މުޅި ހިތް ބޭޤަރާރު ވެއްޖޭ-18
“އަހަރެން ދާން ބޭނުންވަނީ ޕެރިސް އަށް..” އާކިފް ބުނެލިއެވެ. ސެހްރިޝް އޭނާގެ ނިންމުން ނިއްމި އެވެ. އޭނާ ނިއްމީ ޕެރިސް އަށް ދިއުމަށެވެ.
ދެމީހުން ވެސް އިރުކޮޅަކު ވާހަކަ ދައްކަން ތިއްބެވެ. އެހެން ތިބެ ކޮންމެ ވެސް އެއްޗެކޭ ކިޔައި ދެމީހުން އެއްކޮށް ހޭންފެށިއެވެ. މިމަންޒަރު ބަލަން ހަމްދާންގެ ދެމަފިރިން ތިއްބެވެ.
*ޕާރޓް-18*
“އަސްލު އެހާ ކަޑެއެއް ނޫން ދޯ މެރީ ކުރިއަސް..” އާކިފް އަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާ އަކަށް ސެހްރިޝް ބުނިއެއްޗެއް ފަހުމެއް ނުވިއެވެ.
“މި ބުނީ ވީ އާރ ލައިކް ބެސްޓީޒް އޭ.. އޭރުން ކިހާ މަޖާ ވާނެ..” ސެހްރިޝްގެ ހިތުގައި އޭނާ އަށް ދެވިފައިވާ މަގާމް އިނގުމުން އާކިފްގެ ހިތުގެ ކަނެއްގައި ރިއްސާލި އެވެ. ސަބަބެއް އާކިފް އަކަށް ނޭނގެއެވެ.
ދެމީހުން ވެސް އެތައިރެއް ވަންދެން ދެއްކީ ކައިވެނި ޕާޓީގެ ވާހަކައެވެ. ސެހްރިޝް އޭނާ ގަތް ހެނދުން އާކިފް ފޮޓޯއަކުން ދެއްކިއެވެ. އާކިފް ބުނީ ސެހްރިޝް އަށް އެހެނދުން ވަރަށް ގުޅޭނެ ކަމަށެވެ. ދެމީހުން ވެސް ވާހަކަ ދައްކަން ތިބެފައި އަހްމަދް ގުޅުމުން އާކިފް ދާންޖެހުނެވެ.
ދުވަސްތަށް އޭގެ އެއްމެ ހަލުވި މިނުގައި ގޮސް މިހާރު އާކިފް އާއި ސެހްރިޝްގެ ކައިވެންޔަށް އެއްދުވަސްވީ އެވެ. ދެއާއިލާގެ މީހުން ވެސް ތިބީ ވަރަށް އުފަލުންނެވެ. އެދެކުދިން ވިހޭއްސުރެއް ރާވަމުން އައި ކަންތަށް ހަޤީޤަތަކަށް ހެދޭތީއެވެ. ހަމްދާން މެންނާއި އަހްމަދް މެން އުފާ ހިއްސާ ކުރަމުން ދިޔަ ނަމަވެސް ޖައިލަމްގެ ދެމަފިރިން ހިއްސާކުރަމުން ދަނީ ހިތާމައެވެ. ޒާޔާގެ ހަދާން އާދަޔާ ހިލާފަށް ދަނީ ބަލި ވަމުންނެވެ. ޖައިލަމް އަށް ވާނުވާ އެއް ނޭނގެއެވެ. ޒާޔާ އަކަށް އެއީ އެއްވެސް ކަމެއް ނޫނެވެ. ޖައިލަމް ވަރަށް ވިސްނާފައި އެއްމެ ފަހުން ނިއްމީ ޒާޔާ ގޮވައިގެން ހޮސްޕިޓަލަށް ދިއުމަށެވެ. އޭނާ ޒާޔާ ކާރީ ބުނީ ޒާޔާ ބަލިހެން ހީވާތީވެ ޓެސްޓްކޮޅެއް ހަދާލަން ދަނީކަމަށެވެ. ޒާޔާ އެއްބަސްވިއެވެ.
މެންދުރު ގަނޑިއެވެ. ޖައިލަމް އާއި ޒާޔާ ތިބީ އޭސީކޮށްފައިވާ ހާއްސަ ކޮޓަރީގައެވެ. ޑަކްޓާރ ދިޔައީ އެތަކެއް ސުވާލެއް ކުރަމުންނެވެ. އެއްމެފަހުން ޑަކްޓާރ ޒާޔާގެ ޓެސްޓް އެއް ހެދިއެވެ. ހަވީރު ނަތީޖާ ލިބޭނޭ ކަމަށް ބުނެ ޖައިލަމް އާއި ޒާޔާ ފޮނުވާލިއެވެ. ގެޔަށް ދާން ވެގެން ސައިކަލަށް އަރާފައި ޒާޔާ ޖައިލަމްގެ ކޮޑުގައި ބޯއަޅާލިއެވެ.
“ވަރަށް ނިދިއާސި..” ޒާޔާ އާފުރިލަމުން ބުނެލިއެވެ.
