ތިޔައީ ހަނދޭ-17
“އަޝްވާން..” އަޝްވާން ސިހިފައި ބަލާލިއެވެ. ބަލާލުމާއި އެކީ އޭނާގެ ދެލޯ ބޮޑުވިއެވެ. ހައިރާން ވިއެވެ. ހަމައެފަދައިން އުފާވެސް ވިއެވެ.
*ޕާރޓް-17*
“އަލޫކާ..” ސިޓިންރޫމް ސޯފާގައި އިން އަންހެންކުއްޖާ އެހެނީ އަލޫކާ އަށް ގޮވައިލަމުން އަޝްވާން އަލޫކާ ކާރީ ހުއްޓިލިއެވެ. އަލޫކާ ހުރީ ހުރިހާ ދަތްތަކެއް ފެންނަވަރަށް ހީލައިގެންނެވެ. އަލޫކާ ތެދުވެލާފައި އަޝްވާން ގައިގައި ބައްދާލިއެވެ. ވީ އުފަލެއްގެ ބޮޑުކަމުން އަޝްވާން އަށް އަލޫކާ އުފުލާލާފައި އެނބުރިލިއެވެ. މުޅި ސިޓިންރޫމް ތެރޭ ގުގުމާލީ އަލޫކާގެ ހުނުމުގެ އަޑުންނެވެ.
“އޯހް އައިހޭވް މިސްދް ޔޫ ސޯމަޗް.. އަނެއްކާ ކޮން ހިޔާލެއް ލިބިގެންތަ މިކޮޅަށް ތިއައީ..” އަލޫކާ އާއި ދުރުވެލަމުން އަޝްވާން އަހާލިއެވެ.
“އަޝްވާން ނުފެންނަތާ ގިނަދުވަސްވީމަ.. ހާލު ބަލާލަން..” އަލޫކާ ބުނެލިއެވެ.
އަލޫކާ އަކީ އަޝްވާންގެ ކުޑައިރުގެ ވަރަށް ގާތް އެކުވެރިއެކެވެ. އަޝްވާން އަށް 17 އަހަރުގައި އަލޫކާގެ މަންމަ ބަލިވެގެން މާލެ ބަދަލުވިފަހުން އަޝްވާން އަށް އަލޫކާ ހަމަ ލޮލަށް ފެނުނީ އަދި ކިރިޔާއެވެ. އެކަމު ދެމީހުން ގުޅައިގެންނާއި ޗެޓުން ގުޅުން ބަދަހި ކުރެއެވެ.
“ހިގާބަލަ އަހަރެން ގޮވައިގެން ރަށުތެރެ ދައްކާލަން..” އަޝްވާންގެ އަަތުގައި އެލިގަންނަމުން އަލޫކާ ބުނެލިއެވެ. އަޝްވާން އަލައިކާ ގޮވައިގެން އޭނާގެ ސައިކަލުގައި ދިޔައީ ރަށުތެރެ ދައްކާލުމަށެވެ. ދެމީހުން ވެސް ދިރިއުޅުމުގެ ވާހަކަ ހިއްސާކޮށް ވާހަކަ ދެއްކިއެވެ. އަޝްވާން އޭނާގެ އެކުވެރިޔާ ޔޫރާގެ ވާހަކަ ވެސް ބުންޔެވެ. އަލޫކާ ޔޫރާ ބަލާލަން ބޭނުންވާ ވާހަކަ ބުންޔެވެ. ފޮޓޯއަކުން ދެއްކިދާނެކަމަށް ބުނެ އަޝްވާން އެވާހަކަ ހުއްޓާލިއެވެ.
ކުއްލިގޮތަކަށް އޮފީހަށް ދާންޖެހުމުން ރަޝްނާން ދިޔައީ ޔޫރާ ކާރީ ޔަނާ ބައިންދާފައެވެ. ޔޫރާ އާއި ޔަނާ އެކިވާހަކަ ދައްކައިި ހީސަކަރާތް ޖަހަމުން ދަނިކޮށް ދޮރުގައި ޓަކިދިން އަޑި އިވުނެވެ. ދެމީހުން ވެސް ތިބީ ބިރުންނެވެ. އެއީ އަރްފާން އަށް ވެދާނެތީއެވެ. ހިތްވަރުކޮށްފައި ޔަނާ ގޮސް ދޮރުހުޅުވާލިއެވެ. ކުރިމަތީ ތިބީ ދެފިރިހެން ކުދިންނެވެ. އެއީ ސަފްވާން އާއި ޖާވިން އެވެ. ޖާވިން ސަފްވާން ޔަނާ އާއި ދިމާ އަށް ކޮށްޕާލާފައި އެތެރެއަށް ވަދެގެން ގޮށްސިއެވެ. ޔަނާ އަށް ހުރެވުނީ ނޭވާ ހިފާއްޓާލާގެންނެވެ. ސަފްވާން އިނީ ހުއްޓުން އަރާފައެވެ. އޭނާ އަށް މިނުދަންނަ ކުއްޖާ ގެގަޔަށް އަތްލެވިއްޖެއެވެ. އަކަމު އެއީ އެކުއްޖާ ވެއްޓެން ދިއުމުންނެވެ. ދެމީހުން އިރުކޮޅަކު ދެމީހުންގެ ލޮލަށް ބަލަން ހުރެފައި ޔޫރާ ކަރުކެހިލުމުން ސަފްވާން އަވަހަށް ޔަނާ ތެދުކޮށްފައި ސޮރީ އޭ ބުނެލިއެވެ.
