Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނިމިދާނެ ޖާނާ ހިތާ 21 (ފަހުބައި)

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
March 17, 2016 9 Mins Read
24 Comments

“ސޯ… ދެން ނަޒޫ، ވިލް ޔޫ މެރީ މީ؟” ނަދީމްމެން ނިކުތުމުން އާސިމް ނަޒްލާގެ އަތަށް ފިތާލަމުން އަހާލިއެވެ.

“ޔެސް…” ނަޒްލާ ވަގުތުން ޖަވާބު ދިނެވެ. ނަޒްލާގެ އަތްތިލަ ގެނެސް ތުންފަތުގައި ޖައްސާލަމުން އާސިމް ލޯމަރާލިއެވެ.

“އާސިމް… އަހަރެން ސުވާލެއް ކޮށްލަންތަ؟” ނަޒްލާ އަހާލިއެވެ.

ނަޒްލާ ކުރަން އުޅެނީ ކޮން ސުވާލެއް ކަން އާސިމްއަށް އެނގުނެވެ. އާއެކެ ބުނުމުގެ ގޮތުން ބޯޖަހާލަމުން އެސުވާލުގެ ޖަވާބު ދޭން އާސިމް ތައްޔާރު ވިއެވެ.

“އޭރު… ކީއްވެ؟” ނަޒްލާ އަހާލީ ހަމަ އެކަނި އެހެންނެވެ.

“ނަޒޫއަށް ވުރެން ބޮޑަށް ފްރެންޑަކަށް— ފްރެންޑެއް ކަމަށް އޭރު ދެކުނު މީހަކަށް ޓްރަސްޓް ކުރެވުނީ… އެކަމަކު އެއީ އެކްސްކިއުޒްއެއް ނޫން، އިތުރު މީހެއްގެ ވާހަކަ ގަބޫލު ކުރާ ވަރަށް ވުރެން ބޮޑު ހެއްކެއް އަހަރެން އަތުގަ އޮތީ… އަހަރެން ހެއްކަކީވެސް، އެހެން މީހެއް ކުށްވެރި ކުރާކަށް ބޭނުމެއް ނޫން… އަހަރެން އަމިއްލައަށް އޭރު ހުރިހާ ކަމެއްވެސް ކުރީ… ނަޒޫ އަހަރެންނަށް ހުރިހާ އެއްޗެއް ދިނީމަވެސް އަހަންނަށް ނަޒޫއަށް އިތުބާރު ނުކުރެވުނީ…” އާސިމް ވާހަކަ ދައްކަ ދައްކާ ހުއްޓާ ނަޒްލާ އާސިމްގެ ތުންފަތުގައި އިނގިލި ޖައްސާލިއެވެ.

“ދެން ހެޔޮ. ތީގެން އެއްވެސް ކަމެއް މުހިންމެއް ނޫން މިހާރަކު. އަޅާނުލާ، އަހަރެން ބޭނުމެއް ނޫން އެއީ ކާކުތޯ ބަލާކަށްވެސް” ނަޒްލާ ބުންޏެވެ.

“އެކަމަކު އަހަރެން ބޭނުން ނަޒޫއާ އަހަރެން ދުރު ކުރީ ކާކުކަން ނަޒޫއަށްވެސް އެނގެން” އާސިމް ބުންޏެވެ.

“އުހުނ، ދެން އެވާހަކަ ނުދައްކާ. އޭރުގެ އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނޫން. މިހާރު ބޭނުމީ އަވަހަށް މެރީ ކުރަން” ނަޒްލާ އާސިމްގެ މޭގައި ބޯޖައްސާލިއެވެ.

“އަވަސް ވެފައެއްނު މިއޮތީ…” ހީލާފައި އާސިމް ބުންޏެވެ.

ނަޒްލާ އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް އެވަގުތު ދޮރު ހުޅުވުނު އަޑު އިވުމުން ދެމީހުންވެސް ދޮރާ ދިމާއަށް ބަލާލިއެވެ. ދޮރުން އެތެރެއަށް ވަން ރީޝާ ފެނުމުން އާސިމް ވަގުތުން ރުޅި އައެވެ.

“އަޑެއް ނީވޭތަ ނުވަންނާށޭ ބުނީމަ…؟” އަސްމާވެސް ހަޅޭ ލަވަމުން ކަހަލަ ގޮތަކަށް ރީޝާގެ ފަހަތުން އެތެރެއަށް ވަނެވެ.

“އަހަރެން ނުބުނަންތަ އަހަރެންގެ ކުރިމައްޗަށް ނާންނައްޗޭ؟” ރީޝާ ފެނުމުން އާސިމް ރުޅި އައިސްފައި އަހާލިއެވެ.

“ނުވަންނާށޭ ބުނީމަވެސް—” އަސްމާ ބުނަން އުޅުނެވެ. ނަމަވެސް ޝާއިރު އައިސް އަސްމާގެ އަތުގައި ހިފާލުމުން އަސްމާ ނުބުނެ ހުއްޓާލިއެވެ.

ނަޒްލާ ހުރީ ވާނުވާ ނޭނގިފައެވެ. ރީޝާ ދެކެ އަސްމާއާ އާސިމް އެހާ ރުޅި އަންނަންވީ ސަބަބެއް ނުވިސްނިފައެވެ.

“އަހަރެން އައީ އުނދަގުލެއް ކުރާކަށް ނޫން… އާސިމްގެ ހާލު ބަލާލަން އައީ. އާސިމް ޕްލީޒް، ތިވަރަށް އަހަރެން ދެކެ ރުޅި ނާދެބަލަ… ވިސްނިއްޖޭ މިހާރު، އައިމް ސޮރީ…” ރީޝާ އާސިމްއަށް ބަލާލަމުން ރޮވިފައި ބުންޏެވެ.

އާސިމް އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ.

“ނަޒޫ، އަހަންނަށް މާފު ކޮށްދީ ޕްލީޒް…” ރީޝާ ނަޒްލާއަށް ބަލާލިއެވެ.

ނަޒްލާ ގާތުން ރީޝާ މާފަށް އެދެންވީ ކޮން ކަމަކާ ބާއޭ ނަޒްލާ ހިތަށް އެރިއެވެ.

“މާފު ލިބޭ ވަރުގެ ދޮގުތަކެއްތަ ރީޝާ ހެދީ؟ އަމިއްލައަށް ވިސްނާލަބަލަ. އޭގެ ފަހުން މާފަށް އެދޭ” އަސްމާއަށް އެއްޗެއް ނުބުނެ ނުހުރެވުނެވެ.

