Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަބިރުވެރިއުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

އާއެކޭ ލޯބިވޭ… ތިރީސް އެއްވަނަބައި ( އެރޯޅިން އަލް-މުތަޚައްޔިލްގެ ނާމާން ފެށުން)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
February 1, 2026 5 Mins Read
2 Comments

ނިދަން އޮށޯވެވުނު އިރު ލިނީމެންނަށް ދޭއްޖަހަނީއެވެ. އެނދުގައި އޮށޯވެ ހަމަނުޖެހެވެނީސް މާއިޒްގެ ފޯނު ރިންގުވިއެވެ. ފޯނު ނަގަމުން ކަންފަތުގައި އޭނާ ޖެއްސިއެވެ. ” މާއިޒް: ސަލާމް” އެއްކޮޅުން ސާއިލް ސަލާމަށް ޖަވާބުދެމުން ބުނެލިއެވެ. “ސާއިލް: ލިނީ ނިދީތަ. ބުނެބަލަ ފޯނު ބަލާށޭ އަވަހަށް” އިއްލެގެ އަޑުގައި ހާސްކަން އެކުލެވިގެންވިއެވެ. ބޮޑު ކަމެއް ނުވެ ދަންވަރު މީހަކު ނުގުޅާނެއެވެ. ކަމެއް ވެއްޖެއެވެ. މާއިޒް ގަބޫލުކުރިއެވެ. ވީކާމެއް ނޭނގޭތީ އޭނާގެ ނިތަށް ރޫތަކެއް އަރައިގެން ދިޔައެވެ.

 

 

“ލީނިޔާ: ކާކު ގުޅީ. ކިހިނެއްވީ”ކައިރީގައި އޮތް ލިނީ އަހާލިއެވެ. “މާއިޒް: އިއްލެ ގުޅީ. ބުނީ ލިނީ ކައިރީ ބުނެބަލާށޯ ފޯނު ބަލާލަބަލާށޭ” މާއިޒް އެއްފުންޔަކަށް ބުނެލިއެވެ. ފޯނު ހުޅުވާލިއިރު ވިހިފަހަރު ސާއިލް ގުޅާފައި އޮތެވެ. ބައިވަރު މެސެޖްތައްވެސް ހުއްޓެވެ. އިއްލެ ލިޔެފައިން ބަޔަށް ލިނީ ވަދެ ހުޅުވާލިއެވެ. ފަހަރަކު މެސެޖެއް ކިޔާލިއެވެ. ލިނީއަށް އެކިޔާފައި ވީގޮތެއް ވެސް ނޭނގެއެވެ. މިއީ ހަމަތެދެއްބާއޭ ބާރުބާރަށް ބުނެލެވުނެވެ. އެއަޑު އަހާފައި މާއިޒްވެސް އެފޯނަން ބަލާލީއެވެ. އޭނާ ސުބުޙާނަ ﷲ ކިޔާފައި އެޅީ އަނގަމަތީގައި އަތެވެ. ވެގެން މިއުޅެނީ ކިހިނެއް ހެއްޔެވެ؟ ލިބިގެން އެއުޅެނީ ކޮންކަހަލަ މެސެޖްތަކެއް ހެއްޔެވެ؟ އަނެއްކާ ބާސިލްމެން މީހަކު މަރުވީ ނޫން ބާއެވެ؟

****************************************

 

ނިމިދިޔަ ބިޔަ ތޫފާނުގެ އަސަރުތަށް ކޮޅާ ކޮޅު ނުފެނެވެ. ބަނަ ފުސްވިލާތަކުން ވަނީ ހުޅުދާންވެއެވެ. ކަޅުކަން ގަދަ ނާމާން ރޭގަނޑެއް ފަދައިންނެވެ. އެ އަނދިރިކަމުގައި އަލިކަމެއް ލިބުމެއް ނެތް ކަހަލައެވެ.

