެސް މީނައަށް ނުހިނގޭނޭ ޒޯހަން ހިތަށް އަރަމުން ދިޔައެވެ. ޝިޔާރާގެ ލަދުގަނެފައި ހުރި މޫނު ޒޯހަންއަށް ސިފަ ވުމާއެކު ހީލެވުނީ ބޭއިހްތިޔާރުގައެވެ. އެމާނަ ނިއާ ނެގީ މުޅިން އެހެން ގޮތަކަށެވެ. ލަދުން އިސްޖަހާލީ އެސިފަ ޒޯހަންއަށް ވަރަށް ކަމުދާނޭ ހިތާއެވެ. ދެމީހުން ވާހަކަނުދައްކާ އިރުކޮޅަކު ހުރުމަށްފަހު އިސްނެގީ ޒޯހަންއެވެ. ބުނާނެ އެއްޗެއް ނޭނގިގެން އެންމެ ފަހުން ބުނެވުނީ ވެސް ބުނަން ނުވާ ވަރުގެ އެއްޗެއްކަން އެނގުނީ ބޭރުކޮށްލި ފަހުންނެވެ. “ކީއްކުރަން މިތަނަށް ތިއައީ” ނިއާ އިސް އުފުލާ ބަލާލުމާއެކު ޒޯހަން އޮޅުވާލިއެވެ. “ޒޯން. މެރީ ކުރުމަށްފަހު ދެމީހުން އުޅޭނީ މިކޮޓަރީގަ ދޯ. ވާއު… ވަރަށް ސަޅި. އޭރުވެސް ހިތަށް އެރި ތިހާ ސްމާރޓްކޮށް ހުންނަނީ އާންމުކޮށް މިކަހަލަ އެއްޗެހި ބޭނުންކުރާތީއޭ” ކޮޓަރީގައި ހުރި ޓްރެޑްމިލް ދައްކާލުމަށްފަހު ނިއާ ބުނެލީ ފަސްޖެހުމެއް ނެތިއެވެ. ޒޯހަން ހުރީ މި އަންހެންކުއްޖާގެ ދޫ ހަލުވި ކަމުން ހައިރާންވެފައެވެ. “އެނގޭ ޒޯން މިކައިވެންޏާ މެދު ހެޕީއެއް ނޫންކަން. ބަޓް ބޭބީ ޓްރަސްޓްމީ. ކައިވެނީގެ ފުރަތަމަރޭ އަހަރެންގެ ކުޅަދާނަކަން ދައްކާލާނަން. މިހާރު ލޯބި ނުވެވުނަސް ފަހުން ލޯބި ވެވޭނެ. ޒޯންއަށް ވަގުތު ދޭނަން. ޒޯން އެއްކަމެއް ނުކުރިޔަސް މައްސަލައެއް ނެތް” ކުރިމަތީގައި ހުރެ އަންހެންކުއްޖަކު މިހާ ޖެހިލުންކުޑަކޮށް ވާހަކަދެއްކުމުން ޒޯހަންއަށް ބަލަން ހުރުން ނޫން ކަމެއް ނުކުރެވުނެވެ. “އަސްލު މަންމަ ބުނެގެން މިއައީ ޒޯން ބަލާ. އައިމީން ޔޯ މޯމް. ލެޓްސްގޯ” ޒޯހަންގެ އަތް ތެރެއަށް ނިއާގެ އަތް މަހާލަމުން ބުނެލިއެވެ. “ދުރުގަ ހުރޭ” ނިއާގެ އަތް ފޮޅުވާލަމުން ޒޯހަން ބުނެލިއެވެ. “ހެހެ.. މިހާރު އޯކޭ ތިހެން ކަންތައް ކުރިޔަސް. ބަޓް ހަޒްބަންޑަށް ވުމަށްފަހު ތިހެން ނުހެދޭނެ އެނގޭ” ޒޯހަންއާއި ދިމާލަށް ބަލާލަމުން ނިއާ އެހެން ބުނުމަށްފަހު ނިކުންނަން ހިނގައިގަންނަމުން އަދި އެއްފަހަރު ފަހަތަށް ބަލާލިއެވެ. “އަހަރެން ވަރަށް ލޯބިވާ ކުއްޖެއްހުރޭ. ބޭނުމީ އެކުއްޖާއާއި މެރީ ކުރަން” ހާސްވެފައި ހުރެ ވެސް ޒޯހަން އަށް އެވަރު ދުލުން ބޭރުކޮށްލެވުނީތީ އުފާކުރިއެވެ. “އެނގެޔޭ… މިހާރުން ފެށިގެން އެކުއްޖާ ހަނދާނުން ފޮހެލަންވީ. ކޯޒް… މަހެއްހާ ދުވަސް ފަހުން ޒޯން ވާނީ ހަމައެކަނި ނިއާގެ މީހަކަށް” ޒޯހަންއަށް ދަތްކުނޑި ވިކާލުމަށްފަހު ނިއާގެ މޫނުމަތީގައި އެތި ފަހަރެއް ޖަހަން އަތް ހިއްލާލި ވަގުތު ކޮޓަރިން ނިކުމެގެން ދިޔައެވެ. އަހަރެންގެ ލޯބި މަތިން ހަނދާން ނައްތާލަން އަހަރެން ކައިރީގައި ބުނަން އެއީ ކާކުހެއްޔެވެ؟ ގޮށްމުށުގެ އެތިފަހަރު އަމާޒުވީ ޑްެރެސިންގް ޓޭބަލްގެ ލޯގަނޑަށެވެ.

