Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެކުގައިވާނަން-35 (ފަހުބައި)

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
March 11, 2026 5 Mins Read
13 Comments

ހަޔާގެ އެތަކެއް މިސްޑް ކޯލްސް ތަކާއި މެސެޖް ތަކެއް އައިސް ވާކަމުގެ ނޮޓިފިކޭޝަން އަށް ބަލަހައްތައިގެން ކައިލާން އަށް އޮވެވުނީއެވެ. އޭނާ އަށް ހަޔާ ކާރިއަށް ދާނެ ހިތްވަރެއް ނުލިބުނެވެ. ހަޔާ އޭނާ އާއި ވަކިވެގެން ދާނެއޭ އޭނާގެ ހިތް ބުނަމުން ދާތީވެ ކައިލާން އެއް އެއާރޕޯޓް އަށް ދާކަށް ނުކެރުނެވެ. ލޮލުން އައި ކަރުނަ ތިކި ފޮހެލާފައި ކައިލާން ދެލޯ މަރާލިއެވެ. ހިތާމަ ކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އޭނާ ހަޔާގެ ނަމްބަރު ބޮލޮކް ކޮށްލާފައި ހުރިހާ އެއްޗަކުންވެސް ހަޔާ ބޮލޮކް ކޮށްލިއެވެ. ފޯނު ދުރުގައި ބާއްވާފައި ކައިލާން ދެލޯ މަރާލިއެވެ.

*ޕާރޓް-35*

*އެއް އަހަރާ ދެމަސް*

ކާރުގެ ލޯގަނޑުގައި ބޯޖައްސާލާގެން ބޭރުބަލަން އިން ހަޔާގެ ދެލޮލުގައި އަދިވެސް ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ. އޭނާގެ މައިންބަފައިން ކާރީ ނުބުނެ އަންނަން ޖެހުނީމައި އޭނާ ހުރީ ވަރަށް ދެރަވެފައެވެ. އަންނަން ޖެހުނު ސަބަބު ކިޔާދޭނީ ވެސް ކިހިނަކުން ހެއްޔެވެ؟ އޭނާ ދެރަވެއެވެ. މިންހާ އާއި ނަހާން އޭނާ ޔޫރަޕް އަށް ފޮނުވީ ވަރަށް ފޮނި އުންމީދު ތަކަކާއި އެކީއެވެ. ނަމަވެސް އަނބުރާ އަންނަން މިޖެހުނީ އެއްވެސް ކަމެއް ފުރިހަމަ ނޮކޮށެވެ. މަޖުބޫރުވެގެން އަންނަން ޖެހުނީއެވެ.

ހަޔާ ދެލޯ މަރާލީ އަނެއްކާ ވެސް ކަރުނަތަށް އަންނަން ފެށީމައެވެ. އޭނާގެ ހިތުގައި ވޭން އަޅަމުން ދާވަރު އެނގޭނީ އޭނާ އަކަށް ނޫންހެއްޔެވެ؟ މިހާރު ވަރަށް ކެއްކުރެވިއްޖެއެއްނޫންހެއްޔެވެ؟ ކެއްކުރެވޭނީ ވެސް ވަކިވަރަކަށެވެ. މިހާ ބޮޑު އިމްތިހާނެއް އޭނާ އަށް ކުރިމަތި ކުރުވަން ޖެހުނީ ކީއްވެ ހެއްޔެވެ؟

