ތިޔައީ ހަނދޭ-13
އެތާ ހުރި ގޮނޑި ބަރީގައި އިށީންދެލީ އަދި އެތާ އެތަށް ބަޔަކު ކިއުގައި ތިބީމައެވެ. ޔޫރާ އިށީންދެފައި ފޯން ނެގިއެވެ. އޭނާ އިނީ ވާހަކައެއް ކިޔާށެވެ. އިރުކޮޅަކު އެހެން ހުއްޓައި މީހަކު އޭނާގެ ނަމުން ގޮވާލި ނިކަން ގާތުން އިވުނުހެން ހީވުމުން ޔޫރާ އިސްއުފުލައި ބަލާލިއެވެ.
*ޕާރޓް-13*
އޭރު ކުރިމަތީގައި އަޝްވާން ހުރީ ހިނިތުންވެލައިގެންނެވެ. ޔޫރާ އަށް އަޝްވާން މިތަނުން ފެނުމުން ހައިރާންވިއެވެ. އެކަމު އޭނާ ވެސް ހިނިތުންވެލިއެވެ. އަޝްވާން އޭނާ އާއި ޖެހިގެން އިން ގޮނޑީގައި އިށީނެވެ.
“ޔޫރާ ބަލީތަ..؟” ޔޫރާގެ މޫނުން ނަޒަރު ވަކި ކޮށްނުލާ އޭނާ އަހާލިއެވެ.
“އެހެނެއް ނޫން ދެން.. ބޭސްކޮޅެއް ބަލާ އައިސް މީނީ.. އަޝްވާން މިތާ ކީއްކުރަނީ..؟” ޔޫރާ ވެސް އަހާލިއެވެ.
“އަހަރެން މިއައީ ތެރެޕީ ސެޝަން އަށް..” އަޝްވާން އެއްވެސް ފޮރުވުމެއް ނެތި ބުނެލިއެވެ. އެހާ ފަސޭހައިން އަޝްވާން އެހެން ބުނުމުން ޔޫރާ ހައިރާން ވިއެވެ. އެހެން މީހަކު ނަމަ އެހެނެއް ނުބުނާނެކަން ގައިމެެވެ.
“ތެރެޕީއޭ..؟” ޔޫރާ އަހާލިއެވެ.
“ހޫމް.. އަހަރެންގެ އެންގާރ އިޝޫޒް ހުންނާތީވެ..” އަޝްވާން ގޮނޑީގައި ހަމަޖެހިލަމުން ބުނެލިއެވެ. ޔޫރާ އެހެންހޭ ބުނެލާފައި ފުއްދާލިއެވެ.
“އަހަރެންނާ އެކީ ބޭރަށް ގޮސްފާނަންތަ..؟” އިރުކޮޅަކު ހަމަހިމޭނުން ހުރެފައި އަޝްވާން އަހާލިއެވެ. ޔޫރާ ބަލާލިއެވެ. އޭނާ ބޭނުންވަނީ ކޮންމެސް މީހަކާއި ވާހަކަ ދައްކާލައި ބޯހަމަޖައްސާލާށެވެ. އެކަމު އަރްފާން ވާހަކަ އޭނާ އަޝްވާން ކާރީ ބުނާކަށް ބޭނުމެއް ނޫނެވެ. ޔޫރާ އެއްބަސް ވިއެވެ. އަޝްވާންގެ މޫނުމަތި މަލެއް ހެން ފޮޅިލިއެވެ. ޔޫރާ އަށް ހިނިތުންވެލެވުނީ އޭނާގެ ސަބަބުން އެހެން މީހަކު އުފާވީމައެވެ.
“ކޮންތާކަށް ދާނީ..؟” އަޝްވާން އަހާލިއެވެ.
“އަޝްވާން ބޭނުން ތާކަށް..” ޔޫރާ ބުނެލިއެވެ.
“އަހަރެން ބޭނުމީ ބީޗް އަށް ގޮސްލަން..” އަޝްވާން އޭނާ ބޭނުންވާ ގޮތްާ ހާމަ ކުރިއެވެ.
“މިއޮތް ފަދަ ހޫނުގަނޑުތެރޭގަ..؟” ޔޫރާ ދެލޯ ބޮޑުކޮށްލަމުން އަހާލިއެވެ.
