Skip to content
އެސްފިޔަ

ތަޢުބާ

﷽

ލިޔަން ފަށަމުން ހުރިހާ ކިޔުންތެރިންނަށް އެންމެ  ފުރަތަމަވެސް ބުނެލަން ބޭނުންވަނީ އަޅުގަނޑުގެ ފުރަތަމަ ދިގު ވާހަކަ “ޕިޔަދަ” ގެ ބާކީ ހުރި ބައިތައް ވާހަކަ އެއްކޮށް ލިޔެ ނިމުމުން ވީ އެންމެ އަވަހަކަށް އަޕްކުރަން ފަށާނެ ވާހަަކައެވެ.ވާހަކައާއި މެދު ކިޔުންތެރިން އުއްމީދު ކަނޑާނުލުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ.ވާހަަކަ ލިޔުންތެރިއަކަށް ވުމަކީ ފަސޭހަ ކަމެއް ނޫނެވެ.އަދި އެހެން ވާހަކައެއްގެ ކޮމެންޓް ސެކްޝަންގައި ކިޔުންތެރިއަކު އަޅުގަނޑު އެ ވާހަަކައާއި ގުޅުވައިގެން ކޮށްފައި އޮތް ކޮމެންޓަކަަށް ރިޕްލައިކޮށް އަޅުގަނޑު ކުރެން ޕިޔަދައިގެ ދެން އޮތް ބައި ކިޔާލަން ލިބޭނީ ކޮން ދުވަހަކުންތޯ އަހާފައި އޮތްތަން ފެނުމުން ބަދަލުގައި އަޅުގަނޑަށް އެ ސުވާލުގެ ޖަވާބު ނުދެވުނަސް އެ ކިޔުންތެރިޔާގެ ކޮމެންޓު ފެނުމުން ލިޔުންތެރިއެއްގެ ހައިސިއްޔަތުން އަޅުގަނޑު ވަރަށް އުފާވިއެވެ.ވާހަަކަ ގެނެސްދިނުން މެދުކެނޑުނުތާ ގިނަ ދުވަސްތަކެއް ފާއިތުވެގެން ދިޔަ ނަމަވެސް އަޅުގަނޑު އަދި ޕިޔަދައިގެ މަތިން ކިޔުންތެރިން ހަނދާންނުނެތޭކަން އެނގުމުން އުފާވެރިކަން އިޙުސާސްކުރެވުނެވެ.ހަޤީގަތަކީ އަޅުގަނޑުވެސް ތިޔަ ކިޔުންތެރިން މަތިން ހަނދާންވާކަމެވެ.ނަމަވެސް މި ވަގުތު އަޅުގަނޑު މި ލިޔުން މި ލިޔަނީ ހިނގަމުންމިދާ ބަރަކާތްތެރި ރަމަޟާން މަހުގައި ކިޔުންތެރިންނާއި ހަމަޔަށް މުހިއްމު މެސެޖެއް ފޯރުކޮށްދިނުމުގެ ގޮތުންނެވެ.ވަރަށް މާތް މަޤުސަދެއްގައެވެ.