ޑްރައިވަރުކާރީ ބުނެގެން ހަޔާ ކާރު މަޑުކޮށްލީ ފިހާރެއެއް ކާރީގައެވެ. ބަޑުހައިވެގެން މީހާ ހޭނެތޭ ވަރުވަނިއެވެ. އެހެންކަމުން ދެން ނުކައި ވާކަށް ނެތެވެ. އެކަމު ކާހިތެއް ނެތެވެ. ކޮންމެގޮތެއް ވިއަސް ކާންޖެހޭނެ ތާއެވެ. ފޮށި ދަމަމުން ހަޔާ ވަނީ ފިހާރެއަށެވެ. ކާލާނެ ދެތިން އެއްޗެއް ގަނެލައިގެން ގޮސް ކައުންޓަރު ކުރިމަތީ މަޑުކޮށްލީރު ވެސް އޭނާ އިނީ ގަނބު އަރާފައެވެ. ކޭޝިއާރ ޖުމްލަ އެރިވަރު ބުނުމާއި އެކީ ހަޔާގެ ދެލޯ ބޮޑުވިއެވެ. އެއީ ދަންނަ އަޑެކެވެ. އެހެންކަމުން އޭނާ އިސްއުފުލައި ބަލާލިއެވެ. ބަލާލުމާއި އެކީ އޭނާގެ ކުރިމަތީ ހުރި ކައިލާންގެ ދެލޯ ވެސް ބޮޑުވިއެވެ. ހަޔާ އަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ކައިލާން އާއި މެދު އޭނާގެ ހިތުގައި ޝައްކު އުފެދޭން ފެށިއެވެ. އޭނާ އެކޮޅަށް ދިޔަފަހުން އޭނާގެ ނަމްބަރު ބްލޮކް ކޮށްލާކަންތަށް ކުރީމައެވެ. ހަޤީޤަތުގައި ކައިލާން އެހެން ހެދުމުން ހަޔާ ވަރަށް ދެރަވިއެވެ.

“ކައިލާން..” ހަޔާގެ ދެލޮލުން ކަރުނަތަށް އޭގެ މަޤާމް ދޫކޮށް އޭނާގެ ކޯތާފަތްމަތީ ފިރުކެން ފަށާފިއެވެ. ކައިލާން ނުބަލަން ވެގެން އިސްޖަހާލިއެވެ.

“26..” އަނެއްކާ ވެސް ކައިލާން ބުނެލިއެވެ. ކަރުނަތަށް ފޮހެލާފައި ހަޔާ އަވަސް ވެގަތީ ރުފިޔާ ހަވާލު ކުރުމަށެވެ. އަނެއްކާ ވެސް ހަޔާ ކައިލާން އާއި ދިމާއަށް ބަލާލިއެވެ. ކައިލާން ހީވަނީ އޭނާ އާއި ދިމާއަށް ބަލަން ބޭނުން ނުވެފައި ހުރިހެންނެވެ. އެހެން ކަމުން ހަޔާގެ ހިތަށް ޖެހިފައިވާ ތީރު އަދި އިތުރަށް ފުންވިއެވެ. ހަޔާ އަވަހަށް އެތަނުން ނުކުތެވެ. މަގުކާރީ ފިހާރެ އާއި ކާރިތާކުގައި އިށީންދެލައިގެން އިނދެ ކަރުނަތަށް ފޮހެ ފޮހެފައި އޭނާ ބެލީ ކެވޭތޯއެވެ. ހަޔާ ފެންނަ ކޮންމެ މީހަކުވެސް އެފަކީރު އުޅޭ ހާލާއި މެދު ހަމްދަރުދީވެއެވެ.

ހަޔާ ކިޔެވުން ނުނިއްމާ އަންނަން ޖެހުނީ ކީއްވެހެއްޔެވެ؟ އޭނާ މައިންފައިން ކާރީ ބުނަން އޮތީ ކޮންވާހަކަ އެއްހެއްޔެވެ؟ ހަޔާ އަށް ކަމެއް ދިމާވީ ބާއެވެ؟ ކޮންމެ ގޮތެއް ވިއަސް އެފަކީރަށް އެވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ. އެހެން ނޫންނަމަ އެހެނެއް ނޮރޯނެއެވެ.

ބާރަ ޖެހުމުން ކައިލާންގެ ޝިފްޓް ނިމުނީއެވެ. އެހެންވެ އޭނާ ނުކުތެވެ. އޭނާ ފުރަތަމަ ހޯދާލީ ހަޔާ އަށެވެ. ނަސީބަކުން ހަޔާ އޭރު ވެސް އިނީ އޭނާ ކުރިން ވެސް އިންތާގައެވެ. ހަޔާ ހީވަނީ ފުރާނަ ނެތް ކުއްޖެއް ހެންނެވެ. ރޭގަނޑުގެ އެ ހުސްމަގަށް ނަޒަރު ހިންގާލާގެން އިނީރު އެފަކީރު އިނީ ހިޔާލުތަކުގެ ފުންހިޔާލެއްގައިކަން އެނގެއެވެ.

