Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަދީނީލޯބި

ދުޢާ

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
February 23, 2026 3 Mins Read
16 Comments

މި ޒަމާނުގެ ކުދިން ހިތުގައި ޖެހުމުން ކުރަނީ ކީއްހެއްޔެވެ؟ އަތުގައި ލިޔައަޅުވަނީއެވެ. ނޫނީ ނުކައި ނުބޮއެ އޮވެ ހަލާކު ވެގެން ދަނީއެވެ. ނަމަވެސް ހަގީގަތުގައި ކަން ކުރަން ޖެހޭނީ ކިހިނެތްބާއެވެ؟

އަހަރެންގެ ނަމަކީ މަރިޔަމް އެލީނާއެވެ. އުމުރުން 19 އަހަރެވެ. އަހަރެންގެ 4 މަހުގެ ކުޑަ ކުއްޖަކު ހުރެޔެވެ. ނަމަކީ އެލިޔާނާއެވެ. އެއީ އަހަރެންގެ ފުރާނައެވެ. ދިރިހުރުމުގެ އުންމީދެވެ. އުފަލެވެ. މުޅި ދިރިހުރުމެވެ. އެހެނަސް އެލިޔާނާއަށް އަހަރެން ބަލިވެ އިން ދުވަސްވަރަކީ އުފާވެރި ދުވަސްކޮޅެކޭ އަހަރެންނަކަށް ނުބުނެވޭނެއެވެ. އެކަމާ އަހަރެން ހިތާމަ ކުރަމެވެ. ނަމަވެސް އަހަރެން ކުރާނީ ކީއްހެޔެވެ؟ ދުނިޔެ ބަދަލު ވިޔަސް މާޒީ ބަދަލެއް ނުކުރެވޭނެއެވެ.

އަހަރެންގެ އުމުރުން 18 އަހަރުވީތާ އެއްމަސް ފަހުން އަހަރެންގެ ލޯބިވެރިޔާ ޔާޒަންއަށް ކައިވެނި ކުރީމެވެ. އޭރު އަހަރެމެން ދެމީހުން ލޯބިވެރިންގެ ގޮތުގައި އުޅޭތާ 1 އަހަރު ވެއްޖެއެވެ. އަހަރެންނަށް އެއަދަދު މާ ވަރަށް ވެސް ބޮޑެވެ. އަހަރެން ބޭނުންވީ ހަލާލު ގޮތުގައި އެގުޅުން ކުރިއަށް ގެންދާށެވެ. އެހެންކަމުން އެދުވަހު އަހަރެން ހުރީ ނުހަނު އުފަލުންނެވެ.

ކައިވެނިކޮށްގެން އަހަރެން ބަދަލުވީ ޔާޒަންއާއި އެކު އަހަރެމެންގެ އަމިއްލަ ގެޔަށެވެ. ކައިވެނީގެ ފުރަތަމަ ދުވަސްކޮޅު ދިޔައީ ވަރަށް އަމާން އޮމާން ކޮށެވެ. އުފަލާއި ލޯބިންނެވެ. ހިތްހަމަ ޖެހިގެންނެވެ. އެއްވެސް ކަމަކަށް އަހަރެން ޝަކުވާ ކުރާކަށް ނުޖެހެޔެވެ.

ކައިވެންޏަށް ފަސް މަސްވީ އިރު މާތް ﷲ ގެ ރަހުމުފުޅާއި އެކު އަހަރެން އިނީ ބަލިވެޔެވެ. އަހަރެން ހުރީ އުފަލުންނެވެ. ޔާޒަންއާއި އެކު އުފާވެރި ދިރިއުޅުމެއް އުޅުމައް އަހަރެން އަތު ކުރި އޮޅާލީމެވެ. ނަމަވެސް ކަންތައްތައް ބަދަލުވެގެން ދިޔައީ އަހަރެން ހީވެސް ނުކުރާހާ އަނިޔާވެރި ކޮށެވެ.

