Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަބިރުވެރިއުފެއްދުންތެރި ލިޔުންއެހެނިހެންދީނީލޯބި

ރީމާލް… ހަތްވަނަބައި (ބުނެދޭން ދަތިވި އެ ވޭނީ ހުވަފެން)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
January 29, 2026 6 Mins Read
3 Comments

ދުނިޔެއަށް ފުރަތަމަ ނޭވާ ލާއިރުވެސް ބައެއް އަންހެނުންނަށް އެފަދަ ޖީންސްތައް ލިބިފައި ހުރެއެވެ. ކައިވެނި ނުކުރިޔަސް އެކުދިންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާނެއެވެ.

ފުރަން ކާރަށް އެރިއިރުވެސް ފާރީސްގެ ހަބަރެއް  ނުވިއެވެ. ގުޅާވެސް ލީކީ ނޫނެވެ. އާނޫ މުޅިން ނާއުންމީދު ވެއްޖެއެވެ. ފާރީސްއަށް އޭނާ ދޭން ނިންމި މީ ފަހު ފުރުސަތެވެ. ކުޑަ މިނުން އޭނާ ލޯބިވާނަމަ ދެކިލަން އައިހެވެ. ހާލު ބެލީހެވެ.  ފުރުމުގެ ކުރިން ފާރީސް އަތުވެދާނެބާއެވެ؟ އިތުރު ފުރުސަތެއް އާނޫ ފާރިސްއަށް ދީފާނެ ބާއެވެ؟  އެކައިވެނިވެސް އެހެންވެއްޖެއްޔާ ނިމޭނީތާއެވެ؟
*******************************
އެއަރޕޯޓް ގައި ތިބެލާފައި ރީމާލްމެންވެސް ގޮއްސިއެވެ. އާނޫމެން އެތެރެއަށް ވަނުމުންނެވެ. އޭރުވެސް އެ ފާރީސްގެ ހިލަމެއްނުވެއެވެ. ކުޑަމިނުން ނާދެވެންޔާ ގުޅާލާފައި ބުނެލިޔަސް ކުށްވެރިއެއް ނުވާނެތާއެވެ.

“ދަރިފުޅާ ބޯޓަށް އަރަން އެންގީއެ ދެން ހިނގާ ދާން ތި ފާރިސެއް ނައެއްނު” ވަރަށް ލޯބިން އާނޫގެ ބައްޕަ ބުނެލިއެވެ. އާނޫގެ ދެލޮލުން އޭރުވެސް މުތީތައް ތިކިޖަހަމުންދިޔައެވެ. ފުރަން ވިއިރު ބޯޓަށް އެރުނީ އެވެރިންނަށް ހަމަކިރިޔާއެވެ.

ކައިރި ކައިރީން ގޮޑި ހުރީ ލިބިފައެވެ. ރުހައިސް ކައިރިން ލިބުނީ އެއްފަޅި އާނޫއަށެވެ. އަނެއްފަޅި ދޮންބެދައްތައަށެވެ. ކަނާއަތް ފަޅިން އާނޫއަށް ލިބުނީ ބައްޕައެވެ.

ބޯޓު ރަންވޭމަތިން  ބާރު ބާރަށް އުދުހިގަތަތެވެ. ކުޑަދޮރުން ކުޑަކޮން ބޭރު ބަލާލާއިރު އާނޫއަށް ފެނުނެވެ.  ހުދުކަންގަދަ ވިލާތަކެވެ. “ކަފަ ބޮޅުތަކެއް” ފަދައިން ކޮޅުކިޅަށް  ދުވަމުން ދިޔައެވެ. އެ މަންޒަރުން އެހިތަށް ތަސައްލީއެއް ގެނުވިފަދައެވެ.

ރާއްޖޭގެ ކުޑަ އެއަރޕޯޓުން ބޯޓު ނައްޓާލިއިރު ކުދި ބޮޮޅުތަކެއް ފަދައިން ރަށްތަށް ގުޅުވާލިއެވެ. ކުޑަ ސިކުންތުކޮޅަކަށް ފަދައެވެ. އެރީތި ތަސްވީރު ވިލާ ގަނޑުތެރެއިން އުސްފަރުބަދަތަކަށް ގެއްލިގެން ދިޔައެވެ. އިރުގެ އަލި މުޅި ކައުނަށް  އެޅިފައިވިއެވެ. ވަކި ބައްރެއް ނެތި ރަން އަލިން ދުނިޔެ ރޯސަން ކުރަމުންދިޔައެވެ.

