މުޅި ހިތް ބޭޤަރާރު ވޭއްޖޭ-20
ދިހަވަރަކަށް މިނެޓް ތެރޭގައި އެއްޗެހި ބަދަލު ކޮށްލައިގެން ސެހްރިޝް ނުކުތެވެ. އޭނާ އިނީ ލަދުންކަން އެމޫނުމަތިން ކިތައްމެހާ ވެސް ރަގަނޅަށް އެމޫނުމަތިން ފެނެއެވެ. އާކިފް އާއި ދިމާއަށް ބަލާވެސް ނުލައި އޭނާ މޫނުފޮހެ ކަންތަށް ކޮށްލިއެވެ. އާކިފް ވެސް ނިދާ ހެނދުމެއް ހިފައިގެން ވަނީ ފާޙަނާ އަށެވެ. އާކިފް އެއްޗެހި ބަދަލު ކޮށްގެން ނުކުތީރު ސެހްރިޝް އަށް އޮތީ ނިދިފައެވެ. އޭނާ އޮތީ ރަޖާ ގަނޑު ކަރާ ހަމައަށް އަރުވާލާގެންނެވެ. އެނދުގެ މެދުގައި ބާލިސްތަށް ބަހައްޓާފައިވީރު ދެމީހުންގެ ފަޅި ވަނީ ވަކިކޮށްފައެވެ. ލައިޓް ނިއްވާލާފައި އާކިފް ވެސް އައިސް ނިދޭތޯ ބެލިއެވެ.
*ޕާރޓް-20*
ހެނދުނު އިރުއެރުމާއި އެކީގައި ސެހްރިޝްގެ ފޯން އެލާމް ވާންފެށިއެވެ. އޭނާ އަށް ހޭލެވުމުން ވާޅަށް ދެމިލިއެވެ. ވާޅަށް ދެމިލާފައި ވީއަރަމާއެއްގެ ބޮޑުކަމުން އޭނާ އަށް ހަޅޭލަވައިގަނެވުނެވެ. އަރުކޮޅަކު ދެލޯމަރާލާގެން ހުރެފައި ސެހްރިޝް ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. އެއީ އޭނާގެ ކޮޓަރިއެއް ނޫނެވެ. އޭނާ މިހާރު އުޅެނީ އާކިފް އާއި އެކީއެވެ. އަނެއްކާ އޭނާ ހަޅޭލަވާގަތް އަޑަށް އާކިފް އަށް ހޭލެވުނީ ހެއްޔެވެ؟ ސެހްރިޝް ސިއްރު ސިއްރުން އާކިފް އޮތް ފަޅިއަށް ބަލާލިއެވެ. އޭނާ ކޮބާ ހެއްޔެވެ؟ އާކިފް އެއް ނެތެވެ. އަނެއްކާ ފާޙަނާގައި ކަމަށް ހީއްކޮށް ސެހްރިޝް ފާޙަނާ ބަލާލިއެވެ. އެއްވެސް މީހަކު ނެތެވެ. މާފަހުން ސެހްރިޝްގެ ލޮލުގައި އަޅައިގަތީ ޑްރެސިންޓޭބަލް މަތީ އިން ވާސްގައި ތަތް ކޮށްލާފައިވާ ސްޓިކީ ނޯޓް އެވެ.
“އަހަރެން ނެތިން ހޯދާނެކަން އެނގެތީވެ ގަނޑުކޮޅެއްގައި ލިޔެލީއެވެ. އަހަރެން މިއުޅެނީ ފިހާރެއަށް ދާށެވެ. ސެހްރިޝް ވެސް އަވަހަށް ތައްޔާރު ވެލާށެވެ. ހަތެއް ޖަހާރަށް ގެއިން ނުކުންނަން ވާނެއެވެ.”
ގަނޑު ކޮޅު ކިޔާނިއްމާލާފައި ސެހްރިޝް އަވަސްވެގަތީ ތައްޔާރު ވުމަށެވެ. އާކިފް ފިހާރެއިން އަންނަން ވާރަށް އޭނާ ބޭނުންވަނީ ތައްޔާރުވެނުނިމި ހުންނާށެވެ.
ވާނީ ވެސް ގާތްގަނޑަކަށް 10 ވަރަކަށް މިނެޓް އެވެ. އާކިފް އައިސް ކޮޓަރިއަށް ވަނެވެ. އޭރު ސެހްރިޝް އުޅެނީ ބޮލުގައި ހުޅިއެއް ޖެހޭތޯއެވެ. ސެހްރިޝް ލައިގެން އިނީ ސްވެޓާރ އެކެވެ. އޭނާ އަށް އެސްވެޓާރ ވަރަށް ގުޅެއެވެ. އާކިފް އައިސް ފޮށްޓައް އެއްޗެހި އަޅައިފައި ނުކުންނަން ތައްޔާރުވިއެވެ. އޭރު ރަޝްފާ އާއި އަހްމަދް ވެސް ތިބީ އެކުދިންގެ އިންތިޒާރުގައެވެ.
