އެއްމެންތަ އިރުކޮޅަކު ވާހަކަ ދައްކާލަން ހުރެފައި އައްޒާމް އާއި ޝިފާން ކޮޓަރިއަށް ދާން ބޭނުން ވުމުން އަލައިކާ އެކުދިން ގޮވާގެން ގޮސް ކޮޓަރި ދެއްކިއެވެ. ކަން ދިމާކުރިގޮތުން ޝިފާންމެން ހުންނަން ހަމަޖެހިފައިވާ ކޮޓަރި އަކީ އަލައިކާ މެން ކޮޓަރި ދޮރުމަތީ ހުންނަ ކޮޓަރިއެވެ. އެކަމާއި އަލައިކާ އުފާވިއެވެ.
*ޕާރޓް-3*
ކޮޓަރިއަށް ވަނުމުގެ ކުރިން އަނެއްކާ ވެސް އައްޒާމް ބުނީ ހަވީރު އޭނާ ގޮވައިގެން ރަށުތެރެ ދައްކަން ދާންވާނެ ކަމަށެވެ. ހީލާފައި އަލައިކާ ބޯޖަހާލިއެވެ. ޝިފާން އެއްގޮތަކަށް ވެސް އަލައިކާ އަށް ޝައުގު ހުރިހެނެއް ހިޔެއް ނުވެއެވެ. އެއީ އޭނާގެ ކޮއްކޮ އަށް ވިއަސް ހެވެ. ފޮށްޓާއި ދަބަސް ބަހައްޓާފައި ޝިފާން ޖެހިގަތީ އެދުމައްޗަށެވެ. ތަނެއްގައި ބުރަކަށި ޖެހުމުން އޭނާ ބޭނުންވީ ނިދާލާށެވެ. ދެލޯ މަރާލެވުނީ ވީއަރާމެއްގެ ބޮޑުކަމުންނެެވެ.
“އޭ ތިހެން އޮވެ ނުނިދާތި.. ފެންވަރައިގެން ނިދާބެ.. އޭރުން ދޯ އަދި އަރާމުވާނީ..” އައްޒާމް އޭނާގެ ތުވާލި ހިފައިގެން ފާޙަނާއަށް ވަންނަމުން ވާހަކަދެއްކިއެވެ. ޝިފާން އެއްމެ ރަގަނޅޭ ބުނެ ތެދުވިއެވެ. ފޮށީގައި ހުރި އޭނާގެ އެއްޗެހި ނަގައި ޑްރެސިންޓޭބަލް މަތީ ފަތުރާލަމުން ޝިފާން ބަލާލީ ކާރީ ހުރި އަލަމާރިއަށެވެ. ދެމީހުންގެ އެއްޗެހި ލެވޭނެހާ އަލަމާރި ބޮޑެވެ. ދެ މަސްދުވަަހަށް މިރަށަށް އައީ އަނާ ކިޔަ ކިޔައިގެންނެވެ. އެކަމު އެއީ އޭނާ ބޭނުންވާ ގޮތެއް ނޫނެވެ.
އަލިއިކާ ކުރިމަތީގައި އޭނާ ހުންނާނީ ކިހިނަކުން ހެއްޔެވެ؟ އޭނާ އަލައިކާ އާއި ގަޔާވާކަމީ ޝައްކެއް ވެސް އޮތް ކަމެއް ނޫނެވެ. އެކަމު އެއީ ޢާއިލާ ކުއްޖަަކަށް ވާތީވެ ޝިފާން ބިރުގަންނަނީއެވެ. އަނެއްކާ ޢާއިލާގެ މަސްލަހަތު ގެއްލިދާނެތިއެވެ. އަލައިކާ އޭނާ އަށް ގަޔާ ނުވަންޔާ އެވެ؟ އެހެންކަމުން ޝީފާން ނިއްމާފައިވަނީ އަލައިކާ އާއި އަނގައިން ނުބުނުމަށެވެ. އެކަމު އޭނާ އަށް އަލައިކާ އަށް ނުބަލައެެއް ނުހުރެވެއެވެ. އެއޮށް ރީތި ކަޅިރަވައެވެ. ރާޅު ބާނިކޮށް އެއޮންނަ އިސްތަށިގަނޑެވެ. އެއްލޯބި ހިނިތުން ވުމެވެ. މިފަދަ ރީތިކަމަކަށް ކޮންމެމީހެއްގެ ހިތްވެސް އެދޭނީ ބެލުމަށެވެ. ޝިފާން އަށް ވެސް ވީހަމަ އެހެންނެވެ. އޭނާގެ ހިތް ބާރުއަޅަނީއެވެ. އަލައިކާ އަށް ބެލުމަށެވެ.