ވީގޮތް ނަޒްލާއަށް ވިސްނުނީ އެވަގުތުއެވެ.

“ސިމީ! އަހަރެން ސިމީއަށް މާފު ކުރި އިރު ކީއްވެ ރީޝާއަށް މާފު ނުކުރަންވީ؟” ނަޒްލާ އަހާލިއެވެ.

“ނަޒޫއަކަށް އަދި ނޭނގޭ ރީޝާ އެއީ ކާކު ކަމެއް… އޭނަ ކުރި ކަންތައް އެނގޭ ނަމަ ނަޒޫ ނުބުނާނެ ތިހެންނެއް…” އަސްމާ ބުންޏެވެ.

“އަހަންނަށް އެނގިއްޖެ. އަހަންނާ އާސިމް ދުރު ކުރަން ރީޝާ ދެއްކި ވާހަކަ ގަބޫލު ކޮށްގެން އަހަންނަށް ސިމީއާ އާސިމްގެ ފަރާތުން އިވުނު ބަސްތަކަށް މާފު ކުރެވުނު އިރު ކީއްވެ ރީޝާއަށް މާފު ނުކުރެވެންވީ؟ އޭނަގެ ކުށަކީ މާފު ނުކުރާ ވަރުގެ ކުށަކަށް ވާންވީ ކީއްވެ؟” ނަޒްލާ އަހާލިއެވެ.

އަސްމާ އެއްޗެއް ނުބުނެ އިސް ޖަހާލިއެވެ.

“އަހަރެން ރީޝާއަށް މާފު ކޮށްފިން” ނަޒްލާ ތެދުވެގެން ގޮސް ރީޝާގެ އަތުގައި ހިފާލަމުން ބުންޏެވެ.

“ތެންކްޔޫ…” ރޮވިފައި ހުރި ރީޝާ ބުންޏެވެ. އަދި އާސިމްއަށް ބަލާލާފައި އިތުރު އެއްޗެއް ނުބުނެ ނިކުތެވެ.

“އެކަކާ މެދުވެސް ހިތުގަ އެއްވެސް ބުރައެއް ޝަކުވާއެއް ބާއްވާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެން އެދެނީ ސިމީވެސް އަދި އާސިމްވެސް ރީޝާއަށް މާފު ކުރުން” ނަޒްލާ ބުންނެވެ.

އެކަކުވެސް އެއްޗެއް ނުބުނެއެވެ.

“ސިމީ…؟” ނަޒްލާ ގޮވާލިއެވެ.

“އޯކޭ، މާފު ކޮށްފިން…” އަސްމާ ބުންޏެވެ.

“އަހަރުމެން ބޭރުގަ އެބަ ތިބިން އިނގޭ” އަސްމާގެ އަތުގައި ހިފައިގެން ނިކުންނަން ދަމުން ޝާއިރު ބުންޏެވެ.

“ދޮންބެ ދިޔައީތަ؟” ޝާއިރު ނިކުތުމުގެ ކުރިން ނަޒްލާ އަހާލިއެވެ.

“އަދި އަންނާނަމޭ ކިޔާފަ ދިޔަތާ އިރުކޮޅެއް ވެއްޖެ” ނަޒްލާގެ ސުވާލަށް ޖަވާބު ދީފައި ޝާއިރު އަސްމާއާ އެކީ ނިކުތެވެ.

ނަޒްލާ އާސިމް ކައިރީގައި އިށީނެވެ.

“އާސިމް، އެއްވެސް މީހަކާ މެދު ހިތުގަ ރުޅިވެރިކަން ބާއްވާކަށް ނުވާނެ، އޭނައަށް މާފު ކުރޭ ދެން… އެހެން ނޫނަސް އާސިމްއެއްނު ދެންމެވެސް ބުނީ އެކަމުގަ އޭނައެއް ނޫނޭ ކުށްވެރިއަކީ؟” ނަޒްލާ އާސިމްގެ އަތުގައި ހިފާލާފައި ބުންޏެވެ.

އާސިމް އެއްޗެއް ނުބުނެ އިނެވެ.

“އާސިމް، ލޯތްބަކީ ފާޑެއްގެ އެއްޗެއް… އެކި މީހުން ލޯބި ވާނީ އެކި ގޮތަށް… އެއްބަޔަކު މަސައްކަތް ކުރާނީ ގަދަ ކަމުންވެސް ލޯބި ހޯދަން… އަނެއް ބަޔަކު ބަލާނީ އަމިއްލަ ހިތަށް ކިތަންމެ ތަދު ވިޔަސް ލޯބިވާ މީހާގެ އުފާ ހޯދާދެވޭތޯ…” ނަޒްލާ އެހެން ބުނި އިރު ހިތުގައި އޮތީ ރީހާންގެ ނަމެވެ.

“ރީޝާ އެހެން ހެދި ސަބަބު ނަޒޫއަށް އެނގޭތަ؟” އާސިމް އަހާލިއެވެ.

“އާނ، އޭނަ އާސިމް ދެކެ ލޯބި ނުވާ ނަމަ އެކަހަލަ ކަމެއް ނުކުރާނެ” ނަޒްލާ ބުންޏެވެ.

“ނަޒޫއަށް އެހާ ފަސޭހަތަ ރީޝާއަށް މާފު ކުރަން؟” އާސިމް އެހިއެވެ.

“ވަގުތު އޮއްވާ ވާނެ ރަނގަޅު ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން… އެހެން ނޫނީ ވަގުތު ފާއިތު ވެދާނެ… މީހަކު ކުރި ކަމެއް ހިތުގަ ބާއްވައިގެން އުޅެނިކޮށް އެކަން ހައްލު ކުރަން ލިބޭ ފުރުސަތު ގެއްލިދާނެ. މިއަދު އަހަންނަށްވެސް އެކަން ވިސްނުނީ… ކުރެވުނު ކަންތަކާ ދެރަ ނުވާނަމަ މިއަދު ރީޝާ އަހަރެން ކައިރިން މާފަކަށް ނެދުނީސް. އާސިމް އެކަން ގަބޫލު ކޮށްބަލަ” ނަޒްލާ އެދުނެވެ.

“އެންމެ ރަނގަޅު… ނަޒޫ ބުނެފިއްޔާ…” އާސިމް އެއްބަސް ވިއެވެ.

