Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މުޅި ހިތް ބޭޤަރާރު ވެއްޖޭ-16

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
March 3, 2026 4 Mins Read
14 Comments

ކައިސާން ސައިކަލުގައި އައުސް މަޑުކޮށްލީ ކޮފީ ޝޮޕް ކުރިމަތީއެވެ. އޭރު އެތަކެއް އަންހެން ކުދިންގެ ނަޒަރު އޭނާ އަށް ހުއްޓެމުން ދިޔައެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ކަޅު ކުލައިގެ ފަޓްލޫނަކާއި އެކީ ލައިގެން ހުރި ހުދު ގަމީހުގެ މަތިން ލައިގެން ހުރި ވެސްޓް ގައި އޭނާ ފެންނަން ހުރީ ފެންޓަސީ ކެރެކް ޓާރ އެއްހެންނެވެ. ހެލްމެޓް ނަގާފައި އިސްތަށިގަނޑު ރީތި ކޮށްލާފައި އެތާ އިން އަންހެން ވެއިޓާރ އާއި ދިމާއަށް އޭނާ އެއްލޯ މަރާލާފައި ހިނިތުންވެލިއެވެ. އެކުއްޖާ ލަދުން މޫނުމަތީ އަތް އަޅާލިއެވެ. ކައިސާން އަށްވީ މަޖާކަމަކަށެވެ. ހެލްމެޓް ބައިންދާފައި ހިގައިގަތް ތަނާހެން މީހަކު ބުނެލިއެވެ.

“ތިހާ ވަރަށް އަނެހެން ކުދިންނަށް ފޮނި ކަޑާކަށް ނުވާނެ..” ކައިސާން ބަލާލިއެވެ.

*ޕާރޓް-16*

އޭރު މާސްކެއް އަޅައިގެން އެހުރީ ޒުވާން އަންހެން ކުއްޖެކެވެ. އެކުއްޖާގެ ކޮޑާއި ހަމައަށް އަރާ އިސްތަށިގަނޑުގައި ވަނީ މެރޫން ކުލަ ޖައްސާފައެވެ. ލައިގެން އިނީ ގަޔަށް ބާރު ކަޅު ކުލައިގެ އަތް ދިގު ޓޮޕް ކޮޅަކާއި ކަޅު ޖިންސް އެކެވެ. އެއަންހެން ކުއްޖާގެ ދެލޮލުގައި ވަނީ ސްމޯކީ އައި މޭކްއަޕް އެއް ކޮށްލާފައެވެ. އޭނާގެ މަޑު އަޅި ކުލައަކަށްދާ ކަޅިރަވަ ވަރަށް ވެސް ތޫނެވެ.

“ހެހެ.. އެކުދިންނެއްނު އެތިބީ އަހަރެން ފެންނާރަަކަށް އާނގަމަތިވެފަ..” ކައިސާން ހީލަމުން ބުނެލިއެވެ. އެއަންހެން ކުއްޖާ ލޯއަނބުރާލީ ފޫހިވެފައި އިނދެއެވެ.

“އަހަރެން ދަންނަންތަ..؟” ކައިސާން އަހާލިއެވެ. އެއަންހެން ކުއްޖާ މާސްކް ތިރި ކޮށްލިއެވެ.

“ކައިސާން އަހަރެން ނުދަނެފާނެ.. އެކަމު އަހަރެންނަށް ކައިސާން ވަރަށް ރަގަނޅަށް އެނގޭ..” އެއަންހެން ކުއްޖާ ވިހަ ހިނިތުންވުމަކާއި އެކީ ބުނެލިއެވެ. ކައިސާން ކުޑަކޮށް ހައިރާންވީ އެއަންހެން ކުއްޖާ އަށް އޭނާގެ ނަން އެނގޭތީއެވެ.

“އިފްޔޫ ޑޯނޓް މައިންޑް.. ނަން ބުނެފާނަންތަ..؟” ކައިސާން އަހާލިއެވެ.