ޝަބާ ބުނެގެން އަލައިކާ ދިޔައީ ފިހާރެއަށެވެ. މެންދުރަށް މަސްބަތް ކައްކާތީވެ ފިޔާކޮޅެއް ގަންނާށެވެ. އަލައިކާ ފިހާރެއަށް ވަނީރު ނައުހާ ވެސް އޭނާގެ ބޭބެ އާއި އެކީ ފިހާރޭގަ ހުއްޓެވެ. ނަތާން އަށް އަލައިކާ ފެނުމުން “ހާއި” އޭ ބުނެލިއެވެ. ނައުހާ އައިސް އަލައިކާގެ އަތުގައި އެލިގަތެވެ.
“ޝިފާންމެން އައީތަ..؟ އޭނަ ވަރަށް ރީތިތަ..؟” ނައުހާ އެހެން އެހުމުން އަލައިކާ ނައުހާގެ އަތް ފޮޅުވާލިއެވެ.
“ބަލަ އަހަރެންނަށްތަ އެނގެނީ ނައުހާ އަށް ރީތިވާއެއްޗެއްސާ ނުވާ އެއްޗެއްސާ.. އަމިއްލަ އަކަށް ގޮސް ބަލާބަލަ.. ފޮނުކަމުން އޭނަަ އަހަރެންނާ އަނގައިން ވެސް ނުބުނެ.. ކުޑަމިނުން ބަލައި ވެސް ނުލި..” އަލައިކާ ނުރުހުން ފާޅުކުރިއެވެ.
“ހެހެ.. އެހާ ގިނަ ދުވަސްކޮށްފަ ފެނުނީމަ ކަންނެ.. ދުވަސްކޮޅަކުން ބީރައްޓެހިކަން ކެޑިދާނެ..” ނައުހާ އަލައިކާ އަށް ވިސްނާދިނެެވެ.
“ޝިފާން ވާހަކަ ނުދެއްކިއަސް.. އޭނާގެ ބެސްޓީ އެއީ މިހާރު މަގޭ ބަޑީ..” އަލައިކާ ފަޙުރވެރި ވެލާފައި ބުނެލިއެވެ. ނައުހާގެ ދެލޯ ބޮޑުވިއެވެ. އޭނާ އަށް ލިބުނު އުފަލެއްގެ ކޮޅެއް ނެތެވެ.
“ދެމީހުން.. އަސްތާ.. ތިޖެހުނީ ބަލާލަން ދާން.. ހުރޭ ހަވީރު ގޮސް ލާނަން..” ނައުހާ ގޮތް ނިއްމި އެވެ.
“ލާހިކު ނޫން ނައުހާ އަށް ދާކަށް..” އެދޭތެރެއަށް ވަދެގަންނަމުން ނަތާން ބުންނެވެ. ނައުހާ ކީއްވެހޭ އަހާލިއެވެ.
“މަށާ އެކީ މާމަމެން ގެޔަށް ދާންޖެހޭނެ..” ނަތާން ނައުހާގ އިސްތަށިގަނޑުގައި ހިފައި ބޭރަށް ނުކުތެވެ. ނައުހާ އަލައިކާ އަށް ޓާޓާ އަޅާލިއެވެ. އަލައިކާ އިނީ ހެވިފައެވެ. އޭނާގެ ވެސް ބޭބެ އެއް ހުންނަ ނަމަތާއެވެ. އޭނާގެ ބޭބެ ވެސް އޭނާ އަށް އަޅާލާނެ އެވެ. ކުރާނެ ކަމެއް ނެތެވެ.
ފެންވަރައިގެން ނިދުމުގެ ނަންމަތީގައި ޝިފާން އޮތީ އޮށޯވެލައިގެނެވެ. އެދު ބިއްދަށުގައި އައްޒާމް އޮތީ ފޯން ހިފައިގެން ޓިކްޓޮކް ބަލާށެވެ. ޝިފާން އަށް ވިސްނެމުން ދިިޔައީ އަލައިކާ އާއި މެދުއެވެ. އަލައިކާ އާއި ވާހަކަ ދައްކާލަން އޭނާ ކިތަށްމެހާ ވެސް ބޭނުމެވެ. އެކަމު އޭނާ ގަޔަކު އެހިއްވަރެއް ނެތެވެ. އެހެން އޮވެފައި ޝިފާން އައްޒާމްގެ ކޮޑުގައި ކޮއްޓާލިއެވެ. އައްޒާމް އޮތީ ޝިފާން ނޮގޮވައިގެންނެވެ. ވަގުތުން ފޯން ނިއްވާލާފައި ޝިފާން އާއި ދިމާއަށް އޭނާ އެނބުރުނެވެ.