“އެހެން ވިއްޔާ ދެން އެންމެ ފުރަތަމަ ރީޝާ ފެންނަ އިރަކުން އޭނަ ކައިރީގަ ބުނަން ވާނެ މާފު ކޮށްފީމޭ” ނަޒްލާ ބުންޏެވެ. އާސިމް އެއްބަސް ވުމުގެ ގޮތުން ބޯ ޖަހާލިއެވެ.

“އަހަރެން ދާންވެސް ވެއްޖެ… ދޮންބެވެސް ނުބުނެ ދިޔައީ ވިއްޔަ…” ނަޒްލާ ބުނެލިއެވެ.

“ދެން ކިހިނެއް ދަނީ؟” އާސިމް އެހިއެވެ.

“ރީހާންއަށް ގުޅާނީ…” ނަޒްލާ ބުންޏެވެ. އަދި އެހެން ބުނެފައި އާސިމްއަށް ބަލާލީ އާސިމް ބުނަނީ ކީކޭތޯ ބަލާށެވެ.

އާސިމް މޭޒުމަތީ އޮތް ފޯން ނަޒްލާ އަތަށް ދިނެވެ.

 

“ރީހާން، ބަލާ އައިސް ދެވިދާނެތަ؟” ރީހާން ފޯން ނެގުމާ އެކު ނަޒްލާ އަހާލިއެވެ. އަދި ރީހާން އާއެކޭ ބުނުމުން ފޯން ކަނޑާލިއެވެ.

“އާސިމް، އެނގޭ ދޯ ރީހާންއަކީ ކާކު ކަން؟” އާސިމް އަތަށް ފޯން ދީފައި ނަޒްލާ އަހާލިއެވެ. އާސިމް އެއްޗެއް ނުބުނެ ބޯޖަހާލިއެވެ. އާސިމް އެއްޗެއް ބުނޭތޯ ނަޒްލާ ވާހަކަ ނުދައްކާ އިނެވެ.

“ނަޒޫ ކީއްވެ އޭނަޔާ މެރީ ނުކުރީ؟” އިރުކޮޅެއް ފަހުން އާސިމް އަހާލިއެވެ.

“އަހަރެން އާސިމް ދެކެ ލޯބި ވާތީ… ރީހާންއަށްވެސް އެކަން އެނގޭތީ” ނަޒްލާ ބުންޏެވެ.

އާސިމް ނަޒްލާގެ މޫނަށް ބަލާލިއެވެ.

“ނަޒޫ… އަހަރެން…” އާސިމް އެއްޗެއް ބުނަން އުޅުނެވެ.

“ދެން ކުރީގެ ވާހަކަ ނުދައްކާ އާސިމް. އަހަރެންގެ އެދުމެއް އެބަ އޮތް، އާސިމް ކޮށްދޭނަންތަ އަހަރެން ބުނާ ކަމެއް؟” ނަޒްލާ އާސިމްގެ އަތުގައި ހިފާލަމުން ބުންނެވެ.

“ބުނެބަލަ…” އާސިމް ބުންޏެވެ.

“ރީހާންއާ ދޭތެރޭ ގޯސްކޮށް ނުދެކެއްޗޭ. އެއީ ވަރަށް ރަނގަޅު މީހެއް، އަހަރެން އެދެނީ އާސިމްއާ ރީހާންއަކީ ރައްޓެހިންނަށް ވުމަށް…” ނަޒްލާ ބުންޏެވެ.

“ނަޒޫ ބުނެފިއްޔާ އަހަރެން ޓްރައި ކުރާނަން” އާސިމް ނަޒްލާގެ އަތުގައި ހިފާލަމުން ޔަގީންކަން ދިނެވެ.

އެވަގުތު އާސިމްގެ ފޯން ރިންގް ވިއެވެ.

“ނަޒޫ އެބަ ހުރިތަ؟” އާސިމް ފޯން ނަގާފައި ހަލޯއޭ ބުނުމުން ރީހާން އަހާލިއެވެ.

އާސިމް ނަޒްލާ އަތަށް ފޯން ދިނެވެ.

“ބޭރުގަ މިހިރީ” ރީހާން ބުންޏެވެ.

“އުނދަގޫ ވާނެތަ މިގަޑީގަ އެތެރެއަށް ވަންނަން؟” ނަޒްލާ އަހާލިއެވެ.

“ކަމަކުތަ؟” ރީހާން އަހާލިއެވެ.

“އާނ، ކަމަކު… ވަދެބަލަ” ނަޒްލާ އާސިމް އޮތް ރޫމްގެ ނަމްބަރު ރީހާންއަށް ބުނެދީފައި ފޯން ކަނޑާލިއެވެ.

ނަޒްލާ ކުރަން އުޅެނީ ކޮންކަމެއް ބާއޭ ހިތަށް އަރަމުން ރީހާން އެތެރެއަށް ވަދެގެން އައެވެ.

ޓަކި ޖަހާލާފައި ރީހާން ދޮރު ހުޅުވާލާފައި އެތެރެއަށް ވަން އިރު އާސިމްގެ އެނދުގައި ނަޒްލާ އިށީނދެގެން އިނެވެ. ކައިރީގައި ހުރި ދެ ގޮނޑީގައި އަސްމާއާ ޝާއިރުވެސް ތިއްބެވެ.

ރީހާން ފެނުމުން ނަޒްލާ ތެދުވެގެން ގޮސް ރީހާން ގާތު އެތެރެއަށް އައުމަށް ބުންޏެވެ. ރީހާން ވަނުމުން އަސްމާ ތެދުވެފައި ރީހާން އިށީންނަން ގޮނޑި ދިނެވެ.

“އާސިމް، މީ ރީހާން… ރީހާން، އާސިމް…” ނަޒްލާ އާސިމްއަށާ ރީހާންއަށް ފުރަތަމަ ފަހަރަށް އެކަކު އަނެކަކު ތައާރަފް ކޮށްދިނެވެ.

އާސިމް ރީހާންއާ ދިމާއަށް އަތް ދިއްކޮށްލިއެވެ. ނަޒްލާއަށް ބަލާލާފައި ރީހާން އާސިމްގެ އަތުގައި ހިފާ ސަލާން ކޮށްލިއެވެ.

“އަހަންނާ ނަޒޫގެ ކައިވެންޏަށް އެންމެ ފުރަތަމަވެސް މި އިންވައިޓް ކުރަނީ ރީހާންއަށް އިނގޭ، އެރޭގެ އެންމެ ފުރަތަމަ ގެސްޓަކަށް ރީހާން ވާން އަހަރެންނާ ނަޒޫ އެދެން” އާސިމް ބުންޏެވެ.