 

އާދައިގެ މަތިން ކޮންމެ ހަފްތާއެއްގެ ވެސް ހުކުރު ދުވަހަކީ މެކާހިޔާގައި ވަރަށް ގަދައަށް ކައްކާ ދުވަހެކެވެ. އެގޮތުން ހުކުރުން ފައިބައިގެން ފިރިހެނުންތައް ގެއަށް ކާން އައުމުގެ ކުރިން މޭޒުމައްޗަށް ހުރިހާ އެއްޗެއް އަރުވައެވެ. ސާރާގެ ބައިގާ އުޅޭ މީހުންވެސް ލަތާގެ ދައުވަތަކަށް އައިސްތިއްބެވެ. މޫނު ހަދައިގެން އިން ޝިފްނީ އެއްވެސް މީހަކާ އަނގައިން ނުބުނެ ސިޓިންރޫމް ސޯފާގައި އިނީ ރާކީގެ އެންމެ ކުޑަ ދަރިފުޅު އުރާލައިގެންނެވެ. ޝިފްނީގެ ބަދަލުވެފައިވާ މިޒާޖާ ދޭތެރޭގައި ލަތާ ސާރާ ކައިރީގައި އެހުމުން ބުނެފައިވަނީ ޓެސްޓް ދުވަސްވަރު ކަމުން ބޯހާސްވެފައިވާ ކަމަށެވެ. ހުކުރު ނަމާދު ކޮށްގެން ހުރިހާ ފިރިހެނުން ގެއަށް ވަދެގެން އައީ ދާދި އެކުއެކީގައެވެ. “ހާދަ މީރު މީރު ވަހެއް އެބަދުވައޭ. މިއަދު ކޯޗެއް ހެދި ދުވަހެއް” އަރުހަމް ނޭފަތް އެރެއަށް ދަމަމުން އައިސް ގޮނޑި ދަމާލާފައި އިށީނެވެ. ” މިއަދު ގިނަ އެއްޗިހި ރޯފިލުވާފައި މިހުރީ އަހަރެމެންގެ ހާލީ ފަހަރި” ޔަޝްމީ ކަރާޖޫސްފުޅި މޭޒު މަތީގައި ބަހައްޓަމުން ބުނެލިއެވެ. ވަރުގަދަ ބޮޑު މޭޒުކައިރީގައި އެންމެން ތިބިއިރު ވެސް އެެތައް ބަޔަކު ބައިވެރިވާނޭ ޖާގަ އެމޭޒުގައި ހުއްޓެވެ. “ދެން ބުނެބަލަ މިތަށިތަކުގެ އެތެރޭގައި ހުރި އެއްޗެހި. ފެނުނަސް މަށަކަށް ނޭނގޭނެ” އަރުހަމް ބުންޏެވެ. “މީ ބަތް. މީ ރޮށި. މީ ކަނޑު ކުކުޅު. ދެން މީ ކުކުޅު ހިކިކޮށް ހަދާފަ. އެކޮޅުގައި އެއީ ކެރެޓް ސެލެޑް. ދެން އެއީ ސްޕެގެޓީ. އެއީ ދޮންތަ ދޮންތަބެއަށް ހަދާފަ. ބައްޕަމެން ފަޅީގައި އެއީ ދިވެހި ކެއުން ބައްޕައަށް ހާއްސަކޮށްފަ. ބަނބުކެޔޮ ބަތާއި ރިހާކުރު. ދެން ލޮނު މިރުހާއި ފިހުނު މަސް. ފުށް ބަތްޕެން ވެސް އެބަހުރި. ދެން މީ ކަރާ ޖޫސް. އަދި ކައި ނިމުނީމަ ޕިރިނީ ގެނެސް ދޭނަން” ކާއެއްޗެހީގެ ލިސްޓް ޔަޝްމީ ކިޔާދީ ނިމުނުއިރު އަރުހަމް އިނީ ޓީޝާޓް މަތިން ބަނޑުގައި އަތް ހާކާށެވެ. “ނުކެޔަސް އެންމެ ރަނގަޅެއްނު. ބަނޑު ފުރިއްޖެ މިހާރު ވެސް” އަރުހަމް ބުނި އެއްޗަކުން އެންމެންނަށް އެއްފަހަރާ ހީލެވުނެވެ. “ލަތާ ބަލާބަލަ ޒޯހަން ކޮބާތޯ. ކޮޓަރިއަށް ވަންގޮތަށް ނިދީތަ” އެއްވެސް އެއްޗެއްގައި އަތްނުލާ އިން ނޫރީ ސުވާލުކުރި ވަގުތު އެއީ ޒޯހަން އައިސް އެތަނަށް ހުއްޓުނު ވަގުތެވެ. “މަންމާ. އަޅުގަނޑު މިދަނީ ޒޭންއާއެކު ބޭރަށް. ޒޭންގެ ރައްޓެއްސަކު މިއަދު ކާންދޭތީ. އަޅުގަނޑު އައިސް ކާނަން. މައްސަލައެއް ނެތް ނަގާފައި ބެހެއްޓިއަސް” އަތުކުރީ އޮތް ގަޑި ހަމަކޮށްލަމުން ޒޯހަން ބުނެލިއެވެ. ހަގީގަތުގައި ޒޯހަން އެދަނީ ޝިޔާރާ ކައިރިއަށެވެ. ޒޯހަން މިއަދު ކާހިއްވަނީ ޝިޔާރާގެ ދެއަތުން ޒޯހަންއަށްޓަކައި ތައްޔާރުކޮށްފައި ހުރި ކާއެއްޗިއްސެވެ. ހުކުރުން އައިއިރު ޝިޔާރާ ފޮނުވާލާފައި އޮތް މެސެޖް ކިޔާލާފައި ވެސް ޒޯހަންގެ ހިތް އެސޫރަ ދެކިލާހިތުން ތެޅިފޮޅެން ފަށައިފިއެވެ.