އެދުވަހު އާކިފް އާއި ސެހްރިޝް ދިޔައީ ޕެރިސް އަށެވެ. އެދެމީހުންގެ ހިތުން އެއީ ހަމަ ނޯމަލް ދަތުރެކެވެ. އެކަމު އާއިލާ މީހުންގެ ނަޒަރުގައި އެއީ ހަނީ މޫން އެކެވެ. އިރުކޮޅެއް ދެގަނޑީރު ތެރޭފައި އާކިފްމެން ބޯޓަށް އެރިއެވެ. ދެ ހަފްތާ ދެމީހުން އެކަހެރިކޮށް އުޅެނީއެވެ. އެއީ މައްސަލައެއްނޫނެވެ. ސެހްރިޝް އާއި ގުޅުން ބަދަހި ކުރެވިދާނެއް ނޫންހެއްޔެވެ؟
ސެހްރިޝް މެން ފުރުމުން ދެން ބާކީ ތިބީ ކައިސާން އާއި ތާރާ އެވެ. ކައިސާން އާއި ތާރާ މިހާރު އުޅެނީ ލޯބީގެ ގޮތުން ގުޅިގެންނެވެ. މިއަދަކީ ކައިސާން ތާރާ ގޮވައިގެން ބޭރަށް ނުކުމެލާނެ ދުވަހެވެ. އޭނާ ހުރީ ނުލާހިކު އުފަލުންނެވެ. ތާރާ މެން ގެޔަށް އައިރު ތާރާ ފެންނާކަށް ނެތެވެ. ފޯން ނަގައި ތާރާ އަށް ގުޅަން ތައްޔާރުވެލި ތަނާހެން ތާރާ އަންނަތަން ފެނިއްޖެއެވެ. ތާރާ އައިސް އޭނާގެ ކާރީ ހުއްޓިލުމުން ކައިސާން އަހާލިއެވެ.
“ބެންޑޭޖް އެބަހުރިތަ..؟” ކައިސާން ކަކުލުގައި އަތްޖައްސާލަމުން އަހާލިއެވެ. ތާރާގެ މޫނުމަތިން ހާސްކަން ފެނުނެވެ.
“އެއީ ކިހިނެއްވީ..؟” ތާރާ ހާސްވެ ހުރެ އަަހާލިއެވެ.
“ބޮކޯޒް އައި ފެލް ހާރޑް ފޯރ ޔޫ..” ކައިސާން އެހެންބުނެ އެއްލޯ މަރާލިއެވެ. ތާރާގެ މޫނު އެއްކޮށް ރަތްވެގެން ދިޔައެވެ.
“ސާބަސް ކައިސާން އަށް..” ކައިސާންގެ އަތުގައި ވިކައިގަންނަމުން ތާރާ ބުނެލިއެވެ. ކައިސާން ހީލިއެވެ. ދެން އެދެމީހުން ދިޔައީ ދުއްވާލާށެވެ. ތާރާ އާއި ކައިސާންގެ ގުޅުން ދަނީ ވަރަށް ރަގަނޅަށެވެ. ސެހްރިޝް އާއި އާކިފްގެ ވެސް މެއެވެ. އެކަމު ހިތާމަ ހިއްސާ ކުރަމުންދަނީ ޖައިލަމް އާއި ޒާޔާ އެވެ. ޒާޔާގެ ހާލަތު ދަނީ ދުވަހަކަށް ވުރެއް ދުވަހެއް ދައްވަމުންނެވެ. އޭނާ އަށް ބަސްތަކުގެ މާނަ އޮޅި މުޅީ މީހާގެ މިޒާޖު އެއްކޮށް ބަދަލު ވެއްޖެއެވެ. އޭނާގެ މަންމަމެން މަތިން ހަދާން ނެތުނަސް އޭނާ ޖައިލަމް މަތިން ބަރާބަރަށް ހަދާން ހުރެއެވެ.
