Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގިޔާރު ވަކިވީ…

THAMMBIN Level 1
March 12, 2016 3 Mins Read
21 Comments

އެކި ހިޔާލުތަކަށް ގެއްލިފައި އިން ރީމާ ސިހުނީ ރީމާގެ ފިރިމީހާ ޝާމް އައިސް ރީމާ ގެ ގާތުގައި އިށީނދެލުމުންނެވެ. ފެންކަޅި ވެފައިއިން ރީމާ ފެނުމުން ޝާމް ސުވާލު ކުރިއެވެ. ރީމާ ފެންކަޅި ވެފައި އިން ސަބަބު ޝާމް އަށް ނޭނގޭތީކީ ނޫނެވެ. ރީމާގެ އަމިއްލަ އަނގައިން އެ ސަބަބު ބުނޭތޯ އެވެ. ރީމާ ކަމެއް ނުވެޔޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރާލިއެވެ.

ހިމޭން ވަގުތުކޮޅަކަށް ފަހު އެއްޗެކޭ ބުނުމަށްޓަކައި ރީމާގެ ތުންފަތް ހަރަކާތް ކުރިއެވެ. ޝާމް ރީމާ އަށް އެ ފުރުސަތު ދީގެން ހުއްޓެވެ. ރީމާގެ ވާހަކަ ފެށީ ވަރަށް ދުރުދުރުންނެވެ. “ޝާމް!! މިއަދު އަހަރެން އެބައޮތް ވަރަށް ބޮޑު ވާހަކަ އެއް ކިޔައިދޭން ވެފަ!! ވާހަކަ އެއް ނޫން!! ހަޤީޤަތް!! އެކަމަކު އޭގެ ކުރިން އަހަރެން ބޭނުން ސުވާލެއް ކޮށްލަން!! ޝާމް އަށް މީ ޝާމްގެ ދަރިއެއް ނޫންކަން އިނގޭ އިރުވެސް ޝާމް އަހަރެންނާ މި ތުތްތު ދަރިފުޅާ އެކު ތިއުޅެނީ ކީއްވެ..؟” ރީމާގެ އުނގުތެރޭގައި އޮތް ކުޑަ ދަރިފުޅުގެ ބޮލުގައި ފިރުމާލަމުން ރީމާ ބުންޏެވެ. މިސުވާލުގެ ޖަވާބުގައި ޝާމް ބުނީ ހަމަ އެންމެ ޖުމްލައެކެވެ. ” އެއީ އަހަރެން ރީމާ އާއި މި ތުއްތުތުއްތު ދަރިފުޅު ދެކެ ލޯބި ވާތީ..”

ރީމާ މިއަދު ކިޔައިދޭން އެއުޅޭ ހަޤީޤަތަކީ ޝާމް އަށް މާ ކުރިންވެސް އިނގޭ ހަގީގަތެކެވެ. ނަމަވެސް ރީމާ އަކަށް މިކަމެއް ނޭނގެއެވެ. ރީމާ އަށް އެވާހަކަ ފައްޓަން އުނދަގޫ ވިޔެވެ. ނަމަވެސް މިއީ ޝާމް އަށް އިނގުން މުހިއްމު ހަގީގަތަކަށް ވާތީވެ ރީމާ އެ ވާހަކަ ކިޔައިދޭން ފެށިއެވެ.

“ޝާމް!! އަހަރެންނަކަށް ނޭނގެ މި ވާހަކަ ފައްޓަން ވީ ގޮތެއްވެސް.. އެކަމަކު އަހަރެން މިއަދު ބޭނުން ޝާމް އަށް މި ހަގީގަތް ކިޔައިދޭން!!

އެއީ މީގެ އަހަރެއްހާ ދުވަސް ކުރި! ބައްޕަގެ ވަރަތް ގާތް ރައްޓެއްސެއްގެ ދަރިއެއް ކިޔަވަން މިރަށަށް އައި! އޭނާ ހުރުމަށް ހަމަޖެހުނީ މިގޭގަ!! އެދުވަހު އަހަރެން ޖޮގިން އަށް ނިކުމެގެން އުޅެނިކޮށް އޭނައާ ދިމާވި!! އެކަމަކު އޭރަކު ނޭނގޭ އެއީ ބައްޕަގެ ރައްޓެއްސެއްގެ ދަރި އެއް ކަމެއް.. ގެއަށް އައި ފަހުން އިނގުނީ.!!