ކުއްލިއަކަށް ޔާޒަން ގޭގައި ވަގުތު ހޭދަ ކުރާލެއް މަދުވާން ފެށިއެވެ. އަބަދުވެސް އުޅެނީ ބޭރުގައެވެ. ގެއިން ކެއުން އެކީހެން ހުއްޓުނެވެ. ގެއަށް ވަންނަ ފަހަރަކުވެސް އަހަރެންނާއި އަނގައިންވެސް ނުބުނެޔެވެ. ނުވިތާކަށް ބަލާވެސް ނުލައެވެ. ޑަކްޓަރަށް ދައްކަން ދާން ޖެހެނީ އެކަންޏެވެ. ކަމެއް ޖެހިގެން ގުޅިޔަސް ފޯނެއް ނުނަގައެވެ. ބަސްބުނާހާ އަވަހަށް އެއް އެނދެއްގައި ނިދާ ބީރައްޓެހިންނަށް އަހަރެމެން ވެއްޖެއެވެ.

ކާމޭޒު ކައިރީގައި އިން އަހަރެން އިނީ މޭޒުގައި ބޯއަޅާލައިގެންނެވެ. ހޮޑުލާލާ އަހަރެންގެ ހަށިގަނޑުގައި އެއްވެސް ވަރެއް ނެތެވެ. ބަނޑަށް 2 މަސްވީން ސުރެ ލެވެން ފެށި ހޮޑުލުން 5 މަސްވީ އިރު ވެސް ނުހުއްޓެއެވެ. 3 މަސް ވަންދެން އަހަރެންނަށް ޔާޒަންގެ ފަރާތުން އަޅާލުން ލިބުނެވެ. ނަމަވެސް ފަހުން އައިސް އަހަރެންގެ ހުރިހާ ކަމެއް ކޮއްދެނީ މައިދައިތައެވެ.

“ދަރިފުޅާ؟” ގެއަށް ވައިން ޔާޒަން ފެނުނީ ކާމޭޒު ކައިރީ، އޮރެންޖު ކޮޅެއް ކޮށަން ކޮޅަށް ހުރި އަހަރެންގެ މައިދައިތައަށެވެ. އަހަރެން ވަރުބަލި ކަމާއި އެކު ފަހަތައް އެނބުރިލީމެވެ. އަހަރެންނަށް ޔާޒަން މިފެނުނީ ދެދުވަސް ފަހުންނެވެ. “ހޫމް؟” ޔާޒަންގެ އަޑުގައިވީ ފަރުވާ ކުޑަކަމެވެ.

“ޔާޒަން ކޮންތާކު އުޅިފަތަ ތިއައީ؟ ބަލަ ޔާޒަންގެ އަންހެނުން މީނީ ބަލިވެޔޭ. އެއްވެސް އެއްޗެއް ހަމަ ހިތަކަށް ނާރާތަ؟ ހެޔޮނުވާނެ ތިހެން ހަދަން. މިފަކީރު ހާދަ ހާލެއްގައޭ މިއުޅެނީ” މައިދައިތަ ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. ޔާޒަން އެއްވެސް އެއްޗެއް ނުބުނެ ގޮސް ކޮޓަރިއަށް ވަނެވެ.

އަހަރެންގެ ދެލޮލުން ކަރުނަ ހިލެން ފެށުނެވެ. ހިތަށް ތަދުވީ އިންތިހާއަށެވެ. އަހަރެންގެ ފިރިމީހާ އަހަރެންނަށް އަޅާނުލާ އިރު އަހަރެންނަށް ދެން އަޅާލާނީ ކާކު ހެއްޔެވެ؟

“ދަރިފުޅާ. ނުރޮއޭ. ހުއްޓާލާ. މަންމަ ޔާޒަންއަށް އަދި ވާހަކަ ދައްކާނަން” މައިދައިތަ އަހަރެންގެ ކޮނޑުގައި ފިރުމާލިއެވެ. “ނޫން. އެއޯކޭ ވާނެ މަންމާ. ތި އޮރެންޖުކޮޅު ފްރިޖަށް ލާ. އަޅުގަނޑު މާދަމާ ކާލާނަން” އަހަރެން ކަރުނަ ފުހެލަމުން ކޮޓަރިއާއި ދިމާލަށް ހިނގައިގަތީމެވެ.

