Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މުޅި ހިތް ބޭޤަރާރު ވެއްޖޭ-19

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
March 11, 2026 3 Mins Read
31 Comments

އެއްމެން ވެސް ދެން ނުކުތީ ޕާޓީ ހޯލް އަށެވެ. މުޅި ތަން ހީވަނީ ކާސަލް އެއް ހެންނެވެ. އެހާ ވެސް ރީއްޗެވެ. އެކިތަންތަނަށް ނޫކުލައިގެ މާބޮޑި ޖަހައިފައިވީރު ރީންދޫ އާއި އޮރެންޖް ކުލައިގެން މުޅިތަނަށް ވަނީ ފަނޑު އަލިކަމެއް ވެރި ކޮށްލާފައެވެ. އާކިފް އާއި ސެހްރިޝް ދިޔައީ އެދެމީހުންނަށް ހާއްސަ ކުރެވިފައިވާ ސްޓޭޖްކޮޅަށެވެ. ދޮރު ކައިރީގައި އެދެމީހުން މަޑު ކޮށްލައިގެން ތިބީ މެހެމާނުންނަށް މަރުހަބާ ކިޔުމަށެވެ.

*ޕާރޓް-19*

ތާރާ ވެސް ގޮސް ޕްރެސެންޓް ބަހައްޓާ މޭޒު ކައިރީ މަޑުކޮށްލިއެވެ. ކައިސާން ވެސް އޭނާ ފަހަތުން އައެވެ. ތާރާ ލައިގެން ހުރީ ގަޔަށް ފިއްތި ނޫކުލައިގެ ހެދުމެކެވެ. އެހެދުމުން އޭނާގެ ހަށިގަނޑުގައިވީ ބައްޓަން ކިތައްމެހާވެސް ރީއްޗަށް ފެނެއެވެ. ކައިސާން އަށް ކަލީ ޖަހައިނުލާ ހަމަބެލެނީ ތާރާ އަށެވެ. ތާރާ މިއަދު ވަރަށް ވެސް ރީއްޗެވެ. ކައިސާން ގޮސް ތަރާ އާއި ޖެހި ފިތިގެން ކަހަލަ ގޮތަށް ހުއްޓިލިއެވެ. ތާރާ ބަލާލިއެވެ.

“ވަރަށް ރީތި މިރޭ..” ކައިސާން އެއްމެ ފަހުން ބުނެލިއެވެ.

“ތެންކިއު..” ތާރާ ބުނެލިއެވެ. ނަމަވެސް އޭނާގެ މޫނުމަތިން އެއްވެސް ޝުޢޫރެއް ފެންނާކަށް ނެތެވެ. ކައިސާން ވަރަށް ހިތްވަރު ކޮށްފައި އަނެއްކާ ވެސް އަހާލިއެވެ.

“ނަމްބަރު ދީފާ ނަންތަ..؟” ކައިސާން އެހެން ބުނެލުމުން ތާރާ އޭނާގެ އަތް ދިއްކޮށްލިއެވެ. ކައިސާންގެ ތުންފަތް މައްޗަށް ވެރިވީ ކާމިޔާބީގެ ހިނިތުން ވުމެކެވެ. އޭނާ ފޯންނަގައި ތާރާ އަތަށް ދިނެވެ. ތާރާ އޭނާގެ ނަންބަރު ސޭވްކުރި ތާރާ ޖަހާފައި ރަތް ކުލައިގެ ހިތެއް ވެސް ލާފައެވެ. ކައިސާން އަށް ލިބުނު އުފަލިގެ ކޮޅެއް ނެތެވެ.

“އައްދޭ މިތާ ނަންބަރު ބަހަނީތަ..؟” ސެހްރިޝް ގޮވާލިއަޑަށް ކައިސާން އަށް ތެޅިގަނެވުނެވެ. ސެހްރިޝް އާއި އާކިފް އެކީގައި ކައިސާން އާއި ދިމާއަށް ހޭންފެށިއެވެ. ތާރާ ވެސް ނުހޭންވެގެން އަނގަމަތީ އަތް އަޅާފާވެސް ކޮންޓްރޯލް ނުވުމުން ދިޔައެވެ.

“އާކިފް އެކްސައިޓެޑް އެއް ނޫންތަ.. މާދަން އަހަރެމެން ޕެރިސް އަށް ދާނެ..” ސެހްރިޝް ފުޅާ ހިނިތުން ވުމަކާއި އެކީ އަހާލިއެވެ.

“ނޫން ވަރަށް އުފާވެފަ މިހުރީ..” އާކިފް ބުނެލިއެވެ.

