ތިޔައީ ހަނދޭ-7
އިރުކޮޅަކު ހުއްޓުން އަރާފައި ރަޝްނާން އަށް ހުރެވުނެވެ. އަނެއްކާ މިއީ އިންސާނެއް ބާއޭ ވެސް އޭނާ ހިތަށް އެރިއެވެ. ރަޝްނާން ބިރުން ހުރެފާވެސް އެއަންހެން ކުއްޖާ އާއި ކައިރިއަށް ހިގައިގަތެވެ. އޭނާ އަށް ހިސާބަަކަށް ދެވުނީރަށް މަޑުމަޑުން އެއަންހެން ކުއްޖާ އެނބުރެން ފެށިއެވެ. ރަޝްނާން އަށް ނޭވާ ހިފާއްޓާލަން މަޖުބޫރު ވިއެވެ.
*ޕާރޓް-7*
އެއަންހެން ކުއްޖާ އެނބުރިލި ގޮތަށް ހަޅޭ ލަވައިގަތެވެ. ރަޝްނާން ދިޔައީ ސިއްސައިގެންނެވެ. އެކުއްޖާ ހަޅޭލަވައިގަތީމައެވެ. ބޭއިޙްތިޔާރުގައި ރަޝްނާން އަށް އެއަންހެން ކުއްޖާގެ އަނގަމަތީ އަތް އެޅުނެވެ. އެކުއްޖާ ދެލޯ ބޮޑުކޮށްލާފައި ރަޝްނާން އާއި ދިމާއަށް ބަލާލިއެވެ. އެދެލޯ ފެނުމާއި އެކީ އެއީ ކާކުން ރަޝްނާން އަށް ދެނެގަނެވުނެވެ. އެއީ ޒަހްރާ އެވެ. ޒަހްރާ މިގަނޑީގައި މިތަނަށް އަންނަންވީ ކީއްކުރަންހެއްޔެވެ. ރަޝްނާންގެ ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދެން ފެށިއެވެ.
ޒަހްރާ ހަޅޭނުލަވާނެކަމުގެ ކުޑަ ޔަޤީންކަމެއް ލިބުމުން އޭނާ ޒަހްރާގެ އަނގަމަތިން އަތް ނެގިއެެވެ. ޒަހްރާ އިނީ ހުއްޓުން އަރާފައެވެ. ރަޝްނާން އާއި މިހާ ކައިރީގައި ހުރެވުނީމައި އޭނާގެ ހިތް ދިޔައީ ބާރަަށް ތެޅެމުންނެވެެ. ގަޔަށް ވަނީ ފިނިވެފައެވެ.
“ޒަހްރާ..” ރަޝްނާން ޒަހްރާ އަށް ގޮވާލިއެވެ.
“އާން.. އަހަރެން ދެއްމެ ކުޑަކޮށް ބިރުގަތީ ސޮރީ..” ޒަހްރާ މަޢާފަށް އެދުނެވެ. އޭނާ އަކީ ހާދަ އަވަހަކަށް މަޢާފަށް އެދޭ ކުއްޖެކޭ ރަޝްނާން ހިތަށް އެރިއެވެ.
“ކީއްވެތަ މާގިނައިން ސޮރީ ބުނަނީ..؟” ބޭއިޙްތިޔާރުގައި ރަޝްނާން އަށް އަހާލެވުނެވެ. ރަޝްނާންގެ މިސުވާލުން ޒަހްރާ ކުޑަކޮށް ހުއްޓުންއެރިއެވެ.
“އެއީ އަހަރެންނަށް މާގިނައިން މިސްޓޭކް ހެދޭތީ..” ޒަހްރާ ހިނިތުންވެލިއެވެ. ރަޝްނާން އަށް ނޭނގުނެއް ކަމަކު އޭނާގެ ހިތަށް އެހިނިތުންވުން ފެނިފައި ހިތްހަމަ ޖެހުން ލިބުނުކަމެވެ.
“ޒަހްރާ މިތާ އެކަނި ތީނީ ކީއްވެގެން.. މިހާރު ގަނޑިންވީއިރެއް އެނގޭތަ..؟” ރަޝްނާން މާޔޫސްކަން ފާޅުކުރިއެވެ. ޒަހްރާ ފޯނު ނަގައި ގަޑިބަލައިލިއެވެ.
“ގަނޑިން މިހާރު ދިހަގަނޑި ބައިވަނީ..” ޒަހްރާ ބުނެލިއެވެ.
