Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެކުގައިވާނަން-32

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
March 1, 2026 4 Mins Read
15 Comments

“މެށެއް ނުހިފޭއްޓޭނެ.. ކޮންމެ ގޮތެއް ވިއަސް މަ މަގޭ މަސަށްކަތް ނިއްމާނަން..” އެހެން ބުނެ ޝަޔާން ފިސްތޯލު ދިމާކޮށްލީ ޔަސްރާ އަށެވެ. ޔަސްރާގެ ނޭވާ ކަރުގައި ތާށިވިއެވެ. ދެލޯ ބޮޑުކޮށްލައިގެން އޭނާ ހުރީރު ބިރުން ތުރުތުރު އަޅަން ފަށާފިއެވެ. ހަޔާ އާއި ކައިލާން ވެސް ހުއްޓުން އެރިއެވެ. ދެން އިވުނީ ފިސްތޯލު ޖެހި ބާރު އަޑުފައްގަނޑެވެ. އެއްމެންނަށް ވެސް ދެލޯ މަރާ ތަގުޅި ކޮށްލެވުނެވެ.

*ޕާރޓް-32*

ޕޮލިހުން ބަލާލީރު ޝަޔާން ފެންނާކަށް ނެތެވެ. އެމީހުން ކުޑަދޮރުން ބޯ ދިއްކޮށްލީރު ތިރިއަށް ވެއްޓިފައި އެއޮތީ ޝަޔާން އެވެ. އޭނާގެ ބޮލުން ލޭއައިސް އެތާ ލޭގެ ކޯރެއް ހެދެން ފަށާފިއެވެ. ޕޮލިސް ޓީމްގެ ދެމީހަކު މަޑުކޮށްފައި ދެން ތިބި މީހުން ފޭބީ ތިރިއަށެވެ.

ޔަސްރާ އަށް ދެލޯ ހުޅުވައިލެވުނީ އޭނާ ގަޔަށް ވަޒަން ނުވަނީމައެވެ. އޭރު އޭނާގެ ކައިރީގައި ހޭނެތިފައި އެއޮތީ އަޒްހާން އެވެ. އަޒްހާންގެ ކޮޑުން ލޭއަންނަމުން ދިޔައިރު އެ ވަޒަން ހެރުނީ އަޒްހާން ގަޔަށް ކަން އެނގެއެވެ. ޔަސްރާ އަށް ހަޅޭލަވައިގަނެވުނެވެ.

“އަޒްހާންން..؟!!” ޔަސްރާ އަށް ބާރަށް ރޮވެން ފެށުނެވެ. އޭނާގެ ލޯބިވާ އަޒްހާން އޭނާ ސަލާމަތް ކުރަން ހަދައިގެން އަމިއްލަ މީހާ ނުރައްކަލަށް ވައްޓާލީއެވެ. ރާޝިމް އައިސް ޔަސްރާގެ އަތުގައި އަތްސާފައި ހުރި ވާކޮޅުތަށް ނައްޓާލުމުން ޔަސްރާ އަވަހަށް ގޮސް އަޒްހާން އަށް ގޮވަން ފެށިއެވެ. އަޒްހާންގެ ބޯނަގައި އޭނާގެ އުނގުގައި ބާއްވާގެން ގޮވަމުން ދިޔައިރު މިމަންޒަރު ބަލަން ތިބި ޕޮލިހުންނަށް ވެސް އަސަރު ކުރިއެވެ.

ހަޔާގެ ހާލަކީ ކޮބާ ހެއްޔެވެ؟ އެފަކީރު އޮތީ ހޭނެތިފައެވެ. ބިރުން ގޮސް ކަމެއް ނޭނގެއެވެ. ހަޔާގެ އެއްވެސް ހަރަކާތެއް ނެތެވެ. ޖިޔާން އައިސް ހަޔާގެ މިނިވަން ކޮށްދިނެވެ. ހާޔާގެ ކޮލުގައި ކޮށްޓާލާފައި ދެތިން ފަހަރަކު ގޮވުމުން ވެސް ހަޔާ އެއް ގުޑިއެއް ނުލިއެވެ. ޖިޔާން ހާސްވާން ފެށިއެވެ. އަޒްހާން ގަޔަށް ފިސްތޯލު ޖެހިއްޖެއެވެ. ހަޔާ ހޭނެތިއްޖެއެވެ. އޭނާގެ ލޯބިވާ ދެކޮށްކޮއިންގެ ހާލަތު ވަރަށް ދަށެވެ. ހަމައެވަގުތު އެމްބިއުލައިންސް އައެވެ. ނަރުސް ކުދިންނާއި ޕޮލިހުން ވެގެން އަޒްހާން އާއި ހަޔާ ގެންދެވުނެވެ. ޕޮލިސް ޖީޕް ގައި ޔަސްރާ އާއި ކައިލާން ވެސް ގެންދެވުނެވެ.

