Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔައީ ހަނދޭ-15

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
March 5, 2026 3 Mins Read
16 Comments

“އެކަހަލަ ޕީސް އޮފް ޝިޓް އަކަށް ޔޫރާ ކަރުނަ އަޅާނެ ކަމެއް ނެތް.. ޔޫރާ ދެރަވާނެ ކަމެއް ނެތް.. އެކަހަލަ މީހުންނަށް ދުނިޔެމަތީ އަދަބު ނުލިބުނަސް އާޙިރަތުގައި ބޮޑު އަދަބު ލިބޭނެ.. ޔޫރާ ހިތާމަ ކުރާނެ ކަމެއް ނެތް..” ސަފްވާން ޔޫރާ އަށް ހިތްވަރު ދިނެވެ. ޔޫރާ އާއި ސަފްވާން އެރޭ ވަރަށް ދަންވަންދެން އަރްފާންގެ މަސްކާން ތިއްބެވެ. ރަޝްނާން އައުމުން ސަފްވާން ވެސް ދިޔައެވެ.

*ޕާރޓް-15*

ކޮޓަރިއަށް ވަދެ ނިދާހެދުމަށް ބަދަލު ކޮށްގެން ރަޝްނާން ވެސް އައީ ބަދިގެޔަށެވެ. އޭނާގެ މޫނުމަތިން ފެންނަން ހުރީ އުފާވެރި ކަމާއި ހިތްހަމަ ޖެހުމެވެ. އާއެކެވެ. އޭނާގެ ހުވަފެންތަކުގެ ރާނީ އޭނާއަށް ލިބުނީއެވެ. ރަޝްނާން އައިސް ޔޫރާގެ އިސްތަށިގަނޑާއި ކުޅެލާފައި ޔޫރާގެ ކުރިމަތީ ހުރި ގޮނޑީގައި އިށީނެވެ. ޔޫރާ އިނީ މޫނަށް ކުނި ވައްތަރެއްޖައްސާގެން ރަޝްނާން އާއި ދިމާއަށް ބަލާށެވެ. މިއަދަކު ރަޝްނާން މާއުފަލުން މިއުޅެނީ ކީއްވެހެއްޔެވެ؟

“ކިހިނެއްވެ ތިބަލަނީ ތިފާޑަށް..؟” ރަޝްނާން އަހާލިއެވެ.

“އެހެން ނޫނީ ނޫޅޭ ގޮތަކަށް މީހަކު އުޅޭތީ.. އަނެއްކާ އެއަންހެން ކުއްޖާ ލިބުނީތަ..؟” ޔޫރާ އަހާލިއެވެ. ރަޝްނާން ބޯޖަހާލިއެވެ. ޔޫރާ އަށް އުފަލުން އަނގަމަތީ އަތް އެޅުނެވެ. ރަޝްނާން އައްޓަކައި އޭނާ އުފާވިއެވެ.

“ޑޭމްމް.. ކޮންގްރާ..” ޔޫރާ މަރްހަބާ ކިޔެވެ.

“ކީއްވެ މިއަދު ކޮލެޖް އަށް ނުދިޔައީ..؟” ރަޝްނާން އަހާލިއެވެ. ވަގުތުން ޔޫރާގެ އުފާވެރި މޫނު ބަދަލުވީ ހިތާމެވެރި ތަސްވީރަކަށެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ރަޝްނާން އަށް އެނގުނެވެ.

“އަރްފާން އާއި ދެމީހުން މައްސަލަ ޖެހުނީތަ..؟” ރަޝްނާން އަނެއްކާ ވެސް އަހާލިއެވެ. ޔޫރާ ބޯޖަހާލިއެވެ.

“ވީ ބްރޯކް އަޕް..” ރަޝްނާން ބޯޖަހާލިއެވެ. ޔޫރާ މިއަދު ކޮޓަރިން ނުނުކުމެ އޮތީ އެހެންވެގެނެވެ.

“އޭނަ އޮތީ ކޮންމެވެސް ފިރިހެނެއް ކާރިއަށް ވެދެ..” ޔޫރާގެ މިޖުމްއާއި އެކު ރާޝްނާންގެ މޫނުމައްޗަށް ހީވީ ކުނި ބިހެއް ޖެހިހެންނެނެވެ. އޭނާ އަށް މޫނަށް ވައްތަރެއް ޖައްސާލެވުނެވެ. ނުހޭން ހުއްޓާވެސް ރަޝްނާން އަށް ހެވުނެވެ.

