ތިޔައީ ހަނދޭ-11
ގެޔަށް އައިގޮތަށް ފޮތަކާއި ގަލަމެއް ހިފައިގެން އޭނާ އިށީނީ މޭޒު ދޮށުގައެވެ. އޭރު ޔޫރާ އިނީ ޓީވީ ކައިރީ ޓީވީ ބަލާށެވެ. ރަޝްނާން ލިޔަނީ ކޯއްޗެއްތޯ ބަލާލަން ޔޫރާ ބޭނުން ވިއެވެ. އެކަމަކު އޭނާ އެއް ނާހައެވެ. ގާތްގަނޑަކަށް ބައިގަނޑިއިރުހާ ފަހުން ރަޝްނާން ގަލަން ބޭއްވިއެވެ. އަދި އެގަނޑު ކޮޅު ކިޔާލިއެވެ. ހިނިތުންވެލާފައި ހިތް ފުރޭވަރުވުމުން އޭނާ އެނގަޑުކޮޅު ފަތްޖަހާލިއެވެ. މާދަމާ ކެފޭއަށް ގޮށްސައި ޒަހްރާ އަށް މިގަނޑު ކޮޅު ހަވާލުކުރުމަށް ނިއްމައިގެން ހުރެމެ އޭނާ ވަނީ ކޮޓަރިއަށެވެ.
*ޕާރޓް-11*
ހެނދުނުގެ ސައިތައްޔާރު ކުރުމުގައި އަވަދިނެތި އުޅެމުން ދިޔަ ރާނިޔާ އުޅުނީ ސައިތަށިތަށް ގިރުމަށެވެ. ޔޫޝައު އާއި ރަޝްނާން އަށް ސައިގިރާފައި އެނބުރިލިތަނާހެން ދޮރުމަތީގައި ޔޫޝައު އިންތަން ފެނުނެވެ. އެނާ ދިޔައީ ސިއްސައިގެންނެވެ. ރާނިޔާ ސިއްސައިގެން ގޮސް ތެޅިގަތް ގޮތް ފެނުމުން ޔޫޝައު ގާތަށް ހިނިއައެވެ. ރީތި ހިނިތުންވުމަކާއި އެކީ ޔޫޝައު އައިސް ރާނިޔާ ކާރީ ހުއްޓިލިއެވެ. އޭރު އޭނާ ދިޔައީ އަތް ދޮންނަމުންނެވެ.
“ކިހިނެއްވީ ތިހުންނަނީ..؟ ދެން ވެސް އިށީންދޭ ސައިބޯން..” ރާނިޔާ ބުނެލިއެވެ.
“ސައިބޯނަމޭ އެކަމު ފުރަތަމަ..” ޔޫޝައު އިށާރާތް ކޮށްލީ އޭނާގެ ދޫކޮށްލެވިފައިވާ ޓައިއަށެވެ. ރާނިޔާ ޕިސް ޕިސް ކަޑާލާފައި ޓައި ރީތިކޮށްދޭން ފެށިއެވެ.
“ރާނީ..؟” ޔޫޝައު ގޮވާލިއެވެ.
“ލައްބާ..” ރާނިޔާ ޖަވާބުދިނެވެ.
“ވަރަށް ގިނަދުވަސް ވެއްޖެއްނު ދޯ އަހަރެމެން ދެމީހުން އެކަނި ތާކަށް ގޮސް ނުލާތާ..” ޔޫޝައު ރާނިޔާގެ މޫނަށް ނަޒަރު ހިންގާލާގެން ހުރެ ބުނެލިއެވެ.
“ތެދެއް..” ރާނިޔާ އެއްބަސް ވިއެވެ. އޭނާ ޓައި ރީތިކޮށްލާފައި ޔޫޝައު އާއި ދިމާއަށް ބަލާލިއެވެ. އޭރު ޔޫޝައުގެ ތޫނު ނަޒަރު ހުއްޓިފައިވަނީ ސީދާ ރާނިޔާ އަށެވެ. ރާނިޔާ ލަދުން އިސްޖަހާލިއެވެ. ޔޫޝައު ރާނިޔާގެ ދަތްދޮޅީގައި ހިފައި އޭނާ އާއި ހަތަރު ކަޅި ހަމަ ކުރުވިއެވެ.