ކައިލާން އައިސް ހަޔާ ކާރީ ހުއްޓިލަމުން ގޮވާލިއެވެ. ސިހިފައި ހަޔާ ބަލާލިއެވެ. އަނެއްކާ ވެސް އޭނާ އަށް ރޮވެން ފެށުނެވެ. އެކަމު އޭނާ އެއް ނުވެއްތެދުވެއެވެ. އިސްތަށިގަނޑުތެރޭ އަތް ހިންގާލާފައި އޭނާ ހަޔާގެ ކޮޑުގައި ހިފާ ކޮޅަށް ނެގިއެވެ. އަދި އޭނާގެ އަތުތެރެއަށް ހަޔާލައި ފިއްތާލިއެވެ. ހަޔާ އެވަގުތު ބޭނުންވެފައި ހުރީ އެހެންމީހެއްގެ ހިމާޔަތުގެ އަތެއް ކަމުން އޭނާ އަށް ކައިލާންގެ ހަށިގަނޑުތެރެއަށް ގަރަޤުވެވުނެވެ. ބާރަށް ރޮއިގަނެވުނެވެ. ހަޔާގެ ބޮލުގައި ފިރުމާލާފައި ކައިލާން ދެލޯ މަރާލިއެވެ.

ހަޔާ މިކަހަލަ ހާލެއްގައި ފެންނާކަށް އޭނާގެ ހިތެއް ނޭދެއެވެ. ހަޔާ ރޯތަން ބަލާކަށް އޭނާގެ ހިތަކަށް ކުޅަދާނައެއްނުވާނެ އެވެ. ހަޔާ އަށް ވަރަށް ބޮޑު ކަމެއް ވެއްޖެކަން އޭނާ އަށް އެނގުނެވެ. އެހެން ނޫނީ މިވަރަކަށް ހަޔާ ނުހިދޭނެއެވެ. ހަޔާ ރޯބެ ވަރަކަށް ރޯން ފުރުސަތު ދީގެން ކައިލާން ހުއްޓެވެ.

“އަޒްހާން.. އަވަސް ކޮށްބަލަ..” ޔަސްރާ ގޮވާލިއެވެ. މިހާރު އަޒްހާން އޭނާ އަށް އެއްޗެއް ދޭށޭ ކިޔާފައި ކޮޓަރިން ނެރެލިތާ ފަސްވަރަކަށް މިނެޓް ވެދާނެއެވެ. ޔަސްރާ ހުރީ ތުން ކޮޅު އޫކޮށްލާގެންނެވެ. އަޒްހާން ދޮރު ހުޅުވުމުން އޭނާ އެނބުރިލީ އެތިވަރު ގޮވާލާނަމޭ ހިތާއެވެ. ނަމަވެސް އަޒްހާން އަތުގައި އޮތް މާބޮޑި ފެނިފައި ޔަސްރާ ހުއްޓުން އެރިއެވެ. ދެލޯ ބޮޑުކޮށްލާފައި އަޒްހާން އާއި ދިމާއަށް ބަލާލީރު އަޒްހާން ހުރީ ނިކަން ހިތްގައިމު ހިނިތުންވުމެއް ދީގެންނެވެ.

“މީ..؟” ޔަސްރާ މާބޮޑީގައި ހިފަމުން އަހާލިއެވެ.

“ތިއީ ހަދދިޔާ އެއް..” އަޒްހާން ދޮރުކަނީގައި ލެނގިލަމުން ބުނެލިއެވެ. އޭނާގެ މޫނުމަތިން ފެންނަން ހުރީ ބަޔާން ކުރަން ދަތި އަސަރު ތަކެކެވެ.

“ތެންކިއު.. ވަރަށް ރީތި..” ޔަސްރާ މާބޮޑީގެ ވަސްބަލާލިއެވެ. ތާޒާ ފިނިފެންމާވަހެވެ.

