Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔައީ ހަނދޭ-14

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
March 4, 2026 3 Mins Read
16 Comments

ހިޔާލުތަކަށް ގެނބެމުން ދިޔަ ޒަހްރާ އަށް ހަމަ ބިމަށް އާދެވުނީ ޓަކިދިން އަޑަށެވެ. ހުޝާމް ކަމަށް ހީއްކޮށް ޒަހްރާ އަވަހަށް ކަރުނަތަށް ފޮހެލާފައި ތެދުވެގެން ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީ ހުރި ރަޝްނާން ފެނި ޒަހްރާ ހުއްޓުން އެރިއެވެ. ރަޝްނާން މިގަނޑީ އެއައީ ކީއްވެހެއްޔެވެ؟ ޒަހްރާ ހިތް އަވަސް ވިއެވެ. ނޭވާ ކުރުވާގޮތް ވިއެވެ. ރަޝްނާންގެ ތޫނު ނަޒަރު ސީދާ ވެފައިވަނީ ޒަހްރާގެ ދެލޮލަށެވެ. ރަޝްނާން ބަލަން އިން ގޮތުން ޒަހްރާ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ރަޝްނާން ކުރިޔަށް ފިޔަވަޅެއް އަޅާލިއެވެ. ދެން ރަޝްނާން ކުރިކަމަކުން ޒަހްރާގެ މުޅި ހަށިގަނޑު ގަނޑު ފެންކޮޅެއްހާ ފިނިވެގެން ދިޔައެވެ. ކަރުގައި ނޭވާ ތާށިވިއެވެ.

*ޕާރޓް-14*

ރަޝްނާންގެ ބާރުގަދަ ދެއަތް ތެރޭގައި ޒަހްރާ ވަނީ ހައްޔަރު ކޮށްލެވިފައެވެ. ޒަހްރާ އަށް އިނީ ހުއްޓުން އަރާފައެވެ. ދުރަށް ދާން ވެސް ބޭނުމެވެ. މިއީ ގޯސްކަމެއް ކަން އެނގެއެވެ. އެކަމު ރަޝްނާންގެ ދެއަތުގެ ތެރޭގައި އޭނާ އަށް ރަށްކާތެރިކަން އިހްސާސް ކުރެވެއެވެ. ޒަހްރާ އިން ގޮތަށް އިނީއެވެ. ރަޝްނާން އޭނާގެ އިސްތަށިގަނޑުތެރޭގައި މޫނުފޮރުވާލާގެން ހުރީއެވެ. ރަޝްނާން ޒަހްރާ ގަޔަށް ބާރުކޮށްލިއެވެ.

“ރަޝްނާން.. ދޫކޮށް-” ޒަހްރާ ވާހަކަ ދައްކަން ފެށުމުން ރަޝްނާން އޭނާ އަށް ޖުމްލަ ފުރިހަމަ ނުކުރެވި އުޅެވެނިކޮށް ވާހަކަ ދައްކަން ފެށިއެވެ.

“ޕްލީސް ޒަހްރާ.. އަހަރެން އިގްނޯ ނޮކޮށްބަ.. އަހަރެންނަށް ވަރަށް އުނދަގޫވޭ ޒަހްރާ އަހަރެން އިގްނޯ ކުރާތީވެ..” ރަޝްނާން ފާޅުކުރީ އޭނާގެ ހިތެވެ. ޒަހްރާ ވިސްނާލިއެވެ. ރަޝްނާން އެބުނަނީ ތެދެއް ހެއްޔެވެ؟ ނޭނގެއެވެ.

“އަހަރެންނަށް ކިހިނެއް ޤަބޫލު ކުރެވޭނީ ރަޝްނާން ތިކިޔަނީ ތެދު ކަމެއް..” ޒަހްރާ އެހެން ބުނެލުމުން ރަޝްނާން ދުރުވެލިއެވެ. ނަމަވެސް އޭނާގެ ދެއަތް އަދިވެސް ވަށާލެވިފައިވަނީ ޒަހްރާގެ އުނަގަނޑު ގައެވެ.