“އަހަރެން ވިސްނާފިން މާދަމާ ނޫން އަނެއްދުވަހު އަހަރެމެން ދެމީހުން އެކަނި އެހެން ރަށަކަށް ގޮސްލަން..” ޔޫޝައު ބުނެލިއެވެ.
“ދެން ޔޫރާ މެންނޯ.. ރަޝް އޮފީހަށް ދާރު ކާކު ސައިހަދާނީ..؟” ހާސްވެފައިވާ ރާގަކާއި އެކު ރާނިޔާ އަހާލިއެވެ.
“އެއީ މިހާރު ބޮޑެތި ކުދިން.. މިހާރު ރަޝް އަށް 22 އަހަރު.. ޔޫރާ އަށް 19.. އެކުދިންނަށް އަމިއްލައަކަށް އުޅެވޭނެ..” ޔޫޝައު ރާނިޔާ އަށް ވިސްނައިދިނެވެ. އެއްމެފަހުން ރާނިޔާ އެއްބަސްވީ އެވެ. މިއަދު ހަވީރު ދެކުދިން ކާރީގައި މިވާހަކަތަށް ދައްކަން ނިއްމާފައި ދެމީހުން ވެސް އިށީނީ އެވެ.
ސައިބުއި ހަދައިގެން ރަޝްނާން ވަނީ އަނެއްކާ ވެސް ކޮޓަރިއަށެވެ. ޑްރެސިންޓޭބަލް މަތީގައި ބާއްވާލެވިފައި އޮތް ގަނޑުކޮޅު ނަގައި ޖީބަށް ލާފައި ރަޝްނާން ހިނިތުން ވެލިއެވެ. މިއަދަކީ ހާއްސަ ދުވަހަކެވެ. އޭނާގެ އިހްސާސްތަށް ޒަހްރާ އަށް ކިޔާދޭނެ ދުވަހެވެ. ޒަހްރާގެ ޖަވާބެއް ނޭނގެއެވެ. އެކަމު ހުޝާމް ވަނީ އޭނާ އަށް ވަރަށް ޔަޤީންކަން ދީފައެވެ. އޭނާ ހުޝާމް އަށް އިތުބާރު ކުރެއެވެ.
އޮފީސް ތެރެއަށް ވަދެގެން އައިރު ކޮންމެ މުއަށްޒަފަކަށް ވެސް ފާހަކަ ކުރެވުނީ މިއަދު ރަޝްނާންގެ މޫނުމަތީ ފެންނަން ހުރި އުފާވެރިކަމެވެ. އެއްމެން ވެސް ރަޝްނާން އަށް ބަލާލާފައި ކައިރީ އިންނަ މީހާ ކާރީ އެއްޗެކޭ ބުނަލައެވެ. އެކަމަކަށް ރަޝްނާން މާ ބޮޑު ފަރުވާލެއް ނުބަހައްޓައެވެ. ކައިފް އަށް ވެސް ރަޝްނާން ފެނި އޭނާ ކާރިއަށް އައެވެ.
“އޭޔް.. ހުރިހާ ދަތްތަކެއް ސޭލް އަޅުވާލާގެން އުޅޭ ދުވަކީ..؟” ކައިފް ޖެއްސުމުގެ ރާގަކަށް އަހާލިއެވެ.
“ހޫމް.. އުފާވެފަ ހުރީމަ..” ރަޝްނާން ބުނެލިއެވެ.
“މަ ހަމަ ހައިރާންވެ އަންތަރީޒް ވެއްޖެ.. އެހެން ނޫނީ ސީރިއަސް ފޭސް އެއް އަޅުވައިގެން އިންނަ މީހެއް މިއަދު ތިއިންނަނީ ހާމައަށް ހިނިތުންވެލައިގެން ވިއްޔާ.. ޔަޤީނޭ ކޮންމެ ވެސް ތާކަށް ވަދެފަ ތިޔައައީ..” ކައިފް ލާނެތް ހިނިގަނޑަކާއި އެކީ އެހެން ބުނެލިއެވެ.
“ސާބަސް ކަލެޔަށް.. މަސަށްކަތް ކުރެވޭތޯ ބަލާބެ..” ރަޝްނާން ކައިފް ފައްސާލުމުގެ ގޮތުން ބުނެލިއެވެ.