“ޔަގީން… ޝުކުރިއްޔާ!” ނަޒްލާއަށް ބަލާލާފައި ރީހާން ބުންޏެވެ.

 

“ވަރަށް އުފާ ވެއްޖެ ނަޒޫ ތިގޮތަށް ނިންމީމަ” ފަސްވަރަކަށް މިނެޓް ފަހުން ނަޒްލާއާ އެކީ ކޮޓަރިން ނިކުންނަމުން ރީހާން ބުންޏެވެ.

“އަސްލުވެސް ރީހާން ތީ ވަރަށް ރަނގަޅު ފްރެންޑެއް” ނަޒްލާ ރީހާންގެ މޫނަށް ބަލާލިއެވެ.

“އެހެންތަ؟ އަދި ކިރިޔާތަ އެނގުނީ؟” ރީހާން ސަމާސާ ކޮށްލިއެވެ.

 

 

އެދުވަހުގެ ފަހުން އާސިމް ހޮސްޕިޓަލުން ދޫކޮށްލަންދެން ކޮންމެ ދުވަހަކު ނަޒްލާ ހޮސްޕިޓަލަށް ދެއެވެ. އޭރު އެދެމީހުން އަލުން ގުޅުނު ކަން ދެއާއިލާއަށްވެސް ވަނީ އެނގިފައެވެ. އެކަމާ ހުރިހާ އެންމެންވެސް ވަރަށް އުފާވިއެވެ. ހަފްތާއެއް ފަހުން އާސިމް ގެޔަށް ދޫކޮށްލި ދުވަހު ނަޒްލާ ޒައިން ގޮވައިގެން އާސިމްމެން ގެޔަށް ދިޔައެވެ.

އާސިމްގެ ކޮޓަރީގެ ދޮރު ހުޅުވާލާފައި ނަޒްލާ ޒައިން ގޮވައިގެން ވަން އިރު އާސިމް އެނދުގައި އިށީނދެލައިގެން އިނެވެ.

“ހޭ، ސްވީޓްހާޓް، ކިހިނެއްތަ؟” ޒައިން ފެނުމާ އެކު އާސިމް އަތް ދިއްކޮށްލަމުން އަހާލިއެވެ.

ޒައިންވެސް ދުވެފައި ގޮސް އެނދަށް އަރާ އާސިމް ގައިގަ ބައްދައިގަތެވެ. ނަޒްލާވެސް އެނދުގައި އިށީނެވެ.

“ޒައިން، ބައްޕަ ވާހަކައެއް ބުނަންތަ؟” އިރުކޮޅަކު ޒައިންއާ ސަކަރާތް ޖަހަން އިނދެފައި އާސިމް ޒައިން ގާތު އަހާލިއެވެ.

ޒައިން ބޯޖަހާލަމުން އާސިމްއާ ދިމާއަށް ބަލާލީ އާސިމް ބުނާ އެއްޗެއް އަޑު އަހާށެވެ.

“ދަރިފުޅު ބޭނުންތަ މަންމިއާ އެކީ މިގޭގަ ބައްޕަ ކައިރީގަ އުޅެން؟” އާސިމް އަހާލިއެވެ.

ޒައިން ފުރަތަމަ ބަލާލީ ނަޒްލާއާ ދިމާލަށެވެ.

“މަންމީ، އެހެން ވާނެތަ؟” ޒައިން އަހާލިއެވެ.

“ސްވީޓްހާޓް ބޭނުމިއްޔާ ވާނެ” ނަޒްލާ ބުންޏެވެ.

“ޔެސް، ބޭނުން…” ޒައިން އާސިމްއަށް ބަލާލާފައި ޖަވާބު ދިނެވެ.

“އެހެންވިއްޔާ ދެން ރެޑީވޭ އިނގޭ މިގެޔަށް އަންނަން” އާސިމް ބުންޏެވެ. އެއާއެކު ޒައިން އުފަލުން އާސިމް ގައިގައި ބައްދައިގެންފައި އެނދުން ފުންމާލިއެވެ.

“ޒައިން… މަޑުމަޑުން…” ދުވެފައި ކޮޓަރިން ނިކުންނަން ދިޔަ ޒައިންއަށް ނަޒްލާ ބުންޏެވެ.

“ޒައިން މާމަ ކައިރީގަ ބުނަން މިދަނީ…” މަޑުވެސް ކޮށްނުލާ ޒައިން ނިކުތެވެ.

“ހާދަ އަވަހަކަށް ޒައިން ކައިރީގަ ތިބުނީ؟” އާސިމްއާ ކައިރިއަށް ޖެހިލަމުން ނަޒްލާ އަހާލިއެވެ.

“އަވަސްތަ؟” ނަޒްލާގެ އަތުގައި ހިފާލާފައި އާސިމް އަހާލިއެވެ.

“އަދި ނޭނގެއެއްނު މެރީ ކުރެވޭނީ ކޮން ދުވަހަކުން ކަމެއްވެސް؟” ނަޒްލާ ހުރީ ކައިވެނި ކުރެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.

“މާލަހެއް ނުވާނެ… އަހަރެން ހިތަށް މިއަރަނީ ޓޫ މަންތްސް ފަހުން ނަޒޫގެ ބަރތްޑޭގަ މެރީ ކުރަން ކިހިނެއް ވާނެބާއޭ…؟” އާސިމް ނަޒްލާގެ މޫނަށް ބަލަން އިނދެ ބުންޏެވެ.

“އަސްލުތަ؟” ނަޒްލާއަށް އަހާލެވުނެވެ. އާސިމް ބޯޖަހާލިއެވެ. ނަޒްލާ އާސިމް ގައިގައި ބައްދާލިއެވެ.

“އާސިމްއަށް އެނގޭދޯ ޝާއިރު އަހަރެން ކައިރީގަ އެނަޔާ މެރީ ކުރާށޭ ބުނިކަން؟” ނަޒްލާ އާސިމްގެ މޫނަށް ބަލާލަމުން އަހާލިއެވެ.

“އާނ، އޭނަ ބުނި…” އާސިމް ބުންޏެވެ. “އަހަރެން އެކަންޏޭ ނަޒޫއާ މެދު ނުވިސްނީ… އެހެން އެންމެން…” އާސިމް ބުނަން އުޅެފައި ނުބުނެ ހުއްޓާލިއެވެ.

