Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ލޮތްބެއް މަ ނޭދެން ޔާރު ނޫން – 13

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
January 13, 2026 5 Mins Read
60 Comments

ރުޅިއައިސްފައި ހުރި ވަރުން އޭނަގެ ހަށިގަނޑަށް އާދަޔާހިލާފު ބާރުގަނޑެއް އަރާފައިވެއެވެ. ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަށް ކެތްނުކުރެވިގެން ނަދީހު ހޭނެތުނެވެ. އެ ޒުވާނާގެ ހަރަކާތްތަކަށް މަޑުޖެހުމެއް އައީ ނަދީހުގެ ހަށިގަނޑުގެ ހަރަކާތް ހުއްޓުމުންނެވެ. އެތަނުން ނިކުތުމަށްފަހު އެތަން ރަނގަޅަށް ތަޅުލިއެވެ. ސިޑި ކައިރީ ހުއްޓުނު އިރު އެ ޒުވާނާގެ ދެލޯ ފުސްވެގެން ދިޔައީ އޭނަގެ ދެލޮލަށް ޖަމާވެގެން ދިޔަ ކަރުނަތަކުގެ ސަބަބުންނެވެ.

***ޕާޓް 13***

މެންދުރު ވަގުތު އައި ފޯނު ކޯލަކާއިއެކު މުޅި ސްޓޭޝަންތެރެ ހަލަބޮލިވެގެން ދިޔައެވެ. ފޯނުގައި ހުރި ފަންސަވީސް އަހަރުގެ ޒުވާނާގެ އަޑު ބިރުން ތުރުތުރު އަޅަމުން ދިޔަ ވަރުން ރަނގަޅަށް ކިޔާ އެއްޗެއް ވެސް ސާފުނުވެއެވެ. ކައިލް އާއި ރުކައިން ހުރީ ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވުމަށްޓަކައި އެމަރޖެންސީ ކޯލް ޔުނިޓުގައެވެ. “އާރޓިފިޝަލް ބީޗްއަށް ފޮރިންސިކް ޓީމް އިން ބަޔަކު ނަގައިގެން ކައިލްމެން ދޭބަލަ.. އަހަރެންނަށް ހީވަނީ ކައިލްމެން ބަލާ ކޭސްއާ ގުޅޭ ކަމެއް ކަންނޭނގެ މިއީ..” ފޯނު ބާއްވަމުން ހައިކް ބުންޏެވެ. “ވެގެން އުޅޭ ގޮތުގެ ހޭންޑްއޯވާ ދީބަލަ..” ރުކައިން ދެއަތް ހުރަސްކޮށްލަމުން ބުންޏެވެ. “އިންސާނެއްގެ އަތް ބުރި އެތާ ވަޅުލާފަ އޮތީއޯ.. އެއްވެސް ނިޔަފަތްޗެއް ވެސް ނެތް ވާހަކަ ބުނީ.. ތި ދެމީހުން ތިއީ އިނގިލިބުރިޔާ އެއްޗެހީ ކޭ ބަޔެއްނުން..” ކިތަންމެ ސީރިއަސް ވަގުތެއް ނަމަވެސް ކުޑަކޮށް ސަމާސާކޮށްލުމުގެ ގޮތުން ހައިކް ބުންޏެވެ.

ކައިލް ލޯ ކުޑަކޮށްލުމަށްފަހު ހައިލްގެ ބޮލުގެ ފުއްކިބާގައި ޖެހިއެވެ. “މިހާރު ވެސް އަހަރުން މިއުޅެނީ ތި ކަމަކާ ހުރެ ރަނގަޅަށް ނުކެވިގެން.. ހޫން އަހަރުން މި ދަނީ..” ދޮރާއި ދިމާލަށް ހިނގައިގަންމުން ކައިލް ބުންޏެވެ. ރުކައިން ވެސް ކައިލްގެ ފަހަތުން ޕިސްޕިސް ކިޔަމުން ހިނގައިގަތެވެ. “އަދި އަލަށް މިކޮޅަށް އައި ފަހުން މިކަހަލަ ކޭސްއަކާ ކުރިމަތިލަނީ މި.. އަހަރެން ހިޔެއް ނުކުރަން ދިވެހި ރާއްޖޭގަ ކެނަބްލިޒަމް އޮންނާނެއެކޭއެއް..” ރުކައިން ބޯ ހޫރައިލަމުން ބުންޏެވެ. “އައު ކަންކަން ރާއްޖެ ވެސް ދެން ދަސްކުރާނެއެއްނުން.. އޭ ކަލޭ ކުރިން ރާއްޖޭގައެއް ނޫންތަ އުޅުނީ؟ އަހަރެންނަށް އެނގުނު ގޮތުގަ ކަލޭ މާފުށިން މިކޮޅަށް ޓްރާންސްފާ ވެފަ ތިހުރީ…” އޮޅުން ފިލުވައިލުމުގެ ގޮތުން ކައިލް ސުވާލުކޮށްލިއެވެ. “ކުރިން އުޅުނީ ރާއްޖޭން ބޭރުގަ.. ލަންކާގަ އުޅެއުޅެފަ މާފުށްޓަށް ބަދަލުވީ.. ދެން މިކޮޅުން މާ ރަނގަޅު އޮފާއެއް ލިބުނީމަ މިކޮޅަށް އައީ..” ރުކައިން ބުންޏެވެ.

