މުޅި ހިތް ބޭޤަރާރު ވެއްޖޭ-12
“އަދި ދެއްމެއަކު ހޮސްޕިޓަލުން ތިނުކުތީ..” ޖާމިޔާ ބުނެލިއެވެ. ތާރާ ތުން ކޮޅު ހަދާލާފައި ގޯތިތެރެއަށް ނުކުތެވެ. އޭރު 1 އަހަރުގެ އީނާލް އުރާލާގެން ކައިސާން ހުރީ ދޫނި ކޮށި ކައިރީގައެވެ. ސަމާސާ ކުރާށެެވެ. ކައިސާން ހީލާރު ހާދަ ލޯތްބެެވެ. ތާރާ ހިތައް އެރިއެވެ.
*ޕާރޓް-12*
އެހެން ހިތަށް އެރުމުން ތާރާ ދެކޮޅަށް ބޯ ހޫރާލިއެވެ. އަދި އައިސް ކައިސާން މެން ކައިރީ ހުއްޓިލިއެވެ. ތާރާ އީނާލް އާއި ދިމާއަށް އަތް ދިއްކޮށްލުމާއި އެކީ އީނާލް ތާރާ އާއި ދިމާއަށް ވެއްޓިގަތެވެ. ތާރާ ހީލާފައި އީނާލް އާއި ސަމާސާ ކޮށްލިއެވެ.
“ސެހްރިޝް ބުނި ކައިސާން އޭ އަހަރެން ހޮސްޕިޓަލަށް ގެންގޮސްދިނީ..” ތާރާ ދުރުބަލަން ހުރެ ބުނެލިއެވެ. ކައިސާން ހޫމް އަޅުވާލާފައި ތާރާ އާއި އެއްވަރަށް ބޯގުދު ކޮށްލިއެވެ.
“ނޯ ތެންކިއުޒް..؟” ކައިސާން ހިނިތުންވެ ހުރެ އަހާލިއެވެ.
“ހޫމް ހޫމް.. ތެންކިއު..” ތާރާ ބުނެލިއެވެ.
“މަންމަ ބުނީ ކައިގެން ނޫނީ ނުދެވޭނޭ..” އިރުކޮޅަކު ހިމޭނުން ހުރެފައި ތާރާ ބުނެލިއެވެ.
“އަހަރެން ނޫޅެމެއްނު ދާކަށް.. ބައިދިވޭ ޔޯރް މަމް އިޒް ވެރީ ކޫލް..” ކައިސާން ގޭތެރެއަށް ބަލާލަމުން ބުނެލީ ތަންކޮޅެއް މަޑުންނެވެ.
“ޖޭވީތަ..؟” ތާރާ އަހާލިއެވެ.
“އެހެންނެއް ނޫން.. ހަމަ ބުނެލީ.. އީނާލް ބަލާ އެއޮށް ދަނީ ކާޅެއް..” ކައިސާން ތާރާ އަތުން އީނާލް އަތުލިއެެވެ. ތާރާ އާއި ކައިސާން ވެސް އީނާލް ގޮވައިގެން ގޯތިތެރޭގައި ސަކަރާތް ޖަަހަމުން ދިޔައިރު ފެންނަ މީހަކަށް ހީވާނީ އެއީ ކުޑަކުޑަ އާއިލާ އެއް ހެންނެވެ. އެހާ ވެސް ލޯތްބެވެ.
“އެ ކައިސާން އެއީ ވަރަށް ރަގަނޅު ސޮރެއް..” ތައްހާން އައިސް ޖާމިޔާ ކައިރީ ހުއްޓިލަމުން ބުނެލިއެވެ.
“އާން.. އަހަރެމެންގެ ތާރާ އަށް ވަރަށް ގުޅޭ.. ތައްހާން ބުނާނީ ކީކޭ..؟” ޖާމިޔާ ހީލާފައި އަހާލިއެވެ.