ހޮސްޕިޓަލަށް ގޮސް ޖިޔާން އާއިލާ އެހެން މީހުންނަށް ގުޅިއެވެ. މިންހާ އާއި ނަހާން އައެވެ. މިންހާގެ ދެލޮލުން ކަރުނަ ނުހިކެއެވެ. ނަހާން މިންހާ އަށް ހިތްވަރު ދެމުން ދިޔައިރު އޭނާގެ ހާލަކީ ވެސް ހަމަ އެއެވެ. އަންހެނުން ކުރިމަތީގައި ހިތްވަރު ކޮށްލާފައި ނަހާން ކަރުނަތަށް ހިންދާލިއެވެ. ޖިޔާން އިނީ އެމެޖެންސީ ރޫމް ކުރިމަތީގައި ދެކޮޅަށް ދެކޮޅަށް ހިގާލަ ހިނގާލައެވެ. ހިތާ ހިތާ އޭނާ އަށް ދުޢާ ކުރެވެމުން ދިޔައީ އަޒްހާން ސަލާމަތް ކޮށްދެއްވުމަށެވެ. ހަޔާ ވެސް ރަގަނޅު ވުމަށެވެ.

ޔަސްރާ އާއި ކައިލާންގެ ހަލާކުވެފައި ހުރިތަންތާގައި ބޭސްއަޅަމުން ދިޔައިރު ޔަސްރާ ކާރީގައި ރާޝިމް އިނެވެ. އޭރު ވެސް ޔަސްރާ އަށް ދިޔައީ ގިސްލެވެމުންނެވެ. ރާޝިމް އިނީ އޭނާގެ ކޮއްކޮގެ އަތުގައި ހިފާއްޓާލާގެންނެވެ. ޔަސްރާ އޭނަގެ ދޮންބެ އަށް ޝަޔާން ކިޔާދިން އެއްޗެހި ކިޔާދިނެވެ. އޭނާ ޔަސްރާ އަށް ދިމާކުރީ ފިރާޝާ ބުނެގެން ކަމަށް ބުންޔެވެ. ޔަސްރާ ރާޝިމް ކާރީ ޝަކުވާ ކުރިއެވެ. އޭނާގެ ދޮންމަންމަ އޭނާ ދެކެ މިހާ ރުޅި އަންނަނީ ކީއްވެހެއްޔެވެ؟ ގައިމުވެސް އޭނާ ފިރާޝާ އަށް ވާހަކަ ވެސް ނުދައްކައެވެ. އެގެޔަށް ނުވެސް ދެއެވެ. ދެން ފިރާޝާ އޭނާގެ މުޅި ދިރިއުޅުން އެފުއްމިފުށަށް ޖަހާލުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟

އެހެން މީހުންނަށް ޓަކައި ކަރުނައަޅައި ހިތާމަކުރަމުންދިޔަ އިރު ކައިލާންގެ ހާލު ބަލަން އަންނާނީ ކާކު ހެއްޔެވެ؟ އޭނާ އަށް ބަލަމުންދާ ދައްތަ، އެހެނީ ނަޢީމާ ވެސް ގައުމުން ފުރައިގެން ދިޔައީ އޭނާގެ މަންމަ ކާރިއަށެވެ. ކައިލާންގެ ބައްޕަގެ ހަބަރެއް ނުވާތާ ދެމަސް ވެއްޖެއެވެ. ގަނބުއަރާފައި ކައިލާން އިނީރު އޭނާ ހިތަށް އަރަމުން ދިޔައީ އޭނާ އަކި ކިހާ ބަދުނަސީބު ކުއްޖެއް ކަމެވެ. އަޅާލާނެ ޔާރެއް އިޔާރެއް ނެތެވެ. އޭނާގެ ހާލުބަލާލާނެ މީހެއް ނެތެވެ.