“ދޭންންން..” ޔޫރާ އަށް ވެސް ހެވުނެވެ. އެކަމު ރަޝްނާން އޭނާ އަށް މަލާމާތްކުރާތީވެ އޭނާ ފްރެޗްފްރައިސް ކޮޅެއް ނަގައި ރަޝްނާން އާއި ދިމާއަށް އެއްލިއެވެ. ދެބޭން ވެސް އެކި އެކި ވާހަކަ ދައްކަން ތިބެފައި 2 ޖެހީމަ ވަނީ ނިދާށެވެ.

ފެންވަރައިގެން ގައިގައި ތުވާލި އޮޅޯލާގެން ފާޙަނައިން ނުކުމެ ޔޫރާ އޭނާގެ ފޯނުން ލަވައެއް ޖަހާލިއެވެ. ލަވައިގެ ލިރިކްސް އާއި އެއްވަރަށް ކިޔަމުން ބީޓަށް ނަޝަމުން އޭނާ އިސްތަށިގަނޑުން ފެންހިކަނީއެވެ. އިއްޔެގެ ހިތާމަތަަކަށް ކުޑަ ލުޔެއް ލިބުމުން އޭނާ މިއަދު ކޮލެޖް އަށް ދާން ބޭނުންވިއެވެ. ސަފްވާން ބުނީ ތެދެކެވެ. އަރްފާން ކަހަލަ ގަމާރު މީހަކަށް ކަރުނަ އަޅަނީ ކިއްކުރަން ހެއްޔެވެ؟

ކަޅު ކުލައިގެ ޖިންސް އަކާއި މެރޫން ކުލައިގެ ސްވެޓާއަކާއި ލައިގެން އޭނާ އިސްތަށިގަނޑު ފުނާއަޅަން ފެށިއެވެ. އިސްތަށިގަނޑު ބޭއްވީ “މެސީ ބަން” އެއް ގޮތަށެވެ. ތުންފަތުގައި ރަތް ކުލައިގެ ލިޕްސްޓިކް އިން ފަވާލާފައި ގަޔަށް ސެންޓް ކޮޅެއް ބުރުވާލާފައި ޔޫރާ އޭނާގެ ފޯން ދަބަހައްލާފައި ހެޑް ފޯންސް އަޅާލިއެވެ.

ގެއިން ނުކުތީރު ރަޝްނާން އައިސް ސައިކަލު މަޑުކޮށްލީއެވެ. ނަށަމުން ކަހަލަ ގޮތަކަށް ޔޫރާ ގޮސް ސައިކަލަށް އެރުމުން ރަޝްނާން ގާތަށް ހިނިއައެވެ. މިއަދު ޔޫރާ މިހިރީ ވަރަށް ރަގަނޅު މޫޑެއްގަ އެވެ. އަރްފާން އާއި ހެދި އޭނާގެ ކޮއްކޮ ހިތާމަ ނުކުރާތީ އެއީ ނަސީބެކެވެ.

އަތަށް ހެލްމެޓް ހެޔޮވަރު ކޮށްލަމުން އަޝްވާން ނުކުތީ ބޭރަށެވެ. ސައިކަލުގައި ދުއްވާލުމަކީ އޭނާގެ ހިތްހަމަ ޖެހުމެވެ. އޭނާގެ ދިރިއުޅުމެވެ. އޭނާ އުފުލަމުންދާ ހިތްދަތިކަމަށް ލުޔެއް ގެނެސްދޭ ހަމައެކަނި ކަމެވެ. ސިކުނޑި ތާޒާވާ ހަމައެކަނި މަގެވެ.

“ދަރިފުޅާ ސައިވެސް ނުބޮއި ދަނީތަ..؟” އެގޭގައި މަސަށްކަތް ކުރާ ޝީނާ ބޭރަށް ބޯދިއްކޮލަމުން އަހާލިއެވެ.