*ދެ ހަފްތާ ފަސް*
ހަނީމޫން ދަތުރަށް ފަހު ސެހްރިޝް އާއި އާކިފް އަނބެރު އައެވެ. އެމީހުން އައީ އާއިލާ ކުދިންނަށް އެތަކެއް ހަދިޔާ ގަނެގެންނެވެ. ސެހްރިޝް ބޭނުންވީ ފުރަތަމަ އަރާމު ކޮށްލާށެވެ. އެކޮޅުގަ އެއާޕޯރޓްގައި ވަރަކަށް ތަޅުވާލާފިއެވެ. އާކިފް ވެސް އެއްބަސް ވިއެވެ. ދެމީހުން ވެސް ގެޔަށް އައިސް ފުރަތަމަ ކަމަށް ފެންވަރައިގެން ނިދީއެވެ. އާކިފް އާއި ސެހްރިޝްގެ މެދުގައިވާ ބީރަށް ޓެހިކަން އެއްކޮށް ފިލާ ގޮށްސިއެވެ.
އާކިފް މެން މިއަދު އައިވާހަކަ ލިވީ ލަޔާން ކާރީ ބުންޔެވެ. ލަޔާން އިނީ ލިވީ ކާރީގައި އެގޭގެ ގޯތިތެރޭގައެވެ. އޭނާ ބައެއް ފަހަރު އައިސް އުޅޭނެއެވެ. މިއަދު އޭނާ އައިސް އެއުޅެނީ ހަބަރައިގެންނެވެ. ލަޔާން ބުނެފައިވަނީ އާކިފް އާއި ސެހްރިޝްގެ ގުޅުމަށް ލިވީ ރަގަނޅަށް ބަލަން ޖެހޭނެކަމެވެ. ލިވީ ވެސް އޭނާގެ ދައްތަގެ ބައްސަހައިގެން އެމަސަށްކަތް ބަރާބަރަށް ކުރެއެވެ. އެކަމާ ލަޔާން ހުންނަނީ އުފާވެފައެވެ. ދެން މާގިނަ ދުވަހެއް ނުވާނެއެވެ. އާކިފްގެ ފަރާތުން އޭނާ ބަދަލު ހިފާނެއެވެ.
އަނެއްކާ ލަޔާންގެ މަސަށްކަތް ފުރިހަމަ ވާނެ ހެއްޔެވެ؟
ރޭގަނޑުގެ ވަގުތެވެ. އާކިފް އާއި ސެހްރިޝް ތައްޔާރު ވަމުން ދިޔައީ ސެހްރިޝްމެން ގެޔަށް ދިއުމަށެވެ. އާކިފް އާއި ކައިވެނި ކުރިފަހުން ސެހްރިޝް އޭނާގެ ގެޔަށް އައި ފުރަތަމަ ފަހަރަކީ މީއެވެ. ގެޔަށް ވަދެގެން އައިރު ވަދީފާ އިނެވެ. ދަރިފުޅު ފެނުމުން ވަދީފާ އަވަހަށް އައިސް ސެހްރިޝް ގާގައި ބައްދާލިއެވެ.
“މަންމާ.. ކިހިނެއް ހާލު..؟” އާކިފް ވެސް ވަދީފާ އާއި ވާހަކަ ދެއްކިއެވެ. ވަދީފާގެ ހިނިތުންވުން ފުންވިއެވެ.
“މަންމަ ރަގަނޅު.. ކޮންހާ ސާމާނެއްތަމީ ދަރިފުޅާ..؟” އާކިފް އަތުގައިވީ ދެކޮތަޅަށް އިޝާރަތް ކޮށްލަމުން ވަދީފާ އެހިއެވެ.
“އެއީ މަންމަމެންނަަށް ގެނަ ހަދިޔާ..” ސެހްރިޝް ވަދީފާގެ އަތުގައި ހިފައިގެން ސޯފާގައި އިށީނެވެ.
ސެހްރިޝް ވަދީފާ އަށް ހަދިޔާތަށް ދައްކައި އުފާވެފައި އުޅުނެވެ. އާކިފް އަށް ސެހްރިޝް އާއި ދިމާ އަށް ބަލަން ހުރެވުނީއެވެ. ސެހްރިޝް ހޭރު ހާދަ ލޯތްބެވެ. އަނގަމަތީގައި އަތް އަޅައިގެން ހުރެ ހޭރު އެޖާދޫވީ އަޑު ކިތައްމެހާ ވެސް ހައިރާން ކުރެނެވިއެވެ. އާކިފްގެ ހިތުގައި ސެހްރިޝް އަށް ޓަކައި އެތަކެއް ސުވާލެއް އުފެދެން ފެށިއެވެ. ރަގަނޅަށް ބަލާލުމުން އާކިފް އަށް ފާހަޤަ ވިއެވެ. ސެހްރިޝްގެ ވާއަތު ކޮލުގައި ލޯކާރީގައި ކަޅުތިލައެއް އިނެވެ. ހާދަ ލޯތްބެވެ. ސެހްރިޝްގެ ޖާދޫގައި ޖެހިފައި އިން އާކިފް ސިހުނީ ކައިސާން އައިސް އޭނާގެ ކޮޑަށް އަތް ވައްޓާލުމުންނެވެ.
