Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ގާތުގާ… 2

Anaq Level 210 Stories
March 11, 2026 3 Mins Read
4 Comments

 

” އޯކޭ… ދެން ނިދާލަން ވީނުން….އަހަރެން އިންނާނަން ޒާނާ ކައިރީގަ. ” އަހަރެން ހިތްހަމަ ޖައްސައި ދެވޭތޯ ޖަނާ ވަރަށް ވާހަކަ ދެއްކިއެވެ. އަހަރެންވެސް ވެފައި ހުރި ވަރުބައްޔާއެކު އޮށޯވެލީމެވެ. އިސާހިތަކު ނިދި ދެލޮލަށް ސަވާރުވާން ފެށިއެވެ.

ޗެޕްޓާ 2 

ނަވީން

ދަންވަރުގެ އެވަގުތު އަހަރެން ހޮސްޕިޓަލަށް ވަދެގެން އައީ ކުޑާކޮށް ހާސްވެފަހުރެއެވެ. އަހަރުތަކަކަށްފަހު ދުށުމަށް އެދިހުރި ސޫރަ ފެންނާތީއެވެ. އެތަށް ދުވަހެއް ވާންދެން ކުރި ހިތްދަތި އިންތިޒާރަކަށް ނިމުމެއް އަންނަން އުޅޭ ކަހަލައެވެ. ހިތަށް އަރާމެއް ލިބެން އުޅޭ ކަމުގެ އުއްމީދެއް އާވެއެވެ. ކެތްމަދުވެފައި އަހަރެން ހިނގަމުން ދިއައީ ޕްރައިވެޓް ރޫމްތަކާ ދިމާއަށެވެ.

ހޮސްޕިޓަލުގެ ރޫމެއްގެ ދޮރު އަހަރެން ހުޅުވާލީމެވެ. އެއާއެކު އެނދުގައި ނިދީގެ އަރާމުކަމަށް ގެނބިފައި އޮތް ރީތި އަންހެން ކުއްޖާ އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އެއީ ހަމަ އަހަރެން މި ހޯދާ ހިތްގައިމު ސޫރައެވެ. ދެކިލަން އަހަރެން ބޭނުންވި މޫނެވެ. އެއީ އަހަރެންގެ މުޅި ހަޔާތެވެ. އަހަރެންގެ މުޅީ ދުނިޔެއެވެ. މުޅި ކާއިނާތެވެ.

ހިތަށް މަޑުމަޑު ފިނި ވައިރޯޅިއެއް ޖެހިލި ކަހަލަ އިހުސާސެއް ކުރެވުނެވެ. އެކުއްޖާފެނުމުން ހިތަށް ލިބުނު ފިނިކަމާއި ލުއިކަން ބަޔާންކޮށްދޭން ނޭނގުނެވެ. އަހަރުތަކަކަށްފަހު ހިތަށް ހަމަޖެހުމެއް އުފަލެއް ލިބުނެވެ. ހީވީ މޭމަތީ ބާއްވާފައިވާ ހިލަގަނޑެއް ނެގިގެން ދިއަހެނެވެ.

އަހަރެން މަޑުމަޑުން އެނދާ ކައިރިއަށް ޖެހިލީމެވެ. އަދި އަހަރެން އަތުގައި ހުރި ކުޑަ ކަރުދާހު ފޮށި މޭޒުމަތީގައި ބެހެއްޓީމެވެ. އެއަށްފަހު އެމޫނަށް އަހަރެން ރީއްޗަށް ބަލައިލީމެވެ.