“ސާ ބޯފިން..” އަޝްވާން ޖަވާބުދިނެވެ. ޝީނާ އަކީ އޭނާގެ ގޭގައި އޭނާއަށް ރަގަނޅަށް ހިތާ ހަމައެކަނި މީހާ އެވެ. އޭނާގެ ބައްޕަ އާއި މަންމަ ހުންނަނީ ނަމަކަށެވެ. ކުޑައިރު ވެސް އަޝްވާން އަށް އަނިޔާ ކޮށް އޭނާ މުޅިން ހަލާކު ކޮށްލާފިއެވެ. އެކަމު ބޮޑުވަމުން އަންނަވަރަކަށް އަޝްވާން ވަނީ އަމިއްލައަކަށް އުޅެން ދަސްކޮށްފައެވެ. ބައްޕަ އާއި މަންމަގެ ލޯބި ނުލިބުނަސް އޭނާ އަށް މިހާރު ހެވެ. އޭނާ މިދުނިޔޭގައި އުޅުނު 20 އަހަރު އޭނާ ވަނީ އަމިއްލަ އަށް އުޅެން ދަސްކޮށްފައެވެ. އޭނާ އަށް 14 އަހަރުވީފަހުން ޝީނާ އެގެޔަށް ގެނައީ އަޝްވާން އަށް ބަލާށެވެ. ޝީނާގެ ފަރާތުން އަޝްވާން އަށް މައެއްގެ ލޯބި ލިބުނެވެ.

“އެހާ ދަންވަންދެން ބޭރުގަ ނޫޅެއްޗޭ..” ޝީނާ އަނެއްކާ ވެސް ގޮވާލިއެވެ. ހިނިތުންވެލާފައި އަޝްވާން ބޯޖަހާލިއެވެ. ޝީނާ ހާސްވަނީ މާވަރަކަށެވެ.

ސައިކަލަށް އަރައި ހެލްމެޓް އަޅާފައި އޭނާ ދުއްވާލިއެވެ. އެކިމަގު މަގުމަގުގައި ދުއްވާފައި އަޝްވާން ހަނދާންވީ ޔޫރާ މަތިންނެވެ. ޔޫރާ އަކީ ހާދަ ރަގަނޅު ކުއްޖެކެވެ. އޭނާ ހާދަ ހެވެ. ޔޫރާ އަކީ ވަރަށް އަޙްލާޤް ރަގަނޅު ކުއްޖެކެވެ. އޭނާ ޔޫރާގެ އެކުވެރިއަކަށް ވީތީ އަޝްވާން ފަޙްރުވެރި ވިއެވެ. މިއަދު ވެސް އޭނާ ޔޫރާ އާއި އެކީ ވަގުތު ކޮޅެއް ހޭދަ ކޮށްލަން ބޭނުމެވެ. ޔޫރާ ކޮލެޖް ނިމޭނީ އިރޯއްސޭ ފަހުންނެވެ. އަޝްވާން ސިކުނޑި ތެރޭގައި ހަދާނެ ގޮތް ރާވާލިއެވެ.

“ރަޝްގެ މަންމަމެން ކޮބާ..؟” ޒަހްރާ މިފަހަރު ވާހަކަދެއްކީ އެގޭ ބޭރުގައި އިނދެއެވެ. ރަޝްނާން އޮފިސް ނިއްމާލާފައި ޒަހްރާ އާއި އެކީ އައީ އޭނާގެ ގެޔަށެވެ.

“މަންމަމެން ދިޔައީ ވެކޭޝަން އަކަށް..” ރަޝްނާން އަށް ޒަހްރާގެ މޫނުން ނަޒަރު ވަކިކޮށްނުލެވެއެވެ. ޒަހްރާ ހަމަހީވަނީ ހޫރު ޕަރިއެއް ހެންނެވެ. އެހާ ވެސް ފުރިހަމައެވެ. ޒަހްރާގެ ޖާދޫވީ ހިނިތުންވުމުން ރަޝްނާން މުޅިން މޮޔަކޮށްލާފިއެވެ.

“ދެން ތިހާ ވަރަށް ނުބަލާބަލަ.. އަހަރެން ވެސް ލަދުގަނެއޭ..” ޒަހްރާ އޭނާގެ މޫނުމަތީ އަތް އަޅާލަމުން ބުނެލީ ރަކިވެ ހުރެއެވެ. ރަޝްނާންގެ ހިނިތުންވުން ފުންވިއެވެ.

“ކިހިނެއްތަ އަހަރެންނަށް ޒަހްރާ އަށް ނުބަލަ ހުރެވޭނީ.. އެހާ ވެސް ޒަހްރާ ފުރިހަމަ..” ރަޝްނާން އިޝްޤީ ޤޮތަކަށް ބުނެލިއެވެ.