“ލަޔާން..” ލަޔާން ބުނެލިއެވެ. ކައިސާން ބުމަ އަރުވާލީ ކޮންކަހަލަ ނަމެއްހޭ ހިތަށް އަރައިފައި އިނދެއެވެ.

“އޮފީހަށް ދާކަށް މާގިނަ ވަގުތެެއް ނެތް.. އާކިފް އަށް އަހަރެން ފަރާތުން ސަލާން ބުނައްޗޭ..” ލަޔާން ފޯނުން ގަނޑި ބަލާލާފައި ހިގައިގަތެވެ. ކައިސާން އަށް ހުރެވުނީ ބަލާށެވެ. ލަޔާން އަކީ އޭނާ ނުވެސް ދަންނަ ކުއްޖެކެވެ. އެކަމު ލަޔާން އަށް އޭނާގެ ނަމާއި އާކިފްގެ ނަން ވެސް އެނގެއެވެ. މަބޮޑު ކަމަކަށް ނަހަދާ ކައިސާން ގޮސް އޭނާގެ ކޮފީ އަށް އޯރޑާރ ކޮށްލިއެވެ.

ސެހްރިޝް އައިސް ކެބިން އަށް ވަނުމާއި އެކީ ތާރާ އޭނާގެ ގޮނޑި އަނބުރާލާފައި ސެހްރިޝް އަށް ހިނިތުންވުމެއް ރައްދުކޮށްލިއެވެ. ސެހްރިޝް ވެސް ހުނިތުން ވެލިއެވެ.

“ހާދަ އުފާވެފަ ހުރިހެން ހީވެއޭ..” ތާރާގެ މޫނުމަތިން ފެންނަން ހުރި އުފާވެރިކަން ސެހްރިޝް އަށް ފާހަނގަ ކުރެވުނެވެ.

“ގާރްރްލްލް.. ޔޫ އާރް ގެޓިން މެރީޑް.. ކަލޭގެ މާމާ ފުޅު މަށަށް ދައުވަތު ވެސް ދީފި މިއަދު ކަލޭއާ އެކު ފިހާރެއަށް ދާން..” ތާރާ ފޮނިވެލާފައި އިސްތަށިގަނޑު ފަހަތަށް ފޮނުވާލަމުން ބުމަ އަރުވާލިއެވެ. ސެހްރިޝް ގާތަށް ހިނިއައެވެ.

“އެހެންވެ ދޯ މާވަރަކަށް ދަތްތަށް ސޭލް އަޅުވަނީ..” ސެހްރިޝް ދެކޮޅަށް ބޯ ހޫރާލަމުން ކޮމްޕިއުޓާރ ހުޅުވާލިއެވެ.

މަސަށްކަތްތަށް ނިއްމާލާފައި ސެހްރިޝް ގޮނޑީގައި ހަމަޖެހިލިއެވެ. ތާރާގެ އަޑެއް ނީވޭތީވެ ސެހްރިޝް ބަލާލިއެވެ. އޭރު ތާރާ އިނީ ކުޑަ ލޯގަނޑު ކޮޅެއް ހިފައިގެން ލިޕްސްޓިކް ޖައްސާށެވެ. އޭނާ މާވަރަކަށް ރީތިވާތީވެ ސެހްރިޝްގެ ހިތުގައި ސުވާލު އުފެދުނެވެ.

“އޮޔެ ހޯއޭ.. ކޮންތާކަށް ދާންތަށް މާވަރަކަށް ރީތިވަނީ..؟” އެއްމެ ފަހުން ސެހްރިޝް އަހާލިއެވެ.

“ރަޝަން ބަލާ ސްކޫލު ދޮށަށް..” ތާރާ ތެދުވަމުން ޖަވާބު ދިނެވެ.