“ބޭރުގަ ނީންދެ ވަދެބަލަ.. ހީވަނީ ކޮޓަރިން ނެރިލާފަ އިން މީހެއް ހެން..” ޔަސްރާގެ އުނަގަނޑުގައި ހިފައި ދަމައިގަންނަމުން އަޒްހާން ބުނެލިއެވެ. ޔަސްރާ ގައިން ދޫނޮކޮށް އަޒްހާން ދޮރު ލައްޕާ ތަޅުލާފައި ޔަސްރާ ދޮރާއި އޭނާ އާއި ދޭތެރެއަށް ލާ ހައްޔަރު ކޮށްލިއެވެ.

“ހޫން.. ކޮންމެ ވެސް މީހަކު މިރޭ ވަރަށް ނީޑީ..” އަޒްހާންގެ ކޮލުގައި މަޑުމަޑުން ޝަހާދަތް އިގިލިން ކާއްތާލަމުން ޔަސްރާ ބުނެލިއެވެ. އަޒްހާން ބޯޖަހާލީ އާއެކޭ ބުނާ ބީދައިންނެވެ.

ހަޔާ ގޮވައިގެން ކައިލާން އައީ އޭނާގެ ގެޔަށެވެ. ހަޔާ އައިސް ސޯފާގައި އިށީނުމުން ކައިލާން ފެންތައްޓެއް ހިފައިގެން އައިސް ހަޔާ އަތަށް ދިއްކޮށްލިއެވެ. ރުއި ރުއި ވަރުބަލި ވެފައިވާ ހާލު އޭނާ ފެންތަށިން ކޯވަރެއް ބޯލިއެވެ. ކައިލާން ވެސް ހަޔާ ކާރީގައި އިށީނެވެ.

“ކީއްވެ މާއަވަހަށް ތިއައީ..؟ އަދި ހަޔާގެ ކިޔެވުން ނުނިމެއެއްނު..” ހަޔާ ހަމައަކަށް އެޅުމުން ކައިލާން ސުވާލު ކޮށްލިއެވެ. އޭނާ ކައިލާން އާއި ދިމާއަށް ބަލާލީ ހިތާމައިން ފުރިފައިވީ ދެލޮލައިގެންނެެވެ.

“ކިއްކުރާނީ އަހަރެންގެ ހަށިރައްކަލަ..” ހަޔާ އަށް ބުނެވުނީ އެހިސާބަށެވެ. އޭނާގެ އަޑުފޭދުނެވެ.

