Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެކުގައިވާނަން-30

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
February 7, 2026 4 Mins Read
12 Comments

ފެންވަަރައި ތާޒާ ވެލައިގެން ކޮޓަރިން ނުކުމެގެން ބަދިގެޔާއި ހަމައަށް ގޮސް ހުއްޓައި ޔަސްރާ ހުއްޓުން އެރިއެވެ. ދެލޯ ބޮޑުކޮށްލާފައި އޭނާ އިނީ ހުއްޓުން އަރާފައެވެ. ކުރިމަތިން މިފެންނަމުންދާ މަންޒަރު ސިކުނޑި ތެރެއަށް ނުވަދެފައެވެ. އެހެން ގޮތަކަށް ބުނާނަމަ “ޕްރޮސެސް” ނުވެފައެވެ.

*ޕާރޓް-30*

*****

ހެނދުނުގެ ސަޔަށް މޭޒުމައްތައްޔާރު ކޮށްލާފައި ހަޔާ މޭޒު ކުރިމަތީ ހުރީ އޭނާގެ މަސަށްކަތް ބަލާލާށެވެ. ޕޭންކޭކް ތަށް ބަރިއަކަށް އަތުރާލެވިފައިވީރު ދެމީހުންނަށް ކާންތައްޓަކާއި ކޮފީތައްޓެއް ބަހައްޓާލެވިފައި ވެއެވެ. ޔަސްރާ އަށް މޭޒުމަތި ފެނިއްޖެއްޔާ އޭނާ ވަރަށް އުފާވާނެކަން ހަޔާ އަށް އެނގެއެވެ. އަމިއްލަ ހިތުން ތަޢުރީފް ކުރަނިކޮށް ގޭގައި މީހަކު ޓަކިޖަހާލި އަޑުއިވުނެވެ. އަތް ދޮވެލާގެން ހަޔާ ދިޔައީ ދޮރުކާރިއަށެވެ. ގޮއްސަވެސް އޭނާ މަޑުޖެހިލިއެވެ. ޓަކިޖަހާހާ މީހަކަށް ދޮރުހުޅުވާކަށް ނުވާނެއެވެ. އެހެން ހިތާ އޭނާ ދޮރުގައި އިން ކުޑަ ބާކޮޅުން ބޭރު ބަލާލިއެވެ. ބަލާލީރު ކައިލާން އެެވެ. ހަޔާ ދޮރުހުޅުވާލުމާއި އެކު ފުނުނީ ޝަޔާން އައިސް ހަޔާގެ އަނގަމަތީ ފޮތި ކޮޅެއް ޖައްސާލިތަނެވެ.

ހަޔާ އަށް ލިބުނު ކުއްލި ޝޮކެއްގެ ސަބަބުން އޭނާ އަކަށް ނަފްސެއް ދިފާޢުއެއް ނުކުރެވުނެވެ. އެފަކީރު ޝަޔާންގެ އަތްމައްޗަށް ދެމުނެވެ. ކައިލާން އަށް ހަޅޭ ލަވައިގަނެވުނެވެ. ކައިލާންގެ މޫނުމަތީ މުއްކަވާފައި ޖަހާފައި ޝަޔާން އެފޮތިކޮޅު ކައިލާންގެ ވެސް އަނގަމތީ ޖައްސާލިއެވެ. ހަޔާ އެކޭ އެއްފަދައިން ކައިލާން ވެސް ބިއްމަޗަށް ދެމުނެވެ. ވިހަ ހިނިތުން ވުމަކާއި އެކީ ޝަޔާން އެކުދިން ދަމަމުން ގޮސްލީ އޭނާގެ ވޭނަށެެވެ. ބަންދު ދުވަހެއް ކަމަކު މިއަދު އެމަގަކުންނެއް މީހަކު ފެންނާކަށް ނެތެވެ. އެހެންކަމުން ޝަޔާން އަށް އޭނާގެ މަސަށްކަތް ކުރަން ފަހޭހަވިއެެވެ.

އެދެކުދިން ވޭނަށް ލާފައި ޝަޔާން އައިސް އިށީންދެލީ ޔަސްރާމެންގޭ ކާމޭޒު ދޮށުގައެވެ. ހަޔާ ތަައްޔާރު ކޮށްފައިވާ ޕޭންކޭކް އިން އެތިކޮޅެއް ނަގައި ޝަޔާން އަނގައަށް ލިއެވެ. އޭނާ އިނީ ޔަސްރާ ނުކުންނާނެ އިރެއްގެ އިންތިޒާރުގައެވެ.

*****

ޔަސްރާ އަށް ހަމަބިމަަށް އާދެވުމުން ހިތް ތެޅިގަތެވެ. ނޭވާ ކުރުވާ ގޮތްވިއެވެ. ހަޔާ ކޮބާހެވެ؟ އަނެއްކާ ޝަޔާން ހަޔާ އަށް އެހެދީ ކިހިނެއް ހެއްޔެވެ؟ ޔަސްރާގެ ދެލޮލުން ކަރުނަ އައުމުގެ ބަދަލުގައި އޭނާ މިފަހަރު ދިޔަގޮތަށް ގޮސް ޝަޔާން ކުރިމަތީ ހުއްޓިލިއެވެ. ޝަޔާން އިނީ ބަލާށެވެ. އޭރު އޭނާ އިނީ އެއްމިޔަ ކަނަށް ހީލާގެންނެވެ. ޔަސްރާގެ ގައިންނެއް ޝަޔާންގެ ނަޒަރު ވައްކެއް ނުވެއެވެ.

އަތަށް ބާރު ލާފައި ޔަސްރާ ޝަޔާންގެ ކަންކަށިމަތީ އެތިފަހަރެއް ވީއްލާލިއެވެ. ޝަޔާން އެއް ހައިރާނެއް ނުވެއެވެ. އޭނާ ޖަހާލީ ހިނިގަނޑެކެވެ. ޔަސްރާ އިނީ ކުޑަކޮށް ބިރުންނެވެ. ޝަޔާން އޭނާ އަށް އަނިޔާ އެއް ކޮށްލާނެހެއްޔެެވެ؟ ނޭނގެއެވެ؟ މިހަކަލަ ނުލަފާ ޖަނަވާރުންގެ ހިތެއް ނޭނގޭނެއެވެ.

“ކަލޭގެ މައްސަލަ އަކީ ކޮބާތަ..؟ ކޮންމެ ފަހަރަކު މަ ކާރިއަށް ތިއަންނަނީ ކީއްކުރަންތަ.؟ މަ ކަލެޔަށް ކޮންކަމެއް ނޮކޮށްދީގެންތަ..؟ އަދި މަށާ ގެޅިފަ އެވަރުން ނުފުދިގެން އަދި އެބަ މަގޭ އެކުވެރިންނާވެސް އެބަ ބެހެއޭ..!! ބުނޭ.. ހަޔާ ކޮބާ..؟ ބުނާށޭ..!!” ހަމަހިމޭންކޮށް އޮތް އެގޭތެރޭގައި ޔަސްރާގެ އަޑު ގުގުމާލިއެވެ. ޝަޔާން ބަލަން ހުރެފައި ތެދުވިއެވެ. އޭނާ ތެދުވިއިރު ޔަސްރާ އާއި އޭނާ އާއި ދެމެދު އިންނާނީ އިންޗިއެއްހާ ދުރުމިނެވެ. ޔަސްރާ އެއް މިފަހަރަކު ދުރެއް ނުވެއެވެ.

“ބޭބީ ރުޅި އައީމަ ހާދަ ލޯތްބޭ ދޯ..” ޝަޔާން އެހެން ބުނެ ޔަސްރާގެ ކޮލުގައި ފިރުމާލިއެވެ. ޔަސްރާ އޭނާގެ އަތް ފޮޅުވާޅިއެވެ.