“ނޫން ޒޯން ދާތަނަކަށް ދާނީ ގެއިން ކައިގެން. އިށީނދޭ. ވާހަކައެއްވެސް ބުނަންވެފަ އޮތީމަ.” ނޫރީގެ ފަހުބަސް އިއްވާލުމާއެކު ޒޯހަންގެ ހިތުގައި ފޫހިކަމެއް އުފެދުނެވެ. ހިތް ދެގޮތްވެފައި ހުއްޓެއްކަމަކު އިށީނެވެ. އެއްވެސް މީހަކަށް ބަލާލުމެއް ނެތި އިނީ އެހިތް ރޯވަރުންނެވެ. މީ ކޮންފަދަ މަޖުބޫރީއެއް ހެއްޔެވެ؟ “ބައްޕައަށް ހާދަ ހީވެޔޭ ޒޯން ކަމެއް ސިއްރު ކުރާހެން. ބުނެބަލަ. މިކައިވެންޏާ މެދު ހިތްހަމަޖެހޭތަ؟” މީތެދު ހާމަކުރަންވީ ވަގުތޭ ޒޯހަންގެ ހިތް ބުނެލި ކަހަލައެވެ. “އަޅުގަނޑު…އަޅު…….އަޅުގަނޑު ތެދަށް ބުނަންޏާ މިކައިވެނި ކުރާކަށް ބޭނުމެއްނޫން. އެއީ އަޅުގަނޑު ވަރަށް ލޯބިވާ ކުއްޖެއް ހުރީމަ. މަންމައާއި ބައްޕަ ތިގޮތަށް އަޅުގަނޑު ކައިރީގައި އަހާވެސް ނުލާ ނިންމެވީމަ އަޅުގަނޑު ވަރަށް ދެރަވި” ވަތަށް އިސްޖަހައިގެން އިން ޒޯހަން ވާހަކަދެއްކިއިރު ސާރާ ކައިރީގައި އިން ޝިފްނީ އިނީ ހެވި ދިލިފައެވެ. ޝިފްނީ ހީކުރީ ޒޯހަން ލޯބިވަނީ ޝިފްނީ ދެކެ ކަމަށެވެ. “ދަރިފުޅު ނުބުނަމެއްނު ލޯބިވާ ކުއްޖެއް ހުންނަ ވާހަކަ. މަންމަމެން މިހާ ދުވަހަށް ވެސް ކައިވެނީގެ ވާހަކަ ނުދައްކާ ތިބީ ޒޯން އަމިއްލައަށް ކުއްޖެއްގެ ނަން ބުނޭތޯ. ބުނެބަލަ ކޮން ކުއްޖެއްކަން އެއީ” ލަތާ ވާހަކަދެއްކީ ނޫރީގެ ކޮނޑުގައި އަތް ބާއްވާލައިގެން އިނދެއެވެ. “ސުވާލަކީ އަޅުގަނޑު އެކުއްޖާގެ ނަން ހާމަކޮށްފިއްޔާ އިތުރަށް މިކައިވެނީގެ ކަންތައް ކުރިއަށް ދާނެތޯއޭ” ޒޯހަން ސުވާލު އަމާޒުކުރީ ނޫރީއަށެވެ. “ދުނިޔޭގައިވާ ހުރިހާ އެއްޗަކަށް ވުރެ ބޮޑަށް ބައްޕަމެންނަށް މުހިއްމީ ދަރިފުޅުގެ އުފާ. އެހެންވީމަ ދަރިފުޅުގެ ހަޔާތަށް އާދައިގެން އަންހެންކުއްޖަކު ނުގެންނާނެ ކަން ޔަގީން. ދަރިފުޅާ އެއްވަރަށް ކިޔަވާފައި ހުރި ހަރުދަނާ އާއިލާއެއްގެ ކުއްޖަކަށް އެކުއްޖަކު ވާންވާނެ. ދަރިފުޅާއެކު އުފަލުގައި