“އެހެންތަ..؟ ހިނގާ ދޯ އަވަހަށް ގެޔަށްދާން..” ޖައިލަމް ސައިކަލު ދުއްވާލިއެވެ.
ގެޔަށް އައިގޮތަށް އެއްޗެހި ބަދަލު ކޮށްގެން ޒާޔާ އެރީ އެނދަށެވެ. ގިނައިރުތަކެއް ނުވެ އޭނާ އޮތީ ނިދާފައެވެ. ޒާޔާގެ މަގަތުގައި ޖައިލަމް ވެސް އެނދުގައި އިށީނެވެ. އޭނާ ޒާޔާގެ މައުސޫމް މޫނަށް ބަލާލިއެވެ. ޒާޔާ މިހާވަރަށް ބަދަލުވީ ކީއްވެ ހެއްޔެވެ؟ އޭނާ އެހާ ހަނދާން ބަލިވާން ފެށީ ކީއްވެ ހެއްޔެވެ؟ ކޮންމެ ވެސް ކަމެއް ޒާޔާ އަށް ވެއްޖެއެވެ.
“ސްޓާ ރޯވާސް” އޮފީސް ބިލްޑިންގެ ތެރެވަނީ މުޅިން ހަލަ ބޮލިވެފައެވެ. މިއަދު މުއައްޒަފުންތަކުގެ މޫނުމަތިން ފެންނަން ހުރީ އުފާވެރިކަމެވެ. ސެހްރިޝް ވެސް ގެޔަށް ދާން ވެގެން ކެބިން އިން ނުކުތީރަށް އެކުގައި އައި ތިން މުއަށްޒަފުން “ކޮންގްރޭޓްސް” އޭ ބުނެލައެވެ. ސެހްރިޝް ހިނިތުން ވުމަކުން ފުއްދާލަނީއެވެ. މާދަމާއަކީ ބޮޑު ދުވަހެކެވެ. އޭނާގެ ހިތް ދިޔައީ އޮބި ނޯންނަވަރަށް ތެޅެމުންނެވެ. މާދަމާ އަކީ އޭނާ އާއި އާކިފްގެ ކައިވެނި ކުރެވޭނެ ދުވަހެވެ. މުޅި އުމުރަށް އާކިފްގެ މީހަކަށް އޭނާ ވާނެ ދުވަހެވެ. އާކިފްގެ ހައްޤަކަށް އޭނާ ވާނެ ދުވަހެވެ. އެހެން މީހެއްގެ އަތްބަކަށް ވާނެ ދުވަހެވެ.
އަވަހަށް ގެޔަށް ގޮސް ސެހްރިޝް ނުކުތީ ބޭރަށެވެ. އޭރު ވެސް ވަދީފާ އުޅެނީ ނޯކަރުންތަކާއި އެކީ ގޭތެރެ ޒީނަތް ތެރި ކުރުމުގައެވެ. ގޭތެރެފެންނަން އޮތް ލެއް ކިތައްމެހާވެސް ހިތްގައިމެވެ.
“މަންމާ.. އަހަރެން ބިރުގަންނަނީ..” ސެހްރިޝް ގޮސް ވަދީފާގެ އަތުގައި އެލިގަންނަމުން ބުނެލިއެވެ.
“އެއީ ކީއްވެ ދަރިފުޅާ..؟” ވަދީފާ އަހާލިއެވެ.
“މާދަން.. އަހަރެން ކައިވެނި ކުރާނެ.. އެހެން ގެޔަކަށް ދާނެ.. މަންމަމެން މަތިން ވަރަށް މިސްވާނެ..” ސެހްރިޝް ބުނެލިއެވެ. ހަޤީޤަތުގައި ވެސް އޭނާ މައިންބަފައިން ދޫކޮށް ދާކަށް ބޭނުމެއް ނޫނެވެ. އޭނާ އަކީ އޭނާގެ މައިންބަފައިންގެ ހުރި ހަމަ އެކަނި ކުއްޖާއެވެ. އޭނާ އަކީ އޭނާގެ މައިންބަފައިންގެ ގަހުގައި އެޅި ހަމައެކަނި މޭވާ އެވެ.
“މަންމަ ވެސް ބޭނުމެއް ނޫން ދަރިފުޅު މަންމަމެންނާއި ދުރުގަ އުޅޭކަށް.. އެކަމު ވެސް ދެން މިއޮތީ ދާން ޖެހިފަ.. ފޮށި ތައްޔާރު ކޮށްފިންތަ ދަރިފުޅާ..؟” ވަދީފާ ސެހްރިޝްގެ ބޮލުގައި ފިރުމާލާފައި އޭނާ އަށް ވިސްނާދިނެވެ.
“އެއްބައި..” ސެހްރިޝް ވެސް އޭނާގެ މަންމަ އާއި އެއްކޮށް ސިޓިން ރޫމް ތެރޭގައި އުޅުނެވެ.
އާކިފްގެ ހާލަކީ ކޮބާ ހެއްޔެވެ؟
އަތަށް ސްޕްރައިޓް ދަޅެއް ލައިގެން އެއަތް ބަލަހައްޓައިގެން ގަނބުއަރާފައި އާކިފް ހުއްޓެވެ. ކާރީގައި ކައިސާން އިނެވެ.