“އަންހެން ކުދިން ނުވާނެއްނު އެކަނި މިހިސާބަށް އަންނާކަށް..” ރަޝްނާން އަދިވެސް އިތުރުކޮށްލިއެވެ.
“ހެހެ.. އަހަރެން މިތަނަަށް މިއައީ ހިތްހަމަ ޖައްސާލަންވެގެން.. ރަޝްނާން ވެސް މިތަނަށް ތިޔައައީ ހަމަ އެބޭނުމުގަ.. ދޮގެއްތަ މިބުނީކީ.؟” ހިނިތުންވެލައިގެން ހުރެ ޒަހްރާ އެހެން ބުނެލިއެވެ.
“ތެދެއް..” ރަޝްނާން އަށް ވެސް ހިނިތުން ވެލެވުނެވެ. ޒަހްރާގެ ހިނިތުންވުން ހާދަ ލޯތްބެވެ.
އެރޭ ވަރަށް ގިނައިރުވަންދެން ދެމީހުން ވެސް އެތާ ބީޗްގައި ވާހަކަ ދައްކަން ތިއްބެވެ. އެރޭ ދެމީހުން ވަކިވީ ދެމީހުންގެ ފޯނު ނަމްބަރު އެކަކު އަނެކަކަށް ދީފައެވެ. އުފާވެހުރެމެ ރަޝްނާން އައިސް ގެޔަށް ވަނީރު ސިޓިންރޫމް ގައި ރާނިޔާ އިނެވެ. މިހާ ލަސްވަންދެން ރަޝްނާން ނާންނާތީވެ އޭނާ އިނީ ބިރުންނެވެ.
“ދަރިފުޅާ ހާދަ ލަހަކުން އައީ.. ކިހިނެއްވީ..؟” ރަޝްނާން ފެނުމާއި އެކީ ރާނިޔާ ސޯފާއިން ތެދުވިއެވެ.
“ހެހެ.. ކުއްޖަކާ ދިމާވެގެން ވާހަކައިގަ ތިބެވުނީ.. މަންމަ ވެސް ދެންދޭ ނިދަން..” ރަޝްނާން ކޮޓަރިއާއި ދިމާއަށް ހިގައިގަންނަމުން ބުނެލިއެވެ.
އެލާރމް ކޮށްފައި އޮތް ގަނޑި ސޯނާ ވާންފެށިމުން ޔޫރާ ހޭލިއެވެ. ވާޅަށް ދެމިލުމަށްފަހު އޭނާ ނުކުތީ ބޭރަށެވެ. ބަދިގެޔަށް ގޮށްސައި އަލާމަާރިން ފެންފުޅިއެއް ނަގައި ބޯލިއެވެ. ކަރުތެރެގެ ތެއްމާލުމައްފަހު އޭނާ އަނެއްކާ ވެސް ކޮޓަރިއަށް ދާން މިސްރާބު ޖެހިއެވެ. ނަމަވެސް ޔޫރާ އަށް ހުއްޓެން މަޖުބޫރުވީ ރާނިޔާގެ އަޑަށެވެ.
“ކިހާރެއްވާރު މިއަދު ކޮލެޖް އޮތީ..؟” ރާނިޔާ އުޅުނީ މެންދުރަށް ކެއްކުމުގައެވެ.
“އެކެއް ޖަހާރު ދާންޖެހެނީ..” ޔޫރާ ޖަވާބު ދިނެެވެ.
“ދެން ކިހާރެއްވާރު ނިމޭނީ..؟” ރާނިޔާ އަނެއްކާ ވެސް އަހާލިއެެވެ.
“ހަތެއް ޖަހާރު ނިމޭނެ..” ޔޫރާ އެހެން ބުނެ ހިގައިގަތުމާއި އެކީ އަނެއްކާ ވެސް ރާނިޔާ އޭނާ ހުއްޓުވިއެވެ.
“އަވަހަށް ފެންވަރައިގެން އާދޭ.. ކާއިގެން ދާންވާނީ.. އެއްވެސް ފިލާވަޅެއް ނުނިންމަ އޮންނާނެ..؟” ރާނިޔާ އަލުވި ކޮޅު ކޮށާނިއްމާލާފައި ބަދިގެޔަށް ވަންނަން ދަމުން އަހާލިއެވެ.
“ހުރިހާ ފިލާވަޅެއް ނިއްމިން.. ދެން މަންމާ ނުކެވޭނެ.. ފެން ވަރައިގެން އަންނަންވާރަކަށް ނުނިމޭނެ ކައްކައެއް..” ޔޫރާ ބޮޑާ ހާކާލިއެވެ.