ކޮޓަރިއަށް ވައިން އިރު ޔާޒަން އެނދުގައި އޮތެވެ. ފޯނު ހިފައިގެން އޮތް އިރު ތުންފަތުގައިވީ ފުރިހަމަ ހިނިތުންވުމެކެވެ. ނަމަވެސް އަހަރެން ވައިންތަން ފެނި އެ ހިނިތުންވުން ފިލާ ދިޔަ ތަނެއްވެސް ނޭނގެޔެވެ.

“ޔާޒަން… ކީއް… ކީއްވެތަ މިިހާރު ތިހެން ތި ހަދަނީ؟ އަހަރެން ހާދަ އެކަނިވެރިވެޔޭ…” އަހަރެންގެ ބަޑި ފަޅައިގެން ދިޔައެވެ. ލައްކަ ދުވަހު ކެއްކުރެވިއްޖެއްނުން ހެއްޔެވެ؟

އެހެނަސް ޔާޒަން އެއްވެސް އެއްޗެއް ނުބުންޏެވެ. އެ ހަމަހިމޭން ކަމުން އަހަރެންގެ ހިތް ފިސް ފިސް ވަމުން ދިޔައެވެ. “ޔާޒަން… އެހެން އަންހެން ކުއްޖަކާ ވާހަކަ ދައްކަނީތަ؟…” އަހަރެންގެ ހިތުގައި އޮތް ސުވާލު ދުލާއި ހަމައަށް ފޯރިއެވެ. އެއާއި އެކު ޔާޒަން ފެށީ ހޭށެވެ.

“އާއެކޭ ބުނެފިއްޔާ؟ ކަލޭ ކީއްކުރާނީ؟ ކަލެއަށް ޖެހޭނީ ހަމަ ތިހެން ހުންނަން!” ދަތްކުނޑިވިކާލަމުން ޔާޒަން ބުންޏެވެ. އަހަރެން ސިހުނެވެ. ބައްދަލުވީ ދުވަހުން ސުރެ ޔާޒަން އަހަރެންނަށް ގޮވަނީ “އެލީ” އޭ ކިޔައެވެ. ނަމަވެސް ފަހުން އައިސް ކިޔަނީ ހަމަ “އެލީނާ” އެވެ. “ކަލޭ” އޭ ބުނެ ޔާޒަން އަހަރެންނަށް ވާހަކަ ދެއްކި ފުރަތަމަ ފަހަރަކީ މިއީއެވެ.

“ތިބުނީ އާއެކޭތަ؟” އަހަރެން އެހީމެވެ. އަހަރެން މިއަދު އެސުވާލުގެ ޖަވާބު ބޭނުމެވެ. “އާނ. އަހަރެން މިހާރު ކަލޭދެކެ ލޯތްބެއް ނުވޭ. އާނ އެހެންޏާ؟ އެލީނާ މިހާރު ތިއީ ކީއްކުރާނެ މީހެއް؟ އަބަދު ދަލުން ފޯވެފަ. އަބަދު ހޮޑު ލަނީ. އަހަރެން ގާތް ވިޔަސް ‘ވަރަށް ވަރުބަލި’ ، ‘މިހާރަކު ނޫން’ ، ‘ނުވާނެ މިއަދަކު’. އެނޫން އެއްޗެއް މިހާރު މަށަށް ނީވޭ!”

ޔާޒަންގެ ވާހަކަ އިވި އަހަރެން ހަމަ ރަނގަޅަށް ވެސް ހައިރާންވެ، އަންތަރީސް ވެއްޖެއެވެ. އަހަރެންނަށް އެއައި ބަދަލުއައީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ބަނޑުގައި މިއޮތް ޔާޒަންގެ ދަރިފުޅު އުފުލުމުގެ ވޭނުގެ ސަބަބުންނެވެ. އެވަރު ޔާޒަންއަށް ނުވިސްނެނީ ހެއްޔެވެ؟

“ބުނަންތަ ވާހަކައެއް؟ އަހަރެން ދެން ބޭނުމެއް ނޫން ކަލެއާ އެކީގަ އުޅޭކަށް. އަހަރެން ބޭނުމީ މީރާ. މީރާ ކަލެއަށް ވުރެ މާ ރަނގަޅު. އަހަރެން ބޭނުން ވަގުތަކު އަހަރެން ބޭނުން ކަމެއް ކޮއްދޭ. ތިހެން މުޑުދާރު ކޮށެއް ނޫން ހުންނަނީކީވެސް. އަހަރެން ތިކަހަލަ މުޑުދާރު މީހެއް ބޭނުމެއް ނޫން. ކަލޭ ތިހުރީ ވަރިކޮށްފަ. ރައްކާވޭ މަގޭ ލޯ ކުރިމަތިން!!” ޔާޒަން އެހެން ބުނިކަން އެނގުނެވެ. ދެން ވީނުވީއެއް އަހަރެންނަކަށް ނޭނގުނެވެ…