މަދުމަދުން މީހުންތަށް ވަންނަން ފަށާފިއެވެ. އެއްމެންވެސް އެ ޖޯޑަށް މަރުހަބާ ކިޔާފައި ހަދިޔާއެއް ހަވާލު ކޮށްލައެވެ. ސެހްރިޝް އާއި އާކިފް ވެސް ހިނިތުންވުމަކާއި އެކީ އެއްމެންނަށް ވެސް ދިޔައީ މަރުހަބާ ކިޔަމުންނެވެ. ދެން ވަދެގެން އައި ދެމީހުން ފެނި އާކިފްގެ ހަށިގަނޑު ގަނޑުވިއެވެ. އެއި ޒާޔާ އާއި ޖައިލަމް އެވެ. ޒާޔާ އަތުގައި ޕެކް ކޮށްފައިވާ ކުޑަ ފޮއްޓެއް އޮތެވެ. އޭނާ އިނީ ވަރަށް ފުޅާ ހިނިތުން ވުމެއް ދީގެންނެވެ. އާކިފް އަށް ހުރެވުނީއެވެ. ބަހެއް ވެސް ނުބުނެ ޒާޔާ އާއި ދިމާއަށް ބަލާށެވެ.

“ސެހްރިޝް އާ އާކިފް ދޯ.. އާކިފް ތީ އަހަރެންގެ ފްރެންޑް އެއް ދޯ.. ހެހެ ކޮންގްރާ..” ޒާޔާ ވަކިން އާކިފް އާއި ދިމާ އަށް ބަލާލުމުން އާކިފްގެ މެޔަށް ބާރުވިއެވެ. ޒާޔާ ފެންނާނެ ކަމަކަށް އޭނާ ހިތަކަށް ނާރައެވެ. އެކަމު ޒާޔާގެ މިޒާޖު ހާދަ ތަފާތެވެ. އޭނާ އެބުނީ އާކިފް އަކީ އޭނާގެ އެކުވެރި އެއްކަމަށެވެ. ޒާޔާ ހަމަ އެހާ އަވަހަށް އޭނާ މަތިން ހަދާން ނައްތާލީ ހެއްޔެވެ؟

“އުފާވެރި ހަޔާތަކަށް އެދެން..” އާކިފް ސިހުނީ އެހެން މީހެއްގެ އަޑުއިވުމުންނެވެ. ބަލާލީރު އެއަންހެން ކުއްޖާ އިނީ ސީދާ އޭނާ އާއި ދިމާއަށް ބަލާށެވެ. އެ ނަޒަރުގައި ނުރައްކާތެރިކަން އެކުލެވިގެން ވެއެވެ. އާކިފް އަށް ބަލަން ހުރެވުނީއެވެ. އެކުއްޖާ އަށް އޭނާ ދަނެއެވެ. އެކަން އޭނާ އަށް އެނގެއެވެ. އާކިފް ހުއްޓުން އަރައިފައި ހުންނަން ފެށުމުން ސެހްރިޝް އާކިފްގެ ކޮޑުގައި ކޮށްޓާލިއެވެ. އާކިފް ހިޔާލުތަކުން ބޭރު ވެފައި މަސަށްކަތް ކުރީ ސެހްރިޝް އާއި ބައިވެރި ވެވޭތޯއެވެ.

އުފާވެރި ވަގުތުކޮޅަކަށް ފަހު އެއްމެންތަށް ވެސް ގެޔަށް ދާން ފަށާފިއެވެ. ސެހްރިޝް ވެސް އޭނާގެ ފޮށިހިފައިގެން ހުރީ ގޭގެ ގޭޓް ކުރިމަތީގައެވެ. އޭރު ވަދީފާ އާއި މާމަ އާއި ކާފަގެ އިތުރަށް ހަމްދާން ވެސް ތިއްބެވެ. އާކިފް އާއި ސެހްރިޝް ދަނީ ވަކި ކާރެއްގައި ކަމުން އަހްމަދް މެން މާކުރިން ގޮށްސިއެވެ.

“ދަރިފުޅާ ބައްސަހައިގެން އުޅެއްޗޭ..” ސެހްރިޝް ގައިގައި ބައްދާލަމުން ވަދީފާ ބުނެލިއެވެ. އޭރު އޭނާ ދިޔައީ ލޮލުން ފައިބައިގަންނަން ތައްޔާރަށް ހުރި ކަރުނަ ތަކާއި ހަގުރާމަ ކުރާށެވެ. ގަދަކަމުން ހިނިތުންވެލާފައި ވަދީފާ އާކިފްގެ ބުރަކަށީގައި ފިރުމާލިއެވެ. އެއްމެންނަށް ވަދާޢު ކިޔާފައި ސެހްރިޝް ވެސް އެރީ ކާރަށެވެ.