“ހަމަ ވަރަށް ގުޅޭ.. އެކަމު ތާރާ އެސޮރާ އެހާ ގަޔާވާ ހެނެއް ހިޔެއްނުވޭ.. ބަލާލާރު ވެސް ހީވަނީ އަދާ ހުލިކޮށްލަން ތައްޔާރަށް ހުންނަހެން..” ތައްހާން ހިނިގަނޑެއް ޖަހާލިއެެވެ.
“ނަފްރަތަކީ ލޯބީގެ ފެށުމޭ ކިޔާ އަޑު އަހަންތަ..؟” ޖާމިޔާ ވެސް ހުނުމުގައި ބައިވެރި ވަމުން އަހާލިއެވެ.
ގޭތެރެއަށް ވަދެގެން އައި އާކިފްގެ ލޮލުގައި އަޅައިގަތީ ސޯފާގައި އިށީން ދެލައިގެން ހުރި އަހްމަދެވެ. އާކިފް ގޮސް އަހްމަދް ކައިރީ އިށީންނުމުން އަހްމަދް ކިޔަން އިން ނޫސްޕޭޕަރު ބޭއްވިއެވެ. އަދި އާކިފް އަށް އިންތިޒާރު ކޮށްލިއެވެ. އާކިފް ކަރުކެހިލާފައި އަހްމަދް އަށް ބަލާލިއެވެ. ހަމައެވަގުތު ރަޝްފާ ވެސް އައިސް އަހްމަދް ކައިރީ އިށީންދެލިއެވެ.
“ބައްޕާ އަޅުގަނޑު ކައިވެންޔަށް އެއްބަސް..” އާކިފް އިސްޖަހާލަމުން ބުނެލިއެވެ. އެހެން ބުނެލުމުން ރަޝްފާ އާއި އަހްމަދްގެ މޫނުމަތި އަލިވިއެެވެ. އާކިފް ކައިވެންޔަށް އެއްބަސް ވުމުން އެމީހުންނަށް ހަމަޖެހުން ލިބުނެވެ.
“ދެން ބައްޕަ ބުނެބަލަ ކާކާތަ އަހަރެންގެ ކައިވެނި ކުރުވަނީ..؟” އާކިފް އަހާލިއެވެ.
“އެއީ ވަކި އާކިފް އާ ދުރުމީހެއް ނޫން.. މަދުން ނަމަވެސް އާކިފް ހުންނާނީ އެކުއްޖަކާ އެކީ ވަގުތު ހޭދަ ކޮށްފަ..” އަހްމަދެއް ސީދާ އެއީ ކާކު ކަމެއް ނުބުނެއެވެ. އާކިފް ވިސްނާލިއެވެ. އަނެއްހެން އޭނާ ޒާޔާ ނޫނީ އެހެން އަންހެން ކުއްޖަކާއި އެކީ ވަގުތު ހޭދައެއްް ނުކުރާނެއެވެ. އަނެއްކާ އެއީ ކާކުބާއެވެ.
“އެއީ ހަމްދާންގެ ދަރިފުޅު..” އަހްމަދް މިހެން ބުނުމުން އާކިފްގެ ދެލޯ ބޮޑުވިއެވެ.
“ސެހްރިޝް..؟” އާކިފް ލަސްލަހުން އަހާލިއެވެ. ރަޝްފާ ބޯޖަހާލިއެވެ. އާކިފް ވިސްނާލިއެވެ. އަނެއްކާ ސެހްރިޝް އަށް މިކަން އެނގޭ ހެއްޔެވެ؟ އެކަމު މިއީ ދެން ހާދަ “ވިއާރޑް” ކަމެކެވެ. އާކިފް ސެހްރިޝް ދެކެނީ އެކުވެރިއެއްގެ ގޮތުގައެވެ. ސެހްރިޝް ވެސް އޭނާ ދެކެނީ ހަމަ އެފަދައިންނެވެ. ކުއްލިއަކަށް ކައިވެނި ކުރެވުމުން ވާނީ ވެސް ކިހިނެއް ހެއްޔެވެ؟
“އެކަމު ބައްޕާ އަަހަރެންމެން ދެމީހުން، ދެމީހުން ދެކެނީ ހަމައެކަނި އެކުވެރިއެއްގެ ގޮތުގަ..” އާކިފް އޮޅުން ފިލުވާދިނެވެ.