“ހެހެ މަޖާ ކޮށްލީއޭ.. ހިގާ ދޯ ޕާކަކަށް ދާން..” އަޝްވާން ހިނިތުންވެލިއެވެ. ޔޫރާ ބޯޖަހާލިއެވެ.
އޭނާ މިހާ ހިތާމަ ކުރަމުންދާއިރު ވެސް އޭނާ ފެނިފައި އަޝްވާން އުފާވެފައިވާ މިންވަރު ފެނި ޔޫރާ އަށް ހިތްހަމަ ޖެހުން ލިބުނެވެ. އޭނާ އާއި ހެދި މީހަކުގެ މުޅި ދުވަސް އެއްކޮށް އަލިވެ އުޖާލާ ވީއެވެ. އަޝްވާން ބުނެފައިވާ ފަދައިން އޭނާ އަކީ އަޝްވާންގެ އެއްމެ ފުރަތަމަ އެކުވެރިޔާ އެވެ. އަޝްވާން އަށް ދެރަގޮތެއް ވުމަކަށް އޭނާ އެއް ނޭދެއެވެ. އަޝްވާންގެ މޫނުމަތިން ފެންނަ ޅަކަމެވެ. އޭނާ ވަރަށް އުފާވެއްޖެއެވެ. އެކުވެރިއެއް ނެތި އެކަނި އުޅުމަކީ މިހާ ކިހާ ނިކަމެތި ކޮށްލާ ކަމެއްކަން ޔޫރާ އަށް އެނގެއެވެ.
ދެމީހުން ވެސް ވާހަކަ ދައްކަން ހުރެލާފައި ޔޫރާގެ ބޭސް ނަގައިގެން ދެމީހުންވެސް ނުކުތީއެވެ. އަޝްވާން ވެސް ޔޫރާ އާއި އެކީ ދިޔައީ ހިގާފައެވެ. ދެމީހުން ވެސް އެކިވާހަކަ ދައްކަމުން ހީހީފައި ދިޔައިރު ޔޫރާގެ ހިތާމަތަކަށް ދިޔައީ ލުޔެއް ލިބެމުންނެވެ. ޖޫގޯ އެއް ގަނެލައިގެން ދެމީހުން ވެސް ވަނީ ޕާކަށެވެ. ބިޔަގަސްތަކުން މުޅި ޕާކު ތެރެވަނީ ހިޔާކޮށްދީފައެވެ. މަދު މަދުން މީހުން އުޅެއެވެ.
ކޮންޕިއުޓާރ އަށް ބަލަހައްޓައިގެން ހުރި ރަޝްނާން އިނީ ހިޔާލަކަށް ގެއްލިފައެވެ. އޭނާ އަށް ވިސްނެމުން ދިޔައީ އެއްމެ މީހެއް ދެކެއެވެ. އާއެކެވެ. ޒަހްރާ އާއި ދޭތެރޭ އެވެ. މިއީ ހަމަ މީހަކު ލޯބިވެވިއްޖެއްޔާ އުޅޭ ގޮތް ހެވެ. އަބަދުހެން ރަޝްނާންގެ ސިކުނޑިތެރޭ ފެވެމުންދާ ސޫރައަކީ ޒަހްރާ އެވެ. ޒަހްރާ އޭނާ އާއި ނުރުހެނީ ހެއްޔެވެ؟ ނޫނެކެވެ. ހުޝާމް އޭނާ އަށް ވަނީ ޔަޤީންކަން ދީފައެވެ. ޒަހްރާގެ އަމަލުތަކުން ވެސް ޒަހްރާ އޭނާ އާއި ރުހޭކަން ކަށަވަރެެވެ. އެކަމު ޒަހްރާ އޭނާ އާއި ވާހަަކަ ނުދައްކަނީ ކީއްވެ ހެއްޔެެވެ؟ ރަޝްނާންގެ ހިތުގެ ކަނެއްގައި ރިއްސާލިއެވެ. ޒަހްރާ އޭނާ އިގްނޯ ކުރަނީ އެވެ. ގުޅީމަވެސް ފޯނެއް ނުނަގައެވެ. މެސެޖް ކުރީމަވެސް ބަލާވެސް ނުލައެވެ. މިގޮތަށް ޒަހްރާ އޭނާ އިގްނޯ ކުރުމަކީ ރަޝްނާންގެ ހިތަށް ކުޅަދާނަ ވާވަރު ކަމެއް ނޫނެވެ.