އެރީތި ކަމަށް ފަނޑުކަމެއް ނާދެއެވެ. ފަން ދިގު އިސްތަށިގަނޑާއި ދޮން އޮމާން މޫނާއި އިތުރުން ކުރިއަށް ވުރެންވެސް ޗަބީވެލައިފައި ވުމުން އިތުރަށް ރީތިހެން ހީވެއެވެ. އަހަރެން އެ ހަނދެއްފަދަ ރީތި މޫނަށް ރަނގަޅަށް ބަލައިލީމެވެ. ނިދާފައި އޮތް އިރުވެސް ރޮއެފައި ހުރިކަން އެމޫނުމަތިނަ ވަރަށް ރަނގަޅަށް ހެކިދެއެވެ. ކުއްލިއަކަށް އަހަރެންގެ ލޮލުގައި އެކުއްޖާގެ ނިއްކުރީގައި އަޅާފައިވާ ބޭސްގަނޑު އަޅައި ގަތެވެ. އަދި އަތުގެ ކުޑަހުޅުގައި ވަރަށް ބާރަށް ހިފާފައި ވާކަމުގެ ނިޝާންތަކެއް ހުއްޓެވެ. އަހަރެންގެ ލޭ ހޫނުވެގެން ދިއަ އިހުސާސެއް ކުރެވުނެވެ. އެއީ އެހެން މީހެއްގެ ފަރާތުން ވިއަސް ކުޑަވެސް ކޫރުމެއް އެޅެން އަހަރެން ބޭނުންވި ކުއްޖެއް ނޫނެވެ. ނަމަވެސް ތަޤުދީރުގައި ކަންކަން ވީގޮތުން މިއަދު އެއަންހެން ކުއްޖާއަށް ޖެހިފައިވާ ހާލު ދެކިބަލާށެވެ.

އަހަރެން އެނދުކައިރީގައި ހުރި ގޮނޑީގައި ކުޑަކޮށް އިށީނދެލީމެވެ. އަދި އެކުއްޖާގެ މޫނަށް އަހަރެން އަނެއްކާވެސް ރަނގަޅަށް ބަލައިލީމެވެ. ހިތްފުރޭތޯއެވެ. އެއީ އަހަރެންގެ ހިތަށް ހިތްހަމަ ޖެހުން ގެނެސްދީފައިވީ މޫނަކަށް ވާތީއެވެ. ހިތް ފުރައިދިން އިންސާނަކަށް ވާތީއެވެ. އެކަމަކު މިއަދު އަހަރެންގެ ހިތް ފުރޭނެ ހެއްޔެވެ؟ މިހިތުގައި މިހިނގާ ތޫފާން މިވަރުން މަޑުކުރެވިދާނެ ހެއްޔެވެ؟ މި ކަރުހިއްކުން ފިލާނެ ހެއްޔެވެ؟ އެއީ ވޭތުވެދިއަ އަހަރުތަކުގައި އެތަށް އެތައް މަސައްކަތަކަކުންވެސް އަހަރެންނަށް ހަނދާން ނައަތައި ނުލެވުނު ސޫރައެކެވެ. އަބަދުމެ އެކުގައި ނުފިލާވި ހަނދާން ތަކެކެވެ. އެތަށް ރެއެއްގެ ނިދިން މަހުރޫމު ކުރި ހަނދާން ތަކެކެވެ.

އެނދުގެ ބޭރަށް އެލިފައިވާ އެދިގު، ފަން، ކަޅު އިސްތަށިގަނޑުގައި އަހަރެން އިނގިލިތައް ހިންގާލީމެވެ. ހަނދާންތަކެއް އާވެގެން ދިއައެވެ. ފޮނިފޮނި ހަނދާން ތަކެކެވެ. ހިތުން ނުފިލި މާޒީއެވެ. އެ އިސްތަށިގަނޑުގެ ޖާދޫގައި ޖެހިވީ އެތައް ވައުދު ތަކެކެވެ.

ކުޑަ އިސްތަށިކޮޅެއް ނަގައި އަހަރެން ނޭފަތުގައި ޖައްސަލީމެވެ. އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިއައީ އަދިވެސް ދެގޮތެއް ނުވެ އެމީރުވަސް އެއިސްތަށިގަނޑުގައި ވާތީއެވެ. އެއީވެސް ހާދަ ހަނދާންތަކެކެވެ. ހާދަ ހާދަ ހަނދާނެކެވެ. ހާދަ ހިތްހަމަ ޖެހުމެކެވެ. އަހަރެން އެމަޑުމަޑު އަތުގައި އަހަރެން ބޮސްދިނީމެވެ. އަދި ގޮނޑިން ތެދުވީމެވެ.

“ހިއެއް ނުކުރަން އަންނާނެ ކަމަކަށް” އަހަރެންގެ ފަހަތުގައި ހުއްޓިލި ޖަނާ ވާހަކަ ދެއްކިއެވެ.