“ދެން އެވާހަކަ ނުދައްކާ… އަހަރެންގެ އެބައޮތް ސުވާލެއް. އާސިމް ކިހިނެއް ހަދައިގެން ދޮންބެ އާސިމްއާ ވާހަކަ ދައްކަން ފެށީ؟” ނަޒްލާ އެހިއެވެ.

އެސުވާލުގެ ޖަވާބު ދޭން އާސިމް ޖެހިލުން ވިއެވެ.

“ކީއްވެ އެއްޗެއް ނުބުނީ؟” އާސިމް އެއްޗެއް ނުބުނުމުން ނަޒްލާ އަހާލިއެވެ.

“ފުރަތަމަ ނަޒޫ ޕްރޮމިސް ކުރޭ އަހަންނާ މެދު ގޯސް ގޮތަކަށް ނުވިސްނާނަން ކަމަށް…” އާސިމް އެދުނެވެ.

“އެންމެ ރަނގަޅު” ނަޒްލާ ވަގުތުން އެއްބަސް ވިއެވެ.

އާސިމް އެވާހަކަ ނަޒްލާއަށް ކިޔާދިނެވެ.

“ދެން މިހާރު އަހަރެން ކީކޭ ބުނާނީ؟ އެހާ ހިތްވަރު ދެރަ މީހަކަށް ދެން އާސިމް ނުވާނެ ކަމަށް އަހަރެން ހީކުރަން” ނަޒްލާ އާސިމްގެ އަތުގައި ހިފާލިއެވެ.

“ދެން ނުކުރާނަން ދުވަހަކުވެސް އެކަމެއް” ނަޒްލާގެ އަތްތިލައަށް ފިތާލަމުން އާސިމް ވަޢުދުވިއެވެ.

 

 

އަދިވެސް ނަޒްލާއަށް ރީހާންއާ މެދު ވިސްނެއެވެ. އަމްދުން ނަޒްލާއަށް ހުރިހާ އުފަލެއް ލިބުމުން ރީހާންގެ އެކަނިވެރިކަމާ މެދު ވަކިން ބޮޑަށް ވިސްނެއެވެ. އާރިޝްގެ މުސްތަގްބަލާ މެދުވެސް ފިކުރު ކުރެވެއެވެ. އެދުވަހު އޮފީހުގައިވެސް ނަޒްލާއަށް އިނދެވުނީ އެކަމާ މެދު ވިސްނާށެވެ.

“ރީހާން، އައިމް ސޮރީ…” ރީހާން އަތަށް ފައިލްތަކެއް ދޭން އެކެބިންއަށް ވަދެފައި ނަޒްލާ ބުންޏެވެ.

“ކިހިނެއްވީ؟” ހައިރާން ވެފައި ރީހާން އަހާލިއެވެ.

“އަސްލުވެސް ވަރަށް ދެރަވޭ… ރިހާންގެ އުފަލާމެދު ނުވިސްނޭތީ…” މޭޒުމަތީ އޮތް ގަލަން އަނބުރާލަމުން ނަޒްލާ ބުންޏެވެ.

“ހޭ، މައްސަލައެއް ނޫނޭ… ނަޒޫގެ އުފަލަކީ އަހަރެންގެ އުފާ” ރީހާން ގޮނޑިން ތެދުވިއެވެ.

“އަސްލު އާސިމްއާ ނަޒޫގެ މެދުގަ މައްސަލަ ޖެހުނީ ކީއްވެ؟” ރީހާން އަހާލިއެވެ.

ނަޒްލާ އެކަންތައް ވީގޮތް ރީހާންއަށް ކިޔާދިނެވެ.

“…އެކަމަކު އަހަރެންގެ ހިތުގަ ރީޝާއާ މެދު އެއްވެސް ޝަކުވާއެއް ނެތް” ނަޒްލާ ބުންޏެވެ.

 

ނަޒްލާ ޒައިން ގޮވައިގެން އާސިމްމެން ގެޔަށް ދިޔަ ދުވަހެކެވެ. އެގޭގައި އާސިމް ގާތު ސަކަރާތް ޖަހަން އެތައް އިރެއް ހޭދަ ކުރުމަށް ފަހު ގަޑި ބަލާލާފައި އަށެއް ޖަހާ ދިޔުމުން ނަޒްލާ ޒައިންއަށް ގޮވާލިއެވެ.

“ދެން ދާން ހިނގާ، މިހާރުވެސް މާ ލަސް ވެއްޖެ” ނަޒްލާ ތެދުވަމުން ބުންނެވެ.

“ނޫން، އަދި ނުވޭ…” ޒައިން ނަޒްލާއާ އެކީ ނުދާން ވެގެން އާސިމް ގައިގައި ހިފައިގަތެވެ.

“ނޯ، ސްވީޓްހާޓް، ދެން ދާންވީ، އޭރުން މާދަންވެސް އާދެވޭނީ” ޒައިންގެ އަތުގައި ހިފާ އުނގުގައި ބައިންދަމުން އާސިމް ބުންޏެވެ.

“ތެދެއްތަ މަންމީ…؟” ޒައިން ނަޒްލާއަށް ބަލާލިއެވެ.

“އާނ، އޭރުން މާދަން އަންނާނަން… އާސިމްގެ ކަންތަކޭ މީ، މިހާރު އަށެއް ޖެހީ ވިއްޔަ… މީނަ ނިންޖެއްވެސް ނާދޭތަ؟” ނަޒްލާ ޒައިންގެ ބޯ ހާވާލިއެވެ.

“މަންމާ!” ޒައިން ރުޅި އައިސްގެން ނަޒްލާގެ އަތުގައި ހިފެހެއްޓިއެވެ. ނަޒްލާއާ އާސިމް ހޭން ފެށިއެވެ.

“ދެން ހިނގާ…” ނަޒްލާ އަނެއްކާވެސް ބުންޏެވެ.

“ދޭ މާމަމެންނަށް ބާއި ކިޔަން” އާސިމް އެހެން ބުނުމާއެކު ޒައިން ދުވެފައި ނިކުތެވެ.

“ޒައިން، މަޑުމަޑުން ފައިބާނީ އިނގޭ…” ނަޒްލާ ޒައިންގެ ފަހަތުން ނިކުންނަން އުޅުނެވެ. ނަމަވެސް އާސިމް ނަޒްލާގެ އަތުގައި ހިފެހެއްޓިއެވެ.

