Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބޮޑީގާޑު 5

Ara
Ara Level 210 Stories100 Comments
January 17, 2026 5 Mins Read
8 Comments

ޒިޔާދު ރުޅިގަދަވެގެން ހަޅޭއްލަވައިގަތެވެ. “މަރާލާ! ދެމީހުންވެސް މަރާލާ. އަހަރެންގެ އަމިއްލަ ދަރިއަކަށް ވިޔަސް އަހަރެންގެ މަގަށް ހުރަސްއަޅާ ކޮންމެ މީހަކީ އަހަރެންގެ ދުޝްމަނެއް.”

އިނާގެ ކަރުގައި ވަޅި ޖައްސައިގެން ހުރި މީހާ ވަޅި ބާރުކޮށްލި ވަގުތު ޒޭން ކުއްލި ހަރަކާތަކާއެކު އޭނާގެ ބޫޓުގެ ތެރެއިން ފޮރުވާފައި އޮތް ކުޑަ ވަޅިއެއް ނަގައި އިނާގެ ފަހަތުގައި ހުރި މީހާގެ ފަޔަށް ހަރާލިއެވެ.

ޒޭންގެ ހަލުވި ހަރަކާތާއެކު އިނާގެ ކަރުގައި ވަޅި ޖައްސައިގެން ހުރި މީހާ އަށް ވީ ތަދުން ހަޅޭއްލަވައިގަނެ އިނާ ދޫކޮށްލާފައި ބިންމައްޗަށް ވެއްޓިއްޖެއެވެ. އެ ފުރުސަތުގެ ބޭނުން ހިފާ ޒޭން ވަގުތުން އިނާގެ އަތުގައި ހިފާ ކާރުގެ ނިވަލަށް ދަމައިގަތެވެ. ޒިޔާދުގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. އޭނާގެ ދަރިފުޅު އޭނާއާ ދެކޮޅަށް ތެދުވުމަކީ ނުވެސް އެނގި ހުއްޓާ އޭނާ އަށް ކުރިމަތިވި ވަރަށް ބޮޑު ހަމަލާއެކެވެ. “ބަލަ އަދިވެސް ތިބީތަ؟ މަރާލާ އެ ދެމީހުން. އެންމެ ވަޒަނަކުން މިކަން ނިންމާލާ.” ޒިޔާދު ރުޅިއައިސްގެން ހަޅޭއްލަވައިގަތެވެ. ބަޑީގެ ހަމަލާތައް ބޯމަތިން އުދުހެން ފެށިއެވެ. ޒޭން ކާރުގެ ފުރޮޅާ ދިމާލުން ބޯދިއްކޮށްލާފައި ރައްދު ހަމަލާ ދެމުން ދިޔައެވެ. އިނާ އިނީ ބިރުން ހަލާކުވާން ކައިރިވެފައެވެ. އޭނާގެ އަތުގައި އިން ކުޑަ އަތްދަބަހުގައި އޮތް ޕެންޑްރައިވްއަކީ މި ހުރިހާ ނުރައްކަލެއްގެ އަސްލެވެ.

“ޒޭން. މިތަނުން ސަލާމަތެއް ނުވެވޭނެ އެމީހުން މާ ގިނަ.” އިނާ ގިސްލަމުން ބުންޏެވެ. “އަހަރެންނަށް އިތުބާރު ކުރޭ” ޒޭން އިނާއަށް ބަލާލިއެވެ. “އިނާގެ އަތުގައި ތި އޮތް ޕެންޑްރައިވްއަކީ ބައްޕަގެ މުޅި ދިރިއުޅުން. އެއީ މަންމަގެ މަރުގެ ހަޤީޤަތް ވެސް އޮތް އެއްޗަކީ. އަހަރެން މިއަދު މިތަނުގައި މަރުވިޔަސް އެ ޕެންޑްރައިވް ރައްކާކުރާތި. އަހަރެން ހުންނާނެ އިނާގެ ޕެންޑްރައިވް އަށް އަހަރެންގެ އަތުގަ ހުރި ބައެއް ހެކިތައް ވެސް އަޅާފަ.”

