Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މުޅި ހިތް ބޭޤަރާރު ވެއްޖޭ-11

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
January 25, 2026 5 Mins Read
14 Comments

ކާއެއްޗެހި ގަނެގެން އައިރު ވެސް ތާރާ އެއް ހެޔެއްނާރައެވެ. ޖާމިޔާ އާއި ތާރާގެ ބައްޕަ ކަމއްވާ ތައްހާން ތާރާ ކައިރީގައި ބައިންދާފައި ތިން މީހުން ދިޔައީ ރެސްޓޯރެންޓް އަކަށެވެ. ބަނޑުހައިވެފައި ހުރުމާއި އެކީ ތިން މީހުން ވެސް އެއްބަސް ވީއެވެ.

*ޕާރޓް-11*

ރުއި ރުއި ވަރުބަލި ވެގެން ޒާޔާ އަށް ނިދުނީއެވެ. ޖައިލަމް ޒާޔާ އުފުއްލާލާގެން ގެންގޮސް ކޮޓަރިއަށް ވެނެވެ. މިމަންޒަރު ބަލަން ޒާޔާގެ މަންމަ ޒައިނާ އިނީ ފެންކަޅިވެފައެވެ. ދަރިފުޅު ރޯންތަން ބަލާކަށް އޭނާ އަށް ކެއްނުވީއެވެ. އެކަމު އޭނާ އެއް ކައިރިއެއް ނުވެއެވެ. މިހާރު ޒާޔާ އޭނާ އާއި ވާހަކަ ނުދައްކާތާ އަހަރެއްހާ ދުވަސްވީއެވެ. ކިތައްމެހާ ވެސް ޒައިނާގެ ހިތުގައި ރިއްސައެވެ. ނަމަވެސް އޭނާ އެއްޗެކޭ ނުބުނަނީއެވެ. ކޮންމެ ވެސް ދުވަހަކުން އަދި ޒާޔާ އަށް ވެސް ވިސްނޭނެއެވެ. ކަރުނަތައް ފުހެލާފައި ޒައިނާ ދިޔައީ ބަދިގެ ފަރާތަށެެވެ.

ކޮޓަރީގައި އިން ފަނޑު އޮރެންޖް ކުލައިގެ ބޮކި ދެކޮޅަށް ހެއްލެމުން ދިޔައިރު ކަޅުކުލައިގެ ބޯޑެއްގެ ކުރިމަތީ ހުއްޓިލައިގެން ހުރި ލަޔާންގެ ނަޒަރު ދިޔައީ ބޯޑުގައި ހަރުކޮށްފައި ހުރި ފަހަރަކު ފޮޓޯއަކަށް ހުއްޓެމުންނެވެ. ބޯޑު އެއްކޮށް ފުރިފައިވަނީ އާކިފްގެ ފޮޓޯތަކުންނެވެ. އާކިފް ސްކޫލް ދައުރުގެ ފޮޓޯތައްވެސް ހުއްޓެވެ. ލަޔާން އާއި އާކިފް އާއި އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ ލަޔާން އާކިފް ދެކެ މިހާ ރުޅި އަންނަނީ ކީއްވެހެއްޔެވެ؟ މިހާ ހިސާބުން ލަޔާންގެ މާޒީއަށް ބަލާލަމާތާއެވެ.