“ހީވޭތަ ނާސް ހުނަނާނެހެން؟….” ” ހާދަ އިންތިޒާރެކޭމީ…” އަހަރެން ޒާނާއަށް ބަލަން ހުރެ ބުނެލީމެވެ. ބަލާ މީހަކަށް އަހަރެންގެ ލޮލުގައިވި ބޭޤަރާރުކަން ފެންނާނެ ކަންނޭނގެއެވެ.

“ކުޑަކޮށް ކަންބޮޑުވެފައި ކަންނޭނގެ ހުރީ… ރުހާމް ހަދާނެ ގޮތެއް ނޭނގޭތީ…” ޖަނާ ކަންބޮޑުވުން ފާޅުކުރިއެވެ.

” އެކަމާ ހާސްނުވޭ…މިހާރު ދެން އަހަރެންވެސް މިހިރީނުން ” އަމިއްލަ ނަފްސަށް ޔަގީންކަން އަހަރެންގެ އޮތެވެ. ޒާނާއަށްތަކައި އެކަހަލަ ކިތަންމެ ރުހާމްއަކާއި ވެސް އަހަރެން ކުރިމަތި ލައިފާނަމެވެ. އަހަރެން ގެއަށް ދިއުމަށްޓަކައި ހިނގައިގަތީމެވެ.

” ނަވީން…. ޒާނާ ގާތު ބުނަންވީތަ؟….” ޖަނާ އަހައިލިއެވެ. ޒާނާގެ ހާލަތު އަހަރެންނަށް އަންގައިދިން މީހަކީ ޖަނާ އާއި ލިއަމްއެވެ. އަހަރެން އަބަދުވެސް އައީ ޒާނާގެ ހަބަރުތައް ދުރުން ބަލަމުން ކަމުގައި ވިޔަސް ޒާނާގެ ހަޔާތުގައި ފޮރުވިފައިވާ އެތައް ވާހަކަތަކެއް އަންގައި ދިނީ ޖަނާއެވެ. ފެންނަ ފެނުމަށް ވަރަށް އުފަލުގައި  އުޅުނު ދެމަފިރިން ކަމުގައި ޒާނާއާއި ރުހާމް ވިއެވެ. އެކަމަކު ހަޤީގަތް އެނގުނުއިރު ޒާނާއަށް ގޭގެ ހަތަރު ފާރުން އެތެރޭގައި ލިބެމުން ދިއައީ އެކިކަހަލަ އަނިޔާ ތަކެވެ. އެކަންކަން އެނގުނު ދުވަހުން ފެށިގެން ޒާނާ އެދިރިއުޅުމުން ދުރަށް ގެންދިއުން އެއީ އަހަރެންގެ އެންމެ މުހިންމު އެއްކަމެއް ކަމުގައި ހެދީމެވެ.

” އުހުނ އަދި ނުވޭ…” ކުރު ޖަވާބެއް ދިނުމަށްފަހު އަދިވެސް އަހަރެން އެއްފަހަރު ޒާނާގެ މޫނަށް ބަލައިލާފައި ނިކުތީމެވެ. މިވަގުތަށް އެއްވެސް ކަމެއް ނޭނގުން އެއީ ޒާނާއަށް އެންމެ ރަނގަޅު ގޮތް ކަމުގައި އަހަރެންނަށް ފެނުނެވެ.