ފޮރިންސިކް ޓީމް އިން ބޭނުންވާ ތަކެތި ހިފައިގެން ފުލުސް ޖީޕަށް އެރިއެވެ. ކައިލްމެން ވެސް އެމީހުންނާއިއެކު ތިއްބެވެ. މެންދުރުގެ ރަތްދައްކާ އަވިން މީހާ ފިއްސާލާފާނެހެން ހީވެއެވެ. މެދުމިނުގެ ދުވެލީގައި ޖީޕު އާރޓިފިޝަލް ބީޗް ކައިރީ ޕާރކު ކުރިއެވެ. ޖީޕު ތެރޭގައި ހުރި ރީދޫކުލައިގެ ކްރައިމް ސީން ޓޭޕް އެ އަތްބުރި ފެނުން ހިސާބުގައި ދަމާ ބަންދުކޮށްލިއެވެ. އޭރު އެތަނަށް ރިޕޯޓަރުންނާއި އާންމުން ކަންވީ ގޮތް ބެލުމަށްޓަކައި ޖަމާވެފައި ހުއްޓެވެ. ފޮރިންސިކް ޓީމުން އެ އަތްބުރިއާއި ކައިރިވި އިރު، އެކަން ރިޕޯޓު ކުރި މީހާއާ ވާހަކަ ދައްކަން ކައިލް ހުއްޓެވެ. އެއްލި ކަޅިއަކުން ރުކައިންއަށް ރިޕޯޓަރުންތަކު ތެރޭ ހުރި އައިނާ ފެނުމުން ފުންނޭވާއެއް ދޫކޮށްލެވުނެވެ. އަޅައިގެން ހުރި އަަވިއައިނު ނެގުމަށްފަހު އައިނާއާ ކައިރިވެލިއެވެ.

އައިނާ ހުރީ ކަނޑު ނޫ ކުލައިގެ ގަމީސް މަތިކޮޅަކާއި، މަޑު ނޫ ކުލައިގެ ބެލްއެއް ލައިގެންނެވެ. އޮފީސް ސްޓައިލަށް އަޅާފައި ހުރި މަޑު ނޫކުލައިގެ ސްކާފުން އައިނާ ފެންނަނީ ވަރަށް ޕްރޮފެޝަނަލްކޮށެވެ. “ހަމަ މިކަހަލަ ކަމެއްވިއްޔާ ދުރުގަ ހުންނާކަށް މަންޖެއަކަށް ނޭނގެދޯ.. ނޭނގޭތަ މިއީ ކިހާ ނުރައްކާތެރި ކަމެއް ކަން؟” ރުކައިން ބޯހޫރުވައިލަމުން އަހައިލިއެވެ. “ދެން އަހަރެން އަންހެނަކަށް ވީމަ ގޭގަ ފިލާ އޮންނަންވީ؟ ޕިސް ވާނެ ކަމެއް ނޫން ތިއީ..” ކަޅި އަނބުރައިލަމުން އައިނާ ބުންޏެވެ. “އަހަރެން ތިހެނެއް ނުބުނަމެއްނުން.. އަހަރެން މިބުނީ ތަންކޮޅެއް ނުރައްކާތެރި ނޫން ކަންކަމާ ބެހޭ ގޮތުން ހަބަރު ފަތުރަން އުޅެ ބަލާށޭ..” ރުކައިން ޖީބަށް އަތްކޮށްޕައިލަމުން ބުންޏެވެ. “ދެޓްސް ބޯރިން.. އެނީވޭ.. ރުކައިން އަހަރެންނަށް ކުޑަ މައުލޫމާތުކޮޅެއް ދީފާނަންތަ މި ހިނގައިގެން އުޅޭ ހާދިސާއާ ބެހޭ ގޮތުން؟” އައިނާގެ ގަމީހުގައި ހަރުކޮށްފައި އިން ރިކޯޑާރ ޖައްސައިލަމުން ސުވާލުކޮށްލިއެވެ.