ކާރުގައި ތާރާ ގޮސް މަޑުކޮށްލީ ސްލޫލު ކާރީގައެވެ. އޭނާ ކުޑަދޮރުގަނޑުން ބޭރުބަލަން ހުރެފައި ބެލްޖެހުމުން ކާރުން ފޭބިއެވެ. އޭނާ ފޭބުމުން އެތަށް ބަޔަކު އޭނާ އާއި ދިމާއަށް ބެއްޔެވެ. ތާރާ އަޅާވެސް ނުލައެވެ. އޭނާ ހިސާބަކަށް ހިގާލިތަނާހެން ފަހަތުން މީހަކު އައިސް އޭނާގެ އުނަގަނޑުގައި އަތް އަޅުވާލިއެވެ. އަދި ކޯޓެއް އައްސާލިއެވެ. ތާރާ އިނީ ހައިރާންވެ އަންތަރީޒް ވެފައެވެ. އޭނާ ގާތަށް އެހާމެ ރުޅި ވެސް އައެވެ. އެމީހަކާއި ދިމާއަށް އެއްޗެހި ކިޔާލާނެމޭ ހިތާ އެނބުރިލިތަނާހެން އޭނާ އާއި ނުލާހިކު ކާރީގައި ހުރީ ކައިސާން އެވެ. ތާރާގެ މޫނުމައްޗަށް އެރީ ސުވާލު މާކެކެވެ.

“ތާރާ ގެޔަށް ގޮސްލަން ފެނޭ..” ކައިސާން ބުނެލިއެވެ. ތާރާ އެއީ ކީއްވެހޭ އަހާލިއެވެ. ކައިސާން ތާރާގެ ކަންފަތާއި ދިމާއަށް ގުދުވެލިއެވެ.

“ޔޫ ހޭވް ގޮޓްޔޯ ޕީރިއޮޑް..” ސިއްރު ސިއްރުން ކައިސާން އެހެން ބުނެލުމުން ތާރާ އަށް އޭނާގެ އަނގަމަތީ އަތް އަޅާލެވުނެވެ. އޭނާ ލަދުގަތެވެ. ކައިސާން އަށް އޭނާ ނުފެނުނު ނަމަ އޭނާ އަދި މިއަށްތުރެއް ބޮޑު ލަދުވެތި ކަމަކާއި ކުރިމަތިލާން ޖެހޭނެއެވެ.

“ކޮންކުއްޖެއް..؟ ކޮންކްލާހެއް..؟” ތާރާގެ ދެލޮލުން ނަޒަރު ވަކި ކޮށްނުލާ ކައިސާން އަހާލިއެވެ.

“ރަޝަން.. އެލްކޭޖީ..” ތާރާ އެހެން ބުނުމުން ކައިސާން ހިގައިގަތެވެ. ނަމަވެސް ދެތިން ފިޔަވަޅު އަޅާފައި އޭނާ މަޑުޖެހިލިއެވެ.

“ތާރާ ދޭ ގެޔަށް.. އަހަރެން ރަޝަން ގެންގޮސްދޭނަން..” ކައިސާން އެހެން ބުނުމުން ތާރާ އަވަސްވެގަތީ އަވަހަށް ގެޔަށް ދިއުމަށެވެ. ގެޔަށް ދިޔަ މަގުމަތީގައި ތާރާ އަށް ވިސްނުނީ ކައިސާންގެ އަމަލު ތަކާއި މެދުއެވެ. ކައިސާން ހާދަ ރަގަނޅެވެ. އޭނާ އަށް ކައިސާންގެ މިއަމަލުތަކަށް ޝުކުރު އަދާކުރެވުނެވެ.

“ފެންނަ ފެނުމަށް އެހާ ގަމާރުވިއަސް އަސްލު ވަރަށް ރަގަނޅު..” ޑްރެސިން ޓޭބަލް ކުރިމަތީ ރީތިވާން ހުރި ތާރާ ވާހަކަ ދެއްކީ ރަޝަންގެ މަންމަ އޭނާގެ ދައްތަ ދިޔާނާ އެވެ.