“މަގޭ ގަޔަށް އަތްނުލާ ކުރި ސުވާލަށް ޖަވާބު ދެވޭތޯ ބަލާބަލަ..” ޔަސްރާ ރުޅި އައިސްހުރެ އެހެން ބުނެލުމުން ޝަޔާން ޔަސްރާގެ އުނަގަނޑުގައި ހިފައި އޭނާގެ ގާތަށް އިތުރަށް ގެނައެވެ. ޔަސްރާ އޮތީ އެބޮޑު ފިރިހެނާ ގައިގައި ތައްވެފައެވެ. ދުރުވާން ކިތައްމެ މަސަށްކަތެއް ކުރަމުން ދިޔައަސް ހުރިހާ މަސަށްކަތެއް ދިޔައި ބޭކާރު ވަމުންނެވެ. ޝަޔާން އިނީ އެއަށް ތުރެއް ބާރަށް ހިފާއްޓާގެންނެވެ.

“ބޭބީގެ ލޯބިވާ ދެއެކުވެރިން ވެސް އެބަތިބި އަހަރެންގެ ވޭންގަ.. ދެން ޔަސް ވެސް ބައްސަހައިގެން ހިގާ އަވަހަށް.. ހަދާން ނެތިފަ ހުރިއްޔާ ހަދާން ކޮށްލަދެން، ބައްސަހައިގެން ބުނާ ކަންތަށް ކުރީމަ ލިބޭ އަނިޔާ ވެސް ކުޑަވާނެ..” ޔަސްރާގެ ކަންފަތް ބުޑުގައި މަޑުމަޑުން އެހެން ބުނެލާފައި ޝަޔާން ޔަސްރާގެ ތުންފަތަށް ބޮސްދިނެވެ. ޔަސްރާ ގަދަދައްކައި އޭނާގެ ގައިގައި ޖަހަނިކޮށެވެ.

މާނެއިވާ ލާހާލުގައި ޝަޔާން ޔަސްރާ އާއި ދުރުވެލިއެވެ. އޭރު ޔަސްރާ އަށް ހަމަ ރަގަނޅަށް ވެސް ރޮވިއްޖެއެވެ. ޝަޔާން ޔަސްރާގެ ކަރުނަތަށް ފޮހެލާފައި ޔަސްރާ ގޮވައިގެން ނުކުތެވެ. ގޯތި ދޮރާއި ހަމައަށް ގޮށްސައި ޔަސްރާ ނުދާންވެގެން ގަދަދައްކަން ފެށިއެވެ. ކުޑަކުއްޖެއް ހެން ނޫނެކޭ ކިޔައި ރޮމުން ދަނިކޮށް ޝަޔާން އޭނާގެ ޖީބުން ފޮތި ކޮޅެއް ނަގައި ޔަސްރާގެ އަނމަތީ އެއްސިއެވެ. އަދި އޭނާ އުފުލާލާގެން ގެންގޮސް ޝަޔާންގެ ވޭނަށް ލިއެވެ. ޔަސްރާ ފަކީރު ކުރާނީ ވެސް ކޮންކަމެއް ހެއްޔެވެ؟ ރުއިލަ ރުއިލަ ހުންނަން ޖެހޭނީއެވެ. އޭނާ ސަލާމަތްކޮށްދޭން އަންނާނީ ވެސް ކާކު ހެއްޔެވެ؟ އޭނާ އަށް މިކަަހަލަ ސަޒާއެއް ދެއްވަނީ އޭނާ ކުރި ކޮން ކުށެއްގެ ސަބަބުން ހެއްޔެވެ؟ ވޭނަށް އަރައިފައި ޔަސްރާ ފަހަތު ސީޓަށް ބަލާލިއެވެ. އޭރު އަތާއި ފައި ބަނދެފައި އަނގަމަތީ ފޮތިކޮޅެއް އައްސާފަައި ހޭނެތިފައި އެއޮށްތީ ހަޔާ އާއި ކައިލާން އެވެ. އެދެކުދިން އޮތް ހާލުފެނި ޔަސްރާގެ ހިތް ހީވީ އިރާގެން ދިޔަހެންނެވެ. އޭނާ މިހާރު މިދުނިޔޭގައި ނެތްނަމަ މިދެކުދިންނަކަށް މި ވޭނެއް ތަކުލީފެއް އުފުލާކަށް ނުޖެހޭނެތާއެވެ؟