“އޫން.. އެހެންވީރު ހެނދުނައް ހެދި ރޮށި ކެވޭނު.. ކައިގެން ނޫނީ ކޮލެޖް އަށް ގޮސްގެން ނުވާނެ..” ރާނިޔާ އެހެންބުނުމުން ޔޫރާ ތުން ކޮޅު އޫކޮށްލާފައި ކޮޓަރިއަށް ވަނެވެ. ފެންވަރައި ހަދައިގެން އޭނާ ނުކުތީ ކާށެވެ. އޭރު ގަނޑިން 12 ޖަހައިފިއެވެ. ޔޫރާ ފޯނު ބަލަމުން ކަމުން ދިޔައިރު އޭނާ އިނީ ހީލައިގެންނެވެ. ރޭގަވީކަންތަށް އޭނާގެ ހަދާނުގައި ނެއްކަހަލަ އެެވެ. ކައިގެން ޔޫރާ ރީތިވިއެވެ. ޔޫޝައު ބަލާ އަންނަން ދެން އޭނާ އިނީ ގޭދޮރުމަތީގައެވެ. ޔޫރާ ލައިގެން ހުރީ ބޮޑީޝޫޓް އެއް މަތިން އަތް ކުރު ގްރޭ ޓީޝާޓް އަކާއި ކަޅުކުލައިގެ ބޭގީ ޖިންސް އެކެވެ. އޭނާގެ ދެލޯ ފޮރުވާލުމަށް ކަޅު ކުލައިގެ އަވިއައިނެއް ވަނީ އަޅާލެވިފައެވެ. މަޑު މުށި ކުލައިގެ އިސްތަށިގަނޑު މިއަދުވަނީ ހުޅިއަކަށް އައްސާލެވިފައެވެ. އޭނާގެ ހެޑްފޯންސް ވެސް ވަނީ ކަރުގައި އަޅުވާލެވިފައެވެ.
އޮފީސް ބްރޭކް ލިބުމުން ރަޝްނާން މިއަދު ވެސް ދިޔައީ ޒަހްރާ މަސަށްކަތް ކުރާ ކޮފީ ޝޮޕް އަށެވެ. މިއަދު ވެސް އޭނާ ދިޔައީ އެކަންޔެވެ. މިއަދު ވެސް ކައިފް އެއް ނާދެއެވެ. ޒަހްރާ ފެނޭތޯ ދެކޮޅު ހޯދާލާފައި ރަޝްނާން އައިސް ކުރިން ވެސް އޭނާ އިށީންނަތާގައި އިށީންދެލިއެވެ. މިފަހަރު ވެސް އޯރޑަރް ނަގަން އައީ ޒަހްރާ އެެވެ. ރަޝްނާން ފެނުމުން ޒަހްރާ އަށް ހިނިތުން ވެލެވުނެވެ.
“ކޯއްޗެއްތޯ ބޭނުމީ..؟” ޒަހްރާ އިސްޖަހާލާގެން އިނދެ އަހާލިއެވެ.
“އެކްސްޕްރެސޯއެއް..” ރަޝްނާން ބުނެލިއެވެ. އޭރު ވެސް އޭނާގެ ނަޒަރު ސީދާވެފައި ވަނީ ޒަހްރާގެ މޫނަށެވެ.
ޒަހްރާ އަވަހަށް ދިޔައީއެވެ. ރަޝްނާން އަށް އިންތިޒާރު ކުރެވެން ފެށުނީ ޒަހްރާ އަނެއްކާ ވެސް އޭނާގެ ފެންނަ ފަށަށް އަންނާނެ އިރަކަށެވެ. ގާތްގަނޑަކަށް ވީ ފަސްމިނެޓެވެ. ކޮފީތަށި ހިފައިގެން ޒަހްރާ އެބައާދެއެވެ. ރަޝްނާން ވަރަށް ނުވާކަމަށް ހެދިފައި ފޯނާއި ކުޅެން އިނެެެވެ. ޒަހްރާ ކޮފީތަށި ބޭނދުމުން ރަޝްނާން ބަލާލިއެވެ.
“ތެންކްސް..” ރަޝްނާން އެހެން ބުނެލުމުން ޒަހްރާ ހިނިތުންވެލިއެވެ.
“ޒަހްރާ..” އޭނާ ހިގައިގަންނަން އުޅުމުން ރަޝްނާން ގޮވާލިއެވެ.
“ލައްބަ..” ޒަހްރާ އެނބުރިލިއެވެ.