ބޭސްގަނޑު އަޅައި ނިމުމުން ކައިލާން ނުކުތެވެ. އޭނާ ހިގަމުން ދިޔައިރު ވެސް އެއްވެސް ދިރުމެއް ނެތެވެ. ފައި ދަމަމުން ކަހަލަ ގޮތަކަށް ކައިލާން ގޮސް ހުއްޓިލީ ހަޔާ ވެއްދި އެމެޖެންސީ ރޫމް ކާރިޔަށެވެ. އޭރު ގޮނޑިބަރީގައި އިށީންދެލައިގެން މިންހާ އިނީރު މިންހާގެ ކޮޑުގައި ހިފާއްޓާލާގެން ނަހާން އިނެވެ. އަނެއް ގޮނޑިބަރީގައި ޖިޔާން އިނީ މޫނުފޮރުވައިގެންނެވެ. އެހެން ހުއްޓައި މީހަކު އައިސް ކައިލާންގެ ކޮޑުގައި އަތް ބާއްވާލިއެވެ. ކައިލާން ބަލާލިއެވެ. އެއީ އޭނާގެ ތެރަޕިސްޓް އެވެ. އޭނާގެ ހުރިހާ ސިއްރުތަކެއް ހިއްސާ ކުރާ އޭނާގެ ހަމައެކަނި އެކުވެރިޔާ އެެވެ. ރާފާ އެވެ.

ރާފާ ފެނުމާއެކު ކައިލާންގެ ދެލޮލުން ކަރު ހިލުނެވެ. އޭނާ އަވަސް އަވަހަށް ކަރުތަށް ފުހެލާފައި ހިނިތުން ވެލިއެވެ. ރާފާ ބަލަން ހުރެފައި ކައިލާން ގައިގައި ބައްދާލިއެވެ. އިރުކޮޅަކު އެހެން ހުރެފައި ކައިލާންގެ ބަޑި ފަޅައިގެން ދިޔައެވެ. އޭނާ އަށް ހުއްޓުމެއް ނެތި ރޮވެން ފެށުނެވެ. ރަފާ ގައިގައި ހިފާއްޓާލާގެން ހުރެ ކައިލާން ރޮމުން ދިޔައިރު އޭނާ އަށް އަސަރު ކޮށްފައިވާ މިންވަރު ހާމަވެއެވެ. ރަފާގެ ގަޔަށް ބާރުކޮށްލާފައި ކައިލާން ދިޔައީ ރޮމުންނެވެ. ހިތުގެ އުދާސްތަށް ބޭރު ކުރަމުންނެވެ.

ޖިޔާން އަށް ރަފާ ފެނުމުން ތެދުވިއެވެ. ރަފާ މިގަނޑީ މިތަނަށް އައީ ކީއްވެ ކަމެއް އޭނާ އަކަށް ނޭނގެއެވެ. ރަފާ އެއިނީ ކައިލާން ގައިގައި ބައްދާލާގެން ކަމުން ކޮންމެ ވެސް ކަމެއް ވެއްޖެކަން ޖިޔާން އަށް އެނގުނެވެ. އެހެންކަމުން އޭނާ މަޑުކޮށްލީއެވެ. އޭނާ އަށް އެނގެއެވެ. ކައިލާން އަކީ ރަފާގެ ޕެއިޝެންޓް އެކެވެ.