*******

އެއީ މީގެ ނުވަ އަހަރު ކުރިއެވެ. އޭރު ލަޔާން އަށް ވާނީ ސާދަ އަހަރެވެ. އޭނާ އަކީ ފިޔަވަތީގައި އުޅެވެ ބޮޑުވި ކުއްޖެކެވެ. އޭނާގެ މަންއިންބަފައިންނެއް އޭނާ އަކަށް ނޭނގެއެވެ. ލަޔާން އުޅުނު ކްލާހަކީ އާކިފް ވެސް ކިޔަވަމުންދާ ކްލާހެވެ. ލަޔާން މިސްކޫލަށް ބަދަލުވީ ގްރޭޑް އަށަކަށެވެ. އެހެން ކަމުން އޭނާ އަށް މުޅި އެމާހައުލުވީ އާތަނަކަށެެވެ. ފުރަތަމަ ޓާރްމް ނިމިގެން ދިޔައިރު ދިޔައީ އާކިފް އާއި އޭނާ އާއި ދޭތެރޭގައި ނަފްރަތުގެ ފާރެއް ރާނަމުންނެވެ. ކީއްވެހެއްޔެވެ؟ ލަޔާން އައުމުގެ ކުރިޔަށް އާކިފް އަކީ ކްލާހުން ވެސް އެއްމެ މޮޅު ކުއްޖާއެވެ. އެކަމު ލަޔާން އައި ފަހުން އާކިފް އަށް ތުރެއް ކުރީގައި ލަޔާންގެ ނަން އޮވެއެވެ. ކޮންމެ މާއްދާއަކުން ވިއަސް ހެވެއެވެ. މިކަމާއި ހެދި އާކިފް ލަޔާން އަށް ގަނާކުރަން ފެށިއެވެ. އާކިފް ކިޔަން ފެށީ އޭނާ އަކީ އެއްވެސް އަގެއް ނެތް ކުއްޖެއް ކަމަށެވެ. މަންމަ އެއް ބައްޕަ އެއް ނެތް ކުއްޖެއް ކަމަށެވެ. ހުރިހާ ކުދިން ވެސް ބައިވެރިވީ އާކިފް އާއެވެ.

މިހުރިހާ ބަހެއްވެސް ދިޔައީ ލަޔާންގެ ޅަހިތް ފަތަހަ ކުރަމުންނެެވެ. ފިއްތަމުންނެވެ. އޭނާ އަކީ ހަމަ އެހާ ދަށުދަރަޖައިގެ ކުއްޖެއްހޭ ހިތައްއެރިއެވެ. އެއްމެން ވެސް އާކިފްގެ ބަޔަށް އަރަނީ ކީއްވެހެއްޔެވެ؟ އޭނާގެެ މަންމަ އާއި ބައްޕަ ނެތީމައި އެއީ އޭނާގެ ކުށެއް ހެއްޔެވެ؟

ކޮލެޖް އަށް ދިޔައިރު ވެސް އާކިފް އާއި ލަޔާން ދިމާވިއެވެ. ދެމީހުން ވެސް ތިބެން ޖެހުނީ އެއްކްލާހެއްގައެވެ. އަދި ކިރިޔާ އާކިފްގެ އަސްލު ކުޅިވަރު ފެށުނީއެވެ. އޭނާގެ ކޮޅަށް އަރާ ކުދިން ގިނަވީއެވެ. ލަޔާން އަށް ދެކޮޅަށް އެއްޗެކޭ ނުބުނެވެއެވެ. އޭނާ ހުންނަ ގޮތާއި ވެސް އެކުދިން އެއްޗިހި ކިޔަން ފެށިއެވެ. ދުވަހަކަށް ވުރެއް ދުވަހެއް ލަޔާން ދިޔައީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބަލި ކަށިވަމުންނެވެ. އެކުދިން އަނގައިން ކިޔަން ފެށި އެއްޗެހި އަމަލުތަކުން ވެސް ދައްކަން ފެށީއެެވެ. ބްރޭކް ގަޑީގައި އޭނާގެ ދަބަހާއި ފޮތްތަށް ފޮރުވަން ފެށިއެވެ. އޭނާ އަށް ނޭނގޭގޮތަށް އޭނާގެެ އިސްތަށިގަނޑު ވެސް ކޮށަން ފެށިއެވެ. މިކޮންމެ ކަމެއްގެ ވެސް އިސްވެ ހުންނަނީ އާކިފް އެވެ.