“އަހަރެން މިއަދު ދާނަން ގަމީސްދޭން..” ރަޝްނާން ބުނެލިއެވެ. އެއްބަސް ވުމުގެ ގޮތުން ޒަހްރާ ބޯޖަހާލިއެެވެ.
“ކިހާރެއް ވާރު އަންނަންވީ..؟”
“ރަޝްނާން އަށް ފަސޭހަ ގަޑިޔަކު..” ޒަހްރާ ބުނެލިއެވެ.
ލެކްޗާރް ނިއްމާލާފައި ބްރޭކް ގަނޑި ކަމުން ޔޫރާވެސް ދަބަސް ހިފައިގެން ކްލާހުން ނުކުތެވެ. އެވަގުތު އޭނާގެ ފަހަތުން އައިސް އޭނާގެ ކޮނޑަށް އަތް ވައްޓާލީ ސަފްވާން އެވެ. ސަފްވާން އަކީ ޔޫރާގެ ވަރަށް ގާތް އެކުވެރިއެކެެވެ. އޭނާ ފުރަތަމަ ދުވަހު ކޮލެޖް އައިރު ފުރަތަމަ ދިމާވި ކުއްޖަކީ ސަފްވާން އެވެ. އެދުވަހުން ފެށިގެން ދެމީހުންގެ މެދުގައިވެސް ވަނީ ވަރަށް ގާތް އެކުވެރިކަމެއް އުފެދިފައެވެ.
“ހިގާބަލަ ކޮލެޖް ކައިރީ އެތާ ހުރި ހަޓަކަށް..” ސަފްވާން ބުނެލިއެވެ.
“އެއީ ކީއްކުރަން..؟” ޔޫރާ އަހާލިއެވެ. ދެމީހުން ވެސް ހޯލްވޭ ތެރެއިން ލައިފައި ދިޔައިރު އެތަކެއް އަންހެން ކުދިންއާއި ފިރިހެން ކުދިންގެ ނަފްރަތު ބެލުންތަށް ދިޔައީ އެދެމީހުންނަށް އަމާޒުވަމުންނެވެ.
“އެތާގަ މާޗާ ވިއްކަން އެބަހުއްޓޯ..” ސަފްވާން ބުނެލިއެވެ.
“މަ އޭތި ޓްރައި ކުރަން އުޅޭތާ ކޮންދުވަހެއްތަ..” ސަފްވާން ބުނަމުން ދިޔައެވެ. އެއްމެފަހުން ޔޫރާ އެއްބަސް ވިއެވެ. އެކިވާހަކަ ދައްކަމުން ގޮސް ދެމީހުން ވެސް އެކިޔާ ހަޓެއް ކުރިމައްޗަށް ހުއްޓިލިއެވެ. ސަފްވާން އޯރްޑަރް ދިނުމުން ޔޫރާ ވެސް މަޑުކޮށްލައިގެން ހުރީއެވެ. އެހެން ތިއްބައި ކައިރިން ބަރުގޮން އަޅާލި އަޑު އިވުނެވެ. ދެމީހުންނަށް ވެސް ބަލާލެވުނީ އެއްފަހަރާއެވެ. އޭރު ސައިކަލް މަތީގައި ހެލްމެޓް އަޅައިލައިގެން އަޝްވާން ހުއްޓެވެ.
“ކޮންތާކު މީހެއްތަ.. ފުލުން ނައްޓަން އެނގޭ އެއްޗެއް ނޫން..” ޔޫރާ މަޑުމަޑުން ބުނެލިއެވެ. އަޝްވާން ފެނުމުން އޭނާ އިނީ ފޫހިވެފައެެވެ.
“އޭޔް.. ކިހިނެއް ވެފަތަ.. އެއީ ޔޫރާ ދަންނަ މީހެއްތަ..؟” ސަފްވާން އަހާލިއެވެ. އޭނާ އަށް ވެސް އަޝްވާން ފެނުނެވެ.
“ދަންނަ މީހެއް ނޫން.. ފަހަތުން ނައްޓަން ނޭނގޭ މީހެއް އެއީ..” ރޭގައި ވީކަންތަށް ޔޫރާ ސަފްވާން އަށް ކިޔައިދިނެވެ.