އެރޭ އަހަރެންނާއި އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ލައިލާ ބޭރުގައި ހުރި އުނދޯލީގައި ވާހަކަ ދައްކަން ތިއްބާ އޭނަ އެތަނަށް އައި.! އެދުވަހު އަހަރެމެން ދެމިހުންގެ ރައްޓެހިކަން ފެށުނީ..އެތައް ވާހަކަ ތަކެއް ދައްކާ ނިމުމަށްފަހު ނިދަން ވަދެވުނު އިރު ވަރަށް ލަސްވެއްޖެ!

ދުވަސް ތައް ފާއިތު ވަމުން ދިޔަދިޔަހެން އަހަރެމެންގެ ރައްޓެހިކަން ދިޔައީ އިތުރުވަމުން!! އެކުގައި އުޅެމުން ގޮސް އެކަކު އަނެކަކު ދެކެ ލޯބިވެވި އެކަކު އަނެކަކާ ނުލާ ނޫޅެވޭ ވަރު ވީ ކޮން އިރަކު ކަމެއްވެސް ނޭނގެ!! އެކަމަކު އޭރު އޭނާގެ ފުރާ ދުވަސް އޮތީ ވަރަށް ގާތް ވެފަ!!

އެއީ އޭނާ ފުރަން އޮތް ދުވަސް ނޫން އޭގެ ކުރީ ދުވަސް!! ފުރަންވާއިރަށް ބައެއް އެއްޗެހި ގަންނަން ޖެހޭތީ އޭނާ ދިޔައީ ފިހާރަ އަށް.! ބައްޕަ ވެސް އެދުވަހަކު ގެއަކު ނެތް!! އަހަރެން އޮތީ އެކަނި މާ އެކަނި ފޫހި ވެފަ!! އޭނަ ނެތް އެ ގަޑިއެއްހާއިރު އަހަރެންނަށް ހޭދަވީ އެތައް ހާސް އަހަރުތަކެއް ފަދައިން!! އެ ގަޑިއެއް ހާއިރު ތެރޭގައި އޭނަ އަށް ގުޅުނު އަދަދެއް ވެސް އަހަރެންނަކަށް ނޭނގެ!!

މާގިނައިރުތަކެއްނުވެ ވެހެމުން ދިޔަ ވާރެއާ ތެމި ފޯވެގެން އޭނަ ގެއަށް އައި!! އެއްވެސް އިހުތިޔާރަކާ ނުލާ އެދުވަހު އޭނާގެ ގައިގައި ބައްދާލެވުނީ އަހަރެން އޭނާ އަށް ބޭނުންވެފައި ހުރިލެއް ބޮޑުކަމުން!! އަހަރެން އެދުވަހު ބޭނުންވީ އެ އުފާ ހޯދަން!!  އޭނަ އެކަމަށް އެއްފަހަރު އިންކާއު ކުރިނަމަވެސް އަހަރެން އެކަމަށް ބޭނުންވެފައި ހުރިލެއް ބޮޑުކަން އޭނައަށް އިނގުމުން ދެވަނަ ފަހަރަށް އިންކާރު ކުރާކަށް ނުކެރުނު!! އެއްވެސް އިހްތިޔާރަކާ ނުލާ އެ އަމަލަށް އެދުވަހު އަރައިގަނެވުނީތީ އަހަރެން މިއަދު ލަދުވެތިވަން.!

އޭގެ އަނެއް ދުވަހުމާލެ ދާން އޭނާ ފުރީ އަހަރެންނަށް ގުޅޭނެ ނަމްބަރެއް ދީފަ!! އަހަރެން އެ ނަމްބަރަށް އެތައް ފަހަރަކު ގުޅިން!! އެކަމަކު ލިބެނީ ހަމަ އެއް ޖަވާބެއް!! ތިޔަ ގުޅުއްވި ނަމްބަރު މިވަގުތު ވަނީ ނިއްވާލާފާ!! އެގޮތަށް އުޅެނިކޮށް އަހަރެންގެ ދިރިއުޅުމަށް ޝާމް އައީ!!