 

ވީގޮތެއް ވެގެން އުޅޭގޮތް އެނގޭ ހުރީ ކާކު ހެއްޔެވެ؟ ފަސް އެކުވެރިންނެވެ. ދެއަންހެން ޖިންސުން ލަޠީފުންނާއި ހަތަރު ފިރިހެނުންނެވެ. ނުބައެވެ. ތިން ފިރިހެނުންތާއެވެ. ސާއިލް، ބާސީލް އަދި ޚުބާބެވެ. އެ ފުރިހަމަ ހަނދު ފަދަ ޕަރީއަކީ މީލީހަމްއެވެ. ބަލިވެ އިނދެގެން އެއުޅެނީ އެ މަޑުމައިތިރި ކަމަނާއެވެ. ޝަކުވާގެ އާލަމަކުން މަޑުމޮޅި ކަމަށް ދަތުރުފެށީ އެ ލީނިޔާތާއެވެ. ޒަވާޖީ ޚިތުބާއަކަށް ފަހު އެއުޅެނީ އެމެރިކާގައެވެ.

 

އެނގުނު ކަމެއްވެއެވެ. ފަސް ހިތްވެސް ވީ ވޭނީ ޤުރުބާނެކެވެ. ލޯބި އޯޔާލީއެވެ. ނަކާމިޔާބީގެ ހިތިކަށް ދެކެން މަޖުބޫރުވީއެވެ. އެކަކަށް އެކެއްގެ ލޯބީވެސް ހާސިލެއް ނުވީތާއެވެ. އެރި ބާރުގަދަ ތުފާނަކާއެކު އެންމެގެ ދިރިއުޅުން އެފުން މިފުށަށް ޖެހުނީއެވެ.

 

ސާއިލަށް ލީނިޔާ ލިބުން ހެއްޔެވެ؟ އެ ލޯބި ކާމިޔާބު ވިހެއްޔެވެ؟ ނުވިއެއް ނޫންހެއްޔެވެ؟ އިނދެގެން އެއުޅެނީ ސިރުހާއާއެވެ. ހިތް ހިބަފެއް ލިޔުނު މީހާ ދުރުގައި ހުރީއެވެ.

 

އެންމެންވެސް ދަންނާނީ މިހެން ބުނެގެނެއެވެ. އޭނާއަކީ އަންހެނުން ހިތި ފިރިހެނެކެވެ. ކާކު ހެއްޔެވެ؟ އެ ބާސީލް ދޯއެވެ. އާނއެކެވެ. ތި ހިތަށް އެރީ ހަމަ ރަނގަޅަށެވެ. އެބުޅީގައި އެކި ދުވަސްވަރު ޖެހޭނީ އެކި ކުދިންނެވެ. ހުޅަނގު މޫސުމާއި އިރުވައި މޫސުން އަންނަހެން އޭނާ ބަދަލުވާނެއެވެ. މިއަދު ލޯބިވެރިޔާ މާދަމާކު ކަމަކު ނުދާނެއެވެ. ހަތާވީސް އަހަރުގެ އޭނާގެ ހިތި އެ ހަޔާތުގައިވެސް ލީނިޔާ އަކީ މިސާލެކެވެ. އަލިވުތެވެ. ޝަކުވާ ގިނަޔަސް ވަފާތެރިއެކެވެ. ބާސީލް އުޅުނީ ލީނިޔާއާއި ލޯބީގެ ގޮތުން ގުޅިގެން އަހަރެއް ވަރެވެ. އެޒާތު މީހާކާއި ބަލައި އެއީ ވަރަށް ދިގު މުއްދަތެކެވެ.

 

 

ޚުބާބްގެ ޕަރީގެ ތަފާތު ފެނި ލުމާއެކު މުޅި ޖާން ފިދާކުރިއެވެ. ލައިލުއާއި ނާހާރު އިންތިޒާރުކުރިއެވެ. އެކަން ވެސް ހާސިލްވީ ބާސިލަށެވެ. އެއްގޮތަކޮން އެއީ މިލީހަމްގެ ހިތުގެ އެދުމެކެވެ. އޭނާގެ ހިތް ހޯދައިދިން މިތުރަކީ އެޔެވެ. އެކުވެރިޔާގެ ލޯބިވެރިޔާއަށް ވިޔަސް މެއެވެ.