ހަޔާ ކިޔަވަން ދިޔައީ ވަރަށް ފޮނި އުންމީދު ތަކަކާއި އެކީއެވެ. އޭނާގެ މައިންބަފައިންގެ ހުވަފެންތަށް ހަޤީޤަތަކަށް ހަދައިދޭނެކަމުގެ ޔަޤީންކަން ދީފައެވެ. ފުރަތަމަ ދިޔަ ދުވަސްކޮޅު ވަރަށް އަވަހަށް އެކުވެރިން ވެސް ލިބުނެވެ. އެކުދިން ވަރަށް ހެވެ. ވަރަށް ރަގަނޅެވެ. އެކުއްޖަކު އަނެއްކުއްޖަަކަށް ކިޔެވުމުގައި އެހީވެދެއެވެ. އެއީ ހަޔާ އެކުދިންނާއި ގުޅެން އެއްބަސްވި އެއް ސަބަބެވެ. ދުވަސްތަށް ފާއިތު ވަމުން ދިޔަ ވަރަަކަށް ހަޔާ އާއި އެކުދިންގެ ގުޅުން ދިޔައީ ބާރުވަމުންނެވެ. ކޮލެޖް ނިއްމާފައި އެކުދިންނާއި އެކީ ބޭރަށް ދާން ވެސް ފެށިއެވެ. ހަޔާ ހަދާންވެއެވެ. އެކުދިން އޭނާ އަށް ޕާޓީއަކަށް އައުމަށް ދައުވަތު ދިނެވެ. އޭނާ ދިޔައީ އެއްވެސް ހިޔާލަކާ ނުލައެވެ. އެޕާޓީ އަށް ދިޔަފަހުން އަބަދު އަބަދު ހަޔާ އާއި އެކީ އެކުދިން ޕާޓީ ކުރަން ފެށިއެވެ. ނަމަވެސް އޭނާގެ ކިޔެވުމަށް ބޫރޫ ނާރުވައެވެ. ފަހަކަށް އައިސް ހަޔާގެ ޖިސްމާނީ ދުޅަހެޔޮކަން ވަރަށް ދައްވާން ފެށިއެވެ. އެހެންކަމުން ހަޔާ ޑަކްޓާރ އަށް ދެއްކިއެވެ. ޑަކްޓާރ ބުނި އެއްޗަކުން ހަޔާގެ މުޅި ދުނިޔެ އެއްކޮށް އެފުއްމިފުށަށް ޖެހުނެވެ. އެކުދިން ހަޔާ ޕާޓީ ތަކަށް ގެންގޮސް ޑްރަގްސް ދެނީއެވެ. މިކަމާ ހުރެ ހަޔާ ވަރަށް ދެރަވިއެވެ. ފަހުން ފަހުން އޭނާ އެކުދިންނާއި ދުރުވާން ފެށިއެވެ. އެކަމު މިކުދިންމީ ގޭންގެ ބައެއްކަން އޭނާ އަށް ކުރިން ނޭނގުނީއެވެ. ފަސޭހަކަމާއި އެކީ ދޫނުކުރާނެ ކަމަށް އެކުދިން ބުނިއެވެ. މިހެންވެ ހަޔާ ފިލައިގެން އައީ އޭނާގެ ގައުމަށެވެ. ކުޔެވުން ފުރިހަމަ ނޮކޮށެވެ.

ވާހަކަ އަޑުއަހާ ނިމުނީރު ހަޔާގެ ދެލޮލުން ކަރުނަ ހިލިއްޖެއެވެ. ކައިލާން ވެސް އިނީ ގަނބު އަރާފައެވެ. އެފަކީރުގެ ކިޔެވުން މެދުކަޑާލަން ޖެހުނީއެވެ. ރަގަނޅު އެކުވެރިންކަމަށް އެއްކޮށް އުޅެވުނީ ގޭންގް ބަޔަކާއެވެ. ކޮންމެ ގޮތެއް ވިއަސް މިވާހަކަ މިންހާ މެން ކާރީ ބުނަން ޖެހޭނެ އެވެ.

“ދެން އެކަމާ ނުވިސްނާ.. ހިނގާ ދޯ ހަޔާމެން ގެޔަށް ދަމާ.. މިންހައްތަމެން ކާރީ ތިވާހަކަ ނުބުނެ ނުވާނެ އުޅޭކަށް..” ކައިލާން ހަޔާ އަށް ވިސްނައިދިނެވެ.

“އަހަރެން ކިހިނެއްތަ މަންމަމެން ކާރީ އެވާހަކަ ބުނާނީ..” ހަޔާ އަށް އަހާލެވުނެވެ. ކައިލާން އޭނާގެ އަތުގައި ހިފާއްޓާލިއެވެ.

“އެއްމެ މުހިންމީ ހަޔާގެ ދުޅަހެޔޮކަން.. އެއަށްފަހު ކިޔެވުން..” ކައިލާން އެހެން ބުނުމުން ހަޔާ ބޯޖަހާލިއެވެ.

“އަހަރެން ސުވާލެއް ކޮށްލަންތަ..؟” އިރުކޮޅެއްގެ ހަމަހިމޭންކަަމަކަށް ފަހު ހަޔާ އަހާލިއެވެ. ކައިލާން ބޯޖަހާލިއެވެ. ހަޔާ އިނީ ސީދާ އޭނާގެ ދެލޮލަށް ބަލާށެވެ.