***

ހަފްތާއެއްހާ ދުވަސް ތެރޭ އަހަރެމެންގެ ވަރި ސާބިތު ކުރެވުނެވެ. އަހަރެންނާއި އަހަރެންގެ ބަނޑުގައި އޮތް ފުރާނަ ދޫކޮށްލާފައި ޔާޒަން ދިޔައީ އެއްވެސް ރަހުމެއް ކުލުނެއް ނެތިއެވެ. ކޮންމެ މަހަކު ދަރިފުޅަށް 5000 ރުފިޔާ ފޮނުވައެވެ. އެނޫން އެއްވެސް އެހީތެރި ކަމެއް އަހަރެންނަކަށް ނުލިބުނެވެ.

އެކަމުގެ ސަބަބުން އަހަރެން ޑިޕްރެޝަނަށް ދިޔައެވެ. އަމިއްލައަށް މަރުވާން އުޅުނު އަދަދެއްވެސް ނޭނގުނެވެ. ނަމަވެސް އަހަރެންނަށް ފުރަތަމަ ފަހަރަށް ދަރިފުޅުގެ ތޮޅިލުން އިހުސާސް ކުރެވުނު ދުވަސް ވެގެން ދިޔައީ ހުރިހާ ކަމެއް ބަދަލުވީ ދުވަހަށެވެ. ދިރިއުޅުމައް އުންމީދެއް ފެނުނެވެ. ދަރިފުޅަށްޓަކާ ދިރިހުންނަން ބޭނުން ވިއެވެ.

އަހަރެން ގަވައިދުން ދަމު ނަމާދު ކުރަން ފެށީމެވެ. ނަފްސާނީ ބޭސްތަކުން އަހަރެންނަށް ނުލިބުނު ޝިފާ އެ ނަމާދުން ލިބުނެވެ. ހުވާކޮށްފައި ބުނަމެވެ. މިހާރު އެންމެ ދުވަހަކުވެސް ދަމު ނަމާދު ދޫކޮށްނުލަމެވެ. ޔާޒަން ނެތް ނަމަވެސް އަހަރެން މިހުރީ އުފަލުގައެވެ. އަހަރެން މިއަދު މިހުރީ އަހަރެން ދަމު ނަމާދުގައި ދުޢާ ކުރި ދިރިއުޅުމުގައެވެ. އަހަރެންނާއި އަހަރެންގެ ކުޑަކުޑަ އެލިޔާނާ މިހުރީ މާތް ﷲ ގެ ރައްކަލުގައެވެ. ތިއީވެސް ހުރިހާ ކަމަކުން މާތް ﷲ ގެ ރައްކާތެރިކަން ހޯދާ ބައެއްގެ ގޮތުގައި ވާށެވެ. ދިރިއުޅުން އުފާވެރިވާނީ އޭރުންނެވެ.

(ނިމުނީ)

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ބަރަކާތްތެރި މެހެމާންދާރީ

Next

އެދިގެން ކަލާ ލިބޭތޯ 45

Next
February 24, 2026

އެދިގެން ކަލާ ލިބޭތޯ 45

Previews
February 23, 2026

ބަރަކާތްތެރި މެހެމާންދާރީ

16 Comments!

  1. ♡BUNNY♡ says:
    February 24, 2026 at 11:46 am

    Maasha allah♡

    1. shihaamaa ali shihaamaa ali says:
      February 24, 2026 at 2:54 pm

      Jazaakallah khairan 🩶

  2. ♡えんげね♡ says:
    February 24, 2026 at 11:47 am

    Maasha allah. Mi vhk varah reethi♡♡♡♡♡♡♡

    1. shihaamaa ali shihaamaa ali says:
      February 24, 2026 at 2:55 pm

      Jazaakallah khairan 🩶

  3. Anonymous says:
    February 24, 2026 at 4:04 pm

    Shihaama Ali liuneemehnu kuru vhk eh I think story name is galamuge karuna… esfiya ah vhk liyaathaa 2 aharu vegen E vhk negy keehve??? 😔💗