ހިނިތުންވެ އާނޫއަށް އިނދެވުނީ ދެތިން ސިކުންތަށެވެ. އެހިތް ނުތަނަވަސްކަމުގެ ރަގަބީލު އަޅާލިއެވެ. މުޅި މީހާ އޮތްދާ ހިތްލަން ފެށިއެވެ. ދެފައި އަކުނިވަޔަށް ދަމައިގަތް ގޮތަށް ދެލޯ މެރުނެވެ. އިސާހިތަކު ނިދީގެ ފުން ކަނޑެއްގެ ތެރެއަށް އޭނާ އަރަގުވިއެވެ.

ވާއެއް ނުވާއެއް ނޭނގި އާނޫ ބޯ ގޮސް ޖެހުނީ ރުހައިސްގެ ކޮޑު މަތީއެވެ. ފޮތަށް ގެއްލި ހުސްވެފައި އިން ރުހަިއސްއަށް އެކަން ރޭކައެއް ނުލިއެވެ.  އެއަށް ވުރެ ބޮޑަށް އޭނާ އިނީ އެފޮތުގެ ތެރެއަށް ގެއްލި ހުސްވެފައެވެ. އާނޫގެ ބަލި ހާލަތަށް ނަޒަރު ހިންގާލިޔަސް ފެއަތް ޖައްސާލާކަށް އޭނައަށް ނުކެރޭނެ އެވެ.

ނިދިފައި އޮތް އާނޫއަށް  ފެންނަމުން ދިޔައީ ބިރުވެރިކަމުގެ ހާއްޔެކެވެ.  ގަސް ބޯ ހަނަފަސް ޖަންގައްޔެކެވެ. އޭނާގެ ހިތް އޭނާއަށް މަލާމާތްކުރަން ފެށިއެވެ. އެ ނަމާން އަނދިރި ގަނޑުތެރޭ ރޮއްވާލި އެވެ. އެހެން ރޯން ހުއްޓާ ދުރު ހިސާބަކުން ލަވައެއްގެ އަޑު ކަންފަތުގައި ޖެހެން ފެށިއެވެ. އަޑު އަންނަމުން ދިޔަ ދިމާލަށް އާނޫ ދުއްވައިގަތެވެ. ކައިރިވެވެމުން ދިޔަ ވަރަކަށް އަޑު ގަދަވަމުން ދިޔައެވެ. އެއީ ފިރިހެނެއްގެ އަޑެވެ. ފިރިހެންވަންތަ އަޑެކެވެ. އިވި ދެކެފަރިތަ މީހެއްގެ އަޑާއި ގާތްގޮތެއް ހުއްޓެވެ. އަޅާ ލެވުނު ހިމަގޯޅިއަކޮން ސާފުކޮން އިވެންފެށިއެވެ.

“ލޯބީގެ މޫސުން

ވަކިވީމަ މޫސުން

ހަނދާ ތަރިތަކާއި އެ އުޑާ

ހަނދާ ތަރިތަކާއި އެ އުޑާ”             އެ  އަސަރީ ބައިތުތަށް އެ ސިކުނޑި ފޫއަޅުވާލި ކަހަލައެވެ. އެ ހުވަފެން ކަންވަމުން އަންނަގޮތް އިއްވާލިއެވެ.

“ނިވާވީ ބަހާރުން

ހަރީފީގެ އާރުން

ހިތަށް ދިން އެ ސިގްނަލް

ހިތަށް ދިން އެ ސިގްނަލް”

ހަމަ ކުއްލިއަކަށެވެ. އާނޫގެ ކުރިމަތީގައި އޮތް ބަގީޗާގެ މާތައް މިލާ މޯޅިވިއެވެ. އޭ މާތަކުގެ ފިޔަތަކުން ރަތްކުލައިގެ ލޭ އޮހެން ފެށިއެވެ.

“ހަޔާތީގެ ފަރިވުން

ހަޔާތުގެ މިނިވުމުން

ލިބުނު ވޭން މި ކެންސަރު

ލިބުނު ވޭން މި ކެންސަރު”

ދެން އިވިގެން ދިޔަބަސްތަށް މާ ވޭނީ އެވެ. މުޅި ހަށިގަނޑުގައި ބާރުގަދަ ރިހުމެއް އުފެދިގެން ދިޔަކަހަލައެވެ.