“ވަރަށް ތެދެތެދަށް ޖަވާބު ދޭންވާނެ..” އަނެއްކާ ވެސް ހަޔާ ބުނެލިއެވެ. ކައިލާންގެ ހިތް ތެޅިލިއެވެ. ހަޔާ އެއުޅެނީ ކޮން ސުވާލެއް ކުރަން ހެއްޔެވެ؟

“ކައިލާން ކިއްވެ އަހަރެންގެ ނަމްބަރު ބްލޮކް ކޮށްލީ..؟” ހަޔާ އަހާލުމުން ކައިލާން އަށް ބަލާލެވުނެވެ. ހަޔާ އޭރު އިނީ ސީދާ އޭނާގެ ދެލޮލަށް ބަލާށެވެ. އޭނަ ތެދުތެދަށް ޖަވާބު ދޭނީ ކިހިނަކުން ހެއްޔެވެ؟ މިގުޅުމަށް ހީނަރު ކަމެއް އަންނާކަށް އަސްލު ހަޤީޤަތުގައި އޭނާ ބޭނުމެއް ނޫނެވެ. ކޮންމެ ގޮތެއްވިއަސް ވަރިހަމައޭ ހިތާ ކައިލާން ނިއްމީ ހަޤީޤަތް ހާމަ ކުރާށެވެ.

“އަހަރެން ބޭނުންވީ މޫވް އޮން ކުރަން..” ކައިލާން ދުރުބަލަން ހުރެ ޖަވާބު ދިނެވެ. ހަޔާ ހުއްޓުން އެރިއެވެ. ކައިލާން އޭނާ ދެކެ ލޯބިވަނީ ހެއްޔެވެ؟ ކުރިން އެވާހަަކަ ކައިލާން ނުބުނީ ކިއްވެހެއްޔެވެ؟

“ކީއްވެ ކުރިން ތިވާހަކަ އަހަރެން ކާރީ ނުބުނީ..؟”

“އަހަރެންނަށް އެނގޭ ހަޔާ އަށް އަހަރެން ކަމުނުދާކަން.. އެހެން ނޫނަސް އަހަރެން ބޭނުމެއް ނޫން އަހަރެންގެ ހިތްހަލާކު ވާކަށް..” ކައިލާން ޖަވާބު ދިނެެވެ.

“އަސްލު އަހަރެން އެކޮޅަށް ގޮސް ހުރީރު ކައިލާން މަތިން ވަރަށް މިސްވި.. ހަމަ ވަރަށް މިސްވި.. އަހަރެންނަށް އަބަދު ދެއްކެނީ ކައިލާންގެ ވާހަކަ.. އެހެންވެ އެނގުނީ އަހަރެންނަށް އެނގުނީ އަހަރެންނަށް ކައިލާން ދެކެ ލޯބިވެވުނީކަން..” ހަޔާގެ މިޖުމްލަ އާއި އެކީ ކައިލާން ކުއްލިއަކަށް އެނބުރިބަލާލިއެވެ. އޭނާގެ މޫނުމަތީ ވަނީ އުފާވެރިކަމުގެ ކުލަވަރެވެ. ފަޑު ހިނިތުންވުމެއް އޭނާގެ ތުންފަތް މަތީ ކުޅެލިއެވެ.

“އާން.. އަހަރެން ކައިލާން އަށް ގަޔާވަން.. އެކަމު ކިހިނެއް އެވާހަކަ ބުނާނީ ވެސް ނަމްބަރު ވެސް ބްލޮކް ކޮށްލީ ވިއްޔާ..” ހަޔާ ޝަކުވާ ކޮށްލިއެވެ.

“ވަރަށް ވަރަށް ބޮޑަށް ސޮރީ.. އަހަރެން ހީއްކުރީ އަހަރެންގެ ހިތް ކުދި ކުދިވާނީ ކަމަށް ހަޔާ އަށް އިންތިޒާރު ކުރަން ހަދާގެން.. ވަރަށް އުފާވެއްޖެ ހަޔާ ތިހެން ބުނީމަ..” ކައިލާން އޭނާގެ ހިތުގައިވާ އެއްޗެހި ބޭރުކޮށްލިއެވެ. ހަޔާ ކައިލާން ގައިގައި ބައްދާލިއެވެ.