މެންދުރަށް އިރު ހޫނުކުރަމުން ދިޔައިރު ޔޫރާ އުޅުނީ ގޯތިތެރެ ކަހާށެވެ. ކުރިއަށް އޮތް 5 ދުވަހު ކޮލެޖް ބަންދުވުމުގެ ސަބަބުން ޔޫރާ އަށް ގިނަ ހުސްވަގުތު ލިބުނީއެވެ. ރާނިޔާ އަށް އެހީވުމުގެ ގޮތުން އޭނާ އުޅުނީ އަނބުގަސްދަށް ކެހުމުގައެވެ. ވައިކޮޅެއް ޖެހިނުލާތީވެ އޭނާ އިނީ ހޫނުވެފައެވެ. އިރު އިރު ކޮޅާ ނިއްކުރިން ދާތިކި ފޮހެލާނެއެވެ. ކުނިކަހާ ނިއްމާލާފައި ޔޫރާ ވަނީ ގޭތެރެއަށެވެ.
އޭރު ރާނިޔާ އުޅުނީ ބަދިގޭގައެވެ. ޔޫރާ ގޮސް ބަދިގެޔަށް ވަދެ ގޮނޑިއެއް ދަމާލައި އިށީންދެލިއެވެ. އަރްފާންގެ ހަބަރެއް ނުވާތާ މިހާރު ދެ ދުވަސް ވީއެވެ. އަރްފާން މެސެޖް ނުކިރަނީ ކީއްވެ ހެއްޔެވެ؟ ގުޅައި ނުލަނީ ކީއްވެ ހެއްޔެވެ؟ އަނެއްކާ އަރްފާން އޭނާ ދެކެ ރުޅި އައީ ހެއްޔެވެ؟ ނޫނެކެވެ. އެހެނެއް ނުވާނެ އެވެ. އަރްފާން ބިޒީވީމައި އަދި އޭނާ އަށް ގުޅައި ނުލެވެނީއެވެ. ނޫނީ އަރްފާންގެ ފޯނަށް ގޮތެއް ވީކަންނޭނގެއެވެ.
އަމިއްލަ ހިތަށް ވިސްނާދީފައި ޔޫރާ އަނެއްކާ ވެސް އޭނާ އާއި އަރްފާންގެ ޗެޓް އަށް ވަދެލިއެވެ. ދެ ދުވަސް ވީއިރު ވެސް މެސެޖް އިނީ ނުބަލައެވެ. އޮންލައިން އެއްވެސް ނުވެއެވެ. ފުން ނޭވާ އެއް ބޭރުކޮށްލާފައި ޔޫރާ ގޮސް ރާނިޔާ ކާރީ ހުއްޓިލިއެވެ.
“މަންމާ..؟ މަންމައާ ބައްޕަ ދިމާވީ ކިހިނެއް..؟” ޔޫރާ އައިސް ކައުންޓަރު މަތީ އިށީންދެ ހަމަޖެހުލަމުން އަހާލިއެވެ. އެސުވާލާއި އެކު ރާނިޔާގެ ސިކުނޑީގައި މާޒީގެ ކުލަތަށް ފެވެންފެށިއެވެ. އެހިތާމަ ވެރި ދުވަސްތަކެވެ. އޭރު ކިތައްމެހާވެސް ދެރަވެއެވެ. ނަމަވެސް މިހާރު ބަލާބަލާށެވެ. މިހާރު އޭނާ އެއުޅެނީ ޔޫޝައު އާއި ކައިވެނި ކޮށްގެންނެެވެ. ދެ ދަރިން ވެސް ލިބިއްޖެއެވެ. އެކުދިން ވެސް ބޮޑުވީއެވެ. އެދުވަހު ޔޫޝައު ކުރި ހުވަޔަކީ ހަމަ އަސްލު ހުވަޔެކެވެ. ޔޫޝައު އޭނާ އަށް ރަގަނޅަށް ބަލާނެ ކަމަށާއި ލޯބި ދޭނެކަމަށް ބުނެ ކުރި ހުވާ އޭނާ ފުއްދާފިއެވެ.
