ހިތި މާޒީ 1
އާދުވަހަކަށް މަރުހަބާ ކިޔަމުން އިރުގެ ރަންދޯދިތައް ދުނިޔެއަށް މަރުހަބާ ކިޔަމުންދިޔަ ވަގުތެވެ. ޖެހެމުން ދިޔަ ފިނިފިނި ވައިރޯޅިން ކޮންމެ މީހެއްގެ ހިތަށް ހަމަޖެހުން ލިބޭނެކަން ގައިމެވެ. އެހެން ދުވަސް ތަކެކޭ އެއްފަދައިން އަހަރެން އިނީ ސްކޫލުގައެވެ. ސްކޫލުގަޑިތަައް ނިމިގެން ދިޔައީ ނުހަނު އަވަހަށެވެ. ބެލް ޖެހުމާއެކު ހުރިހާ ކުދިން ވެސް ދަބަސް ހިފައިގެން ގެއަށް ދިއުމަށް އަވަސްވެގަތެވެ. އެހެން ކުދިންނެކޭ އެއްފަދައިން އަހަރެން ވެސް ގެއަށް ދާން ބޭނުމެވެ. ގެއަށް އެޅި ފުރުތަމަ ފިޔަވަޅާ އެކުވެސް އިވިގެން ދިޔައީ ދޮންމަންމަގެ ނުރުހުމުގެ ބަސްތަކެވެ. އޭނާގެ މޫނުމަތިން ފެނިގެން ދިޔައީ ރުޅިވެރިކަމެވެ. ނަފުރަތެވެ.ރަހުމުގެ ލޮލަކުން އަހަންނާއި ދިމާލަށް ބަލައިލަން ބޭނުން ނުވާ މަންޒަރެވެ. ނަމަވެސް އަހަރެންގެ ކުށަކީ ކޮޮޮބާާހެއްޔެވެ. އަހަރެންގެ އުމުރުން 6 އަހަރުގައި ހިންގި ނުރައްކާތެރި އެކުސިޑެންޓެއްގައި މަންމަ ދުނިޔެ ދޫކުރުން ވެގެންދިޔައީ އަހަރެންގެ މުޅި ދިިރިއުޅުން އެފުން މިފުށަށް ޖެހުނު ސަބަބަކަށެވެ. ލޯބިވާ މަންމަ އެހާމެ ކުޑައިރު އުމުރަށް ވަކިވުމަކީ ދުލަކުންކުން ގަލަމަކުން ބަޔާންކުރަން ފަސޭހަ އިހުސާސްތަކެއް ނޫނެވެ. އޭގެ ފަހުން އަހަރެން ދިރިއުޅެމުން ދިޔައީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ނިމްޝާމެން ގޭގައެވެ. ނަމަވެސް ބައްޕަ އެހެން މީހަކާ އިނުމުން އެގެޔަށް ބަދަލުވުމަށް އަހަންނަށް މަޖުބޫރުވިއެވެ. ހިތާ ދެކޮޅަށެވެ. އެގެއަށް ބަދަލު ނުވުމަށް އެތައް އާދޭހެއްކުރީމެވެ. ނަމަވެސް ގޮތް ހުސްވެފައިވާ މީހެއް ފަދައިން އެގެއަށް ވަދުނީ ކުރިޔަށް އޮތް ތޫފާނުގެ ހިލަމެއް ނުވާހާލުގައެވެ. ނުނިމޭ
6 Comments!
Comments are closed.

I love the story starting. Sifa kohdhyfa huruma ekam nake it longer im so intrested to thiss whn next?
Vrh reethi when next?
Vrh reethi when next?
Girl make it morr longer ekam fashaafa un goi varah kamudhey still makr it longer next time so intrrsted to dhon mama bai😭 nvm waiting for next
Varah reethi can’t wait for the next episode
Wahhhhh next episode plzz 😹