“އޭ ކޮބާ ހަނީމޫން ކިހިނެއް..؟” ތާރާ ވެސް އައިސް ވަދީފާގެ އަނެއް ކޮޅުގައި އިށީންނަމުން އަހާލިއެވެ.
“ހަމަ ވަރަށް މަޖާ.. އައްދޭ.. މިހާރު ކައިސާން އާ..” ސެހްރިޝް ލޮލުގެ އިޝާރާތުން ކައިސާން އާއި ދިމާއަށް އިޝާރާތް ކޮށްލިއެވެ. ތާރާ ބޯޖަހާލިއެވެ.
އާކިފް ބޭނުންވީ ކައިސާން އާއި އެކަހެރި ވެލައި ވާހަކަ ދައްކާލާށެެވެ. އެހެންކަމުން އޭނާ ސެހްރިޝް ކާރީ ބުނެލާފައި ދިޔައީ ކައިސާން އާއި ބޭރަށެވެ. ކައިސާން އާއި އެކީ ބޭރުގައި އުޅެލާފައި އާކިފް ގެޔަށް އައިރު ސެހްރިޝް ވެސް އުޅެއެވެ. އޭނާ ކޮޓަރިއަށް ވަނުމާއި އެކީ އިވުނީ ސެހްރިޝްގެ ޖާދޫވީ އަޑެވެ. އޭނާ ދިޔައީ “ހޫމް” ލައްވަމުންނެވެ. ނަމަވެސް ރާގަކަށެވެ. ލޯގަނޑު ކުރިމަތީ ހުރެ ފުނާ އަޅަމުން ދިޔައިރު އޭނާ އަށް އާކިފް ވަދުނު ކަމެއް ނޭނގޭނެއެވެ. އެހެން ކަމުން އާކިފް ވެސް މަޑުމަޑުން އައިސް އެދުގައި އިށީންދެލިއެވެ. އޭނާ އިނީ ސެހްރިޝް އަށް ބަލާށެވެ. އާކިފްގެ ސިކުނޑީތެރޭގައި އެކި ހިޔާލުތަށް އެނބުރެމުން ދިޔައެވެ. އާކިފްގެ ހިޔާލުތަށް މާބޮޑުވާން ފެށުމުން އޭނާ އަވަހަށް އެހިޔާލުތަށް ބޭރުކޮށްލިއެވެ. ނިއްކުރީގައި ޖަހާލާފައި އަމިއްލަ ނަފްސަށް އޭނާ ހީލިއެވެ.
“އަހަ އާކިފް.. ނުވެސް ފެނުނު..” ސެހްރިޝް އެނބުރިފައި ދިޔައީ ސިއްސައިގެންވެ. އޭނާ އިނީ ދަނބުކުލައިގެ އަތް ދިގު ނައިޓީ އަކާއި ހަމަ އެކުލައިގެ ހަރުވާޅޫ ކޮޅެއްގަ އެވެ.
“ހެހެ ސިއްސާގެން ދޯ ދިޔައީ..؟” އާކިފް ހީލިއެވެ.
“އާކިފް ވެސް ދެން އުޅޭ ނިދަން.. އަހަރެން މިއުޅެނީ ނިދަން.. ވަރަށް ވަރުބަލި ވެއްޖެ..” ސެހްރިޝް އޭނާގެ ފަރާތަށް އަރަމުން ފޯން ނެގިއެވެ.