އުޅެވޭނެ ކުއްޖަކަށް ވާންވާނެ” ނޫރީ ވާހަކަދެއްކިއިރު ބާކީ އެންމެންތިބީ ކަނުލާ އަޑު އަހާށެވެ. ޝިފްނީ އިނީ ޒޯހަން އޭނާގެ ނަން ބޭރު ކުރާނެ އިރެއްގެ އިންތިޒާރުގައެވެ. “އަޅުގަނޑަށް ނޭނގެ އެކުއްޖާ ބައްޕަމެންނަން ކާމުދާނެ ކަމެއް. އެކަމަކު އަޅުގަނޑުގެ އުފާވެރިކަން ގުޅިފައިވަނީ އެކުއްޖާއާއި. މިދުނިޔޭން އަޅުގަނޑަށް ހަމައެކަނި ލޯބި ވެވުނު އަންހެންކުއްޖާ އެއީ. އޭނައާއި ނުލާ ދިރިއުޅުން ސިފަ ކުރާނެ ގޮތެއް ވެސް އަޅުގަނޑަށް ނޭނގެ. އަޅުގަނޑުގެ މިދެލޮލަކަށް އެއަށް ވުރެ ރީތި ފުރިހަމަ އަޅުގަނޑު ދެކެ ލޯބިވާނެ އެހެން ކުއްޖެއް މިބިންމަތިން ، މިއުޑުދަށުން ނުފެންނާނެެ. ބައްޕާ.. މަންމާ.. އެއީ އާއިލާއެއް އޮތް ކުއްޖެއް ނޫން. އެކުއްޖާ މިގޭ ހުރިހާ މީހުންނަށް ވެސް ފެނިފަ ހުރީ. އެއީ ހަރުދަނާ ކުއްޖެއް. މާމޮޅުކޮށް ބޮޑެތި ގައުމުތަކުން ކިޔަވާފައި ޑިގްރީއެއް ނެތަސް އެއީ ތަންދޮރު ނުފިލާ ހުރި ކުއްޖެއް ނޫން. އާނ. މަންމާ އަޅުގަނޑުގެ ޝިޔާއަކީ ހާހަކުން އެކެއް. އަޅުގަނޑުގެ ހުވަފެންތަކުގެ ރާނީއަކީ ޝިޔާރާ” ޒޯހަންގެ ޖުމްލައިން މުޅި ތަނުގައި ބޮމެއް ގޮޮށްވާލިފަދައެވެ. ނޫރީގެ ބޮލުގައި ދަނޑިބުރި އަކުން މީހަކު ޖެހިޔަސް މިވަރުގެ ސިހުމެއް ނުލިބޭނެއެވެ. ލަތާގެ ބަނޑާއި ހަމައިގާ ޒޯހަން ބައްދާލައިގެން އިން އިރު ލަތާ ވެސް ހުރީ ގަނޑުވެފައި ކަހަލަ ގޮތަކަށެވެ. އެދަނޑިވަޅުގައި އެތަނުގައި ބަހެއް ބުނާނެ މީހަކު ނެތްކަހަލައެވެ. ޔަޝްމީ އާއި ރާކީ ހއެކަކު އަނެކަކަށް ނަޒަރު ބަދަލުކޮށްލިއެވެ. އަރުހަމް ވެސް އަނގަހުޅުވިފައި އިނެވެ. އިވުނު އެއްޗެއް ޔަގީން ނުކުރެވިގެން އަމިއްލަ އަށް އަތުގައި ވިކާލިއެވެ. ތަދުވީ ވަރުން އަޑެއް ވެސް ލައްވާލިއެވެ. އެތެރެހަށީގައި ކެކިއަރަމުން ދިޔަ ރުޅިގަނޑު ކޮންޓްރޯލްނުކުރެވި ނޫރީ ފުންމައިގެން ތެދުވެ ކައިރީގައި ހުރި ތަށިތަކާއިއެކު