“މަންމާ..” ހިޔާލުތަކަށް ގެއްލިފައި އިން ރާނިޔާ އަށް ޔޫރާ ގޮވާލުމުން ރާނިޔާ ދިޔައީ ސިއްސައިގެންނެވެ.
“ސްކޫލުގަ އުޅުނީރު ބައްޕަ އަކީ މަންމަގެ ބެސްޓް ފްރެންޑް..” ރާނިޔާ ފެށިއެވެ. ޔޫރާ ޝައުގުވެރިކަމާއި އެކީ އަޑުއަހަމުން ދިޔައެވެ. ދޭތެރެއަކުން އޭނާ ހިނިގަނޑެއް ޖަހާލައެވެ. އަނެއްބައިފަހަރު ރާނިޔާގެ ބުރަކަށީގައި ފިރުމާލައެވެ. އެގޮތަށް ވާހަކައިގައި ތިބެމެ ކައްކާނިއްމާލާފައި ރާނިޔާ ނުކުތީ ގޯތިތެރެއަށެވެ. ޔޫރާ ވެސް އައިސް ރާނިޔާ ކާރީ ޖޯލީގައި އޮށޯތެވެ.
ބްރޭކް ގަޑި ލިބުމާއި އެކީ ރަޝްނާން ވަގުތުން މިސްރާބު ޖެހީ “ކޯޒީ ކޯރނާ” އަށެވެ. ޒަހްރާގެ ލޯބި މޫނު ކޮޅު ދެކިލަން އޭނާ އިނީ ކެއްމަދު ވެފައެވެ. ވަދެގެން އައިރު ވެސް ރަޝްނާންގެ ކަލީ ދިޔައީ އެކި ދިމާ ދިމާއަށް ދަތުރު ކުރަމުންނެވެ. އާދައިގެ މަތިން ގޮސް އިށީންނަ ތާގައި ރަޝްނާން އިށީނެވެ. މިފަހަރު އޯރޑާރ ނަގަން އައީ އެހެން ކުއްޖެކެވެ. ރަޝްނާންގެ މޫޑް ވަގުތުން ބަދަލު ވިއެވެ. މޫނުމަތި މޯޅިވިއެވެ. ޒަހްރާ ކޮބާ ހެއްޔެވެ؟ އޭނާ މިއަދު މަސަށްކަތަށް ނާންނަ ދުވަހެއް ހެއްޔެވެ؟ ނޭނގެއެވެ.
ފޯން ކުޅެން އިން ރަޝްނާން އިސްއުފުލާ ބަލާލީ އޭނާ އަށް ގޮވާލުމުންނެވެ. އޭރު ރީތި ހިނިތުންވުމަކާއި އެކީ އޭނާ އާއި ދިމާއަށް ބަލަން އިނީ ޒަހްރާ އެވެ. ރަޝްނާންގެ ހިތް އުފަލުން ނަށައިގަތެވެ. ބޭނުންވީ ޒަހްރާ ގައިގައި ބައްދާލާށެވެ. އެކަމު އަދި އެއީ އޭނާގެ މީހެއް ނޫނެވެ. އެހެން ނޫނަސް މިއީ ބޭރު ތެރެއެވެ. އޮޅިގެންވެސް ރަޝްނާން އެއް އެކަހަލަ ކަމެއް ނުކުރާނެއެވެ.
“ޒަހްރާ.. މިއޮތީ ޒަހްރާ އަށް އެއްޗެއް..” ޖީބުން ގަނޑު ކޮޅު ނަގާފައި ރަޝްނާން އޭތި ދިއްކޮށްލިއެވެ. މޫނުމައްޗަށް ސުވާލުމާކެއް ވެރިކޮށްގެން ހުރެެމެ ޒަހްރާ އޭގައި ހިފިއެވެ.