ކާރު ދުއްވާލުމުން ސެހްރިޝް ސީޓްގައި ލެނގިލިއެވެ. ތަނެއްގައި ބުރަކަށި ޖައްސާލުމުން ވަރުބަލި ވެފައިވާ ވަރު އެނގިގެން ދިޔައެވެ. ދެލޯ މަރާލާފައި ފުންނޭވާ އެއް އޭނާ ބޭރުކޮށްލިއެވެ. އަކިފް އަދިވެސް އިނީ ޒާޔާ އާއި މެދު ވިސްނާށެވެ. ޒާޔާ މިހާ ބަދަލުވީ ހެއްޔެވެ؟ އެކަމު ޒާޔާ އޭނާގެ ފިރިމީހާ އާއި އެކީ އުފަލުގައި އުޅޭތީވެ އޭނާ އުފާވެއެވެ.

“ވަރަށް ބޮޑަށް ވަރުބަލި ވެއްޖެ..” ކާރުން ފައިބައިގެން ހިގައިގަންނަމުން ސެހްރިޝް ބުނެލިއެވެ. އޭރު އެކުދިންގެ އިންތިޒާރުގައި ރަޝްފާ އާއި އަހްމަދްގެ އިތުރަށް އަވާ ވެސް އިނެވެ. ސެހްރިޝް އައުމުން އާއިލާ އަށް އިތުރު މެމްބަރަކު އިތުރުވީއެވެ. އެހެންވެ އެމީހުން ސެހްރިޝް އަށް މަރުހަބާކިޔެވެ.

އާކިފް އާއި ސެހްރިޝް ކޮޓަރިއަށް ވަނުމައްފަހު އާކިފް ދޮރު ލައްޕާލިއެވެ. އަދި ތަޅުލިއެވެ. އާކިފް ދޮރު ތަޅުލުމުން ތެޅިގަނެފައި ސެހްރިޝް ބަލާލިއެވެ. އާކިފް އަށް ސެހްރިޝްގެ މޫނުމަތިން ފެނުނު ކުލަވަރުން ދެނެގަނެވުނެވެ.

“ނިދުމުގެ ކުރިޔަށް އަހަރެން އަބަދުވެސް ތަޅުލަން..” އާކިފް އޮޅުން ފިލުވާދިނެވެ. ސެހްރިޝް ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ. އަޅިކުލައިގެ ދަވާދު ލެވިފައިވީރު ކަޅުކުލައިގެ ފަރްނީޗަރު ހުރީރު ކޮޓަރިތެރެ ފެންނަން އޮތީ އަދިރިކޮށެވެ. ކޮންމެ ގޮތެއްވެސް ވަރަށް ތަރުތީބެވެ. ސެހްރިޝް އަށް ގޮސް ސޯފާ އަށް ޖެހިގަނެވުނެވެ. އޭނާ ބޭނުން ވަނީ އެއްޗެހި ބަދަލު ވެސް ނޮކޮށް ނިދާށެވެ. އެކަމު މިހާރު އޭނާ މިއުޅެނީ އެހެން މީހެއް ގޭގައެވެ. އެމީހެއްގެ އަތްބެއްގެ ގޮތުގައެވެ.

“ސެހްރިޝް ދާންވީނު އެއްޗެހި ބަދަލު ކޮށްލަން..” އާކިފް އެހެން ބުނުމުން ބަލާކަށް ނުހުރެ ސެހްރިޝް އޭނާގެ މޫނު ދޮންނަ ފުޅިއާއި ދަތް އުގުޅާ ބުރުސް ހިފައިގެން ވަނީ ފާޙަނާއަށެވެ. އޭނާ ހުރީ އާކިފް އެހެން ނުބުނެގެންނެވެ. ސެހްރިޝް ފާޙަނާއަށް ވަނުމުން އާކިފް އަށް ހިނިތުން ވެލެވުނެވެ. ސެހްރިޝް އުޅޭ ގޮތް ވަރަށް މަޖަލެވެ.