“އައި ލަވްޔޫ..” ކައިލާން ހަޔާގެ ކަންފަތް ދޮށުގައި ބުނެލިއެވެ.

ހަޔާ އާއި ކައިލާންގެ ނަންވެސް ލޯބިވެރިންގެ ލިސްޓަށް އެރީއެވެ. ދެމީހުން ވެސް ބޭނުންވާ ގޮތަށެވެ. އެގުޅުން ކުރިޔަށް ގެންދަން އެދެމީހުން ވެސް ބޭނުމެވެ. އަބަދުވެސް އެކުގައިވުމަށް ދެމީހުން ބޭނުމެވެ. އެކުވިންނުން ލޯބިވެރިންނަށެވެ. ވަރަށް ގިނަ އަޑިގުޑަން ތަކެއް ކަޑަތު ކޮށްފައެެވެ. ކޮންމެ ގޮތެއްވިއަސް އުފާވެރި ނިމުމެކެވެ. ހަޔާ އަށާއި ކައިލާން އަދި ޔަސްރާ އަށާއި އަޒްހާން އަށެވެ. މި ދެޖޯޑަކީ އަބަދުގެ އަބަދަށް އެކުގައިވާނޭ ޖޯޑެކެވެ.

އޭގެ އަނެއްދުވަހު ކައިލާން ހަޔާ ގޮވައިގެން އޭނާގެ ގެޔަށް ދިޔައެވެ. ހަޔާ ފެނުމުން އެއްމެންގެ މޫނުމަތިން ވެސް ފެނުނީ ހައިރާން ކަމެވެ. ހަޔާ އޭނާހެ މައިންބަފައިންނަށް ހުރިހާ ހަޤީޤަތެއް ކިޔައިދިނެވެ. މިންހާ އާއި ނަހާން ކިތައްމެ ދެރަވިއަސް ދަރިފުޅު ސަލާމަތުން އެބުރި އައުމުން އެހިތްތަކަށް ފިނިކަމެއް ލިބުނެވެ. ހަޔާ އާއި ކައިލާންގެ ގުޅުން އެނގި އެއްމެ އުފާ ކުރީ ޔަސްރާ އެވެ. އެއީ އޭނާ ދެކުނު ހުވަފެނެކެވެ.

އާއިލާ އެއްމެންނަށް ވެސް އުފާވެރިކަން ލިބުނީއެވެ. ހަޔާގެ ހަޔާތަށް ކައިލާން އައީއެވެ. ކައިލާންގެ ހަޔާތަށް އޭނާގެ ހުވަފެންތަކު ރާނީ ހަޔާ އައީއެވެ. ޔަސްރާ އަށް ކުރިމަތި ވެފައިވާ ނުރައްކަލުން އޭނާ ސަލާމަތްވީއެވެ. އަބަދަށް އަޒްހާންގެ މީހަކަށް ވީއެވެ. މިއީ އަބަދަށް އެކުގައިވާ ވާނޭ އެކުވެރިން ކޮޅެކެވެ. ލޯބިވެރިން ކޮޅެކެވެ.

*ނިމުނީ*

“އެކުގައިވާނަން” މިވާހަކަ އަޅުގަނޑު ފަށާފައިވަނީ 17 ޖޫން 2025 ގައެވެ. ނިއްމާ ލެވުނީ 11 މާރްޗް 2026 އެވެ. ކާމިޔާ ކަމާއެކީގައި ވާހަކަ ނިއްމާލެވުނީތީ އަޅުގަނޑު ވަރަށް އުފާވަމެވެ. އަޅުގަނޑަށް މިވާހަކަ ލިޔުމަށް ސަޕޯޓް ދިން އަޅުގަނޑުގެ އެކުވެރިޔަކަށް ވަަރަށް ބޮޑު ޝުކުރެއް އަރުވަމެވެ. އަދި އަޅުގަނޑުގެ ކިޔުންތެރިންނަށް ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ އެވެ.