ކެފޭގައި ތެޅި ތެޅިފައި އައިސް ޒަހްރާ ގެޔަށް ވަނީރު އޭނާގެ މޫނުމަތީ ފެންނަން ހުރީ ވަރުބަލި ކަމެވެ. ގެޔަށް ވައިން ގޮތަށް ޒަހްރާ ވަނީ ކޮޓަރިއަށް ފެންވަރާށެވެ. ފެންވަރައި ހަދައިގެން އައިސް އެނދުގައި އިށީންދެފައި ޒަހްރާ ނެގީ ރަޝްނާން ދިން ގަނޑުކޮޅެވެ. ރީތިކޮށް ފަތްޖަހާލެވިފައިވީ އެގަނޑު ކޮޅަށް ބަލަން ހުރެފައި ޒަހްރާ އޭތި ހުޅުވާލިއެވެ. ލިޔުން ކޮޅު ދިގުކަމުން ޒަހްރާ ހައިރާންވިއެވެ. އޭނާ ޝައުޤުވެރިކަމާއި އެކީ އެލިޔުން ކޮޅު ކިޔަން ފެށި އެވެ.
“ލޯބިވާ ޒަހްރާ އަށް..!!
ލިޔުން ކޮޅަކުން މިވާހަކަތަށް ބުނަން ޖެހުނީމާ ވަރަށް ބޮޑަށް މަޢާފަށް އެދެމެވެ. އެކަމު ޔާރު ކުރިމައްޗަށް ގޮސް މިހުރިހާ ވާހަކައެއް ކިޔަން އަހަރެންގެ އެހާ ހިއްވަރެއް ނެތެވެ. އާއެކެވެ. މިލިޔުން ކޮޅުން އަހަރެން ބުނެދޭން ބޭނުންވަނީ، އަހަރެންގެ ހިތުގައި ޔާރު އަށްޓަކައި ޖަހަމުންދާ ވިންދެވެ. ޔާރު އައްޓަކައި އަހަރެންގެ ހިތުގައި އުފެދިފައިވާ އިހްސާސް ތަކެވެ. އަހަރެންނަކީ މާ ރީތިކޮށް ލިޔަން އެނގޭ މީހެއް ނޫނެވެ. އެހެންކަމުން އަހަރެންނަށް ވީވަރަކުން މި ލިޔުން ކޮޅު ރީތި ކޮށްދެވޭތޯ ބަލާނަމެވެ. ”
މިހިސާބަށް ކިޔާލެވުނީރު ޒަހްރާގެ ހިތުވިންދު ވަނީ އަވަސްވެފައެވެ. ތުންފަތް މަތީ ވަނީ ފުން ހިނިތުންވުމެކެވެ.
“ޒަހްރާ އެެވެ. ތެދުތެދަށް ބުނާނަމަ ޒަހްރާ ފުރަތަމަ ފެނުނު ދުވަހުންވެސް އަހަރެންގެ ހިތުގައި ތިޔަ މަލާ އަށްޓަކައި ޖާގަ ކޮޅެއް އުފެދުނެވެ. އާއެކެވެ. އެއީ ތިޔަ މަލާ އަހަރެންގެ ގަޔަށް ކިލާ ފެންއެއްޗެއް ޖެހި ދުވަހެވެ.”
މިތަން ކޮޅު ކިޔާލާފައި ޒަހްރާ އަށް ހެވުނެވެ.
“މިހާރު އެދުވަސް ހަދާންވުމުން ވަރަށް ހިނިއާދެއެއް ނޫންހެއްޔެވެ؟ އެއްމެ ރަގަނޅެވެ. ހީލާށެވެ. ތިޔަ މަލިކާގެ ހިނިތުންވުމަކީ އަހަރެންގެ ހިތުގެ ފިނިކަމެވެ. އެދުވަހު ފުރަތަމަ ފަހަރަށް ތިޔަ ކަމަނާ ދެކުނީމެވެ. ހީވަނީ ހަމަ ހޫރު ޕަރީއެއް ހެންނެވެ. އެހާ ވެސް ރީއްޗެވެ. މާޝާ ﷲ އެވެ. ތިޔަ ލޮބުވެތި ކުށި ކަޅިރަވައަށް ނަޒަރު ސީދާވި ވަގުތު ހީވީ ހަށިގަނޑުތެރޭ ކަރަންޓް ޝޮކެއް ދަތުރު ކޮށްލިހެންނެވެ. ތިޔަ ރީތި ރާޅުބާނި އިސްތަށިގަނޑު އޮތީ ހުޅި އަކަށް އައްސާލެވިފައެއް ނޫންހެއްޔެވެ؟ ޒަހްރާ ހަދާން ނެތަސް، އަހަރެންގެ ސިކުނޑީގައި، އިއްޔެވީކަމެއް ހެން ތާޒާ ކަންމާއި އެކު އެހަދާން އެބަހުއްޓެވެ. އެދުވަހު އެސިކުންތު ކޮޅުން ފެށިގެން އަހަރެންގެ ހިތް އެދިގޮވަންފެށީ ތިޔަ ހަނދު ކާރިއަށް ދާށެވެ. އާއެކެވެ. އަހަރެންނަށް ތިޔަ ހަނދަށް އިންތިޒާރު ކުރެވެން ފެށުނީއެވެ.