“މަންމަގެ މަރުގެ ހަޤީޤަތޭ؟” އިނާ ހައިރާންވެފައި އަހާލިއެވެ. “އާނ މަންމަ މަރުވީ ހަމައެކަނި ހިތް ހުއްޓިގެނެއް ނޫން. ބައްޕަގެ ކޮރަޕްޝަން މަންމައަށް އެނގުމުން މަންމަ ބޭނުންވީ ބައްޕައާ ދެކޮޅަށް ހެކިބަސް ދޭން. މަންމަ އަށް ބޭސްތަކެއް ދީގެން…” ޒޭންގެ ދެލޮލުން ކަރުނަ އައެވެ. “ޒިމާމަށް ވެސް އެކަން އެނގޭ. އެކަމަކު އޭނާ އިޚްތިޔާރު ކުރީ ބައްޕަގެ ފައިސާ.”

އިނާގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ. ޒިޔާދަކީ އަމިއްލަ އަނބިމީހާ މަރާލަން ފަސްނުޖެހުނު ރަހުމެއް ނެތް އިންސާނެކެވެ.

ޒިޔާދު މަޑުމަޑުން ހިނގާފައި ކާރާ ކައިރިވަމުން ދިޔައެވެ. “ޒޭން. ކަލޭ ހީކުރަނީ ތި ޕެންޑްރައިވް ހިފައިގެން މިތަނުން ސަލާމަތްވެވޭނެ ކަމަށްތަ؟ މީ ހުސްބިމެއް. ކަލޭގެ ވަޒަންތައް ހުސްވާނެ އެކަމަކު އަހަރެންގެ ބާރެއް ހުހެއްނުވާނެ”

ހަމަ އެވަގުތު ދުރުން ނޫކުލައިގެ ބައްތިތަކެއްގެ އަލި ފެންނަން ފެށިއެވެ. ސައިރަންގެ އަޑު މުޅި ސަރަހައްދަށް ފެތުރިގެން ދިޔައެވެ. ޒިޔާދު ސިއްސައިގެން ގޮސް ފަހަތަށް ބަލާލިއެވެ. ފަސް ހަ ފުލުހުންގެ ކާރު ބާރު ދުވެލީގައި އެދިމާލަށް އަންނަނީއެވެ.

“މިހާ އަވަހަށް؟ ކާކު ގުޅީ؟” ޒިޔާދު ހާސްވެފައި އަހާލިއެވެ.

ޒޭން ހީލިއެވެ. “އަހަރެން ކާރުން ފޭބުމުގެ ކުރިން ލޮކޭޝަން ފޮނުވިން. ބައްޕަ ހީކުރީ އަހަރެން އެކަނި އަންނާނެ ކަމަށްތަ؟” ޒިޔާދުގެ މީހުން ހާސްވެގެން ކާރަށް އަރައި ފިލަން ދުއްވައިގަތެވެ. ނަމަވެސް ފުލުހުން އެމީހުން ވަށާލިއެވެ. ޒިޔާދު ފިލަން އުޅުނު ވަގުތު ޒޭން ދުވެފައި ގޮސް އޭނާގެ ބައްޕަގެ ގަމީހުގެ ގިރުވާނުގައި ހިފެހެއްޓިއެވެ. “މިއަދު ބައްޕަގެ ކުޅިގަނޑު ނިމުނީ” ޒޭން ބުންޏެވެ. ޒިޔާދު ޒޭންގެ މޫނަށް ބަލާލާފައި ބުންޏެވެ. “ކަލޭ މިއަދު މޮޅުވެދާނެ. އެކަމަކު ހަނދާންކުރާތި ޒިމާމް އެނބުރި އަންނާނެ. އަދި އޭނާ މިކަން ނިންމާލާނެ.”