ކާއްެްޗެހިތައް އަތުން ޖަހާ ބުރުވާލިއެވެ. ޓައިލްސްމަތީގައި އެތަކެތި ޖެހުމާއެކު ގޭތެރޭގައި ހިފާލި ބިރުވެރި އަޑުފައްގަނޑުން ރާކީގެ އުނގުތެރޭގައި އިން ލައިލް ބާރަށް ރޯން ފެށިއެވެ. އަރުހަމް އަދި ރާކީ އިނީ މިހުރިހާ ދުވަހު ބައްޕަގެ ފަރާތުން ނުފެނި ހުރި ސިފައެއް ފެނުމާއެކު ދެލޯބޮޑުވެފައެވެ. ލަތާ އެއްއަތުން މޫނުގައި އަތްއަޅާލިއިރު އަނެއް އަތުން އިނީ ލަތާގެ ބަނޑުގައި ލެގިލައިގެން އިން ޒޯހަންގެ ބޮލުގައި ހިފަހައްޓާލައިގެންނެވެ. މިގޮތަށް މިކަން ވާނެކަން ކުރިން ވެސް ލަތާއަށް އެނގޭ ކަހަލައެވެ. އިވުނު އަޑުތަކަށް ޒޯހަން ސަމާލުކަމެއް ނުދޭއެވެ. “ތިނޫން އެހެން ކުއްޖެއްގެ ވާހަކަ ބުނި ނަމަ ފަހަރެއްގަ އަހަރެން ހިތުން ގަބޫލުކުރެވުނީސް. އެކަމަކު ޝިޔާރާއަކީ މިގޭ ނޯކަރެއް. މީހެއްގެ އަންބެއް. ދަރިއަކު ނުހުންނަކަން ވެސް އަހަރެމެންނަށް ނޭނގެ. އާއިލާއެއް ނެތް ތަނުގައި ކޮން ރަށެއްގެ ކާކު ކަމެއް ވެސް އެނގެނީއެއް ނޫން. ނުވިތާކަށް ވާހަކަނުދެއްކޭ މަންމަން ކުއްޖެއް. ކިހިނެއް ފިރިއެއްގެ އިހުސާސްތައް އެނގޭނީ.  ޒޯހަން. ތިކަމަކާއި އަހަރެން ރުހި ގަބޫލެއް ނުވާނަން. މިފަހަރު އިންޑިޔާގައި ކުރި ކަމެއް ދޯ ތީ. އޭނަވެސް ވަރަށް ބޭނުންދޯ ޒޯހަންއާއި އިންނަން. އާނ މުދާގަނޑެއް ލިބެން އޮށްވާ ކާކު ދޫކޮށްލާނީ. މަކަރުވެރިޔާ” ނޫރީގެ ދުލުން އެކުވެރިޔާ އަށް އެފަދަ ބޭއަދަބީ ބަސްތަކެއް ރައްދު ކުރަމުން ދާތީ ހާލާ ހުރީ ނިހާޔަތަށް ދެރަވެފައެވެ. ނޫރީ ރުޅިއައިސަ ހުރި ވަރު އަޑުން ވެސް އެނގޭއެވެ. “ބައްޕަ…ހުއްޓާލާ. ޝިޔާރާއަކީ ތިހީކުރާކަހަލަ ކުއްޖެއް ނޫނޭ. އެއީ ވާހަކަނުދެއްކޭ މަންމަނަކަށް ވިޔަސް އެމޭގެ ތެރޭގައި ވެސް އޮތީ ހިތެއް. އޭނަގެ ލޯތްބަށް އެދި ފަހަތުން އާދޭސް ކުރަމުން ދުވީ އަޅުގަނޑު. މިދުވަސް އަތުވެދާނެކަން އެނގި ހުރެ އޭނަ އައީ މިލޯތްބަށް އިންކާރު