ދެވަނަ ދުވަހު ދިމާވުމުން ހިތަށް އެރިއެވެ. ޔާރު އާއި ދިމާވުމީ ހަމަ ނަސީބެެވެ. އެދުވަހު އަހަރެން ވަރަށް އުފާ ކުރީމެވެ. ދެން ދެމީހުން އިތުރަށް ބައްދަލު ކުރަމުން ކުރަމުން ދެން އަހަރެންނަށް އިތުރަށް ކެއްނުކުރެވުނީއެެވެ. ބުނަމުހެއްޔެވެ؟ ޔާރު އާއި އެކީ އުޅެން އަހަރެން ކިތަށްމެހާވެސް ބޭނުމެެވެ. އަހަރެންނަށް އެފުރުސަތު ދޭނަމު ހެއްޔެެވެެ؟
އެއްމެ ރަގަނޅެވެ. ވިސްނާލަން ވަގުތު ނަގާށެވެ. ޔާރު ދޭނެ ކޮންމެ ޖަވާބެއްވެސް ހިނިތުންވުމަކާއި އެކީ ބަލައިގަންނާނަމުއެވެ. ބުނަމު ހެއްޔެވެ؟ އަހަރެން ޔަގީންކަން ދެމެެވެ. އަހަރެން ކަލާޔަށް ރަގަނޅަށް ބަލާނަމެވެ. ދުވަހަކު ވެސް، ދުވަހަކު ވެސް އަހަރެންނާއި ހެދި ކަލާގެ ތިޔަ ޖާދޫވީ ދެލޮލުން އެއްމެ ކަރުނަ ތިއްކެއް ވެސް ވެއްޓުނަކަ ނުދޭނަމެވެ. މިއީ އަހަރެންވާ ވަޢުދަކީމުއެވެ. ބުނަމު ހެއްޔެވެ؟ ކަލާތީ މިހިތަށް ހަމަޖެހުން ގެނެސްދޭ މާލާއެވެ. މި ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްދޭ ހަނދެވެ. ތިޔަ ލޯބިވާ އަކީ އަހަރެންގެ މި އެކަނި ވެރި ހަޔާތް އަލިކޮށް އުޖާލާ ކޮށްދިން ރާނީއެވެ. ތިޔަ މަލާ އަހަރެންގެ ހިތުގައި ތިޔަ ރޯކޮށްލީ އެހެން އެއްވެސް އަންހެން ކުއްޖަކަށް ނިއްވަން ކުޅަދާނަ ނުވާވަރުގެ ހުޅު ކޮޅެކެވެ. އާއެކެވެ. އަހަރެންގެ މިހިތް ބޭޤަރާރު ވެއްޖެއެވެ. މިހެން ބުނެވުމުން އަދި މިހަދާންވީ އެވެ. ޔާރު އަށް ހާއްސަކޮށް އަހަރެން ލަވައެއް ކިޔާދޭނަމެވެ.
ހޫމްމް.. ހިތް އޮޔާލާފި ހިތުގަ އާލާވި އެއްމެ ތޫފާނަކުންން.. ލޯ މަރާލީމަ މޫނަކުން ރީތި ފެނުނު ޖަޒްބާތަކުންން.. ހައްލެއް ހޯދަދީބަލާށޭ.. މިތުރާ އާއެކޭ ބުނާށޭ، މުޅި ހިތް ބޭޤާރާރު ވެއްޖޭ.. ޔާރާ ބޭޤަރާރު ވާށޭ.. ދޭށޭ ފުރުސަތެއް އަހަންނަށް.. މިހިތަށް ހައްޤު ލޯބިދޭށޭ..