“އެކުވެރިން ވެސް ފަހުން ލޯބިވެވޭ..” ރަޝްފާ ލާނެތް ގޮތަކަށް ބުނެލިއެވެ. އާކިފް މޫނަށް ވައްތަރެއް ޖައްސާލާފައި ދިޔައީ ކޮޓަރިއަށެވެ.
ތާރާ މެން ގެއިން އައި ގޮތަށް ރޭގަނޑުވީރު ވެސް ކޮޓަރިން ނުނުކުމެ އޮތް ސެހްރިޝް އޮތީ އެނދުމަތީގައެވެ. އޭނާގެ ސިކުނޑިތެރޭގައި ހިގަމުންދާ ހައިޖާނުގަނޑު މާބޮޑެވެ. ސީލިންގާއި ދިމާއަށް ބަލަހައްޓައިގެން އޮތީރު ސެހްރިޝް އޮތީ ގެއްލިފައެވެ. އޭނާ ވިސްނަމުން ދިޔައީ އޭނާ ކައިވެނި ކޮށްގެން އުޅެން ޖެހޭނެ ހާލާއި މެދުއެވެ. އޭނާގެ ފިރިމީހާ އަށް ވާނީ ކާކު ހެއްޔެވެ؟ އެމީހާ އަކީ ރަގަނޅު މީހަކަށް ވެއްޖެއްޔާ ވެސް އެއްމެ ރަގަނޅެވެ. މީހަކާ އިނދެވިއްޖެއްޔާ ފަހަރެއްގާ ވާސިލްގެ އުނދަގުލުން ވެސް ސަލާމަތް ވެދާނެތާއެވެ.
އެހެން އޮވެފައި ސެހްރިޝް ކޮޓަރިން ނުކުތީ ބަނޑުހައިވެގެން ތުރުތުރު އަޅަން ފެށުމުންނެވެ. ބޭރަށް ނުކުތީރު އެކަކުވެސް ފެންނާކަށް ނެތެވެ. ބަދިގެޔަށް ގޮސް ތެލިތަކުގެ މަތި ހުޅުވާލާފައި ބަލާލީރު މެންދުރަށް ކެއްކި ބިރިޔާނީން އެތިކޮޅެއް ހުއްޓެެވެ. ތައްޓަކަށް އެތިކޮޅެއް އަޅާފައި އޭތި ހޫނު ކޮށްލަން ޖައްސާފައި ސެހްރިޝް ނުކުމެލީ ބޭރަށެވެ. އެބޮޑު ގޭތެރެވަނީ އަނދިރި ކޮށްލާފައެވެ. ގަނޑިން ބާރަ ޖަހާފަައި ވުމުން ހަމްދާން އާއި ވަދީފާ ވެސް ވީކޮޓަރިތަކުގައެވެ. ލަސްހިގުމެއްގައި ސެހްރިޝް ގޮސް އިށީންދެލީ ސޯފާގައެވެ. އިށީންދެ ހަމަޖެހިލި ތަނާހެން އޭނާގެ ފޯން ވައިބްރޭޓް ވާން ފެށިއެެވެ.
“ކިހިނެއްވި..؟” ސެހްރިޝް ފޯން ނަގައި ކަންފަތުގައި ޖައްސާލަމުން އަހާލިއެވެ.
“ކަލޯ އިނގޭތަ.. މަންމަމެން ވަރަށް ލޯބިވޭ އެ ކައިސާން ގަނޑުދެކެ..” ތާރާ ނުރުހުންވެފައިވާ ރާގަކަށް ބުނެލިއެވެ.