 

ލޯބީގައި އެންމެން ހުވަފެންތަށް ދެކެއެވެ. އޭގެ ނަސީބެއް ލިބި ނުވަނީ ޚުބާބަށެވެ. އެފަދަ ނަސީބެއްގެ ރަގަބީލު އަދިއަދަށް ދާން ދެންވެސް ނުޖަހައެވެ. އެކަމަކު އަނބުރު ވެއްޔައި މޮޑެވިޖެއެވެ. ލަނދަކާއި ޖެހި ތަދެއް ނުފިލާނެއެވެ. ޚުބާބަށް ވީގޮތަކީ އެއެވެ. ކަންތައްތައް ވާނީ ނިކަން ކެރިގެންނެވެ. މީހެއް ދެކެ ލޯބިވުމަކީ ކުށެއް ނޫނެވެ. ފާފައެއްވެސް ނޫނެވެ. ސިއްރުކުރުމަކީ އަނިޔާއެކެވެ. ވޭނެކެވެ. ގާތް އެކުވެރިޔާގެ އުފަލަށްޓަކައި ޤުރުބާން ކުރިޔަސް މެއެވެ.

 

ލާ ކޮންމެ ނޭވައަކާއި ލޯބި ގުޅެނީ އެހާވެސް ތޯހިރު ކޮށެވެ. ސާފު ސީދާކަން މަތީއެވެ. ސާއިލް ލޯބިވީ ލީނިޔާ ދެކެއެވެ. ލީނިޔާ ލޯބިވީ ބާސިލްދެކެއެވެ. ޚުބާބް ލޯބިވީ މިލީހަމް ދެކެއެވެ. މިލީހަމް ލޯބިވީ ހަމަ އެ ބާސިލްދެކެއެވެ. މިއަދު ލީނިޔާ އަކީ މާއިޒް އަންހެނުންނެވެ. ސިރުހާއަކީ ސާއިލްގެ ދުނިޔެއެވެ. މިލީ ކައިވެންޔެއް ނުކުރެއެވެ. ބޮޑު ފާފާއެއްކޮށް ބަނޑުވަނީ ބޮޑުވެފައެވެ. ދުނިޔޭގެ މަލާމާތުގައި ޖެހިފައެވެ. މުޅި ދުނިޔެ މަތިން ބާސިލްވަނީ ފޫހިވެފަ އެވެ. ގެއިން ބޭރަށް އޭނާ ނިކުމެލާނީ ކޮލެޖަށް ދާން އެކަންޔެވެ. ކޮޓަރީގެ ހަތަރު ފާރުތެރެ ނޫނީ ޚުބާބަށް އަޅާނުލައެވެ. ހާލަތު ނިޔާ ކުރި ގޮތުން އޭނާގެ ކިޔެވުމަށްވެސް ވަނީ ބުރޫއަރާފައެވެ.

 

ލޯބިވާ ވާހަކަ ބުނަން ނުލިބުނަސް ލޯބިވީތާއެވެ. އާއެކޭ ލޯބިވޭ ވާހަކަ މި ނިމުނީކީ ނޫނެވެ. އެނބުރި އަންނާނަމެވެ. ކުރިއަށް އަދި އޮތީއެވެ. ނިމުން އައިސް އަތުގައި މިހިފީ ތިނެކަން ހަތަރެސްކަން ލޯތްބެއްގައެވެ. ބިރުވެރިކަމާއި ނަމާންކަމާއި ދޮންއަސް ފެށެން އުޅެނީއެވެ. “އަލް- މުތަޚައްޔިލް” އެވަނީ ފުރިހަމަ ތައްޔާރެއްގައެވެ. ކިޔުންތެރިން ތައްޔާރު ހެއްޔެވެ؟ ފުރަތަމަ ބައި އެބިޔަ ތޫފާނޫގައި ނިމިގެން ހިގަންޖެއެވެ. އެހެނަސް އެ ތޫފާންގެ އަސަރު ފިލައިގެން އަލް- މުތަޚައްޔިލްއިންވެސް ނުދާނެއެވެ.

