ހަޔާތަށް ވި ބޭވަފާ
• ތުބުޅީގެ ވިދުން ގަދަ ޅަ ފުރައިގެ ޒުވާނާގެ ހަޔާތުގެ ކޮންމެ ދުވަހަކަށް ވެސް އަލި ވިލެނީ ބަރިބަރިއަށް ޖަހާލެވިފައިވާ މަހާނަ ގާތަކެއްގެ ހިޔަނީންނެވެ. ފަތިހުގެ ފިންޏާ ކޮންމެ ދުވަހަކުވެސް މި ޒުވާނާ ބައްދަލު ކުރަނީ އަތުގެ އިނގިލިތަކުން ފޮހެލާ ރަން މުތްތަކެއް ފަދަ ކަރުނައިގެ ތިކިތައް ފޮހެލަމުންނެވެ. ވަށައިގެންވާ މާހައުލަށް ބަލައިލިޔަސް ފެނިގެންދަނީ ފަސްދާނު ލެވިފައިވާ ލޯބިވެރިޔާގެ މަހާނައިގެ ޖަޒުބާތީ އިހުސާސްތަކެވެ. ޒުވާނާގެ އުމުރުގެ ބާކީ ދުވަސްތަށް ހެދަކުރާނީ މި ހިތްދަތި އިހުސާސް ތަކައިގެން ބާއޭ ސުވާލުކުރާ މިހުން މަދެއްނޫނެވެ..
ޔަޒީދަކީ އޭނާގެ މައިންބަފައިންގެ ހަޔާތުގެ އެންމެ އަލިގަދަ ނޫރޭ ބުންޔަސް ދޮގަކަށް ނުވާނެއެވެ. މުޅި އާއިލާގާ ތިބި ތިން ކުދިންގެ ތެރެއިންވެސް އެންމެ ހައިބަތާއި ގަދަރު ލިބިގެން ވަނީ ޔަޒީދަށެވެ. އޭނާ އަކީ ހަށިަނޑުގެ ހަން ދޮން ޅަފުރައިގެ ޒުވާނެކެވެ. ޔަޒީދުގެ ފިރިހެން ވަންތަ ހަށިގަނޑަށް ފާރަ ނުލާ ފަތް މުންޏެއް މިރަށަކު ނެތެވެ.ހިތްކިޔާ އެތަކެއް ސިފަތަކެއް އޭނާގެ ހަށިގަނޑުގެ ބޭރު ފުށުން ވެސް މިވަގުތު ފެންނަން އެބަހުއްޓެވެ. ޔަޒީދުގެ ހިތުގެ ރަނިކަން ހޯދުމަށް ކަޅި ޖަހާނުލާ ބަލަމުން ދާ އަންހެން ކުދިން މަދެއް ނޫނެވެ. ނަމަވެސް އިއްޒަތާއި ޝަރަފުން ފުރިގެން ވާ،ގާނޫނީ ވަކީލެއްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ޔަޒީދް އަދާކުރަނީ ތެދުވެރިކަމާ އަމާނާތްތެރިކަމާ އެކުއެވެ.
ދުވަސް ވަރަކީ ސަރުކާރު ބަންދު ދުވަސްވަރެކެވެ. ޔަޒީދުގެ ގެއާއި އިންވެގެން ހުރި ގޭގައި ދިރިއުޅެމުންދަނީ އޭނާގެ ހިތުގެ ރަނި ކަމަނާ ޝިރަންއެވެ. އާދައިގެ މަތިން ކޮންމެ ދުވަހަކު އިރު އަރާ މަންޒަރު ބެލުމަށް ޝިރަން އަތިރި މައްޗަށް ދެއެވެ. ތަރުތީބުން ގަތާ ލެވިފައިވާ ޝިރަން ގެ އިސްތަށި ގަނޑު ދިޔައީ ވައިގެ ތެރޭގައި ވިހުރެމުންނެވެ. ރަށުގެ ރިހިވެލި ތުނޑީގައި އިށީނދެލައިގެން އިން ޝިރަންގެ ލޫޅާފަތި ހަށިގަނޑަށް ފާރަލާނެ ދަނޑިވަޅަކަށް ޔަޒީދު ދަނީ ބަލަމުނެނެވެ. އިރުގެ ރަން ދޯދި ތައް ޝިރަންގެ މޫނުގައި ބީހެމުން ދިޔައިރު ،ޔަޒީދުގެ ލޭ ކެކެމުން ދިޔައީ އިޝްޤީ ލޯބީގެ ޖާދޫވީ ފަރި ހަރަކާާތް ތަކުންނެވެ. ޝިރަންގެ ހިމަހިމަ ލޯބި ލޯބި އިނގިލިތައް ވެލިގަނޑުގައި ބީހެމުން ދިޔައިރު ،ޔަޒީދުގެ ހިތް ބުނަމުން ދިޔައީ ،އެ އިނގިލި ތަކުގައިވެސް ލޯބީގެ އިޝާރާތެއް ވާ ކަމަށެވެ. ވީވެސް ހަމައެހެންނެވެ. ތަޤްދީރުގެ މައްޗައް ތަދުބީރަކަށް ބާރެއްނެތެވެ. ލެޔާއި ހިތާއި ވިންދާ ގުޅިފައިވަނީ ދިގު އިންތިޒާރެއް ނެތިއެވެ.
ދެ ފަރާތަށް ވިހުރެމުން ދިޔަ ޝިރަންގެ އިސްތަށިގަނޑު ގައި ޔަޒީދު ފިރުމާލީ ލޯބީގެ އުއްމީދީ ހުޅުކޮޅު ރޯކުރުމަށް ޓަކައެވެ. ފަލަކުގައިވާ ހަނދު ފަދައިން ޝިރަންގެ ލަދުރަކި ހިނިތުން ވުމުގެ މަސްތުގައި ޔަޒީދް ވަނީ ހަމަ ރަނގަޅަށް ވެސް ޖެހިފައެވެ.
ޔަޒީދުގެ ހަޔާތުގެ ރަނި ކަމަނާގެ އަތުގައި ބޮސް ދިނީ ލޯބީގެ ފަލްސަފާއެއް ފެށުމުގެ ނިޔަތުގައެވެ. ފަތިހުގެ ދުން ފިނީގެ ތެރޭގައި ދެމީހުން ލޯބި ހާސިލް ކުރަމުން ދިޔައީ ، ވައިގެ ތެރޭގައި ސަލާމުގެ އަތް ހޫރަމުން ނެވެ. އެތައް އިރެއް ވަންދެން ޝިރަންގެ މޫނަށް ބަލަން އޮތް ޔަޒީދުގެ ހަަމަ އެކަނި ސުވާލަކަށް ވީ ، “އަސްލުވެސް އަހަރެންދެކެ ލޯބި ވޭތަ “ މިފަދައިން ޝިރަން ގާތު އެހުމެވެ. މޫނުމަތިން ލަދުރަކި ހިނިތުން ވުމެއް ފެންނަމުންދިޔަ ޝިރަން އާއެކޭ ބުނުމަށް އިސްޖަހާލި އެވެ.
