Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔައީ ހަނދޭ-6

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
January 17, 2026 3 Mins Read
12 Comments

ރަޝްނާން ފަސް އެނބުރި ބަލާލުމުން ޒަހްރާ ހަނާ އަޅާލިއެެވެ. ރަޝްނާން ވެސް ހަނާ އަޅާލާފައި ދިޔައެވެ. ރަޝްނާން ސައިކަލުގައި ދިޔަތަން ބަލަން ހުރެފައި ޒަހްރާ ވަނީ ގޭތެރެއަށެވެ. އޭރު އޭނާގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ. މިވަނީ ކިހިނެއް ހެއްޔެވެ.

*ޕާރޓް-6*

ފިލާވަޅު ހަދައި ފޮތް ކިޔާ ނިއްމާގެން ޔޫރާ ނުކުމެލީ ގޯތިތެެރެެއަށެވެ. ގަނޑިން އަދި ނުވަގަނޑި ބައިނުވާތީ އޭނާ ގޮސް ޖޯލީގައި އޮށޯވެލިއެވެ. އުޑުމަތި ހާމައަށް ފެންނަން އޮތީރު އެތަކެއް ތަރިތަކެއް ވިދާ ބަބުޅަމުން ދާތަން ފެނެއެވެ. ހަނދުގެ އަލިކަމެއް ނުވިއަސް އުޑުމަތި އޮތީ ރީއްޗަށެވެ. މަޑުމަޑުން ވައި ޖެހެމުން ދިޔައިރު ގައިގައި ބީހިލާ ވައި ރޯޅިތަށް ފިންޔެވެ.

ގުދުރަތީ ރީތި މަންޒަރަށް ގެއްލިފައި އޮތް ޔޫރާ ތެދުވެގެން ހިގައިގަތީ ގޭތެރެއަށެވެ. އޭރު ރާނިޔާ އިނީ ޓީވީ ބަލާށެެވެ. ޔޫޝައު އެއް ފެންނާކަށް ނެތެވެ. ޔޫރާ ގޮސް ކޮޓަރިއަށް ވަދެ އެއްޗެހި ބަދަލު ކޮށްލިއެވެ. މިހާރު އޭނާ ލައިގެން ހުރީ ވަރަށް ގަދަ ނޫކުލައިގެ ގަމީސް ކޮޅަކާއި ބޭގީ ޖިންސް އެކެވެ. މޫނުގައި ކުޑަ ފުއްކޮޅެއް ޖަހައި ގަޔަށް ސެންޓް ކޮޅެއް ބުރުވާލައިފައި އޭނާ އިސްތަށިގަނޑު ގައި ދަތްޗެއް ޖެހިއެވެ. ތައްޔާރު ވެނިއްމާލާފައި އޭނާ ނުކުތީ ބޭރަށެވެ.

“މަންމާ ބޭރަށް ދިޔައަސް އޯކޭތަ..؟” ސިޓިން ރޫމް އާއި ހަމައައިސް އައި ޔޫރާ އަހާލިއެވެ.

“އޯކޭ.. އެކަމު ބުނެބަލަ ކޮންތާކަށް..؟” ރާނިޔާ އަހާލިއެވެ.

“އަޅުގަނޑު އައިސްކީމް ކާހިތުން އެހެންވެ..” ޔޫރާ ބުނީ ހަޤީޤަތެވެ. އޭނާ އަސްލަށްވެސް އައިސްކްރީމް ކާހިތްވެގެން ނުހުރެވިގެން އެއުޅެނީ ދާށެވެ.

