Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެކުގައިވާނަން-29

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
January 31, 2026 3 Mins Read
4 Comments

ހަވިރު ވުމުން ޔަސްރާ ދޫކޮށްލިއެވެ. ޔަސްރާ ގެޔަށް ލާންދިޔައީ އަޒްހާން އެވެ. އޭރު ކައިލާން އާއި ހަޔާ ވެގެން ހަޔާގެ އެއްޗެހި އެގެޔަށް ވައްދަނީއެވެ. ޔަސްރާ އާއި އަޒްހާން ކާރުން ފޭބުމުން ހަޔާ އައިސް ގޯތި ދޮރު ހުޅުވާދިނެވެ. ދެމީހުން ވެސް އެކުގައި ވަނީރު ކައިލާން އެކަނި ހުރެގެން ފޮށިތަށް ވައްދަނީއެވެ.

*ޕާރޓް-29*

“ވަދޭ ވަދޭ.. ހުންނާނެ ހަވީރަށް ސައިވެސް ތައްޔާރު ކޮށްފަ..” ހަޔާ ހިނިތުންވެ ހުރެ ބުނެލިއެވެ.

“ހާދަ ގިނަ އެއްޗިއްސެ..” އަދި ވެސް ނުވައްދަ ހުރި ފޮށިތަކަށް ބަލައިލަމުން އަޒްހާން ބުނެލިއެވެ.

“ކޫދޮން ދޯ އަމިއްލައަކަށް ބުނީ ތިދެމީހުން މެރީ ކުރަން ދެކަށް އަހަރެން މިގޭގަ ހުންނާނީއޭ..” ހަޔާ ޝަކުވާ ކޮށްލިއެވެ.

“ގައިމު އެއީ މުޅި އުމުރަކަށް ނޫން ދޯ..” އަޒްހާން އޭގެން ފޮށްޓެއް ހިފައިގެން ގޭތެރެއަށް ވަންނަން ހިގައިގަތެވެ.

ތިން މީހުން ވެގެން ފޮށިތެއްވެއްދުމައްފަހު އެއްމެން ވެސް ކާމޭޒު ދޮށުގައި ވަށާލިއެވެ. ހަޔާ އާއި ޔަސްރާ ވެގެން ތަށިތައްޓަށް ހެދިކާ ނަގަމުން ސައިއަޅުމުގައި އުޅުނެވެ. ހަތަރުމީހުން ސަކަރާތް ޖަހަމުން ދިޔައިރު އަޒްހާން ވެސް ހީވަނީ އެކުދިންނާއި އެއްވަރު ކުއްޖެއް ހެންނެވެ. އަޒްހާން އެކުދިންނަށް ތުރެއް 5 އަހަރު ބޮޑުވިއަސް އަޒްހާން ވަކި މާ ބޮޑުމީހަކަށް ވެގެނެއްް ނޫޅެއެވެ.

“ކޫދޮން ދެން ގެޔަށް ގޮސްއަ މަންމަމެން ކާރީ ދައްކާބަލަ ތިވާހަކަ..” ހަޔާ ބުނެލިއެވެ. އަޒްހާން ފަސްޖެހުނެވެ. އޭނާ އަކީ އެއްވެސް ވާހަކައެއް މައިންބަފައިންނަށް ހިއްސާނޮކޮށް އުޅެ ބޮޑުވި ކުއްޖެކެވެ.

“ދެން އެހެން ނޫނީ ދޮންބެ ކާރީ ބުނެބަ..” ހަޔާ އޭނާގެ ހިޔާލު ފާޅު ކުރިއެވެ.

“ހޫމް ބަލާނަން..” އަޒްހާން އެއްބަސްވިއެވެ.

“މިގަނޑީ ގުޅާލަބަލަ..” ޔަސްރާ ވެސް އެވާހަކައިގައި ބައިވެރިވިއެވެ.

“ހޫން..” އަޒްހާން ފޯނު ނަގައި ޖިޔާން އަށް ގުޅާލިއެވެ. ނަމަވެސް ޖިޔާން އެއް ފޯނެއް ނުނަގައެވެ. ދެން އޭނާ ގުޅާލީ ރިފާ އަށެވެ. ދެތިން ރިނގް އަކާއި އެކީ ރަފާ ފޯން ނަގާފިއެވެ.

“ހަލޯ..” ރިފާގެ އަޑުޖެހުމުން އަޒްހާން އެއްމެންގެ މޫނަށް ބަލާލިއެވެ. ހަޔާ ބޯޖަހާލިއެވެ.

“ކޮބާ ދޮންބެ..؟” އަޒްހާން އިނީ ޖެހިލުންވެފައެވެ.