“ޒަހްރާ މިއަދު އަހަރެން ގުޅީމަ ވެސް ފޯނެއް ނުނަގަ.. މެސެޖް ބަލާވެސް ނުލަ.. މިއަދު އަހަރެން ކޮފީ ޝޮޕް އަށް ދިޔައީމަ ވެސް ނާދެ.. ކީއްވެ..؟ އަހަރެން ދެކެ ރުޅި އައިސްތަ..؟” ރަޝްނާން ޒަހްރާ އާއި ހަތަރު ކަޅި ހަމަކޮށްގެން ހުރެ ވާހަކަ ދެއްކިއެވެ. ޒަހްރާ ބަހެއް ނުބުނެ ހުންނަން ފެށުމުން ރަޝްނާން ކަންބޮޑު ވިއެވެ.

“ޕްލީސް.. ބުނެބަ.. ކިހިނެއްވީ..؟” ރަޝްނާން އާދޭސް ކޮށްލިއެވެ.

“މިއަދު ރަޝްނާން އާ އެއީ ކޮން އަންހެން ކުއްޖެއް..؟” ދުރު ބަލަންހުރެ ޒަހްރާ އަހާލިއެވެ. ރަޝްނާންގެ ތުންފަތް މައްޗަށް ވެރިވީ ލާނެތް ހިންޔެކެވެ. ޒަހްރާ “ޖެލެސް” ވީކަން އެނގުނީއެވެ.

“އެއީ އަހަރެންގެ ކަޒިންއެއް..” ރަޝްނާން ބުނެލިއެވެ. ޒަހްރާ ބަލާލިއެވެ.

“ކަޒިން އޭ..؟” ރަޝްނާން ބޯޖަހާލިއެވެ.

“ދެން ވެސް ތިޔަ ރުޅި މަޑުކޮށްބަލަ.. އޭރުން ނެއްނު މެޑަމް ގޮވާގެން އަހަރެންނަށް ބޭރަށް ނުކުމެލެވޭނީ ވެސް..” ރަޝްނާން އެހެން ބުނެލުމުން ޒަހްރާގެ ތުންފަތް މައްޗަށް ހިނިތުން ވުމެއް ވެރިވިއެވެ.

“އޯހް ބޭބީ.. ޔޫ ސްމައިލް ވެލީމަ ހަމަ މޮޔަވޭ..” ރަޝްނާން މޭމަތީ އަތް އަޅާލަމުން ދެލޯ މަރާލިއެވެ. ޒަހްރާގެ ހީލިއެވެ.

“ތިހާ ޑްރެމެޓިކް ވާކަށް ނުވާނެ..” ޒަހްރާ ބުނެލިއެވެ. ރަޝްނާން ދެން ދިޔައީ ޒަހްރާ ގޮވާގެން ބީޗަށް ހިގާލާށެވެ. އެދެލޯބިވެރިންގެ ދިރިއުޅުމަށް ބަހާރު މޫސުން އައި ކަހަލައެވެ. އަތު ގުޅުވާލާގެން ރާޅުޖަހާ ހިސާބުން ހިގައިފައި އައިރު ދެމީހުންގެ މޫނުމަތިން ވެސް ފެންނަން ހުރީ އުފާވެރިކަމެވެ.

ސިޓިން ރޫމްގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހުރި އަރްފާން އަށް ބަލަން މާހިން އިނީ ހިނިއަސް އެވެ. އަރްފާން އައިސް އޭނާ އަށް ޔޫރާ އަށް އޭނާ އާއި މާހިންގެ ގުޅުން އެނގޭ ކަމަށް ބުންޔެވެ. ނަމަވެސް އަރްފާން އަށް ނޭނގޭ ކަމަކީ އެދުވަހު ޔޫރާ އަށް އެމަންޒަރު ފެނުނީ މާހިން ދޮރު ތަޅު ނުލުމުން ކަމެވެ.