މިކަންތަށް އަތު ނުޖެހޭ ހިސާބަށް ދާން ފެށުމުން ލަޔާން މައްސަލަ ހުށައެޅިއެވެ. ނަމަވެސް ވީކަމެއް ހަރާމެވެ. ލަޔާން ހަނދާން ހުރެއެވެ. އެއްދުވަހަކު ކޮލެޖް ނިއްމާގެން އޭނާ ގެޔަށް ދިޔަމަގުމަތީގައި ފަހަތުން މީހަކު އައިސް އޭނާގެ އަނގަމަތީގައި ފޮތިކޮޅެއް އެޅިއެވެ. ހަޅޭ ލަވައިގަންނާނެ ފުރުސަތު ވެސް ނަގާލީއެވެ. އެމީހަކަަށް ތުރެއް ލަޔާން އެއް ގަދައެއްނުވިއެވެ. އެމީހަކު ލަޔާންގެ ލޯމަތީ ފޮތި ކޮޅެއް އައްސާފައި އޭނާ އެރުވީ ކާރަކަށެވެ. އެދުވަހަކީ އޭނާގެ ހަޔާތުގައިވެސް އެއްމެ ބިރުވެރި ދުވަހެވެ. ހީނުކުރާ ގޮތަށް ކަންތަށް ވަމުން ދިޔައިރު އޭނާ ސަލާމަތް ކުރަން އެކަކުވެސް ނާދެއެވެ. އާއެކެވެ. އޭނާ ރޭޕް ވީއެވެ. އެއީ ވެސް އާކިފްގެ ކަމެއްކަން އޭނާ އަށް އެނގެއެވެ. ލަޔާން ހަނދާން އެބަހުއްޓެވެ. އެދުވަހު އެމީހުން، އެހެނީ ލަޔާން އާއި އެކީ އެއް ކްލާހެއްގައި ކިޔަވްން އުޅުނު ކުދިންތަށް އޭނާގެ ފަރާތުން ހަށިގަނދަށް ލިބިދޭން ބޭނުންވާ ހުރިހާ ކަމެއް ލިބިގަނެފައި އޭނާ އޮރިޔާން ހާލުގައި އޮތްވައި ފޮޓޯވެސް ނެގިއެވެ. އެދުވަހު ލަޔާން ރުއި ވަރު އެނގޭނީ ހަމައެކަނި އޭނާ އަށެވެ. ހިތަށް ކުޅަދާނަ ނުވާ ވަރަށް އޭނާ އަށް ކަންތަށް ވަމުން މިދަނީއެވެ.

އެނދުވަހަށް ފަހު ލަޔާން އެރަށުން ދިޔައީއެވެ. ފިލާގެންނެވެ. އެދުވަހަށް ފަހު އޭނާގެ ހިތުގައި ބަދަލު ހިފުމުގެ ރޫހު ހިފާލީ ވަރަށް ވަރުގަދައަށެވެ. އެމީހުން އޭނާއަށް ކުރިވަރުގެ ދެގުނަ އޭނާ ކޮށްލަން ނިއްމާގެން ހުރީއެވެ. އެދުވަހުން ފެށިގެން ލަޔާން ދިޔައީ ކްލާސް ހުރިހާ އެއްމެނަަށް ފާރަލަމުންނެވެ. ހާއްސަކޮށް އާކިފް އަށެވެ. މިހާހިސާބަށް އައިރު އޭނާ ވަނީ އެހެން ކުދިންނަށް ބަދަލު ހިފާފައެވެ. ބާކީ އިން މީހަކީ އާކިފް އެވެ. އާކިފް އަށް ހަމަޖެހުމުގެ ދިރިއުޅުމެއް އުޅުނަކަ އޭނާ އެއް ނުދޭނައެވެ. އެކަހަލަ މީހުންނަށް މި ދުނިޔޭގައި އުޅޭކަށް އެއްވެސް ހައްޤެއް ނެތެވެ.

**********

ބޯޑުގައި އަތް ޖައްސާލާފައި ލަޔާން ވިހަ ގަދަކޮށް ހީލިއެވެ. އޭނާގެ ކަށީގައި ހިފާލެވިފައިވާ ބަދަލު ހިފުމުގެ ރޫހު ދިޔައީ ބޮޑުވަމުންނެވެ. އާކިފްގެ ސޫރަ ފެންނަ ކޮންމެ ފަހަރަކު އޭނާ ބޭނުން ވަނީ އާކިފް ކުދިކުދި ކޮށްލާށެވެ. އާކިފްގެ ހަޔާތް ދުނިޔެމަތީ ނަރަކައަަކަށް ހަދާލާށެވެ.