އޮފީސް ނިއްމާލާފައި ރަޝްނާން ނުކުމެލީރު އޭނާގެ ސައިކަލުގައި ލެގިލައިގެން އެއިނީ އަންހެން ކުއްޖެކެވެ. ރަޝްނާން ފެނުމާއި އެކީ އެކުއްޖާ ހިނިތުންވެލިއެވެ. އެކުއްޖާ ލާގެން ހުރީ ގަޔަށް ދޫ ކަޅު ކުލައިގެ ސްވެޓާރ އަކާއި ޖިންސް އެކެވެ. ތުންފަތުގައި ވަނީ ފިޔާތޮށި ކުލައިން ފަވާލެވިފައެވެ. ރަޝްނާންގެ ވެސް ތުންފަތް މައްޗަށް ވެރިވީ އުފާވެރި ހިނިތުން ވުމެކެވެ. އޭނާ އަވަސް ފިޔަވަޅު ތަކެއްގައި ގޮސް އެއަންހެން ކުއްޖާ ކާރީ ހުއްޓިލިއެވެ.
“ހާދަ ޑިޕްރެސްއޭ..” ޔަނާ ޖެއްސުމުގެ ރާގަކަށް ބުނެލިއެވެ. ރަޝްނާން އައިސް ޔަނާގައިގައި މަޑުމަޑުން ބައްދާލިއެވެ
“އައި ހޭވް މިސްޑް ޔޫ..” ރަޝްނާން ބުނެލިއެވެ.
“ހޫން ހޫން.. މިސްވާކަން އެނގެއޭ ގުޅާ ވެސް ނުލާ.. ކުޑަމިނުން މެސެޖް ވެސް ކޮށްނުލާ..” ދުރުވެލަމުން ޔަނާ އެހެން ބުނެލުމުން ރަޝްނާން ގާތަށް ހިނިއައެވެ.
“ހިގާ ދާން..” ރަޝްނާން ސައިކަލަށް އަރަމުން ބުނެލިއެވެ. ޔަނާ ވެސް ރަޝްނާން ފަހަތަށް އެރިއެވެ.
“ކޮބާ ޔޫރާ.. ކޮލެޖް ގަތަ..؟” ރަޝްނާންގެ ކޮޑުގައި ދައްދޮޅި ޖައްސާލަމުން ޔަނާ އަހާލިއެވެ.
“ނޫން.. މިއަދު ކޮލެޖް އަކަށް ނުދޭ..” ރަޝްނާން ދުއްވާލަމުން ޖަވާބު ދިނެވެ.
ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ޒަހްރާ އަށް ދެލޯ މަރާލެވުނެވެ. އޭނާ އަށް ދެއްމެ ރަޝްނާން އާއި ޔަނާ ފެނުނީއެެވެ. ރަޝްނާންގެ މޫނުމަތީ ފެންނަން ހުރި އުފާވެރިކަމެވެ. އޭނާ އައިސް ޔަނާ ގައިގައި ބައްދާލި ގޮތެވެ. ހަމަގައިމުވެސް އެއަންހެން ކުއްޖާ އާއި ރަޝްނާން ވަރަށް ގާތްގުޅުމެއް އޮވެއެވެ. މިއީ ރަޝްނާން އޭނާދެކެ ވާ ހަޤީޤީ ލޯބި ހެއްޔެވެ؟ އެހެން އަންހެން ކުދިން ސައިކަލު ފަހަތަށް އަރުވައިގެން އެކުދިން ގައިގައި ބައްދާފައި އަދި ވެސް ބުނަންވީ އެހިތުގައި އޮތީ ހަމައެކަނި ޒަަހްރާގެ ނަން ކަމަށެވެ. ފައިބާގަންނަން ތައްޔާރަށް ހުރި ކަރުނަތަށް އެތެރެއަށް ހިންދާ ލުމަށްފަހު ޒަހްރާ ހިގައިގަތެވެ.
