Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔައީ ހަނދޭ-10

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
February 2, 2026 5 Mins Read
8 Comments

ރަޝްނާންގެ ހިތް ދިޔައީ އުފަލުން ނަށަމުންނެވެ. ޒަހްރާ އޭނާ އަށް ދައުވަތު ދިނީއެވެ. ޒަހްރާ މޫނު މައްޗަށް އެރި ކުލަވަރެވެ. އޭނާ ހުރީ ހަމަ އަސްލައްވެސް ވަރަށް އުފާވެފައިކަން އެނގެއެވެ. ރޭގަނޑު ވާނެ އިރަކަށް ރަޝްނާން އަށް އިންތިޒާރު ކުރެވެން ފެށިއެވެ.

*ޕާރޓް-10*

ހަތެއް ޖެހީރަށް ކޮލެޖް ނިމުމުން ޔޫރާ ވެސް ދަބަހަށް ފޮތްތަށް އަޅައިގެން ކްލާހުން ނުކުންނަން ދިޔައެވެ. ނަމަވެސް ކުއްޖަކު ގޮވާލި އަޑަށް އޭނާ ހުއްޓުނެވެ. އޭރު އަޝްކަން އިނީ އަތަށް ބާވަރު ގަނޑުތަކެއް ލައިގެންނެވެ. އޭނާ އިށާރާތް ކޮށްލީ ކައިރިއަށް އައުމަށެވެ.

“ކްލާސް އެސިސްޓެންޓް މޮނީޓާރ އަށް ވީމަ އަހަރެމެން ދެމީހުން އެބަޖެހޭ މާދަމާ އަށް ވާރަަށް މާދަމާގެ ޝެޑިއުލް ހަދައިފަ ޕްރިންޓް ކުރަން.. ދެން އަދި ކުރިން ނެގިއެއްނު ޓެސްޓް އެއް އޭއްޗެހި ވެސް ބަލާފަ ކުދިންގެ މާރކަސް އެންޓާރ ކޮށްލަން އެބަޖެހޭ..” ކުރަންވީ ކަންތަށް އަޝްކަން ކިޔައިދިނެވެ. ޔޫރާ ބޯޖަހާލާފައި ސަފްވާން ކައިރީ ދިއުމަށް ބުންޔެވެ.

އަޝްކަން އާއި އެކީ ޔޫރާ މަސަށްކަތް ކޮށްނިއްމާލާފައި ކޮލެޖް އިން ނުކުތީރު އަށްގަނޑި ބައިވެދާނެއެވެ. އަޝްކަންގެ ގެއިންނަނީ ޔޫރާ މެންގެޔާއި ދިމާގަ ނޫންކަމުން ދެމީހުން ޖެހުނީ ވަކިވާށެވެ. އެހިސާބު ގަނޑުގައި މަދުމަދުން ކުދިންތަށް ފެނެއެވެ. ލައިބްރެެރީއަށް ދާކުދިންނާއި އެހެނިހެން ތަންތަނަށް ދާކުދިންނެވެ ޔޫރާ ވެސް ގެޔަށް ދިއުމުގެ ބަދަލުގައި ދިޔައީ ލައިބްރެރީއަށެވެ. މިއަދު މަގުތައްވެސް އާދަޔާއި ހިލާފަށް ފަޅެވެ. އެކަމާއި ހެދި ޔޫރާގެ ހިތް ކުޑަކޮށް ބިރުގަތެވެ. އެހެން ނޫނީ ދުއްވާ އެއްޗެހިން ތޮށްޖެހިފައިވާ މަގުތަކުން މިރޭ ފެންނަނީ އެއްމެ ދެތިން ސައިކަލެކެވެ.

މާބޮޑު ކަމަކަށް ނަހަދާ ޔޫރާ ގޮސް ލައިބް ރެރީއަށް ވަނެވެ. އާދައިގެ މަތިން އޭނާ ގޮސް އިށީންނަށް މޭޒުގައި ގޮސް އިށީންދެލިއެވެ. އަދި ފޮތްތަށް ނަގައި ފިލާވަޅު ހެދުމަށް ތައްޔާރު ވެލިއެވެ.