“މާދަންވެސް އަންނާނަންތަ؟” ތެދުވެފައި އާސިމް އަހާލިއެވެ.

“އާނ، އަންނާނަމޭ. އިށީނދެބަލަ. ފަޔަށް ތަދު ވެދާނެ” ނަޒްލާ ބުންޏެވެ.

“ނުވާނެ…” އާސިމް ނަޒްލާއާ ކައިރިވެލަމުން ބުންޏެވެ.

“މަންމީ… ދާން…” ޒައިން ތިރީގައި ހުރެފައި ގޮވާލި އަޑަށް އާސިމް ނަޒްލާ ގައިން ދޫކޮށްލިއެވެ.

“އަޑުވެސް ގަދަ ކުއްޖެއް…” އާސިމް ބުނެލިއެވެ.

 

 

ދެއާއިލާގެ އެންމެން ތައްޔާރު ވަމުން ދިޔައީ އެތައް އަހަރެއް ވަންދެން އެމީހުން އިންތިޒާރު ކުރަމުން އައި ދުވަހަށެވެ. ނަޒްލާއާ އާސިމްގެ ކައިވެންޏަށެވެ. އާއަހަރު ފެށިގެން އައީ އެކައިވެންޏަށް އެންމެ ފަހުގެ ތައްޔާރީތައް ވުމުގައި އުޅެނިކޮށެވެ. އަމިއްލަ ކައިވެނީގައިވެސް ނުކުރާ އެތައް ކަމެއް ނަޒްލާގެ ކައިވެނީގައި ކުރުމަށް ޔުމްނާއާ އަސްމާވެސް ދިޔައީ މަސައްކަތް ކުރަމުންނެވެ. އަށްމަހުގެ ބޮޑު ބަނޑާއެކު ޔުމްނާވެސް އެއްވެސް ކަމެއްގައި ފަހެއް ނުޖެހެއެވެ.

 

ޖެނުއަރީ މަހުގެ ހަވަނަ ދުވަހުގެ ރޭ އަށްގަޑި ތިރީސް ވީއިރު ނަޒްލާއާ އާސިމްގެ އާއިލާގެ އެންމެންނާ، އެދެމީހުންގެ ރައްޓެހިން ތިބީ އާސިމްމެންގޭ ސިޓިންގރޫމްގައި ނަޒްލާއާ އާސިމްގެ ކައިވެނި ކުރެވޭތަން ބަލާށެވެ. އޭރު އެގޭ ޓެރެސް އޮތީ އެދެމީހުންގެ ކައިވެނި ޕާޓީއަށް ތައްޔާރު ކޮށްފައެވެ.

 

ނަޒްލާ ފުރަތަމަވެސް ބޭނުންވި ގޮތަށް ނަޒްލާއާ އާސިމްގެ ކައިވެނީގެ ހުރިހާ ކަމެއްގަވެސް ހާއްސަ ކުރީ ނަޒްލާއަށް އެންމެ ރީތި ކުލަ ކަމަށްވާ ފެހި ކުލައެވެ. ނަޒްލާ ލައިގެން އިނީ މަޑު ފެއްސާ ކްރީމް ކުލައިގެ ހެދުމެކެވެ. އާސިމް ލައިގެން ހުރީ ފެހި ކުލައިގެ ގަމިހަކާއެކު ކްރީމް ކުލައިގެ ޓައީއަކާ ކަޅު ފަޓުލޫނެކެވެ. އެތާ ތިބި އެންމެންވެސް ލައިގެން ތިބީ ފެހި ކުލައިގެ ކޮންމެވެސް ޝޭޑެއް އެކުލެވޭ ހެދުމެވެ.

 

ކައިވެނި ކުރެވުމުން އާސިމްއާ ނަޒްލާ އެކީގައި އެރީ މައްޗަށެވެ. ޓެރެސްއަށް ދިޔައިރު އެތާ އަދި އެކަކުވެސް ނެތުމުން އާސިމް ނަޒްލާ ގައިގަ ބައްދާލިއެވެ.

“އަދި ކިރިޔާ ހިތަށް ހަމަޖެހުމެއް މިލިބުނީ…” އާސިމް ނަޒްލާގެ މޫނުގައި ދެއަތުން ހިފާލަމުން ބުންޏެވެ.

“އާސިމް، މިހާރު އެންމެން އަންނާނެ…” ނަޒްލާ ބުންޏެވެ.

“ހެޔޮ އަޔަސް… މިހާރު ތީ މަގޭ ވައިފް، މިވަގުތު އެކަކަށްވެސް އަހަރެން ނުހުއްޓުވޭނެ، އަހަރެންގެ ވައިފްއަށް ދޭ ފުރަތަމަ ހަދިޔާ…” ނަޒްލާގެ ދަތްދޮޅީގަ ހިފާ އުފުލާލަމުން އާސިމް ބުންޏެވެ. އަދި ނަޒްލާގެ ތުންފަތުގައި ބޮސްދިނެވެ.

“ދެވަނަ ހަދިޔާ…” އާސިމް ދެވަނަ ފަހަރަށްވެސް އެހަރަކާތް ތަކުރާރު ކޮށްލިއެވެ.

“އާސިމް…” ނަޒްލާ އާސިމްގެ މޭގައި އަތް ޖައްސާ ދުރުކޮށްލީ ހެވިފައި ހުރެއެވެ.

“ކިހިނެއްވީ؟ ހަދިޔާ ކަމު ނުދަނީތަ؟” ލާނެތް ރާގަކަށް އާސިމް އަހާލިއެވެ.

“ކަމުދެޔޭ، އެކަމަކު މިތާކު ނޫން… މިހެން ތިއްބާ މީހަކު އައިސްދާނެ…” ނަޒްލާ ބުންޏެވެ.

“އޯކޭ ދެން، ނަޒޫ ބޭނުން ގޮތެއް…” އާސިމް ބުންޏެވެ. ނަމަވެސް ނަޒްލާ ގައިން ދޫކޮށްލުމުގެ ކުރިން އަދިވެސް އެއްފަހަރު ނަޒްލާގެ މޫނުގައި ހިފާ ކައިރި ކޮށްލިއެވެ.

 

“އޭ… މީނައަކަށް ހަމަ ކެތެއް ނުވާނެ!” އެވަގުތު ޝާއިރުގެ އަޑު އިވުނެވެ. އާސިމް ނަޒްލާ ގައިން ދޫކޮށްލާފައި ބަލާލިއެވެ.