ދަރިފުޅު ވިހަން ވަރަށް ގާތްވެފައި ވަނިކޮށް ދަރިފުޅުގެ ބައްޕަ މި ގެއަށް އައި! އެދުވަހު އޭނަ ހީކުރީ އަހަރެންގެ ބަނޑުގައި އޮތީ ޝާމްގެ ދަރިއެއް ކަމަށް!! އަހަރެންނާ ދިމާލަށް ބޭވަފާތެރިޔެއް ކަމަށް ބުނެ އަހަރެންނާ ދިމާލަށް އެއްޗިހި ކީ!!  އެކަމަކު ފުރުސަތެއް ހޯދައިގެން އަހަރެން ބުނިން މަގޭ ބަނޑުގައި އޮތީ އޭނަގެ ދަރިއެއް ކަމަށާއި އަހަރެން ދުނިޔޭގެ ލަދުން ސަލާމަތް ކޮށްދިނީ ޝާމް އޭ ވެސް!! އަދި ފޯނު ނިއްވާލާފަ އޮތީ ކީއްވެގެން ހޭވެސް ސުވާލު ކުރިން.. ޖަވާބުގައި އޭނާ ބުނީ އެއަރޕޯޓުން އޭނާ ހައްޔަރު ކުރީ ކަމަށް!! އަހަރެން އެދުވަހު ބުނިން މިއަދު އަހަރެން ބޭނުންވަނީ ޝާމް އޭވެސް!! އެދުވަހު ޝާމް ވީ ޓެސްޓަށް ގޮސް!! މިހާރު ޝާމް އަށް އިނގޭނެ ކަންނޭނގެ ދަރިފުޅުގެ ބައްޕަ!! އެއީ ޝާމް އާ އެއްކޮށް ކުލާހުގައި ވެސް އުޅުން ކަމަލް!!

އަހަރެންނަކަށް ނޭނގެ މިއަދު ޝާމް އަށް ޝުކުރު އަދާ ކުރާނެ ގޮތެއްވެސް!! އަހަރެން ދުނިޔޭގެ ލަދުން ސަލާމަތް ކޮށްދިނީ ޝާމް.. މިއަދު އަހަރެން ޝާމް ދެކެ ވަރަށް ލޯބިވޭ!! އައި ލަވް ޔޫ ޝާމް!! ”

މިވާހަކަ ތައް ކިޔައި ދިނުމަށްފަހު ރީމާ ޝާމް އާ ދިމާލަށް ބަލާލިއެވެ. ޝާމްގެ މޫނުމަތިން ފެންނަން ހުރީ ރީމާ އުއްމީދު ކުރިކަހަލަ އިހުސާސް ތަކެއް ނޫނެވެ. ކުރިންވެސް ޝާމް އަށް މި ވާހަކަ ތައް އިނގޭ ކަހަލަ އެވެ. ރީމާ ސުވާލެއް ކުރާ ނަޒަރަކުން ޝާމް އާ ދިމާލަށް ބަލާލިއެވެ. ޝާމް އަށް މި ބަލާލުމުގެ  މާނަ ނަގައިގަނެވުނެވެ.

“ރީމާ!! އަހަރެންނަން މާކުރިންވެސް ތި ވާހަކަތައް އިނގޭ!! ރީމާ ކަމަލް އާ މިވާހަކަތައް ދެއްކި ދުވަހު އަހަރެން މިތާ ބޭރުގައި ހުރިން.!! އަހަރެންނަށް ތި ދެމިހުން ދެއްކި ވާހަކަ ހަމަ ރަނގަޅަށްވެސް އަޑު އިވުން!! އަހަރެން އެދުވަހު ޓެސްޓަކަށް ނުދަން! ކަމަލް ހަޅޭލަވައިގަތް އަޑަށް އަހަރެން މިތާ ކައިރި އަށް ޖެހިލިން!! އެދުވަހު އިވުނު ވާހަކަ ތަކުން އަހަރެން ހުރީ ޝޮކެއްގަ!!” މިހެން ބުނެ ނިމުނުތަނާ ކަމަލް އައިސް އެތަނަށް ވަނެވެ. ރީމާގެ މޫނުމަތިން ފެންނަން ހުރީ ހައިރާންކަމެވެ. ވާނީވެސް އެހެންތާއެވެ. ” ރީމާ!!  ކަމަލް!1 މިއަދު އަހަރެން ބޭނުންވަނީ ރީމާގެ ދިރިއުޅުމުން ވަކިވާން!! ރީމާ އާ ދަރިފުޅު ކަމަލް އާ ހަވާލު!!” މިހެން ބުނެފައި ޝާމް ބޭރަށް ދާން އެޅި ފިޔަވަޅު ހުއްޓުމަކަށް އައީ ކަމަލް ޝާމް އަށް ގޮވާލުމުންނެވެ. “ޝާމް! މަޑުކޮށްބަލަ! ރީމާ ދުނިޔޭގެ ލަދުން ސަލާމަތް ކޮށްދިނީ ޝާމް!! ދަރިފުޅަށް ނަންވެސް ދިނީ ޝާމް!! ރީމާ މާބަނޑު ދުވަސްވަރު ރީމާ އާ އެކުގައި އުޅުނީ ހަމަ ޝާމް!! މިއަދު ރީމާ އާ އެކުގައި ވާން ޖެހޭނީ ޝާމް!! އަހަރެންނެއް ނޫން!! އަހަރެންނަށް މާފު ކުރޭ!! އަހަރެން ރީމާގެ ދިރިއުޅުމުން ދުރަށް ދާނަން!! ޝާމް އާއި ރީމާއާ ދެމިހުން ވެގެން އެ ދަރިފުޅަށް ރަނގަޅު މުސްތަގުބަލެއް ހޯދަދީ!! ހެޔޮގޮތުގައި އެކުއްޖާ ބަލާ ބޮޑުކޮށްދީ.. މިއަދު މިކަން ވާނީ ޝާމް އަށާއި ރީމާ އަށް.. އަހަރެން ތި ދެމިހުންނަށް ފުރިހަމަ އިތުބާރު ކުރަން!! މިއަދު އަހަރެން މި އައީ ވެސް އެހެން ބުނަންވެގެން..”