ޝައުޤު ވެރިކަމާއި އެކީ އަޝްވާން ދައްކަމުން ދިޔަ ވާހަކަތަށް އަޑުއަހަން އިން ޔޫރާ އަށް ބަލާލާފައި އަޝްވާން ވާހަކަ ހުއްޓާލިއެވެ. އަޝްވާން ހުއްޓާލުމުން ޔޫރާ ކިހިނެއްވީހޭ އަހާލިއެވެ. އަޝްވާން އޭނާގެ ދެލޮލަށް ބަލަން ހުރެ ހިނިތުންވެލިއެވެ.
“ތެންކިއު..” އަޝްވާން މަޑުމަޑުން ބުނެލިއެވެ. ޔޫރާ ބުމަ އަރުވާލީ އެއީ ކީއްވެހޭ އަހާލާ ފަދަ ގޮތަކަށެވެ.
“އަހަރެން ދައްކާވާހަކަތަށް އަޑުއަހަން އިންނާތީވެ.. އަހަރެންގެ މަންމަ ބުނާނެ އަހަރެންނަކީ ވަރަށް އަނގަގަދަ މީހެކޭ.. އެކަމު ޔޫރާ ވަރަށް އިންޓްރެސްޓް ވެފަ ތީނީ އަޑުއަހަން.. އެހެންވެ ތެންކިއު..” އަޝްވާންގެ އަޑު ފޭދުނެވެ. ޔޫރާގެ ހިތަށް ވެސް އަސަރު ކުރިއެވެ. އަޝްވާން ކުރިމަތިލާން ޖެހިފައިވާ ހިތި މާޒީގެ ސަބަބުން އޭނާ އަށް ވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ.
“އަހަރެން ނުބުނާނަން އަޝްވާން އަނގަގަދައެކޭ.. ކޮންމެ އިންސާނަކަށް ވެސް ހައްޤުވޭ އޮވޭ އެމީހަކުގެ ހިޔާލު ފާޅު ކުރުމުގެ..” ޔޫރާ އެހެން ބުނެލުމުން އަޝްވާންގެ ހިނިތުން ފުންވިއެވެ. ދެމީހުން ވެސް ބަހެއް ނުބުނެ ދެމީހުންގެ ދެލޮލަށް ބަލަން އިނީއެވެ.
“ޔޫރާ..” އެއީ އަރްފާންގެ އަޑެވެ. ޔޫރާ އަށް ދެލޯ މަރާލެވުނީ އޭނާގެ ހިތަށް ވެރިވި ރުޅި ވެރިކަމެއްގެ ސަބަބުންނެވެ. ފުންނޭވާއެއް ބޭރުކޮށްލާފައި އޭނާ އެނބުރިލިއެވެ. އޭރު އަރްފާންގެ ނަފްރަތުގެ ބެލުން އަމާޒުވެފައުވަނީ އަޝްވާން އަށެވެ. އަޝްވާން އިނީ ވާނުވާގައެވެ.
“ޔޫރާ މިތާ ކޮން ފިރިހެނަކާ އެކީ ގަތަ ތީނީ..؟” އަރްފާން ޔޫރާގެ އަތުގައި ހިފާއްޓާލިއެވެ. ޔޫރާ ފަކުރު ގަނެފައިވާ ބެލުމަކުން ބަލާލާފައި އޭނާގެ އަތް ފޮޅުވާލިއެވެ. އަރްފާން އަށް ދެލޯ ބޮޑުކޮށްލެވުނެެވެ. ޔޫރާ އޭނާ އާއި މިހާ ދުރުން އެއުޅެނީ ކީއްވެހެއްޔެވެ؟
“މަގޭ ގަޔަށް އަތް ނުލާ ހުންނާނީ..” ޔޫރާ ބުނެލިއެވެ.
“ޔޫރާ ކީއްވެތަ އަހަރެން ގުޅީމަ ފޯން ނުނެގީ.. މެސެޖް ވެސް ބަލާނުލަ.. ތިގެޔަށް ދިޔައީމަ ދޮރުވެސސް ނުހުޅުވި..” އަރްފާން ޝަކުވާ ކޮށްލިއެވެ.
“މަށެއް ނުޖެހޭނެ ކަލޭ ގުޅީމަކާ ފޯންނަގާކަށް.. ކަލޭ މެސެޖް ކުރީމަ ބަލާކަށް.. ދޮރުގަ ޓަކި ޖަހާރަށް ނުޖެހެ ހުޅުވާކަށް..” ޔޫރާގެ ރާގުހުރިގޮތުން އޭނާ އެއިނީ ވަރަށް ހިތްހަމަ ނުޖެހިފައިކަން އެނގެއެވެ.