ދިހަވަރަކަށް މިނެޓް ތެރޭގައި އެއްޗެހި ބަދަލު ކޮށްލާގެން ސެހްރިޝް ނުކުތެވެ. އޭނާ އިނީ ލަދުންކަން ކިތައްމެހާ ވެސް ރަގަނޅަށް އެމޫނުމަތިން ފެނެއެވެ. އާކިފް އާއި ދިމާއަށް ބަލާވެސް ނުލަ އޭނާ ގޮސް މޫނުފޮހެ ކަންތަށް ކޮށްލިއެވެ. އާކިފް ވެސް ނިދާހެދުން ހިފާގެން ވަނީ ފާޙަނާ އަށެވެ. އާކިފް އެއްޗެހި ބަދަލު ކޮށްގެން ނުކުތީރު ސެހްރިޝް އަށް އޮތީ ނިދިފައެވެ. އޭނާ އޮތީ ރަޖާ ގަނޑު ކަރާހަމައަށް އަރުވާލާގެންނެވެ. އެދުގެ މެދުގައި ބާލިސްތަށް ބަހައްޓާފައިވީރު ދެމީހުންނަށް ފަލި ވަކިކޮށްފައި އޮތެވެ. ލައިޓް ނިއްވާލާފައި އާކިފް ވެސް އައިސް ނިދޭތޯ ބެލިއެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ދޮންސިއްތި – 04

Next

ގާތުގާ… 2

Next
March 11, 2026

ގާތުގާ… 2

Previews
March 10, 2026

ދޮންސިއްތި – 04

31 Comments!

  1. _MuXo_ _MuXo_ says:
    March 11, 2026 at 12:52 am

    Hellow everybody!! Hope you enjoy this part of the story!!
    Actually if you can help me can you please tell me some girl names and boy names please!!
    I would really appriciate it!!

    1. Alaika_22 says:
      March 11, 2026 at 12:59 am

      Azaan
      Kiaara
      Shaina
      Shaaif
      Rayaa

    2. _MuXo_ _MuXo_ says:
      March 11, 2026 at 1:10 am

      Thank you for the names!!

  2. Cer says:
    March 11, 2026 at 1:48 am

    Alooka
    Alaika
    Alook
    Areeka
    Zivaan

    1. Cer says:
      March 11, 2026 at 3:17 pm

      Alooka use kohdheeba Heyonuvaane muxo “No” ey nubunaathi! Plxxx

    2. _MuXo_ _MuXo_ says:
      March 11, 2026 at 4:39 pm

      Alright dear!! 🥰

  3. Alaika_22 says:
    March 11, 2026 at 2:56 am

    Vrh Reethi MA!!!
    Curiously waiting for next part…. Whn nxt??????
    Lysm and Tc my dear 💗

    1. _MuXo_ _MuXo_ says:
      March 11, 2026 at 4:40 pm

      Thank you! 🥰
      Next part ves v avahah IA!!

  4. Miss rose says:
    March 11, 2026 at 3:08 am

    Mi part ves varah reethi. Akif ah balan huri kujja akee kaakubaa ? Eyee layaan ba? Sehrish and akif ah congra. Curiously waiting for next part???
    Girl names
    Alvaa
    Kayaanee
    Kayleen
    Janaan
    Sasha
    Yaly
    Zenha
    Noya
    Nora

    Boy names
    Yoohaan
    Azkaan
    Naain
    Yooshal
    Zenil
    Yaakin
    Azlaan
    Alyas
    Aikaan

    Hope you like it 😊

    1. _MuXo_ _MuXo_ says:
      March 11, 2026 at 4:40 pm

      V reethi names thah!! 🤗
      IA i will use some names from there!! 🤭

  5. Verrr says:
    March 11, 2026 at 3:56 am

    Varah reethi mi part ves
    Waiting for the next part
    Love youuuuuu.!!!!!

    1. _MuXo_ _MuXo_ says:
      March 11, 2026 at 4:41 pm

      Thank you!! 🥰

  6. Ayuu.. says:
    March 11, 2026 at 8:06 am

    Mi part ves vrh reethi
    Curiously waiting for the next part??
    Luv you!!

    1. _MuXo_ _MuXo_ says:
      March 11, 2026 at 4:42 pm

      Glad you like this part!! 🥰
      Next paty ves v avahah IA! 🤗
      Love yahh too!! 💋

  7. Sheez says:
    March 11, 2026 at 10:23 am

    Wow mi part v reethi MA ❤️
    Get well soon zaayaa ❤️‍🩹
    Alhey falhi vakikohfatha hama nidhan jehenee 1 night ey 😖
    Can’t wait for the next part 🌈
    LY & TC MuXo 💛

    1. _MuXo_ _MuXo_ says:
      March 11, 2026 at 4:43 pm

      Gald you like this part Sheex!! 🥰
      Its a arranged marriage so..
      Love you too! 💋💙

