އާދުވަހަކަށް މަރުހަބާ ކިޔަމުން އިރުގެ ރަންދޯދިތައް ދުނިޔެއަށް މަރުހަބާ ކިޔަމުންދިޔަ ވަގުތެވެ. ޖެހެމުން ދިޔަ ފިނިފިނި ވައިރޯޅިން ކޮންމެ މީހެއްގެ ހިތަށް ހަމަޖެހުން ލިބޭނެކަން ގައިމެވެ. އެހެން ދުވަސް ތަކެކޭ އެއްފަދައިން އަހަރެން އިނީ ސްކޫލުގައެވެ. ސްކޫލުގަޑިތަައް ނިމިގެން ދިޔައީ ނުހަނު އަވަހަށެވެ. ބެލް ޖެހުމާއެކު ހުރިހާ ކުދިން ވެސް ދަބަސް ހިފައިގެން ގެއަށް ދިއުމަށް އަވަސްވެގަތެވެ. އެހެން ކުދިންނެކޭ އެއްފަދައިން އަހަރެން ވެސް ގެއަށް ދާން ބޭނުމެވެ. […]