އޭނާއަށް ޖެހިގެން އުޅޭ ފާރުވާ ނުވާ ކެންސަރުގެ ތިކިތަށް ބަރިޖަހާލިއެވެ. ރަހިމުގެ ސެލްތަށް ދެގުނަވިކަހަލައެވެ. ބަލީގެ ރާޅުތަށް ހުވަފުނުގައި އައިސް އާނޫ ގައިދުކޮށްލިއެވެ.

“ފިލާހޭ އެތަދުވުން

ފިލައިގެން ހަނދާނުން

ޗަމަން އޮހި އެ ލޭގައި

ޗަމަން އޮހި އެ ލޭގައި”

ލަވަކިޔަމުން ދިޔައީ އިސްކޮޅުން ދިގު ޒުވާނެކެވެ. ގޮޅި ޖެހި އެންމެ މިޒަމާނީ ގަމީހެވެ. ކަޅު ކުލައިގެ އޮފީސް ފަޓުލޫނެވެ. ހެޔޮވަރު ވަރަކަށް ކޮށާފައި ހުރި ފަން އިސްތަށިކޮޅެވެ. ހަން އޮމާން ދޮން އަތްތިލައެވެ. ލޫޅާފަތި ކަސްރަތީ ހަށިގަނޑެކެވެ. ކުރިމައްޗެއް ނުފެނެއެވެ. އެމީހާ ހުރީ ފުރަގަހަށް އެނބުރި އެވެ. ފަހަތަށް ބަލާލާނެނަމައެވެ. އޭނާއަށް ހިތާ ހިތާ ކިޔާލެވުނެވެ.

“ނަސަބު ދިރިވުމުން

ހަސަބު އޮޅިވެވުން

ކަރަމް ރޫހުގައި ދިޔައީ

ކަރަމް ރޫހުގައި ދިޔައީ”

އާއިލާއިން ވާރުތަވެގެން އައި މިބަލި އޭނާގެ ރޫހް ދަމައިގަތެވެ. އުންމީދާއި ޖޯސު ވީރާނާ ކޮށްލިއެވެ. އުފާވެރިކަން ނަށްތާލިއެވެ.

“އުފާވެރި ކަމުން

އުފާ ގެއްލިގެން

މި ކަރުނައިގެން ވާދީއަށް

މި ކަރުނައިގެން ވާދީއަށް”

ފަހު ބާބޫ ކިޔާލަމުން އެމީހަކު ފަހަތަށް އެނބުރިލިއެވެ. ހެވިފައި ހުރެ ލަވަ އެނިންމާލީ ފާރިސްއެވެ. އާނޫ އެންމެ ލޯބިވާ ފާރީއެވެ. ލޮލުން ފައިބަން ތައްޔާރުވި ކަރުނަތަކާއެކު އާނޫ ފަހަތަށް އެނބުރިލިއެވެ. އަވަސްކޮން ފުރަގަހުގައި ހުރި ގަސްބޮޑީގެ ތެރެއަށް ދެމިގަތެވެ. ފާރީސްއަށް އޭނާ ފެނުނަ ނުދޭށެވެ. އެހެން ހުރެލާފައި ފަތްތަށް ކަހާލަމުން އާނޫ ބަލާލިއެވެ. ބަލާލި ހެންނެއް ހިއެއްނުވެއެވެ. މޫނު އަތްއަޅަމުން ފަހަތަށް ޖެހިއްޖެއެވެ. އަންހެން ކުއްޖެއްގެ ގައިގައި ފާރީސް ބައްދަލަނީއެވެ. ތުންފަތުގައި އިނގިލި ޖައްސާލަނީއެވެ. ނުވިތާކަށް ބޮސްދިނީއެވެ. މި ވަރުން ދެން ކެތް ކުރާނީ ކިހިނެއް ހެއްޔެވެ؟

ހޮނު ގުގުރިއެއް ޖެހިހެން އާނޫ ހަޅާތް ލަވައިގަތެވެ. ދެލޯ ހުޅުވައި ރަނގަޅަށް އޭނާ ބަލާލިއެވެ. އޮވެވުނީ ރުހައިސްގެ ކޮޑު މަތީގައި ކަން އެނގުމުން ލަދުގަންނަށް ގޮތް ވިއެވެ. މަންމައާއި ބައްޕަވެސް ތިބީ މުޅިން އާނޫއަށް ގެއްލި ހުސްވެފައެވެ. އެކި ގޮޑި ތަކުގައި ތިބި މީހުން މިދިމާލަށް ބަލަމުންދިޔައެވެ.