“ސާބަސް ތާރާ އަށް.. ދޫނި ބަލާ ދިޔައީ ކޮން ކުއްޖެއް މިއަދު..” ދިޔާނާ ވާހަކަ ދެއްކީ ރަޝަން އާއެވެ.

“ވަރަށް ރީތި ބޭބެ އެއް.. ބޭބެ ކޮށްކޮއަށް ޗޮކްލެޓް ވެސް ގަނެދިން..” ރަޝަން ފުޅާ ހިނިތުންވުމަކާއި އެކީ ބުނެލިއެވެ.

“ބޭބެ ބުނީ ބޭބެގެ ނަމަކީ.. އާމްްމް.. ކައިސާން..” ރަޝަންގެ ޅައަޑުން އޭނާ އެހެން ބުނެލީރު އެކުއްޖާ އެހުރީ ވަރަށް އުފޭވެފަކަން އެނގެއެވެ.

“ބޭބެ ބުނީ ބޭބެއަކީ ކޫގެ ފްރެންޑެކޭ..”

“ފްރެންޑް މައި އޭސް..” ތާރާ މަޑުމަޑުން ބުނެލިއެވެ.

މެންދުރު 2 ޖަހަން ބާކީ އިނީ ފަނަރަ ވަރަކަށް މިނެޓް ބާކިއެވެ. ފައިލްތަށް ތަރުތީބު ކޮށްލާފައި ކޮމްޕިއުޓާރ ނިއްވާލާފައި އާކިފް ތެދުވިއެވެ. ގެޔަށް ދާން ވެގެން އޭނާ ނުކުތެވެ. ކައިސާން ވެސް އޭނާގެ ފަހަތުން ނުކުތެވެ. ދެމީހުން ވެސް ދިޔައީ ފުރަތަމަ އެމީހެއްގެ ގެޔަށެވެ.

ސެހްރިޝް އިނީ ވަދީފާ އާއި އެކީ ސިޓިން ރޫމްގައެވެ. ހަމްދާން ވެސް އިނެވެ. އޭނާގެ މާމަ އާއި ކާފަ ވެސް ތިއްބެވެ. އިރު ކޮޅެއް ތެރޭގައި އަހްމަދް މެން އާއިލާ މީހުން ވެސް އައެވެ. ނައި ހަމައެކަނި އަވާ އެވެ. ތާރާ އަށް ވެސް އާދެވުނީ ހަމަ އެގަޑި އަށެވެ. ތާރާގެ ލޮލުގައި ފުރަތަމަ ވެސް އަޅައި ފަތީ ކައިސާން އެވެ. ކައިސާން އޭރު އިނީ އޭނާ އާއ ދިމާ އަށް ބަލާށެވެ. ކައިސާންގެ ބެލުމުގައި ނުރައްކާތެރިކަން އެކުލެވިގެން ވެއެވެ. އޭނާ ބަލާގޮތް ތާރާ އަށް ވަރަށް “އެޓްރޭކްޓިވް” އެވެ. ބޮޑު ދޮރުން ނުވަންނަން ވެގެން އޭނާ ދިޔައީ ގޭގެ އަނެއް ފަރާތަށެވެ.

އެއްމެން ހަމަވުމުން ދެކާރުގައި އެއްމެން ނައްޓާލިއެވެ. ކައިސާން އައީ އޭނާގެ ސައިކަލުގައެވެ. ހުރިހާ އެއްމެން ވެސް މަޝްވަރާ ކުރަމުން ދިޔައީ ސެހްރިޝް އަށް ގަންނާނީ ކޮން ކަހަލަ ހެނދުމެއް ކަމާއި މެދުއެވެ. ސެހްރިޝް އިނީ ބަހެއް ނުބުނެއެވެ. އެތަކެއް ފިހާރެއަކަށް ވަދެވިއްޖެއެވެ. ސެހްރިޝް އަށް ރީތި ހެނދުމެއް ފެނިއްޖެއެވެ. އެ ހެދުމާއި މެދު ސެހްރިޝް ވަރަށް ރުހެއެވެ. އާކިފް އަށް ވެސް ސޫޓެއް ގަނެވިއްޖެއެވެ. ދެން އެއްމެން ވެސް ދިޔައީ ގެޔަށެވެ.