“އިޓްސް އޯކޭ..” ޔަނާ އޭނާގެ ރަތްވެފައިވާ މޫނު ފޮރުވަން މަސަށްކަތް ކުރަމުން ބުނަލިއެވެ. ތިމަންނަ އެބައަންމޭ ކިޔާފައި އޭނާ ވަނީ ޔޫރާ މެން ކޮޓަރިއަށެވެ.
“ޖާވިންންންން.. ކޮންއިރަކު އައީ.. އަހަރެން ހީއްކުރީ މާލެއަށް ދެވުނީމަ ނުވެސް އަންނާނެ ކަމަށް..” ޖާވިން ފެނި އުފާވެފައި ހުރެމެ ޔޫރާ އެހިއެވެ.
“ބައްޕަ މަށަށް ވެކޭޝަން އެއް ދިނީމަ މިކޮޅަށް ޖައްސާލީ.. ސަފްވާން ބުނި މަކާރީ ޔުރާ އެ އަރްފާން އައިސީޔޫ އަށް ލާފިއޭ..” ޖާވިން ކިޔާދިނެވެ.
“ޕިސް ޕިސް.. ވާހަކަ ބޮޑުކޮށްލަން ވެސް ދަންނަ މީހެކޭ ދޯ..” ޔޫރާމެން ކުރިމަތީ ހުރި ސޯފާގައި އިށީންނަމުން ސަފްވާން ހީލިއެވެ.
ޖާވިން އަކީ ޔޫރާ އާއި ސަފްވާންގެ ވަރަށް ގާތް އެކުވެރިއެކެވެ. އެއް އަހަރު ކޮލެޖްގައި ކިޔަވާފައި ޖާވިން ދިޔައީ އޭނާގެ ބައްޕަގެ ކޮމްޕެނީއަށެވެ. އޭގެ ފަހުން އެދެކުދިންނަށް ޖާވިން އެއް ނުފެނެއެވެ.
ތިން އެކުވެރިން ވެސް ނުކުމެލީ ބޭރަށެެވެ. އެއްމެން އެއްތަން ވުމުން އަބަދު އިވެނީ ހޭއަޑެވެ. ކޮންމެ ވެސް އެއްޗެކޭ ކިޔައި ހީގޮވާނެއެވެ. ޔަނާ ބުނީ އޭނާ ގޭގައި މަޑުކުރާނީ ކަމުގައެވެ. ސަފްވާން އާއި ޖާވިން އާއި އެކީ ޔޫރާ ދިޔައީ ރެސްޓޯރެންޓް އަކަށެވެ. އެތަނުން ކާއެއްޗެއްސަ އޯރޑާރ ކޮށްގެން އެމީހުން ތިބީރު ދެކެވެމުން ދިޔައީ އަރްފާން އާއި ޔޫރާގެ ވާހަކަ އެވެ.
“އޭ ދެން އޭނަ މަތިން ހަދާން ނައްތާލާ.. މަގޭ އެބަހުރި ސިންގަލް ބޭބެ އެއް.. ބޭނުންތަ..؟” ޖާވިން ސަމާސާ ކޮށްލިއެވެ.
“އަޅެ ބުރި.. ހެޔޮ ދެން ބޭނުމެއް ނޫން..” އެހެން މީހަކާއި ލޯބީގެ ގޮތުން ގުޅޭކަށެއް ޔޫރާ އެެއްބަހެއް ނުވިއެވެ.
އޮފީސްކަންތަށް ނިއްމާލާފައި ރަޝްނާން ނުކުމެ ސައިކަލަށް އެރުމާއި އެކީ ފޯން ރިންގް ވާންފެށިއެވެ. އެއީ ޒަހްރާގެ ފޯނެކެވެ. އޭނާ އަވަހަށް ފޯން ނެގިއެވެ.
“ޔޫރާ ކޮބާ..؟ އޭނަ ރަގަނޅުތަ..؟ ކީއްވެ ގުޅީމަ ފޯން ނުނެގީ..؟” ޒަހްރާ ހާސްވެފައިވާ ރާގަކާއި އެކީ އެތަކެއް ސުވާލެއް އެއްފަހަރާ ކޮށްލިއެވެ. ރަޝްނާން އަށް ހެވުނެވެ.