އަޝްވާން ވެސް އައިސް ވަދެލި ލައިބްރެރީ އަށެވެ. އޭނާ އެތަނަށް އެއައީ އެއްމެ ބޭނުމަކު އެވެ. އާއެކެވެ. ޔޫރާ ހޯދާށެވެ. މާގިނައިރަކު ހޯދާކަށް ނުޖެހުނެވެ. އާމުކޮށް ޔޫރާ އިންނަ މޭޒުކައިރީގައި ޔޫރާ އިށީންދެލައިގެން އިނެވެ. އަޝްވާން މިފަހަރު ނުކުތީ ބޭރަށެވެ. އޭނާ ގޮސް ކައިރި ފިހާރެއަކުން ކުޑަ އައިސް ކްރީމް ތައްޓެއް ހިފައިގެން އައިސް އަނެއްކާ ވެސް ޔޫރާ ކާރިއަށް ދިޔައެވެ. މިފަހަރު އޭނާ ގޮސް ޔޫރާ ކުރިމަތީ އިށީނެވެ.

ޔޫރާ އިސްއުފުލާ ބަލާލީރު އަޝްވާން ފެނުމުން ދެބުމަ ކައިރިވިއެވެ. ރުޅި ވެރިނަޒަރަކުން ބަލާލާފައި އޭނާ ގަލަން ބޭއްވިއެވެ.

“ކިހިނެއްވީ މިހާރު..؟” ޔޫރާ އަހާލީ ހަރުކަށި ރާގަކަށެވެ.

“އަހަރެން މިއައީ ސޮރީ ބުނަން..” އަޝްވާންގެ މި ޖުމްލަ އާއި އެއްކޮށް ޔޫރާގެ މޫނުމަތި ހަމައަކަށް އެޅުނެވެ. ކައިރިވެފައިވާ ދެބުމަ ލަސްލަހުން ދުރުވެލިއެވެ.

“އެކަމު ކަލެޔެއްނު ބުނީ މަ ލައްވާ ސޮރީ ނުބުނެ ނޫނީ ދުލެއް ނުކުރާނަމޭ..” ޔޫރާ ޖެއްސުމަށް ބުނެލިއެވެ.

“ހޫމް މަ ބުނީމޭ ތިހެން.. އެކަމު ދެން ތިކަމާ މީހަކާ ވާހަކަދައްކާލީމަ އެމީހާ ބުނީ މަށޭ ސޮރީ ބުނަންވީ..” އަޝްވާން ހިނިތުން ވެލިއެވެ. ހިނިތުން ވެލީރު އޭނާގެ ބްލީޗް ފަދަ ހުދު ދައްތަށް ފެނިލިއެވެ. ވަރަށް ވެސް ހިތްގައިމެވެ.

“އަޝްވާން..” އަޝްވާން އޭނާގެ އަތް ސަލާމް ކޮށްލަން ދިއްކޮށްލަމުން ބުނެލިއެވެ. ޔޫރާ އެއަތުގައި ހިފާލިއެވެ.

“ޔޫރާ..” ޔޫރާ ވެސް ހިނިތުންވުމެއް ރައްދު ކޮށްލިއެވެ.

“މިއޮތީ އައިސް ކްރީމް އެއްވެސް..” އަޝްވާން ކޮތަޅު ތެރެއިން އޭނާ ގެނަ އައިސްކްރީމް ނެގިއެވެ. ޔޫރާ އިނި ގަބޫލު ނުކުރެވިފައެވެ. މިއީ ހަމަ ކުރިންރޭ އޭނާ އަށް ދިމާވި އަޝްވާން ހެއްޔެވެ؟.

“މީގަ ހިފާނީތަ ނޫނީ އަހަރެން މީތި ގެންދަން ވީތަ..؟” ޔޫރާ ބަލަހައްޓައިގެން ހުރުމުން އަޝްވާން އަހާލިއެވެ. ޔޫރާ އަވަހަށް އޭގައި ހިފާ ޝުކުރު އަދާކޮށްލިއެވެ.