އަހަރެން ހޮސްޕިޓަލުން ނިކުމެ ކާރަށް އަރައި ދުއްވާލީމެވެ. ބާރުސްޕީޑުގައި އަހަރެން ކާރު ދުއްވާފައި ގޮސް އަހަރެން ދިރިއުޅޭ އިމާރާތުގެ ތިރީގައި ހަދާފައިވާ ޕާކިން ޒޯނުގައި ކާރު ޕާކުކުރީމެވެ. އަދި ލިފްޓަށް އަރައި އަހަރެން ދިރިއުޅޭ އެޕާޓުމަންޓަށް އެންމެ މައްޗަށް އެރީމެވެ. ކަނު އަނދިރިކަން ވެރިވެފައިވާ އެޕާޓުމަންޓުގެ ބޮކިތަށް ދިއްލާލުމަށްފަހު ކޮޓަރިއަށް ދާން މިސްރާބު ޖެހިތަނާ ސޯފާގައި ނިދާފައި އޮތް އަހަރެންގެ ކޮއްކޮ ފެނުނެވެ. މޭޒުމަތީގައި ހުސްކޮށްފައިވާ ކޯކު ފުޅިއާއި އެއްބައި ކައިފައި ހުރި ޕިއްޒާއާއި ހުޅުވާފައި ހުރި ލެޕްޓޮޕަށް ބަލާލުމުން މާހިންއަށް ނިދިފައި އެއޮތީ ފިލްމެއް ބަލަން އޮއްވައިކަން އެނގެއެވެ. ބާވީސް އަހަރުގެ ބޮޑު ފިރިހެނަކަށް ވީއިރުވެސް އަދިވެސް ގިނަފަހަރު ނިދަން ކޮޓަރިއަށް ދެވިފައި މާހިން އަށް ހުންނާނީ މަދުރެއަކުއެވެ.

އަހަރެން ކޮޓަރިން ރަޖާގަނޑެއް ނެރެ މާހިންގެ ގައިމަތީގައި އަޅައިލީމެވެ. އެޕާޓުމަންޓުގައި އުޅެނީ އަހަރެމެން ދެބެން ކަމުން ދެމިހުންނަށްވެސް މިނިވަން ކަމާއިއެކު އުޅުމުގެ ފުރުސަތު އޮވެއެވެ. އަހަރެމެންގެ އާއިލާގައި ތިބެނީ އަހަރެންނާއި މާހިންއާއި މަންމައާއި ބައްޕަގެ އިތުރުން ކާފައެވެ. އެމީހުން އުޅެނީ ރާއްޖޭން ބޭރުގައެވެ. މާލެ އަންނަނީވެސް މަދުފަހަރަކު ވިޔަފާރީގެ ކަމެއްގައެވެ.

އަހަރެން ކޮޓަރިއަށް ގޮސް ވަނީމެވެ. ކަޅާއި އަޅިކުލައިން ޑިޒައިން ކޮށްފައިވާ އަހަރެން ކޮޓަރީގެ އަލަމާރިއާއި ހާވަން ފެށީމެވެ. ބޭނުންވި އެތި ފެނުނީ އެނދުގެ ސައިޑް ޓޭބަލް ވެސް ބެލިފަހުންނެވެ. އަހަރެން ކަޅުކުލައިގެ އެ ކުޑަކުޑަ މަހުމާ ފޮށި ހުޅުވާއިލީމެވެ. އެފޮށީގެ މެދުގައި ވިދަވިދާ އިން ޖަވާހިރުލީ އަނގޮޓީގައި އަހަރެން އިނގިލި ޖައްސާލީމެވެ. އެއީ އެތައް ދުވަހެއް ވާންދެން އަހަރެން ރައްކާކޮށްގެން ގެންގުޅޭ އަނގޮޓިއެކެވެ. އެއީ ހަމަ އެންމެ ފަރާތެއްގެ މިލްކެކެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anaq

Level 210 Stories

Other Articles

Previous

މުޅި ހިތް ބޭޤަރާރު ވެއްޖޭ-19

Next

ލާރާ : (3)

Next
March 11, 2026

ލާރާ : (3)

Previews
March 11, 2026

މުޅި ހިތް ބޭޤަރާރު ވެއްޖޭ-19

4 Comments!

  1. Sheex says:
    March 11, 2026 at 4:30 pm

    Mi part v reethi MA
    Get well soon zaanaa
    She is carrying so much pain
    I feels so sad
    When next?

    1. Anaq says:
      March 11, 2026 at 5:37 pm

      Thankiu 🧡 insha allah Friday ga next part🫰🏻

  2. Lamtty Lamtty says:
    March 12, 2026 at 1:04 am

    Loved this part too ❤️

    1. Anaq says:
      March 13, 2026 at 8:55 am

      Thankiu 🥰

Comments are closed.

Next Episodeގާތުގާ… 3←


All Right Reserved!