ރޯނެ ވަރަކަށް ރުއިފައި ކައިލާން ދުރުވެލިއެވެ. ރަފާ އޭނާ އަށް ޓިޝުލެއް ދިނެވެ. އަދި ފެންފުޅިއެއް ދިނެވެ. ކައިލާން ފެންފުޅީގައި ހިފައި ދެތިން ކޯވަރު ބޯލިއެވެ. އޭރު ވެސް އޭނާ އަށް ދިޔައީ ގިސްލެވެމުންނެވެ. ރަފާ ކައިލާން ގޮވައިގެން އައިސް އިށީނީ ޖިޔާން ކާރީގައެވެ. ކައިލާން އަދި ވާހަކަ ދައްކަން ބޭނުން ނުވާނެ ކަން އެނގޭތީވެ އޭނާ އިށީނީ ކައިލާން އާއި ދުރުގައި ޖިޔާން ކާރީގައެވެ.

“ކޮބާ ކިރާން..؟” ޖިޔާން އަހާލިއެވެ.

“ލީވާން އާ ދެމީހުން މަންމަކާރީ ބައިދާފަ މިއައީ..” ރަފާ ބުނެލިއެވެ.

“ކައިލާން ރަގަނޅުތަ..؟” ގަނބުއަރާފައި އިން ކައިލާން އަށް ބަލާލަމުން ޖިޔާން އެހިއެވެ.

“އޭނަ ރަގަނޅެއް ނޫން.. އެސޮރަށް އެވަނީ ވަރަށް އަސަރު ކޮށްފަ.. ދެންމެ އަސްލު އޭނަ ނޮރޮއި ނަމަ އަދި މާގޯސްވާނެ.. ދެންމެ އަހަރެންނަށް އާދެވުނު ކަމީ ނަސީބު.. ހީ ހެޑް އަ ބްރޭކް ޑައުން ދެއްމެ..” ރަފާ ކިޔާދިނެވެ. ޖިޔާން ރަފާގެ އަތަށް ބަލާލިއެވެ. އޭރު ރަފާގެ ދެއަތް ވެސް ދިޔައީ ތުރު ތުރު އަޅަމުންނެވެ. އޭނާ އަކީ އެހެން މީހަކު ރޯތަން ނުވަތަ ބާރު އަޑެއް އިވެއް ޖެއްޔާ އަތް ތުރުތުރު އަޅާ ކުއްޖެކެވެ. ޖިޔާން ރާފާގެ އަތުގައި ހިފާލިއެވެ. ރަފާ ދިޔައީ އަމިއްލަ ނަފްސް ހަމަޔަކަށް އެޅުމަށް ފުން ނޭވާ ތަކެއް އެތެރެ ކުރަމުންނެވެ.

އެމެޖެންސީ ރޫމް އިން ޑަކްޓާރ ނުކުތުމާއި އެކީ މިންހާ އާއި ނަހާންގެ އިތުރަށް ޖިޔާން ވެސް އަވަހަށް ދިޔައީ ޑަކްޓާރ ކާރިއަށެވެ. އެއްމެން ވެސް ތިބީ ޑަކްޓާރ ބުނާނީ ކީކޭހޭ ހިތަށް އަރާފައި ހިތް އަވަސް ވެފައެވެ.

“އޒްހާން އާއި ހަޔާގެ މައިންބަފައިން ދޯ ތިއީ..؟” ޑަކްޓާރ ޔަޤީން ކޮށްލަން ވެގެން އަހާލިއެވެ.

މިންހާ ބޯޖަހާލިއެވެ.

“ހަޔާގެ ހާލު ރަގަނޅު.. ބެލެވެނީ ލިބުނު ކުއްލި ޝޮކެއްގެ ސަބަބުން ކަމަށް ހޭނެތުނީ.. އަނެއްހެން މަށްސަލައެއް ނެތް..” މިންހާ އަށް ހަމަޖެހުމުގެ ނޭވާ އެއް ދޫކޮށްލެވުނެވެ.

“ދެން އަޒްހާން އޯ..؟” ޖިޔާން އަހާލިއެވެ. އޭނާ ހުރީ ހިތް އަވަސް ވެފައެވެ.

“އަޒްހާންގެ ނަސީރު ރަގަނޅު ކަމުން ވަޒަން އެހާ އެތެރެއަކަށް ނުދޭ.. ފަސޭހަ ކަމާއި އެކީ ނެގުނު.. އެކަމު ހީލް ވާން ނަގާނެ 3 ފަހްތާ ވަރު..” ޑަކްޓާރ ކިޔާދިނެވެ.