ކޮޗިންގެ ރަންވޭގައި އޭރު ބޯޓު ޖައްސަނީއެވެ. ހާފުރިލަމުން ފެންފޮދެއް އާނޫ ބޯލިއެވެ.

“ދަރިފުޅާ ފައިބަން ވީއޭ” އާނޫގެ އަތުގައި ބައްޕަ ފިރުމާލިއެވެ. މާލޭގެ ހަގުނަ ބޮޑު އެއަރޕޯޓެކެވެ. އާނޫ ދިޔައީ އާސޯހުވެގެންނެވެ. ބޭރު ޤައުމަކަށް އޭނާއަށް އާދެވުނު މީ ފުރަތަަމަ ފަހަރެވެ.  ފޮޓޯއިން ފެނުނަސް ހަމަލޮކަށް ފެނުން ހުދު އާނޫ  “سبحنﷲ ” ކިޔާލިއެވެ.

ކޮޗިންގެ ހަލަބޮލި މަގުތަކުން ލާފައި ކާރުގޮސް މަޑުކޮށްލިއެވެ. ހައިބަ ބޮޑު އިމާރާތެއްގެ ކުރިމައްޗަށެވެ. ވިހި ބުރީއަށް ނަގާފައި ހުރި އެތަނުގެ ސޯޅަވަނަ ބުރިއަށް ރުހައިސް އެރިއެވެ. އެޕާޓްމަންޓެއް ލިބުނީ އެބައިން ކަމަށް ވާތީއެވެ. ތިން ކޮޓަރީގެ  ހިތްފަސޭހަ ތަނެކެވެ. ކައްކާއި ކާން ވަކި ބައެއް ވިއެވެ. ސިޓިންރޫމާއި އެއްޗެހި ދޮންނަށް ބައެވެ. ބެލްކަންޔެވެ. ކުޑަ ވަރެއްގެ ގެއެކެވެ. ގެއަކުން ލިބޭނެ ހުރިހާ ހިދުމަތެއް މިތަނުގައި ފުރިހަމައެވެ. ކޮޓަރިތަށް ޖާގަ ތަނަވަސްވެފައި ރީއްޗެކެވެ. މަޑު އަރާމު އެނދެއެވެ. ދިގު އަލަމާރި އެވެ. ކުޑަ ކަބަނޑެވެ. މެދު ސައިޒު ރީތިވާ މޭޒެވެ. ސާފު ފާޚާނާއެވެ. ފެންވެރުމަށް ހޫނު ފެނާއި ފިނިފެން ހުއްޓެވެ. ސައިބޯންޔާއި ސެންޕޫވެސް ހުއްޓެވެ. ގައި ހިއްކާނެ ތުވައްޔާއި މޫނު ފުހުނޭތެ ތުވާލިވެސް މެއެވެ. ހެދުންއަޅައި އަލަމާރީގައި ކޮޑުތަށް ހުރީ އަތްބަރުއަކަށް ޖަހާލާފައެވެ. ފިނިބުއިންތަށް އައިސް އަލަމާރީގައި ހުރީ ނުހަނު ފިނިކޮށެވެ. މެހެމާނުންނަށް އެތަން އޮތީ އެހާ ތައްޔާރުގައެވެ. ކޮންމެ އެނދެއްގެ މަތީގައި “މަރުޚަބާ” ޖަހާލާފައި ވި ގޮތްވެސް ތާއެވެ. ހާދަހާވާ ހުނަރުވެރިއެވެ.