ފުލުހުން އައިސް ޒިޔާދުގެ އަތުގައި ބިޑި އެޅުވިއެވެ. އިނާ ތުރުތުރުލާ ހާލު ކާރުގެ ފަހަތުން ނިކުތެވެ. ޒޭން މަޑުމަޑުން އިނާގެ ގާތަށް އައެވެ. “ޒޭން.. ޒޭން އޯކޭތަ؟” އިނާ އަހާލިއެވެ. ޒޭން ޖަވާބެއް ނުދީ އިނާއަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާގެ މޫނުމަތިން ފެންނަނީ ބަޔާންކުރަން ދަތި ހިތްދަތިކަމެކެވެ. އަމިއްލަ ބައްޕަ ޖަލަށް ފޮނުވާލުމަކީ އެއްވެސް ދަރިއަކަށް ފަސޭހަ ކަމެއް ނޫނެވެ.

އިނާ އާއި ޒޭން އެނބުރި އެޕާޓްމަންޓަށް ދިޔައެވެ. މުޅި ތަނަށް ވެރިވެފައިވާ ވަނީ ހަމަހިމޭންކަމެވެ. ޒޭން ބެލްކަނީގައި ހުއްޓެވެ. އިނާ ދެ ކޮފީ ތަށި ހިފައިގެން އައިސް އެއް ތަށި ޒޭންއަށް ދިއްކޮށްލިއެވެ. “ދެން ކިހިނެއް ވާނީ؟” އިނާ އަހާލިއެވެ. “ޕެންޑްރައިވްގައި ހުރި ހެކިތަކާއެކު ޒިޔާދު ދެން ދުވަހަކުވެސް ޖަލުން ނުނިކުންނާނެ” ޒޭން ބުންޏެވެ. “އަދި އަހަރެން… އަހަރެންގެ ވަޒީފާ ނިމުނީ.”

“ވަޒީފާ ނިމުނަސް… ޒޭންއަށް މިތަނުގައި ހުރެވިދާނެ.” އިނާ މަޑުމަޑުން ބުންޏެވެ. “އަހަރެން ބޭނުން ޒޭންގެ އެހީ. ޒިމާމްގެ ވާހަކަ ޒިޔާދު އެ ބުނީ ކީއްވެ؟” ޒޭން އިނާގެ ލޮލަށް ސީދާ ބަލާލިއެވެ. “ޒިމާމް ޖަލުގައި ހުރެގެން ވެސް އޭނާގެ ނެޓްވޯކް ހިންގާ. އޭނަ ޤަބޫލު ކުރަނީ މަންމަގެ މަރުގެ ޒިންމާނަގަން ޖެހޭނީ އިނާ ކަމަށް. ބައްޕަ އޭނާއަށް ވިސްނައިދީފައި އޮތީ އެހެން. އެހެންވީމާ.. އަދި މިކަން މުޅިއަކުން ނުނިމޭ.”

ހަމަ އެވަގުތު ޒޭންގެ ފޯނަށް މެސެޖެއް އައެވެ. އެއީ ނުދަންނަ ނަންބަރަކުން އައި މެސެޖެކެވެ.

“ބޭބެ ސަލާމަތްވެއްޖެ. ކަލޭގެ ފަހު ދުވަސްތައް ގުނަން ފަށާ.” ޒޭންގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. އޭނާ ބާރަށް ފޯނު ބާއްވާފައި އިނާގެ އަތުގައި ހިފިއެވެ. “އަހަރެމެން މިހާރުން މިހާރަށް މިތަނުން ފުރަން ޖެހޭ. ޒިމާމް ޖަލުން ފިލައިފި.” ޒިމާމް ޖަލުން ފިލުމަކީ އެމީހުންގެ ފުރާނައަށް އޮތް އެންމެ ބޮޑު ނުރައްކަލެވެ. ޒިޔާދެކޭ އެއްފަދައިން ޒިމާމަކީ ވެސް ރަހުމެއް ނެތް ޤާތިލަކަށް ވާން ފަސްނުޖެހޭނެ މީހެކެވެ.