*******

އަޅުގަނޑުމެންގެ މުޖުތަމަޢުގައި ފާފަތަކަށް އަރައިގަނެ މަގު ގެއްލިފައި ތިބި މީހުންގެ އަދަދު މަދެއް ނޫނެވެ.އަދި އެ ފާފަތަކުގެ ކަނޑުގައި ޢަރަޤުވެ އަމާން އައްސޭރިއަކާއި ހަމަޔަށް އަންނަން ބޭނުންވި ނަމަވެސް ހިތުގައި އުފެދިފައިވާ ލަދުވެތިކަމާއި މުޖުތަމަޢުގެ އަފްރާދުން އެ ފަދަ އަޙުންނާއި އުޙްތުންނާއި މެދު ދެކޭގޮތުގެ ސަބަބުން އެނބުރި اللهގެ މަގަށް ރުޖޫޢަވުމުގައި އެތަކެއް ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހެއެވެ.މިސާލަކަށް ބަލަމާ ހިނގާށެވެ.100 މީހުން މަރާލި މީހާގެ ވާހަކައާއި އޭނާ ތައުބާވުމަށް ޓަަކައި ކުރި ދަތުރައް ބަލަމާތޯއެވެ.ދިރިއުޅުން އަލުން އާ ފެށުމަކުން ފެއްޓުމަށް ޓަކައި ދިރިއުޅުނު ރަށް ނޫން އެހެން ރަށަކަށް ހިޖުރަ ކުރުމަށް ޓަކައި އޭނާ ފެށި ދަތުރު ނިމުމުގެ ކުރިން އޭނާ އާއި އޭނާގެ މަރު ބައްދަލުކުރިއެވެ.ނަމަވެސް މާތް الله އެކަލާނގެ ރަޙީމްވަންތަކަމުގެ ސަބަބުން އަޖައިބުކުރަނިވި ގޮތެއްގައި އެ މީހާގެ ރާސްތާ ކުރުކޮށްދެއްވިއެވެ.މީގެ ސަބަބުން އެ މީހާ ނިޔާވީ އޭނާ ދަތުރު ފަށައިގެން  ދިޔަ ރަށަށް ވުރެ ދާން އުޅުނު މަންޒިލާއި ގާތުންނެވެ.الله ސުބްހާނަހޫ ވަތަޢާލާ އެ ޤާތިލުގެ ތަޢުބާ ޤަބޫލުކުރެއްވިއެވެ.ފަހަރެއްގައި އަޅުގަނޑަށް މި ހާދިސާ މި ގެނެސްދެވުނީ އެހާ ތަފްސީލުކޮށް ކަން ހިނގައިދިޔަ ގޮތައް ނޫން ކަމަށް ވެސް ވެދާނެއެވެ.އެހެންކަމަށް ވާނަަމަ އަޅުގަނޑު ހުރިހާ ކިޔުންތެރިންގެ ކިބައިން މަޢާފަށް އެދެމެވެ.އަޅުގަނޑުގެ މަޤްސަދަކީ ތަޢުބާއާއި ގުޅުން ހުރި ވާހަަކައެއް، ވާހަކައިގެ ދެކޮޅު ބަލައި ނުލައި ލިޔެގެން ހަމަޖެހުން ގެނެސްދިނުމެއް ނޫނެވެ.އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި މި ވާހަކައިގެ ނިމުން އައި ގޮތް ގިނަ ކިޔުންތެރިންނަށް އިނގޭނެއެވެ.ނޫނީ ބައެއް ކިޔުންތެރިންނަށް މި ވާހަކަ މި އިވުނީ މުޅިން އަލަށް ކަމަށް ވެސް ވުން އެކަށީގެންވެއެވެ.ނަމަވެސް މާތް الله އެ މުޖުރިމަށް މަޢާފުކޮށް އޭނާގެ ފާފަތައް ފުއްސަވައި އޭނާގެ ތަޢުބާ ޤަބޫލުކުރެއްވިކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.އެހެނީ މިއީ ހަޤީގީ ވާހަަކެކެވެ.އަދި އެކަލާނގެއީ ي رحيم (ޔާ ރަހީމް،ފާފަ ފުއްސަވާ ކަލާނގެ) ކަމުގެ އަލިގަދަ ހެއްކެކެވެ.

އެހެން ހާދިސާއަަކަށް ބަލަމާތޯއެވެ.ޒިނޭކުރާ މީހަކު އެއް ދުވަހު ވަޅަކުން ފެން ނަގައިގެން ގޮސް ކަރުހިއްކައިގެންފައިވާ ކުއްތާއަކަށް ފެން ބޯން ދިނުމުން އޭނާ ސުވަރުގެ ވެއްދެވުނުކަމީ ލޯ ތަކަށް ކަރުނަ ގެންނާނޭ ފަދަ އަސަރުގަދަ ވާހަކައެކެވެ.ހަމަ އެހެންމެ އަނެއްކާވެސް الله ސުބްހާނަހޫ ވަތަޢާލާގެ ރަޙީމްވަންތަކަމުގެ އަލިގަދަ ހެއްކެކެވެ.

