Skip to content
އެސްފިޔަ
PRO · MVR 2.00

ގޮތް ހުސްވެފައި ހުރީމޭ..7

ދަންވަރުގެ ހިމޭން ވަގުތެވެ. އިޔާނަށް އޮތީ ނިދިފައެވެ. އިނާން އަންނަ ވާހަކަ ބުނީއްސުރެ އަހަރެންގެ ހަށިގަނޑުގައި ދުވަނީ ޒަހަރެއް ފަދަ ކަރަންޓެކެވެ. ހިތް ނުތަނަވަސް ވަނީއެވެ. ހިތުގެ ތެޅުން އަވަސްވެ ބާރު ވަނީއެވެ. ޖެހިލުންވެ މޭބޮޑު ވަނީއެވެ. އަހަންނަށް ނުވާގޮތެއްް ނެތެވެ. އަމިއްލަ ނަފްސާއި ސުވާލު ކުރެވެއެވެ. އަހަންނަށް މިވަނީ ކިހިނެއް ހެއްޔެވެ؟ އިނާންގެ ދައުވަތު މި ދަންވަރު އެކަހެރިކޮށް އަހަރެން ބޭނުން ވަނީ ކީއްވެހެއްޔެވެ؟ އަހަންނަށް މި ކުރެވެނީ ކޮންކަހަލަ ކަމެއްބާއެވެ؟
ތަފާތު ޚިޔާލުތަކާއި ވިސްނުމެއްގައި ހުއްޓަ ފެނުނީ އިނާން އައިސް އަހަރެންގެ ކުރިމައްޗަށް ހުއްޓުނު ތަނެވެ. އަހަންނާ ނުހަނު ގާތުގައެވެ. އިނާންގެ ނޭވާ ހިނގާ އަޑު އިވޭހާ ގާތުގައި ހުރުމުން އަހަރެންގެ ހަށިގަނޑުން ހީބިހި ނަގައިން ދިޔައީ ފިސާރި އަވަހަށެވެ.
“ލީން! ހާދަ ބަލިހެން ހީވެއޭ.. ވަރުބަލިވީ ދޯ؟” އަހަރެން އަތަށް ކޮތަޅެއް ދިއްކޮށްލަމުން އިނާން ބުނެލިއެވެ.
“މި..؟” ލަދުން ހުރެ ކޮތަޅުގައި ހިފަމުން އަހަރެން ބުނެލީމެވެ.
“ތީ ކާއެއްޗެއް… އަނެއްކާ ކައިގެންތަ ތިހުރީ؟ ލަސް ވީމަ ހިތަށް އެރީ ދެން އިޔާން ނިދާފައޭ އޮންނާނީ.. އެހެންވެ ލީނަށް މި…

ވާހަކައިގެ ބާކީ ބައި ހުޅުވާލާ

ވާހަކަ ކިޔުމަށް ލޮގިން ކުރައްވާ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.