Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބޮޑީގާޑު 4

Ara
Ara Level 210 Stories100 Comments
January 16, 2026 3 Mins Read
9 Comments

ކާރުގެ ބޭރުން ފެންނަ މަންޒަރުތައް މަދުވަމުން ގޮސް އޮމާން މަގުތައް ނިމި ކާރު ދުއްވަން ފެށީ ހިރަފުސް މަގަކުންނެވެ. އެއީ މާލޭގެ އެންމެ އެކަހެރި ސަރަހައްދެވެ. އިމާރާތެއް ނެތް ހަމައެކަނި ގަސްތަކާއި ހުސްބިންތައް އޮތް އެ ހިސާބަށް ކާރު މަޑުކޮށްލުމާއެކު އިނާގެ ހަށިގަނޑު ގަނޑުވި ކަހަލައެވެ.

ޒޭން ކާރުން ފޭބުމަށްފަހު ފުން ނޭވައެއް ދޫކޮށްލިއެވެ. އޭނާގެ މޫނުމަތިން ކުރިން ފެނުނު ރުޅިވެރިކަން މިހާރު ވަނީ ވަރުބަލިކަމަކަށް ބަދަލުވެފައެވެ.

“ފޭބީމާ އެނގޭނެ މިތަނަށް ގެނައި ސަބަބު”ޒޭން ބުންޏެވެ. އިނާ ބިރުން ހުރެ ވެސް ޒޭންގެ ފަހަތުން ފޭބިއެވެ. ޒޭން ހިނގައިގަތީ ކުރިމަތީގައި އޮތް ހުސްބިމުގެ މެދުގައި ހުރި ކުޑަ ބެންޗަކާ ދިމާލަށެވެ. ލޮލުގެ ކޮޅަށް އޮބިފައިވާ އެއްވެސް ހުރަހެއް ނެތް ބިޔަ ގަދަ ނޫ ކަނޑު އެތަނުން ވަރަށް ސާފުކޮށް ފެނެއެވެ.

“ޒިމާމްއަކީ އަހަރެންގެ އެއްބަނޑު އެއްބަފާ ބޭބެ” ޒޭން އިށީނދެލަމުން ބުންޏެވެ. އޭނާގެ ނަޒަރު ހުރީ ކަނޑުގެ ރާޅުތަކަށެވެ. “އެކަމަކު އޭނަގެ ލޭގައި ހުރީ އަހަރެމެންގެ ބައްޕަގެ ނުބައިކަން. ކޮރަޕްޝަނާއި ޚިޔާނާތުގެ ތެރެއަށް ވަދެ މި އާއިލާ ބަރުބާދުކޮށްލީ އަމިއްލަ އެދުމަށްޓަކައި.”

އިނާ މަޑުމަޑުން ޒޭންގެ ކައިރީގައި އިށީނދެލިއެވެ. ޒޭންގެ އަޑުގައި ހުރީ އާދަޔާޚިލާފު ހިތްދަތިކަމެކެވެ. “އިނާ އެ ރިޕޯޓު ލިޔުނު ދުވަސް އަހަރެންގެ ހަނދާނަކުން ނުދާނެ. ޒިމާމް ޖަލަށް ދިޔަ ދުވަހު އަހަރެމެންގެ މަންމަގެ ހިތްހަލާކުވި. މަންމަ ގަބޫލެއް ނުކުރި އަމިއްލަ ދަރިޔަކު އެފަދަ ކަމެއް ކޮށްފާނެ ކަމަކަށް. އެކަމަކު އިނާގެ ރިޕޯޓު ކިޔާފަ މަންމަ އަށް ޤަބޫލުކުރެވުނު އެއީ ތެދުކަން.. މަންމަގެ ހިތް ހުއްޓުނީ. އެއީ އިނާގެ ރިޕޯޓު ކިޔާފަ ތިންވަނަ އަށްވީ ދުވަސް” ޒޭންގެ އަޑު ތުރުތުރުލާން ފެށިއެވެ. އިނާގެ ދެލޮލުން ކަރުނަ ފޭދުނެވެ. އޭނާ ހޯދި ހަޤީޤަތަކީ މައުސޫމް އަންހެނެއްގެ މަރަށް ވީ ސަބަބުކަން އެނގުމުން އޭނާގެ ހިތަށް ވަރަށް ތަދުވިއެވެ. “ޒޭން.. އަހަރެން.. އަހަރެންނަކަށް ނޭނގެ..”

“ނޭނގޭނެ. އެއީ އިނާގެ ކުށެއް ނޫންކަން އަހަރެންނަށް މިހާރު ވިސްނޭ” ޒޭން އިނާއަށް ބަލާލިއެވެ. އޭނާގެ ނަޒަރުގައި މިފަހަރު ހުރީ އޯގާތެރިކަމެވެ. “އަހަރެން ބޮޑީގާޑަކަށް މިއައީ ބަދަލުހިފާކަށް ނޫން. އަހަރެން މިއައީ އިނާ އަށް ދެރައެއް ލިބުނަ ނުދޭން. އަހަރެންގެ ބައްޕައާއި ޒިމާމްގެ ރޭވުންތަކުން ސަލާމަތްކުރަން.”