ލޯބީގެ މަތިވެރި ޝުއޫރުތައް ފާު ކުރުމަށް ފަހު ދެ މީހުން ގެޔާ ދިމާލަށް މިސްރާބު ޖެހީ، އެ ޖާދޫވީ ފަތިސް ހެކިކުރުމަށް ފަހުއެވެ. އުފަލާ އަރާމުގައި ލޯބީގެ ވަސްމީރު ބަގީޗާއިން މާފޮޅުވުމަށް ފަހު އެދުވަސް ނިމިގެން ގޮސްފިއެވެ.
ޖެހިގެން އައި ދުވަހުގެ ވެސް ފަތިހުގެ ވަގުތެވެ. ލޯބީގެ މަސްތުގައި ޖެހިފައިވާ ޔަޒީދް އަވަސްވެގަތީ ޝިރަން އާއި ބައްދަލު ކުރުމަށް މިއަދުވެސް ތުނޑިއާ ދިމާލަށް މިސްރާބު ޖެހުމަށެވެ. މަލަކު ނެތްހާ އެ މީރުވަސް ޔަޒީދުގެ ހަޔާތަށް ގެނުވި ރަނިކަމަނާ އާއި ދުރަށް ދާން ޔަޒީދުގެ ހިތް އެންމެ ހިނދުކޮޅަކަށް ވެސް ނޭދެއެވެ.
ދުން ފިނީގެ އުޖާލާ ފަތިސް ހުރަސްކޮށް ، ދިލަ އަވީގެ ދޯދިތަށް ޔަޒީދުގެ މޫނަށް އެޅެން ފަށައިފިއެވެ. ނަމަވެސް މިއަދު ޝިރަންގެ ޖާދޫވީ ހިނިތުންވުން ބަލައިލާނެ ފުރުސަތެއް ޔަޒީދަކަށް ނުލިބުނެވެ. އެތައް އިރެއް ވީ އިރުވެސް ޝިރަންގެ ހިލަނމެއް ނުވިއެވެ. ގެއާ ދިމާލަށް ދިއުމަށް ޔަޒީދް މިސްރާބު ޖެހީ ، އަދި ޝިރަންއާ ބައްދަލު ވާނެ ކަމަށް އުއްމީދު ކުރަމުން ނެވެ.
ގެއަށް ވަންނަނިކޮށް ޔަޒީދުގެ ހިތަށް ސިހުމެއް ލިބުނީ ” ޔަޒީ “ އޭ ކިޔާފައި މީހަކު ގޮވާލި އަޑަށެވެ. އެއީ ޝިރަންގެ ޖާދޫވީ ތޫނު އަޑެއެވެ. ޔަޒީދުގެ ހިތަށް ލިބުނީ އުފާވެރިކަމުގެ ވިނދެކެވެ. އަހަރެންގެ ޙަބަރެއް ވޭތޯ އިންތިޒާރު ކުރިކަން އެނގޭ ވާހަކަ ޝިރަން ބުނޏެވެ. އެތަށް އިރެއް ވަނދެން ވާހަކަ ދައްކަން ތިބުމަށް ފަހު ޝިރަން ގެއަށް ވަނީ ، އެރަށުގެ ރަނިން ހަނާ ފެންގަނޑަށް ހަވީރު އައުމަށް އެދި ދައުވަތު ދެމުންނެވެ.
ހެނދުނުގެ ސައިބުއިމަށް ފަހު ޔަޒީދު އަވަސްވެގަތީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ،މިފްޒާލްގެ ދައުވަތަށް އިޖާބަ ދިނުމުގެ ގޮތުން އޭނާ އާއެކު ކޮފީއަކަށް ދިއުމަށެވެ.މިފްޒާލް އަކީ ރަށުގެ ބޮޑު ވިޔަފާރި ވެރިއެކެވެ. ދެ މީހުން ވާހަކަ ދައްކަމުން ގޮސް ، އެންމެ ފަހު ކަމަކަށް މިފްޒާލް އެދުނީ އޭނާގެ ކުންފުނީގެ ވަޒީފާއަށް ޔަޒީދު މާލެ ދިއުމަށެވެ. ނަމަވެސް ޔަޒީދުގެ ހަޔާތުގެ ރަނި ކަމަނާ އާއި ދުރަށް ދާން އޭނާގެ ހިތެއް އެންމެ ހިންދުކޮޅަކަށް ވެސް ނޭދެއެވެ.
އެތައް އިރެއް ވަންދެން ވިސްނަން އިން ޔަޒީދުގެ އެންމެ ފަހު ނިންމުމަަކަށް ވީ އެ ތޮއްޖެހިފައިވާ މާލޭގެ ބިމަށް އަނބުރާ ދިއުމެވެ. ނަމަވެސް އޭނާ ހަމަ ޔަގީނުން ވެސް އެ ނިންމުން އެ ނިންމީ ހިތާ ދެކޮޅަށެވެ.ޝިރަން ކަހަލަ އޯގާތެރި ކުއްޖަކު މިޒަމާނުގައި ހޯދަން ލިބޭނެ ހެއްޔެވެ؟. އެފަދަ ސާފު ހިތެއް ގެ ވެރިއެއް ހޯދާނީ ވެސް އަޅެ ކޮންތާކުން ބާއެވެ؟. ޔަޒީދުގެ ހިތުތެރޭގައި ހީވަނީ ކަށިކުނބުރުގެ ކަށި ފަށްޗެއް ދަމާލި ހެންނެވެ. އެންމެ ލޯބިވާ މީހާ އާ ދުރަށް ،ކުއްލި ވަކި ވުމަކުން ދާން ޖެހުމުން އަޅާވޭނީ އިހުސާސް ކުރެވޭނީ ހަމަ އެކަނި އަހަރެންނަށް ބާއޭ ހިތާ ހިތާ ސުވާލުކޮށް ލެވުނެވެ. އެ ކަމާނާ އަށް ޓަކައި އަހަރެންގެ ލޮލުން ފައިބާ ލޭ ކަރުނަތަށް ފޮހެދޭން އަންނާނީ ފަހެ ކާކު ހެއްޔެވެ.
ކޮފީ ނިންމާލުމަށް ފަހު ގެއަށް ދިއުމުން ވެސް ޔަޒީދުއަށް ކުރި މަތިލާން ޖެހިފަ މިއޮތީ އަދި މާބޮޑު އިމްތިހާނަކާއެވެ. ޝިރަން ގާތު އަހަރެންގެ ކުއްލި ވަކިވުމުގެ ވާހަކަ ބުނާނީ ކިހިނަކުން ބާއެވެ. އެ ދުންފިނީގެ ޝާހީ ފަތިސް ތަކާ އަލްވަދާއު ކިޔާނީ ކިހިނަކުން ބާއެވެ. ޝިރަން އާ ވަކިވުމަކީ އަހަރެން ގެ އުފާތަކުގެ ނިމުންބާއޭ ހިތާ ހިތާ ސުވާލު ކޮށް ލެވުނެވެ. ނަމަވެސް މިހާރު މިއޮތީ އަހަރެންގެ ހަޔާތުގެ ބަހާރު މޫސުމަށް ނިމުން އައިސް ފައެވެ.