“ކިހިނެއްވީ..؟” ސެހްރިޝް ގާތަ ހިނިއައެވެ. ތާރާ އާއި ކައިސާންގެ ކުޅިގަނޑު އޭނާއަށް ވަރަށް މަޖަލެވެ.
“ސައިބޯން އަރާފަ ބައްޕަ ބުނަނީކީ ކައިސާން އަންނަން ވާނޭ މާދަން މެންދުރު މިގެޔަށް ކާން.. ބަލަ ނުވެސް ދަންނަ މީހެކޭ އެއީ..” ތާރާ ކިޔައިދިނެވެ.
“ހެހެ.. ކައިސާން އަށް ވީ ކިހިނެއް..؟” ސެހްރިޝް އަހާލިއެވެ.
“އެގޮލާ ހުރިދަތްތަކެއް ސޭލު އަޅުވާލާފަ އެއްބަސް ވެއްޖެއްނު.. އަދި ނުވާކަަމަށް ހަދާފަ ވިންކް އެއް ވެސް ދިނޭ.. އަދި އީނާލް ވެސް ހީވަނީ ކައިސާން އަކީ މިދުނިޔެއިންވެސް އޭނައަށް ކަމުދާ މީހަހެން.. ފަހުން ފަހުން އައިިސް އަހަރެން ގާތަ ނުވެސް އައޭ.. ވަރަށް ފޫހިވޭ..” ތާރާ ރުޅި ވެރިކަމާއި އެކީ ކިޔައިދިނީ މިއަދު ކައިސާން އޭނާގެ ގެޔަށް ގޮސް ވީކަންތަކެވެ.
“ކުޑަކުދިންނަ ލައިކް ވާނެ ރީތިމީހުން ދެކެ..” ސެހްރިޝް ޖެއްސުމަށް ބުނެލިއެވެ.
“އެގޮލާ ވަރަށް ރީއްޗެއްނު.. ހީވަނީ ފެއިލްޑް ލެބް އެކްސްޕިރެމެންޓް އެއް ހެން..” ތާރާގެ މިޖުމްލަ އާއި އެކީ ސެހްރިޝް އަށް ހީގަނެވުނެވެ.
އެކިމީހުންގެ މަސްކެމުގައި ސެހްރިޝް އާއި ތާރާ އެރޭގެ ވަގުތު ހޭދަކޮށްލިއެވެ.
އޭގެ އަނެއް ދުވަހުގެ ހެނދުނުގެ ވަގުތެވެ. ވަދީފާ އާއި އެކީ ހަމްދާން ވެސް އުޅުނީ ގޯތިތެރޭގައި ގަސް އިންދުމުގައެވެ. ވަދީފާ އަކީ ގަސްއިނދުމަށް ވަރަށް ފޯރި ހުންނަ މީހެއްކަމުން ހަމްދާން ވަރަށް ގިނަ ވައްތަރުގެ ގަސްތަށް ގެނެސް ދެއެވެ. ދެމަފިރިންވެސް ހީހީފައި އުފަލުގައި ގަސް އިނދުމުގައި އުޅެނިކޮށް ސެހްރިޝް އައިސް އެދެމީހުން ކައިރީ ހުއްޓިލިއެވެ.
“ކިހިނެއްވީ ދަރިފުޅާ..؟ ސައިބުއިފިން..؟” ވަދީފާ އަހާލިއެެވެ. ސެހްރިޝް ބޯޖަހާލިއެވެ.
“ބައްޕާ އަޅުގަނޑު މިއައީ ބުނެލަން.. ކައިވެންޔަށް އަޅުގަނޑު އެއްބަހޭ..” ސެހްރިޝް ވަރަށް މަޑުން ބުނެލިއެވެ. ހަމްދާން ވީއުފަލުން އައިސް ސެހްރިޝްގައިގައި ބައްދާލިއެވެ. ބައްޕަ މިހާ އުފަލުން ހުރިތަން ފެނުމުން ސެހްރިޝްގެ ހިތަށް ފިނިކަމެއް ލިބުނެވެ.