“މީހަކާ އިނަން ދެކަށް މަޑުކޮށްލާނަން.. އޭރުން ނެއްނު އަދި މަޖާވާނީ..” ލަޔާވް ވާހަކަ ދެއްކިއެވެ. ފާރާއި ދިމާއިން ބަހައްޓާފައި އިން ކޮމްޕަސް އެތިން ކޮމްޕަސް އެއް ނަގައި ލަޔާން އެއްލީ އާކިފްގެ ފޮޓޯގަނޑަކާއި ދިމާއަށެވެ. ކޮމްޕަސް ޖެހުނީ އެފޮޓޯއިން ދައްކާ ގޮތުންނަމަ އާކިފްގެ މޫނުގައެވެ. ލަޔާން ހިިނިތުންވެލިއެވެ. އަދި އެކޮޓަރި ތެރެއިން ނުކުތެވެ.

ސެހްރިޝްމެން ކައިގެން ހޮސްޕިޓަލަށް ދިޔައިރު ތާރާ ހޭއަރާފިއެެވެ. ސެހްރިޝް އުފަލުން އުޅެެނެވެ. ތާރާ ވެސް ސެހްރިޝް އާއި ވާހަކަ ދައްކާލާފައި ނިދަން އުޅުނީއެވެ. އަދި ވެސް އޭނާގެ ބޮލުގައި ރިހޭތީއެވެ. ތާރާ ނިދުމުން ސެހްރިޝް ޖާމިޔާ އާއި ތައްހާން ގެޔަށް ފޮނުވާލީއެވެ. ތާރާ ހޭއެރި ފަހުން އަދި އާކިފް އަކާއި ކައިސާން އެއް އެތަނަކަށް ނުވަދެއެވެ. ތާރާ ކައިރީ އިރުކޮޅަކު ހުރެލާފައި ސެހްރިޝް ނުކުތެވެ. އޭރު ވެސް ކައިސާން އާއި އާކިފް ތިއްބެވެ.

“ތިތާ ބޭރުގަ ނުހުރެ އާދޭ އެތެރެއަށް..” ސެހްރިޝް ބުނެލިއެވެ. ކައިސާންމެން ވަނީއެވެ.

“ވަރަށް ބޮޑަށް ތެންކިއު ކައިސާން.. ކައިސާން އެގަނޑީގަ ނައިނަމަ ނޭނގެ ވާނެ ގޮތެއްވެސް.. ވަރަށް ބޮޑަށް ޝުކުރިއްޔާ..” ސެހްރިޝް ޝުކުރު އަދާކުރިއެވެ.

“ވެލްކަމް..” ކައިސާން ހިނިތުން ވެލިއެވެ.

ތިން މީހުން ވެސް ވާހަކަ ދައްކަން ތިބީއެވެ. އާކިފް އާއި ސެހްރިޝް އަށް ވެސް އެވަގުތު ކޮޅު ވަރަށް ހިތްހަމަ ޖެހުން ލިބުނެވެ. އެކަކު އަނެކަކާއި ވާހަކަ ދައްކާލާފައި ހީލެވުނީމައެވެ. އިރުކޮޅަކު ހުރެލާފައި އާކިފް ދިޔައީ އެވެ. ކައިސާން ބުނީކީ އޭނާގެ ބެލުމުގެ ދަށުގައި ގެނަމީހަކަށް އޭނާ ބަލަން ޖެހޭނެކަމެއް ނޫން ހެއްޔެވެ؟ އިރުކޮޅަކު އެހެން ހުރެލާފައި ސެހްރިޝް ނުކުމެލީ ބޭރަށެވެ. ކައިސާން އާއު ތާރާ އެކަނި ވީއެވެ. ކައިސާން ތާރާގެ މޫނަށް ބަލާލިއެވެ. ތަންކޮޅެއް ރަަގަނޅަށެވެ.

ހަންގަނޑު އޮމާން ވެފައި ދޮނެެވެ. މޫނުމަތި ވެސް އަތްޔެވެ. އެސްފިޔަަތަށް ބޮލެވެ. ކަޅުކަން ގަދަ އިސްތަށިގަނޑު ވެސް ވަރަށް ރީއްޗެެވެ. ރަތްކަން ގަދަ ތުންފަތެވެ. ހާދަ ހިތްގައިމެވެ. ނިދާފައި އޮންނާއިރު ހާދަ ލޯތްބެވެ. ހޭލާހުންނާއިރު ހީވާނީ ރުޅި އައިސްގެން ހުއްނަ މީހެއް ހެންނެވެ. ކައިސާން އަށް ކުޑަކޮށް ހެވުނެވެ.