“މިހާރު ދެކުދިންވެސް ރޫމް އަށް ބަދަލު ކުރެވޭނެ..” އެހެން ބުނެ ޑަކްޓާރ ދިޔައީއެވެ. މިންހާ އަށް ހެއްދެވި ފަރާތަށް ހަމްދު ކުރެވުނެވެ. އޭނާގެ ދަރިންތަށް ހެޔޮ ހާލުގައި ތިބީމައެވެ.

އިރުކޮޅެއް ތެރޭގައި ހަޔާ އާއި އަޒްހާން ވެސް އެދެކުދިންގެ ރޫމް އަށް ބަދަލު ކުރެވުނެވެ. ނަހާން އާއި ޖިޔާން ދިޔުމުން މިންހާ ވެސް ހިގައިގަނެފައި މަޑުޖެހިލިއެވެ. އޭނާ ބަލާލީ ކައިލާން އާއި ދިމާއަށެވެ. ތިރިއަށް ބަލަހައްޓައިގެން ހުރީރު އެފަކީރު ފެންނަ މީހެއްގެ ހިތުގައި ރިއްސާލާނެކަން ގައިމެވެ. މައެއްގެ ގޮތުގައި މިންހާ އަށް ކައިލާން އާއި މެދު ހަމްދަރުދީ އުފެދުނެވެ. އޭނާ ގޮސް ކައިލާން އާއި ޖެހިގެން ހުރި ގޮނޑީގައި އިށީންދެލިއެވެ. އަދި ކައިލާންގެ ބޮލުގައި ފިރުމާލިއެވެ. ސިހިފައި ކައިލާން ބަލާލިއެވެ. މިންހާ ފެނުމުން އޭނާ ބަހެއް ނުބުނެއެވެ.

“ދަރިފުޅާ.. ނަޢީމާ ކޮބާ..؟” މިންހާ އަހާލީ އޯގާތެރި ގޮތަކަށެވެ.

“ގައުމުން ބޭރަށް ދިޔައީ..” ކައިލާންގެ އަޑުގައި މޮޅިވެރިކަން އިންތިހާއަށް ވެއެެވެ.

“އެކަނި ދޯ ތިއުޅެނީ..؟” މިންހާ އަހާލިއެވެ. ކައިލާން ބޯޖަހާލިއެވެ.

“އާދޭ ދައްތަ އާ އެކީ.. މިތާ ދަރިފުޅު އެކަނި އިންނާކަށް ނުވާނެ..” މިންހާ ތެދުވަމުން ބުނެލިއެވެ. ކައިލާން އިނީ ދާން ބޭނުން ނުވެފައެވެ. އެތާ ތިބޭނީ ހަމައެކަނި އެއާއިލާ މީހުންނެެވެ. އޭނާ އެތާ އިނދެގެން އެމީހުންނަށް އުދަގޫ ވާކަށް އޭނާ ބޭނުމެއް ނޫނެވެ.

“ކައިލާން ދާނެ އިރުކޮޅަކުން..” ރަފާ އައިސް އެހެން ބުނެލުމުން މިންހާ ބޯޖަހާލާފައި ދިޔައެވެ.

ކުޑަކޮޓަރިގަނޑެއް ތެރޭގައި ޔަސްރާ އާއި އެކީ އިތުރު ދެޕޮލިހުން ތިއްބެވެ. އެމީހުން ދިޔައީ ޔަސްރާ އަށް ފަހަރަކު ސުވާލެއް ކުރަމުންނެވެ. ތެދުތެދަށް ހުރިހާ ވާހަކައެއް ޔަސްރާ ކިޔާދިނެވެ. ޝަޔާން އޭނާ ރޭޕް ކޮށްލިވާހަކައާއި ޝަޔާން ފިރާޝާ އޭކިޔައިގެން ބުނެ ވާހަކަތައް ވެސް ކިޔައިދިނެވެ. ޕޮލިހުން ބުނީ ޔަސްރާ އަށާއި ދެން ތިބި ދެކުދިންނަށް ވެސް އިންސާފް ހޯދާދޭނެ ވާހަކަ ބުނެދިނެވެ. ޔަޤީންކަން ދިނެވެ. ޝަޔާންގެ ކިބައިން ސަލާމަތް ވެވުނީތީ ޔަސްރާ ހިތްހަމަ ޖެހުނެވެ.