ދިރިއުޅުމުގައި އަޑިގަނޑަކަށް ފަހު އުސްގަނޑެ އަންނާނެ ކަން ހުދު ޔަޒީދު ވެސް ގަބޫލް ކުރެއެވެ. އެތައް އިރަކު ވިސްނަން އިން ޔަޒީދުގެ ހިތައް ފިނިކަމެއް ލިބުނީ ،ހަވީރު ޝިރަންއާ ވަދާއީ ސަލާމެއް ކޮށް ލުމުގެ ފުރުސަތު ލިބެޭނެކަން ހަނދާނަށް އައުމުންނެވެ.
ދުވަސް ފާއިތު ވަމުން ގޮސް ހަވީރުގެ ވަސްމީރު މާ ބަގީޗާ ފޮޅެން ފަށައިފި އެވެ. ޔަޒީދު އަވަސްވެގަތީ އޭނާގެ ހިތުގެ ރަނިކަން ހޯދި ،ކަމަނާއާއި ބައްދަލު ކުރަން ، އެރަށުގެ ރަނިން ހަނާ ފެންގަނޑަށް ދިއުމަށެވެ. ފެންވަރާ ރީތި ވުމަށް ފަހު ޔަޒީދުގެ ތަރުތީބުން ކޮށާ ލެވިފައިވާ ތުނބުޅި ގަނޑުގައި އަތަރުގެ ބީހުންތައް ބީހީ މަދަކުން ނޫނެވެ . ބޮލުގައި ވާ ފަން އިސްތަށި ގަނޑު ހީވަނީ މޮޅު ކުރެހުން ތެރި އެއްގެ އަތްތެރި މަސައްކަތެއް ހެނެވެ. ގައިގާ ހާކާފައި ހުރި ކޯލާޓަރުގެ ވަސްމީރު ވަހުން މުޅި މާހައުލު ވަނީ ހާސްކަމުގެ ތެރެއަށް ގެނުވާފައެވެ. ޝިރަންގެ އިންތިޒާރުގައި އިން ޔަޒީދު ހީވަނީ ލޯބީގެ މަޖިލީހަކަށް ޙާޒިރުވެ އިންހެންނެވެ.
ޖެހެމުން ދިޔަ ފިނި ވައިރޯޅި ތައް ވެސް ދަނީ ޝިރަން އަންނާނެ ވަގުތަކަށް އިންތިޒާރު ކުރަމުންނެވެ. ޔަޒީދުގެ ކުރި މަތީގައި އޮތް ސާފު ކިރު ފޮދެއް ފަދަ ،ރަނިން ހަނާ ފެންގަނޑު ވެސް ހީވަނީ ،ޝިރަންގެ ޖާދޫވީ ޒިޔާރަތް ކުރާނެ ވަގުތަކަށް އިންތިޒާރު ކުރާހެންނެވެ.
އޮއްސެމުން ދިޔަ އިރުގެ އަލިން މުޅި ފަޒާ ވަނީ އެކި ކުލަތަކުން ފަވާލާފައެވެ. އެތަައް އިރެއް ވަންދެން އިންތިޒާރުގައި އިން ޔަޒީދު ފޯނު ނަގާ ޝިރަންގެ ހަބަރެއް ވޭތޯ މަސައްކަތް ކުރި އެވެ. ނަމަވެސް ފޯނު ވަނީ ނިތްވާ ލާފައެވެ. ލޯބީގެ ވަދާއީ ސަލާމެއް ކުރުމުގެ ނިޔަތުގައި ވަގުތުތަށް ގުނަމުން ދިޔަ ޔަޒީދުގެ މޫނު މަތިން ފެންނަމުން ދިޔައީ މަޔޫސް ކަމުގެ ކުލަވަރުު ތަކެވެ. ހިތުގައި ޝިރަން އާ މެދު އޮތް ލޯބި ހީވީ ފަޒާގެ ތެރެއަށް ފަނޑުވި ހެންނެވެ.މުުޅި ދުވަސް އެ ރަނި ކަމަނާ އަށް ޓަކައި އިންތިޒާރު ކުރިޔަސް ދެން ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ޔަޒީދުގެ ހިތުގައި ޝިރަން އަށް ދީފައި ވަނީ ގުނާ އަގު ނުކުރެވޭނެ ފަދަ ހާއްސަ މަގާމެކެވެ. އެ މަގާމް މުޅި އަބަދަށް ދެމެހެއްޓު މަކީ ޔަޒީދުގެ އަބަދުގެ ވެސް އުއްމީދެކެވެ.
އޮއްސެމުން ދިޔަ އިރެކޭ އެއްފަދައިން އަހަރެންގެ ހަޔާތުގެ އިރު ވެސް އޮއްސުނީ ބާއޭ ހިތާ ހިތާ ސުވާލު ކޮށް ލެވުނެވެ. ނަމަވެސް ޔަޒީދުގެ ހިތްވަރަކަށް ބަދަލެއް ނާދެ އެވެ. ކޮންމެ ވެސް އެއް ދުވަހަކުން އަދި ޝިރަންގެ ލޯބީގެ މަސްތުގައި ޖެހުމަށް ،އެ ރަށުގެ ރަނިން ހަނާ ފެންގަނޑަށް އަންނާނަމޭ ބުނެ ގެއާ ދިމާލަށް މިސްރާބު ޖެހީ އެ ކަމާނާގެ ހާނދާންތައް ހިތު ތެރޭގައި ރަން ކުރުން ފަވާލުމަށް ފަހު އެވެ.
ކޮންމެ ގޮތެއް ވިޔަސް މިއަދަކީ އަކީ ޔަޒީދުގެ ދިރިއުޅުމުގެ އައު ސޮފްހާ އެއް ލިޔަން ފެށި ދުވަހެވެ.ވާނީ ވެސް ހަމަ އެހެންތާ އޭވެ. މާލެ އަށް ދިއުމަށް ފަހު އަލުން ވަޒީފާގެ މަހައުލަށް އައު ހިތްވަރަކާ އެކު މިވަނީ ނިކުންނަން ޖެހިފައެވެ.
ކިތަންމެ ތަނަވަސް އޮފީހެއް ވިޔަސް، އޮފީހުގައި ހޭދަކުރާ ކޮންމެ ވަގުތަކުވެސް ޝިރަންގެ ހަނދާން ތައް ދަނީ ހިތުތެރޭގައި ރަސްކަން ކުރަމުންނެވެ. އޮފީހުގައި ޔަޒީދު އޭނާގެ ޒިންމާތަށް އަދާ ކުރަމުން ދިޔައީ ނުލާހިކު ފުރިހަމަ ކަމާ އެކުއެވެ. ވަޒީފާގެ މާހައުލުގައި އެއް ހަފްތާ ވީ އިރުވެސް ޝިރަންގެ އެއްވެސް ހަބަރެއް ނުވެއެވެ.
