Skip to content
އެސްފިޔަ

ތިޔަ ނަަން މި ހިތުގާ ވާހަކަ އާއި ގުޅޭ

އައްސަލާމް ޢަލައިކުމް،

ވާހަކަ ގެނެސްނުދެވި ލަސްވާތީ، އަދި ލަސްވާ ސަބަބު ބުނެނުދެވުނީތީ ފުރަތަމަވެސް ކިޔުންތެރިންގެ ކިބައިން މަޢާފަށް އެދެމެވެ.

ކޮންމެ މީހެއްގެ ދިރިއުޅުމުގައިވެސް އެކިއެކި ކަންކަމާ ދިމާވާނެއެވެ. މި ދުވަސްކޮޅަކީ މާޝާއަށްވެސް އެފަދަ ދުވަސްކޮޅެކެވެ. ކުޑަކޮށް ބަލިވެ އުޅުމާއެކު، “ޕަރޒަނަލް ރީޒަންސް”ގެ ސަބަބުން މާޝާއަށް ވާހަކަ ލިޔުމަށް ވަގުތު ނުދެވެނީއެވެ. އެހެން ވިޔަސް ލިޔުމާ ދުރަށް ދިޔުމުގެ ނުވަތަ ލިޔުން ހުއްޓާލުމުގެ ޚިޔާލެއް ނެތެވެ. މާޝާއަށް ބޭނުން ވަނީ ކުޑަ ދުވަސްކޮޅެއްގެ “ބްރޭކް” އެކެވެ.

ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަހެވެ. އެ މަހުގެ ދުވަސްތަކުގެ ވީހާވެސް ގިނަ ވަގުތު ހެޔޮ ގޮތުގައި ހޭދަ ކުރުމަށް އަޅުގަނޑުމެން އެންމެންވެސް މަސައްކަތް ކުރަން ވާނެއެވެ. މާޝާ އުންމީދު ކުރަނީ އެ މަހުގެ ފުރިހަމަ ޘަވާބާ ދަރުމަ ލިބުމަށެވެ. ކިޔުންތެރިންވެސް އެ ގޮތަށް މަސައްކަތް ކުރަން ވާނެއެވެ. މާޝާގެ ދުޢާއަކީ ތިޔަ އެންމެހާ ކިޔުންތެރިންވެސް އެ މަސައްކަތް ކޮށް ކާމިޔާބު ލިބުމެވެ.

އިރާދަ ކުރެއްވިއްޔާ ރޯދަމަސް ނިމުމުން އަލުން ވާހަކަ ގެނެސްދިނުމަށް މާޝާ މަސައްކަތް ކުރާނަމެވެ. އެ ދުވަހުން ކިޔުންތެރިންގެ ކޮމެންޓްތަކުގެ ޒަރީޢާ އިން ބައްދަލުވާނެ ކަމަށް އުންމީދު ކުރަމެވެ.

މާޝާގެ ވާހަކަތައް ކިޔާލާތީ، އަދި ކިޔުންތެރިންގެ ފަރާތުން ލިބޭ ތަރުހީބާ، ހިތްވަރުދިނުމަށް އަދި ކޮންމެ ވާހަކައަކާ ކޮންމެ އެޕިސޯޑަކަށް ކެތްތެރިކަމާއެކު ކުރާ އިންތިޒާރަށް ހިތުގެ އެންމެ ފުންމިނުން، ފަށްފަށުން ޝުކުރު ދަންނަވަމެވެ.

رمضان كريم
كل عام وأنتم بخير

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (2)

  1. SHIX♡

    شَفَاكِ اللَّهُ❤️‍🩹
    Ur my no.1 Author I rlly love ur stories so much & also Take all the time you need to rest and recover ☺️
    LYsm 💛
    رمضان مبارك💫

  2. Anonymous

    Shafa allah❤️‍🩹

Comments are closed.