“މިވެގެން އުޅޭ ގޮތަކީ އައިނާއަށް މާ ބޮޑަށް ނުރައްކާތެރި ކަންކަމުގެ ތެރެއަށް ވަދެވެނީ.. އެހެންވީމާ އަހަރެންނަށް މި ޖެހެނީ އައިނާ މިތަނުން ފޮނުވާލަން..” ރުކައިން އައިނާގެ ކޮނޑުގައި ހިފައިލަމުން އައިނާގެ ލޮލާ ހަތަރުކަޅި ހަމަކޮށްލަމުން ބުންޏެވެ. “އަހަރެން ނުގޮސްފިއްޔާ؟” ބޯއަރިކޮށްލާފައި އެއްބުމަ އަރުވައިލަމުން އައިނާ އަހައިލިއެވެ. ރުކައިން އެއްމިޔަކަނުން ހީލިއެވެ. އޭނަގެ އެއްއަތް ބެލްޓުގައި އަޅުވާފައިވާ ބިޑިއާއި ދިމާލަށް ހަރަކާތް ކުރިއެވެ. އައިނާއަށް އެ މަންޒަރު ފެނުނު ވަގުތު ތެޅިގަތެވެ. އެހެންނަމަވެސް ރުކައިންގެ ގާތުން ސަލާމަތްވެވުމުގެ ކުރިން، ރުކައިން އައިނާގެ ވާއަތުގައި ބިޑި އެޅުވިއެވެ. އަދި އަމިއްލައަށް އަމިއްލަ މީހާގެ އަތުގައި ބިޑީގެ ދެން އޮތް ބައި އަޅުވައިލިއެވެ. އައިނާގެ ދެލޯ ތަންމިތަނަށް ހުޅުވުނެވެ. “ވަޓް ދި ހެލް.. މި ނައްޓާލާ..” އަތަށް ދަމައިލަމުން އައިނާ ބުންޏެވެ.

ރުކައިން ހީލަމުން ބޯހޫރުވައިލިއެވެ. “ނުދާނަމޭއެއްނުން ނުގޮތަކަށް ތިބުނީ.. އެހެންވީމަ އަހަރެން ކުރާ ކަންތައް ބަލަން އާދޭ.. އަނެއްކާ އެނބުރުން އަރައިގެން ނުވެއްޓޭތި..” ހިނިއައިސްފައި ރުކައިން ކްރައިމް ސީން ޓޭޕް ދަމާފައި އޮތް ތަނުގެ އެތެރެއަށް ވަނެވެ. ރުކައިން އަތަށް ދަމައިލުމުން އައިނާއަށް ވެސް ޖެހުނީ އެތަނަށް ވަންނާށެވެ. އައިނާ ހުރީ ތުންފަތް ހަފާލަ ހަފާލައެވެ. ރުކައިން މިކަހަލަ ކަމެއް ކޮށްފާނޭ އޭނަގެ ހިތަކަށް އެއް އިރަކު ވެސް ނޭރިއެވެ. ކައިލްއަށް ކްރައިމް ސީން ތެރޭގައި ހުރި އައިނާ ފެނުމުން އޭނަގެ ދެލޮލުގެ ގޮބޮޅި އޭގެ މަގާމުން ވަކިނުވީ ކިރިޔާއެވެ. “ރުކައިން ތީ ކޮންކަމެއް؟؟” ކައިލް އަވަސް އަވަހަށް އޭނައާ ކައިރިވަމުން އަހައިލިއެވެ. “މާ ބޮޑަށް އަހަރުން ކުރާ ކަންކަމާ މެދު ކިޔުރިއަސް ވާތީ ގެނާ މީހެއް..” ރުކައިން ހަމަޖެހިލާފައި ހުރެ ބުންޏެވެ. އެތާ ހުރި މީހުންގެ ލޯތަށް އައިނާއަށް އަމާޒުވާން ފެށުމުން އައިނާގެ ކޯތާފަތަށް ރަތް ކުލަ ފާއްދައިލިއެވެ. ރުކައިން އާއި އެހާ ގާތުގައި ހުރެވުމުން އައިނާގެ ހިތް ދިޔައީ އޮބި ނޯންނަ ވަރަށް ތެޅެމުންނެވެ.