ލަވަ ރީތި ހެއްޔެވެ؟ އުއްމީދު ކުރަނީ ލޯބިވާ އަށް ލަވަ ކަމުދިޔަ ކަމަށެވެ. ޔާރާ އެވެ. ތިޔަ ޔާރު ދެކެ އަހަރެން ވަރަށް ލޯބި ވަމެވެ. ހަމަ ވަރަށް ވަރަށް ލޯބި ވަމެވެ. ޔާރު އަހަރެންގެ ފެންނަ ފަށުގައި ނެތިއްޔާ އަހަރެންގެ ހިތަށް އުނދަގޫވެއެވެ. ސިކުނޑި ސުމަކަށް ދެއެވެ. އަބަދު އެދެނީ ޔާރު ކާރީ ހުރުމަށެވެ. ޔާރު ތިއީ އަހަރެންގެ ހިތުގެ ހަމަޖެހުމެވެ. އަހަރެންގެ ހަޔާތުގެ އަލި ކޮޅެވެ. އަހަރެންގެ ހުވަފެންތަކުގެ ރާނީއެވެ. އެހާ ވެސް އަހަރެން ކަލާ ދެކެ ލޯބިވެއެވެ.
ލިޔުންކޮޅު މާ ދިގުވެސް ވެއްޖެ ކަންނޭނގެއެވެ. އެކަމުވެސް އަދިވެސް އެއްފަހަރު ބުނެލާނަމެވެ. ތިޔައީ މިހަޔާތުގެ ހަނދެވެ. އެއްމެ އަނދިރި ރޭތަކަށް ދިރުން ގެނެސްދޭ ހަނދެވެ. އެއްމެ އަލިގަދަ ތަރިއެވެ. ތިޔައީ އަހަރެންގެ ހިތުގެ ރަނިކަމަނާއެވެ. މިހިތަށް ހިތްހަމަ ޖެހުން ލިބުނީ ޔާރުގެ ސަބަބުންނެވެ. ޔާރު ތިއީ ހަމަ މޮޅު ޖާދޫ ގަރެކެވެ. އަަހަރެން މުޅިން މޮޔަ ކޮށްލާފިއެވެ.
ޖަވާބަކަށް އިންތިޒާރު ކުރެވެއެވެ. ޔާރު ދޭން ބޭނުންވާ ޖަވާބެއް ދޭށެވެ. ކުރިން ވެސް ބުނިފަދައިން ހިނިތުންވުމަކާއި އެކީ ޖަވާބު ބަލައިގަންނާނަމެވެ.
ވަަރަށް ލޯބިވޭ..!!
ރަޝްނާން”
ލިޔުން ކޮޅު ކިޔާ ނިމުނީރު ޒަހްރާ އަށް އިނދެވުނީ ހީލާގެންނެވެ. އޭނާ ވަރަށް އުފާވެއްޖެއެވެ. ރަޝްނާންގެ ލިޔުން ކޮޅު ހާދަ ފުރިހަމަ އެެވެ. ރަޝްނާން ވެސް އޭނާ ދެކެނީ ހަމަ އެފަދައިންކަން އެނގުމުން އަދި މާއުފާވެއްޖެއެވެ. އެނދުމަތީގައި އޮށޯވެލައިގެން އޮވެގެން ހީހީފައި ޒަހްރާ އުޅޭއިރު ހީވަނީ މޮޔައެއް ހެންނެވެ. ހަޤީޤަތުގައި އޭނާ އިނީ ވަރަށް ވަރަށް އުފަލުންނެވެ. އެކަމު ދެން އޭނާ އަކަށް ރަޝްނާން ކުރިމައްޗަކަށް ނޭރޭނެއެވެ. ހަތަރު ކަޅި ހަމައެއް ނުކުރެވޭނެއެވެ. އެއަށް ތުރެއް އޭނާ ލަދުގަނެއެވެ.