“މަންމަ ވަރަށް އުފާވެއްޖެ..” ވަދީފާ ވެސް އިނީ ނިކަން ފުޅާ ހިނިތުންވުމެއް ދީގެނެވެ.
“ބައްޕަ އަށް އެނގޭ ދަރިފުޅު އެއްބަސް ވާނެކަން..” ހަމްދާން ދުރުވެލާފައި ބުނެލިއެވެ.
“ބައްޕަ އެއް ނުބުނަމެއްނު ކާކާކަމެއް ކައިވެނި ކުރުވަން ތިއުޅެނީ..” ސެހްރިޝް ހަދާން ކޮށްދިނެވެ.
“އެއީ އަހްމަދްބެގެ އެއްމެ ކުޑަ ކުއްޖާ.. ކޮންނަމެއްތަ އެސޮރަށް ކިޔަނީ..؟” ވަދީފާ އަކަށް ހަދާނެއް ނުވިއެެވެ.
“އާކިފް..؟” ސެހްރިޝް އަހާލިއެެވެ.
“އާން އާކިފް ދޯ އެސޮރަށް ކިޔަނީ..؟ ބައްޕަ ބުނީމެއްނު އެއީ ދަރިފުޅާ މާދުރު މީހެއް ނޫނޭ..” ހަމްދާން ވެސް ވަދީފާ އާއި އެއްބައިވެލައިގެން ވާހަކަ ދެއްކިއެެވެ.
“އާކިފް އޭ.. އެއީ އަހަރެންގެ އެކުވެރިއެއް.. ދެން މަންމާ..” ސެހްރިޝް ތުން ކޮޅު އޫކޮށްލާފައި އަަހާލިއެވެ.
“ދެން ރަގަނޅު ވާނެ.. ދެކުދިން ކައިވެނިކޮށްގެން އުޅެން ފެށީމަ ރަގަނޅުވެދާނެ..” ވަދީފާ ބުނެލިއެވެ.
ސެހްރިޝް ފާޑަކަށް ހުރެފައި ދިޔައީއެވެ.
އޯޝަން ގޭގެ ގޯތިތެރޭ ހިޔާކޮށްފައި އިން ބޮނޑު އޮދޯލީގައި އޮށޯވެލައިގެން އޮތް ޒާޔާ އިނީ ފޯނުން ޓިކްޓޮކް ބަލާށެވެ. އޭނާގެ މޫނުމަތިން ފެންނަން ހުރީ ހުނިތުންވުމެކެވެ. އާކިފް އާއި ގުޅުން ކެނޑުނު ފަހުން ޒާޔާ ދެރަވެގެން އުޅެފައި ޖައިލަމްގެ ފަރާތުން އާކިފް އެއުޅެނީ ކައިވެނި ކުރަންކަން އެނގުމުން ޒާޔާ އެކަންތަށް ހަދާން ނައްތާލީއެވެ. އޭނާ ކިތައްމެ ވަރަކަށް މަސަށްކަތް ކުރިއަސް އާކިފް ނުލިބޭނެ ކަން އެނގޭތީވެއެވެ.
ޒާޔާ އެހެން އޮށްވައި އިތުރުމީހަކު އައިސް އޮނދޯލީގައި އިށީންކަން އިހްސާސްވިއެވެ. އޭނާ ބޯހިއްލާލައި ބަލާލީރު އެއީ ޖައިލަން އެވެ. އޭނާ އިނީ އަތަށް ބޮޑު މުރުމުރު ޕެކެޓް އެއް ލައިގެންނެވެ. ޒާޔާ އަށް އެޕެކެޓް ފެނުމާއި އެކީ ފުންމައިގެން އިށީނެވެ. ޖައިލަމް އަށް ހިނިތުންވެލެވުނެވެ.
“ތީ އަހަރެންނަށްތަ..؟” ޒާޔާ އަހާލިއެވެ.