    1. shihaamaa ali shihaamaa ali says:
      February 24, 2026 at 4:17 pm

      Hi… Some reader’s misunderstood the story and took it as a insult to readers.. I didn’t meant that in anyway.. I don’t have any complaints to my readers.. That’s why I took it down.. 🩶

  4. Aanaa says:
    February 24, 2026 at 4:12 pm

    Maasha allah mivaahaka vrh reethi
    Vrh iburaitheri vhk eh….shihaage ehn kuru vhk akh vrh inthizaar kurevey
    btw dhivehivahakain ah laan feshymehnu vhk eh…eyge s2 konirkn????
    Curiously waiting..
    Ramadan mubarak❤️

    1. shihaamaa ali shihaamaa ali says:
      February 24, 2026 at 4:19 pm

      Hey Aanaa.. glad to see your comment after a while ☺️ e vaahaka neren fashaany vaathy hithaku loabi manmanvefaa liye nimunyma.. and in sha allah it’ll be a free story hama.. stay tuned.. ramadan mubarak 🩶

  5. Anonymous🥶💫 says:
    February 24, 2026 at 9:26 pm

    Shier ge nazaru ga e negi story rangalhehnu? Then keehve e negy? That makes u like Kada Infront of others just write smthng in your pov. Readers dhekey goth Hama kureema U can also say what you actually wanna say in that story n yh like e story negyma vrh hadi vejje.

    1. Business studies says:
      February 25, 2026 at 4:53 pm

      Not Shier… Shiherr♥️
      Like those Readers who don’t respect
      Authors should be Satisfied!!🦋🦋
      I don’t understand why the society becomes
      More more Bullies becoming more Popular…
      Shihaama Ali She’s the Author who’s so
      So good at Tales!!!
      IA,Shiherr ‘ve a very good intelligence
      In Her tales.. MaashaAllah 🖤🥀
      Keep it up!

    2. Anonymous says:
      February 25, 2026 at 7:39 pm

      haadha hamajeheyey dhw dhahkkaafa oth vhk! Business kiyavaa meehaku no wonder🙄
      Mashah engeynee ma shihamaa ah kiyaane nameh. Gaimu shihama akah problem akah nuvey ma shierr ey kiyas. Ehenma kaley aa kon behey kameh! Kaley shiha kiyaashey bunyas mashah heyo. Ma kiyaanee shierr

  6. ... says:
    February 25, 2026 at 1:22 pm

    Bruh like what do you want? Shihaama e story leema shihaama goasvejje shihaama e negeyma vx kamaku nudhey.. Emmen ufaa vaa gothakah evves kameh nukureveyne.. shiher e story negiyas eyge evves comment akah reply nudhinyma engijje shiher readers ah respect kuraakan plus argue kuran beynun nuvaakan.. and that doesn’t make her kada.. that makes her mature as she doesn’t want to argue.. but it makes you immature since you’re clearly pointing it out as “Kada” so you will look cool.. and eii i dhekey gothuga maa hadi kameh

    1. Business studies says:
      February 25, 2026 at 4:55 pm

      True ,Dill

  7. Huh? says:
    February 25, 2026 at 9:24 pm

    Ahcheediii mi vaahaka vrh hadi, 🤢🐑🐑🐑

    1. I'M Her Fan 🪭 says:
      February 25, 2026 at 10:05 pm

      Hadhivihyyaaa thi Madun hureyy!!
      Don’t hurt shiherr!!🦋🦋
      Mi Oh Ramadan mahu konkameh
      Tha dhen thee???
      Mi barakaaihtheri Ramadan month ga
      Savaabu hovan maa imp ehnuu 😁

  8. Ksnsmsksl says:
    March 26, 2026 at 6:35 pm

    Author ekey yo!! Ekm mi oth haadhuvas veeru habareh neth! Kuda minun didn’t even wish Ramadan mubarak not eid mubarak! Hama seedha kada evy…

Comments are closed.



All Right Reserved!