އިނާ ހައިރާންވިއެވެ. “ބައްޕައޭ؟ ޒޭންގެ ބައްޕައަކީ ކާކު؟”

ޒޭން ޖަވާބު ދޭން އުޅުނު ވަގުތު ދުރުން ވަރަށް ބާރަށް ކާރެއް އައިސް ހުއްޓާލިއެވެ. ޒޭން ވަގުތުން ތެދުވެ އޭނާގެ އުނަގަނޑުގައި އޮތް ބަޑި ނަގައި ތައްޔާރުކޮށްލިއެވެ. އޭނާ އިނާގެ އަތުގައި ހިފައި ގެނެސް އޭނާގެ ފަހަތަށް ލިއެވެ.

“އެމީހުން އަތުވެއްޖެ.” ޒޭން ވަރަށް މަޑުން ބުންޏެވެ.

“ކާކު؟” އިނާ ބިރުން ހުރެ އަހާލިއެވެ.

“އަހަރެންގެ ބައްޕަ ފޮނުވި މީހުން. އޭނަ ބޭނުމެއް ނުވޭ އިނާ އަތުގައި އޮތް އެއްވެސް ހެއްކެއް ދުނިޔެއަށް ފެންނާކަށް. އަދި އޭނަ ބޭނުންވަނީ އަހަރެން ވެސް ނައްތާލަން” ޒޭން ބުންޏެވެ.

އެ އައި ކާރުން ތިން މީހަކު ފޭބިއެވެ. އެމީހުންގެ އަތުގައި ހަތިޔާރު ހުއްޓެވެ. ޒޭން އިނާ ގޮވައިގެން ގަސްތަކުގެ ނިވަލަށް ވަނެވެ. ކުއްލިއަކަށް ބަޑީގެ އަޑު އިވެން ފެށިއެވެ. އިނާ ދެލޯ މަރާލައިގެން ޒޭންގެ ޖެކެޓުގައި ބާރަށް ހިފަހައްޓައިގެން އިނެވެ. ޒޭންގެ ހަރަކާތްތައް ހުރީ ލޯ މަރާލައިގެން ކުރާ ކަމެއްހާ ފަރިތަކޮށްނެވެ. އޭނާ ރައްދު ހަމަލާ ދެމުން ދިޔައިރު އޭނާގެ މުޅި ސަމާލުކަން ހުރީ އިނާ ސަލާމަތްކުރުމަށެވެ.

“މިތަނުން ދޭ. ކާރަށް ގޮސް އަރާ” ޒޭން ބުންޏެވެ.

“އެކަމަކު ޒޭން…”

“ދޭ!” ޒޭން ހަޅޭއްލަވައިގަތެވެ.

އިނާ ދުއްވައިގަތެވެ. ނަމަވެސް އޭނާ ދުވެފައި ގޮސް ކާރުގެ ކައިރިއަށް ހުއްޓުނު ވަގުތު ކާރުގެ އަނެއް ފަރާތުން މީހަކު ނިކުމެ އިނާގެ ކަރުގައި ވަޅިއެއް ޖެއްސިއެވެ.

“މަޑުން ހުރޭ” އެ މީހާ ބުންޏެވެ.

ޒޭން އަށް އެ މަންޒަރު ފެނުމުން ހުއްޓުނެވެ. އޭނާގެ އަތުގައި އޮތް ބަޑި ތިރިކޮށްލިއެވެ. އިނާ ބިރުން ހަޅޭއްލަވައިގަންނަން އުޅުނު ވަގުތު އެ މީހާ އިނާގެ އަނގަމަތީގައި އަތް އެޅިއެވެ.

“ޒޭން. ބަޑި ބާއްވާ.” އެ މީހާ ބުންޏެވެ. “ނޫނީ މި އަންހެން ކުއްޖާގެ ދުވަސް ދުއްވާލާނަން.”

ޒޭން މަޑުމަޑުން ބަޑި ބިންމަތީގައި ބޭއްވިއެވެ. އޭނާގެ ދެލޮލުން ފެންނަނީ ނުތަނަވަސްކަމެވެ. ހަމަ އެ ވަގުތު އަނެއްކާވެސް ދުރުން އިތުރު ކާރެއް އަންނަ އަޑު އިވުނެވެ. އެއީ ކަޅުކުލައިގެ ބޮޑު ކާރެކެވެ. ކާރު އައިސް މަޑުކޮށްލުމާއެކު އޭގެން ފޭބީ އިނާގެ ލެޕްޓޮޕްގެ ސްކްރީނުން ފެނުނު ސޫރައެވެ. އަޙުމަދު ޒިޔާދެވެ.