ކުރަމުން. ބައްޕަ ތިބުނެލެއްވީ ވަރަށް ރަނގަޅަށް. ޝިޔާރާއަކީ މީހެއްގެ އަންބެއް ކުރީގަ. އެކަމަކު މިހާރު އެއީ އަޅުގަނޑު ފަދައިން ހުހަށް ހުރި ކުއްޖެއް. ބައްޕަފުރާގެ ނުބައި ފިރިހެނެއްގެ އަތް ދަށުވެ އޭނާ ގެންގުޅުނީ ބިންމަތީގައި އޮންނަ ފައިފުއްސަށް ވުރެ ވެސް ދަށްކޮށް. މިއަދާއި ހަމައަށް އެ އަންހެންކުއްޖާ އުފުލި ވޭނާއި ތަދު އިހުސާސް ކުރެވޭނެ އެއްވެސް މީހަކު މިތާ ނެތް ހާލާ ނޫން. އެމީހާގެ ކިބައިން އޭނަ ސަލާމަތްކޮށްދިނީ އަޅުގަނޑު. އޭނަގެ ދަރިއަކު ކީއްކުރަން އާއިލާ މީހަކު ވެސް މިދުނިޔޭގައި ނެތް. އަދި މިހާރު އަޅުގަނޑު ނޫނީ އަޅާލާނެ އެއްވެސް މީހަކު ނެތް. އެއީ ނިކަމެއްޗެއް. ބައްޕަ އަށް ތިމަގާމު ދެއްވާ މަތިވެރި ކުރެއްވި ފަރާތުން އޭނަ އެފަދަ ނިކަމެއްޗެއް ގޮތުގައި ލެއްވީ” ބައްޕަގެ ކުރިމަތީގައި ދުވަހަކު ވެސް ދެކޮޅަށް އެއްޗެއް ބުނެފައިނުވާ ދަރިފުޅުގެ ވާހަތައް އަޑު އަހަން ލަތާ ހުރީ ރޮވިފައެވެ. އަދި ގަބޫލުވެސް ނުކުރެވިފައެވެ. ޒޯހަންގެ ވާހަކަތަކާއި އެއްކޮޅަށް ލަތާއަށް ޖެހެވެމުން ދިޔަ ކަމެއް ހުދު ލަތާ އަށް ވެސް ނޭނގޭއެވެ.  “ޒޯހަން ތިވަރުގެ ދަށު ދަރަޖައިގެ ކަމެއް ކޮށްފާނޭ ދުވަހަކު ވެސް ބައްޕަގެ ހިތެއް ނުބުނޭ. އެކަމަކު އަދިވެސް ވަގުތު ފާއިތެއް ނުވޭ. އޭނައަށް އުފަލުގައި އުޅެވޭ ވަރަށް ފައިސާ ދީފައި ދަރިފުޅު ތިކަމުން ދުރުވޭ. ބައްޕަ ވިސްނާނީ ދަރިފުޅަށް ރަނގަޅަށް” ޒޯހަންގެ ބުރަކަށީގައި ފިރުމާލަމުން ނޫރީ ވާހަކަދެއްކިއެވެ. “ބައްޕަގެ ތިހިރަ ވިސްނުމަކުން އަޅުގަނޑު ހަމަ ހައިރާންވަން. ބައްޕަ ކަހަލަ ދީންވެރި އަނެއްމީހާގެ އިހުސާސްތަކަށް ގަދަރުކުރާ އިންސާނަކު ނިކަމެތި އަނހެންކުއްޖަކާއި މެދު ތިގޮތަށް ކަންތައްކޮށްފާނޭ އަދިވެސް އަޅުގަނޑުގެ ހިތެއް ގަބޫލެއް ނުކުރޭ. ޝިޔާރާ ބޭނުންވަނީ އަޅުގަނޑު އަތުން ފައިސާއެއް ނޫން. އަޅުގަނޑުގެ ލޯބި. އޭނަ މިހާރު ހުރީ އަޅުގަނޑުގެ އަންބަކަށް ވުމަށް ތައްޔާރުގަ. ކައިވެނީގެ ފަހުން ވެސް މަންމައާއި ބައްޕަ ބޭނުނުްވުމުން ނޫނީ މިގެއާއި ވީދިމާލަށް ބަލާލަން ވެސް އޭނަ ބޭނުމެއް ނޫން. ބައްޕާ. އަޅުގަނޑު ހާދަ ލޯތްބެއްވެޔޭ ޝިޔާރާ ދެކެ” ޒޯހަންއަށް ކޮޅަށް ތެދުވެވުނެވެ. ނޫރީއަށް ބަލާލީ ހިތުންރުހުމުގައި އެއްޗެއް ބުނުމަށް އެދިއެވެ. “ބައްޕަމެންގެ ލޯ މިދުނިޔެއަށް ހުޅުވިފައި ހުރި ވަރަށް އަދި ދަރިފުޅަށް ލޯހުޅުވާ މިދުނިޔެއަށް ބަލާލެވިފައެއް ނެތް. އެކަހަލަ އަންހެންކުދިން ދައްކާނީ ފިރިހެންމީހާގެ ހިތް ލަންބުވާ ކަހަލަ މޮޅެތި ވާހަކަ” ބައްޕަ އެއްގޮތަކަށް ވެސް ހިއެއް ނުކުރަން ޒޯހަން ތިކަހަލަ މަޅިއަކު ޖެހިދާނެ ކަމަކަށް” ނޫރީ ހުރީ ދޫދޭ ގޮތަކަށް ނޫނެވެ. “ބައްޕާ ހެޔޮނުވާނެ. މަންމާ ބައްޕަ ކައިރީގައި ބުނެބަލަ. ޝިޔާރާއަކީ ވަރަށް ރަނގަޅު ކުއްޖެއް. މިމުދަލުން ބައެއް ބޭނުންވެގެން ނޫނީ އަޅުގަނޑަށް ދެރައެއް ދިނުމުގެ ވިސްނުމަކު ނޫން ޝިޔާރާ އަޅުގަނޑާއި އިންނަން އެއްބަސްވީ. އެއީ ވަރަށް ވިސްނުންތޫނު ވަރަށް އަހުލާގް ރަނގަޅު ކުއްޖެއް. މަންމައަށް ވުރެ ބޮަޑަށް އޭނގެ ހަގީގަތް ވަކި ކާކަށް އެނގޭނީ. މަންމަ ކައިރީގައެއް ނޫންތަ އޭނަ މަސައްކަތްކުރީ” ފަހަތުގައި ހުރި ލަތާގެ އަތުގައި ހިފާލަމުން ޒޯހަން ބުނެލިއެވެ. ލަތާ ހުރީ ދެބަފައިންގެ ވާހަކަތައް އަޑު އަހާށެވެ. ނަމަވެސް ބަހެއް ބުނުމަށް ދޫ ހަރަކާތެއް ނުކުރިއެވެ. “ތެދެއް ބޮޑުބޭ. ޝިޔާއަކީ ވަރަށް ރަނގަޅު ކުއްޖެއް. އެއީ …….” އެކުވެރިޔާގެ ދިފާއުގައި އެއްޗެއް ނުބުނެ ހާލާއަށް ކެތެއް ނުވިއެވެ. ނަމަވެސް ޝަހާދަތް އިނގިލި ދިއްކޮށް ވާހަކަ ނުދެއްކުމަށް ނޫރީ ކުރި އިޝާރާތުން ހާލާ ބަސްހުއްޓުނެވެ. ދެރަވެ ލަދުގަތް ވަރުން އިސްޖަހާލެވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ފެންނާތީ ޔާރާގެ މޫނު