“ދެން އަހަރެން ކިހިނެއްތަ ހަދާނީ.. އޭނާ އެއްމެން ވެސް ކާރީ ކިޔާނީ އަހަރެން އޮތީ ފިރިހެނެއް ކާރިޔަށް ވަދެއޭ.. އޭނާ އިނީ ކޮންމެ ވެސް ފިރިހެނަކާ އެކީ..” އަރްފާން އަދި ވެސް ދެކޮޅަށް ދެކޮޅަށް ހިގަނީއެވެ. އޭނާ ހާސްވަނީއެވެ. އެއްމެންނަށް އޭނާ ފަޞީހަތް ވާނެއެވެ. އެހެން ވާކަށް އޭނާ އެއް ނޭދެއެވެ.

“ބޭބީ ކަންބޮޑު ނުވޭ.. އަހަރެން އެހެން ވިޔަކަ ނުދޭނަން.. ޔޫރާ އެއީ ކާކުތަ.. އެއީ ހަމަ މޮޔަ އަންހެނެއް.. އޭނާ އަކަށް ނުކެރޭނެ އަހަރެމެންގެ މިގުޅުން އެއްމެންނަށް އަންގާކަށް..” މަހިން އައިސް އަރްފާންގެ އުނަގަނޑުގައި ހިފައި އޭނާ އާއި ކާރިކޮށްލަމުން ޔަޤީންކަން ދިނެވެ. އަރްފާން ވެސް ބޯޖަހާލީ އެވެ.

ވޫލް ގަނޑެއް އަތަށް ލައިގެން އެވިޔަން އިން ޔޫރާ އިނީ ގަނބުއަރާފައެވެ. މިއަދު އަރްފާން އޭނާ ކާރިޔަށް އައެވެ. އަޝްވާން އެތާ ހުރިކަމީ ނަސީބެވެ. އެހެން ނޫންނަމަ އޭނާ އަރްފާންގެ ދުވަސް ދުއްވާލާނެވެ. އަރްފާން އޭނާ އަށް ބޭވަފާތެރިވީ ކީއްވެހެއްޔެވެ؟ އޭނާ އަރްފާން އަށް ވަގުތު ދެއެވެ. ލޯބި ދެއެވެ. އަރްފާން ބުނާ ކަންތަށް ކޮށްދެއެވެ. ފިރިހެނެއް ކާރިޔަށް ވަނުމަކީ އަދި ތަންކޮޅެއް ބޮޑުވަރެވެ. މިވާހަކަތަށް އޭނާ ކިޔާދޭނީ ވެސް ވަކި ކާކަށް ހެއްޔެވެ؟ ރަޝްނާން އަށް ކިޔާދޭން ބޭނުން ނުވަނީ ރަޝްނާން އަރްފާން ހޮސްޕިޓަލަށް ފޮނުވާލާ ވަރު ކޮށްލާފާނެތީއެވެ.

މޭޒުމަތީގައި ވޫލްގަނޑު ބާއްވާލާފައި ޔޫރާ ގޮނޑީގައި ލެނގިލިއެވެ. އިރުކޮޅެއް ފަހުން އޭނާގެ ފޯން ރިންގް ވާން ފެށިއެވެ. ބަލާލީރު ސަފްވާން އެވެ.

“ދޮރު ހުޅުވަން އާދެބެ..” ސަފްވާން އެހެން ބުނެ ފޯން ބޭއްވިއެވެ. ޔޫރާ ގޮސް ގޭގެ ދޮރު ހުޅުވާލިއެވެ. އޭރު ސަފްވާން ހުރީ އަތަށް ދެކޮތަޅު ލައިގެންނެވެ. ޔޫރާ ފެެނުމުން އޭނާ ހީލިއެވެ.

“މީ ކޮންހާ އެއްޗެއްސެއް..؟” ޔޫރާ އަހާލިއެވެ.

“ޑިނާރ..” ސަފްވާން ގޮސް ބަދިގެޔަށް ވަނެވެ. ޔޫރާ ވެސް ސަފްވާން ފަހަތުން ދިޔައެވެ.

“ސޯ ޓެލްމީ..” ކޮތަޅުން އެއްޗެހިތަށް ނަގައި މޭޒުމަތީ އަތުރާލަމުން ސަފްވާން އެހިއެވެ. ޔޫރާ ބުމަ އަރުވާލީ ކޯއްޗެއްހޭ އަހާފަދަ ގޮތަކަށެވެ. އޭނާ ވެސް ފްރެންޗް ފަރައިސް ކޮޅެއް އަނގައަށް ލިއެވެ.