އެރޭ ވަރަށް ގިނައިރު ވަންދެން ދެމީހުން ވާހަކަދައްކަން ތިއްބެވެ. ދެމީހުން ދެމީހުންނަށް ތަޢާރަފްވެ ފޯންނަމްބަރު ބަދަލުކޮށް އެކުވެރި ވިއެވެ. އަޝްވާން ބުނިގޮތުން ނަމަ މިއީ އޭނާ އަށް މިހާ ފަސޭހައިން އެކުވެރި އެއް ހޯދުނު ފުރަތަަމަ ފަހަރެވެ. އެކަމާއި ޔޫރާ ވެސް އުފާކުރިއެވެ. ޔޫރާ އާއި އަޝްވާން ވަކިވީ ލައިބްރެރީ އިން ނުކުމެފައެވެ. އަޝްވާން ބުނެފައިވަނީ ގިނައިން މިގޮތަށް ބައްދަލު ކުރަންވާނެ ކަމަށެވެ. އެކުވެރިއެއްގެ ހައިސިއްޔަތުން ޔޫރާ ވެސް އެއްބަސް ވިއެވެ.

އަށްގަނޑި ބައިވީރު ރަޝްނާން ހުރީ ޒަހްރާ މެންގޭ ދޮރު ކުރިމަތީގައެވެ. އޭނާ އިނީ ޓަކިޖަހަން ނުކެރިފައެެވެ. ދެކޮޅަށް ދެކޮޅަށް ހިގާލާ ހިގާލާ އޭނާ ހުރީ ބިރުންނެވެ. އަނެއްކާ ހުޝާމް އޭނާއަށް ދައުވަތު ދިނީ ކީއްވެހެއްޔެވެ؟. އަނެއްކާ އެއުޅެނީ ކޮންވާހަކައެއް ދައްކަން ހެއްޔެވެ؟. ރަޝްނާން ދެކޮޅަށް ދެކޮޅަށް ހިގަނިކޮށް ދޮރުހުޅުވާލި އަޑުއިވުނެވެ. ރަޝްނާން ބަލާލީރު ދޮރުކުރިމަތީ ހުއްޓިލާގެން ހުރީ ޒަހްރާ އެެވެ. އޭނާ އިނީ މަޑު ރީންދޫ ކުލައިގެ ރީތި ހެދުމެއް ލައިގެންނެވެ. އިސްތަށިގަނޑު ވަނީ ހުޅި އަކަށް އައްސާލެވުފައެވެ. ފުރަތަމަ އަކުންނެއް ޒަހްރާ އަކަށް ރަޝްނާން އެއް ނުފެނުނެވެ. އޭނާގެ މޫނުމަތީ ފެންނަން ހުރީ ނުތަނަވަސް ކަމެވެ.

“ޒަހްރާ..” ރަޝްނާން މަޑުމަޑުން ގޮވާލިއެވެ. ޒަހްރާގެ ކަޅި ރަޝްނާން އަށް ހުއްޓުމާއި އެކު އޭނާގެ ތުންފަތްމައްޗަށް ވެރިވީ ހިނިތުންވުމެކެވެ. އޭނާ އެހިނިތުން ވުން ފޮރުވަން ކިތައްމެ މަސަށްކަތެއް ކުރިއަސް އެކަމެއް ކާމިޔާބެއް ނުވިއެވެ.

“ރަޝްނާން ކީއްވެ ތިތާ ތީނީ..؟ ދޮންބެ މިހާރު އޭނީ ރަޝްނާންގެ އިންތިޒާރުގަ..” ޒަހްރާ އައިސް ރަޝްނާން ކައިރީ ހުއްޓިލަމުން ބުނެލިއެވެ.

“އަހަރެންނަކަށް ނުކުރެ ވަންނާކަށް.. ޒަހްރާގެ ދޮންބެ ވަރަށް ރުޅި ގަދަތަ..؟ ކީއްކުރަންށޯ އަސްލު ދޮންބެ ދައުވަތު ދިނީ..؟” ރަޝްނާން ހުރީ ހަމަ ރަގަނޅަށް ވެސް ހާސްވެފައެވެ. އޭނާގެ އަޑާއި ރާގު ހުރިގޮތުން އެކަން އެނގެދެއެވެ.