Next

ފެންނާތީ ޔާރާގެ މޫނު (2)

Next
March 20, 2016

ފެންނާތީ ޔާރާގެ މޫނު (2)

Previews
March 19, 2016

ފެންނާތީ ޔާރާގެ މޫނު

18 Comments!

  1. Maash says:
    March 19, 2016 at 7:16 pm

    Oh Wowwwwww can’t wait for the next part
    V v v furihama

  2. blue says:
    March 19, 2016 at 7:16 pm

    i love this,,,<3 varah reethii

  3. Mal says:
    March 19, 2016 at 7:27 pm

    Varah reethi… Can’t wait for the next part.

  4. Appy says:
    March 19, 2016 at 7:32 pm

    V rythi. ..adhi kuriyah gendhaa goiii

  5. princess says:
    March 19, 2016 at 7:35 pm

    Finally up vehjje…vrh riithi…ushaaly…maadhan vx part eh up khdhyba plxxxxx

  6. mish says:
    March 19, 2016 at 7:44 pm

    Haadha lahunayy dhww stry up mi vanyyy. Kiyaaa hithunn huhta mi nimeniii… thankolhehh dhigu kohla dhehva… knme dhuvahaku update nukohdhenyy keeehve tha… vvvvvv nice stry ehhh….

  7. Zaanaa says:
    March 19, 2016 at 7:55 pm

    Haada reechay vaahaka next part avahah up koh dahchay keh nuvaa varuvefa me thibenee vvvvvv molhu vaahaka leyun thereyeh thikuraa masahkathah hama ahsare bahaa saabas?

  8. Ram says:
    March 19, 2016 at 8:09 pm

    Vvvv reeethi.next part ves avaha up kodhee

  9. aff says:
    March 19, 2016 at 8:25 pm

    oh .. finally up vehje .. vrh salhi .. tnx ushaali

  10. Zeena says:
    March 19, 2016 at 9:03 pm

    Varah reethi vaahaka…

  11. Zeev says:
    March 20, 2016 at 5:11 am

    Varah varah reethi mivaahaka. Zoan ❤

  12. zeee says:
    March 20, 2016 at 11:02 am

    Mi part vx varah varah reethi..love it☺?

  13. roony says:
    March 20, 2016 at 1:03 pm

    alhey….shiyaa ge main bafainnaky konba eh tha saaraa aky shiyaaraa ge mamma hen heevany…

  14. somebody says:
    March 20, 2016 at 1:14 pm

    alheyyyyy .. mi stry ga innany sad ending eh tha anehkaa? .. shiyaa ah zoahan liben jeheyny .. ehn noony mi stry v hadi vaane ..

  15. yaan says:
    March 20, 2016 at 9:03 pm

    Alhe mivaahaka avah up kndhyba plx plx plx plx plx salhi varah vs mi vaahaka hyknrah avah up kndhyne kamah

  16. Uyoon says:
    March 21, 2016 at 9:48 pm

    Kobaatha next part. Dhen thivara nuthalhu vabala plz ????

  17. princess says:
    March 21, 2016 at 10:48 pm

    Alhe ushaliiiiiii…nxt prt kwbaatha

  18. Appy says:
    March 22, 2016 at 8:06 am

    Kobaa next part. …haadha lasvanyyy …?

Comments are closed.

Next Episodeފުންއަސަރު 15←


All Right Reserved!