އާދެ،ޝައްކެއް ނެތް ގޮތުގައި ޒިނޭކުރުމާއި،ހައްޤަކާނުލައި މީހަކު މަރާލުމަކީ ބޮޑެތި ފާފަތަކުން ކުރެ ފާފަތަކެވެ.އަދި ހަމަ އެހެންމެ ކުށް ސާބިތުވެއްޖެނަމަ ބައެއްފަހަރު ދުނިޔަވީ އުޤޫބާތްތަކާއި ވެސް ކުރިމަތިލާން ޖެހޭ ފަދަ ފާފަތަކެވެ.ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންގެ މުޖުތަމަޢުއިން މި ފަދަ ބޮޑެތި ފާފަތަކަށް އަރައިގަނެ الله ގެ މަގަށް ރުޖޫޢަވެފައި ތިބޭ އަޙުންނާއި އުޙުތުން މުޖުތަމަޢުއިން ބަލައިނުގަންނަ ކަމެވެ.މަރުގެ މައްސަލައެއްގައި ނުވަތަ މަސްތުވާތަކެތީގެ މައްސަަލައެއްގައި ޖަލަށް ލާފައި ހުރި މީހަކު ޖަލުން މިނިވަންވުމަށްފަހު ވެސް މީހުން އޭނާ މަގެއްގެ މަތިން ފެނުމުން ނުވަތަ އޭނާ އަށް އަޑު އިވޭ ހިސާބުގައި އޭނާގެ ނޭދެވޭ ވާހަަކަ ދައްކައި ހެދުމުން ގިނަ ފަހަރު އެ ފަދަ މީހަކަށް ހީވާނީ ތިމަންނާއަކަށް ދެން الله ގެ މަގަށް ރުޖޫޢައެއް ނުވެވޭނެއެވެ.އެކަލާނގެ ތިމަންނަގެ ފާފަތައް ފުއްސަވާނެ ބާވައޭ ހިތައް އަރައި اللهގެ ރަޙީމްވަންތަ ކަމާއި މެދު ހިތުގައި ޝައްކު އުފެދެއެވެ.