“ދޮންބެ ވަރަށް ކޫލްވާނެ.. ހަމަޖެހިބަަލަ.. އަހަރެންނަކަށް ވެސް ނޭނގެ ބުނީ ކޮންމެވެސް ވާހަކައެއް ދައްކާ ލާށޭ..” ޒަހްރާ އެހެން ބުނުމުން ރަޝްނާން އަނެއްކާ ވެސް ދެލޯ ބޮޑު ކޮށްލިއެވެ. އަނެއްކާ ކޮންވާހަކައެއް ބާއެވެ؟.

“ރަޝްނާން ދެން ހިގާ އެތެރެއަށް.. ހަމަ ޖެހިބަލަ..” ޒަހްރާ ރަޝްނާން ކައިރީ އެހެން ބުނެފައި ގޭތެރެއަށް ވަނެވެ. ރަޝްނާން ވެސް ބަސް އަހާ ކުޑަކުއްޖެއް ހެން އެތެރެއަށް ވަނެވެ. ބަދިގެޔަށް ވަނީރު ހުޝާމް އިނީ ގޮނޑީގައި އިށީންދެލައިގެންް ފޯން ހިފައިގެންނެވެ. ރަޝްނާން ފެނުމުން އޭނާ ފޯން ބާއްވާފައި އިށާރާތް ކޮށްލީ ކުރިމަތީހުރި ގޮނޑިއަށެވެ. ރަޝްނާން ހިނިތުންވެލާފައި އައިސް ގޮޑީގައި އިށީނެވެ.

“ފުރަތަމަ ހިގާ ދޯކާން.. ފަހުން ދޯ ވާހަކަ ދައްކާނީ..” ހުޝާމް އެހެން ބުނުމުން ޒަހްރާ ޖޫސްތަށިތަށް ކައިރިކޮށްލަދިނެވެ. ހުޝާމް މެން ކާންފެށިއިރު ވެސް ޒަހްރާ އިނީ އެތާ ކޮޅަށެވެ.

“ޒަހްރާ ވެސް ތިހެން ނީންދެ ތައްޓެއް ހިފައިގެން އައިސް އިށީންދެބަލަ..” ހުޝާމް ބުނެލުމުން ޒަހްރާ ބޯޖަހާލާފައި އައިސް އިށީނެވެ. ކެއުމުގެ ތެރެއިން ހުޝާމް އާއި ރަޝްނާން ދެއްކީ އޮފީސް ވާހަކަތަކެވެ. ޒަހްރާ އިނީ ވަރަށް ޝައުގުވެރިވެފައި އަޑުއަހާށެވެ. ކާނިއްމާ ލާފައި ރަޝްނާން އާއި ހުޝާމް ނުކުތި ގޯތިތެރެއަށެވެ. ޒަހްރާ އުޅުނީ ކެއި ތަށިތަށް ދޮވުމުގައެވެ.

“ރަޝްނާން ޒަހްރާ އާ ގަޔާވޭ ދޯ..؟” ހުޝާމް ކޮށްލި ސުވާލުން ރަޝްނާން އަށް ތެޅިގަނެވުނެވެ. ހުޝާމް އޭނާ މިތަނަށް ގެނައީ އޭނާ ކައިރީ ޒަހްރާ އާއި ދުރުން އުޅޭށޭ ބުނުމައްހެއްޔެވެ؟. އިރުކޮޅަކު ހުރެލާފައި ރަޝްނާން ބޯޖަހާލިއެވެ. ނޫނެކޭ ބުންޔަސް އޭނާގެ އަމަލުތަށް ހުންނަ ގޮތުން އޭނާ ޒަހްރާ އަށް ވަރަށް ގަޔާވާކަން ފެންނަ ކޮންމެމީހަކަށް އެނގޭނެއެެވެ.