ހަފްތާ ބަނދަށް ފަހުއެވެ .ޝިރަންގެ ޖާދޫވީ ދުނެޔެއަށް ވަދެ އިން ޔަޒީދުއަށް ކުއްލި ސިހުމެއް ލިބުނީ މީހަކު ސަލާމް ގޮވާލި އަޑަށެވެ. ކުރި މަތީގައި ހުރީ ޅަފުރައިގެ އަނހެން ކުއްޖެކެވެ.ލައިގެން ހުރި ފިޔާތޮށި ކުލައިގެ ހެދުން ފެނުމުން ހީވަނީ ގަހެއްގައި ފޮޅިފައި އިން ޗާލު ފިނިފެން މަލެއް ހެންނެވެ. މޫނުމަތީގައި ޖަހާ ފައި ހުރި ފުށުގެ ވިދުން ގަދަ ބަބުޅުމުން ޔަޒީދުގެ ހިތް ހީވީ ސާދަ ވިލޭރެއިގެ ފުރިހަމަ ހަނދުގެ އިންތިޒާރުގައި އިންހެންނެވެ. ބޮލުގައި ވާ ފަން އިސްތަށި ގަނޑުގެ ވިދުން ފެނިފައި ޔަޒީދުގެ ހިތަށް ތަސައްލީ އެއް ލިބުނެވެ.
ގޮނޑީގައި އިށީންދުމަށް ފަހު ، ޔަޒީދުގެ އަތަށް ދިއްކޮށްލީ ސިޓީ އުރައެކެވެ. އުރައިގެ ބޭރުގައި އެނބުރި އަންނާނެ ދުވަހަކަށް އިންތިޒާރު ކުރާ ވާހަކަ ލިޔެފައި ވެއެވެ. މީ އަނެއްކައި ކާކުގެ ސިޓީ އެއް ބާއޭ ހިތާ ހިތާ ސުވާލުކޮށް ލެވުނެވެ. ކުރި މަތީގައި އިން އަންހެން ކުއްޖާގެ ސިޓީ އެއް ބާއެވެ. ޔަޒީދުގެ ހިތު ތެރެއިގައި އުފެދެމުން ދިޔަ ސުވާލު ތަކަށް ޖަވާބެއް ލިބޭތޯ ސިޓީ އުރަ ހުޅުވާ ކިޔަން ފެށި އެވެ.
ދުވަހަކު ވެސް ކަލާގެ ހަނދާންތަށް ހިތުން ފޮހެވިގެން ނުދާނެއެވެ. އަހަރެންގެ އިންތިޒާރުގައި ރަނިން ހަނާ ފެން ގަނޑުގައި އެތައް އިރެއް ވަންދެން ވަގުތުތަށް ވޭތު ކުރިކަން ވެސް އެނގެއެވެ. ނަމަވެސް މައިންބަފައިންގެ ނުގަބޫލުގައި ބަައްދަލު ކުރަން އަންނަނީ ކިހިނަކުން ހެއްޔެވެ. ސިޓީ ނިންމާ ލަމުން “ޔަޒީ” އެނބުރި އަންނާނެ ދުވަހަކަށް އިންތިޒާރު ކުރާނެ ވާހަކަ ބަޔާން ކޮށްފައި ވެއެވެ. އަދި އަހަރެންނާ ބައްދަލު ކުރުމަށް ރަށުގެ ރަނިން ހަނާ ފެން ގަނޑަށް އައުމަށް ވަނީ ދައުވަތު ދީފައެވެ.
ޔަޒީދުގެ ލޮލު ތެރެއިގައި ދިޔައީ ކަރުނައިގެ ތިކިތައް ޖަމާ ވަމުންނެެވެ. ގޮނޑީގައި އެތައް އިރެއް ވަނދެން ހިނދެމިލައިގެން އިން ޔަޒީދު އަށް އައު ހިތްވަރެއް ލިބުނީ ،ކައިރީގައި ހުރި އަންހެން ކުއްޖާގެ ތޫނު އަޑު ކަންފަތުގައި ޖެހުމުންނެވެ. މީ އަނެއްކާ އިޝްޤު ބަލީގެ ހާކިމެއް ބާއޭ ހިތާ ހިތާ ސުވާލު ކޮށް ލެވުނެވެ. ” ތިހާ ވަރަށް ވިސްނާކަށް ނުވާނެ “ އެ ކުއްޖާ ބުންޔެވެ. ޔަޒީދުގެ ހިތުގައި އެ ކުއްޖާ އަށް ޖާގަ އެއް އޮތީ ބާއެވެ. ނޫނެކެވެ. އަހަރެންނަކީ ހަމަ އެކަނި ޝިރަންގެ މީހަކީމެވެ. އެ ކަމަނާ އެއް އަހަރެން ދުލެއް ނުކޮށްލާނަމެވެ.
ޔަޒީދުގެ ލޮލުން ފައިބަމުން ދިޔަ ކަރުނައިގެ ތިކިތައް ކަރުގައި އަޅާފައި އޮތް ޓައިން ފޮހެލިއެވެ. އަދި ކައިރީގައި އިން އަންހެން ކުއްޖާގެ މޫނަށް ބަލައިލުމަށް ފަހު ތީ ކާކުތޯ ސުވާލު ކުރި އެވެ. އަހަރެންނަކީ ޔަޒިދުގެ އެސިސްޓަންޓް މިއަދުން ފެށިގެން އަހަރެން މަސައްކަތް ކުރާނީ މި އޮފީހުގަ އޭ ބުނު މަށް ފަހު ،ޗާލު ހިނިތުން ވުމެއްގެ ސަލާމުން ކޮޓަރިން ނިކުތެވެ. އެ ނާޒުކު ވަގުތުން ފެށިގެން ވެސް އެ ކުއްޖާގެ ފަރި ހިނގުމަށް ޔަޒީދު ދިޔައީ ކޮޅު ކޮޅު މަތިން ފާރަ ލުމަށް މަޖުބޫރު ކުރާ ހާލުގައެވެ.
މީ އަނެއްކާ އަހަރެންނަށް ލިބުނު ދެވަނަ ޝިރަން ބާއެވެ. ނޫނެކެވެ . އެހެނެއް ނުވާނެވެ. އަހަރެންގެ ހިތުގެ ރަނި ކަމަނާ އަކީ އަހަރެން އެންމެ ގާތުން ލޯބި ދިން ކަމަނާ އެވެ. އަހަރެންގެ ހިތުގައި އެ ކަމަނާގެ މަގާމް ވާނީ ރަން އަކުރުން ފަވާ ލެވިިފައެވެ. އެފަދަ އިތުރު ފަތްމުންޏެއް ހޯދާނީ ކޮން ތާކުން ހެއްޔެވެ.