“ދޮންބެ ނޭނގެ.. ދޮންބެއްތަ މީނީ މަންމަމެންގޭގަ..” ރިފާ ޖަވާބުދިނެވެ.

“އޮހް އޯކޭ..” އަޒްހާން އެހެން ބުނުމުން ިފާ ސަލަމޭ ބުނެ ފޯން ކަނޑާލިއެވެ.

“ކަޑައެއްނު..” ހަޔާ އޭނާގެ ކޮފީތަށި ތުމުގައި ޖަހާލަމުން ބުނެލިއެވެ.

“ދެން ޔަސް ވެޑިން ކުލައަކަށް ހަދާނީ ކޮންކުލައެއް..؟” ކައިލާން އަހާލިއެވެ.

“ނޭނގެ..” ޔަސްރާ ބުނެލިއެވެ.

ހަތަރުމީހުން ވެސް ވާހަކަ ދައްކާ ސަކަރާތް ޖަހަމުން ދިޔައިރު ރޭކާ ނުލާކަމަކީ އެކުދިންބަލަން މީހަކު ހުރިކަމެވެ. ސްރީންގެ އަނެއްފަރާތުގައި ހުއްޓަސް އެމީހުން ކިޔާ އެއްޗެހި ވަރަށް ސާފް ކޮށް އިވެއެވެ. ބައެއް އެއްޗެހި ނޭނގުނަސް ދައްކަމުން ދާ ވާހަކަ އެނގެއެވެ. އަޒްހާން އާއި ކައިލާން ގެޔަށް ދިޔުމުން ޝަޔާން ވެސް އެނާގެ ފޯން ބޭއްވިއެވެ.

ހަޔާ އާއި ޔަސްރާ ނިދުމައް ތައްޔާރު ވަމުން ދިޔައިރު ދެމީހުން ވެސް ތިބީ މަޖާ ވެފައެވެ. ހީވަނީ ކުޑަކުޑަ ދެކުދިންހެންނެވެ. މަޖަލާއި ސަކަރާތުގައި ތިބެފައި ހުރިހާ ދޮރުތަކެއް ތަޅުލައި ކާޓެއިންސް ތަކެއް ބަންދުކުރުމަށް ފަހު ދެމިހުން ވެސް ވަނީ ކޮޓަރިއަށެވެ.

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. މަގުތައް މަތި ވަނީ އެއްކޮށް ހަމަހިމޭން ވެފައެވެ. ގަހެއްގެ ފަތެއް ވެސް ހެލިނުލައެވެ. އެހާ ވެސް މާހައުލު ވަނީ ހިމޭން ވެފައެވެ. ޝަޔާން މިރޭވެސް މިސްރާބުޖެހީ އޭނާ ދާމަންޒިލާއި ދިމާއަށެވެ. ވެލިގަނޑު މަތީ ފިޔަވަޅު އަޅާ އަޑުނޫން އެހެން އަޑެއް ނީވެއެވެ. ޝަޔާން ހުއްޓިލީ ޔަސްރާ މެންގޭ ކުރިމައްޗަށެވެ. މަގުގެ ދެފަރާތް ހޯދާލާފައި އޭނާ ގޯތިތެރެއަށް ވަނެވެ. ލަސްފިޔަވަޅު ތަކެއްގައި ގޮސް ޝަޔާން ހިފާލީ ގޭގެ ބޮޑު ދޮރުގައެވެ. ހުރީ ތަޅުލާފައެވެ. އޭނާ ގޭގެ ވަށައި ހިގާލާފައި ބަލާލި ކުޑަދޮރެއް ހުޅުވާފަ ހުރިތޯއެެވެ. ނޫނެކެވެ. ހުރިތަނެއް ވެސް ވަނީ ބަންދުވެފައެވެ. ޝަޔާން “ޕިސް” ކަޑާލާފައި އެގޯތިތެރެއިން ނުކުތެވެ.

އޭގެ އަނެއް ދުވަހު ހެނދުނު ޔަސްރާ އަށް ހޭލެވުނީރު ހަޔާ އެއް ފެންނާކަށް ނެތެވެ. އެނދުން ތެދުވެ ވާޅަށް ދެމިލާފައި ޔަސްރާ ނުކުތީ ސިޓިން ރޫމް އަށެވެ. އޭރު ބަދިގޭގައި ހަޔާ އުޅުނީ ހެނދުނުގެ ސައިތައްޔާރު ކުރުމުގައެވެ. ޔަސްރާ އައިސް މޭޒުކައިރީ ހުއްޓިލާފައި ބަލާލިއެވެ.