ޒިޔާދު ކާރުން ފޭބީ ވަރަށް ހަމަޖެހިލައިގެން ހުރެއެވެ. އޭނާގެ އަގުބޮޑު ސޫޓާއި އަތުގައި އޮތް ރަން ގަޑިން އޭނާގެ މުއްސަނދިކަމާއި ނުފޫޒު ހާމަވެއެވެ. އޭނާ މަޑުމަޑުން އައިސް ޒޭންގެ ކުރިމައްޗަށް ހުއްޓުނެވެ. އިނާގެ ކަރުގައި ވަޅި ޖައްސައިގެން ހުރި މީހާ ޒިޔާދު ފެނުމާއެކު އިނާގެ އިސްތަށިގަނޑުގައި ހިފާ ބާރުކޮށްލިއެވެ.

“ދަރިފުޅާ ޒޭން.. ކަލޭ ތިހުރީ އަހަރެން ބުނި މަގާމުގައި، އެކަމަކު ކަލޭގެ އަމަލުތައް ހުރީ އަހަރެން ބޭނުންވި ގޮތަކަށް ނޫން” ޒިޔާދުގެ އަޑުގައި ވަނީ ނުރުހުމެވެ. “އަހަރެން އޭޖެންސީ މެދުވެރިކޮށް ކަލޭ އިނާގެ ގާތަށް ފޮނުވީ އެންމެ ބޭނުމަކު. އެއީ އޭނަ އަހަރެންނާ ދެކޮޅަށް ހޯދި ހެކިތައް ނައްތާލާ ދަނޑިވަޅު ބަލާފައި އޭނާގެ ދުވަސް ދުއްވާލަން. އެކަމަކު ސައުވީސް ގަޑިއިރު ވީއިރުވެސް އެކަމެއް ނުވި” އިނާގެ ދެލޯ ބޮޑުވިއެވެ. ޒޭންގެ ބައްޕައަކީ ޒިޔާދު ހެއްޔެވެ؟ ޒިޔާދު ފުން ނޭވާއެއް ދޫކޮށްލުމަށްފަހު މަޑުމަޑުން ހިނގާފައި ގޮސް އިނާގެ ކުރިމައްޗަށް ހުއްޓުނެވެ. އޭނާ އިނާގެ މޫނަށް ވަރަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. “އިނާ. ކަލެއަކީ ވަރަށް މޮޅު ނޫސްވެރިއެއް. ކަލޭގެ އެންމެ ރިޕޯޓަކުން އަހަރެންގެ ދަރިފުޅު އެހުރީ ޖަލުގަ. އަދި މިހާރު ކަލޭ ތި އުޅެނީ އަހަރެންގެ މުޅި ސިޔާސީ ކެރިއަރު ދުއްވާލަން” ޒިޔާދު އިނާގެ ކަންފަތް ކައިރީގައި ވަރަށް މަޑުން ބުންޏެވެ.

“ކަލޭ ހީކުރީ އަހަރެންގެ އަމިއްލަ ދަރިފުޅު ކަލޭގެ ގޭގެ ދޮރުމައްޗަށް ފޮނުވީ އިއްތިފާގަކުން ކަމަށްތަ؟” ޒިޔާދު ހޭން ފެށިއެވެ. “އޭޖެންސީއަށް ގުޅައިގެން މީހަކު ހޯދަން ކަލޭ އެދުނު ދުވަހު އެ އޭޖެންސީއަށް ފައިސާ ދީފައި ޒޭން އެތަނަށް ފޮނުވީ އަހަރެން. އަހަރެން ބޭނުންވީ ކަލޭގެ ކޮންމެ ހަރަކާތެއް އަހަރެންގެ ބާރުގެ ދަށުގައި ބާއްވަން. ކަލޭ ހޯދާ ހެކިތައް ނައްތާލަން ހުރި މީހަކީ ޒޭން.” އިނާގެ ހިތް ކުދިކުދިވި ކަހަލައެވެ. އޭނާ އިތުބާރު ކުރި މީހަކީ އޭނާގެ ދުޝްމަނު އޭނާގެ ކަރަށް އެއްލި މަޅިއެއް ހެއްޔެވެ؟

އޭނާ ޒޭންއަށް ބަލާލިއެވެ. ޒޭން ހުރީ އިސްޖަހާލައިގެންނެވެ. “އެކަމަކު ބައްޕާ..” ޒޭން އިސްއުފުލާލިއެވެ. އޭނާގެ ނަޒަރުގައި މިފަހަރު ހުރީ ސާބިތުކަމެވެ. “ޒިމާމް ޖަލަށް ދިޔައީ އޭނާ ކުރި ކުށަށް ބައްޕާ. އަދި މަންމަ މަރުވީ ވެސް ޒިމާމް އާއި ބައްޕަގެ ސަބަބުން. އެއީ އަހަރެން ދުވަހަކުވެސް މާފުކުރާނެ ކަމެއް ނޫން. އަހަރެން މިހާރު ބޭނުންވަނީ ބައްޕަގެ ތި ކުޅިގަނޑު ހުއްޓުވަން. އެކަން ކުރެވެން އޮތް ގޮތަކަށް ކުރަން އަހަރެން މިހުރީ ތައްޔާރަށް.”