 

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ރޯދަ ހާއްސަ ސުފުރާ: މީރު ޖުމްހޫރީ މޭވާ ފަނި (އޮރެންޖާއެކު)

Next

ސްޓަޑީން މެތޮޑްސް

Next
March 11, 2026

ސްޓަޑީން މެތޮޑްސް

Previews
March 11, 2026

ރޯދަ ހާއްސަ ސުފުރާ: މީރު ޖުމްހޫރީ މޭވާ ފަނި (އޮރެންޖާއެކު)

13 Comments!

  1. Shaba_73 says:
    March 11, 2026 at 3:38 pm

    Mi part ves vrh Reethi MA! 😍
    Haadha Haa vaa furihama eyyyyyy
    Alhey Haya ge huvafen thah hageegatahkah nuhedhuny😭
    But vrh Ufaavehje Haya salaamaiy veema
    Awwn finally Haya and Kailaan so cute wauu 💗
    Hurihaa ehmen ge lwbi vx haasil vehje dhw 😀
    Appreciate your hard work keep it up ✨✨
    Lyy and tc darling 💗

    1. _MuXo_ _MuXo_ says:
      March 11, 2026 at 4:49 pm

      Thank you Shaba_73!! 🥰
      Yeah hurihaa kudhinge love life is a happy ending! 💙
      Love you more, you also take care!! 🤗💙

  2. Verrr says:
    March 11, 2026 at 3:43 pm

    OMGGG FIRRRSSSTTTTTTT
    ..
    VARAH VARAH REETHI MI VHK VES INGEYYYY
    proudddd of yahhhhhh muxo
    Love yahhh.!!❤️

    1. _MuXo_ _MuXo_ says:
      March 11, 2026 at 4:50 pm

      No, you are not first!! 😭
      Happy to know that you liked this story!! 🥰
      Love you too!! 💋💙

  3. Sheex says:
    March 11, 2026 at 3:44 pm

    Wow nimunee dhw
    Alhey hope they have a cute and lovely future
    Hayaa ves kai dheke loabivey
    Congratulations 🎊 kai and hayaa ah
    Wow yasra and azhaan ar so romantic
    Ly & tc muxo

    1. _MuXo_ _MuXo_ says:
      March 11, 2026 at 4:51 pm

      Yes mi vhk ves nimmihjje!! 😄
      Thank you for the comment Sheex!! 💋
      Love you more, you also take care! 😘💙

  4. Cer says:
    March 11, 2026 at 4:57 pm

    Dear Muxoo,MA so so so Behaviorist story ever in my life…
    Azhern & Yass 🧡 Baajaveri hayaathakah edhen…🧡🧡
    Miss ya the stry a lot and lot!🫶❤️
    Kai & Haya so so cute & romantic!!🖤🖤
    I really like it drrr! May You’re hardwork benefit with a success ahead!
    IA , in the future I’m going read your more stories and more Adventurous tales by Muxo…
    Ly & Tc My Dear Muxo,

    1. _MuXo_ _MuXo_ says:
      March 11, 2026 at 5:39 pm

      Awwnnn thank you so much Cer!!! 😭😭
      I really appriciate your support dear!! 🥰
      May allah bless you with good deads!! 💙
      Love you more 😘 You also take care!! 💙

  5. Ayyu.. says:
    March 11, 2026 at 10:04 pm

    Wow mi vhk vrh vrh reethi

    1. _MuXo_ _MuXo_ says:
      March 11, 2026 at 11:20 pm

      Thank you!!

  6. Miss rose says:
    March 12, 2026 at 12:57 am

    Mi vaahaka varah reethi. If you dont mind just asking mi vaahakaige sesaon 2 innaanetha?

    1. _MuXo_ _MuXo_ says:
      March 12, 2026 at 4:02 pm

      Glad you liked this story!! No, there won’t be a season 2!!

  7. thohoo says:
    June 3, 2026 at 9:27 pm

    ވާހަކަ ދެއްކުން ރަނގަޅު ކޮށްލަން އެބަޖެހޭ. ބަސްތައް ބޭނުންނުރާ ގޮތްވެސް

Comments are closed.



All Right Reserved!