“އަވަހަށް ދަބަސް ތައްޔާރުކުރޭ.” ޒޭން އިނާގެ ކޮނޑުގައި ހިފާ ތަޅުވައިގަންނަމުން ބުންޏެވެ. “އަހަރެމެންނަށް މާލޭގައި ދެން މަޑެއް ނުކުރެވޭނެ. ޒިމާމް ފުރަތަމަ ވެސް އަންނާނީ މިތަނަށް.”

“އެކަމަކު ޒޭން.. އަހަރެމެން ކޮންތާކަށް ދާނީ؟ ފުލުހުންނަށް ނުގުޅޭނެތަ؟” އިނާ ހާސްވެފައި އަހާލިއެވެ.

“ފުލުހުންގެ ތެރޭގައި ވެސް ޒިމާމްގެ މީހުން އުޅޭނެ. މިވަގުތު އެއްވެސް މީހަކަށް އިތުބާރު ކުރެވޭކަށް ނެތް.” ޒޭން އޭނާގެ ކޮޓަރިއަށް ވަދެ އިތުރު ވަޒަންތަކާއި ދެވަނަ ބަޑިއެއް ނެގިއެވެ. “އަހަރެމެން ދާނީ ކަނޑުމަގުން. އަހަރެންގެ ރައްޓެއްސެއްގެ ލޯންޗެއް ތައްޔާރަށް އޮންނާނެ.”

އިނާ އަވަސްއަވަހަށް އޭނާގެ ލެޕްޓޮޕާއި ޕެންޑްރައިވް ދަބަހަށް ލިއެވެ. އޭނާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. ކުއްލިއަކަށް އިމާރާތުގެ ތިރިން ބާރު އަޑެއް އިވުނެވެ.

“އެމީހުން އަތުވެއްޖެ.” ޒޭން ވަރަށް މަޑުން ބުންޏެވެ. އޭނާ އިނާ ގޮވައިގެން ބެލްކަންޏަށް ނިކުތެވެ. “އަހަރެމެންނަށް ލިފްޓުން ނިކުމެވޭކަށް ނެތް. ދާން ޖެހޭނީ ސިޑިން.” އޭނާ އިނާ ގޮވައިގެން އެޕާޓްމަންޓުން ނިކުމެ ލިފްޓުގެ ބަދަލުގައި ސިޑިން ތިރިއަށް ދުއްވައިގަތެވެ. ހަތްވަނަ ބުރިން ތިރިއަށް ފޭބިއިރު އިނާ ހުރީ ނޭވާލާން އުނދަގޫވެފައެވެ. އެމީހުން އިމާރާތުން ނިކުމެ ގޯޅިގަނޑު ތެރޭގައި އިން ޒޭންގެ ސައިކަލަށް އެރިއެވެ. ސައިކަލު ސްޓާޓްކޮށް މާލޭގެ ހަނި ގޯޅިތަކުން ދުއްވާލީ ފަހަތުން އަންނަ މީހުންނަށް ފާރަވެރިވަމުންނެވެ. ޒޭންގެ ހުށިޔާރުކަމުން އެމީހުންނަށް ޖެޓީއާ ހަމައަށް ދެވުނެވެ. ޖެޓީގައި ތައްޔާރަށް އޮތް ލޯންޗަށް އެރުމަށްފަހު، ޒޭން ބާރު ދުވެލީގައި ލޯންޗު ދުއްވާލިއެވެ.