“ކިހިނެއްވީ ޔޫރާ.. ކީއްވެތަ ރުޅި އައިސްތީނީ..؟” އަރްފާން އަނެއްކާ ވެސް ޔޫރާ އާއި ގާތަށް ފިޔަވަޅެއް އަޅާލިއެވެ.
“ހަޔާތްކުޑަ، ނުލަފާ، މުޑުދާރު މީހާ ގަނޑާ، އަދި ވެސް ކަލޭތަ މަ ކާރީ އަހަނީ ކީއްހޭވީ..؟ މަ ތޯއްޗެއް ތި ސުވާލު ކުރަން ޖެހޭނީ.. ކަލޭގެ ހުރި ލަދުކުޑަ ކަމަކުންނެެއްނު ފިރިހެނެއް ގާތަށް ވަދެ އޮތީ.. ޗީޑި.. ތިހާ ހަޔާތްކުޑަ އެއްޗެއް އަދި މަށެއް ނުދެކެން..” ޔޫރާ އެހެން ބުނުމާއި އެކީ އަރްފާންގެ އިތުރަށް އަޝްވާން ވެސް ހުއްޓުން އެރިއެވެ. އާގަމަތިވެފައި ހުރެމެ އަޝްވާން ބަލާލީ އަރްފާން އަށެވެ.
“އެއިން..؟ ޔޫރާ އަށް އެނގޭތަ ތިކިޔޭ އެއްޗެއް..؟” އަރްފާން ބިރުގަތެވެ. ޔޫރާ އަށް އެނގެންވީ ކީއްވެ ހެއްޔެވެ؟ އޭނާ އުޅުނީ ވަރަށް ސިއްރުންނެވެ.
“އާ މަ ހެލޫސިނޭޓް ކުރަނީކީީ ނޫން.. ކަލޭ ކާރިޔަށް މަދިޔައީ ކަލޭ ކޮބާތޯ ބަލަން.. މަމިބުނީ، އެއީ މަގޭ ލޯމައްޗަށް ފެނުނު އެއްޗެއް ނޫން.. ނޭނގެ ކޮންކަން ގޮރެއް ހެޑިގެން ކަމެއް ކަލޭ ފިރިހެނެއް ކާރިޔަށް ވަންނަން ހިޔާލު ކުރިކީ ވެސް..” ޔޫރާ އޭރު ހުރީ ރުޅި އައިސް ގެން ގޮސް ތުރުތުރު އަޅާ ހާލުގައެވެ.
“އަހަރެންނަށް މަޢާފް ކުރޭ.. އެއީ އަހަރެންނަށް އޮޅިގެން.. ޕްލީސް..” އަރްފާން އާދޭސް ކުރަން ފެށިއެވެ. އޭނާ ޔޫރާގެ އަތުގައިހިފޭއްޓިއެވެ. ޔޫރާ އަރްފާންގެ ނޭފަތުގައި މުއްކަވާފައި ޖެހިއެވެ. ޖެހިލެއް ބާރުކަމުން އަރްފާން ދިޔައީ ފަހަތަށް އެއްލިގެންނެވެ.
“ބުނަން ތިކަހަލަ މީހުން ކިތައްމެ ފަހަރަކު ތިކަން ތަކުރާރު ކުރާނެ..” ޔޫރާ އަނެއްކާ ވެސް އަރްފާން އާއި ދިމާއަށް ދިޔައެވެ. އޭރު އަރްފާންގެ ނޭފަތުން ލޭވެސް އާދެއެވެ. ޔޫރާ ހުއްޓުވުމަށް އަޝްވާން ފަހަތުން އައިސް ޔޫރާގެ ބަޑުގައި އަތް އަޅުވައި ހިފާއްޓާލިއެވެ.