ދުވަހުގެ މަސައްކަތް ނިންމާލުމަށް ފަހު ޔަޒީީދު ގެއަށް ދިޔައީ ހިތުތެރެއިގައި އެތައް ހާސް ސުވާލެއް ކަޑަތު ކޮށްފައެވެ. ނަމަވެސް ޔަޒީދު އެންމެ ބޭނުން ވަނީ މިއަދު އޮފީހުން ބައްދަލު ވި އަންހެން ކުއްޖާގެ ހަގީގަތް ހޯދާށެވެ. އެއީ ތަފާތު މިޒާޖެއްގެ ކުއްޖެކެވެ. ހިތް ހެޔޮ ކުއްޖެކެވެ. ފިރިހެނެއްގެ އިހުސާސްތަކާ ކުޅެލުމުގެ ކުޅަދާނަކަން ލިބިފައިވާ ލޭފަވެތި ކުއްޖެކޭ ބުންޏަސް ދޮގަކަށް ނުވާނެވެ. ނިދަން އޮށޯވެ އޮތް ޔަޒީދުގެ ހިތް ހީވީ އެ ކުއްޖާގެ އިއްޒަތަށް ފާރަ ލާ ހެންނެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. ޔަޒީދު އިނީ ހެނދުނުގެ ސައިބުއިމަށްޓަކައި އޮފީހުގެ ކެންޓީނުގައެވެ. ކުއްލިއަކަށް ކުރިމަތިން ފެނިގެން ދިޔައީ އިއްޔެ ޔަޒީދުއަށް ސިޓީ ގެނެސްދިން އަންހެން ކުއްޖާއެވެ. އެ ކުއްޖާއަށް ޔަޒީދު ފެނުމާއެކު ކަރީގައި އިން ގޮނޑީގައި އިށީންނަން އައުމަށް އެދުނެވެ.” ކޮން ނަމެއް ތޯ ކިޔަނީ “ އޯގާތެރި ކަމާއެކު ޔަޒީދު ސުވާލު ކުރި އެވެ. އަހަރެންނަށް ކިޔަނީ ޒެނީޝާއެވެ.
ކައިރީގައި އޮތް ގަނޑު ކޮޅެއް ނެގުމަށް ފަހު ގޭގެ ނަމާ ފޯނު ނަމްބަރު ޖަހާ ޔަޒީދުގެ އަތަށް ދިއްކޮށްލި އެވެ. އަދި މިރޭ ކާން އައުމަށް އެދި ދައުވަތު ދިނެވެ. ޔަޒީދު ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މި ކުއްޖާގެ ދައުވަތަށް މިރޭ ދާނީ ބާއެވެ. ހިތު ތެރެއިގައި ދިޔައީ ސުވާލުތަށް ފުނި ޖެހެމުންނެވެ. މި ދައުވަތު ގަބޫލުކޮށްފިނަމަ އަހަރެންނާ ޝިރަންއާ މެދު އޮތް ގުޅުމަށް ބަދަލު އަންނާނެ ބާއޭ ހިތާ ހިތާ ސުވާލުކޮށް ލެވުނެވެ.
ރޭގަނޑުގެ އަނދިރިކަމުން މުޅި ފަޒާ ވަނީ ބައްދާލާފައެވެ. މާލޭގެ އުތުރުން ދެކުނަށް އެ ކުޖާއާއި ބައްދަލު ކުރުމަށްޓަކައި ހިނގަމުން ދިޔަ ޔަޒީދުގެ ހިތު ތެރެއިގައި ދިޔައީ ސުވާލުތަށް ފުނި ޖެހެމުންނެވެ. އެ ކުއްޖާ އެހާ ވަރަކުން އަހަރެންނާ ބައްދަލު ކުރަން އެ އުޅެނީ ކޮން ބޭނުމެއްގައި ބާ އެވެ.؟ ހަމަޔަގީނުން ވެސް އެއީ އަހަރެންގެ ޝިރަން ނެތް ދުވަހަކުން އަހަރެންގެ ހަޔާތަށް ލިބޭނެ ކަމާނާ ބާއޭ ހިތާ ހިތާ ސުވާލު ކޮށް ލެވުނެވެ.
ފުން ވިސްނުމެއްގައި ހުރި ޔަޒީދުއަށް ކުއްލި ސިހުމެއް ލިބުނީ ފޯނުގެ ރިންގުގެ އަޑަށެވެ. ވާހަކަ ދެއްކީ ޔަޒީދުއާއި އޮފީހުން ބައްދަލުވި ޒެނީޝާ އެވެ. ޔަޒީދު ނައިސްގެން އިންތިޒާރު ކުރާ ވާހަކަ ޒެނީޝާ ބުންޔެވެ. އިރުކޮޅަކު ވިސްނަން ހުރުމަށް ފަހު ޔަޒީދު ޓެކްސީ އަކަށް ގުޅާ ޒެނީޝާގެ ގެޔާ ދިމާލަށް މިސްރާބު ޖެހިއެވެ. ފަނަރަ މިނެޓްގެ ދިގު ރާސްތާ އަކަށް ފަހު އެ ގެއަށް އާ ދެވިއްޖެއެވެ. ދިހަ ބުރި އަށް ނަގާފައިވާ ބޮޑު ގަނޑުވަރެކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.
ގޭގެ ނުވަވަނަ ފަންގިފިލާގައި ދިރިއުޅެމުން ދަނީ ހަމަ އެކަނި ޒެނީޝާ އެވެ. ފަތްޕިލާވެލީގެ މީރުވަހުން މުޅި މާހައުލު ހީވަނީ ޔަޒީދުގެ އިންތިޒާރުގައި ހުރި ހެންނެވެ. މޭޒު މަތީގައި އަތުރާ ލެވިފައިވާ އުށް ބަތީގެ ވިދުންގަދަ ބަބުޅުމުން މުޅި މާހައުލަށް ވަނީ އުޖާލާކަން ގެނުވާފައެވެ. ޔަޒީދުގެ ޝަރަފުގައި ބިންމަތީގައި ދަމާ ލެވިފައި ވާ ރަތް ދޫލަ ވެސް ހަމަހިމޭން ވިކަހަލައެވެ.
ކައިރީގައި ހުރި ގޮނޑީގައި އިށީންދުމަށް ފަހު ޒެނީޝާގެ މޫނަށް ޔަޒީދު ބަަލައިލީ ލަދުރަކި ގޮތަކަށެވެ. އެ މޫނުގައި ވަނީ ޔަޒީދުގެ ލޭ ކައްކުވާލާނެ ފަދަ އިހުސާސް ތަކެކެވެ. ތުންފަތުގައި ޖައްސާފައި ހުރި ރަތް ކުލައިގެ ވިދުންގަދަ ލިޕްސްޓިކުން ޔަޒީދުގެ ހިތް ބުނަމުން ދިޔައީ މީ ހަމަ ހޫރު ޕަރީ އެއް ފަދަ ކަމަނާ އެކެވެ. މިކަމާނާ އަށް އަހަރެންގެ ހިތުން ޖާގަ އެއް ދޭން ވީބާއެވެ. ނުދީ ވެސް ދޫކޮށް ލާނީ ކިހިނަކުން ހެއްޔެވެ.