“ހޫމް..” ޖައިލަމް އެހެން ބުނެ ޒާޔާ އަށް އޭތި ދިއްކޮށްލިއެވެ. ޒާޔާ ވަގުތުން އޭގައި ހިފިއެވެ. ވަގުތު ބޭކާރު ނޮކޮށް ޒާޔާ އެޕެކެޓް ކަޑައި އެތިކޮޅެއް އަނގައަށް ލިޔެވެ.
“ވަރަށް މީރު.. ކުޅި ވެސް ހަމަ ހެޔޮވަރު.. ތެންކިއު..” ޒާޔާ ޖައިލަމް ގައިގައި އޮޅުލައިގަތެވެ. ޖައިލަމް އަށް ހެވުނެވެ. ކުއްލިއަކަށް ޒާޔާ ޖައިލަމްގެ ގައިން ދޫކޮށްލިއެވެ. އޭނާ ލަދުގަތީއެވެ. އޭނާ އަކީ އަދި މިއޮށްހާ ދުވަހުވެސް އިސްވެ ޖައިލަން ގައިގައި އިނގިލި ކުރިވެސް ޖައްސާލި މީހެއް ނޫނެވެ. ޒާޔާގެ މޫނުމައްޗަށް އެރި ކުލަވަރު ފެނި ޖައިލަމް ގާތަށް އިތުރަށް ހިނިއައެވެ.
“އިޓްސް އޯކޭ..” ޖައިލަމް އެހެން ބުނެލުމުން ޒާޔާ ބަލާލިއެވެ. ޒާޔާ ކަމުން ދިޔައިރު ޖައިލަމް އިނީ ޒާޔާ އަސް ބަލާށެވެ. ޖައިލަމް އެތިކޮޅެއް ބޭނުންވީ ކަމަށް ހީއްކޮށް ޒާޔާ ޖައިލަމްގެ އަނގައާއި އެތިކޮޅެއް ކައިރި ކޮށްލިއެވެ. ޖައިލަމް ހިނިތުންވެލާފައި އަނގަހުޅުވާލުމުން ޒާޔާ އަވަހަށް އޭތި ކޮޅު ކާލިއެވެ. ޖައިލަމް ބަލާލުމުން ޒާޔާ ފެށީ ހޭށެވެ. ދެމީހުން ވެސް ހެމުން ސަކަރާތް ޖަހަމުން ދިޔައިރު ދެމީހުން ވެސް ދެމެދުގައި ކުރީގައި އޮތް ބީރައްޓެހި ކަމާއި ނަފްރަތު ދިޔައީ މަޑުމަޑުން ފޭދެމުންނެވެ.
މިމަންޒަރު ބަލަން ދުރުގައި ހެވިލާގެން ހުރި ޒައިނާ އައީ އެދެކުދިން ކާރިއަށެވެ. ޒައިނާ އައުމުން ޒާޔާ ޕެކެޓް ޒައިނާ އަށް ދިއްކޮށްލިއެވެ.
“މަންމަ ވެސް އތިކޮޅެއް ނަގާ..” ޒާޔާގެ އަނގައިން ބޭރުވި މިޖުމްލަ އާއި އެކީ ޒައިނާގެ ހިތް އުފަލުން ނަށައިގަތެވެ. އެއްހަރު ދުވަސް ފަހުން އޭނާގެ ހުރި ހަމައެކަނި ދަރިފުޅު އޭނާ އާއި ވާހަކަ ދެއްކުމުންނެވެ. ހިތަށް ފިނިކަމެއް ލިބުނެވެ. އުފާވިވަރުން ދެލޮލުން ކަރުނަ ހިލުނެވެ.
“މަންމާ ކީއްވެ ރޮވެނީ..؟” ޖައިލަމް ތެދުވެފައި ޒައިނާގެ އަތުގައި ހިފާލިއެވެ. ޒާޔާ އިނީ ވާގޮތް ނޭނގޭތީވެ ޒައިނާ އާއި ދިމާއަށް ފާޑަކަށް ބަލަހައްޓައިގެންނެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.







Mi part ves Vrh Reethi MA!!!!!