“އައްދޭ.. ޕޭން ކޭކްސް އަޅަނީތަ..؟” ޔަސްރާ ހިނިތުންވެލާފައި އަހާލިއެވެ. ގޭތެރެ އެއްވަސް ކުރެފައި ވަނީ ހަޔާ ހަދަމުން ދިޔަ ޕޭން ކޭކްސް އިންނެވެ.

“ހޫމް.. އާ އެއްޗެއް ހަދާލަނީ.. ދެން ދޭ އަވަހަށް ރީތިވެގެން އަންނަން އެބައޮށް ވާހަކަ އެއް ބުނަން ވެފަ..” ހަޔާ އެހެން ބުނެލުމުން ޔަސްރާ ފުންމަމުން ކަހަލަ ގޮތަކަށް ގޮސް ކޮޓަރިއަށް ވަނެވެ.

ހެނދުނުގެ ސައި އިންސާފް ކުރުމުގައި މިންހާ އާއި ނަހާންގެ އިތުރަށް ލިވާން ތިބީ މޭޒުކައިރީގައެވެ. ތިން މީހުން ވެސް މަޑުމަޑުން ސައިބުއިން ކުރިޔަށް ގެންދަނިކޮށް އަޒްހާން އައިސް މޭޒު ކުރިމަތީ ހުއްޓިލިއެވެ. އަޒްހާން ފެނުމުން މިންހާ ބުނެލިއެވެ.

“ދަރިފުޅާ އާދޭ ސާބޯން..” އަޒްހާން ދެކޮޅަށް ބޯ ހޫރާލިއެވެ.

“ބައްޕާ އަހަރެން އެބައޮށް ވާހަކައެއް ބުނަން ވެފަ..” އަޒްހާން އެހެން ބުނެލުމުން މިންހާ އާއި ނަހާން އަށް ދެމީހުންނަށް ބަލާލެވުނެވެ. އަނެއްކާ މިއިވުނީ ރަގަނޅަށްހޭ ހިތަށް އަރާފައި ތިބެއެވެ.

“މިތާ އިށީންދެބަލަ..” ނަހާން އޭނާ އާއި ދިމާ ކުރިމަތީ ހުރި ގޮނޑިއަށް އިށާރާތް ކޮށްފައި ބުނެލިއެވެ. އަޒްހާން ދެކޮޅު ނަހަދާ އިށީނީއެވެ.

“ބައްޕާ އަހަރެން ބޭނުން ޔަސްރާ އާއި ކައިވެނި ކުރަން..” އަޒްހާން އެހެން ބުނެލުމުން މިންހާ އާއި ނަހާންގެ ދެލޯ ބޮޑުވިއެވެ. އަޒްހާން އާއި ދިމާއަށް ދެމަފިރިން ވެސް ބަލަހައްޓައިގެން ހުރީއެވެ.

“ތިކިޔޭ އެއްޗެއް އެނގޭތަ..” ނަހާން އަހާލިއެވެ. އަޒްހާން މޮޔަގޮވަނީއޭ ހިތަށް އަރައެވެ.

“އަހަރެންނާ ޔަސްރާ މިހާރު ރައްޓެހި ވެގެން އުޅޭތާ ހަތަރު އަހަރުވަނީ.. މަންމައަށް އެނގޭނެ ޔަސްރާ ކުރިމަތިލާން ޖެހިފައިވާ ކަންތަށް.. އަހަރެންނޭދެން ޔަސްރާ އަށް އެހެން ވާކަށް.. ޔަސްރާ އަށް ބަލާނެ މީހެއް ނެތް.. އެހެންމަ އަހަރެން ބޭނުން ވަނީ ޔަސްރާ އަށް އަށާރަ އަހަރު ވާރަށް ކައިވެނި ކުރަން..” އަޒްހާން އޮޅުން ފިލުވާދިނެވެ.

“ދަރިފުޅު ބޭނުން ވާގޮތް މަންމަމެންނަށް ހެދިދާނެ.. އެކަމު ދަރިފުޅު ޔަސްރާގެ ދޮންބެއާ ވާހަކަ ދައްކާފިންތަ..؟” މިންހާ ހިނިތުންވެލާގެން ހުރެ އަހާލިއެވެ.

“ނޫން.. އަދި ނުދައްކަން.. އަހަރެންނަށް ޔަޤީންވާކަމަކީ ރާޝިމް އެއް ދެކޮޅެއް ނަހަދާނެކަން..” އަޒްހާން ޔަޤީންކަން ދިނެވެ.