ޝަޔާންގެ ކަށުކެމީގެ ކަންތަށް ނިއްމާލާފައި މިސްކިތުން ނުކުއް ޝާޔަންގެ ފިޔަވަޅުތަށް އަވަސް ވެފައި ބާރެވެ. އޭނާގެ މިސްރާބު ހުރީ “ސަންސެޓް” ގެޔާއި ދިމާއަށެވެ. ހިގައިފައި ގޮސް ސަލާމް ގޮވުމެއް ނެތި ޝާޔަން ވަދެގެން އައިރު ސިޓިން ރޫމްގައި ސުފްޝާ އިނެވެ. ޝާޔަން ދިޔަ ގޮތަށް ގޮސް ސުފްޝާގެ ކަންކަށި މަތީގައި މުއްކަވާފައި ޖެހިއެވެ. ސުފްޝާ ހަޅޭލަވައިގަނެފައި ރުއިގަތެވެ. އެއަޑަށް ބަދިގެ ފަރާތުގައި އުޅުނު ފިރާޝާ ވެސް ދުވަމުން އައެވެ. އޭރު ސުފްޝާގެ އިސްތަށިގަނޑުގައި ހިފާއްޓާގެން ހުރި ޝާޔަން ފެނި ފިރާޝާގެ ފިޔަވަޅުތަށް ގަނޑުވިއެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

މުޅި ހިތް ބޭޤަރާރު ވެއްޖޭ-15

Next

އެދިގެން ކަލާ ލިބޭތޯ 47

Next
March 2, 2026

އެދިގެން ކަލާ ލިބޭތޯ 47

Previews
March 1, 2026

މުޅި ހިތް ބޭޤަރާރު ވެއްޖޭ-15

15 Comments!

  1. Cer 🫶🩶 says:
    March 2, 2026 at 12:06 am

    MaaSha Allah 💜🥀
    Awwww…Me First!Muxo Thi haa Buxy koh ulhemun ves story
    Publish kuraathyy I’m proud of you! ekan Cer faahaga kohlan!!🎀
    Mi part vx Vrh Reethi ingey…🥀✨
    Mihaaru IA, Kureege Huri Keyboard tying mistakes ves neh!🤍🩶
    Aslu Furathama I ‘ve seen Muxo ‘s story I thought mi ‘Eee scene ah kulhefa copy past eh kamah Furihama kamun!!🥀🎀
    I’ve doubts..Mi Jiyern akee Who?Rafa too…
    Karan & Leewaan…
    Axhern Thi Health ragalhu Veema Yas ah marry kurey..Nukoh Huhthaa dhen libey News akun neygey vaane gotheh ves 🤍✨
    Haya X Kailern Naseebah nu Dhemeehunah gotheh nuvee I was shattered Thi meehun Alive nuvaane kameh!
    I hate you PhirerCher ,Step daughter akas Alhe kulhuneh ,Rahumeh thiya HITHUGE EMME Dharajaeh ves Netheetha..
    Sufshaa ah Shayern ekuree keeh! If her mother is under there,She also will be having a big role on this!🎀🤍🥀
    Lysm Pupil,
    Kihineih Muxo ge studies mihaar? Cer ves Vrh Vrh buxy Hw Thakaaih Byheart kuraa thakethi ginakamun…U oo 🎀🎀
    TTYL Butterphly 🥀✨
    🥰🫶🩶

    1. _MuXo_ _MuXo_ says:
      March 2, 2026 at 4:24 pm

      Thank you for lovely comment Cer my dear baby! 🥰
      Jiyern is hayaa and axhern ge brother! 👍
      And Rafaa akee jiyern ge wife! 💚
      Karan eh noon, its kiraan! Thats jiyern and rafaage baby! 😊
      Leevan akee hayaage kudayah hunna kuhjja!
      Hehe dont worry axhern and yas ah happy ending eh! Oops, did I spoil! Nvm! 🤗
      Next part ga egyne dhw shaayan akee kaaku kan ves! 🧐
      My studies are going well! Aslu eba huri v filaavalhu ekamu I can manage! 😄
      Love you too! 😘