“ޒަހްރާ ވެސް ރަޝްނާން އަށް ވަރަށް ގަޔާވޭ.. ޒަހްރާގެ ކުރީގެ ލޯބިވެރިޔާ އާއި ވަކިވި ފަހުން އަދި އޭނާ އެހެން މީހަކާއި ދިމާއަށް މިފަދަ ނަޒަރަކުން ބަލާވެސް ނުލާ.. ރަޝްނާން ތީ އެއްމެ ފުރަތަމަ ކުއްޖާ އޭގެ ފަހުން..” ހުޝާމް ރަޝްނާން އާއި ދިމާއަށް ބަލން ހުރެ ބުނެލިއެވެ. ރަޝްނާން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޒަހްރާ ވެސް އޭނާ އާއި ގަޔާވެއެވެ. ރަޝްނާން އުފާވިއެވެ. އެކަމު އޭނާގެ ހިތުގައި ސުވާލު އުފެދުނެެވެެ.

“ޒަހްރާ އާ އޭނާގެ ކުރީގެ ލޯބިވެރިޔާ ވަކިވާން ޖެހުނީ ކީއްވެ..؟” ރަޝްނާން ސުވާލު ކޮށްލިއެވެ.

“އެއީ އެކުއްޖާ ބޭނުންވަނީ ޒަހްރާ ގަޔަށް އަތްލާން.. މިހެން ބުނީމަ ދެން އެނގޭނެ ކަންނޭނގެ.. އެހެންވެ ޒަހްރާ އެކަމާ ނުރުހޭތީވެ ދެމީހުން މެދުގަ މައްސަލަ އުފެދޭން ފެށީ.. އަދި ވެސް އެސޮރު އުޅޭ ޒަހްރާ ފަހަތުން.. ކޮންމެ ހަފްތާ އަކު ސިޓީ ވެސް ފޮނުވާނެ..” ހުޝާމް އެއްވެސް ފޮރުވުމަކާއި ނުލާ ކިޔާދިނެވެ. މިކަމުންވެސް ހުޝާމް ރަޝްނާން އަށް ކުރާ އިތުބާރު އެނގެދެއެވެ.

“އަހަރެންނަށް އެނގޭ ރަޝްނާން ތީ އެކަހަލަ ކުއްޖެއް ނޫންކަން.. އަހަރެން ބުނަން ބޭނުމީ ދެމީހުން އަވަހަށް ގުޅޭށޭ.. އެއީ ރަޝްނާން ވެސް ޒަހްރާ ވެސް މިހާރު ބޭނުންވާނެ ގޮތް..” ހުޝާމް މިހެން ބުނެލުމުން ރަޝްނާން އަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ހުޝާމް އޭނާގެ ކޮޑުގައި މަޑުމަޑުން ޖަހާލާފައި ބޭރަށް ނުކުތީއެވެ. ރަޝްނާން އިނީ ހުރިފިޔަވަޅު މަތީ ގަނޑުވެފައެވެ.

އޭނާ ޒަހްރާ އާއި ގުޅެން ބޭނުމެވެ. އެކަމު އެވާހަކަ ބުނާނީ ކިހިނެއް ހެއްޔެވެ؟. އޭނާ އަކީ ބޮޑުފިޑިއެކެެވެ. އަމުދުން މިކަހަލަ ކަމެއްގަ އެވެ. ރަޝްނާން އިސްތަށިގަނޑު ތެރެއިން އަތް ހިންގާލިއެެެވެ. ހުޝާމް އޭނާ އަށް ވަރަށް އިތުބާރު އެބަ ކުރެއެވެ. އާއެކެވެ. އޭނާވީ އަވަހަށް ޒަހްރާ އާއި ގުޅޭށެވެ. އޭނާގެ ހިތް އެދިގޮވަނީ އެހެނެވެ.

ވިސްނުމަށް ގެއްލިފައި އިން ރަޝްނާން ފެނި ޒަހްރާ އައިސް ގޮވާލިއެވެ. ރަޝްނާން ސިހިފައި ބަލާލިއެވެ. އޭރު ކައިރީގައި ޒަހްރާ ހުރީ ހީލާގެންނެވެ. ރަޝްނާން އަށް ވެސް ހިނިތުން ވެލެވުނެވެ.

“ހިގާބަ ހިގާލަން ދާން ބީޗް އަށް..” ރަޝްނާން އެހެން ބުނެލުމުން ޒަހްރާ ބޯޖަހާލިއެވެ. ހަމަހިމޭންކަންމަތީގައި ގޮސް ބީޗް އަށް ފެއިބިއްޖެއެވެ. ރަޝްނާން އިނީ ހިޔާލަކަށް ގެއްލިފައެވެ. އެކަން ޒަހްރާ އަށް އެނގެއެެވެ. ނަމަވެސް ސުވާލެއް ނުކުރެއެވެ.