އެންމެހާ ކިޔުންތެރީންނޭވެ.ތަޢުބާވާށެވެ.ތިމާއަށް ސިއްރުން ކުރެވިފައިވާ ކިތަންމެ ބޮޑު ފާފަތަކެއް ނަމަވެސް ކިތަންމެ ކުޑަ ފާފަތަކެއް ނަމަވެސް އެ ފާފަތަކަށް ސިއްރުން ތަޢުބާ ވާށެވެ.ޒިނޭކުރާނަމަ ވީ އެންމެ އަވަހަކަށް އެކަން ހުއްޓާލުމަށް ފަހު ތަޢުބާވާށެވެ.އަދި އެކަމަށް މަގުފަހިވެގެންދާ ހުރިހާ ދޮރެއް ބަންދުކުރާށެވެ.މަސްތުވާތަކެތި ބޭނުންކުރާނަމަ އެކަމުން އަރައިގަންނަން މަސައްކަތްކޮށް ތަޢުބާވާށެވެ.ވަށްކަމެއް ކުރެވިފައިވާ ނަމަ އެ ވަށްކަން ކުރެވުނު މީހާއަށް ތިމާ އެ މީހެއްގެ އަތުން ފޭރުނު އެއްޗެއް ވީ އެންމެ އަވަހަކަށް އަނބުރާ ރައްދުކޮށްދޭށެވެ.ކުށް ސާބިތު ނުވާނަމަ ކާކުކަން ނޭނގޭ ގޮތައް އެ މީހާގެ ކިބައިން މަޢާފަށް އެދި ތަޢުބާ ވާށެވެ.ހަމަ އެހެންމެ ކުށް ސާބިތުވެއްޖެނަމަ އަދަބު ލިބިގަނެ ކުރިއަށް ދާށެވެ.މިހެން ގޮސް ކޮންމެ ފާފައަކަށް އަރައިގަނެވުނަސް ތަޢުބާ ވުމުގެ ފުރުސަތު އެބަ އޮވެއެވެ.މިއީ ވަކި ބަޔަކަށް އޮތް ކަމެއް ނޫނެވެ.އަޅުގަނޑުމެން ދުނިޔެއަށް އަންނަ އިރު އަންނަނީ ފިތުރަތުގެ ސާފުކަންމަތީގައެވެ.ނަމަވެސް އިންސާނާގެ ހަޔާތަކީ ސީދާ ރޮނގަކުން ގޮސް ނިންމާލެވޭނެ އެއްޗެއް ނޫނެވެ.ދުނިޔޭގައި އުޅޭއިރު ފާފަތަކަށް ވެސް އަރައިގަނެވޭނެއެވެ.ހަމައެހެންމެ ހެޔޮ ޢަމަލު ވެސް ކުރެވޭނެއެވެ.ފުރިހަމަ މުސްލިމަކަށް ވެވެނީ ހުސް އެކަނި ހެޔޮ އަމަލު ކުރުމަކުން ނޫނެވެ.އެހެނީ އާދަމުގެ ދަރީންގެ ތެރެއިން ހުރިހާ އިންސާނުންނަކީވެސް ފާފަކުރާނެ ބައެކެވެ.ފާފަނުކޮށް ދުނިޔެ އަޅައިދާ މީހަކު ނުހުންނާނެކަން ޔަޤީނެވެ.ހަމައެހެންމެ ސުވަރުގެއާއި ނަރަކައަކީވެސް ފާފަވެރިންނަށް ޓަކައި އޮތް ދެ މަންޒިލެވެ.ނަމަވެސް ތަފާތަކީ ސުވަރުގެއަކީ ފާފަކޮށް އެކަމަށް ތަޢުބާވީ މީހުންނަށް އޮތް ތަނަކަށް ވުމެވެ.

އަޅުގަނޑު މިރޭ މި ލިޔުން ކިޔުންތެރިންނާއި ހަމަޔަށް ގެނެސްދިނުމުގެ މަޤުސަދަކީ މި ބަރަކާތްތެރި ރަމަޟާން މަހުގައި މާތް اللهގެ ރަޙުމަތާއި އެ ކަލާނގެ ދީލަތިވަންތަކަމާއި މެދު އުއްމީދު ކަނޑާނުލުމަށް ކިޔުންތެރީންނަށް ހަނދާންކޮށްދިނުމެވެ.އަޅުގަނޑަކީ ދީނީ ޢިލްމުވެރިއަކަށް ނުވިޔަސް މުސްލިމެއްގެ ހައިސިއްޔަތުން މި ޕޯސްޓް މެދުވެރިކޮށް އަޅުގަނޑު މި މަސައްކަތް ކުރީ ތަޢުބާވުމާއި ބެހޭގޮތުން އަޅުގަނޑަށް އެނގިފައި ހުރި އެއްޗެއް ކިޔުންތެރިންނާއި ޙިއްސާކުރެވޭތޯއެވެ.

ތަޢުބާވުމަކީ ވަރަށް ފަސޭހަ ކަމެކެވެ.ފުރަތަމަ ކަމަށް ތިމާ ކުރަމުން އަންނަ ފާފަ ހުއްޓާލާށެވެ.އެއަށްފަހު ކުރެވުނު ފާފައާއި މެދު ދެރަވެ ހިތާމަ ކުރާށެވެ.މިއީ ތަޢުބާގެ ރުކުންތަކުގެ ތެރެއިން އެންމެ މުހިއްމު ރުކުނެވެ.އެއަށްފަހު ތިން ވަނަ އަދި އެންމެ ފަހު ކަމަކަށް ދުވަހަކުވެސް ދެން އެ ފާފަ ނުކުރުމަށް ހިތުގައި ޢަޒުމް ކަނޑައަޅާށެވެ.އަދި ބައެއް ހާލަތްތަކުގައި އެ ފާފައަކަށް މަގުފަހިވާ އެންމެހާ ދޮރުތައް ވެސް ބަންދުކުރަންޖެހެއެވެ.އަދި ތަޢުބާވުމަށް ފަހު ތިމާގެ ފާފަތައް ސިއްރުކޮށް އެއާއި ބެހޭގޮތުން އިތުރަށް ވާހަކަ ދެއްކުމުން ދުރުހެލިވުމަކީ ވެސް މުހިއްމު ކަމެކެވެ.