އާކިފް ގެޔަށް އައިރު ރަޝްފާ އިނީ ސިޓިންރޫމް ގައެވެ. ރަޝްފާ ފެނުމުން އޭނާ ގޮސް ރަޝްފާގެ ކައިރީ އިށީނެދެލިއެވެ. ރަޝްފާ ކިޔަން އިން ވާހަކަ ފޮތް ބައްވާލާފައި ރަޝްފާ އާކިފްގެ މޫނަށް ބަލާލިއެވެ. އެމޫނުމަތިން ފެނުނު ހުސްކަމުން ވެސް ރަޝްފާ އަށް ހުރިހާ ކަމެއް ވެސް އެނގުނެވެ. ރަޝްފާ އޭނާގެ އުނގުގައި އަތްޖައްސާލިއެވެ. އާކިފް ރަޝްފާގެ އުނގުމަތީ ބޯއަޅާލިއެވެ. އަދި ސޯފާގައި ހަމަޖެހިލިއެވެ.

“ދަރިފުޅަށް އެނގޭތަ މަންމައަށް އެއަންހެން ކުއްޖާ ފެނުމުން ވެސް އެނގިއްޖެ ދަރިފުޅަަކަށް އެކުއްޖާ އަކާއި އެކީ ނޫޅެވޭނެކަން.. ދެން ދޮންތަ އެއޮށްތީ ދަރިފުޅަށް ހަޤީޤަތް ވެސް ދައްކަދީފަ..” އާކިފްގެ ބޯ އިސްތަށިގަނޑުގައި މަޑުމަޑުން ފިރުމަމުން ރަޝްފާ ވާހަކަދެއްކިއެވެ. އާކިފް އަކަށް ކަރުނަތަކެއް ހިފާއްޓައެއް ނުލެވުނެވެ. މަންމަގެ އުނގުގައި ބޯއަޅައިގެން އޮވެ އާކިފް އަށް ރޮވެމުން ދިޔައެވެ. ދަރިފުޅަށް ވަގުތު ދެމުން ރަޝްފާ ދިޔައީ އާކިފްގެ ބޮލުގައި ފިރުމަމުންނެވެ.

އާކިފް ރޯވަރުން ވެސް އާކިފް ޒާޔާ ދެކެވީ ހަޤީޤީ ލޯބިކަން އެނގެދެއެވެ. ނަމަވެސް އެވީ ލޯތްބިން ވެސް އަނބުރާ އޭނާ އަށް އެލުބުނީ ލަނޑެވެ. ކެއްސެވެ. ހިތް ވީ ކުދިކުދިއެވެ. ނަމަވެސް ދެން އެއްމެ ރަގަނޅުވާނީ ޒާޔާ ދޫއްކޮށްލީމައެވެ. ހިތައް ކިތައްމެ ތަދުވިއަސް ކުރާނެ ކަމެއްނެތެވެ. ތަޤުދީރުގައި މިގޮތަށް ލިޔެވިފައި އޮތިއްޔާ ކަންތަށް ވާނީ މިހެންނެއް ނޫންހެޔެވެ؟