ޒެނީޝާގެ ފަރި ކަމަށް ބަލަން އިން ޔަޒީދު އަށް ސިހުމެއް ލިބުނެވެ. ޒެނީޝާގެ ކަފަ ކޮޅެއް ފަދަ މަޑު މަޑު އަތެއެވެ . އެ އަތުގައި ވަނީ ތަފާތު އިހުސާސް ތަކެކެވެ. ޔަޒީދުގެ ހިތް މިވަނީ ހަމަ ރަނގަޅަށް ވެސް މި ކަމާނާގެ މުށުތެރެއަށް ލައި ބަނދުކޮށް ލާފައެވެ. ޝިރަންގެ ލޯބީގެ އުއްމީދީ ހުޅު ދިޔައީ މަޑު މަޑުން ޔަޒީދުގެ ހިތު ތެރެއިގައި ފަނޑު ވަމުންނެވެ.
އެތައް އިރެއް ވަންދެން އެކަކު އަނެ ކަކުގެ ޝުއޫރު ފާޅު ކުރަމުން ގޮސް ޒެނީޝާ ޔަޒީދު އަށް މަޑު މޮޅި ރާގެއް ގައި ގޮވާލި އެވެ. ޒެނީޝާގެ ތޫނު އަޑުގައި ވެސް ލޯބީގެ އިޝާރާތެއް ވާކަން ޔަޒީދުއަށް ފާހަގަ ކުރެ ވުނެ އެވެ. މަޑު މަޑުން ޔަޒީދުގެ ކަންފަތް ބުޑުގައި ހަޔާތުގެ ބާކީ އޮތް ދުވަސްތައް އަހަރެންނާ އެކު ހޭދަ ކުރުމަށް ޒެނީޝާ އެދުނެއެވެ. ޝިރަންގެ ހަނދާންތައް އެއް ފަރާތް ކޮށް ލުމަށް ފަހު ޒެނީޝާ ގޮވައިގެން ލޯބީގެ ފަލްސަފާ އެއް ފެށުމަށް ޔަޒީދު އެއްބަސްވީ އެއްވެސް ހިޔާލެއް ފިކުރެއް ނެތި އެވެ. މީ ޝިރަންގެ ހަޔާތަށް ވެވޭ ބޭވަފާގެ ފެށުން ކަން ވެސް މި ވަގުތު ޔަޒީދަކަށް ވިސްނާލާނެ ފުރުސަތެއް ޒެނީޝާ ދޭކަށް ބޭނުމެއް ނުވި އެވެ.
ޒެނީޝާގެ ލޯބީގެ ޖާދޫވީ އަސަރުތަށް ޔަޒީދުގެ ހިތު ތެރެއިގައި ފަވާލީ ޝިރަންގެ ހުރިހައި ހަނދާން ތަކެއް ކަނޑަށް ގަރަގު ކޮށްލުމަށް ފަހު އެވެ. ޒެނީޝާ އަކީ ކިހާ ވަރެއްގެ މީހެއްކަން ހުދު ޔަޒީދުއަށް ވެސް ނޭނގެއެވެ. ވިސްނާލާނެ ފުރުސަތެއް ވެސް ނުލިބުނެއެވެ. ޔަޒީދުގެ ހިތަށް ޒެނީޝާގެ ލޯބި ވެރި ވެގަތީ ފުރަތަަމަ ނަޒަރުން އެދުނު އެދުމަކުންނޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.
ޔަޒީދުގެ ހިތުގެ ރަނިކަން އެންމެ ފުރަތަމަ ހޯދީ ޝިރަން އެވެ. ނަމަވެސް މިއަދު އެ ކަމަނާގެ ލޯބި ޔަޒީދުގެ ހިތުތެރެއިގައި ވަނީ ދުން ފަރުދާއެއްގެ މިސާލުން ނިވާ ވެފައެވެ. އެންމެ ރެޔަކު ޒެނީޝާ އާއި ބައްދަލު ކުރުމުގެ ސަބަބުން ޔަޒީދުގެ ހަޔާތުގެ އައު ސޮފްހާއެއް ލިޔަން ފެށުމަށް މިވަނީ މަޖުބޫރު ވެފައެވެ.
ހަންހާރަވެތި ސަލާމަކުން ޔަޒީދު އެރޭ ޒެނީޝާގެ ގެ ދޫކޮށް ގެޔައް ދިޔައީ މާދަމާ އެ ކަމަނާ ގޮވައިގެން މާލެ ކައިރި ރިސޯޓަކަށް ދިއުމަށް ނިންމުމަށް ފަހު އެވެ. ޔަޒީދުގެ ބީއެމްޑަބަލިއު މަރުކާގެ ކާރުގައި ހެނދުނު ޒެނީޝާ ބަލާ އައީ އިޝްޤީ ލޯބީގެ ލަވަތަކުން މުޅި ކާރު ތެރެ ގުގުމާލަމުން ނެވެ. ޒެނީޝާ ގެ އިންތިޒާރުގައި އިން ޔަޒީދު އަށް ކުއްލި ސިހުމެއް ލިބުނީ ފޯނުގެ ރިންގުގެ އަޑަށެވެ .
ގުޅީ ނޭނގޭ ނަމްބަރަކުންނެވެ.” ތީ ކާކު “ޔަޒީދު ސުވާލު ކުރި އެވެ. އެކޮޅުން ވާހަކަ ދެއްކީ ޝިރަންގެ އެއް ބަނޑު އެއް ބަފާ ބޭބެ އެވެ. އޭނާ ޖަވާބު ދިން ގޮތުން ޔަޒީދުގެ ހިތް ހީވީ ބޮޑު އަނދަވަަޅަ ކަށް ވެއްޓުން ހެންނެވެ. ޝިރަންއަށް މީހަކު ޖިންސީ ގޯނާ ކުރި ކަމުގެ ވާހަކަ އަޑު އަހާކަށް ޔަޒީދުގެ ހިތަކަށް ކުޅަދާނަ އެއް ނުވިއެވެ. މީ އަހަރެންނަށް ޝިރަންއާ މެދު މިހާތަނަށް ކަންތަށް ކުރެވިފައި ވާ ގޮތުގެ ބަދަލު ބާއޭ ހިތާ ހިތާ ސުވާލު ކޮށް ލެވުނެވެ. ކޮންމެ ގޮތެއް ވިޔަސް މި ދަނޑިވަޅަކީ ޝިރަންގެ ހިތް އަހަރެންގެ އެހީތެރިކަމަށް އެދި އެދި ގޮވާނެ ވަގުތުކަން އެނގެއެވެ. ނަމަވެސް ޒެނީޝާގެ ލޯބިން ދުރަށް ދަނީ ކިހިނަކުން ބާއެވެ؟. ކޮންމެ ގޮތެއް ވިޔަސް ޝިރަންގެ ލޯތްބަކީ އަބަދުމެ ޔަޒީދުގެ ހިތުތެރެއިގައި ވާނެ އެއްޗެކެވެ.