“މިތަނުން ރައްކާވޭ.. އަދި ބުނަން.. މިހިސާބުން ކަލޭތީ މަށަށް އެއްވެސް މީހެއްނޫން.. މިގުޅުން މިނިމުނީ..” ޔޫރާ އަރްފާން އާއި ދިމާއަށް މެދުވަނަ އިނގިލި ދިއްކޮށްލަމުން އެހެން ބުނެލިއެވެ. އަރްފާންގެ މޫނަމަތިން ފެންނަނީ ހިތާމައިގެ އަސަރެވެ. އަރްފާން އަނެއްކާ ވެސް އައުމުން ޔޫރާ އަރްފާން އާއި ދިމާއަށް އަތް ދިއްކޮށްލުމުން އަޝްވާން އޭނާ ހުއްޓުވިއެވެ.
“ޕްލީސް ޔޫރާ.. އަހަރެންނަށް މަޢާފް ކުރޭ.. ތިހެން ނަހަދާ..” އަރަފާން އާދޭސް ކުރަން ފެށިއެވެ.
“އަޑެއް ނީވޭތަ.. ރައްކާވާށޭ.. ކަލޭގެ ހަންގަނޑު ނޮޅާލުމުގެ ކުރިޔަށް މަގޭ ލޯމަތިން ދާން އުޅޭ..” ޔޫރާ އެހެންބުނިރު އޭނާގެ ދެލޮލުން ދިޔައީ ނަފްރަތުގެ ހުޅުކޮޅު އަނދަމުންނެވެ. އަރްފާން ފަހަތަށް ޖެހެމުން ޖެހެމުން އެއްމެފަހުން އެތަނުން ދިޔައެވެ.
އަރްފާން ދިއުމުން އަޝްވާން ޔޫރާ ގައިން ދޫކޮށްލިއެވެ.
“ދެން ޔޫރާ ގެޔަށް ދާންވީކަންނޭނގެ..” އަޝްވާން އެހެން ބުނެލީރު އޭނާ އިނީ ކުޑަކޮށް ޖެހިލުންވެފައެވެ. ޔޫރާ ބޯޖަހާލާފައި އޭނާގެ އަތް ދަބަސް ހިފައިގެން ހިގައިގަތެވެ. ޔޫރާ ޕާކްއިން ނުކުމެގެން ދިޔަތަން ބަލަން ހުރެފައި އަޝްވާން އިށީނެވެ. ޔޫރާގެ އަމަލުތަށް ދެއްމެ ހުރިގޮތުން އޭނާ އަކީ ބޭބެ އެއް ހުންނަ ކުއްޖެއްކަން އެނގުނެވެ. އަޝްވާން ގާތަށް ކުޑަކޮށް ހިނިއައެވެ. އަރްފާންގެ މޫނުމަތިން ފެނުނު ހައިރާންކަން ހަދާންވެފައެވެ.
ފެންގަނޑު ތެރޭގައި އެއްޗެހީގެ އަމިއްލަ ދުނިޔޭގައި ދުވަމުން ދިޔަ މަސްތަކަށް ބަލަހައްޓައިގެން ހުރި ޒަހްރާގެ ދެލޯ ވަނި ރަތްވެފައެވެ. މަޑު ގިސްލުމެއްގެ އަޑު އޭނާގެ އަނގައިން ބޭރުވޭވޭ ހުއްޓެވެ. ރަޝްނާން އާއި ހެދި އޭނާގެ މުޅި ދުވަސް ހަރާބެވެ. ރަޝްނާން އައިސް އެއަންހެން ކުއްޖާގެ ގައިގައި ބައްދާލި މަންޒަރު ޒަހްރާގެ ސިކުނޑިތެރޭގައި ސިކުނޑިތެރޭގައި ތަކުރާރު ވޭވޭ ހުއްޓެވެ.