ރާނިޔާގެ ހުއްދައާއި އެކު ބޭރަށް ނުކުއް ޔޫރާ ފޯނުބަލަމުން ހިގަމުން ދިޔައީ ގެޔާއި މާދުރުނޫން ތަނެއްގައި ހުރި ހަޓަކަށެވެ. އެތަނުން އައިސްކްރީމް ގަނެގެން ޔޫރާ މިސްރާބުޖެހީ ލައިބްރެރިއަށެވެ. މަގުތަށްމަތި އަދިވެސް ވަރަށް ބާރުބޮޑެވެ. ޕޭމެންޓް މަތިން ހިގައިފައި ގޮސް ލައިބްރެރީ އަށް ދާން ވެގެން މަގުހުރަސްކުރަން ދިޔަ ޔޫރާ ދިޔައީ ވަރަށް ބަލަމުންނެވެ. އެކަމަކު ވެސް އޭނާ ސިއްސައިގެން ދިޔައީ ވަރަށް ކައިރިން ބަރުގޮން އަޅައިލި އަޑަށެވެ. ސިއްސައިގެން ދިޔަވަރުން އޭނާގެ އަތުގައި އޮތް އައިސްކްރީމް ވެސް ވެއްޓުނެވެ. ބަލައިލިއިރު ޔުރާ އާއި ވަރަށް ގާތުގައި ހުރީ ހެލްމެޓް އަޅައިގެން އެކަމަކު އޭގެ “ޝީލްޑް” މަތިކޮށްލައިގެން ހުރި ޒުވާން ފިރިހެނެކެެވެ. އޭނާގެ މަޑު ފެހިކުލައަކަށްދާ ދެލޮލާއި ޔޫރާގެ ދެލޯ ހަމަވިއެވެ. އެމީހާގެ ދެލޮލުން ފެނުނީ ރުޅިވެރިކަމެވެ.

“މަންޖެ ބަލައިގެން ދޭބަލަ.. މަގޭ ގަޔަށް ތިޔަ އައިސްކްރީމް ވެސް އަޅާލާފި.. ބޮޑު އުދަގުލެއްް..” އެމީހާ މަގުމެދުގަ ހުރެފަ ހަޅޭލަވައިގަތެވެ. ޔޫރާ އިނީ ހުއްޓުން އަރާފައެވެ. މިވީ ކިހިނެއް ހެއްޔެވެ؟ އޭނާގެ އައިސްކްރީމް އެވެ. އެމީހާ އާއި ހެދި އެއޮށްވަރުން ގަތް އައިސްކްރީމް ވެސް އިސްރާފަށް ދިޔައީއެވެ. އަދި ވެސް އެމީހާ ހަޅޭލަވަައިގަތީ ކޮންބޭނުމަކު ހެއްޔެވެ؟ އޭނާ ހަމަ ރީއްޗަށް ހިގައިފައި ދަނިކޮށް އެމީހާ ބަރުގޮން އަޅަން ޖެހޭހެއްޔެވެ؟ ޔޫރާ ވެސް ރުޅި އައެވެ.

“އެކްސް ކިއުޒްމީ.. ބަލަ އަހަރެންގެ ކަމެއްތަ އެއީ..؟ ކަލޭ ދޯ މަ ހަމަ ރީއްޗަށް ހިގައިފައި ދަނިކޮށް މިތާގަ ކޮން މޮޔައެއް ވެގެން ކަމެއް ނޭނގެ ބަރުގޮން އަޅާފި.. ދެން އައިސްކްރީމް ގަޔަށް އެޅުނީ އޭ.. ތިމަންނަގެ ލޯބިވާ ޓީޝާޓް ހަޑިވީއޭ ކިޔާނެ ކަމެއް ނެތް.. އަމިއްލަ ކަމެއްދޯ..” ޔޫރާ ވެސް އެއްމެ ތަންފުކެއް ވެސް ދޫނޮކޮށް ކިޔައިގަތެވެ. އެފިރިހެން ކުއްޖާ ހުރީ ޔޫރާ އަށް ބަލަހައްތައިގެންނެވެ. ރުޅި އައިސް އެވެ.

“ކަލޭގެ ލަދުކޮބާތަ މަށާ ތިވައްތަރަށް ވާހަކަ ދައްކާކަށް.. މަ މީކާކުކަން އެނގޭތަ ތިޔަ ވައްތަރަށް ތިވާހަކަ ދައްކަނީ..” އެކުއްޖާ ވެސް ހީވަނީ ރުޅި އަރައިގެން ދެއްމެ ދެއްމެ ޔޫރާގެ ކަރުގައި ހިފާފާނެ ހެންނެވެ.

ޔޫރާ ލޯ އަނބުރާލާފައި މަގުހުރަސް ކޮށްފައިި ގޮސް ލައިބްރެރީ އަށް ވަނީ އޭނާ އާއި ހެދި މަގުގައި ތިބި އެހެންމީހުންނަށް އުދަގޫ ވެދާނެ ތީއެވެ.