“ޒޭން… އަހަރެމެން މިދަނީ ކޮންތާކަށް؟” އިނާ މަޑުމަޑުން އަހާލިއެވެ. “ފަޅު ރަށަކަށް. ކުރިން އެރަށުގަ މީހުން އުޅުނު އެކަމަކު މިހާރު އެއީ މީހުން އާންމުކޮށް ގޮސްއުޅޭ ހިސާބެއް ނޫން” ޒޭން ޖަވާބު ދިނެވެ. “އެތަނުގައި އަހަރެންގެ ރައްޓެއްސަކު ތައްޔާރުކޮށްފައި ހުރި ކުޑަ ގެއެއް ހުންނާނެ. އެތަނުގަ އަހަރެމެންނަށް ތިބެވޭނެ.” ދެ ގަޑިއިރެއްހާ އިރު ދަތުރުކުރުމަށްފަހު އެމީހުންނަށް އެ ރަށަށް ދެވުނެވެ.

އެއީ ގަސް ބޯ ހަމަހިމޭން ރަށެކެވެ. ލޯންޗު ގޮނޑުދޮށަށް ބޭއްވުމަށްފަހު ޒޭން އިނާ ގޮވައިގެން ރަށުގެ އެތެރެއަށް ހިނގައިގަތެވެ. އިނާ ހުރީ މާލޭގައި ހިނގި ކަންތައްތަކުން މުޅިން ވަރުބަލިވެފައެވެ. ގަސްތަކުގެ ތެރެއިން އިރުކޮޅަކު ހިނގުމަކަށްފަހު އެމީހުންނަށް ފެނުނީ އާދައިގެ ގޮތަކަށް ހަދާފައިވާ ކުޑަ ގެއެކެވެ. ގެ ކުޑަ ނަމަވެސް އެތަނުގައި ދިރިއުޅެވޭނެ ފަދަ ވަސީލަތްތައް ހުއްޓެވެ. “މިއީ އަހަރެންގެ ރައްޓެއްސެއްގެ އަމިއްލަ ރަށެއް. މީގެ އަހަރުތަކެއް ކުރިން އޭނާ މިތަން ދޫކޮށް މާލެއަށް ބަދަލުވީ. އެއްވެސް މީހަކަށް މިތަނެއް ނޭނގޭނެ.”

ޒޭން ދޮރު ހުޅުވާލަމުން ބުންޏެވެ. ގޭގެ އެތެރެއަށް ވަދެވުމާއި އެކު އިނާ އޭނާގެ އަތުގައި އޮތް ދަބަސް މޭޒުމަތީގައި ބޭއްވިއެވެ. އޭނާ ގޮނޑިއެއްގައި އިށީނދެ ދެލޯ މަރާލިއެވެ. ޒޭން ކުޑަދޮރުން ބޭރު ބަލާލިއެވެ. އިރުއޮއްސެމުން ދިޔަ ވަގުތު އުދަރެހަށް ފެތުރިފައިވާ ރަތްކުލައާއި ރަން ކުލައިގެ ދަޅަވަރުން މުޅި މާހައަލަށް ވެރިވެފައިވަނީ ބަޔާންކުރަން ދަތި ހިތްގައިމުކަމެކެވެ.

“އިނާ ތިހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައި. ކުޑަކޮށް ނިދާލަންވީނު؟” ޒޭން ބުނެލިއެވެ.

“ޒޭން ވެސް ވަރުބަލިވެފައެއްނު ތިހުރީ؟” އިނާ ކަންބޮޑުވުމާއެކު ޒޭންއަށް ބަލާލިއެވެ. “ޒޭންގެ އަތަށް ލިބުނު އަނިޔާ… އަދިވެސް އެހުރީ ލޭ ހިިކިފައި.”