ދުއްވާ އެއްޗެހީގެ އަޑު ވަނީ މުޅި މާހައުލު ތެރޭ ހިފާލެވިފައެވެ. ރޭގަނޑު ގަނޑިކަމުގައިވީ ނަމަވެސް ބައިވަރެއް މީހުންނާއި ކުދިންތަށް މަގުމަތިން ފެނެއެވެ. ޔޫރާ ވެސް ލައިބްރެރީ އިން ނުކުމެގެން މިސްރާބު ޖެހީ އަރްފާން މެން ގެޔާއި ދިމާއަށެެވެ. އަރްފާންގެ ޙަބަރެއް ނުވާތާ މިހާރު މާގިނަދުވަސް ވިއެވެ. އަނެއްކާ އޭނާ ބަލިވީހެއްޔެވެ؟ ވީގޮތެއް ވެސް އެނގޭނީ ދިޔައީމައެއް ނޫންހެއްޔެވެ. 10 ވަރަކަށް މިނެޓް ހިގާފައި އައިސް ޔޫރާ ހުއްޓިލީ އަރްފާންމެންގޭ ކުރިމަތީގައެވެ. ދޮރު މަތިގައި ހުރި ފެންލައިޓްއިން އެތެރޭގައި ލައިޓް ދިއްލާފައި ހުރިކަން އެނގެއެވެ. ޔޫރާ ގޮސް ޓަކި ދިނެވެ. އަޑެއް ބަޑެއް ނީވެއެވެ. ދެތިން ފަހަރަކު ޖެހީމަވެސް ދޮރު ހުޅުވާކަށް ނައެވެ. އެހެންކަމުން ޔޫރާ ތަޅުގައި ހިފާލިއެވެ. ފަސޭހަ ކަމާއި އެކީ ދޮރު ހުޅުވުނެވެ. އެތެރެއިން ފެނިގެން ދިޔަ މަންޒަރުން ޔޫރާގެ ފައި ބިންގަނޑުން ދަމައިގަތް ކަހަލައެވެ. މީހާ ހުއްޓުން އެރިއެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.







Awwwnnn Rashnaan ge liyun kolhu hama best!!! 💝
MA mi part vess ehn part thakekey ehfadhain Ehaa vess furihama 🤗🖤
Yoora ah efenuny arufaan and maahin Baa 🤔
By the way me first
Soo curious….. Curiously waiting for next part….
Whn nxt????
Lysm and Tc my girll
Liyun kolhu v loabi dhw!! 😭
Thank you Alaika_22! 🥰
Lets see dhw vaane goii! 🧐
Yes you fisrt darling! 🤗
Next part inshaallah v avahah liyelevey thw balaanan!! 😄
Love you too Alaika_22!! 😘
You also take care my baby!!😊
Heyy..Gurlyyy 🖤
Alaika_22🌸🌸 I remember We taLked in here
Mi part ves varah reethi. Aww rashnaan and zahra so cute. Yoora ahefenunee arfaan and making baa? Curiously waiting for next part??
Thank you!! 🥰
They are so cte rightt!!😭
Dhen anna part ga igey nennu dhw! 🤭
Next part ves muxo ah vee varakun upload kolhlaanan! 💜💙
Mi part vx vrh reethi MA!
Awwn I ves dhen ekahala love note eh liyan ya dheynyy Rashnaan ah hehehe 😅 vrh furihama love note wauu 💗
Yooraa ah efenuny Arfaaan and Maahin I guess 🤔
Yooshau and raaniyaa such a cute Couple 😍
Curiously waiting for the next part when’s next???
Curious to know what will happen next
Lyyy and Tc gurll 💞
Thank you Shaba_73!! 🥰
Nooooo!!! I ah geneyyyy love letter liyannn!😭
Loabi dhw liyun kolhu! 💙
Hama vedhaane dhw!! 🤭
Next part v avahah IN!! 😄
Ehaa bodah curious nuveyy loabee!! 😉
Love more! 😘
You also take care!! 💙💜
Awwn muxo ah ves dheynamey love note eh liyan yamun 💗
Hahaha!!😭💙
Alheyy…Yooshau Raaniya Kiddo thah bodU vihyyyooo…Dhen Baby eh Nohoodhan tha?
Eaeee Shaxu samaasa Kohli Maasha Allah 💜🥀
Kiddo,Thi gothuga gos Keep it up!🥀Shaxu sis is here for U!
Yes they both are married and they are adults now! 😊
Heheh!! 😄
Thank you for the lovely comment Shaxu!! 🤗
I really appriciate your support!! 🥰💙
When nextt?? Gurllyy 💗