“އޭ ބްރޯ.. ކަލޭ ގަބޫލު ކުރަން ބޭނުން ނޫނަސް ކަލޭ ސެހްރިޝް ދެކެ ލައިކްވޭ..” ކައިސާން އަނެއްކާ ވެސް ބުނެލިއެވެ.
“ދެން ނޯ..” އާކިފް ކުޑަކުއްޖެއް ހެން އެހެން ބުނެ މޫނުފޮރުވާލާފައި މޭޒުމަތީގައި ބޯއަޅާލިއެވެ.
“ތިހާ ޑިޕްރެސް ވާއެއްޗެއް ނޫނޭ..” ކައިސާން އާކިފްގެ ކޮޑުގައި ޖަހާލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ.
“އޭނާ އަހަރެންނާ މެދު އެކަހަލަ ގޮތަކަށް ނުވެސް ވިސްނާ..” އާކިފް ބުނެލިއެވެ. ކައިސާން ދެކޮޅަށް ބޯ ހޫރާލިއެވެ.
“ސާބަސް.. ނޭނގެއެއްނު ކައިވެނި ކުރުމައްފަހު އެކޮށް އުޅެނިކޮށް ލޯބި ވެސް ވެވިދާނެ..” ކައިސާން އެހެން ބުނެ އޭނާގެ ދަޅުން އެތިކޮޅެއް ބޯލިއެވެ.
އާކިފް އަށް ހާސްވެވެނީއެވެ. ސެހްރިޝް ދެކެ އޭނާ މާކުރިން ވެސް ލޯބި ވެއެވެ. އެކަމު އޭނާ އަށް އެކަން ނޭނގުނީ ކީއްވެހެއްޔެވެ؟
މިއަދަކީ ވަރަށް ވެސް ހާއްސަ ދުވަހެކެވެ. ހަމްދާންމެންގޭ މީހުންނާއި އަހްމަދް މެންގޭ މީހުންނަށް ވަރަށް ވެސް މުހިންމު ވަރަށް ހާއްސަ ދުވަހަކެވެ. އާއެކެވެ. މިއަދަކީ ކައިވެނީގެ ދުވަހެވެ. ކައިވެނި ކުރެވެން ހަމަޖައްސާފަ އޮތީ ރޭގަނޑު އެވެ. ކައިވެނި ކޮށްފައި ޕާޓީ ބާއްވަން ނިއްމާފައިވާތީއެވެ. ކައިވެނި ކުރެވެން އުޅޭ ދެމީހުންގެ ހިތްތަކުގައި ވަނީ އުދާސްކަމެވެ. ނުތަނަވަސް ކަމެވެ. މި ކައިވެންޔަކީ އެދެމީހުންގެ މުޅި ހަޔާތް އެއްކޮށް ބަދަލު ކޮށްލާނޭ ކަައިވެންޔެކެވެ. އެއީ ރަގަނޅަކަށް ކަމަށް ވެސް ވެދާނެއެވެ.
އާކިފްގެ ކައިވެނި ކުރެވޭތީވެ ލަޔާން ވެސް ހުރީ އުފަލުންނެވެ. އޭނާ އަށް ފަސޭހަ ކަމާއެކީގައި އޭނާގެ ޕްލޭން އާއި އެއްގޮތަށް މަސަށްކަތް ކުރެވޭނެތީއެވެ. އާކިފް އާއި މެދު ލަޔާންގެ އޮތީ ހަމަ އެއްމެ ސުވާލެކެވެ. އެއީ އާކިފް އޭނާގެ ނަން ބަދަލު ކުރީ ކީއްވެ ހެއްޔެވެ؟ އަނެއްކާ އާކިފް އަކީ ލަޔާން އެހީއްކުރާ އާކިފް ހެއްޔެވެ؟ ލަޔާން އަށް ޔަޤީން ވާކަމަކީ އާކިފް އަށް އޭނާ ފެނުނަސް އާކިފް ބިރުނުގަންނަ ކަމެވެ. އާކިފް އަށް އޭނާ އެއްގޮތަކަށް ވެސް ނޭނގޭ ކަހަލައެވެ. ކޮންމެ ގޮތެއްވިއަސް އާކިފްގެ ކައިވެންޔަކީ ލަޔާންގެ މަސަތްކަތަށް ލިބޭ ކުރިއެރުމެކެވެ. މިރޭ އޭނާ ވެސް އެކައިވެނި ޕާޓީ އަށް ދާނެއެވެ.