ޒޭން އޭނާގެ އަތްތިލައަށް ބަލާލިއެވެ. އެއީ މާލޭގައި ހިނގި ކުރިމަތިލުމުގެ ތެރޭގައި ލިބުނު އަނިޔާއެކެވެ. އޭރު ހުރި ހާސްކަމުގެ ބޮޑުކަމުން އޭނާއަށް އެ ތަދު އިހުސާސްވެސް ނުވީއެވެ. އިނާ އަވަސްއަވަހަށް ތެދުވެ ގޭގެ އަލަމާރިތައް ހޯދަން ފެށިއެވެ. އޭނާއަށް ފުރަތަމަ އެހީދޭ ފޮށްޓެއް ފެނުނެވެ. އިނާ މަޑުމަޑުން ޒޭންގެ ޒަޚަމް ސާފުކޮށް ބޭސް އަޅައިދޭން ފެށިއެވެ. ދެމީހުންގެ މެދުގައި ވަނީ ހަމަހިމޭންކަމެވެ. ނަމަވެސް އެ ހިމޭންކަމުގެ ތެރޭގައި އެތައް ވާހަކައެއް އެކުލެވިގެންވެއެވެ. “އަހަރެންނަށް އެނގޭ ޒޭންއަށް ކުރާނެ އަސަރު. އަމިއްލަ ބައްޕަ އާއި ބޭބެއާ ދެކޮޅަށް ތެދުވުމަކީ ފަސޭހަ ކަމެއް ނޫން.” އިނާ މަޑުމަޑުން ބުންޏެވެ.

“މަންމަގެ މަރަށްފަހު އަހަރެންގެ ދިރިއުޅުމުގެ ހަމައެކަނި މަގްސަދަކީ އިންސާފު ހޯދުން. އަހަރެން ބޮޑީގާޑެއްގެ ވަޒީފާއަށް އައީ ބައްޕަގެ ރޭވުންތައް ބަލަން. އެކަމަކު އިނާގެ ގާތަށް އައުމަށްފަހު އަހަރެންނަށް އިނާގެ ހިތްވަރު ފެނުނު. އިނާގެ ތެދުވެރިކަން ފެނުނު. އެއީ އަހަރެންނަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ.” އިނާ ބޭސް އަޅާ ނިންމުމަށްފަހު ޒޭންއަށް ބަލާލިއެވެ. އެ ދެމީހުންގެ ހަތަރުކަޅި ހަމަވި ވަގުތަކީ ދެމީހުންނަށް ވެސް ބަޔާންކުރަން ދަތި އިހުސާސްތަކެއް ކުރެވުނު ވަގުތެކެވެ.

“އަހަރެމެންނަށް ޒޭންގެ މަންމައަށް އިންސާފު ހޯދައިދެވޭނެތަ؟” އިނާ އަހާލިއެވެ. “އާނ. އިރާދަކުރެއްވިއްޔާ. ތި ޕެންޑްރައިވްގަ ހުރި ހެކިތަކަކީ އަހަރެމެންގެ އަތުގައި އޮތް އެންމެ ބޮޑު ހަތިޔާރު.” ޒޭން ތެދުވެ ކުޑަދޮރު ކައިރިއަށް ޖެހިލިއެވެ. “އަހަރެމެން މިރޭ މިތަނުގައި މަޑުކޮށްލާނީ. މާދަމާ ހެނދުނު އަހަރެންގެ ރައްޓެހި ފުލުސް އޮފިސަރުގެ އެހީގައި ދާނީ ސީދާ ކޮމިޝަނަރުގެ ގާތަށް. އޭނާއަކީ އަހަރެންގެ ބައްޕަގެ ނުފޫޒުން އެއްކިބާވެފައި ހުރި މީހެއް.”

އެރޭ އެމީހުން ވަރަށް ހަމަޖެހިލައިގެން ރޭގަނޑުގެ ކެއުން ތައްޔާރުކުރިއެވެ. އެ ރަށުން ލިބުނު ކާނާ އާއި ލޯންޗުގައި ހުރި ބައެއް ތަކެތި ބޭނުންކޮށްގެންނެވެ. އެއީ މީގެ ހަފްތާއެއް ކުރިން އިނާގެ ދިރިއުޅުމަށް އައި ބަދަލަށްފަހު އޭނާ ހިތްހަމަޖެހިލައިގެން އިނދެ ކެއި ފުރަތަމަ ފަހަރެވެ.