“ހުރިހާ ނިޔަފަތްޗެއް ރިމޫވްކޮށްފަ ހުރީ.. އެކަން ކުރި މީހެއް ޓްރޭސް ކުރެވޭނެ އެއްވެސް ގޮތެއް ނެތް.. މި މީހަގެ ވެސް ހަންގަނޑު އަނދާފަ މިއޮތީ.. ލުކްސް ލައިކް ހޫނު ފެން އަޅާފަ ހުރިހެން..” އަތަށް އަންގި ލައްވާގެން އެ އަތާ ކުޅެން އިން އަދްލީ ބުނެލިއެވެ. އައިނާގެ މެޔަށް ހޫނު އަރައިގެން ދިޔައެވެ. އޭނައަށް އެ އަތްބުރި ފެނުމުން ދެފައިކޮޅުން ވާގި ދޫވި ފަދަ އިހްސާސެއް ކުރެވުނެވެ. “ޔޫ އޯކޭ މެޑަމް؟” އައިނާގެ ކޮނޑަށް އަތްވައްޓަލަމުން ރުކައިން އަހައިލިއެވެ. އައިނާގެ ހަށިގަނޑުގައި ހުރި ތުރުތުރު އޭނައަށް އިހްސާސްކުރެވުނެވެ. “ކިހިނެތް ރުކައިން ތިހާ ހަމަޖެހިލާފަ ތި ހުންނަނީ؟” އައިނާގެ އަޑުގައި މަޑު ތުރުތުރެއް ހުއްޓެވެ. “އަހަރެން ލަންކާގައި އުޅުންއިރު މިޔައްވުރެ ހަޑި މަންޒަރުތައް ވެސް ފެނޭ..” ރުކައިން ކޮނޑު އަރުވައިލަމުން ބުންޏެވެ. އައިނާ ނޭވާ ހަމައަކަށް އަޅުވައިލަމުން އެތަނަށް ރަނގަޅަށް ބަލައިލިއެވެ. “އެ އަތުގެ މެދުވާ އިނގިލި ކޮބާ؟” އިނގިއްޔެއް މަދުކަން ފާހަގަވުމުން އައިނާ އަހައިލިއެވެ. އެއާއެކު އެހެން މީހުންގެ ނަޒަރު ވެސް އެ އަތަށް ހުއްޓުނެވެ.