“ކިހިނެއްތަ އަހަރެން އަލައިކާ އަށް ވާހަކަ ދައްކާނީ..؟” ޝިފާން އަހާލިއެވެ.
“ހަމަ ގޮވާ ލާފަ.. ހާލު އަހާލާފަ.. ކަލޭގެ ފިނޑިކަމުން ވެސް ކަމެއް ނުކުރެވެ.. މިހާރު މަށާ އަލައިކާއާ މީ ބެސްޓް ބަޑީސް..” މޭމަތީގައި ޖަހާލަމުން އައްޒާމް ބުނެލީ ފަޙުރުވެރިވެ ހުރެއެވެ.
“ހޫން ހޫން.. ދެން ހެވޭ.. އޭ ސީރިއަސް އެއްޗެކޭ..” ޝިފާން އާދޭސް ކޮށްލިއެވެ. އައްޒާމް ކުރަންވީ ކަންތަށް ވަރަށް ސާފުކޮށް ޝިފާން އަށް ކިޔާދިނެވެ.
“ދެން އޭނަ އެއްބަސް ނުވެއްޖެއްޔާ އޯ..؟” ޝިފާން ފަސްޖެހުނެވެ.
“ގައިމުވެސް މީހަކު ބަޑަށް މާރާލާކަށް އޭނާ އެއް ނުބާއްވާނެ ދޯ.. ސާބަސް..” ޝީފާންގެ ބޮލުގައި ފުއްޓައްކެއް ޖަހުމުން އައްޒާމް ހީގަތެވެ. ދެމީހުން ވެސް އެހެން އޮވެ ނިދިއެވެ. ވެފައިހުރި ވަރުބައްޔެއްގެ ސަބަބުންނެވެ.
މެންދުރަށް ޝަބާ އާއި އަނާގެ އިތުރަށް ކައްކަން އުޅުނު އިރު ޝާއިން އާއި ޒިޔާން ދިޔައީ ރަށުތެރޭ ބުރެއް ޖަހާލާށެވެ. އަލައިކާ އުޅުނީ ޒިއާން ގޮވައިގެން މެދު ގޯތީގައެވެ. ޒިއާން ބޯޅުކުޅުމައިގެން އުޅުނު އިރު އެކުއްޖާ ފުޅު އޮތީ މުޅިން ދާހިއްލާ ފޯވެފައެވެ. ޒިއާން ފެންނަން ހުރީ ފުއްކޮޅެއް ހެންނެވެ. އެހާ ވެސް ދޮނެވެ. ބޮޑު ކޯގަނޑެއް ލާފައިވީރު ދުވާއިރު ކޯކޮޅު ތެޅެއެވެ. ޒިއާން ލޯބިކަމުން އަލައިކާ އަށް ފޮޓޯނުނަގައެއް ނުހުރެވުނެވެ. ހީހީފައި އަލައިކާ ވެސް ބެލީ ފޮޓޯ ނެގޭތޯއެވެ. އަލައިކާ ވެސް ޒިއާން އާއި އެކީ ބޯޅަ ކުޅެން އުޅެނިކޮށް ޝަބާ ގޮވާލި އަޑުއިވުނެވެ. އަލައިކާ އާން އެކޭ ކިޔާ ގޮވާލިއެވެ. ދެން ޝަބާ ބަހެއް ނުބުނެއެވެ. އިރު ކޮޅަކު އަނެއްކާ ވެސް އަޑުއަހަން ހުރެފައި އަލައިކާ ވަނީ ގޭތެރެއަށެވެ.
“މަންމާ ގޮވިންތަ..؟” އަލައިކާ އައިސް ބަދިގެ ދޮރުމަތީ ހުއްޓިލަމުން އަހާލިއެވެ.