ޒަހްރާ ހީލިއެވެ. ރަޝްނާން ޒަހްރާގެ އަތުގައި ހިފާލިއެވެ.

ކޮލެޖް ނިއްމާފައި ޔޫރާ ވެސް އެހެން ކުދިންނެކޭ އެއްފަދައިން ގޭޓް އިން ނުކުމެގެން އައެވެ. އޭނާގެ މޫނުމަތިން ފެންނަން ހުރީ ވަރުބަލި ކަމެވެ. ދެފައި ދަމަމުން ކަހަލަ ގޮތަކަށް ހިގާފައި ކޮލެޖް ކާރީގައި ބަރިއަކަށް ޖަހާފައި ހުރި ބެންޗް ތަކުގެ ތެރެއިން ބެންޗެއްގައި ޔޫރާ އިށީންދެލިއެވެ. އިށީންދެ އޭނާ ދެލޯ މަރާލިއެވެ. މިއަދު އެހެން ދުވަސް ދުވަހާ ހިލާފަށް ވަރުބައްޔެވެ. އެހާ ގިނައިން ވާހަކަދައްކަން ޖެހިއްޖެއެވެ.

“ޔޫރާ..” އެއްލޯ ހުޅުވާލާފައި ޔޫރާ ބަލާލީ އެއީ ކާކު ތޯއެވެ. އެއީ އަޝްވާން އެވެ. އަޝްވާން ހުރީ ހިނިތުންވެލައިގެންވެ. މިއަދު އެމޫނުމަތި މާއަލި ކަމަށް ދައްކައެވެ.

“އަހަ އަޝްވާން.. މިގަނޑީ..” ޔޫރާ އަޝްވާން އަށް އިށީންނަން ތަންދައްކަމުން ވާހަކަ ދެއްކިއެވެ.

“ހެހެ.. އަހަރެން މިއައީ ޔޫރާ ބަލާ..” އިށީންދެލަމުން އަޝްވާން ބުނެލިއެވެ. ޔޫރާ އަށް މަޖާވިއެވެ. އަޝްވާން އޭނާ ބަލާ އެއައީ ކީއްކުރަން ހެއްޔެވެ؟

“ކޮންތާކަށް ގެންދަން..؟” ޔޫރާ އަހާލިއެވެ. އަޝްވާން ޝަހާދަތް އިނގިލި ތުންފަތުގައި ޖައްސާލީ އެއީ ސިއްރެކޭ ބުނާފަދައަކުންނެވެ.

“އޯކޭ އޯކޭ..” ޔޫރާ ހީލިއެވެ. އަޝްވާން އަކީ ހާދަ މަޖާ މިޒާޖެއްގެ މީހެކެވެ.

އަޝްވާންގެ އެދުމާއި އެކީ ޔޫރާ އޭނާގެ ލޯތަމީގައި ފޮތިކޮޅެއް އެޅިއެވެ. އަޝްވާން ބުނެފައިވަނީ އޭނާ އަށް ސަޕްރައިސް އެއް ދޭންކަމަށެވެ. ޔޫރާ މިހާ ފަސޭހައިން އެއްބަސްވީ އޭނާ އަށް އަޝްވާން ކާރީގައި ރައްކާތެރިކަން އިހްސާސް ކުރެވޭތީއެވެ. އަޝްވާން ޔޫރާގެ އަތުގައި ހިފައިގެން ހިގާފައި ގެންދިޔައީ އޭނާ ސަޕްރައިސް ތައްޔާރު ކުރިތަނަށެވެ. އެތަނަށް ގޮށްސައި އަޝްވާން ޔޫރާގެ ލޯމަތީ އަޅާފައިވާ ފޮތިކޮޅު ނެގިއެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ހަޔާތަށް ވި ބޭވަފާ