މިހުރިހާ ވާހަކަ ތަކެއް އަޑު އަހަން ރީމާގެ ބައްޕަ ހުރީ ހައިރާންވެފައެވެ. ނަމަވެސް މިހާރު ރީމާގެ ބައްޕަ އެދެނީ ރީމާ އާއި ޝާމް އެކުގައި ވުމަށެވެ. ކަމަލް ދަމުން ދިޔައީ ހުރިހާމީހުންގެ ފަރާތުން ހިތް ހަލާލު ހޯދައިގެންނެވެ.

Share Article

Follow Me Written By

THAMMBIN

Level 1

Other Articles

Previous

ވާރޭ ( ދެވަނަބައި)

Next

ފުންއަސަރު 11

Next
March 12, 2016

ފުންއަސަރު 11

Previews
March 11, 2016

ވާރޭ ( ދެވަނަބައި)

21 Comments!

  1. THAMMBIN says:
    March 12, 2016 at 10:46 am

    heii guyzz… this is my very first story.. hope u guyzz will like it.. i have one thing to say.. mi vaahaka akyy filmakah binaakoh liyefaivaa vaahaka eh.. ekam modify kollaafa.. 🙂

  2. princess says:
    March 12, 2016 at 10:53 am

    Nice????

  3. Anonymous says:
    March 12, 2016 at 10:58 am

    Vaahaka nimuny tha.. nice

  4. Nixu says:
    March 12, 2016 at 11:00 am

    Copy kollee dho ehaa avaha??? Pis pis pis boduvaru..

  5. Fahthe says:
    March 12, 2016 at 11:08 am

    Dhn hajam kollaa nixu

  6. Fahthe says:
    March 12, 2016 at 11:09 am

    Vaahaka vrh salhi.. But thankolheh kuryy..

  7. Aayaa says:
    March 12, 2016 at 3:57 pm

    Copy

  8. Shaan says:
    March 12, 2016 at 4:56 pm

    Salhi ingey. Y so short.. Hajam nuvaa kudhin ves ulheyey mi dhuniyeyga.. Dhw fahthe

    1. Fahthe says:
      March 13, 2016 at 6:35 am

      Yaa

    2. Naina says:
      March 13, 2016 at 6:36 am

      Varah reethi..

  9. Emy says:
    March 12, 2016 at 5:05 pm

    Vvvv salhi ..????… BT maa kury ..

  10. anju says:
    March 12, 2016 at 8:51 pm

    Not nice…evves ottareh neh…better luck next time

  11. Kamal says:
    March 13, 2016 at 9:25 am

    Goaheh noon.. Reethi

  12. Reem says:
    March 13, 2016 at 9:26 am

    Fantastic!!

  13. malsa says:
    March 16, 2016 at 11:10 am

    vaahaka reethi ekam adhi thankolheh dhigu nama varah reethi vees

  14. neesh says:
    March 19, 2016 at 9:38 am

    mee neyngi yaaru vaki v ge copy eh dhw …. hama ekani thafathaky kamal shaam ah reem dhookohlikan .. but nice

  15. Raul says:
    March 19, 2016 at 3:27 pm

    Neesh!! Myga writer bunefa ebain dhw meet filmakah binaakoh liyefa in vaahaka ekey..soo… Beautiful story…

  16. Raul says:
    March 19, 2016 at 3:28 pm

    Mee*

  17. Zanaal says:
    March 20, 2016 at 8:58 am

    Nyc!!

  18. THAMMBIN says:
    March 20, 2016 at 9:06 am

    Thankiu for the lovely comments..

  19. Wish er says:
    November 1, 2016 at 1:49 pm

    Wo woahh.. ?❤️

Comments are closed.



All Right Reserved!