“އަރްފާން..” ޔޫރާ ދިޔައީ ސިއްސައިގެންނެވެ. އަރްފާންގެ ވާހަކަ ސަފްވާން އަށް އެނގެންވީ ކީއްވެހެއްޔެވެ؟ ސަފްވާން އެހުމުން ޔޫރާ ކިޔާދިނެވެ.

“އިއުވްވް.. ހުވާ.. ޕިސް ޕިސް..” ސަފްވާން ވެސް އިނީ ގަބޫލު ނުކުރެވިފައެވެ. އަރްފާން އެކަހަލަ ކަމެއް ކޮށްފާނެ ކަމަކަށް އޭނާ އެއްގޮތަކަށް ވެސް ހިތަކަށް ނާރައެވެ. ޔޫރާ ދެރަވާނެ ވަރު އޭނާ އަށް ވިސްނުނެވެ.

“އެކަހަލަ ޕީސް އޮފް ޝިޓް އަކަށް ޔޫރާ ކަރުނަ އަޅާނެ ކަމެއް ނެތް.. ޔޫރާ ދެރަވާނެ ކަމެއް.. އެކަހަލަ މީހުންނަށް ދުނިޔެމަތީ އަދަބު ނުލިބުނަސް އާޙިރަތުގަ ބޮޑު އަދަބު ލިބޭނެ.. ޔޫރާ ހިތާމަ ކުރާނެ ކަމެއް ނެތް..” ސަފްވާން ޔޫރާ އަށް ހިތްވަރު ދިނެވެ. ޔޫރާ އާއި ސަފްވާން އެރޭ ވަރަށް ދަންވަންދެން އަފާންގެ މަސްކާން ތިއްބެވެ. ރަޝްނާން އައުމުން ސަފްވާން ވެސް ދިޔައީއެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

އެކުގައިވާނަން-32

Next

އެދިގެން ކަލާ ލިބޭތޯ 48

Next
March 4, 2026

އެދިގެން ކަލާ ލިބޭތޯ 48

Previews
March 3, 2026

އެކުގައިވާނަން-32

16 Comments!

  1. Shaba_73 says:
    March 4, 2026 at 10:16 am

    Mi part vx vrh reethi MA! 😍
    Zahra and Rashnaan haadha cute Eyyy 💗
    Zahra jealous vee dhw heheh 😅😅
    Adhi nuvey Arfaaan haas vaa vareh 😒
    Yoora eh noonehnu moyaee kee
    thi meehun moya veema ehnu ekahala kanthah kurany 🤢
    Curiously waiting for the next part when’s next?
    Lyy and Tc my lovely girl 💗

    1. _MuXo_ _MuXo_ says:
      March 4, 2026 at 5:03 pm

      Glad you liked this part! 🥰
      Hehe they are always cute!
      Yes, zahra got jealous!
      Fr girll!! 💚
      Next part ves v avahah IA!! 🤗
      Love you too! 💋
      You also take care! 💙

  2. Alaika_22 says:
    March 4, 2026 at 11:58 am

    Mi part ves Vrh furihama MA! 💗
    Zahra jeloeus vee dhw…. 😂
    Finally they both are together… Awwn they are so cute…. 🤗❤️
    Yoora eh nooneh noon Moyae arufaan aa maahin eh nun Moyae…. 😶
    Curiously waiting for next part….
    Whn nxt??????
    Lysm and Tc my darll 🤗🖤

    1. _MuXo_ _MuXo_ says:
      March 4, 2026 at 5:05 pm

      Thank you Alaika_22! Happy to know that you enjoyed this part aswell! 🥰
      Yeah, zahra jealous v! 😄
      I agree with you! 😊
      Next part ves v avahah IA! 💚
      Love more!! 💋 You also take care baby! 🤭

  3. Verrr says:
    March 4, 2026 at 12:16 pm

    GIRRLLLLLL AHCHEEEDDIIIIIIIIIIIII BAEH FIRIHENUN ULHEY VAHTHAREIH
    AWWWNNN Zahra and rashnan varah cute koh ulheneee ..Zahra is jealous hahaha
    Waiting for the next part
    Love yahhh.!!!❤️