ބޭރުގައި ތެޅިތެޅިފައި އައުމުން އާކިފް ބޭނުންވީ ފެންވަރާލާށެވެ. ދެވަނަ ހިޔާލަކާއި ނުލާ އޭނާ ލައިގެން ހުރި ޓީޝާޓް ބޭލިއެވެ. ސެހްރިޝް އަށް މިމަންޒަރު ފެނި ދެލޯ ބޮޑު ކޮށްލެވުނެވެ. ދެލޯ މަރާ ތަގުޅި ކޮށްލެވުނެވެ. އެކަމު އޭނާ އަށް ދެލޯ ހުޅުވާލަން މަޖުބޫރުވީ ބަލާލަން ބޭނުންވީ ވަރަުންނެވެ. އާކިފް ހާމަ ބުރަކަށި ފެންނަން ހުރީ އެހާވެސް ފިރިހެންވަތަކޮށެވެ. ބާމަތި ފުޅާ އެހަށިގަނޑު ފެނި ސެހްރިޝްގެ މޫނު އެއްކޮށް ރަތް ވެގެން ދިޔައެވެ. ސެހްރިޝްގެ ނޭވާ ކަރުގައި ތާށިވީ އާކިފް އޭނާ އާއި ދިމާ އަށް އެބުރުމުންނެވެ. އާކިފް އިނި ސީދާ ސެހްރިޝްގެ ލޮލަށް ބަލާށެެވެ. އޭނާގެ ނަޒަރު ތޫނެވެ. އެދެލޮލުގައި އެހެން ކަމެއް ވެސް އެކުލެވިގެން ދިޔައެވެ. އާކިފްގެ ލަސްފިޔަވަޅުތަށް ހުރީ ސެހްރިޝް އާއި ދިމާއަށެވެ. ސެހްރިޝް ރަޖާގަނޑު ކަރާއި ހަމައަށް އަރުވާލިއެވެ.
އާކިފް އައިސް އައިސް ސެހްރިޝް އާއި ދިމާއަށް ގުދުވެލިއެވެ. ސެހްރިޝް ހުއްޓުނެ އެރިއެވެ. އާކީފްގެ ހޫނުނޭވާ ދިޔައީ އެއްވެސް ހުރަހެއްނެތި އޭނާގެ މޫނުގައި ބީހެމުންނެވެ. އަވަސް ހަރަކާތާއި އެކީ އާކިފް ސެހްރިޝްގެ ނިތްކުރީގައި ބޮސްދިނެވެ. ސެހްރިޝް އަށް ހުރެވުނީ ގަނބު އަރާފައެވެ. ދުރުވެލާފައި އާކިފް ހިނިތުންވެލިއެވެ.
“ގުޑް ނައިޓް..” އެހެން ބުނެ އާކިފް ގޮސް ފާޙަނާ އަށް ވަނެވެ. އެއޮތްގޮތަށް ސެހްރިޝް އޮތީއެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.







Mi part ves varah reethi. Aww sehrish and akif so cute. Curiously waiting for next part???
Happy to know that you liked this part!!
Akif made his first move dhw! hehe!!
Next part ves V avahah IA!!
Oh my gosh! V reethi mi part MA🧡
Alhey haadha loaibey❤️
Wow aakif and sehrish ❤️🔥
Tara and kaisaan haadha cute ey 💜
Can’t wait for the next part ☺️
Ly & tc muxo 💛
Thank you Sheex!! 🥰
Love you too, tc!! 💋💙
Ma v Reethi
But i am a bit sad cuz you didn’t extend kaisaan and taaraa ge glumuge vaahaka😥
But it is really interesting
Still can’t believe that aakif mad his first move ☺️
Tc❤️
Happy to know that you enjoyed this part! 🥰
Oh sorry! 😭 Next part ga thankolheh dhigukohlaanan igey dear! 🤗
You also take care!! 💙
Mi part ves Vrh furihama MA!!!! 💗
Awwn sehrish and aakif soo cute 🤗
Omg Thaaraa and kaisaan are together..
Curiously waiting for next part
Whn nxt?????
Lysm and Tc my lovely author 😊❤️
Happy to see your lovely comment!! 🥰
Yes tara and kaisan are togather! 😄
Next part ves V avahah IA!! 💙
Love you too! 💋 You also take care dear! 💚
Masha Allah mi part ves varah reethi
When next ?
Thank you!! 💙
Next part hama V avahah! 🤗
Mi part ves vrh Reethi MA 😍!!
Sehrish and Aakif Haadha lwbi couple ekeyy 💗
What Tara and Kaisaan vrh lwbi edhekudhin vess 🙈
Curiously waiting for the next part
When’s next?? 🤗
Lyy and tc darling ❤️
Glad you like that! 🤗
Ikr!
Next part ves V avahah IA! 😄
Love you more, tc darls!! 💋💙
Awwnn..🥰🥰 Muxo Vrh intelli ingey…This part also The best& Best as Ur stories goes…🌼🌼
Sehrish & Aakif! Haadha cute eyy..🥰🥰
Btw,Best friends Veema kadha dhw…Layaan keehtha vegen ulheney??
Akif Happiness ga ulheykah Layern neydhey varu dhw mee…😏
Tbh,I hate that Layern!🫡🫡
So so curious about next part!
IA, When ‘s next?☺️
Lysm &Tc my BBG🩶💋💋💋
MA..Mi pat Vrh furihama ingeyy…💋🩶
*part
Nice keep the good work.. your stories are really great I appreciate your hard work