އެނދުގައި އިށީނދެލެވުމާއެކު އާނޫ ބޭނުންވީ ތާޒާވެލާށެވެ. ލިބިފައި ހުރި ވަރުބަލިކަން ފިލުވާލާށެވެ. ހޫނު ފެނުން ފެންވަރާ މީހާއަށް ހަމަޖެހިލެވޭތޯއެވެ. އެފެނުނު ހުވަފެނަކުންވެސް ކެތްވަނީއެއް ނޫނެވެ. ފެން މާގަނޑުން ދަށުގައި ހުރި އިރުވެސް ވިސްނެމުން ދިޔައީ އެކަމާއެވެ. ފާރީސް އާ ލޯބިވެރިއަކާއި ގުޅުނީހެވެ. އެފެނުނީ ހަޤީޤަތެއް ހެއްޔެވެ؟

ހޫނު ފެން ތިކިތަށް އާނޫގެ ހަށިގަނޑުގައި ބީހިލާފާދެއެވެ. އެއިން ކޮންމެ ފަހަރަކު ހީވަނީ ޝޮކެއް ޖެހޭހެންނެވެ. މުޅި ބޯލުތެރޭގައި އެނބުރެމުން ދިޔައީ އެ ލަވައެވެ. ހިތްރިއްވާލި ފާރީސްގެ އެ ކުއްލި ހުށައެޅުމެވެ.

“ލޯބީގެ މޫސުން ވަކިވީމަ މޫސުން…” އާނޫ ވައިއަޑުން ކިޔާލިއެވެ. އޭނާއާއި ފާރީސް ވަކިވެއްޖެއެވެ. ވަކިވެއްޖެއެވެ. މުޅި އުމުރަށެވެ. ޖިސްމާނީ ގޮތަކޮން ނޫނެވެ. އޭނާގެ ހަޔާތުގެ އުފާވެރިކަމާއި “އެ ބަހާރު”ވެސް ގެންގޮސްފައެވެ. ކަރުނައިގެ މުތީތަށް ފެނާ އެކުވެގެން ކޯތާފަތުން ރޯގަކަށް ފޭދެމުން ދިޔައެވެ.

އާނޫގެ ޒަމީރު  ލަވައިގެ އެންމެ އަސަރުފުރިގެންވި ބައިތު އިއްވާލިއެވެ. “ޗަމަން އޮހި އެ ލޭގައި…” މުށިތަށް މަތިން  ފެންތަށް ދެމެދުން އިރު އޭނާއަށް ސިފަވީ ރަތްލެއެވެ. އެ ހަށިގަނޑުން ބޭރުވަމުން އެދާ ލޭތަކެވެ. ކެންސަރުގެ އަނިޔާވެރި ވަކިތަކުން އެޒުވާން ޖިސްމު އެހެރަ ނެތިދަނީއެވެ. ލަވައިން އިވިގެން އެދާ “ކަރުނައިގެ ވާދީ” އަކީ ނެތިދިއުން ބާވައެވެ؟ އަހަރެންގެ ނަސަބުން އާދެ އާއިލާއިން ވާރުތަވި ބައްޔާއެވެ. ފަހެ އަހަރެންގެ ހަޔާތް ތި ބަދަލުކޮށްލީ ހާދަހާވާ އަވަސްމިނެއްގައެވެ. މި ބަލި އަހަންނަށް ޖެހެން މެދުވެރިވި ކޮން ސަބަބަކާއި ހުރެހެއްޔެވެ؟ ކުރެވުނު ކުށަކީ ކޮބައި ހެއްޔެވެ؟

ތުވާލި ގައިގައި އަޅާލަމުން އާނޫ ލޯގަނޑު ކުރިމަތީ ހުއްޓިލިއެވެ. އެއީ ކުރީގެ އާނޫއެއް ނޫނެވެ. ކަރުނައިގެ ސަބަބުން ދޮޅަވެ ވަޅުވެފައި ހުރި ދެލޮލެވެ. ނޫފައިގެންފައި ހުރި ތުންފަތެވެ. އޭނާ ހީވަނީ ހިކިއަނަރޫފަވެފައި ހުރި ކަށިގަނޑެއް ފަދައިންވެ. މޫނުމަތިން ކުރިން އެފެންނަށް އުޖާލާކަމެއް މިހާރަކު ނެތެވެ. ފެންނަމުންދިޔައީ ވަރުދެރަކަމާއި އިންތިހާ ވަރުބަލިކަމެވެ.