“އަދި ވެސް ހެވަނިތަ.. އަހަރެން މުޅިން މާޔޫސްވެގެން މިއުޅެނީ..” ދެން ވެސް ވާހަކަ ދެއްކީ ޒަހްރާ އެވެ.
“ޔޫރާ ރަގަނޅު.. ސޮރީ ފޯން ރިންގް އޮފް ކޮށްލާފަ ބޭއްވުނީ.. ދެން ތިހާ ވަރަށް ވިސްނާކަށް ނުވާނެ..” ރަޝްނާން ސައިކަލުގައި ހަމަޖެހިލަމުން ބުނެލިއެވެ. ޒަހްރާ ފުންނޭވާ އެއް ބޭރުކޮށްލިއެވެ.
“ޔޫރާ އަކީ އަހަރެންގެ ވެސް ކޮއްކޮ އެއް މިހާރު.. އަހަރެން ވެސް ބޭނުމެއް ނޫން އެކުއްޖާ އަށް ދެރަ ގޮތެއް ވާކަށް..” ރަޝްނާން އަށް އަނެއްކާ ވެސް ހީލެވުނެވެ. ޒަހްރާ އަކީ ހާދަ ރަގަނޅު ކުއްޖެކޭ ހިތަށް އަރާފައެވެ.
“ކޮންތާކު ތީނީ..؟” އަނެއްކާ ވެސް ވާހަކަ ދެއްކީ ޒަހްރާ އެވެ.
“މީނީ އޮފީސްކާރީ.. ދަންތަ..؟” ރަޝްނާން އަހާލިއެވެ. އަސްލު ވެސް އޭނާ ހުރީ ޒަހްރާ ބަލާލަން ބޭނުން ވެފައެވެ.
“އުހުން.. ދެން މިހާރު މާލަސްވެއްޖެ.. އަންނާނެ ކަމެއް ނެތް..” ޒަހްރާ އިންކާރު ކުރިއެވެ.
އިރުކޮޅަކު ވާހަކަ ދައްކަން ހުރެފައި ރަޝްނާން ފޯނު ބޭއްވީ ގެޔަށް ގޮށްސައި ގުޅާނެ ކަމަށް ބުނެއެވެ. ރަޝްނާން ގެޔަށް ދިޔައިރު ޔޫރާ ނޫޅޭތީވެ ޔަނާ ކާރީ އެހިއެވެ. ޔަނާ ބުނީ ކޮންމެ ވެސް ދެއެކުވެރިޔަކާއި އެކީ ދިޔަ ވާހަކައެވެ. އެވާނީ ސަފްވާން އަށްކަން އެނގޭތީވެ އޭނާ އަޅައެއް ނުލިއެވެ. ޔަނާ އާއި ދެމީހުން ނޫޑިލިސް ކައްކައިގެން އެރޭ ދެން ޔަނާ ވެސް ދިޔައީ ގެޔަށެވެ.
ޔޫރާ އައީ 12 ވެސް ޖެހިފަހުންނެވެ. އޭނާގެ އެކުވެރިންނާއި އެކީ އުޅެފައި އާދެވުމުން އޭނާ ހުރީ ހިތްހަމަ ޖެހިފައެވެ. މިގޮތަށް ހީއްގޮވަ މަޖާކޮށްލަން އޭނާ ބޭނުމެވެ. އޭނާ އަށް ވަނީ މިއަދު އެފުރުސަތު ލިބިފައެވެ. ސަފްވާން އާއި ޖާވިން އަކީ އޭނާގެ ހަޤީޤީ އެކުވެރިންނެވެ.
އެއްޗެހި ބަދަލު ކޮށްގެން އެދަށް އެރުމާއި އެކީ ޔޫރާގެ ފޯން ރިންގް ވާން ފެށިއެވެ. އުފާވެރި ހިނިތުން ވުމަކާއި އެކީ އޭނާ ފޯން ނެގިއެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







Wow v reethi mi part MA
Sheex lil biruganehje dhen inna p kiyan buz ashwaan find ehves aisi Omg
Can’t wait next part kiyaalan
Ly & Tc muxo
Happy to know that you enjoyed this part!! Than kolheh kuru dhw mi part!!
Hehe, ehaa biru ganna eh cheh nooneh nu!!
Love you more!! Sheex ves take care of your self!! MUAH!!
Mi part ves Vrh rythi MA!!
Curiously waiting for next part…..
Whn nxt????
Lysm and Tc my dear
Thank you Alaika_22!!
Next part ves v avahah IA!!
Love you more!! You also take care babyy!!
Mi part ves varah reethi. Rashnaan and zahra so cute. Yoora ah gulhee kaakubaa? Curiously waiting for next part???
Thank you!!
Next part ga egeyne dhw gulhee kaaku kan!!
Next part ves V avahah IA!!