ލޮބުވެތި ކިޔުންތެރީންނޭވެ.އަޙުންނާއި އުޙުތުންނޭވެ.ކޮންމެ މީހަކީވެސް ފާފަކުރެވޭނޭ މީހެކެވެ.ތަޢުބާވެ ރަނގަޅު މަގަށް ރުޖޫޢަވުމަކީ ވާޖިބެކެވެ.ހަމައެހެންމެ މީހެއްގެ ހިތި މާޒީއެއްގެ ސަބަބުން އޭނާގެ މުޅި ދިރިއުޅުން ހަލާކުވެގެންނެއް ނުދެއެވެ.އޭނާގެ ތަޢުބާގެ ސަބަބުން އޭނާ އެކޭ ފާފަ ނުކުރާ މީހެކޭ އެއްފަދައެވެ.އެފަދަ އަޙުންނާއި އުޙުތުންނަކީވެސް މުޖުތަމަޢުގެ ޙިއްސާއެއްގެ ގޮތުގައި ދެކޭށެވެ.ސުވަރުގެ ހާސިލުކުރުމަށް ޓަކައި ގަދަ އަޅައި މަސައްކަތްކުރުމުގެ ހައްޤު ކޮންމެ އިންސާނަކަށްވެސް ލިބިގެންވެއެވެ.ހަމައެހެންމެ ތިމާ ކުރާ ކުޑަ ކުޑަ އެހެން ނަމަވެސް އެންމެ ހެޔޮ ޢަމަލެއްގެ ސަބަބުން ކަމަށް ވިއަސް ތިމާގެ ދުނިޔެއާއި އާޙިރަތް ބާއްޖަވެރިވުން އެކަށީގެންވެއެވެ(ދެ ވަނަ ހާދިސާއިން އިބުރަތް ލިބިގަންނަމާތޯއެވެ).ތަޢުބާވާށެވެ.މާޒީއިން އިބުރަތް ހާސިލުކޮށް ތިމާގެ ދުނިޔެއާއި އާޙިރަތް ބާއްޖަވެރިކުރަށްވާތޯ މަސަތްކަތްކުރާށެވެ.އަދި ތަޢުބާވުމަށްފަހު އުމުރުދުވަހު ކުރެވުނު ފާފަތަކާއި މެދު ދެރަވެ ހިތާމަކުރާކަށް ނުޖެހެއެވެ.ހިތައް އަރާނެއެވެ،ގަޑީގެ ކަށި ނުވަތައް އެނބުރޭނެ ނަމައެވެ،ގެއްލިއްޖެ ވަގުތު އަނބުރާ ލިބޭނެ ނަމައެވެ،ތިމަންނާއަށް އެ ފާފަ ނުކުރެވުނު ނަމައެވެ.ލޮބުވެތި އަޙުންނާއި އުޙުތުންނޭވެ.ވެދިޔަ ތަން ދޫކޮށްލައި އަޅުގަނޑުމެންނަށް އޮތީ ކުރެވުނު ފާފަތަކަށް ތަޢުބާވުމެވެ.އެއަށްފަހު ލުއި ހިތަކާއިއެކު ދިރިއުޅުމާއިގެން ކުރިއަށް ދިއުމެވެ.މާޒީ ހަނދާންކޮށް ވަގުތު ބޭކާރުކުރުމުގެ ބަދަލުގައި ކުރިމަގު އުޖާލާ މުސްތަޤުބަލެއް ބިނާކުރާށެވެ.اللهގެ ރަޙުމަތުން އުއްމީދު ކަނޑާނުލާށެވެ.ތަޢުބާވުމަށް ފަހު ކުރެވުނު ފާފަތައް ފުއްސެވުނުކަމާއިމެދު ޝައްކު އުފެދި އެކަމާއި މެދު ނުވިސްނާށެވެ.މާތް الله އީ އެންމެހާ ފާފަތައް ފުއްސަވާ ރަސްކަލާނގެކަން ކީރިތި ޤުރުއާނުގައި ބަޔާންވެފައިވެއެ.މި ލިޔުން ކިޔުމަށްފަހު ފާފަތަކުގެ ސަބަބުން ނުތަނަވަސްވެ ތަޢުބާގެ މަގު ހާސިލްކުރަން ބޭނުންވެ އަދި ހަމަ އެހެންްމެ ފާފަތަކުގެ ސަބަބުން އާޙިރަތާއި މެދު އުއްމީދު ކެނޑިފައި ތިބި އެންމެހާ ކިޔުންތެރީންގެ ހިތްތަކަށް ހަމަޖެހުން ގެނެސްދީ އެ ނާޒުކު ހިތްތަކުގައި އުއްމީދުގެ ހުޅުކޮޅެއް ދިއްލައިލެވުނު ކަމުގެ އުއްމީދުގައި ތިޔަ ކުދިންނަށް ޓަކައި ހެޔޮ ދުޢާ ކުރަމުން އަޅުގަނޑު ވަކިވެލަމެވެ.ހިތްވަރާއެކު ފާފަތަކުން އަރައިގަނެ އާޙިރަތުގެ ފޮނި މީރުކަން ހާސިލުކުރުމަށް ޓަކައި ގަދަ އަޅައި މަސައްކަތް ކުރާށެވެ.މާތް الله މި ރަމަޟާން މަހު އަޅަމެންގެ ފާފަތައް ފުއްސަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް އަޅަމެންނަށް މިންވަރުކޮށްދެއްވާށި.އާމީން