ސައިކްލް ދުއްވާލާފައި އައިސް ލައިބްރެރީ ކާރިއަށް ހުއްޓާލާފައި އަޝްވާން އެތެރެ ބަލާލިއެވެ. އޭރު ޔޫރާ ވަދެގެން ދަނީއެވެ. އަޝްވާން ހުރީ ވަަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެެވެެ. އޭނާގެނައި ފެންފުޅިން އޭނާ ލައިގެން ހުރި ޓީޝާޓް ދޮވެލައިފައި އަޝްވާން ހެލްމެޓް ނެގިއެވެ. އެގަޑީގައި އެތާ ތިބި އަންހެން ކުދިންގެ ދެލޯ ބޮޑުވިއެވެ. އަޝްވާން އަށް އެކަންވެސް އެނގެއެވެ. އޭނާގެ ދޮން މޫނާއި މަޑު ފެހި ކުލައިގެ ދެލޮލުން ވެސް އަންހެން ކުދިންގެ ހިތްތަށް ދަމައިގަންނާނެކަން ގައިމެވެ. ތޫނު ކަތުރުކަށިގަނޑެކެވެ. ކަޅުކަންގަދަ ބޯފަންއިސްތަށި ގަނޑުތެރެއިން އަތް ހިންގާލާފައި އަޝްވާން ބަލައިލީ އެތާ ތިބި އަންހެން ގްރޫޕް އާއި ދިމާއަށެވެ. އޭރު ވެސް އެކުދިން ތިބީ އަނގަނަގާ އަތަށް ލައިގެން ބަލާށެވެ. ވަރަށް ފްލާޓީ ގޮތަކަށް އަޝްވާން އެކުދިންނާއި ދިމާއަށް އެއްލޯ މަރާލިއެވެ. އެއަންހެން ކުދިންތަށް ހީވީ ކެކިގަތް ފެންއެއްޗެއް ހެންނެވެ. ހަޅޭ ލަވައޮގަނެފައި ތުއިވެލިއެވެ.

އަޝްވާން ވެސް ލައިބްރެރީ ތެރެއަށް ވަދެގެން އައިރު ޔޫރާ އިންތަން ފެނުނެވެ. ނަމަވެސް ޔޫރާ އަކަށް އަޝްވާން އެއް ނުފެންނާނެއެވެ. އޭނާ އިނީ ކިޔަން އިން ވާހަކަ ފޮތަށް މާބޮޑަށް ގެއްލިފައެވެ. މީހަކު އައިސް ކައިރީގައި އިށީންކަމެއް ވެސް އޭނާ އަކަށް ނޭނގޭނެއެވެ. އަޝްވާން އިނީ ޔޫރާ އަށް އޭނާ މިތާ އިންކަން އެނގެން ދެކަށެވެ. އެކަމަކު އެއް މިނެޓް ފާއިތުވެ ދިޔަފަހުން ވެސް ޔޫރާ އެއް އަޅައެއް ނުލިއެވެ. އެއްމެ ފަހުން އަޝްވާން މޭޒުގެ ފައިގައި ފައިން ޖަހާލިއެވެ. ޔޫރާ ދިޔައި ސިއްސައިގެންނެވެ.

“ކަލޭ އަނެއްކާ.. މޮޔަވީތަ..” ޔޫރާ ގާތަށް އިތުރަށް ރުޅި އެރީ އަޝްވާން އަނެއްކާ ވެސް އައީމައެވެ.

“އާން.. މަ އަނެއްކާ.. ބުނަން.. ކަލޭ މަށަށް ސޮރީ އޭ ނުބުނާހާ ހިދަކުއެއް މަށެއް މިތަނަކުންނެއް ގުޑައެއް ނުލާނަން..” އަޝްވާން ބުނެލީ ވަރަށް ޔަޤީން ކަމާއި އެކުއެވެ. ޔޫރާ ދެލޯ އަނބުރާލާފައި ތެދުވިއެވެ.

“ހެޔޮ ކޮންމެ އެއްޗެކޭ ކިޔަސް މަށެއް ސޮރީ އެކޭ ނުބުނާނަން..” ޔޫރާ އެހެން ބުނެ ބާރަށް ހިގައިގަތެވެ. އަޝްވާން ބަލަން ހުރެފައި ޔޫރާ ފަހަތުން ދިޔައެވެ.