  8. Shaba_73 says:
    March 11, 2026 at 12:03 pm

    Mi part ves vrh Reethi MA! 😍
    ✨ Congrats Aakif and Sehrish ✨
    E anhen kuhjjaa aky layaan hen hee vany!
    Curiously waiting for the next part
    When’s next gurlyy?
    Lyy and tc darling 💗

    1. _MuXo_ _MuXo_ says:
      March 11, 2026 at 4:44 pm

      Happy to know that you enjoyed this part! 🥰
      Next part ves v avahah IA!! 🤗
      Love you too! 💋💙

  9. Aisherr says:
    March 11, 2026 at 12:34 pm

    Hey Muxo Mi part ves vrh Reethi MA
    Muxo Alhugandhu ah kameh kohdhevidhaane thr?
    Dhivehin recount eh liyefa esfiya ah up koh dheeba
    Heading. Faathakaa kulhi thakakaa beheygothun 5 paragraphs ok waane 🙏 Lyy 😘

    1. _MuXo_ _MuXo_ says:
      March 11, 2026 at 4:45 pm

      Thank you Aisherr! 🥰
      I can’t girll!! Sorry!! 😭
      Love you too! 💋💙

  10. Aisherr says:
    March 11, 2026 at 12:35 pm

    Alhuga ge comment eh pending ga ebain thr? Muxo

    1. _MuXo_ _MuXo_ says:
      March 11, 2026 at 4:45 pm

      Nope!!

  11. Aisherr says:
    March 11, 2026 at 12:35 pm

    Inihya eah javaabeh dheeba

  12. Cer says:
    March 11, 2026 at 3:15 pm

    MA mi part ves Vrh Vrh furihama ❤️🥀
    Muxo! Hithah araane Cer mi ee Term test ah fahu free vaane buni meeha mi ulhenee top ah araa!!🥀❤️
    Holdiays Veema cer time nagaagen study kuranee that’s why!
    Avas shifa Akah edhen..Xayerr ah Jailam Vx be with her eyrun ragalhu vedhaane 🎀🥀
    Yaa Rabbi!!! Layernu kameh nukuraathi Akif Menah.. Congratulations 🎉👏👏 Akif & Sehrish IA, Balaagen ulheythi Layern Be aware of her!
    When “s next?❤️😁😁
    Lys’m & Tc care of yourselfx

    1. _MuXo_ _MuXo_ says:
      March 11, 2026 at 4:46 pm

      Thank you for the lovely comment dear!! 🥰
      Bahssahaagen kiyavahchey! 💚
      Next part ves v avahah IA!! 😄
      Love you too! 💋💙

  13. Shaairath says:
    March 11, 2026 at 3:19 pm

    Muxo..Could you write a little paragraph about studying tips and techniques in here!!
    Just ok vaane 8 or 5 lines varu Free vee varakun kiyaanee ingey…

    1. _MuXo_ _MuXo_ says:
      March 11, 2026 at 4:47 pm

      Ofc I can!!
      I will wriye it tonight IA!! 🥰
      Please stay tuned!! 💙

  14. Demon says:
    March 12, 2026 at 3:46 pm

    Heyyyyyyy.
    MuXo bunee thee Kolhufuttey dhww. I’ve hunnaane Koljufudhee friend eh. Dhannanthrr M. Dhiggaru ga kiyavaa kolhifushi manje eh ?????.
    Mi Bai vx reethi
    Next????.

  15. _MuXo_ _MuXo_ says:
    March 12, 2026 at 4:17 pm

    Yes I’m kolhufushi!!
    Ulheynu two kudhin!! Ehkuhjjeh mihaaru kiyevun nimmaafa gohssi!! Anneh kuhjaa adhi dhaanee 7 ah! Ekmu she rashuga eh aharu kiyavaafa dhiyaee!! So idk which person you are talking about!!
    Happy to know that you liked part!!
    Next ves V avahah IA!!

  16. Aarchenn says:
    March 13, 2026 at 3:28 am

    Boys
    Alvaan
    Aydin
    Aleen
    Alaan
    Shaaim
    Leewan

    Girls
    Alaayaa
    Anaaya
    Hooraleen
    Zaain
    Thazkiya
    Thuga
    Nashaau
    Zeeshan
    Jeelaan
    I really couldn’t think of anything better 😭

  17. Lily says:
    June 7, 2026 at 3:50 pm

    I love the story..

Comments are closed.

Next Episodeމުޅި ހިތް ބޭޤަރާރު ވޭއްޖޭ-20←


All Right Reserved!