Comments (13)

  1. Your fav bab

    Ameen.
    Hey svetlana!!!!
    I missed you sm and your wonderful on going story!!
    Mi vhk assuves vrh iburath theri!
    Waiting for the next part of piyadha!
    Ly n tc💗

    1. Svetlana
      Your fav bab

      Yes insha Allah I will try to write.im quite busy ehn ve nuliyeveytheeve aslu up nuvanee but ehn story eh feshumuge kurin piyadha nimmaaladheynan insha Allah.its not easy being an author.vrh ufaavejje alhugandu mathin hadhaan hureetheeve.🤗❤️

  2. Anonymous

    Masha Allah vrh ibraiy theri vhk eh❤️
    Vrh ufaa vejje mikahala vhk eh kiyaalan libuneema🤍✨
    Waiting for another story like this..
    May Allah alhamen ge faafa thah fuhsavaa mi Ramadan mahuge mathiveri dharuma a savaabu dhehvaashi🤲🏻
    Mi roadha mahakee huriha gothakun vx faidhaa huri maheh kamugai lahvashi🤲🏻🥹

    1. Shaba_73
      Anonymous

      Aameen

    2. Huh
      Anonymous

      Aameen 🤲🏻🤲🏻

    3. Your fav bab
      Anonymous

      Ameen

    4. Alaika_22
      Anonymous

      Aameen

    5. Svetlana
      Anonymous

      Thanks.insha Allah.Hope it helps anyone who needs to hear it 🥹❤️🤗

    6. ~Lunive~
      Anonymous

      Aameen

  3. Anonymous

    Ameen

  4. Gurll_17

    Aameen

  5. Cer

    May Allah bless All of us with a Great and such a blessing full last 10 th of Ramadan ☝🏻
    IA,Fy Amanillahi ❤️❤️

    1. Shaba_73
      Cer

      Aameen

Comments are closed.