Next

ރާނީއޭ ހިތުގެ މަލާތީ- ޓްރެއިލާރ

Next
March 5, 2026

ރާނީއޭ ހިތުގެ މަލާތީ- ޓްރެއިލާރ

Previews
March 5, 2026

ހަޔާތަށް ވި ބޭވަފާ

16 Comments!

  1. Shaba_73 says:
    March 5, 2026 at 11:23 am

    Mi part vx vrh reethi MA! 😍
    Rashnaan ah Majaa vehje dhw Arfaaan ge vhk bunyma
    I am sorry for Ashwaan 😭 sheena haadha rangalhey
    Ashwaan ge parents vx nuvaane dhw ehen hadhaakah
    Yoora and Ashvaan vrh gulhey wauuuuuuu 💗
    Zahra haadha ladhu ganefi Eyyy dhw 😅
    Ashwaan kon kahala Suprise eh baa yoora ah dheyn e ulheny heevey propose kuran ulhey hen ves… 😎 so curious
    Curiously waiting for the next part when’s next?
    Lyy and Tc my best Author 💗✨✌️

  2. Miss jennie says:
    March 5, 2026 at 2:14 pm

    Mi part ves varah reethi. Rashnaan and zahra so cute. Wow ashwaan koacheh baa yoora ah dheyn eulhenee? Curiously waiting for next part???
    If you dont mind just asking are you a blackpink fan ?

    1. Blink says:
      March 5, 2026 at 2:31 pm

      But I am

    2. _MuXo_ _MuXo_ says:
      March 5, 2026 at 6:11 pm

      Glad you like this part aswell!!
      Hehe next part ga egeyne dhw!!
      Next part v avahah IA!!
      I do listen to Blackpink!! but I’m not a very big fan!!

  3. Ayaaa says:
    March 5, 2026 at 3:49 pm

    Mi part ves varah reethi
    When next?
    Luv you 😘

    1. _MuXo_ _MuXo_ says:
      March 5, 2026 at 6:12 pm

      Thank you Ayaaa!! Glad you enjoyed this part!!
      Next part ves Muxo ah vee varakun publish kohdheynan!!
      Love you too!!

  4. Shaba_73 says:
    March 5, 2026 at 4:25 pm

    Shaba ge comment pending ga thr?
    @MuXo

    1. _MuXo_ says:
      March 5, 2026 at 6:00 pm

      Yes!!

  5. Çê4 says:
    March 5, 2026 at 4:39 pm

    MA…🥀🫶 This part is Dramatic!🎀🥀
    Vn!!!✨Rashnan & Xahra Don’t go too far!! Something unbelievable must happen if you both being too close! Tbh, Xahra you need to think wisely Meeting him in her own house…
    Lit, If it’s me!😑I’ll not bring him to my house without anyone’s guidance!!🎀🥀
    Cause something unexpected could happen!
    Rashnan marry her quickly You’ll lose her if you don’t!!!Jk , Remembering my imagine world with you!!😆🎀
    Sry for Yoora! Ashwaan & Yoora should be good couple!!🥀🫶 Yoora accept Ashwaan as Ur
    Betrayed Bf instead crying for him!✨😩
    Alhm… When’s next?
    Lysm…Tc my frnd 🫶💖🥀

    1. _MuXo_ _MuXo_ says:
      March 5, 2026 at 6:15 pm

      Hehe!! Zahra akee visney kuhjjeh edhekudhinneh ekahala kameh nukuraane IA!!
      I agree with you Cer!!
      Don’t worry they will marry!!
      Next part ves muxo ah vee varakun publish kohdheynan!!
      Love you more!! You also please take care of your self babyy!!

  6. Th* says:
    March 5, 2026 at 7:41 pm

    Heyyy Muxo do you have a boyfriend
    Jusss asking ingey!!! ☺️

    1. _MuXo_ _MuXo_ says:
      March 5, 2026 at 10:08 pm

      I don’t have a boyfriend!! 😭
      Tbh I’m not that intrested too! 😶

  7. The GHOST says:
    March 5, 2026 at 7:52 pm

    Your male teacher said GOOD GIRL to you! Ur reaction is ur third (recent) emoji!
    Tell me what the emoji is Muxo😁

    1. _MuXo_ _MuXo_ says:
      March 5, 2026 at 10:10 pm

      Let me see!! 🤗
      That is my third most recent emoji!! 😭😭
      But this would be my honest reaction for sure!
      😐
      Sorry for the late reply! 😟

  8. Gurl 🩷 says:
    March 8, 2026 at 11:48 am

    much can I get ur just talk ID I want to be friends with you😅

  9. Anonymous says:
    March 8, 2026 at 11:49 am

    MuXo sorry auto correct v😅

Comments are closed.

Next Episodeތިޔައީ ހަނދޭ-16←


All Right Reserved!