“ދޮންބެ ކީކޭ ބުނީ..؟” އެއްމެފަހުން ޒަހްރާ އަހާލިއެވެ. ރަޝްނާން ސިހިފައި ބަލާލިއެެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނެ އެެވެ.

“ޒަހްރާގެ ލޯބިވެރިޔާ ދޯ ކުރިން ރޭ ތިގެޔަށް އައީ..؟” ރަޝްނާން ވެސް ކޮށްލީ ސުވާލެކެެވެ. ހިގުން މަޑުޖައްސާލާފައި ޒަހްރާ ބަލާލިއެވެ.

“އެއީ އަހަރެންގެ ލޯބިވެރިޔާ އެއްނޫން..” ޒަހްރާ މަޑުމަޑުން ބުނެލިއެވެ.

“މިބުނީ ކުރީގެ ލޯބިވެރިޔާއޭ..” ރަޝްނާން އަމިއްލަ ބޮލުގައި ޖަހާލާފައި ރަގަނޅު ކޮށްލިއެވެ. ޒަހްރާ ހޫމް އަޅުވާލީއެވެ.

އެރޭ ހޭދަވީ ދެމީހުން ވެސް ކުރީގެ ހަދާންތަަށް އާކޮށް ދެމީހުންގެ މާޒީ ކިޔާދެމުންނެވެ. އުފާވެރި ވަގުތުކޮޅެއް އެކުގައި ހޭދަކޮށްފައި ރަޝްނާން ދިޔައީ ޒަހްރާ ގެޔަށް ލައިދިނުމަށެވެ. ޒަހްރާ ގެޔަށް ލައިފައި އޭނާ ސައިކަލުގައި އޭނާގެ ގެޔާއި ދިމާއަށް މިސްރާބު ޖެހިއެވެ. ސަައިކަލު ދުއްވަމުން ދިޔައިރު ރަޝްނާން ވިސްނަމުން ދިޔައީ ޒަހްރާ އަށް އޭނާގެ ލޯބި ހުށައަޅާދޭނެ ގޮތަކާއި މެދުއެވެ. އެއްމެފަހުން އޭނާގެ ސިކުނޑިއަށް ހިޔާލެއް ލިބުނެެވެ.

ގެޔަށް އައިގޮތަށް ފޮތަކާއި ގަލަމެއް ހިފައިގެން އޭނާ އިށީނީ މޭޒުދޮށުގައެވެ. އޭރު ޔޫރާ އިނީ ޓީވީ ކައިރީ ޓީވީ ބަލަށެވެ. ރަޝްނާން ލިޔަނީ ކޯއްޗެއްތޯ ބަލާލަން ޔޫރާ ބޭނުންވި އެވެ. އެކަމު އޭނާ އެއް ނާހައެވެ. ގާތްގަޑަކަށް ބައިގަޑީރަށް ފަހު ރަޝްނާން ގަލަން ބޭއްވިއެވެ. އަދި އެގަނޑުކޮޅު ކިޔާލި އެެވެ. ހިނިތުންވެލާފައި ހިތްފުރޭވަރު ވުމުން އޭނާ އެނގަޑު ކޮޅު ފަތްޖަހާލިއެެވެ. މާދަމާ ކެފޭ އަށް ގޮށްސައި ޒަހްރާ އަށް މިގަނޑު ކޮޅު ހަވާލު ކުރުމަށް ނިއްމައިގެން ހުރެމެ އޭނާ ވަނީ ކޮޓަރިއަށެވެ.