ހެއްލެމުން ދިޔަ އޮދޯލީގައި އޮށޯވެލައިގެން ފޯނުހިފައިގެން އޮތް ޒާޔާ އޮތީ ހިނިތުން ވެލައިގެންނެވެ. ޖައިލަމް ބުނީ އޭނާ ކާރިއަށް އަންނާނެ ކަމަށެވެ. ޖައިލަމް ހާދަ ރަގަނޅެވެ. ޒާޔާ ހިތަށް އެރިއެވެ. ޖައިލަމް އޭނާ ދެކެ ވަރަށް ލޯބިވެއެވެ. ޒާޔާ އަށް ޖައިލަމް އާއި މެދު ހިޔާލު ކުރެވެމުން ދިޔައިރު އޭނާގެ ތުންފަތް މަތީ ވަނީ ފުޅާ ހިނިތުން ވުމެކެވެ. މިހާރު ޖައިލަމް އަންނަމޭ ބުނި ގަނޑި ފަހަނަ އަޅާ ގޮށްސިއެވެ. ގޭޓާއި ދިމާ އަށް ބަލަބަލާފައި ޒާޔާ ވަނީ އެތެރެއަށެވެ. ޖައިލަމް އޭނާ އަށް ދޮގު ހެދީއެވެ. ޒާޔާ ދެރަވިއެވެ. ޖައިލަމް އަށް ކަމެއް ވީހެއްޔެވެ.

ކޮޓަރިތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޒާޔާ އިނީ ތުން ކޮޅު އޫކޮށްލާގެންނެވެ. ޖައިލަމް އައީމަ ޖައިލަމް އާއި ވާހަކަ ނުދައްކަން ނިއްމާގެން ޒާޔާ ހުއްޓައި ކޮޓަރި ދޮރުގައި ޓަކި ދިނެވެ. ފުއްމައިގެން ތެދުވެ ޒާޔާ ގޮސް ދޮރު ހުޅުވާލިއެވެ. އޭރު ކޮޓަރި ދޮރު މަތީގައި ޖައިލަމް ހުއްޓެވެ. އޭނާ އަަށް ޒާޔާ ފެނުމުން ހިނިތުންވެލިއެވެ. ޖައިލަމް ކޮޓަރިއަށް ވެދެ ދޮރު ލެއްޕިއެެވެ. އަދި ޒާޔާ ގައިގައި ބައްދާލިއެވެ. ޒާޔާ ޖައިލަމް ގަޔަކު އަތެއް ނުލައެވެ.

ޒާޔާގެ ގައިން ދޫކޮށް ނުލަ ޖައިލަމް ޒާޔާގެ މޫނަށް ބަލާލިއެވެ. ޒާޔާ އެހުރީ ނުރުހުން ވެފަކަން އޭނާ އަށް އެނގެއެވެ.

“ރުޅި އައިސްތަ..؟” ޖައިލަމް އަހާލިއެވެ. ޒާޔާ ލޯ އަނބުރާލިއެވެ.