މަގުމަތިން ހިގާފައި ދިޔައިރު އަޒްހާންގެ މޫނުމަތިން ފެންނަން ހުރީ އުދާސްކަމާއި ހާސްކަމެވެ. ހަޔާ އެއް ޔަސްރާ އެއް ފޯނެއް ނުނަގައެވެ. އަނެއްކާ އެދެކުދިންނަށް ކަމެއް ވީބާއެވެ؟ ނޭނގެއެވެ. އަވަސް ފިޔަވަޅު ތަކެއްގައި އަޒްހާން ގޮސް ޔަސްރާމެންގޭގެ ގޯތިތެރެއަށް ވަނެވެ. އޭރު ބޮޑު ދޮރު ހުރީ ހުރުވާފައެވެ. އެތެރޭގައި މީހަކު ފެންނާކަށް ނެތެވެ. ފަންކާ ވެސް ހުރީ ޖައްސާފައެވެ. ކާމޭޒުމައްޗަަށް ހުރީ ސައިވެސް އަރުވާފައެވެ. ގޭތެރެއިން އަޑެއް ބަޑެއް ނީވެއެވެ. ހަޔާ އާއި ޔަސްރާގެ ފައިވަން އެބައިނެވެ. އެދެކުދިން އުޅެން ޖެހޭނެއެވެ. މިގޮތަށް ގެބާއްވާފައި އެދެކުދިންނެއް ތާކަށް ނުދާނެއެވެ. އެއީ ޔަޤީން ކަމެކެވެ. ލަސްފިޔަވަޅު ތަކެއްގައި އަޒްހާން ގޭތެރެ ހޯދަން ފެށިއެވެ. ހުރިހާ ކޮޓަރިއެއް ބެލިއްޖެއެވެ. ފާހަނާތަށް ބެލިއްޖެއެވެ. ހުރިހާ އަލަމާރިއެއް ކަބަޑެއް ބެލިއްޖެއެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އަޒަހާން ދެން ދިޔައީ ކައިލާން ގެޔަށެވެ. ކައިލާން އާއި ސުވާލު ކުރާށެވެ. ކަމަކު ދާކަށް ނެތެވެ. ކައިލާން އެއް ގެޔަކު ނޫޅެއެވެ. އޭނާ އަށް ވެސް އެނގިފައިވާ ގޮތުން ކައިލާން އަކީ އެކަނި އޫޅޭ ކުއްޖެކެވެ.

ހުރިހާ ތަނެއް ކަހަލަ ގޮތަކަށް ހޯދިއްޖެއެވެ. ލައިބްރެރީއާއި ހަމައަށް ގޮށްސައި އަޒްހާން ކައިލާން އަށް ގުޅާލިއެވެ. ރިންގް ވަމުން ދިޔަ ފޯނުގެ އަޑުއައީ އޭނާގެ ފައި ދަށުންނެވެ. ތިރި ބަލާލީރު އެއޮށްގެން ރިންގް ވަނީއެވެ. ނަންބަރަކަށް އަރައިފައި ވެސް އޮތީ އޭނާގެ ނަންބަރެވެ. ޔަޤީން ކޮށްލުމަށް ޓަކައި އަޒްހާން އަނެއްކާ ވެސް ގުޅާލިއެވެ. ދެވަނަ ފަހަރަށް ވެސް ރިންގް ވާން ފެށީ ހަމަ އެފޯނެވެ. ގައިމުވެސް ކައިލާން އެއް އޭނާގެ ފޯނެއް އެއްލައެއް ނުލާނެއް ނޫންހެއްޔެެވެ؟ އެމީހެއްގެ ފޯން އެއްލާލާނީ ކާކު ހެއްޔެވެ؟

އެ ފޯން ހިފައިގެން އަޒްހާން ވަނީ ލައިބްރެރީއަށެވެ. ކައުންޓާރ ކައިރީ އިން ކުއްޖާ ކައިރިއަށް ގޮށްސައި އޭނާ އަހާލިއެވެ.