ޒިޔާދުގެ މޫނުމަތީގައި ހުރި ހިނިތުންވުން ގެއްލުނެވެ. “ކީކޭ؟”

“އާނ ބައްޕާ. އަހަރެން މިއައީ ހަމައެކަނި އިނާ ސަލާމަތްކުރާކަށް ނޫން. އަހަރެން މިއައީ ބައްޕަ ބޭޒާރުކޮށްލަން. ބައްޕަ އަމިއްލައަށް އަހަރެން އިނާގެ ގާތަށް ފޮނުވުމަކީ ބައްޕައަށް ހެދުނު އެންމެ ބޮޑު ގޯސް” ޒޭންގެ އަޑުގައި ހުރީ ސާބިތުކަމެވެ.

ޒިޔާދު ރުޅިގަދަވެގެން ހަޅޭއްލަވައިގަތެވެ. “މަރާލާ! ދެމީހުންވެސް މަރާލާ. އަހަރެންގެ އަމިއްލަ ދަރިއަކަށް ވިޔަސް އަހަރެންގެ މަގަށް ހުރަސްއަޅާ ކޮންމެ މީހަކީ އަހަރެންގެ ދުޝްމަނެއް.”

އިނާގެ ކަރުގައި ވަޅި ޖައްސައިގެން ހުރި މީހާ ވަޅި ބާރުކޮށްލި ވަގުތު ޒޭން ކުއްލި ހަރަކާތަކާއެކު އޭނާގެ ބޫޓުގެ ތެރެއިން ފޮރުވާފައި އޮތް ކުޑަ ވަޅިއެއް ނަގައި އިނާގެ ފަހަތުގައި ހުރި މީހާގެ ފަޔަށްހަރާލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Ara
Follow Me Written By

Ara

Level 210 Stories100 Comments

A girl with a passion for reading and writing. Check out my story's "Hiy Nuruhenee Ey" "Loabi Vaavaru Neyngenee Hey" "Laika" "E Biruveri Rey" "Kaiveni" "Dhathuru" "Maidhaitha" "Meesmedia" "Loabi" "Inthizaaru" "Masthu" Don't miss my latest series "Hiy Kalaa Ah Edheythee" A dangerous love story between a criminal and a nurse. "Bodyguard": A journalist seeking justice and a bodyguard sent to silence her. Share your feedback to help me improve in the future. .ފާޑުކިޔުމަކީ ލިބޭ ކުރިއެރުމެކެވެ

Other Articles

Previous

ޖަވާހިރުގެ ބާރު – 4

Next

ރީމާލް…. ހަވަނަބައި (އެ ލެޔަކީ ރަހިމުގެ ކެންސަރޭ)

Next
January 16, 2026

ރީމާލް…. ހަވަނަބައި (އެ ލެޔަކީ ރަހިމުގެ ކެންސަރޭ)

Previews
January 16, 2026

ޖަވާހިރުގެ ބާރު – 4

9 Comments!

  1. Anonymous says:
    January 16, 2026 at 4:04 pm

    Sharp intense and perfectly written. Can’t wait for next episode 👏🏻❤️

    1. Ara Ara says:
      January 16, 2026 at 9:01 pm

      Thank you so much 😊🥰

  2. 😶‍🌫️Raajiha 😶‍🌫️ says:
    January 16, 2026 at 4:07 pm

    Alhey what is gonna happen?!?
    Curiosity waiting for the next episode
    Tomorrow next dhw

    1. Ara Ara says:
      January 16, 2026 at 9:01 pm

      Yes next part tomorrow. Thank you 🥰🫶🏻

  3. Anaa says:
    January 16, 2026 at 6:11 pm

    Masha Allah varah reethi mi episode ves

    1. Ara Ara says:
      January 16, 2026 at 9:02 pm

      Thank you 🥰🫶🏻

    2. Ayya says:
      January 18, 2026 at 7:39 pm

      Varah reethi

  4. Shafiu says:
    January 18, 2026 at 8:03 pm

    Varah reethi mi part ves

    1. Ara Ara says:
      January 18, 2026 at 9:49 pm

      Thank you 😊🫶🏻

Comments are closed.

Next Episodeބޮޑީގާޑު 5←


All Right Reserved!