މިއަދު ގަނޑީގެ ކަށިވެސް އަވަސް ހެން ހީވެއެވެ. މިހާރު ހަވީރު ފަހެއް ޖަހާފިއެވެ. ސެހްރިޝްގެ އެދުމުގެ މަތިން މޭކަޕް އާރޓިސްޓެއް ވެސް ނުގެނެއެވެ. ސެހްރިޝް ބުނެފައިވަނީ އޭނާގެ މޭކަޕް ކުރާނީ އޭނާ އަމިއްލަ އަަށް ކަމަށެވެ. ހަތްގަނޑި ބަޔަށް ގަނޑި ކިޔާފައި އޮތުމުން ހައެއް ޖަހާރަށް ތައްޔާރު ވާން ޖެހޭނެއެވެ. ސެހްރިޝް އޭނާގެ ފޯންނެގިއެވެ. އަދި ބަލާލިއެވެ. އޭރު ވެސް އޭނާގެ ލޮކް ސްކްރީންގައި އިނީ އޭނާ އާއި ވާސިލްގެ ފޮޓޯއެކެވެ. އަދި ވެސް ސެހްރިޝް ވާސިލްގެ ފޮޓޯ ބަހައްޓަނީ ކީއްކުރަން ހެއްޔެވެ؟ ސެހްރިޝް ވާސިލް ދެކެވީ ހަޤީޤީ ލޯތްބެވެ. ނަމަވެސް އޭނާ އަށް އަނބުރާ ލިބުނި ކޮންއެއްޗެއް ހެއްޔެވެ؟ ދެރައެވެ. ހިތާމައެވެ. ކެއްސެވެ. ވާސިލް އޭނާ އަށް ވީބޭވަފާތެރިއެވެ.
ލޮލުން އައި ކަރުނަތަށް ފޮހެލާފައި ސެހްރިޝް ލޮކް ސްކްރީން ބަދަލު ކޮށްލިއެވެ. މިހާރު ވާސިލް މަތިން ހަދާން ކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ސެހްރިޝް އަވަހަށް ވަނީ ފެންވަރާށެވެ. ގަނޑި ކިޔާފައި އޮވެފައި ލަސްވާކަށް އޭނާ އެއް ނޭދެއެވެ.
ފެންވަރައި ހަދައިގެން އުނަގަނޑާއި ހިސާބަށް ތުވާލި ކޮޅެއް އައްސާލާގެން ހުރި އާކިފްގެ ކަޝްރަތީ ހަށިގަނޑުގައި އޭރުވެސް ދިޔައީ އިސްތަށިގަނޑުން ޖަހަމުން ތިޔަ ފެންތިކިތަށް ކޭއްތެމުންނެވެ. ހެއާރް ޑްރައާ އިން އޭނާ ދިޔައީ އޭނާގެ އިސްތަށިގަނޑު ހިތްކަމުންނެވެ. އޭނާގެ ހިތް ދިޔައީ ތެޅެމުންނެވެ. އިސްތަށިގަނޑު ހިތްކާފައި އާކިފް އޭނާގެ ހިތާ ދިމާއިން އަތް ޖައްސައްލާލިއެވެ. އޭރު އޭނާގެ ހިތް ހީވަނީ މޭކަށިގަނޑު ފަޅާލާފައި ނުކުމެދާނެހެންނެވެ. ދެތިން ފުންނޭވާ އެއް ބޭރުކޮށްލާފައި އާކިފް އަވަސް ވެގަތީ ތައްޔާރު ވުމަށެވެ.
ބާލީސް ތެރެއަށް ހަޅޭ ލަވާނިއްމާލާފައި ސެހްރިޝް ބާލިސް ބޭއްވިއެވެ. އޭރު ވެސް އޭނާގެ ލޮލުން ދިޔައީ ހުއްޓުމެއް ނެތި ކަރުނަ އަންނަމުންނެވެ. އޭނާ އަށް ރޮވެނީ ކީއްވެ ކަމެއް ނޭނގެއެވެ. ހަމަ ރޮވެނީއެވެ. ގަދަކަމުން ރުއިން ހުއްޓާލާފައި އަވަހަށް ކައިވެންޔަށް ހާއްސަ ކުރެވިފައިވާ ހެނދުން ލުމައްފަހު ސެހްރިޝް މޭކަޕް ކުރަން ފެށިއެވެ. ކުޑަ ފައުންޑޭޝަން ކޮޅެއް އުގުޅާލާފައި ބްލަޝް ކޮޅަކާއި އެއްޗެހި އުނގުޅާލާފައި އޭނާ މޭކަޕް ކޮށްނިއްމާލިއެވެ. އިސްތަށިގަނޑު ވެސް ސިމްޕަލް ގޮތަކަށް ހަދާލިއެވެ. އެއްކޮށް ތައްޔާރުވެ ނިމިފައި އޭނާ ގަނޑި ބަލާލިއެވެ. އޭރު ހަތްގަނޑި ބައިވާން އިނީ ފަނަ ވަރަކަށް މިނެޓް އެވެ. ސެހްރިޝް އާކިފް އަށް މެސެޖް ކޮށްލިއެވެ.
“އަންނަންތަ ތިއުޅެނީ..؟” އިރުކޮޅެއް ތެރޭގައި އާކިފް އެއަށް ރިޕްލައި ދިނެވެ.