އެލަވައިން ދިން ” ސިގުނަލް” އެހެން ހުރި ހަނދާންވިއެވެ. ނުރުހުނުގެ ކުލަވަރުތަށް ހަމަ އެހިނދު އެ މޫނުމައްޗަށް ގެނުވިއެވެ. މިއޮތްހާ ދުވަހު އޭނާއަށް އެހުރެވުނީ ނޭގުމެއްތެރޭއެވެ. ބޮޑު އޮޅުވާލުމެއްގެ ތެރޭއެވެ. އެހިތުން ފާރީސްދިން ޤަދަރާއި ލޯބީގައި ކޮޅުފެން ޖެހީ ހުދު އޭނާއެވެ. އެލޯތްބަށް އެންމެ ބޭނުންވި ވަގުތު ބާކީކޮށްލީ ފާރީސްއެވެ. އެވަރުގެ ޖާހިލަކަށް މިހިތުން ދޭނެ ވަކި ޖާގައެއް ނެތެވެ. އެ ދަލުގައި ދެން ދުވަހަަކުވެސް ޖެހޭކަށް ނެތީމެވެ.

“ފިލާހޭ އެތަދުވުން, ފިލައިގެން ހަނދާނުން…” ވާން އުޅުނު ފިރިމީހާޔަސް ފިރިއަކަށް އަދި ނުވޭތާއެވެ. އެދިން ތަދު ދިރިއުޅުމުން ފިލާގެން ދާނެ ހެއްޔެވެ؟ އަލަތު ލޯތްބަކީ ހާސީލްވުމެއް ނެތް ލޯތްބެކޭ ބުނީ ތެދު ވީމައެވެ. ގިނަ ފަހަރު ކަންތައްތައް ވެގެން އެދަނީ އެހެންނެވެ.

އެންމެ ފަހުބައިތުގައި ބުނަމުން އެދިޔައީ ކީކޭ ބާއެވެ؟ “އުފާވެރި ކަމުން، އުފާ ގެއްލިގެން…” އެބުނެލީ އެހެން އަންހެން ކުއްޖަކާއެކު ފާރީސް އުޅޭ ކަމުގެ  ހުތުރު ވާހަކަހެއްޔެވެ؟ އުފާތަށް އަމިއްލައަތުން އޭނާ ވެއްޔައި މޮޑެލީ ހެއްޔެވެ؟ ނޫނިއްޔާ އާނޫއާއެކު ނޭވާއެއްލާނެ ހިތްވަރެއްވެސް އޭނާގެ ކިބައިގައި ނެތީ ހެއްޔެވެ؟

(ކިޔުންތެރިންގެ ސަމާލުކަމަށް)

މީ އަޅުގަނޑުގެ ކިޔުންތެރިންނަށް ރޭގައި ގެނެސްދޭން ނިންމާފައި ބައެކެވެ. ކަންތަށް ދިމާވިގޮތުން ރޭގައި ގެނެސްދެވޭގޮތް ނުވީއެވެ. އާ ބާބަކާއެކު މިބައްދަލުކޮށްލެވުނީ ހަފްތާއެއް ވަރު ފަހުންނެވެ. ދިގު އިންތިޒާރެއް މި ބަޔަށް ކުރަން ޖެހުނީތީ ނިހާޔަތަށް މާފަށް އެދެމެވެ.

 

ޅެން: މި ކެންސަރު

ލޯބީގެ މޫސުން                  ވަކިވީމަ މޫސުން                  ހަނދާ ތަރިތަކާއި އެ އުޑާ             ހަނދާ ތަރިތަކާއި އެ އުޑާ

ނިވާވީ ބަހާރުން                  ހަރީފީގެ އާރުން                   ހިތަށް ދިން އެ ސިގްނަލް            ހިތަށް ދިން އެ ސިގްނަލް

ހަޔާތީގެ ފަރިވުން                 ހަޔާތުގެ މިނިވުމުން                ލިބުނު ވޭން މި ކެންސަރު             ލިބުނު ވޭން މި ކެންސަރު

ފިލާހޭ އެތަދުވުން               ފިލައިގެން ހަނދާނުން                ޗަމަން އޮހި އެ ލޭގައި               ޗަމަން އޮހި އެ ލޭގައި

ނަސަބު ދިރިވުމުން                  ހަސަބު އޮޅިވެވުން                  ކަރަމް ރޫހުގައި ދިޔައީ               ކަރަމް ރޫހުގައި ދިޔައީ

އުފާވެރި ކަމުން                    އުފާ ގެއްލިގެން                     މި ކަރުނައިގެން ވާދީއަށް               މި ކަރުނައިގެން ވާދީއަށް

މިއީ މިބަޔަށް ބަޔަށް އަޅުގަނޑު ތައްޔާރު ކުރެއްވި ޅެން “މި ކެންސަރު” ގެ މާނައެވެ.