 

ލިޔަން ފަށަމުން ބުނި ހަނދާންވެސް ވެއެވެ. ” ހަމަގައިމުވެސް ބިރުވެރި ވާހަކައެއް އަހަންނަކަށް ނުލިޔެނޭއެވެ. ޖިންނިން ދެކެ އަހަރެން އިންތިހާއަށް ބިރުގަނެއެވެ. ވާހަކަ ލިޔަމުން ދަނިކޮން ޖިންނިއެއް ސިފަ ވިޔަސް ކޮޅަށް ދިޔައީއެވެ. އެހީވާނެ މީހަކުވެސް ނުހުންނާނެއެވެ.”  ހުރަހެއް ބިރެއް ނެތި ބިރުވެރި ވާހަކައެއް  ދެން ލިޔެވިދާނެއެވެ. އެ ޔަޤީންކަން ލިބިއްޖެއެވެ. ދިރިއުޅުމަށް އުންމީދެއްގެ އަލި އެޅިއްޖެއެވެ.

ކިޔުންތެރިން ކައިރީ އަޝްބާ ބުނެލި ހާނދާންވެއެވެ. “ހަޔާތަށް ބައިވެރިޔަކުވެސް ލިބުނެއެވެ. އެއީ އަހަރެން އެންމެ ބޭނުންވި މީހާއަށް ނުވުމުން އެކަން ކުރަން ފޫހިވިއެވެ. އޭނާވީ ހިސާބެއް ވެސް އަހަންނަށް މިހާރަކު ނޭނގެއެވެ. އެކަން މުހިންމު ކަމަކަށް ނުވެސްދެކެވެ.”

 

މިހެން ބުނަން ލަދުވެސް ގަނެއެވެ. މިއުޅެނީ އެ ބުނި ބައިވެރިޔާ އިންނަން އަހައިގެންނެވެ. އާބާސްދޭން ވެގެންނެވެ.

 

އަހަރެންގެ ހިތް މަޑުމަޑުން އޭނާއަށް ދަނީ ލެނބެމުންނެވެ. ހިތްދަނީ އެދެމުންނެވެ. މުޅި އުމުރު ހުހަށް ހުންނާނީވެސް ކިހިނެއް ހެއްޔެވެ؟ ކައިވެނި ކުރަންވެސް ޖެހޭނެއެވެ. އިސްލާމްދީން ފުރިހަމަ ވާނީ އޭރުންތާއެވެ.

ދެވަނަބަޔަށް ދިއުމުގެ ކުރިން އެ ފޯނު ކޯލުގެ ހަޤީޤަތެއް އެގެން ބޭނުންވާނެ ތާއެވެ. ލަސްނުކޮށް އެބައި ލިޔަން މިފަށަނީއެވެ.  އޭގެ ކުރިން އަދި ބުނެލާ ހިތްވެއެވެ.

ހިތުގައި ކަލާ ރައްކާކުރީމެވެ. އުމުރަށް ވެސް ކަލާދެކެ ލޯބިވީމެވެ.  ތި މަޤާމު އެހެން މީހަކަށް ދުވަހަކުވެސް ނުދޭނަމެވެ. ދޭކަށް ނުވެސް އުޅެމުއެވެ. ބަލާބަލާށެވެ. ވަގުތާއި ހަލާތަކު އެކަމް ބަދަލުވެއްޖެއެވެ. ނިންމި ނިންމުން ބަދަލުކުރަންޖެހޭ ހާލަތެއް ކުރިމަތި ކުރުވައިފިއެވެ. ލޯބިވާ ފުރާނަ ފަދަ ކޮއްކޮއަށްޓަކައިވެސް މިކަން ކުރަން މަޖުބޫރު ވެއްޖެއެވެ.