*ނުނިމޭ*

ނޯޓް: މިވާހަކައިގެ ކުރިން ޕާރޓް ގައި ކިޔުންތެރިންގެ ފަރާތުން ލިބުނު އެހީއަށް އަޅުގަނޑު ފައްފަޝުން ޝުކުރު އަދާކުރަމެވެ. ކޮމެންޓް ކޮށްފައިވާ ހުރިހާ ކުދިން ވެސް ބުނެފައިވާ ނަންތަށް އަޅުގަނޑު ދެން އަންނަ ވާހަކައެއްގައި ބޭނުން ކޮށްލާނަމެވެ. ބައެއް ނަންތަށް އަޅުގަނޑު މިހާރު ލިޔަމުންދާ ތިން ވާހަކައިގައިވެސް، އެހެނީ “މުޅި ހިތް ބޭޤަރާރު ވެއްޖޭ”، “އެކުގައިވާނަން” އަަދި “ތިޔައީ ހަނދޭ” މިވާހަކަތަކުގައި ބޭނުން ކުރާނަމެވެ. ކިޔުންތެރިން ތިވެދިން އެހީތެރިކަމަށް އަޅުގަނޑު ހިތުގެ އެއްމެ ފުންމިނުން ޝުކުރު އަދާކުރަމެވެ.

ޝުކުރިއްޔާ!!

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

އަބަދުވޭ ހިތުގާ މަގޭ 2 (22)

Next

ހިތް އެދޭހާ ކަމެއް (31 ވަނަބައި)

Next
February 2, 2026

ހިތް އެދޭހާ ކަމެއް (31 ވަނަބައި)

Previews
February 2, 2026

އަބަދުވޭ ހިތުގާ މަގޭ 2 (22)

8 Comments!

  1. Alaika_22 says:
    February 2, 2026 at 10:08 pm

    Mi part ves Vrh Reethi MA!!!!
    Rashnaan ah Zahra hama best…. 😄
    Yoora and ashvaan emme Fahun friend v dhw 😂
    Ashvaan akahnu jehuny hama sorry Bunan 😅😅
    By the way I am first 😆
    Curiously waiting for next part…
    Whn nxt?????
    Lysm and Tc my dear

    1. _MuXo_ _MuXo_ says:
      February 3, 2026 at 8:08 pm

      Thank you! 🥰
      Zahra and Rash v gulhey dhw!
      Yeah, know they are friends! 🤗
      Ashwaan ah igunee eyy aslu kuhveriyakee eyna kan! 😂
      Yes you first! 😊
      Next liyeveynee muxo rashah gohssa! Mivaguthu muxo meenee male’ ga!
      Love you too! 😘
      You also take care my dear Alaika_22! 😄

  2. Shaba_73 says:
    February 3, 2026 at 1:21 pm

    This part is on fire MA! 🔥
    You are welcome gurll 🤗
    Rashnaan and xahra so cute wauuu 💗
    Rashnaan thi Avahah propose kurey. 😄
    Ashvaan ah dhw jehuny sry bunan lol 😂
    Yooraa and Ashvaan ves Vrh gulhey..
    Yoora don’t deserve Arfaaan. She deserves Ashvaan ☺️
    Curiously waiting for the next part when’s??
    Lyyy and Tc gurll ❣️

  3. _MuXo_ _MuXo_ says:
    February 3, 2026 at 8:11 pm

    Hehe, Thank you Shaba_73!! 🤗💙
    Rashnaan eulhenee adhi eyan loabi vaa vhk bunanaa kannu! 🤭
    Dhw, yoora and Ashwaan gulheyy dhw!! 😀
    I agree with that! 💜
    Next part nerevey nee sunday ge fahun! So sorry for the dely love! 😭
    Mi vaguthu moxo meenee male’ ga! 😭😭
    Love more, you also take care!!! 🥰💜💙

  4. Shaba_73 says:
    February 3, 2026 at 8:47 pm

    It’s ok gurll I understand 💙

    1. _MuXo_ says:
      February 3, 2026 at 10:25 pm

      Awwn!! Thank you for understand! 🤗🥰💙💜

    2. Itx _me says:
      February 4, 2026 at 6:45 pm

      Why Muxo male ga? Health care ah tha nooney holdiay spend kurann?

  5. _MuXo_ says:
    February 4, 2026 at 9:03 pm

    Its not holiday darling! 😊
    Health kameh ga! Muxo ge ainu hadhan vegen! My eyesite is getting weak day by day! That’s why! 🥰

Comments are closed.

Next Episodeތިޔައީ ހަނދޭ-11←


All Right Reserved!