“މިނުކުތީ..” މެސެޖް ބަލާލާފައި ސެހްރިޝް ފުން ނޭވާ އެއް ބޭރު ކޮށްލިއެވެ. އިންޝާﷲ މިކައިވެނި މިކުރެވެނީ އޭނާގެ ވެސް ރަގަނޅަކަށެވެ. އާކިފް އަށް ވެސް ރަގަނޅަކަށެވެ. އެހެންމަ ދެރަވާނެ ކަމެއް ނެތެވެ. ކޮންމެ ކަމެއްގެ ފަހަތުގައި ވެސް ރަގަނޅެއް އޮވެއެއް ނޫންހެއްޔެވެ؟
“ދެން ޖައިލަމް ބުނެބަ ޑޮކްޓާރ ބުނީ ކީކޭތަ..؟” ޖައިލަމްގެ މޫނަށް ބަލަން ހުރެ ޒާޔާ ޝަކުވާ ކޮށްލިއެވެ. ޖައިލަމް އަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާ އަށް ދުލާހަމަޔަށް އެވާހަކަ ގެންނާކަަށް ހިތްވަރެއް ނުލިބެއެވެ. ޒާޔާ ދެރަވާނެ ކަން އެނގޭތީއެވެ. ޒާޔާ ދެރަކޮށްލާކަށް އޭނާ ބޭނުމެއް ނޫނެވެ. ޖައިލަމް އަށް ޒާޔާ އާއި މެދު ބޮޑަށް ހަމްދަރުދީވެވިގެން އޭނާ ޒާޔާ އޭނާގެ މެޔާލައި ބޮނޑި ކޮށްލިއެވެ.
“ކީއްވެތަ އަހަރެން ކާރީ ނުބުނަން ތިއުޅެނީ..؟” ޒާޔާ އަނެއްކާ ވެސް އަހާލިއެވެ.
“ޒާޔާ އަކަށް ކަމެއް ނުވޭ..” ޖައިލަމް ދޮގުހެދިއެވެ. މިގަނޑިއަށް ފުދޭނީ އޭރުންކަން އޭނާއަށް އެނގެއެވެ. ޒާޔާގެ މުޅި ދިރިއުޅުން އެފުއްމިފުށަށް ޖެހިގެންދާކަށް އޭނާ ބޭނުމެއް ނޫނެވެ. އެކަމު މިހާރު އެވަނީ އެހެން ވެފައެވެ.
ޑަކްޓާރ އޭނާ ކާރީ ބުނެފައިވަނީ ޒާޔާ އަށް ޖެހިފައިވާ ބައްޔަކީ ވަރަށް ޓްވެންޓީސް ގައި އުޅޭ ކުދިންނަށް ޖެހެން ވަރަށް ރެއާރ ބައްޔެއް ކަމަށެވެ. ނަމަވެސް މިހާރު ޒާޔާ އަށް ވަނީ އެބަލި ޖެހިފައެވެ. “އަލްޒައިމަސް” ޑިސީޒް އަކީ މީހާގެ ސިކުނޑި އާއި ކުޅެލާ ހަދާން ބަލިކޮށްލާ ބައްޔަކެވެ. ކިތައްމެ ކުޑަކަމެއް ވެސް އަދި ކިތައްމެ ބޮޑު ކަމެއްވެސް ހަދާނުން ފިލާފާނެއެވެ. ހަމަ އެފަދައިން ތިމާގެ “ޕާރސަނަލިޓީ” އަށް ވެސް އެތަކެއް ބަދަލެއް އައިސް ދާނެއެވެ. މި ބަލި ޖެހޭތާ އެއްމަސް ނުވަތަ ހަފްތާތަކެއް ފަހުން ބަލީގެ ބޮޑު އަސަރު ބޭރު ފުށުން ދައްކަން ފަށާނެ އެވެ. ގިނަގިނައިން ބޮލުގަ ރިއްސުމާއި، ތިމާ ވާހަކަ ދައްކާ ބަހުރުވައިގެ ބަސްތަކުގެ މާނަ ނޭނގި ވިސްނުން ކޮށިވުންވެސް ހިމެނެއެވެ.
މިހުރިހާ އަލާމާތް ތަކެއް ދަނީ ޒާޔާގެ ފުށުން ފެންނަމުންނެވެ. ޑަކްޓާރ ބުނެފައިވާ ގޮތުންނަަމަ އޭނާ އަށް މިހާރު ވަނީ ވަރަށް ބޮޑުވަރި ވެފައެވެ. މިބައްޔަށް ޝިފާ އެއް ނެތްކަމަށް ޑަކްޓާރ ބުނެފައިވަނީ ހިތާމައާއި އެކުއެވެ. ޖައިލަމްގެ ހިތް ވަނީ މުޅިން ހަލާކުވެފައެވެ. އެހާ ޒުވާން އިރު ޒާޔާ ވަނީ ބައްޔެއް ޖެހިފައެވެ. އަދި އެއީ އެބައްޔަކަށް ޝިފާ އެއް ނެތެވެ. ހުރި ހިތާމެއްގެ ބޮޑު ކަމާއެވެ. ޒާޔާ އަށް މިވާހަކަ ބުނެދޭނީ ވެސް ކިހިނަކުން ހެއްޔެވެ؟
“ތައްޔާރު ވާން ދޭ.. ޕާޓީ އަށް ދާކަށް ބޭނުމެއް ނޫންތަ..؟” ދުރުވެލަމުން ޖައިލަމް އަހާލިއެވެ. ޒާޔާ ދާން ބޭނުމޭ ބުނެ ވަނީ ފެންވަރާށެވެ. އެނދުގައި އިށީންދެ ޖައިލަމް އޭނާގެ އިސްތަށިގަނޑުގައި ހިފާލިއެވެ.