“މަންޖެ ހީއްކުރަނީ ތިހާ ފަސޭހައިން މަންޖެއަށް ބެޗޭނެ ކަމަށްތަ..؟” ލައިބްރެރީއިން ނުކުމެފައި އަޝްވާން ގޮވާލިއެވެ. އަޑު އިވޭ ކަަމަށް ވެސް ހަދައިނުލާ ޔޫރާ ގޮސް އަނެއް މަގަށް އަޅާލިއެވެ.

އަޝްވާން ވެސް ވަކި ދޫނުކުރަން ވެގެން ސައިކަލަށް އަރައި ދުއްވާލިއެވެ. އަޝްވާން ފަހަތުން އަންނަކަން އެނގެހުރެ ޔޫރާ ދިޔައީ ގެޔަށެވެ. ޔޫރާ ގޮސް ގެޔަށް ވަންނަން ދެކަށް ބަލަން ހުރި އަޝްވާން އަށް މަޖުބޫރުވީ އަނބުރާލާފައި ދާށެވެ.

އޮފިސް ކަންތަށް ނިއްމާލާފައި ގެޔަށް ދިޔުމުގެ ބަދަލުގައި ރަޝްނާން މިސްރާބު ޖެހީ ބީޗް އާއި ދިމާއަށެވެ. އެއީ އޭނާ ކޮންމެރެއަކު ވެސް އާދަކޮށް އަންނަތަނެވެ. އެކަމު މިރޭ ކުޑަކޮށް ލަސް ވެއްޖެއެވެ. ބީޗް އަށް ފައިބައިފައި ރަޝްނާން ދެކޮޅު ހޯދާލީ އެކަކު ވެސް އުޅޭތޯ ބަލާށެވެ. އޭނާ އެއްލި ކަލީ އަކުން ފެނުނީ ރާޅު ޖަހާ ހިސާބުގައި ހުރި އަންހެން ކުއްޖެކެވެ. އެކުއްޖާ ލައިގެން ހުރީ މަޑު ނޫކުލައިގެ ކަކުލާ ހަމައަށް އަރާ ޕާކިސްތާނީސްޓައިލަށް ފަހާފައިވާ ހެދުމެއް ލައިގެންނެެވެ. ހަމަ އެކުލައިގެ ފުޅާ ހަރުވާޅެއް ލެވިފައިވީރު އެހެނދުން އޭނާ އަށް ކިތައްމެހާ ވެސް ގުޅެއެވެ. ރާޅު ބާނި އެ ކުރު އިސްތަށިކޮޅު ވަނީ ދޫކޮށްލެވިފައެވެ.

އިރުކޮޅަކު ހުއްޓުން އަރައިފައި ބަލަން ރަޝްނާން އަށް ހުރެވުނެވެ. އަނެއްކާ މިއީ އިންސާނެއް ބާއޭ ވެސް އޭނާ ހިތަށް އެރިއެެވެ. ރަޝްނާން ބިރުން ހުރެފާ ވެސް އެއަންހެން ކުއްޖާ އާއި ކައިރިއަށް ހިގައިގަތެވެ. އޭނާ އަށް ހިސާބަކަށް ދެވުނީރަށް މަޑުމަޑުން އެއަންހެން ކުއްޖާ އެނބުރެން ފެށިއެވެ. ރަޝްނާން އަށް ނޭވާ ހިފާއްޓާލާން މަޖުބޫރު ވިއެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ނުހިކުނު ކަރުނަ

Next

ބޮޑީގާޑު 5

Next
January 17, 2026

ބޮޑީގާޑު 5

Previews
January 17, 2026

ނުހިކުނު ކަރުނަ

12 Comments!

  1. Alaika_22 says:
    January 17, 2026 at 1:30 pm

    Mi part ves Vrh Reethi MA!!! 😍
    Rashnaan ah edheveny Zahra kairi ah kanne dhw…..
    Yoora and ashvaan fight ga ulhefa friend vaane kanne……
    By the way Im first….. 😂
    Curiously waiting for next part…….
    Whn nxt….????
    Lysm and Tc my dear author

    1. _MuXo_ _MuXo_ says:
      January 17, 2026 at 2:43 pm

      Thank you Alaika_22!! 😊
      Rashnaan ah efenunee Zahra kamah hama vedhaane dhw! 😄
      Lets see dhw Ashwaan and Yoora vaane goii! 👀
      Congra you first! 🤗
      Next part ves Inshaallah v avahah! 💙💚
      Love you more, you also take care my dear reader! 🥰