“ނޮގޮވަން..” ޝަބާ ބުންޔެވެ. އަލައިކާގެ ހިތުގައި ކުޑަ ބިރުވެރިކަމެއް އުފެދުނެވެ. އަނެއްކާ އެއީ އޭނާ އަށް ހީވި ގޮތެއް ހެއްޔެވެ؟ ނޫނެކެވެ. އެއަޑަށް ޒިއާން ވެސް ހޯދާ ބަލާލިއެވެ. އެކަމު ޝަބާ އެބުނީ އޭނާ ނޮގޮވާ ކަމަށެވެ. އެހާ ބޮޑު ކަމަކަށް ނަހަދާ އަނެއްކާ ވެސް އަލައިކާ ނުކުތެވެ.
އާދައިގެ ގޮތަށް މެންދުރު ވަގުތު ވެސް ފަހަނަ އަޅައި ގޮށްސިއެވެ. ހަވީރު 4 ޖަހާފިއެވެ. އަލައިކާ އިނީ ޝަބާ މެން ކޮޓަރީ އޭނާގެ ގަމީސް ކޮޅު އިސްތިރި ކުރާށެވެ. ފަހެއް ޖަހާރަށް ނުކުންނަން ވާނެކަމަށް އައްޒާމް ބުނެފައި ވުމުން އަލައިކާ ބޭނުން ވަނީ ގަނޑި ޖެހުމުގެ ކުރިން ތައްޔާރުވެ ހުންނާށެވެ. ފެންވަރައި ހަދައިގެން އަލައިކާ ނުކުތީ ބޭރަށެވެ. އޭރު އެކަކުވެސް ގޭގައި އުޅޭކަމަކަށް ނުދައްކައެވެ. މުޅި ގޭތެރެ ވަނީ އެއްކޮށް ހިމޭން ވެފައެވެ. އަލައިކާ އިށީނީ އަނބުގަސް ދަށުގައި އިން ޖޯލީގައި އޮށޯވެލާފައި އޭނާ ފޯން ނެގިއެވެެ. ފޯން ބަލަން އޮތްވައި އައްޒާމް ނުކުތެވެ.
ރަށުތެރޭގައި ބުރެއް ޖަހާލާފައި ބާސުކޫލް ފެނުމުން އައްޒާމް ބޭނުންވީ އެތަން ބަލާލަން އައުމަށެވެ. އަލައިކާ ބުނީ ރޭގަނޑު އަންނަން ވާނެ ކަމަށެވެ. އެބާސްކޫލަކީ މީހުން ކިޔާގޮތުގައި ނާމާން ތަނެކެވެ. ހާއްސަކޮށް ރޭގަނޑު ގަނޑީ އެތަނާ ކާރީވާކަށް ވެސް ނުވާނެއެވެ. އެކަމު އަލައިކާ އާއި އައްޒާމް ނިއްމީ އެއްރެއަކު އަންނަން ކަމަށެވެ. ގާތްގަނޑަށް މުޅި ރަށުތެރޭ ދުއްވިއްޖެއެވެ. އައްޒާމް އޭނާގެ ހަޔާތުގެ ވާހަކަ ކިޔައިދިނެވެ. އޭނާގެ މަންމަ އަކީ ވަރަށް ބަލި މިހެއް ކަމާއި އެނާ ބައްޕަ އަކީ ޑްރަގްސް ބޭނުން ކުރާ މީހެއްކަމަށް އޭނާ ވަނީ ބުނެފައެވެ. އަލައިކާ އަށް އައްޒާމް އަށް ހަމްދަރުދީ ވެވުނެވެ.
އައްޒާމް އާއި އަލައިކާގެ އެއްގޮތް ސިފަތަކެއް ވެސް ހުރެއެވެ. ދެމީހުން ކުރެ އެކަކުވެސް އެކުދިންގެ ބައްޕަ އާއި ރަގަނޅު ގުޅުމެއް ނޯވެއެވެ. އެކިވާހަކަ ކިޔައިދިނީރު ދެމީހުންގެ މެދުގައި އޮތް ބީރައްޓެހިކަން އެއްކޮށް ނެތި ގޮށްސިއެވެ.