“އެއްމެ ރަގަނޅު.. ބައްޕަ އެއްބަސް.. އަޒްހާންގެ އުފަލައްޓަކައި ބައްޕަ ކޮންމެ ކަމެއް ވެސް ކޮށްފާނަން..” ނަހާން ވެސް ހީލިއެވެ. އަޒްހާންގެ މޫނުމަތީ އެއްވެސް ޝުޢޫރެއް ފެންނާކަށް ނެތެވެ. އޭނާ އޭނީ އުފަލުން ކަމެއް ދެރަވެފަކަމެއް ނޭނގެއެވެ.

“ދަރިފުޅުމެން އުޅެން ނިއްމީ ކޮންތާކު..؟” މިންހާ އަހާލިއެވެ.

“އަޅުގަނޑަށް ރަގަނޅީ މިގޭތެރެ.. އޭރުން ޔަސް އަށް ސޭފް ފީލް ވާނެ..” އަޒްހާން ޔަސްރާ އާއި މެދު ވިސްނާ މިންވަރު އެނގި މިންހާގެ ހިނިތުންވުން ފުން ވިއެވެ.

ފެންވަރައި ތާޒާ ވެލައިގެން ކޮޓަރިން ނުކުމެގެން ބަދިގެއާއި ދިމާ އަށް ގޮސް ހުއްޓައި ޔަސްރާ ހުއްޓުން އެރިއެވެ. ދެލޯ ބޮޑުކޮށްލާފައި އޭނާ އިނީ ހުއްޓުން އަރާފައެވެ. ކުރިމަތިން މިފެންނަމުން ދާ މަންޒަރު ސިކުނޑިތެރެއަށް ނުވަދެފައެވެ. އެހެން ގޮތަކަށް ބުނާނަމަ “ޕްރޮސެސް” ނުވެފައެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

އަލުން ލޯބިން
Previous

އަލުން ލޯބިން – 2

Next

ސާރާ 17

Next
February 1, 2026

ސާރާ 17

Previews
January 31, 2026

އަލުން ލޯބިން – 2

އަލުން ލޯބިން

4 Comments!

  1. Shaba_73 says:
    January 31, 2026 at 2:39 pm

    Mi part vx vrh reethi MA! 😍
    Naseebehnu Shayern ah yas men geyah nuvadhevun kan!
    Azhern ge parents ves ehbas vehje dhw! 💗
    OMG anehka Kon manzareh baa yas ah fenunye? 🤔
    Shayern haya ah konmes gotheh hadhaafa kanne I guess
    So curious 😭 to know what will happen next??
    Curiously waiting for the next part when’s next??
    Lyyy and Tc gurll 💗😘

    1. _MuXo_ _MuXo_ says:
      January 31, 2026 at 2:45 pm

      Thank you for the lovely comment Shaba_73! 😄
      Yeah Azhaan ge parents edhekudhinge marriage ah ebas vejje dhw! 😊
      Next part ga egeyne ehnnu vaane goii dhw! 🤭
      Next part ves v avahah Inshaallah! 🥰
      Love you more! 😘
      You also take care honey! 💙💚

  2. Anonymous says:
    January 31, 2026 at 9:11 pm

    🖤🖤🖤MaaSha Allah 🖤🖤🖤
    So so Gr8 part my dear Author…💜💜
    Wow!😦 AxHernu parents agree actually, I’m so so glad that they do that !💛🦋
    Haya ,Ur so so good that friend’s house Ur staying to protect Herrr… I wish I could ‘ve a friend like you!🥹😭…..
    ShaYern don’t you Dare touch AxHern ‘s going_to be Bride…🖤 If You touch her, You’re buried into pieces,You little Bitch I hate him a lot and lot!!…I’m also a Gurll but I still have heartbroken about Yass ‘s story 🧡🧡
    So so curious to know What my poor Yas saw…
    Yas should stay in AxherNu House after marriage with them ,She’ll feel safe and Our Knight AxHerN will save her…
    Tc of Yxx 🖤🥀
    TTYL Bye 🥰 🥰
    🖤🖤🖤

    1. _MuXo_ _MuXo_ says:
      February 3, 2026 at 8:21 pm

      Thank you so much for your lovely comment! 🥰
      Very sorry for the late reply! Aslu comment inee pending ga ehen ve late reply akah v! Sorryyy!!! 😭😭😭
      Hehe, one day inshaallah you will get a friend like hayaa! 😀
      Yas ah fenununu manzareh ves egeynethaa! 🤭
      Lets see dhw dhen vaane goii! 😊
      Love you too!
      You also take care!! 🥰

Comments are closed.

Next Episodeއެކުގައިވާނަން-30←


All Right Reserved!