    1. _MuXo_ _MuXo_ says:
      March 4, 2026 at 5:07 pm

      Yesss!! 🤗
      Ekahala firihenun mihaaru madheh nuvaane! 😇
      Hehe dheloabi verin abadhuves cute vaane! 💚
      Love you too Verrr! 💋💙

  4. $}~{€€×₩@! says:
    March 4, 2026 at 12:23 pm

    Mi eh v reethi MA💜
    Wow Zahra & Rashnaan is so cute awww🌹❤️
    Dhen dhw firihenunnah viyas thee dhen boduvaru 🤧😖
    Adhives abakiyaa hooray eh moyae 🤨
    Moyainnakaa koba tho balan alhe loagadu kurimahchah araabala dww😒
    Now sheex kiyaalaa hiyvanee ashwaan & hooray ge single parts ❤️‍🩹❤️‍🩹❤️‍🩹
    Can’t wait for the next part!🙃
    LUSM & TC _MuXo_💛💛💛

    1. _MuXo_ _MuXo_ says:
      March 4, 2026 at 5:09 pm

      Thank you! Glad you liked this part! 🥰
      Hehe.. They are cute! 💚
      Fr!!
      🤣🤣
      E baaves kiyaalan libeyne! 😄
      Love you too baby! 💋
      You also take care Sheex! 💙

  5. Miss jennie says:
    March 4, 2026 at 12:44 pm

    Mi part ves varah reethi. Its not what i think it is naseebakun.😂😂. Yoora just tell rashnaan kaireega it will be better arfaan hospital ah dhaan jehuniyyaa. ” arfaan ge mas keyun ” ethankolhu got me laughing. Curiously waiting for next part???

    1. _MuXo_ _MuXo_ says:
      March 4, 2026 at 5:11 pm

      Thank you Miss jennie!😄
      Alsu muxo liyan ulhunu ethi badhalu kohlee Miss jennie guess kureema! 😇
      Yeah.. Arfaan deserve that! 💘
      Happy to know that I made you smile! 🤭
      Next part ves v avahah IA! 🥰

  6. Msmnsjdkodo says:
    March 4, 2026 at 3:08 pm

    Vrh reethi mi part ves!
    Btw ahaalaa hih vi suvaaleh!
    Is listening to kpop haram? Js wanna know so bad😵

    1. _MuXo_ _MuXo_ says:
      March 4, 2026 at 5:15 pm

      Thank you Msmnsjdkodo! 🥰
      Aslu music adu ehumakee haram kameh eheyo kpop akas konme bahuruva akas! Ekamu mizamaanuma music vanee meehun ge thereyga v aamu vefa! Hama ekani emeehun kiyaa ehchihssa adu ehiakas azaabeh nulibeyne! Ekamu music ah aduahaafiyya azaab libeyne! Ekamu mihaaruge kudhinneh ekameh hadhaaneh nuba hahtta! 💙
      Hope you will understand! 😊

  7. Cer 🎀 says:
    March 4, 2026 at 5:33 pm

    M@aSha AllaH 🥀🌹
    MuXoo Ur a star of my Day!🫶🙈
    I Reaalllyy like yur stories buddy!!🥀👏Cer Muxo liyaa story eh kiyaa boring eh nuvey…
    Xahra& Rashnan Heart tohcing scence !
    When’s next?🫶🥀
    Ramadan Mubarak!🌹🎀🎀

    1. _MuXo_ _MuXo_ says:
      March 4, 2026 at 5:36 pm

      Thank you Cer!! 🥰
      Awwnn! 🤭
      Glad to know that from you! 😘
      💙💙
      Next part ves v avahah IA! 😊
      Ramadaan mubaarak to you too baby girl! 💘

  8. Dhar says:
    March 5, 2026 at 12:13 am

    I’m in love with this
    Curiously waiting for next

    1. _MuXo_ _MuXo_ says:
      March 5, 2026 at 8:18 am

      Glad to know that! 🥰
      Next part ves v avhah IA!!

Comments are closed.

Next Episodeތިޔައީ ހަނދޭ-15←


All Right Reserved!