ތެދުވެރި ހިތަކުން ވަފާތެރި ލޯތްބެއްވާ އިންސާނަކު މިދުނިޔޭގައި އެބަހުއްޓެވެ. އެ އިންސާނަކީ އަހަރެންގެ ލޯތްބަށްޓަކައި ފުރާނަވެސް ދޭން ތައްޔާރަށް ހުރި ފަރާތެކެވެ.  މިފަދަ ފުރުސަތެއްގައި ކޮޅު ފައިން ޖަހާނީ މޮޔައެއްނޫން ހެއްޔެވެ؟ ހަމަ ބޮޑު މޮޔައެކެވެ. ރަނގަޅު އައިލާއަކުން އައި އެއީ ރިވެތި އަޚްލާޤެއްގެ ވެރިއެކެވެ. ނަމާދަށް ފަރުވާ ބަހައްޓާނެއެވެ. ކުރާ ކޮންމެ ކަމެއްގައިވެސް ފަރުވާތެރިވާނެއެވެ.  ވަގުތަށް ޚާއްސަ އިސްކަމެއް ދޭނެއެވެ. ކަންކަން ތާވަލުކޮށްގެން ކުރަން ދަންނާއެވެ. ކިތަންމެ ބުރަޔަސް އަހަންނަށް ވަގުތުދެއެވެ. ދަސްވެނިވުމުގެ ރޭވެސް އެހާ ދަންވި އިރުވެސް އޭނާ އިނެވެ. ނިދަން އެންމެން ދިޔަ އިރުވެސް ޝަކުވާއެއް ނެތި އިނެވެ.  އެ އުފާވެރި ރޭ އަހަރެން ހޭނުތީއެވެ.  ހިތާމަ ކުރުމުގައި ހޭދަވެގެން ދިޔަ އެދުވަސްތަށް ފަސްދީ އެވެ. ނުކައި ނުބޮއެ އުޅުން ރޭތަށް ހަނދާނުން ފިލައިފިއެވެ. ޤަވައިދުން ނަޒާންގެ މަންމަ އަހަންނަށް ކާންދެއެވެ. އުފަން މަންމައެއްހައި ރަނގަޅެވެ. ދަރިއެއް ފަދަ އިން ލޯބިވެއެވެ. އެރޭގެ އެ ވެއްޓުމަށްފަހު ވަރަށް ބޮޑު ތަނުން އަހަރެންގެ ހަށިގަނޑު ރީތިވެއްޖެއެވެ. މަސްޖަހާލައި ކުޑަކޮން ފަލަވެސް ވެއްޖެ ކައްނެއެވެ. ތިރީސް ފަސްކިލޯ ހުންނަށް އަހަރެންގެ ހަށިގަނޑު ބަދަލުވެއްޖެއެވެ. ސާޅީސް ކިލޯއަށް އަރައިފި އެވެ.

“ނަޒާން: އަޝްބާ ހާދަ ލޯބިއޭ މިހާރު” ނަޒާނަށް އަހަރެން ފެނަން ކޮންމެ ފަހަރު އެހެން ބުނެނުލާ ނުހުރެވެއެވެ. ހީވާނީ ކަނޑެއް ފަޅައިފައި އިންނަން ހެންނެވެ. ލޯ އެހާ ތޫނު ވާނެއެވެ. އެވަރަށް ބަލާނެއެވެ.  ހަތަރު ކަޅިވެސް ދެތިން ފަހަރު ހަމަވެއްޖެއެވެ. އެއިން ކޮންމެ ފަހަރު ހިނިތުންވެލާނެވެ.  ދެވަނަ ސިކުންތުގައި ލަދުން އިސްޖަހާލާނެއެވެ. ނިކަން ލަދުރަކި ވާނެއެވެ. އިޚްތިރާމް ކުރަން ދަންނާނެއެވެ. އުމުރުން ދުވަސްވީ މީހުންނަށް ކަމޭހިތާނެއެވެ. މައިންބަފައިންނަށް އެހާ  އަޅާލާނެ އެވެ. އޯގާތެރި ވާނެއެވެ. ކޮންމެ މަހަކުވެސް އޭނާއަށް ލިބޭ ފައިސާއިން މިންވަރެއް މަންމައަށް ދޭނެއެވެ.  ޒަކާތް އަދާކުރާނެއެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ ހުރި އެއީ ޤާބީލް ޒުވާނެކެވެ. ޒުވާން އުމުރުގައި  އަމިއްލަ ވިޔަފާރިއެއް ހިންގާ މޫލަވެރިއެކެވެ. ފިސާރި ހިންގުންތެރިއެކެވެ.

މާބޮޑަށްވެސް ދިގު ވެއްޖެއެވެ. ނިހާޔަތަށް މާފު އެދެމެވެ.  ލޯބިވާ ކިޔުންތެރިން މާފު ކޮށްދެއްޗެވެ. ބޭކާރު ވާހަކަތަށް މާގިނަިއން ދެއްކުނީއެވެ. ހިތް އިހްތިޔާރުން ބޭރުވީއެވެ. ބުނެދޭކަށް ނުޖެހޭނެއެވެ. ހިތަކީ އެފަދަ އެއްޗެއްނޫންތޯވެ.