  2. SsHhEeZzAa〽️ says:
    March 2, 2026 at 1:01 am

    V reethi mi part ves MA🙃🙃🙃🌹
    Thx up kohdhineema thihaa busy koh ulhemunves!☺️
    Good luck on ur studies 🍀
    CURIOUS NEXT PART AH !🥰

    1. _MuXo_ _MuXo_ says:
      March 2, 2026 at 4:26 pm

      Very happy to know that you enjoyed this part aswell! 🥰
      No problem love! 💙
      Thank you for the support! 😄
      Bext part ves v avahah IN! 💙🤗

  3. Ayaa says:
    March 2, 2026 at 1:45 am

    Varah reethi mi part ves 🙂🙂
    When next?
    Luv you 😘

    1. _MuXo_ _MuXo_ says:
      March 2, 2026 at 4:27 pm

      Glad you liked this part! 🥰
      Next part ves v avahah IN! 💙
      Love more Ayaa! 😘

  4. Verrr says:
    March 2, 2026 at 5:55 am

    Vhk ehaa avahah up kohdheythee varah ufaavey Ingey muxxoo …
    Anywayyss mi part ves varah reethi
    Waiting for the next part..
    When next.??

    1. _MuXo_ _MuXo_ says:
      March 2, 2026 at 4:28 pm

      Hehe glad to know that you are happy! 💙🤗
      Thank you! 💚
      Next part ves V avahah IN!! 😊

  5. Uk me says:
    March 2, 2026 at 11:36 am

    Muxo haadha kuri akah jassaalaifi ey dhw? Love that energy gurl!! Keep it up

    1. _MuXo_ _MuXo_ says:
      March 2, 2026 at 4:29 pm

      Hehe, thank you for the compliment! 🤭
      Thank you for the support!💙

  6. Miss jennie says:
    March 2, 2026 at 12:04 pm

    Mi part ves varah reethi. Dhen vaanee kihinay baa? Curiously waiting for next part???

    1. _MuXo_ _MuXo_ says:
      March 2, 2026 at 4:30 pm

      Thank you Miss jennie! 🤗
      Next part ga egeyne dhw dhen vaane goii! 🧐
      Next part IN day after tommoro! 😄

  7. Shaba_73 says:
    March 2, 2026 at 12:09 pm

    Mi part vx vrh reethi FIRE 🔥
    Muxo thy hama ehme best 😘
    So proud of you muxo 💯
    Alhamdulillah hama Azhern,yas,haya and kailaan ves rangalhu veema.. Btw Shayern maruvee dhw e 🤔…. Poor kailaan 😭
    Who is shaayan? Jiyern eii haya and Axhern he dhonbe dhw and rafa eii Jiyern ge wife rangalhu tha?????? Sufshaa ah Kihineh baa evii 😆 Mihaaru Sufshaa ah ves ingeyne dhw eyna gaiga jehyma vaa varu. E ah vure bodu varu yas ah Adhi vaane dhw… Insaaniyathu kan ves nethyma dhw ehaa varu ekurany… 😬 What the hell so curioussss 😳
    Curiously waiting for the next part when’s next??
    I really really appreciate your hard work fav author 💗
    Ily and Tc gurll 💙

    1. Muxo s, Bestie says:
      March 2, 2026 at 3:03 pm

      Jiyern eaee Haya & Axhern ge Bro!
      & For the action they took ,Jiyern & Rafa akee couples!! I think Then,Karan menakee Emeehunge kudhin dhw!!🫶🎀

    2. _MuXo_ _MuXo_ says:
      March 2, 2026 at 4:35 pm

      Awwnn, thank you for this lovely comment Shaba_73!! 🥰
      Yes Shayern ge kashukemeege kan kan kureema e maruveenu!
      Shaayan akee kaaku kan next part ga egeyne! 🤭
      Yes you are correct! 😄
      Next part ves v avahah IN! 💚
      Thank you for the support you are giving me! 😘
      Love more! 😘
      You also take care! 😊

Comments are closed.

Next Episodeއެކުގައިވާނަން-32←


All Right Reserved!