އެތައް އިރަކު ހަދާނެ ގޮތަކާ، ދާނެ ދިމާލަކާ މެދު ވިސްނަން އިން ޔަޒީދުގެ ކާރުގެ ދޮރުގައި ހިފީ ޒެނީޝާއެވެ. ދޮރުގެ ތަޅު ހުޅުވާނީބާއެވެ ؟. ނޫނެކެވެ. މީގެ ފަހުން މިފަދަ ދަންމަޅި އެއްގައި ނުޖެހުމަށް އަޒުމް ކަނޑަ އެޅި އެވެ. ނަމަވެސް ޒެނީޝާގެ ކިބައިން ސަލާމަތް ވުމަށް ޓަކައި ހަގީގަތް ކިޔައި ދިނުމަކީ މަޖުބޫރު ކަމެކެވެ. މި އޮތް ހުރިހައި ދުވަސްވީއިރު ވެސް އަހަރެންނާ ޝިރަންއާއި ދުރުކުރުމަށް އެންމެ ބޮޑު ރޯލެއް އަދާ ކުރީ ޒެނީޝާކަން ޔަޒީދުއަށް ވަނީ ފާހަގަ ކުރެވިފައެވެ. ނަމަވެސް އޭނާ އެހާ ވަރަކުން އަހަރަމެން ދެމީހުން ދުރުކުރަން އެއުޅުނު ސަބަބަކީ ކޮބައިބާއެވެ.؟
އެންމެ ކުޑަ މިނުން ފޯނުން ވާހަކަ ދައްކާލާނެ ފުރުސަތު ވެސް އަހަރެންނަށް ދޭކަށް އޭނާ ބޭނުމެއް ނުވިއެވެ. އޭނާގެ މަޤްސަދަކީ ކޮބައިބާއެވެ.؟ އަހަރެންގެ ކުށަކީ ކޮބައިބާއޭ ހިތާ ހިތާ ސުވާލު ކޮށް ލެވުނެވެ. ކާރުގެ ދޮރު ހުޅުވާލުމަށް ފަހު ޒެނީޝާ ގޮވައިގެން ޔަޒީދު ދިޔައީ ކަރީގައި އޮތް ރެސްޓޯރަންޓް އަށެވެ. އެއް ވެސް ޖެހިލުމެއް ނެތި ޒެނީޝާގާތު އޭނާގެ މަގްސަދަކީ ކޮބައިތޯ ޔަޒީދު ސުވާލު ކުރިއެވެ.
ޒެނީޝާގެ މޫނުމަތީގައި ވަނީ ނުތަނަވަސް ކަމުގެ ކުލަވަރުތަކެވެ. ލޮލު ތެރެއިގައި ޖަމާވަމުން ދިޔަ ކަރުނައިގެ ތިކިތަކަށް ބެލުމެއް ނެތި ، ޔަޒީދު އަނެއްކާ ވެސް ، ކަލޭގެ މަގްސަދަކީ ކޮބައި ހެއްޔޭ ކިޔާ ހަޅޭތްލަވައި ގަތެއެވެ. ޖަވާބުގައި ޒެނީޝާ ބުނީ އަހަރެންނަކީ ޝިރަންއާއި އެއް ރަށެއް ގައި އުޅެމުން ދިޔަ މީހަކީމެވެ. ނަމަވެސް ޝިރަން ޔަޒީދުގެ ހިތުގެ ރަނިކަން ހޯދި ދުވަހަކީ އަހަރެންގެ ހަޔާތުގެ އެންމެ ވަރުގަދަ އިމްތިހާނާ ކުރި މަތި ލާން ޖެހުނު ދުވަހޭ ބުނޔަސް ދޮގަކަށް ނުވާނެވެ. ޝިރަންއެކޭ އެއްފަދައިން އަހަރެން ވެސް ދިޔައީ ޔަޒީދުގެ ލޯތްބަށް ފާރަ ލަމުންނެވެ. ނަމަވެސް އަހަރެންގެ ހިތުގެ އިހުސާސްތައް ކަނޑަށް ގަރަގު ކޮށްލުމަށް ފަހު ޝިރަން ޔަޒީދު އާއެކު ދިރިއުޅެން ނިންމިއެވެ.
ޒެނީޝާގެ ޔަޒީދުއާ މެދު ދެކިފައި މިވަނީ ދުވަހަކުވެސް ޔަޒީދު ހިޔާލަށް ވެސް ނުގެނެވޭނެ ފަދަ ގޮތަކަށެވެ. ނަމަވެސް ޒެނީޝާ ދައްކަމުން ދިޔަ ވާހަކާ ތަށް މިއަދު ޔަޒީދުއަށް ބަލައި ގަނެވޭނެ ވަރަށް ވުރެ ހިތްޗެވެ. ޔަޒީދުގެ ހަޔާތުގެ އެންމެ ފުރަތަމަ ބައިވެރިޔާއާ ދުރުކުރަން ޒެނީޝާ ޖެހި މަޅިޔަކީ ދުވަހަކުވެސް ޔަޒީދުގެ ހިތުން ފޮހެވިގެން ނުދާނެ އިހުސާސް ތަކެކެވެ.
އެތައް އިރަކު ޒެނީޝާގެ އަގެއް ނެތް ވާހަކަތަށް އަޑުއަހަން އިނުމަށް ފަހު ޔަޒީދުގެ ދުލުން ބޭރުވެގެން ދިޔައީ ދުވަހަކުވެސް ޒެނީޝާ އަޑުއަހަން ބޭނުންވި ލަފްޒުތަކެއް ނޫނެވެ.” މިއަދުން ފެށިގެން ތިއީ އަހަރެންގެ ހަޔާތުގައި ނެތް މީހެކޭ “ ބުނުމަށް ފަހު ޔަޒީދު ކާރާ ދިމާލަށް މިސްރާބު ޖެހީ ޒެނީޝާގެ ލޯބި ވައިގެ ތެރެޔަށް ދޫކޮށް ލުމަށް ފަހުއެވެ. ޔަޒީދު އާއި ޒެނީޝާގެ ލޯތްބަކީ ކަރުދާހުގައި ލިޔެވިފައިވާ ސުރުހީ އެކޭ ބުންޔަސް ދޮގަކަށް ނުވާނެވެ. އެއީ އެ ލޯތްބަކީ އަސްލެއް ނުވާ މަންޒަރު ތަކެކޭ ބުނާ މީހުން މަދެއް ނޫނެވެ. ކޮންމެއަކަސް މިއަދު ޔަޒީދުއަށް އެންމެ މުހިންމީ ޝިރަންގެ ހާލު ބަލައިލުމަށް ރަށައް ދިއުމެވެ.
އެރޭ ދަންވަރު ފްލައިޓުން ރަށައް ދިއުމަށްޓަކައި އެއާޕޯޓަށް ގޮސް އިން ޔަޒީދުގެ ފޯނަށް ގުޅީ އޭނާގެ އެންމެ ގާތް އެކުވެރިޔާ މިފްޒާލްއެވެ. އަޑުގައި އަހައިލަން އުނދަގޫ ކުރަކި ކަމެއް ހުރި ރާގެއްގައި މިފްޒާލް ފޯނަށް ޖަވާބު ދިނީ ހިތާމަވެރި ހަބަރަކާ އެކުއެވެ. ޔަޒީދުއަށް ލިބުނު ޝޮކުގެ ބޮޑު ކަމުން މުޅި މީހާ ތުރު ތުރު އަޅައިގަތެވެ. މިފްޒާލް ބުނި ގޮތުގަައި ދާދި ދެންމެޔަކު ޝިރަން ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލަށް ގެންދެވިފައިވާ ވާހަކަ ބުންޔެވެ. ޔަޒީދުގެ ހިތް ހީވީ އެފުއް މިފުށައް ޖެހުނު ހެންނެވެ. ޔަޒީދުގެ ލޮލުން ފައިބަމުން ދިޔަ ލޭ ކަރުނަތައް ވެސް ދިޔައީ ޝިރަންގެ ތަދާއި ވޭން އިހުސާސް ކޮށް ދެމުންނެވެ.