Thaaraa jeloeus vany dhw Eenaal kaisaan aa ekee ulhey thy 😅
By the I’m first 😊
Curiously waiting for next part
Whn nxt?????
Lysm and Tc my dear 🖤🥀
Thank you Alaika_22! 🥰
Yeah thara jeloeus vanee! 👍
Yes you are first! 💙
Next part ves v vahah Inshaallah! 🤭
Love you too, you also take care! 😘
Mi part vx vrh reethi MA!! 😍
Aslu vx Kaisaan and Tara vrh gulhey! ❤️
Aakif and sehrish vx ehbas vehje dhw wedding ah…
I feel so sorry for sehrish and Aakif 😩…
Zaya ah jailam dheke lwbi vevuny kanne dhw!
Tara jealous ve.Eenal vx like vaany hot boys dheke ehnu
Curiously waiting for the next part when’s next??
Lyy and Tc gurll 💗
Thank you Shaba_73!!
Kaisan and Tara couple akah hadhaa kahala dhw!!
Yes Zaayaa Jailam dheke loabi vevunee!
hehe!!
Next part v avahah Inshaallah!!
Love you more!!
You also take care!!
Thiyaee handheyy story next part ga new characters ulheyne thr?? I really really want read it 😩
Anehen main character eh neennaane!!
Aslu name kolhakah edhunee ey ehen vhk eh ge plot eh hadhaafa!!
Next part Inshaallah maadhan nukunnaane kanneyge!!
OK
💙
Muxo,Which is Ur fav subject,Plx tell me…
How do you study for Exams??..🖤🖤
My fav subject is biology!!
Muxo eki maahdhaatakah ready vanee eki goii gothah!!
Like maths physics kahala ehchihssa emme ragalhu studying method akee Feynman kannee!! hurey muxo balaalaanan!!
Islam and quran, muxo dhaskuraa gothakee hithudhas!! like hurihaa filaa valheh hithudhas kuranee!!
Hunnaane eki vahtharu ge studying methods like Feynman, Active recall, Mind placing!! Migothah gos baavaru hunnaane!! cer search kohlaagen moxo miki methods thah balaalaagen exams aumuge kuriyah cer ah emme ragalhu method hoadhaafa e meothod beynun kuraanee!!
Adhi ehvaahaka muxo bunelaanan! Konme dhuvahaku ves filaa valhu nagaa dhineema vaane dhas kuran fashan!! test ais jehuneema dhaskureema kada vaane!
Hope this helps you! And you can always ask me, I will be there for you!!
🩷🩷Thank you so so much🩷🩷
Glad to hear it !🙈🩷💕
I’m new to exams kahala ehchehsah… it’s my first time
Ehnveema I thought I ll ask someone who is so so trusted to ask so Muxo sis kairee ahailee…
Biology eydhw buney Muxo sis ge Fav 😊 Cer ge Fav vee Business🩷🩷…
Studying methods jehyma fenihjje I’get an idea from
It!!! All my pleasures to you! 🩷🥀
🩷🩷🩷
Gurll I js read this and it was amazing keep it up🫶
Thank you! 🥰
Nahhh….🩷🥰
Cer Miee Gr 7 ge kuhjjeh!!😁✨
Last year ga I’m gr 6 ga results Vrh Vrh low koh libunee that’s why!
Mi faharu dhuraala mi ulhenee Top student Akah vaan….🦋🦋🦋
Muxoo Dhahtha Vrh Vrh ragalhu next year,Gr 10 nimeyne dhw….Mi faharu Gr 9 ah Dhiyaee dhw!!Vrh though vaane I think 🤔 💬
Ehenmma cer akee business stream ge kuhjje dhw!
Muxo mee science stream! 🥰
Cer choose kuraanee science steam Bcx I love studying methods 🥰😘
MuXuu !Take care fo yourself 🫶 ❤️” May Allah bring Ur life with all success ahead and Ur goals and dreams will achieve with his blessings 🥰💛”