“ސޮރީ ބޭބީ.. ކުޑަކޮށް ބިޒީ ވީ.. ދެން އެހެނެއް ނުވާނެ.. ޕްލީސް..” ޖައިލަމް މަޢާފަށް އެދުނެވެ. ނަމަވެސް ޒާޔާ އެ އަޑު އެހިހެނެއް ހިޔެއް ނުވެއެވެ. އިރު ކޮޅަކު ބަލަން ހުރެފައި ޖައިލަމް ޒާޔާގެ ކަރަށް ބޮސްދިނެވެ. ޒާޔާ އަށް ތެޅިގަނެވުނެވެ. ޖައިލަމް އަށް އެނގެއެވެ. ޒާޔާގެ “ވީކް ޕޮއިންޓް” އަކީ އޭނާގެ ކަރެވެ. ޖައިލަމް ދުލެއް ނުކުރެއެވެ. ޒާޔާ ދުރުވެފައި ޖައިލަމް ދުރަށް ލެވޭތޯ އުޅުނެވެ.

“އޯކޭ އޯކޭ.. ގަބޫލު ކޮށްފިން..” ޒާޔާ އެއްމެ ފަހުން ބުނެލިއެވެ. ޒާޔާ އަށް ޖައިލަމްގެ ހިނިތުންވުން އިހްސާސްކުރެވުނެވެ.

“ގޫޑް..” ޖައިލަމް ޒާޔާ އާއި ހަތަރު ކަޅި ހަމަ ކޮށްލަމުން ބުނެލިއެވެ.

ސީލިންގަށް ބަލަހައްޓައިގެން އޮތް އާކިފް އޮތީ ނުނިދިފައެވެ. އޭނާ ބިރު ގަންނަނީއެވެ. ކައިވެންޔަށް ބާކީ އޮތީ ފަސް ދުވަހެވެ. ސެހްރިޝް އާއި އޭނާގެ ކައިވެނި ކުރެވެނީއެވެ. އޭނާ އަށް ސެހްރިޝް އަށް ރަގަނޅަށް ނުބެލިއްޖެއްޔާ އެވެ. އޭނާ އަށް ސެހްރިޝް ދެރަކޮށްލެވިއްޖިއްޔާ އެވެ. އެކަހަލަ ވިސްނުން ތަކެއްގައި އާކިފް އަށް އޮތީ ނިދިފިލާފައެވެ. އެހެން އޮވެފައި ވެސް އޭނާ ނިދަން މަސަށްކަތް ކުރިއެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ލޯތްބަށްޓަކައި 09

Next

ލޯބިން ގާތުގާ (ޓްރެއިލާ)

Next
March 3, 2026

ލޯބިން ގާތުގާ (ޓްރެއިލާ)

Previews
March 2, 2026

ލޯތްބަށްޓަކައި 09

14 Comments!

  1. Shaba_73 says:
    March 3, 2026 at 11:35 am

    Mi part vx vrh reethi MA! 😍
    Tara vrh ufaavey dhw sehrish marry kuraathy 😅
    Kaisaan kihaa rangalhu kaisaan Nai nama Tara kihaa ladhu gathis… Rashan ah vrh kamu gohssi dhw kaisaan hehe.. Zaaya and jailam such a beautiful couple wauuu 💗 xaaya ah jailam aa vhk nudhahkaa nuhurevun dhw 😀 hurihaa kameh ves rangalhu vaane IA ☝🏻❤️ Aakif ehaa Varah nuvisnaa.
    Muxo haadha talented eyy hama bunaane ehcheh ves neynge ehaa vx furihama muxo ge hurihaa vhk thakeh vess 🤗
    Curiously waiting for the next part when’s next???
    Lyyy and Tc gurlly 😘💗

    1. _MuXo_ _MuXo_ says:
      March 3, 2026 at 10:06 pm

      Thank you for the comment Shaba_73! 🥰
      Yeah, tara is happy! 💚
      Aslu ves dhw that would be so embarasing!
      Rashan ah kamu gohssi kaisan! 😄
      Zaaya and jailam is a cute couple! 🤭
      Awwnn thank you so much Shaba! 💙
      Next part ves v avahah IA! 💘
      Love you more! 😘 you also take care baby!😉

    2. Cer 🎀 says:
      March 3, 2026 at 11:52 pm

      You copied my word!