“ކައިލާން އެނގެއެއްނު ދޯ..” އެކުއްޖާ ބޯޖަހާލިއެވެ.

“ކައިލާން އެއްމެފަހުން މިތަނަށް އައީ ކޮންއިރަކު..؟” އަޒްހާންގެ ރާގު އަވަހެެވެ. އޭނާ ހާސްވަނީއެވެ. އަނެއްކާ އެތިން ކުދިން ކޮބާބާއެވެ.

“އިރުކޮޅެއް ކުރިން ނުކުމެގެން ދިޔައީ..” އެކުއްޖާ ބުނެލިއެވެ.

އަޒްހާން ޝުކުރު އަދާކޮށްފައި އެތަނުން ނުކުތެެވެ. އަނެއްކާ ވެސް އޭނާ ގޮސް ވަނީ ޔަސްރާ މެން ގެޔަށެވެ. މިފަހަރު އޭނާ ރަގަނޅަށް ބޭރުތެރެ ބެލިއެެވެ. ވެލިގަނޑުގައި އެއްޗެއް ދަމާފައި ހުރި ކަމުގެ ނިށާން ފެންނަން ހުއްޓެވެ. އަޒްހާންގެ ސިކުނޑި ބުނަން ފެށިއެވެ. ޔަސްރާ އަށް ދިމާކޮށް ހަދާ މީހާ އެތިން ކުދިން ވެސް ގެންދިޔައީއެވެ. އަޒްހާން ބިރުގަތެެވެ. އަނެއްކާ އެމީހާ އެކުދިންނަށް ހަދާނީ ކިހިނެއް ހެއްޔެވެ؟

ސިކުނޑި ތެރޭގައި ހައިޖާނުގަނޑެއް އުފެދެން ފެށިއެވެ. އަޒްހާން އަށް ހީވީ އޭނާގެ ބޮލަށް އެނބުރުން އަރަން ފެށިހެންނެވެ. އަނބުގަސް ދަށުގައި އިށީންދެލާފައި ދެއަތުން ބޮލުގައި ހިފާއްޓާލީ މީހާ ހަމައަކަށް އެޅިލަން ދެކަށެވެ. ދެލޯ މަރާލާގެން ފުން ކޮށް ނޭވާ ލަމުން ދިޔައިރު އަޒްހާން އިނީ އަދި ވެސް ބިރުންނެވެ. މީހާ ހަމައަކަށް އެޅިލާފައި ދެއަތުން މޫނު ފޮރުވާލާގެން އިންދައި ގޯތި ދޮރު ހުޅުވުނު އަޑަށް އަޒްހާން ބަލާލިއެވެ.

*ނުނިމޭ*

ނޯޓް: ވާހަކަ ގެނެސް ދިނުން ލަސް ވުމުގެ ސަބަބުން ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މަޢާފަށް އެދެމެވެ. މި އަންގާރަ ދުވަހު އަޅުގަނޑު މިއައީ މާލެ ގޮސް އައެވެ. މެޑިކަލް ކަމަކު މާލެ ގޮސް އުޅެން ޖެހުމުގެ ސަބަބުން އަޅުގަނޑަށް ވާހަކަ ލިޔާނެ ވަގުތު ކޮޅެއް ނުލިބުނެވެ. މިހާރު އަޅުގަނޑު ރަށަށް އާދެވުމުން ވާހަކަ ލިޔެލާފައި އަޕްލޯޑް ކޮށްލީއެވެ. ހަމަ ކުރިން ވެސް ވާގޮތަށް ކޮންމެ ހަފްތާއަކު ވެސް ތިން ވާހަކައިގެ ތެރެއިން ކޮންމެ ވާހަކައެއްގެ އެއް ޕާރޓް ކިޔާލަން ލިބޭނެއެވެ.

ޝުކުރިއްޔާ!!