ވަގުތު ކުޑަތަން ވަމުން ދިޔަވަރަކަށް އާކިފްގެ ހިތުވިންދު ދިޔައީ އަވަސް ވަމުންނެވެ. އޭނާގެ ހިތް ބިރުގަންނަ ވަރަކުން އޭނާ ހިތަށް އެރިއެވެ. ކައިވެނި ކުރާ ކޮންމެ މީހަކަށް ހަމަ މިވަރު ވޭ ހެއްޔެވެ؟ ކޮންމެ ގޮތެއް ވިއަސް ދެން އަނބުރާ ދެވޭކަށް ނެތެވެ. އާކިފް އޭނާ އިން ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ. ކުޑަ މޭޒެއް ކައިރީގައި އޭނާ ކުރިމަތީގައި އޭރު ގާޒީ އިނެވެ. އާއިލާ އެހެންމީހުން ވެސް ތިއްބެވެ. ކައިސާން ވެސް އިނެވެ. މޭޒުމަތީ ވަނީ މަޑު ނޫކުލައިގެ ފޮތި ގަނޑެއް އަޅައި މޭޒު މެދުގައި ކުޑަ ވާސްއަކަށް ޕްލާސްޓިކް މާތަކެއް ބަހައްޓާފައި ހުއްޓެވެ. ކޮޓަރިތެރޭގައި ވެސް ވަނީ ނޫކުލައިގެ އެކި ޝޭޑް ތަކުން ހުރި މާފަތި ދަމާފައެވެ. ރީންދޫކުލައިގެ ފެއަރީ ލައިޓްތަށް ވަނީ ފާރުގައި ތައްކޮށްލެވިފައެވެ.
ސެހްރިޝް އިނީ ކައިވެނި ކުރެވެސް ހާއްސަ ކުރެވިފައިވާ ކޮޓަރި ދޮރުމަތީއެވެ. އޭރު ވަދީފާ އާއި އޭނާގެ މާމަގެ އިތުރަށް ތާރާ ވެސް ހުއްޓެވެ. ތާރާ ހުރީ އޭނާގެ ޕާޓީ ހެދުމުގައެވެ. މާމަ އާއި ވަދީފާ ވެގެން ސެހްރިޝް އަށް ނަސޭހަތްދިނެވެ. ސެހްރިޝް އަށް އޭރު ހަމައަކަށް ނޭވާ އެއް ވެސް ނުލެވެއެވެ. އޭނާގެ އަތްފައި ތުރުތުރު އަޅަނީއެވެ.
ވަދީފާ އާއި މާމަ ބުނީ ސެހްރިޝް އާއި އެކީ އެކޮޓަރިއަށް ވަންނާނީ ތާރާ ކަމަށެވެ. އެހެންކަމުން ތާރާ ވަރަށް އުފާވިއެވެ. އޭނާ ސެހްރިޝްގެ އއަތުގައި ހިފާލާފައި ބިރުނުގަތުމަށް އެދުނެވެ.
“ބިރުނުގަނޭ.. އިޓްސް އޯކޭ.. ހަމަ ޖެހޭ ބްރީތް..” ސެހްރިޝް އާއި އެކީ ތާރާ ވެސް ދެތިން ފަހަރަކު ފުންނޭވާތަކެއް އެތެރެކޮށްލިއެވެ.
“އައިމް ޖަސްޓް ސޯ ހެޕީ ފޯރޔޫ..” ތާރާ ލޮލުން އައި ކަރުނަތަށް ފޮހެލަމުން ސެހްރިޝް ގައިގައި ބައްދާލިއެވެ.
“ދެން ހިގާދާން.. މިހާރު އެއްމެން ތިބޭނީ ލަސްވެފަ..” ސެހްރިޝް އާއި ދުރުވެލަމުން ތާރާ ބުނެލިއެވެ. ސެހްރިޝް ވެސް ބޯޖަހާލާފައި ތާރާގެ އަތުގައި ހިފާލިއެވެ. ދެމީހުން އެއްކޮށް ކޮޓަރިއަަށް ވަނެވެ.
ދޮރު ހުޅުވުނު އަޑަށް އާކިފް ވެސް އިސްތިރި ކޮށް ބަލާލިއެވެ. އޭނާގެ ދެލޯ ބޮޑުވިއެވެ. ސެހްރިޝް ފެންނަލެއް އެހާ ވެސް ރީއްޗެވެ. އެހާ ވެސް ހިތްގައިމެވެ. އޭނާ ލައިގެން ވަރަށް ސިމްޕަލް އެކަމު އެހާމެ ރީތި ހެނދުމެކެވެ. ހީވަނީ ޕްރިންސެސް އެއް ހެންނެވެ. ހުދުކުލައިގެ ހެދުމުގައި ސެހްރިޝް ފެންނަނީ ދުނިޔެމަތީ އެހެން ފަދަ ކަމެއް ހެންނެވެ.