“ޔޫރާ އެއް ނޫނެއްނު އަސްލު ސޮރީ ބުނަން ޖެހޭނީ.. އެމީހާ އެއްނު.. ކަޑަ ކަޑަ..” ސަފްވާން އެެހެން ބުނެލިވަގުތު އެތާ އިން އަންހެން ކުއްޖާ ދެމީހުންގެ ތަށިތަށް ގެނެސް ދިނެެވެ. ދެމީހުން ވެސް އަވަހަށް މިސްރާބު ޖެހީ ކޮލެޖް އަށް ދިމާއަށެވެ. ޔޫރާ މެންނާއި އެއްވަރަށް އަޝްވާން ދިޔައީ ސައިކަލް ދުއްވަމުންނެވެ. ޔޫރާ އާއި ސަފްވާން ވެގެން އަޝްވާން އާއި ދިމާއަށް އެއްޗެހި ކިޔެވެ. ޔޫރާމެން ކޮލެޖް އަށް ވަނުމުން އަޝްވާން ދިޔައީ އެވެ.
އެއަންހެން ކުއްޖާ ލައްވައި އޭނާ އަށް ސޮރީ ބުނެފަ ނޫނީ އޭނާ އަށް ދުލެއް ނުކުރާނެއެވެ.
ގަނޑިން މިހާރު ރޭގަނޑު ހަތެއް ޖަހާފިއެވެ. ޔުރާ ކްލާހުން ނުކުތީ ސަފްވާން އާއި އެކީ އެވެ. ދެމިޙުން ވެސް ހެމުން މަޖާ ކުރަމުން ގޭޓް އާއި ހަމަ އަށް އެރީރަށް އަރްފާންގެ ފޯން ކޯލް އެއް ޔޫރާ އަށް އައެެވެ. ވަގުތުން އޭނާ ފޯން ނެގިއެވެ.
“އަވަހަށް ނުކުމޭ..” އަރަފާން އެހެން ބުނެލުމުން ޔޫރާ ގޭޓް ބޭރަށް ބޯދިއްކޮށްލިއެވެ. އޭރު މާދުރުނޫން ހިސާބަކު އަރްފާން މަޑުކޮށްލައިގެން އިނެވެ.
“ސަފްވާން ދެންދޭ.. އަހަރެން މިދަނި ކުއްޖަކާއި އެކު..” ޔޫރާ އެހެން ބުނެ ދިޔައީ އެވެ. އަރްފާން ކައިިރިއަށް ޔޫރާ ދިޔުމުން އޭނާ އަވަހަަށް ސައިކްލް ސްޓާޓް ކޮށްލިއެވެ.
“މިއަދު ހިގާ އަަހަރެންގެ ގެޔަށް..” އަރްފާން އެހެން ބުނުމުން ޔޫރާ އެއްބަސް ވިއެވެ.
“މަންމަމެން މިއަދު އައީމަ އަސްލު މިބުނީ..” އަރްފާން ބުނެލިއެވެ.
“އަސްލުތަ..؟” ޔޫރާ ހިނިތުންވެލިއެވެ.
“ހޫމް..” އަރްފާން އެހެން ބުނެ ދުވެލި ބާރު ކޮށްލިއެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.







Mi part ves Vrh Reethi MA!!!
Ashwaan ves dhn ulhey goi 😣😣
Yoora and arufaan so cute….
Lysm and Tc my dear
Thank you for the comment Alaika_22! 😊
Ashwaan wants yoora to say sorry to him, ehenne eulhenee ehen! 🙃
Yoora and Arfaan aslu ves v loabi dhw! 😀
Love you more!😘
You also take care Alaika_22! 🥰
Mi part ves varah reethi. Rashnaan and zahra is so cute. Ashwaan ves dhww varah majaa.
Thank you Miss jennie!
Rashnaan and zahra cute dhw!!
Glad you like them!
Maasha Allah 🍃💚💚
So so Amazing Prt 🥰Chill Dude, 😎😎
Rashnan what happened to you? I’m scared till my heart is beating so so fast..
Yoora frnd aa ekee dhw edhiyaey dhen Fahe Ashwern vee ehnu Yoora fahathun ulhey kulhi huhthaalan Saabas Ashwern 🙂↕️🙂↕️💚 if Arufern knows he ‘ll be mad to you 🎀🌸
Lyssmm 💋 ✨
Tc of yourself,buddy 🫶🦋🦋
When’s next?🌸💋💋💋
Thank you I really appreciate your support! 🥰
Ashwaan ehuree faseyhakoh dhoo dhey gothakah noon dhw! 🤣
Lets see dhw vaane goii! 💚
Love you too!! 😘
You also take care buddy.. 😂
Next part Inee nukumefa ehhnuu! 👀
Aww..Cer couldn’t see eyru 🎀🥀 sorry 😐 Gurll