ފޯނު ބޭއްވުމާއެކު ލީނިޔާ ބަނޑުގައި އަތް ޖައްސާލިއެވެ. އޭނާއަށް އުފަލެއް އިޚްސާސްވޭތޯއެވެ. އުފަލެއް އިޚްސާސް ނުވިއެވެ. އެ ހަރަކާތްތަކަށް ބަލަން ހުށިޔާރުވެ މާއިޒު އިނެވެ.

“މާއިޒް: ލިނީ ކިހިނެއް ވީ ހާދަ ހާސްވީ” ނުގޮތަކަށް މާއިޒް އަހާލިއެވެ. ވީގޮތާއި ވެގެން އުޅޭ ގޮތް އޭނާއަށް އެނގެއެވެ. ކުރިއަށް ކަންވާނޭ ގޮތްވެސް އޭނާ ދަނެއެވެ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ވިޔަސް ހިނގަމުން ދާނީ މާއިޒްގެ ބާރުގައެވެ. މުޅި މި ކިއްލާތެރޭ ހިނގާނީ އަދި އަމުދުން އޭނާގެ ބާރު ތާއެވެ. މި ޚާންދާނަކީ އޭނާގެ ގެކޮޅެވެ. މި ހިސާބަށް އައިސް އުޅެވެނީ އެނާގެ ސާހިބުންނަށާއި އަޅުވެރިންނަށެވެ.

އޭނާގެ ބާރޫގެ ދަށުގައި ނެތީ ކާކު ހެއްޔެވެ؟ ލީނިޔާގެ އާއިލާވެސް އެވަނީ މި ޚާންދާނަށް ގެނުވާފައެވެ. ޤަބޫލުކުރަން ދަތި ހަޤީޤަތެއް ހާމާކޮށްލަންހެއްޔެވެ؟ އެ ބަނޑުގައި އެވަނީ މާއިޒްގެ ލެއެވެ. ކޮން ބަނޑެއްގެ ހެއްޔެވެ؟ ލީނިޔާގެ ހެއްޔެވެ؟ މިލީހަމްގެ ހެއްޔެވެ؟ ދެބަނޑުގައި އެވަނީ އޭނާގެ ނަސްލެވެ. ހުދު އޭނާގެ ލެއެވެ.

“ލީނިޔާ: ޚުބާބް ގެ ދަރިއަކަށް މިލީހަމް ބަނޑުބޮޑު ވީއޯ” ޤަބޫލުނުކުރެވޭ ރާގަކަށް ލީނިޔާ ބުނެލިއެވެ.

 

“މާއިޒް: އެކަމާ ހާސްނުވޭ އެއީ އަހަރުމެން ވިސްނަން ވީ ކަމެއް ނޫން” އެނދުގައި ލިނީ ރީތިކޮން ބާއްވާލަމުން މާއިޒް ފިރުމާލިއެވެ. ލަސްތަކެއް ނުވެ ލީނިޔާއަށް ނިދިގެން ދިއައެވެ. ކުރަން ތައްޔާރުވެގެން އޭނާ ހުރި ކަންތަކަަށް ފަސޭހަވި އެއީ އިތުރު ބޮޅެއް ކަހަލައެވެ.

ކޮޓަރީގެ އަލި އެއްކޮން މަޑުވެގެން ދިޔައެވެ. ކުޑަދޮރުގެ ހުޅުވިގެންދިޔައެވެ. ބޭރުގެ އަލިފިޔަވައި އިތުރު އަޔެއް ނެތެވެ. ކޮޅަށް ތެދުވެ މާއިޒް ހިނގާލާފައި ގޮސް ހުއްޓާލިއެވެ. އިސާހިތަކު މީހާ ބަދަލުވެގެން ދިޔައެވެ. ދިގު ހަތުރު ފައި ލީ ބޮޑު އެއްޗަކަށެވެ. ވާން މިއުޅެނީ ކިހިނެއް ބާއެވެ. މިހާރު އެފެންނަނީ ކުރިން ލީނިޔާ ކައިރީ އޮތް މާއިޒެއްނޫނެވެ. އަނެއްކާ މާއިޒަކީ އިންސާނަކީ ނޫންބާއެވެ؟ ޖިންނިއަކީ ބާއެވެ؟