ސިލްކް ފޮތީގެ އެހެދުމުގެ އަތްވަނީ ފުއްޕާލެވިފައެވެ. ސުޗްއާރް ނެކް އެއް އިނީރު ސެހްރިޝްގެ ދޮން ކަރު އޮތީ ހާމަ އަށް ފެންނާށެވެ. ފައި ފޮރުވޭރަވަރަށް ދިގުކޮށް އެހެދުން އޮތީރު ވަތް ފަސްބައެކެވެ. އެއްވެސް ޑިޒައިން އެއް ނެތެވެ. ސެހްރިޝްގެ މޫނުމަތި ފެންނަނީ ވިދުންގަދަ ކޮށެވެ. ތުންފަތުގައި ޖައްސާލެވިފައިވަނީ މަޑު ފިޔާތޮށި ކުލައިގެ ލިޕްސްޓިކް އެކެވެ. ލޮލުގައި ވަނީ މަޑު މަށި ކުލައެއް ޖައްސާލެވިފައެވެ. އަދުން އަޅާލެވފައިވީރު އެދެލޮލުގެ ތޫނުކަން އިތުރެވެ. އިސްތަށި ގަނޑު އޮތީ ރީތި ގޮތަކަށް އެކަމު ދޫ ހުޅިއަކަށް އަށްސާލެވިފައެވެ. އިސްތަށިގަނޑުގައި ކުދި ކުދިމާތަކެއް ޖަހާލެވިފައިވީރު ފަޅުފިލުވާލައެވެ.
ސެހްރިޝް އައިސް އާކިފް ކާރީ އިށީނީރު ވެސް އާކިފް އަށް ހަމަ ހުރެވުނީއެވެ. ސެހްރިޝްގެ ރީތިކަން މިރޭ ދެގޮނަ އިތުރެވެ. ހީވަނީ ފަލަކުން އުފުރާލައިގެން ގެނެސް ހުރި ތަރި އެއް ހެންނެވެ. އެހާ ވެސް ފުރިހަަމައެވެ.
ދެމީހުންގެ ކައިވެނި ކުރެވުމުން ދެއާއިލާގެ މީހުން އުފާ ފާހަގަ ކުރިއެވެ. ކޮންމެ މީހަކު ވެސް އައިސް ސެހްރިޝް ކާރީގައި ވަރަށް ރީތިކަމަށް ބުނެލައެވެ. އާކިފް ވެސް ސެހްރިޝް ކާރީ އެހެން ބުނެލިއެވެ. ސެހްރިޝް ވެސް ރައްދުގައި އޭނާ ވަރަށް “ހޭންޑްސަމް” ކަމަށް ބުނެލިއެވެ. އާކިފްގެ ތުންފަތް މައްޗަށް ވެރިވީ ހިނިތުންވުމެކެވެ.
އެއްމެން ވެސް ދެން ނުކުތީ ޕާޓީ ހޯލް އަށެވެ. މުޅި ތަން ހީވަނީ ކާސަލް އެއް ހެންނެވެ. އެހާ ވެސް ރީއްޗެވެ. އެކިތަންތަނަށް ނޫކުލައިގެ މާބޮޑި ޖަހައިފައި ވީރު ރީންދޫ އަދި އޮރެންޖް ކުލައިގެ ބޮކިތަކުންވަނީ މުޅިތަނަށް ފަނޑު އަލިކަމެއް ވެރިކޮށްލާފައެވެ. އާކިފް އާއި ސެހްރިޝް އެދެމީހުންނަށް ހާއްސަ ކުރެވިފައިވާ ސްޓޭޖް ކޮޅަށް ދިޔައެވެ. ދޮރު ކާރީގައި ދެމީހުން މަޑުކޮށްލައިގެން ހުރީ މެހެމާނުންނަށް މަރުހަބާ ކިޔުމަށެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
57 Comments!
Comments are closed.







V reethi mi part
Congratulations 🎊 newly couples sheex ge faraathun
Mi part kiyaaleeiru heevee hama story therey idhevunuhen
Mi part kiyaalaafa mihaaru igehjje party ge theme akah nagaane kula
When next?
LY & TC MUXO
Thank you!!
Hehe!! muxo heeh kuree vhk mi part ehaa reethi nuvaane kamah!!
Next part ves v avahah IA!!
Love you too You also take care Sheex!!
Mi part vx vrh reethi MA! 😍
Zaaya bali vee eyy he’ll nahh 😭
Layaan how dare you????? 🙄
Don’t do anything to Sehrish and Aakif 😤
Sehrish! vaasil kahala beyvafaa theriakah karuna naalha
Sehrish and Aakif vrh Loabi dhekudhin MA 💝
Alheyy haadha dhera gothekey Zaaya ah evyyy 😥
Zaaya ah ingihjehya Adhi kihaa dhera vaane 😭
Wedding in Zaaya fenunyma Aakif ah Kihineh baa vany
Aakif and sehrish hurihaa kameh vx rangalhu vaane IA
Curiously waiting for the next part when’s next??
Lyyy and Tc gurll 💗
Happy to know that you enjoyed this part!!
Yes zaaya bali v dhw!!
Next part ves v avahah IA!!
Love you too!! You also take care!!