“އެއީ މާކުރިންވެސް ސާބިތުވެފަ އޮތް ކަމެއްނު؟” ޝާއިރުގެ ފަހަތުން ޔުމްނާގެ އަތުގަ ހިފާލައިގެން އައި ނަދީމް ހިނިގަނޑަކާ އެކު ބުންޏެވެ.

ނަޒްލާގެ މޫނު ރަތް ވެގެން ދިޔައެވެ.

“ބުނީމެއްނު…؟” ނަޒްލާ އާސިމްގެ އަތުގަ ޖަހާލިއެވެ.

“އަހަރެން ހީކުރީ ދެން އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް… އެކަމަކު އުނދަގޫ ކުރަން ތިއައީ ވިއްޔަ…” ހެވިފައި ހުރެ އާސިމް ބުނެލިއެވެ.

“ދެން މިހާރު އުނދަގޫވެސް ވާނެ އަހަރުމެން ފެނުނީމަ، އެކަމަކުވެސް އިހަށް ޖެހޭނީ ކެތް ކޮށްލަން…” ޝާއިރު އަދިވެސް އާސިމްމެންނާ ދިމާ ކުރުން ހުއްޓާލާކަށް ގަސްތެއް ނުކުރެއެވެ.

“ދެން އެވަރަށް ދިމާ ނުކޮށްބަލަ… ދޯ ނަޒޫ؟” ޔުމްނާވެސް ސަމާސާގައި ބައިވެރިވިއެވެ.

“އެންމެން ބަލާލަބަލަ… މިއޮއް އައީ މިރޭގެ ޗީފް ގެސްޓް” ޒައިން ގޮވައިގެން އައި އަސްމާ ބުންޏެވެ.

އެވަގުތު ޒައިން ހީވަނީ ހަމަ އާސިމްގެ ކުޑަކުޑަ ކޮޕީއެއް ހެންނެވެ. ފެހި ގަމީހަކާ ކްރީމް ޓައީ އަކާ ކަޅު ފަޓުލޫނެއްގަ ހުރި ޒައިން ލޯބި ކަމުން ނަޒްލާއަށް އެންމެ އިރުކޮޅަކުވެސް ދުރަކު ނުހުރެވުނެވެ.

“މަންމިގެ ސްވީޓްހާޓް ހާދަ ލޯތްބޭ…” ޒައިން އުރާލަމުން ނަޒްލާ ބުނެލިއެވެ.

“ބައްޕަގެ ޒައިން ބައްޕަހާ ސްމާޓް ވާނެއެއްނު، ދޯ ދޫނީ؟” ނަޒްލާ އަތުން ޒައިން އަތުލަމުން އާސިމް ބުންޏެވެ.

އާސިމް އެދުނުހެން އެރޭގެ އެންމެ ފުރަތަމަ މެހެމާނަކަށް ވީ ރީހާންއާ އާރިޝްއެވެ. އާރިޝް ފެނުމުން ނަޒްލާ އާރިޝް އުރާލީ ދެރަ ވެފަ ހުރެއެވެ. ނަޒްލާގެ ފަރާތުން އާރިޝްއަށް މަންމައެއްގެ ލޯބި ނުދެވުނީތީއެވެ.

ނަޒްލާ އާސިމްގެ އަނތްބެއްގެ ގޮތުގަ ފުރަތަމަ ފަހަރަށް ރީހާންއާ ސަލާން ކޮށްލިއެވެ.

“އާރިޝްގެ ކަމެއްގަ އަހަންނަށް ގުޅަން ފަސް ނުޖެހެއްޗޭ ރީހާން…” ނަޒްލާ އެދުނެވެ. ރީހާން ބޯޖަހާލިއެވެ.

“މަރުހަބާ އާސިމް… ނަޒޫއަކީ ވަރަށް ސްޕެޝަލް ކުއްޖެއް، ޓޭކް ގުޑް ކެއަރ އޮފް ހަރ…” ރީހާން އާސިމްއާ ސަލާން ކޮށްލަމުން ބުންޏެވެ.

“ޔަގީން!” އާސިމް ނަޒްލާގެ އުނަގަނޑުގަ ހިފާލަމުން ޔަގީންކަން ދިނެވެ.

ގިނަ އިރަކު އެހެން ވާހަކަ ދައްކާކަށް ނަޒްލާއާ އާސިމްއަކަށް ނުތިބެވުނެވެ. މެހެމާނުން އަންނަން ފެށުމުން ދެމީހުންވެސް އެމީހުން ތިބެން ހާއްސަ ކޮށްފައި ހުރި ހިސާބުގައި މަޑުކޮށްލިއެވެ.

 

ޕާޓީ ނިމި އަލަތު ދެމަފިރިންނަށް ކޮޓަރިއަށް ވަދެވޭ ވަރުވީ އެކެއް ޖަހަން އުޅެނިކޮށެވެ. އެތެރެއަށް ވަނުމާ އެކު އާސިމް ނަޒްލާ ގައިގަ ބައްދާލިއެވެ.

“މުޅި ލައިފްގަވެސް މިހާ އިންތިޒާރު ކުރި ވަގުތެއް އަދި ނާދޭ…” އާސިމް ބުނެލިއެވެ. އެއަށް ފަހު ނަޒްލާއާ އާސިމް އެރޭ ހޭދަ ކުރީ ހަނދާނުން ނުފިލާނެ ވަރުގެ އުފާވެރި ރެއަކަށް އެރޭ ހެދުމުގެ މަސައްކަތުގައެވެ.

 

 

އެއްމަސް ފަހެވެ. ހޮސްޕިޓަލުގައި ނަޒްލާގެ އާއިލާއާ އާސިމްގެ އާއިލާގެ ގިނަ ބަޔަކާ ޔުމްނާގެ އާއިލާގެ އެންމެން ތިބީ ޔުމްނާ ވިހާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ހާސްވެފައި ނަދީމް ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ.

“ނަދީމް، ހަމަ ޖެހިބަލަ…” ނައީމާ ނަދީމްގެ އަތުގައި ހިފާލަމުން ބުންޏެވެ. ފާހާނާއަށް ދިޔަ އަސްމާވެސް އެވަގުތު ޝާއިރުގެ އަތުގައި ހިފައިގެން އައިސް މަޑު ކޮށްލިއެވެ.