އާނޫގެ އުފާވެރި ލޯބީގެ ދުވަސްތައް ނިމުމަކަށް އައިސްފިއެވެ.  ފާރިސް އޭނާއާ ވަކިވެއްޖެއެވެ. ކުރިން އުފާވެރިކަން ގެނުވި ހަނދާއި ތަރިތަކާއި އުޑަކީ މިހާރު އޭނާގެ އެކަނިވެރިކަމުގެ ހެކިވެރިންނަށް ވީތާއެވެ.

 

މުޅި މާހައުލު ބަދަލުވީއެވެ. “ބަހާރު” (އުފާވެރި މޫސުން) ނިމިގޮސްފިއެވެ. “ހަރީފު” (ފަތްތައް ފައިބާ ހިތްދަތި މޫސުން) އާނޫގެ ހަޔާތަށް ވެރިވެއްޖެއެވެ. އޭނާގެ ހިތަށް ބައްޔާއި ދުރުވުމުގެ “ސިގްނަލް”   ލިބިއްޖެއެވެ. އެ ގަދަފަދަ އިންސާފުން އާނޫގެ މުޅި ދިރިއުޅުން އަނދިރިކޮށްލައިފިއެވެ.

ފަރިވަމުން އައި އާނޫގެ ޒުވާން ހަޔާތެވެ. ކެންސަރުގެ ސަބަބުން ނިމުމަކާ މިއޮތް ގާތްވަނީތާއެވެ. މި ބަލީގެ ސަބަބުން އެ ލިބޭ ޖިސްމާނީ ވޭން ކޮބައި ހެއްޔެވެ؟ އަދި ނަފްސާނީ ވޭން ކިހިނެއް ހެއްޔެވެ؟

 

ބައްޔާއެކު  އެ އަންނަ “ލޭ” އާނޫގެ ހަޔާތުގެ “ޗަމަން” (ބަގީޗާ) ވީރާނާކޮށްލައިފިއެވެ.  މި ތަދާއެވެ. ފާރިސްގެ ހަނދާންތައް ހިތުން ފިލައިގެންދާނެ ބާވައެވެ. އެހިތް އުފެއްދި މީ ސުވާލެއް ނޫން ހެއްޔެވެ؟

 

އާއެކެވެ. މިއީ އާއިލާއިން ވާރުތަވި  ބައްޔެކެވެ. “ނަސަބު” ނުވަތަ ލޭގެ ތެރެއިން އައި މި ބަލި، އާނޫގެ “ހަސަބު” (އަބުރާއި ޝަރަފު) އޮޅުންބޮޅުންކޮށްލައިފި ނޫންތޯއެވެ.  އޭނާގެ ރޫހު ތެދެކެވެ. ބަލިކޮށްލައިފިއެވެ.

 

ލަވައިގެ ނިންމުމަކީ ވަރަށް ހިތްދަތި ނިންމުމެކެވެ. އާދެ! ކުރިން އޮތް ހުރިހާ އުފަލެއް ގެއްލިއްޖެއެވެ. އާނޫގެ ދިރިއުޅުން މިހާރު މިވަނީ “ކަރުނައިގެ ވާދީއެއް” ފަދަ ހިތްދަތި ތަނަކަށް ބަދަލުވެފައެވެ. އޭނާގެ ކުރިމަތީގައި ދެން އޮތީ ހަމައެކަނި ވޭނާއި ކަރުނަފަދައެވެ. ހަމަ ނިމުމެއް ނެތް ވޭނާއި ކަރުނަފަދައެވެ.

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

ހިތް އެދޭހާ ކަމެއް.. (30 ވަނަބައި)

Next

ތި ސޫރަ ނޫން 38

Next
January 30, 2026

ތި ސޫރަ ނޫން 38

Previews
January 29, 2026

ހިތް އެދޭހާ ކަމެއް.. (30 ވަނަބައި)

3 Comments!

  1. Inernu 27 says:
    January 29, 2026 at 8:27 pm

    Hii isnaa… Long time no seen… Eheheheheh How are you

    1. Isnaa says:
      January 30, 2026 at 8:42 am

      I’m fine
      Wbu dear Inernu 27

    2. Alaika_22 says:
      January 30, 2026 at 1:31 pm

      I’m also Gud Alhamdhulilah 😀

Comments are closed.



All Right Reserved!