މަޣްރިބް ނަމާދު ބަންގި ގޮވުމުން ދެމީހުން ވެސް އައީ ގެޔަށެވެ. އެކަކުވެސް ގެޔަކު ނެތެވެ. ޝިފާން އާއި އައްޒާމް މިސްކިތަށް ދާން ބޭނުންވިއެވެ. އަލައިކާ އެކުދިންނަށް މިސްކިތް އިންނަތަން ކިޔާދިނެވެ. އެކުދިން ދިޔުމުން އަލައިކާ އެކަނިވީއެވެ. އެހެން ރޭރެއާއި ހިލާފަށް މިރޭ އަލައިކާގެ ހިތުގައި ބިރުވެރިކަން އުފެދޭން ފެށިއެވެ. ކީއްވެކަމެއް ނޭނގެއެވެ. އެހެން ނޫނިއްޔާ ވެސް އޭނާ ގޭގައި އެކަނި އިންނަނީ ނޫންހެއްޔެވެ؟ މިހާރު ބިރުގަންނަނީ ކިއްވެ ހެއްޔެވެ؟ ކޮޓަރި އަށް ވަންނަން ނުކުރުމުން އަލައިކާ މަޑުކުރީ ގޯތިތެރޭގައި ޝިފާންމެން އަންނަން ދެކަށެވެ. އޭނާ އޮންނައިރު ވެސް ހިވަނީ ނުފެންނަ ފަރާތަކުން އޭނާ އަށް ބަލަމުން ދާހެންނެވެ. އަލައިކާ އަށް ނޭނގޭ އުދަގޫތަކެއް ވާންފެށިއެވެ. އެއީ އެވަރުކަމަކަށް ނަހާދާ އަލައިކާ ފޯނުން ޓިކްޓޮކް ބަލަން ފެށިއެވެ.
އިރުކޮޅެއް ތެރޭގައި އެއްމެން ވެސް ގެޔަށް އައެވެ. އަލައިކާ ވެސް ނަމާދުކުރަން ކޮޓަރިއަށް ވަނެވެ. މިރެއަކު އޭނާ އަށް އެބަ އުނދަގޫ ތަކެއް އެބަވެއެވެ. ކުރިން ވެސް މިކަހަލަ ކުދި ކުދި ކަންތަށް ވެއެވެ. އެކަމު އޭނާ އެކަންތަށް އަޅާނުލައި ދޫކޮށްލަނީ އެވެ. އެކަމު މިރެއަކު ކަންތަށް މާބޮޑުވެއްޖެއެވެ. ނަމާދުކޮށްލުމުން ރަގަނޅުވާނެ ކަމަށް ނިއްމާގެން ހުރެ އަލައިކާ އަވަހަށް ވުޟޫކުރަން ވަނެވެ.
ޝިފާން އަށް އައްޒާމް ހަވީރު ވީކަންތަށް ކިޔާދިނެވެ. އަލައިކާ އޭނާ އަށް ކިޔައިދިން ވާހަކަތައް ކިޔައިދިނެވެ. އަދި ޝިފާން ވެސް އެމީހުންނާއި އެކީ ބާސްކޫލް އަށް ދާންވާނެކަމަށް ބުންޔެވެ.
“އޭ އަސްލުވެސް މިރޭ..” ޝިފާން ޖުމްލަ ފުރިހަމަ ނުކުރިއަސް އައްޒާމް އަށް އޭނާ ބުނި އެއްޗެއް ދެނެގަނެވުނެވެ. އައްޒާމް ބޯޖަހާލިއެވެ. ޝިފާން ފުންނޭވާއެއް ބޭރު ކޮށްލިއެވެ.
އިޝާނަމާދަށް ފަހު އަލައިކާ ތައްޔާރުވެލީ ބޭރަށް ދިޔުމަށެވެ. އޭނާ ލޯގަނޑު ކުރިމަތީ ހުރެ ތައްޔާރު ވެލައިގެން ނުކުތީރު އެރުނީ ޝިފާން ކުރިމައްޗަށެވެ. އަލައިކާގެ ފިޔަ ވަޅުތަށް ބިމުގައި ހަރުލިކަހަލަ އެވެ. ޝިފާން ވެސް ބަހެއް ނުބުނެ ބަލަން ހުރީއެވެ. އަލައިކާ އެހެން އިނދެފައި ދިޔައީއެވެ. ލޯކުރިމަތިން އަލައިކާ ދިޔުމުން ޝިފާން އަށް ހިފާއްޓާލާގެން ހުރި ނޭވާ ބޭރުކޮށް ލެވުނެވެ. ފާރުގައި ލެނގިލާފައި ހިތާދިމާއިން މޭގައި އަތްޖައްސާލި އެވެ. އޭނާގެ ހިތް ތެޅެމުން ދިޔައީ އަމަށަކު ވަރަކަށް ނޫނެވެ. ހީވަނީ މޭކަށިގަނޑު ފަޅައިލާފައި ނުކުމެ ދާނެހެންނެވެ. ނޭވާ ހަމައަކަށް އަޅުވާލާފައި ޝިފާން ނުކުތީ ސިޓިން ރޫމް އަށެވެ.