ހިޔާލުތަކަށް ގެބެމުން ދިޔަ ޒަހްރާ އަށް ހަމަ ބިމައް އާދެވުނީ ޓަކިދިން އަޑަށެވެ. ހުޝާމް ކަމަށް ހީއްކޮށް ޒަހްރާ އަވަހަށް ކަރުނަތަށް ފުހެލާފައި ތެދުވެގެން ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީ ހުރި ރަޝްނާން ފެނި ޒަހްރާ ހުއްޓުން އެރިއެވެ. ރަޝްނާން މިގަނޑީގައި އެއައީ ކީއްކުރަން ހެއްޔެވެ؟ ޒަހްރާގެ ހިތް އަވަސް ވިއެވެ. ނޭވާ ކުރުވާގޮތް ވިއެވެ. ރަޝްނާންގެ ތޫނު ނަޒަރު ސީދާވެފައިވަނީ ޒަހްރާގެ ދެލޮލަށެވެ. ރަޝްނާން ބަލަން އިންގޮތުން ޒަހްރާގެ ގައިން ހީބިހި ނަގާގެން ދިޔައެވެ. ރަޝްނާން ކުރިޔަށް ފިޔަވަޅެއް އަޅާލިއެވެ. ދެން ރަޝްނާން ކުރިކަމަކުން ޒަހްރާގެ މުޅި ހަށިގަނޑު ގަނޑު ފެންކޮޅެއްހާ ފިނިވެގެން ދިޔައެވެ. ކަރުގައި ނޭވާ ތާށިވިއެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.







Mi part vx vrh reethi MA! 😍
Muxo haadha molhey Masha Allah ❤️🥀
Ashwaan vrh happy vehje dhw yoora aa eky dheveythy
Buxy koh ulhemun vx vhk Avahah genes dheythy Tysm ✨
Arfaaan I hate you so much yoora kairiah ahnaane kameh neiy dhen Konme hen.. Yoora and Ashvaan so cute wauu
Who is that yanaa… Xahra Varah dhera vefa ehury 😭
Rashnaan keeh baa ekury so curious 😅
I appreciate your hard work may Allah bless you on your hard work. Curiously waiting for the next part when’s next?
Lyy and Tc my lovely girl
Thank you Shaba_73!! 🥰
Yes, yoora is his friend!
Hehe.. You are welcome!! 💙
Yanaa akee kaaku kan ves egeyne! 🧐
Yeah, zahra aslu ves v sad vehjje! 😭
Hehe.. Dhen anna part ga egeyne dhw Rash keeh kan kuree! 🤭
May allah bless you and your family, your friends! 😊
Next part ves v avahah IN! 💚
Love you more baby girl!! 😘
You also take care! 😉
Mi part ves Vrh furihama MA! 💗l
Zahra ah e heekurevuny Nubai gothakah dhwwwwwww… I think Yanaa ei Rashnaan family kuhjjeh kanne…
And Yoora haadha molhey MA!!!
Arufaan level kohly viyya….
Curiously waiting for next part…
Whn nxt????
Lysm and Tc my girll 😎💋
Thank you Alaika_22!! 🥰
Zahra ah eheevee nubai gothakah vunves ekasheegen veyy!! 🤭
How do youuu knoww!! 😭 btw nice guess! 😄
Arfaan kahala meehun bahahtan jeheynee size ga! 😇
Next part ves v avahah IN 💚
Love you too Alaika 😘
You also take care baby girl! 😉💙
MaaSha AllaH 🖤🥀
Mi part vx Haadha Furihama dhw!🫶🖤🥀
Muxo,I ‘ll give you FA Vrh Vrh Reethi story!!
Cer buxy dhuvas kolheh vee Ma I can’t read stories since,Upcoming day!!
Muxoo Keep it up!🥀
Cer Vrh Vrh proud veyy…Raaniya Menah kihineih vee?? sorry for Youra , Maabodah trust kuryma Ey Thihen vy Dude, 😎
Hama Aslu ves Mihar Trust kuraakah nuvaane !
When’s next?
Tc of yourself my Darl, 🩶🩶🥀
Glad you enjoyed this part! 🥰
Thank you for the support you give me! 😊 I really appriciate that! 😭
Cer thibunee hama ragalhah mi generation ga nuvaane firihennunah trust kuraakah! You never know there intention! 💘
Next part ves v avahah! 💙
You also take care baby! 💋
Mi part ves varah reethi. Wow yoora! Arufaan ah hama rangalhah thihedhee. Yoora and ashwaan so cute. Yana akee rashnaan ge kaakuba? Hehe somebody is jeleouse rashnaan yana aa ekkoh fenuneema. Rashnaan keehbaa kuree? Please dont tell me its what i think it is ? Curiously waiting for next part??
Thank you Miss jennie!! Next part ga egeyne dhw yana akee kaaku kan! Well I think he will do what you are thinking!! hihihi!!
Next part ves v vahah Inshaallah!!