    3. Bassam 😎 says:
      March 4, 2026 at 3:15 am

      She didn’t copy ur word….. She said it first…. That means u copied her word!
      Right Alaika_22

    4. Alaika_22 says:
      March 4, 2026 at 12:01 pm

      Whyyy mee….. 😧
      Bassu Thee dhn kon Kameh Shaba aa ekuhjja ge talk thera ah vess vany… Huvaa mi bunee i’ll kill u Thihen ulhenya…
      And u thibuny Ekm Thedheh 😢

  2. Shaba_73 says:
    March 3, 2026 at 12:08 pm

    Mi part vx vrh reethi MA!
    Tara vrh ufaavey dhw sehrish marry kuraathy! 😅
    Naseebehnu kaisaan ah Tara Fenun kan ves
    Ehn noon nama Tara kihaa ladhu gathis 🙈
    Xaaya and jailam such a beautiful couple wauu 💗
    Rashan vrh like vehje dhw kaisaan dheke. Aakif ehaa vrh nuvisnaa hurihaa kameh vx rangalhu vaane IA ☝🏻❤️
    Muxo haadha talented eyy MA! Hama bunaane ehcheh vx neyngifa meendhee ehaa vx reethi muxo liyaa hurihaa story thakeh ves ✨ keep it up ✨ keep shining ✨
    Lysm and Tc gurll 💗

  3. Shaba_73 says:
    March 3, 2026 at 1:25 pm

    Never mind ingey 2 comments kohlevuny e

    1. _MuXo_ _MuXo_ says:
      March 3, 2026 at 10:06 pm

      Its okayy!! 🥰

  4. 🎀🎀🎀 says:
    March 3, 2026 at 3:32 pm

    MaaSha Allah 🫶🥀
    Mi part vx Vrh Reethi! Kiyaa Kiya Foohi eh nuvey Hama asluvex Muzo Vrh talented!🎀🫶
    Mihaar Prt thah kiyer Bayaku Foohi eh nuvaane so I ekan bunelan!!🥀🖤
    🖤🖤🖤
    I’ve a question Kihineih time manage kohgen Grade 7 ga Exams and class test thakah ready vaan emme Faseyhagoh bunedheeba Muxo ah egenaamun …For all subjects in Exam!🎀🫶
    When’s next? my princess?

    1. 🎀🎀🎀 says:
      March 3, 2026 at 5:17 pm

      Lysm …Tc of Dill 😎😎
      Cer 🎀 study ah Gina vaguthu spend kuraathee Muxo’s tales kiyenee Vrh Vrh madunn…
      I’m proud of you 👏👏

    2. _MuXo_ _MuXo_ says:
      March 3, 2026 at 10:08 pm

      Thank you!! 🥰
      Well for that muxo liyumeh liyelaanan! 💙
      Vhk next part v avhah IA! My baby girll!! 💋

    3. Cer 🎀 says:
      March 3, 2026 at 11:49 pm

      Wlcm ✨🫶🥀
      Maa bodah stress nuvahjeyy…
      Cer 🎀 Ves ekamah new Veema fenunee Ahaalan!
      Take your time and Do it!🥰✨

  5. Miss jennie says:
    March 3, 2026 at 7:00 pm

    Mi part ves varah reethi. Tara ” friend my ass” got me laughing. 😂😂 curiosly waiting for next part??

  6. _MuXo_ _MuXo_ says:
    March 3, 2026 at 10:10 pm

    Glad you liked this part aswell Miss jennie! 🥰
    V ufaavehjje Miss jennie hehvaalevuneema! 💙
    Vhk next part ves v avahah IA! 🤭

Comments are closed.

Next Episodeމުޅި ހިތް ބޭޤަރާރު ވެއްޖޭ-17←


All Right Reserved!