“މަންމާ އަހަރެން ޒާޔާ ދެކެ ހާދަ ލޯތްބެއް ވީމޭ.. އަހަރެން ދުވަހަކު ވެސް ހިތަކަށް ނާރަން ޒާޔާ އުޅުނީ މީހަކާއި  އިނދެގެނެކޭ.. އޭނާ އުޅޭ ގޮތަކުން ހިޔެއް ވެސް ނުވޭ.. މަންމާ.. އަހަރެން ވަރަށް ބޮޑަށް ދެރަވެއްޖެ.. ޒާޔާ އަހަރެންނަށް އެހެން އެހެދީ ކީއްވެތަ މަންމާ.. ޒާޔާ އަކީ އަހަރެން އެއްމެ ލޯބިވާ ކުއްޖާ.. އެކަމަކު ދެން އަހަރެންނަކަށް ޒާޔާ އެއް ނުލިބޭނެ.. މަންމާ..” އާކިފްގެ އަޑު އައީ ފޭދިގެން ކަހަލަ ގޮތަކަށެެވެ. ރަޝްފާ އަށް ވެސް އަސަރު ކުރިއެވެ. ދަރިފުޅު މިހާ ދެރަވެ ހިތުގައި ޖެހުނު ތަނެއް އޭނާ އަދި ނުދެކެވެ. ލޯތްބަކީ މީހާ ކުދިކުދި ކޮށްލާ އެއްޗަކީމެވެ. ބައެއް މީހުންނަށް ލޯތްބަކީ ވަރަށް ފުރިހަމަ ރީތި އެއްޗެކެވެ. އެކަމު އޭގެ ހިތިކަން އެނގޭނީ ބައެއް މީހުންނަށެވެ. ލޯބީގެ އަވައިގައި ޖެހިގެން އިސްސާނާ މުޅިން ހަލާކު ކޮށްލައެވެ. ލޯބި މި ބަހަކީ އެހާ ވެސް ބާރުގަދަ އެއްޗެކެވެ.

ރޮއި ރޮއިފައި އާކިފް އަށް ނިދުނީއެވެ. ރަޝްފާ އިނީ އާކިފްގެ ބޮލުގައި ފިރުމާލަ ފިރުމާލައެވެ. އާކިފް އަށް އެވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ. އެމީހެއްގެ ދަރި ވޭނުގައި ހިތާމަ ކުރާތަން ބަލަން ކެއްވާނީ ކޮން މަޔަކަށް ހެއްޔެވެ؟

ހަވީރު ވުމުން ތާރާ ގެޔަށް ދޫކޮށް ލެވުނެވެ. ސެހްރިޝް ވެސް އެގެޔަށް ތާރާ އާއި އެކު ދިޔައެވެ. ޖާމިޔާ ކިޔާވަރުން ކައިސާން ވެސް އައީއެވެ.  ތާރާގެ ކޮއްކޮ އީނާލް ކައިސާންގެ އުނގުން ނުފައިބައެވެ. ކައިސާން އިނީ ހީލާގެންނެވެ. ސެހްރިޝް އާއި އެކީ ސިޓިން ރޫމްގައި ވާހަަކަ ދައްކަން ހުރެފައި ސެހްރިޝް ދިޔައީ އެވެ. ތާރާ ބަދިގެޔަށް ވަނީ ޖާމިޔާ އަށް އެހީވެދޭށެވެ. ނަމަވެސް ޖާމިޔާ ތާރާ ބަދިގެން ނެރެލީއެވެ.

“އަދި ދެއްމެއަކު ހޮސްޕިޓަލުންނޭ ތިނުކުތީ..” ޖާމިޔާ ބުނެލިއެވެ. ތާރާ ތުން ކޮޅު ހަދާލާފައި ގޯތިތެރެއަށް ނުކުތެވެ. އޭރު 1 އަހަރުގެ އީނާލް އުރާލާގެން ކައިސާން އިނީ ދޫނި ކޮށި ކައިރީގައެވެ. ސަމާސާ ކުރާށެވެ. ކައިސާން ހީލާރު ހާދަ ލޯތްބެވެ. ތާރާ ހިތައް އެރިއެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ހިތް އެދޭހާ ކަމެއް.. (29 ވަނަބައި)

Next

ބޮޑީގާޑު 12

Next
January 25, 2026

ބޮޑީގާޑު 12

Previews
January 25, 2026

ހިތް އެދޭހާ ކަމެއް.. (29 ވަނަބައި)

14 Comments!

  1. Gurl🩷 says:
    January 25, 2026 at 11:56 am

    M8 part vx v reethi curiosly waiting for the next part😊
    When next??