މެންދަމުން އަނބުރާ ދޭ ޖަހައިފިއެވެ. ޔަޒީދުގެ އުފަން ރަށް ކަމުގައިވާ ލ.ގަމަށް ދިއުމަށްޓަކައި އޭނާ ބޯޓަށް އެރީ އޭނާ އަކީ ޝިރަންގެ ލޯބީގެ ހަނގުރާމައިގެ އަސީރެއް ކަމަށް ދެނެ ހުރެއެވެ. ސާޅީސް ފަސް މިނެޓުގެ ދިގު ރާސްތާއެއް ހުރަސް ކުރުމަށް ފަހު ލ.ގަމުގެ އެއާޕޯޓަށް ބޯޓު ޖެއްސުމާއެކު ޔަޒީދު އަވަސްވެ ގަތީ ޝިރަންއާ ބައްދަލު ކުރުމަށްޓަކައި ހޮސްޕިޓަލަށް ދިއުމަށެވެ. ގަމުގެ ރީޖަނަލް ހޮސްޕިޓަލަށް ދެވުނު އިރު މެންދަމުން އަނބުރާ ތިނެއް ޖަހާ ބޮޑު ވެއްޖެއެވެ. ހޮސްޕިޓަލުގެ ބޭރުގައި ފުނި ޖެހިފައިވާ މީހުންގެ އަދަދު ބުނަން ނޭނގޭހާ ގިނައެވެ. މުޅި މާހައުލު ވަނީ ރުއިމުގެ އަޑުން ގުގުމާލައިފައެވެ . އެންމެންގެ މޫނު މަތިންވެސް ފެންނަމުން ދިޔައީ މާޔޫސް ކަމުގެ ކުލަވަރުތަކެވެ.
ކުއްލިޔަކަށް ޔަޒީދުގެ ލޮލުގައި އަޅަގަތީ އޭނާގެ އެންމެ ގާތް އެކުވެރިޔާ މިފްޒާލް އެވެ. މޫނު މަތީގައި ބުނެދޭން ނޭނގޭހާ ހިތާމަވެރިކަމުގެ ކުލަވަރުތައް ހުއްޓެވެ. ޔަޒީދު ފެނުމާއެކު މިފްޒާލް ޔަޒީދުގެ ގައިގައި ރޮއެ ރޮއެ ގިސްލަ ގިސްލައިފައި ބައްދާލަމުން ބުނޔެވެ.” ޔަޒީދުގެ ހިތުގެ ރަނި ކަމަނާ ދާދި ދެނމެޔަކު ދެމި އޮތުމުގެ އާލަމައް ދަތުރު ކޮއްފިއެވެ. “ މިފްޒާލްގެ ކޮނޑުގައި ބޯ އަޅައިލައިގެން އޮތް ޔަޒީދުގެ ދިރިއުޅުން ހީވީ ޒަހަަރުން ތެމި ފޯވި ހެންނެވެ.
ޝިރަންއާ ބައްދަލު ކުރުމުގެ އުނމީދުގައި ކަޅު އަނދިރި މެނދަން ހުރަސް ކޮށް ރަށައް އައި ޔަޒީދުގެ ހިތް ހަމަ ޔަގީނުން ވެސް އެވަނީ ލޯބީގެ ވޭންދެނެވި ހިތާމަޔާ ކުރިމަތި ލާން ޖެހިފައެވެ. އެ ކަމާނާގެ އިއްޒަތުގައި މިއަދު އަޅެ ކޮށް ދެވޭނީ ފަހެ ކޮންކަމެއް ހެއްޔެވެ. ޔަޒީދުގެ އެހީ އައް ގޮވަމުން ދިޔަ ވަގުތު ދެވުނު ބީރު ކަނފަތުގެ ހިތި ނަތީޖާ މިއަދު މިއޮތީ ހަމަޔަގީނުން ވެސް ޔަޒީދުގެ ހިތާ ނަފްސާ ކުޅެލައިފައެވެ.
ހަމަ ޔަގީނުން ވެސް ޔަޒީދުގެ ދިރިއުޅުމުގައި ލޯބި ހާސިލްކުރަން ކުރި މަސައްކަތް މިއަދު މިއޮތީ ވެއްޔާ މޮޑެ ލެވިފައެވެ. ހަޔާތުގެ އެންމެ ފުރަތަމަ ބައިވެރިޔާ އަށް ވެވުނު ބޭވަފާގެ ހިތި ނަތީޖާ މިއަދު މިއޮތީ ފެންނާށެވެ. ކޮންމެ ގޮތެއް ވިޔަސް ޝިރަން އާއި ޒެނީޝާގެ ލޯތްބަކީ ، ނުނިމޭނެ ހަނގުރާމައެކެެވެ. މި ހަނގުރާމަ ގުޅިފައިމިވީ އަހަރެންގެ ހިތުގެ ވިންދާއެވެ. ޝިރަން އަބަދުގެ އަބަދަށް މިވަނީ އަހަރެންގެ ހަޔާތާ އަލްވަދާއު ކިޔާފައެވެ. މިއަދު ޒެނީޝާ އަކީ އަހަރެންގެ ހަޔާތަށް އައި އެންމެ ބޮޑު ދުޝްމަނެވެ. ހަމަ ޔަގީނުން ވެސް ބޭވަފާތެރިވި ހަޔާތަށް ލިބުނީ ބޭވަފާތެރި ކަމެވެ.
========
13 Comments!
Comments are closed.


Mashaallah!! Vhk v asaru gadha! 😊
Feshun adhi amudhun v reethi! Vhk kuriyah gendhiya goii hama v furihama! I really love the sifa kurun! 💚
Anyways I can see that this is your first story and I hope I can read more stories from you! 🤗
😊💗
Vrh reethi vhk eh ✨ Keep it up shail ✨
You are so talented Masha Allah 💗
Thx😊
Vhk ge sifa kurun v reethi MA!!
Alhe yazeedh ge ehves self control eh netheema ehnnu thaakun fennahaa anhen kuhjeh fahatun edhuvanee!!
Aslu miv vhk ga yazeedh ge mahssala eii!! Anyways eii firihenun ge goii!!
Hope to see more of your stories!!
🤭😂
How old ru?
5
Just only 15
vrh reethi MA.. keep it up
Thb I’m really impressed
I have never seen a boy author who is young on esfiya
anywayss really curious
hope to see more stories from you😊
Young Author 🤦😆
hehe…
but shail I’m pretty sure that your older then me 😅
He he 🤦😁