ކެއުމަށްފަހު ދެމީހުން ބޭރަށް ނިކުމެލީ މާހައަލުގެ ހަމަހިމޭންކަމުން ހިތަށް ތަސައްލީއެއް ހޯދުމަށެވެ. ކަނޑުގެ ރާޅުތަކުގެ އަޑު ފިޔަވައި އިތުރު އަޑެއް އެ ސަރަހައްދަކު ނެތެވެ. “ޒޭން. މި ހުރިހާ ކަމެއް ނިމުމުން ދެން ވާނީ ކިހިނެއް؟” އިނާ މަޑުމަޑުން އަހާލިއެވެ. ޒޭން އިނާގެ އަތުގައި ހިފާލިއެވެ. “ދެން އޮތީ އާ ފެށުމެއް. ބިރުވެރިކަމެއް ނެތް އުންމީދުން ފުރިގެންވާ ދިރިއުޅުމެއް. އަހަރެން ބޭނުމީ އިނާއާއެކު އެ ދިރިއުޅުން ހޭދަކުރަން.”

ޒޭންގެ އެ ޖުމްލައިން އިނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެތައް ދުވަހެއްގެ ހާސްކަމަށްފަހު ފުރަތަމަ ފަހަރަށް އޭނާގެ ހިތަށް ފުން ހަމަޖެހުމެއް ލިބުނެވެ. ދެމީހުން އެކުގައި އެ ހިތްގައިމު ވަގުތުކޮޅު ހޭދަކުރިއެވެ.

(ނުނިމޭ)

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Ara
Follow Me Written By

Ara

Level 210 Stories100 Comments

A girl with a passion for reading and writing. Check out my story's "Hiy Nuruhenee Ey" "Loabi Vaavaru Neyngenee Hey" "Laika" "E Biruveri Rey" "Kaiveni" "Dhathuru" "Maidhaitha" "Meesmedia" "Loabi" "Inthizaaru" "Masthu" Don't miss my latest series "Hiy Kalaa Ah Edheythee" A dangerous love story between a criminal and a nurse. "Bodyguard": A journalist seeking justice and a bodyguard sent to silence her. Share your feedback to help me improve in the future. .ފާޑުކިޔުމަކީ ލިބޭ ކުރިއެރުމެކެވެ

Other Articles

Previous

ތިޔައީ ހަނދޭ-6

Next

މިހިތައް ލޯބިދޭށޭ – 12 ބައި

Next
January 17, 2026

މިހިތައް ލޯބިދޭށޭ – 12 ބައި

Previews
January 17, 2026

ތިޔައީ ހަނދޭ-6

8 Comments!

  1. Anonymous says:
    January 17, 2026 at 12:28 pm

    Thankolheh dhigu koh genes dheeba dhn in episode

    1. Ara Ara says:
      January 17, 2026 at 9:57 pm

      Ok I will try 😊

  2. 😶‍🌫️Raajiha 😶‍🌫️ says:
    January 17, 2026 at 1:41 pm

    Yeah…6 or 8 mins read ah hedhidhaane tha??

    Anyway, mi part vx v v v reethi ingay

    1. Ara Ara says:
      January 17, 2026 at 9:58 pm

      Will try. Thank you 😊🫶🏻

  3. Anonymous says:
    January 17, 2026 at 3:52 pm

    Varah reethi mi part ves waiting for next episode ❤️

    1. Ara Ara says:
      January 17, 2026 at 9:58 pm

      Thank you 😊🫶🏻

  4. Anaa says:
    January 17, 2026 at 8:16 pm

    OMG ziyad eii hama monster eh!! I’m shocked hama. And I love Zayn always 2 steps ahead. Also I love how Inaa is staying strong despite all this chaos. Every episode is better than the last. Can’t wait for the next.

    1. Ara Ara says:
      January 17, 2026 at 9:58 pm

      Thank you 🥰😊🫶🏻

Comments are closed.

Next Episodeބޮޑީގާޑު 6←


All Right Reserved!