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

އަބަދުވޭ ހިތުގާ މަގޭ 2 (25)

Next

ފުރަތަމަ ފެނިލުމުން 2

Next
February 8, 2026

ފުރަތަމަ ފެނިލުމުން 2

Previews
February 7, 2026

އަބަދުވޭ ހިތުގާ މަގޭ 2 (25)

12 Comments!

  1. Shaba_73 says:
    February 7, 2026 at 8:16 pm

    Awwn vrh Suprise vehje mi part fenunyma!!
    Mi part ves ehen part thakekey ehgothah vrh reethi! ❤️
    Shayernu Kon kameh nuvegen tha eulheny huhh 😡..
    Yas haya and kailaan ah ves dhera gotheh nuhadhahchey
    Azhern yas men hoadhan Dheyba…..
    Phone in location baleyne ehnu.. Shayernu how dare u
    Anehkaa Kaaku baa dhoru hulhuvaaly E??
    So curious.Curiously waiting for the next part when’s next??
    Lyyy and Tc gurll 💗

    1. _MuXo_ _MuXo_ says:
      February 7, 2026 at 11:44 pm

      Thank you for this lovely comment dear!!
      Shayaan ah jahssaafa oii massailkaii he ekuranee!
      Lets see dhw yas, haya and kailan ah vaane goii!!
      Azhern dhaane ey ekudhin hoadhan!!
      Next part ga egeynu kaaku thw dhoru hulhuvaalee!!
      Next part dhen next week ge konme ves dhuvahakun!!
      Love you too my baby girl!!
      You also take care darling!!

    2. Lai💜 says:
      February 8, 2026 at 2:17 pm

      Shayerrnu I hate him Sisssy

  2. 🖤🥀_Cer says:
    February 8, 2026 at 4:17 am

    Maasha Allah 💜🥀
    Very very good take…
    Sorry for Haya &Kailern 😐 May Axhern come and save all of U ❤️
    Haha.. When’s next? I’m thanking you a lot and lot the way you told I do my exams…🖤🥀
    Lysmm
    Tc of yourself 🫶❤️
    🖤🖤🖤

  3. Gurl 🩷 says:
    February 8, 2026 at 12:57 pm

    Ok vrh bodah thanks
    When next……

    1. 🖤🥀_Cer says:
      February 8, 2026 at 2:16 pm

      Hey ,you copy my Word 😅

    2. _MuXo_ _MuXo_ says:
      February 8, 2026 at 5:17 pm

      Next part ves v avahah Inshaallah! 💙

  4. _MuXo_ says:
    February 8, 2026 at 5:16 pm

    Thank you dear!! 😊
    Azhaan dhaane dhw ekudhin hoadhan!! 🧐
    Next part Inshaallah v avahah!! 💜
    Anytime baby girl!! 🤭😉
    Love too!! 😘
    You also take care!! 🥰

    1. Cer says:
      February 8, 2026 at 9:00 pm

      You teen Sis ❤️🥀 Take care jk , 💗😁

  5. Seoen says:
    February 8, 2026 at 10:09 pm

    Hi muxo
    Ma. This ep was also really nice
    I have been reading your stories for a while now
    And every story just don’t fail to curious me
    I have read ‘mulhi hith beygaraar vehjey’ and I am impatiently waiting for the next
    BTW where is 6th ep of ‘mulhi hith beygarar vehjey’
    Tc
    Love your stories <3

    1. _MuXo_ _MuXo_ says:
      February 9, 2026 at 4:20 pm

      Helloww Seoen!! 🤗
      Glad you loved this part! 😄
      Awwn!! 🥰
      Hope you like that story too!! 👍
      E vhk ge part 6 ves innaane! 💜
      You also take care dear! 💚💙
      Btw very much sorry for the late replyyy!!! 😭

  6. Gurl 🩷 says:
    February 17, 2026 at 1:28 pm

    When next keehvve tha ehaa lahy vrh Inthizaaru kuran eba

Comments are closed.

Next Episodeއެކުގައިވާނަން-32←


All Right Reserved!