ނުނިމޭ

(ކިޔުންތެރިންގެ ސަމާލުކަމަށް)

ވާހަކައިގެ ރަހަ އެއުޅެނީ ތަފާތުވެއެވެ. މިސްރާބު މުޅިން ބަދަލުވާނެއެވެ. ބިރުވެރި ކަމުން ފުރިގެންވި ހާޔަކަށް މަރުޚަބާކިޔަމެވެ. ކުރިއަށް އޮތީ އަލް-މުތަޚައްޔިލްއެވެ. އާއެކޭ ލޯބީވޭގެ ދެވަނަ ސިލްސިލާއެވެ.

المتخيل (އަލް-މުތަޚައްޔިލް) މާނާ؟         މިއީ އެކި ކަހަލަ ސިފަސިފައަށް ބަދަލުވެ، ހަގީގަތް އޮޅުވާލާ މަޚްލޫގަށް ކިޔާ ނަމެކެވެ. އިންސާނެއްގެ ސިފައިގައި ހުރެފައި، ހިޔަނިން އަހެއްގެ ސިފަ ފެންނަ ފެނުމަކީ މީގެ މިސާލެކެވެ.

އޭނާއަކީ ހަގީގީ އިންސާނެއް ނޫނެވެ. އޭނާއަކީ ލޮލަށް ފެންނަ ފެނުމެއް ނުވަތަ “މިރާޖް” އެކެވެ. އޭނާގެ ރީތިކަމާއި، ލޯތްބަކީވެސް ހަމައެކަނި އިންސާނުންގެ ހިތްތައް މަޅީގައި ޖެއްސުމަށް އުފައްދާފައިވާ “ޚަޔާލީ” ކަމެކެވެ.

ވާހާކައިގެ ފުރަތަމަ ބައި އެ ބިޔަ ތުފާނުގާ… މާތް ﷲ ގެ ތަނަވަސް ރަޚުމަތާއެކު ލިޔެ ނިމިއްޖެއެވެ. ދެވަނަ ބައި المتخيل (އަލް-މުތަޚައްޔިލް) މިދަނީ ލިޔަމުންނެވެ.

އަޅުގަނޑުގެ މި ވާހަކައަށް ތިދެއްވާ ތަރުހީބަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ. އުންމީދަކީ ތަފާތު ބޮޑު ހިތްގައިމު ބިރުވެރި ވާހަކައަކަށް المتخيل (އަލް-މުތަޚައްޔިލް)  ވެގެން ދިއުމެވެ.

🥰❤️🥀🫶😊

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

ތި ސޫރަ ނޫން 39

Next

އަބަދުވޭ ހިތުގާ މަގޭ 2 (22)

Next
February 2, 2026

އަބަދުވޭ ހިތުގާ މަގޭ 2 (22)

Previews
February 1, 2026

ތި ސޫރަ ނޫން 39

2 Comments!

  1. Anonymous says:
    February 2, 2026 at 12:22 am

    what even is happening in this story just when i thought linee finally got her happy ending this has to happen and that milee is framing hubaab and everyone is just going with it wth

    1. Isnaa says:
      February 2, 2026 at 7:13 am

      ވަމުންދާ ހުރިހާ ކަމެއްގެ ފަހަތުގައި އެވަނީ މާއިޒް
      ބަލަމާ ދޯ ދެން ވާ ގޮތެއް
      މާއިޒް އެބަދަލުވީ ކާކަށް ބާ
      ދެއްވި ޝުއޫރަށް ޝުކުރިއްޔާ 🥰🫶❤️🥀😊

Comments are closed.

Next Episodeއާއެކޭ ލޯބިވޭ ތިރީސް ދެވަނަބައި ( ހޫނު އޮއިވަރާއެކު ތަކުރާރުވާ ހުވަފެން)←


All Right Reserved!