“ސިމީ، ދެން އިހަށް ގެޔަށް ދާންވީނު؟ ޔުމް ވިހާ އިރަށް ގުޅާނަމޭ…” ނޭފަތުގައި ރުމާލެއް ޖައްސައިގެން ހުރި އަސްމާއަށް ނައީމާ ބުންޏެވެ.

“ނޫން ނަޒޫ މަންމާ، އަހަރެން ގެޔަށް ދާނީ ޔުމް ވިހެއީމަ…” އަސްމާ ބުންޏެވެ.

ހަމަ އެވަގުތު ނަރުސް ކުއްޖަކު ނިކުމެ ޔުމްނާ އަންހެން ކުއްޖަކު ވިހޭ ޚަބަރު ދިނެވެ. އަދި ފަސް މިނަޓެއްހާ އިރުތެރޭ ޔުމްނާއާ ނަދީމްގެ ދަރިފުޅު ގޮވައިގެން ނިކުތެވެ.

ފަހަރަކު މީހަކު ބޭބީ އުރާލިއެވެ.

“ސިމީއަށް ބޭބީ ވަސް ދުވިޔަސް މިހާރު ހޮޑު ކަންނޭނގެ ލެވޭނީ، ދޯ މަންމާ؟” އަސްމާ ބޭބީ އުރާލުމުން އާސިމް ދިމާ ކޮށްލިއެވެ.

“އެހެންވިއްޔާ ދެން ތުއްތުބޭ އުރާލަބަލަ…” އަސްމާ އާސިމް އަތަށް އެދަރިފުޅު ދެމުން ބުންޏެވެ.

ނަޒްލާ އާސިމްގެ އަތުގައި އޮތް ކުއްޖާގެ މޫނުގައި ފިރުމާލިއެވެ.

“ދެން އަހަރުމެންގެ ޗާންސް ދޯ” އާސިމް ނަޒްލާއަށް ބަލާލަމުން އެއްލޯ މަރާލާފައި ބުންޏެވެ.

“އާނ، ދެން އަނެއްކާވެސް ސަރކަލް ފަށާނީ ނަޒޫ. ދޯ ނަޒޫ މަންމާ؟” އަސްމާވެސް ނަޒްލާއާ ދިމާ ކޮށްލިއެވެ.

ނިމުނީ

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ނިމިދާނެ ޖާނާ ހިތާ 20

Next

ފެންނާތީ ޔާރާގެ މޫނު

Next
March 19, 2016

ފެންނާތީ ޔާރާގެ މޫނު

Previews
March 16, 2016

ނިމިދާނެ ޖާނާ ހިތާ 20

24 Comments!

  1. Mar Sha Marsha says:
    March 17, 2016 at 5:15 pm

    Heres the last part… hope u all will wish Nazu n Asim a happy life… n btw i planned for Ryhan to meet Rrsha at the hospital after the Asim/Rysha scene… Rysha crying n Ryhan trying to comfort a girl he had never met bfore.. but later they meet again n something sparks between them n then Nazu feels it n helps Rysha n Ryhan to express their feeling n then Ryhan n Rysha get married… hope u liked thiss story
    Next week i ll start mihithuge loaiybey thy.. thnx for all the support n love . Will meet again soon.. InshaAllah

  2. Reesha✔ says:
    March 17, 2016 at 5:27 pm

    Ey salhiey dhw

  3. laimaan says:
    March 17, 2016 at 5:34 pm

    V reethi story

  4. Hooo says:
    March 17, 2016 at 5:36 pm

    Varah reethie mivaahaka.. Varah ufaa veyjey happy ending akun nimunie ma.. I hope Marsha ge next story ves mihaa reethie vefa avahaa update kuraane kamah. ??? good luck.

  5. Appy says:
    March 17, 2016 at 5:53 pm

    Hmmm salhi ey ………

  6. fahy says:
    March 17, 2016 at 6:08 pm

    V.V.v rythi vaahaka feshigen nimendhenvex heevani hama filmeh balaa leveyhen varah reethi masha vaahaka thankx feshigen nimendhen vaahaka up kohdhinythi

  7. princess says:
    March 17, 2016 at 6:16 pm

    Vvvv riithi…ninmun vx vrhriithi…..marsha ge dhn oiyy vaahaka vx riithivaane kamah hykuran…bst of luck….?

  8. Nunnu says:
    March 17, 2016 at 7:04 pm

    Story nimun vrh salhi
    Story ehkoh vz hama habeyz:-)
    M waitin for your nxt story

  9. ans says:
    March 17, 2016 at 7:06 pm

    V nice

  10. ans says:
    March 17, 2016 at 7:08 pm

    Hope nx story will b nice

  11. Yu mee says:
    March 17, 2016 at 7:26 pm

    Vvvvv nice

  12. Shahy says:
    March 17, 2016 at 8:13 pm

    V v reethi mi story v v salhi

  13. Nis says:
    March 17, 2016 at 8:31 pm

    Wow.v nice.marsha ge vaahaka thah v nice adhi v kiyaa hiy ves vey

  14. Midde says:
    March 17, 2016 at 8:40 pm

    Alhey haadha reehchey. Adhi ves kiyaa leveyne furathama partun fattaigen

  15. naax says:
    March 17, 2016 at 8:58 pm

    Asluves mi vaahaka vvv salhi
    Adhiveshama foohikameh nethi fashaigen nimendhen kiyaalaa hih vey thanks marsha

  16. aleena says:
    March 17, 2016 at 9:03 pm

    Alhe, heekuree reehaan n ninee gulhuvaani Kama. Anyway story nice

  17. Aish says:
    March 17, 2016 at 9:51 pm

    Haadha dhera ey….v kiyaa hithun hutta e nimunee……

  18. Shaai says:
    March 18, 2016 at 7:50 am

    Marsha v rythi enge story..

  19. blue says:
    March 18, 2016 at 11:04 am

    perfect <3

  20. zamzam says:
    March 18, 2016 at 1:39 pm

    Vrh reethi mi vaahaka…I love it…

  21. Naufa says:
    March 18, 2016 at 4:28 pm

    Vara reethi mivaahaka

  22. Mishfau says:
    March 18, 2016 at 7:54 pm

    Nice story. Loved all ur stories. Keep it up dear. ??

  23. ken? says:
    March 19, 2016 at 2:30 am

    masha allah u r so talented…keep it going…all de best???

  24. MarSha says:
    March 19, 2016 at 4:38 pm

    Thank u bodu bodu bodu koh every one ☺☺☺☺☺☺☺☺☺☺

Comments are closed.



All Right Reserved!