  2. Shaba_73 says:
    January 17, 2026 at 1:54 pm

    Mi part vx vrh reethi MA!! 😍
    Ashvaan an yooraa ge kolhun ga vx dhw hee hee halaaku 😂
    Rashnaan ah beach in efenuny I think xahra kanne dhw? 🤔
    Rashnaan ah Mihaaru xahra dheke loabi vevuny Mihaaru
    Rashnaan and xahra gulhuvahchey they both are made for each other so cute just a wow omgosh this part is on fire 🔥
    You are so talented author keep up the good work
    I really

  3. Shaba_73 says:
    January 17, 2026 at 1:56 pm

    I really really appreciate ur hard work Curiously waiting for the next part when’s next??
    Lyyy and Tc girl

    1. _MuXo_ _MuXo_ says:
      January 17, 2026 at 4:28 pm

      Thank you! 💙
      Next part ves v avahah Inshaallah!

  4. _MuXo_ _MuXo_ says:
    January 17, 2026 at 2:46 pm

    Thank you Shaba_73! 🤗
    Majaa dhw Yoora and Ashwaan! Hehe! 😂
    Hama vedhaane dhw Zahra kamah ves! 👀
    Ofc darling they are a couple don’t worry they will be togather! 🤗
    Once again thank you sk much for your support! 💙💚

  5. 🖤🥀 says:
    January 17, 2026 at 6:40 pm

    Maasha Allah 💜🥀 Sis!!!
    This part is also vryy vryyy good…Arfern where’s he?..Yoora & Ashwaan haadha Funny 🤣🤣😂 I’m laughing till my stomach grumbles while reading ehisaabu…I think adhi fahun emeehun crush Akah vedherne henn…First or sec sight ga aslu Angry or Shame ekahala gohthah vumakee True Love thaa dhw? not always ihthifaagunn me bunyy dhimaavanyy…not everyone. Just some people, Yoora bituu kadaalyy kamah eerun vee…Hahaahh..ey Rashnan & Xahra so so cute 🥰…Edhemeehun dhww I think Rashnan ge hithuge Raani liben ukheyneyhen Vrh Avahah…They both can feel it !! 🥰 Aww…. Anyways, When’s the next ?
    Well,I’m sorry for asking you somm Genre questions!!!…I just ReALly like Authors that’s why!!! Inshallah 🖤🥀 I’m waiting for next part
    🖤🤍🖤

  6. Miss jennie says:
    January 17, 2026 at 7:06 pm

    Mi part ves varah reethi. Ashwaan yoora ah fall vaanee kanne. But yoora already has a boyfriend. Rashnaan ah efenunee kaaku baa? Curiosly waiting for next part???

    1. _MuXo_ _MuXo_ says:
      January 17, 2026 at 8:29 pm

      Thank you Miss jennie! 😊
      Lets see dhw Yoora and Ashwaan ah vaane goii! 🧐
      Anna part ga igeyne Rash ah fenunee kaaku kan ves! 👀

  7. _MuXo_ says:
    January 17, 2026 at 8:27 pm

    Thank you 🖤🥀!! 🤗
    Mi part ga Arfaan ge vhk eh neii dhw!
    V happy vehjje you laugh ehissabun.. Ethan kolhu liyamun hithah eree readers will like it or not! 🤣
    Lets see dhw Yoor and Ashwaan ah dhen vaane goii dhw! 👀
    You are right some times ppl fall in love with very different stories.. 😊
    Lets see dhw Rashnaan and Zahra ah vaane goii! 🧐
    Vhk next part upload kohlaanee dhen in 2 vhk liyelaafa! 😄
    It’s okay that you asked some questions.. Tbh first it felt wierd dhw.. 😅
    Anyways thank you again! 🥰

    1. 🖤🥀 says:
      January 18, 2026 at 2:22 am

      Yeah…I know It ‘ll feel weird ❤️‍🩹Aslu ga I ReaLly like Ur stories here too much…My Fav Author Ur…KEEP IT UP!🖤🖤🖤🥀
      I’m so so proud of you 👏 🙌 Inshallah 🥳 U ‘ll know me someday & We could go to a restaurant hahaha….

  8. _MuXo_ says:
    January 18, 2026 at 2:09 pm

    Yeah some day Inshaallah! 🤗💙

Comments are closed.

Next Episodeތިޔައީ ހަނދޭ-7←


All Right Reserved!