“ޝިފާން.. އަލައިކާ ދެކުނިންތަ..؟” ޝިފާން އައިސް ސޯފާގައި ހަމަޖެހިލުމުން ޝަބާ އަހާލިއެވެ. އޭނާ އިނީ ޒިއާން އަށް ކާން ދޭށެވެ.
“ދެއްމެ ނުކުތް ގެއިން..” ޝިފާން ބުނެލިއެވެ.
“ޕިސް ޕިސް.. އެމަންޖެ ކާރީ ބުނާނެ ކަމެއް ނެތް.. އަޑެއް ނާހާނެ..” ޝަބާ ކުދިޔާގަތެވެ. ޝީފާން އަށް ހެވުނެވެ.
އެރޭ ނައުހާ އާއި ނަތާން އާއި އެކީ ބޭރުގައި އުޅެ އުޅެފައި އަލައިކާ ގެޔަށް އައިރު އެގާރަ ގަނޑި ބައިވެ ދާނެއެެވެ. މިއީ އޭނާގެ އާދައެވެ. ގޭގައި ހަރެއް ނުލާނެއެވެ. ގެޔަށް ވަނީރު އެކަކުވެސް ފެންނާކަށް ނެތެވެ. ސިއްރު ސިއްރު ގެޔަށް ވަދެ ލަސްލަހުން ހިގާފައި އައިސް އޭނާ ވަނީ ކޮޓަރިއަށެވެ. ބުރުގާ ވެސް ނުބޭލި އުޅެނިކޮށް ދޮރުގައި ޓަކި ޖެހި އަޑު އިވުނެވެ. އަލައިކާ ހިތް ހުއްޓުނު ކަހަލަ އެވެ. އަނެއްކާ ޝަބާ އަށް އޭނާ ގޭތެރެއަށް ވަދެގެން އައި ތަން ފެނުނީ ހެއްޔެވެ؟ ޝަބާ ކޮށްފާނެހެން ހީވާކަހަލަ ސުވާލަކަށް ޖަވާބު ވިސްނަމުން އަލައިކާ ގޮސް ކުޑަ ކޮށް ދޮރު ހުޅުވާލިއެވެ. ދޮރު ހުޅުވާލުމާއެކީ އަލައިކާ ހައިރާންވެ އަނގަހުޅުވުނެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.







I think I ge love kanne eaee I hoadhan 🙈
Mi part ves Vrh Reethi MA!!!!!
Curiously waiting for next part
Whn nxt???????
Lysm and Tc my lovely
HAHAHA!! hama vedhaane dhw!!
Glad you liked this part!!
Next part ves hama v avahah IA!!
Love u too!! You also take care alaika!!
Mi part ves varah reethi. Alaika ah undhagoo vanee keevvebaa? Kaaku baa huree alaika dhoru hulhuveeru? Curiously waiting for next part??
Happy to know that you liked this part Miss rose!!
Hurihaa suvaalu thakah ves javaabu libeyne IA!!
Next part ves V avahah IA!! Stay tuned!!
Oh so shifaan also likes alaika dhw? Eyna noolhey alaika aai aga in bunaakah ves! E varun then alaika libeyne kamakah heenukurey🤦
Alaika, chill out that ain’t your mum coming to kill u! It’s the love of your life coming maybe to go out on a date with u🙊
Loved this part sm!!!
When next?
Ly💗
Yes shifaan also likes her!
Glad you liked this part!!
Next part ves v avahah IA!
Love you too babyy!!
MA+..This part is extinguishing…🖤🥀
Who’s there Alaika dhoru hulhuvee??…🫶🖤
I guess Shifaan hen!! Haadha Cute vaane if it’s him! I wish!!🥀🖤
Alheyyy Muxo Spoil it! Could you tell me plxx cer Vrh bodah Curious 🧐 About it!🥀🖤
Anyways , When’s next?IA ☝🏻❤️
Lysm & Tc BBG
Glad you like this part! 🤗
You know who dhw! 🤭
You guessed it right baby! 🥰
Next part of tge story ves hama V avahah IA!
Love you more, you also take care of yourself! 💋