    1. _MuXo_ says:
      January 25, 2026 at 1:35 pm

      Thank you!😊
      Next part dhen in dhe vhk liyalaafa neridheynan! 💙💚

  2. Ilovegemini🧸 says:
    January 25, 2026 at 12:25 pm

    Girl remind me to read this story I will definitely come back after tests 😭

    1. _MuXo_ _MuXo_ says:
      January 25, 2026 at 1:36 pm

      Ofc I will!! ✨🥰

  3. Shaba_73 says:
    January 25, 2026 at 12:47 pm

    Mi part vx vrh reethi MA!! 😍
    Vrh dhera vehje Aakif roathyve 😭…
    Layernn Aakif fakeerah ehen nuhadhaathi dhen eii past ehnu..
    Kaisaan vx Mihaaru thaaraa ah hiyky thr?? Vrh hyveyyy 😃
    Thaaraa vx kaisaan ah hiy kiyaafi hen heevany…. 😅
    Thihen ulhemun Gos dhemyhunah Loabi veveyne kanne dhw!
    I really appreciate your hard work and ur lovely reply ❤️🖤
    Curiously waiting for the next part when’s next??
    ILYSM AND TC GURLL 🤞❤️

    1. _MuXo_ _MuXo_ says:
      January 25, 2026 at 1:40 pm

      Thank you shaba_73! 😊
      Naseebeh nu Shaba ah ves norovunu kan! 😄
      Layaan wants to take revenge on him! ✌
      Kaisan and tara ah vaa goii balaalan higaa dhw! 👀
      Awwn really am happy to know that you lovey reply! 🥰
      Next part dhen in 2 vhk liyelaafa upload kohlaanan! 🙃
      Love more! 😘 You also take care my love! 💙💚

  4. Shaba_73 says:
    January 25, 2026 at 1:45 pm

    Aww ur sweet reply’s just made my day 😍 fav author ✨

    1. _MuXo_ _MuXo_ says:
      January 25, 2026 at 1:53 pm

      Thank you! 🥰

  5. 🖤🥀_Cer says:
    January 26, 2026 at 5:37 am

    Maasha Allah 💛💛💛
    So so Gr8 💛🥀 especially this part..I ReaLly like Sehrish..I know , understand why Layern want to take revenge from Akif!!!…💛💔
    Akif also never. Need to do something like that..If someone is in higher than him 😐
    He needs to try his best not to bully him…
    I’m so sorry for Layern but taking revenge is not good for you Layern!🌸🌸🍃
    Tara is now feeling better now…so so curious to know what ‘ll happen in next part 🦋🦋
    I was soo buxyy,But I read Ur stories bcx Ur My Fav Author who gives fantastic tales 🥰😍
    Keep it up!🫶💚🥀
    Take your time and Publish stories, it’s fine!!Try You’re best to make it shine like shooting stars day by day.. Inshallah 🖤
    “May Allah bless You all you’re life with success”💛💛💛
    💛TTYL💛 Lyssmm💋🦋🦋
    ✨Tc of yourself 🫶❤️
    InshaAllah 🦋🌸🌸🌸 When’s next???

    1. 🖤🥀_Cer says:
      January 26, 2026 at 9:21 am

      Btw, Cer is my nickname 😉

    2. _MuXo_ _MuXo_ says:
      January 26, 2026 at 1:04 pm

      Thank you so much for your support Cer!! 😚
      Aslu ehen dhimaaveema ba eh meehun ge mind set hunna gothunnama emeehun beynun vaanee ekameh kuri meehaage dhuvas dhuhvaalan dhw! 😊
      Awwn really happy that your fav author is me! 🤗
      I will always try my best to upload quikly and to write my best! 💙💚
      May allah give you the success you asked for and bring happiness to my dear reader! 🥰
      Love you more! 😘
      You also take care my love! 🤭
      Next part ves vee varakun upload kohladheynan! ✨

  6. 🖤🥀_Cer says:
    January 26, 2026 at 1:07 pm

    Take your time,and upload it’ll be fine 🙂 Cer will read Ur stories anytime 😜🙂 wish you all the best ! Of the first day of schl tmrw 🎀🎀

    1. _MuXo_ says:
      January 26, 2026 at 2:38 pm

      🥰

  7. 🖤🥀_Cer says:
    January 26, 2026 at 3:03 pm

    Muxo, You told hama thedheh Cer edhuvaskolhu Vrh Vrh stress ga ulhuney still ,I read eyruga ves stories but I couldn’t Cmt Bcx of that !!But Mihaar I never overthink about it…🦋🦋🦋

Comments are closed.

Next Episodeމުޅި ހިތް ބޭޤަރާރު ވެއްޖޭ-12←


All Right Reserved!