Btw muxo do you use just talk?
Yesss!!
Ehkala soru ge I’d libihje tha MuXo
Heevey vrh hot soreh hen dhw 😀
Alhey e story foni body kamun bunee thimannayaa vhk dhahkan beynun vaanee muxo thaa ey.. ehenma vhk dhahkan social media suggest kuranee thimannao.. he recommend Plato. E nethiyyaa download kuraashoa ves bunefi!
His id: Vernon_22
E soru*
Nulibe!! Fathihu balaaleeru konme ves ehen rudi eh innanee follow kohffa!!
IDC!!
@Fav bab!!
Esoru kaaree buney hadhaan nahthaalaashey!!
Muxo Avahah add kurey plato in
No!!
Kon rasheh ge soreh tha?
@Fav bab!!
Esoru kaaree buney faharehgaa miadhu haveeru noonee mirey eyy!! FAHAREHGAA!!
Request fonuvanee??
Muxoo Esoraah ekee relationship eh start kureba! Hih kyeyy buneema you need to give a chance if he cheat on you jusss Broke up!🥀
From what?? Insta???
Plato dude! Insta in ebbaheh nuvi
Maasha Allah 💜🥀
Muxo Vrh Vrh Reethi Ur tales..🤍🥀
I appreciate you a lot and lot my Baby Gurll!
What happened to Xayerr? Alzheimer Ah diagnostic vee So sorry for herr..🥀🤍
Ekam..Jailam Haadha vx ragalhu caring for her
Wowowow 😮 Akif & Sehrish So so cute 🥰🥰
Layaan don’t you dare harm them ??plxx 🥹
This is my Last cmnt!! I couldn’t Cmnt ever again after the Term test ! BTW,if I get a free time I’ll try to at least read Ur tales..🫶❤️🥹
Miss You 🥹🫶❤️🥀
When’s next? 🎀🥀
LYsm & Tkc of Yourself, Nice one !!
Glad you liked this part aswell!!
Lets see what happens to them dhw!!
OH NO!! I will miss you too!!
Get good marks from your tests okayy!! study well!!
Next part ves V avahah IA!!
LOVE YOU MORE!!
YOU ALSO TAKE CARE!!
Btw!! I’m not going to get into a relashionship with ANYONE!!
This for the comment that is on pending!
@Roohaan
IDC!! And I’m not that desperate!!…LMAO
Hey muxo…. ehn v ma u I aa ehvaru dhoa…. I ah vx 15 vaanee mi aharu….. I beynun theena aa friend and vaan…. theena kon rasheh tha….. okay public v ma nubunyyas beynun nethihyaa….. I ah vx mi thaaku nubuneveyne…. I thought you are boy furathama… dhn fahun inguny girl eh kan… muxo kiyaa thee…. no offense ingey….
Heyy girll!
I’m from m.kolhufushi!
Muxo is a girl name!!
I would love to be friends with you!!
Muxo can u give me ur just talk id
Wait okayy!!!
Ok
Kobaa
How’d you know bros name roohaan??
Your fav Bab guess who Am I?🫶❤️
Hint dhey! Hurelaafa guess kuraashey bunyas I vrh dumb vaane ingey..😅 Guess dhimaa kohffiyya koacheh libeyne??
I suspect you for somebody ukk👀
Roohaan tha kiyany?
Bro ah
Yeah my bros name is roohaan..
Btw who ru?
Someone
Then bunebaaaaaa!!!
Muxo I’d plss
Nahh
Mi part ves varah reethi . alhey zaaya bali veetha. Akif and sehrish so cute. Curiously waiting for next part???
Muxoo..I hearted that kolhufushi Girl are very beautiful isn’t it?🎀🥀
So it is true when I see Ur pro I was Astonished by seeing you!
Is it you or pinter pic??🥹🫶
Just wanna know!!!!
ANSWER ME!!🥹
Muxoo…Mi eee cer ge official id
Eyyyy!!! I also heard e rashu kudhin reethi vhk! Apparently they have hot body tea oa🙊
Ehen! G.dh Atoll Gurlls too?? Tell me plxx..
My cousin from there is too pretty 😍😍
ANSWerr ME @Ehem
Keekey kiyan v???
Mi part ves varah reethi
..
..
Love yahhh.!!❤️
..
..
Mioh chat thakeihdhw ekamakuvaa😆😭
Emmen I’d bahanyyaa alhuga ves add kohbba alhe😭
‘faathhimaa.aaa’ meenee I’d Insta ..if U have insta follow me pleasee
Ehem!☝️☝️Look the up and See it!
Shaba_73 and sheex same person??
Nahh
Shaba You’re a one making bachelor or going school a student? Jussst Asking..
Muxoo pinter send baa??
I’d ingeyy …
school 😊
Dammnnnnn. Hehe nikan balaaba mi oh comment Thakeh.
MuXo buneba U ge aslu Nan. I dhnnamey M.Kolhufushee kujjeh. Eyrunn that ahaa levenee vx. R ingeny vx thee ekujjaa noon Kamehameha vx. Buneba ingey U ge real name.
Okay tha anekka U ????????.
U guys ge island buneba?????
Guys????????????