“މިއީ ކޮއިންސިޑެންސްއަކަށް ނުވާނެ.. އެއްކަލަ އިނގިލިބުރިއަކީ މިއަތުގެ އިނގިލިބުރިއެއް ކަންނޭނގެ..” ކައިލް ބުންޏެވެ. “އަހަރެމެން ދޭތި ކޮންޕެއާރކޮށްފަ ބޯން ސްޓްރަކްޗާއާ ޖެނެޓިކް ކޯޑް ދިމާވޭތޯ ބަލާނަން..” އަދްލީ އެ އަތް ނަގައި ޕްލާސްޓިކް ކޮތަޅަކަށްލަމުން ބުންޏެވެ. “ކީޕް އަސް އަޕްޑޭޓެޑް..” ރުކައިން ބުނެލިއެވެ. އަދްލީ ބޯޖަހައިލުމަށްފަހު އައިސްބޮކްސްއަށް އެ ޕްލާސްޓިކް ކޮތަޅުލިއެވެ. “ރުކައިން ސާރ އެހާ ލޯބި ރިޕޯޓާރއެއް ތިހެން ޓްރައުމަޓައިޒް ކުރާކަށް ނުވާނެއެއްނުން… މިހާރު ވެސް އެއްކޮށް ޕޭލްވެފަ އެ ހުރީ.. ކުށްވެރިއަކީތަ އަނެއްކާ ބިޑި އަޅުވައިގެން ތި ގެންގުޅެނީ؟ އެހެން ނޫނީ ކަމެއްތަ؟” ލާނެތް ރާގަކަށް އަދްލީ އަހައިލިއެވެ. “މިހެން ދައްކާލީމަ ލިޔެދާނެއެއްނުން ފުލުހުން އަބަދު ބޮޑު ގޮޑީގަ އަރާމުކުރަން ނީންނަ ވާހަކަ..” ރުކައިން ވަށްބަހުން ޖަހައިލިއެވެ. އެހެނީ މީގެ ކުރީ ހަފްތާއަކު އައިނާ ވަނީ ފުލުހުން އެއްވެސް ކަމެއް ނުކުރޭ ކިޔައިގެން ބޮޑު ރިޕޯޓެއް ލިޔެފައެވެ. ރުކައިންގެ ބަސްތަކުން އޭނަ އެ ރިޕޯޓު ކިޔާލިކަން އައިނާއަށް އެނގުނެވެ. އައިނާ ދުލުކުރީގައި ދައިގަންނަމުން ދުރުބަލައިލިއެވެ. ރުކައިން ބިޑިއަށް ދަމައިލަމުން އައިނާ ގޮވައިގެން އެހެން މީހުނާއިއެކު ޖީޕަށް އެރިއެވެ. ރުކައިން ޖީޕަށް އެރިއިރު އޭނަގެ ބެލްޓުގައި އަޅުވާފައި އިން ތަޅުދަނޑި މަގުމައްޗަށް ވެއްޓުނެވެ.

އެއް އަހަރުގެ ކުޑަކުޑަ ކުއްޖަކަށް ވެކްސިން ދިނުމަށްޓަކައި ބޭނުންވާނެ ތަކެތި ތައްޔާރު ކުރަން ޓްރީޓްމެންޓް ރޫމްގައި ދުންޔާ ހުއްޓެވެ. “ދުންޔާ ކޮންއިރަކުން ދެން ދަރިއަކު ހޯދަނީ؟ މިހާރު އިނދެގެން އުޅޭތާ ވެސް ވެދާނެ ކަންނޭނގެ ހަތް ވަރަކަށް އަހަރު..” ދުންޔާ ކުރަން ހުރި ކަންތައް ބަލަމުން އަޒީން އަހައިލިއެވެ. އަޒީންގެ ސުވާލުން ދުންޔާގެ ހަރަކާތްތަކަށް މަޑުޖެހުމެއްއައެވެ. “އަޒީން ކީއްކުރަން ބަލާއެއްޗެއް އެއީ؟..” ކުޑަކޮށް ހިތްހަމަނުޖެހިފައި ދުންޔާ އަހައިލިއެވެ. “ހަމަ އަހާލެވިދާނެއެއްނުން.. އަހަރެން އޭރު އިންނަން އެހީމަ އަހަރެންނަށް ނޫނެކޭ ބުނީމަ ވީގޮތް ކަންނޭނގެތީ.. ފިރިމީހާއަށްތަ ދަރިން ނުލިބެނީ ނޫނީ ދުންޔާއަށްތަ؟” މަލާމާތުގެ ރާގަކަށް އަޒީން ސުވާލުކޮށްލިއެވެ. “އަހަރެމެންނަށް ދަރިން ނުލިބިގެނެއް ނޫން ނުހޯދާ މިހުންނަނީއެއް.. ވަގުތު އައިސް ޖެހުނީމަ މާތް ﷲގެ އިރާދަފުޅާއެކު އެކަން ވެސް ވާނެ..” ދުންޔާ ދެބުމަ ގޮށްޖަހައިލަމުން ބުންޏެވެ.

އަޒީން ނުލަފާ ގޮތަކަށް ހީލައިގެން ހުރެ އޭނަގެ ޖީބަށް އަތްޖަހައިލިއެވެ. މަޑު ހިނގުމެއްގައި ހިނގާލާފައި ގޮސް ދުންޔާގެ ފަހަތުގައި އަޒީން ހުއްޓުނެވެ. އޭރު ދުންޔާ ދިޔައީ އިންޖެކްޝަން ޓްރޭއަށް ސިރިންޖާއި، ނީޑްލްގެ އިތުރުން ގޯޒް ކޮޅެއް ހަމަކޮށްލިއެވެ. އަޒީން ދުންޔާގެ ފަހަތުގައި ހުއްޓުމަށްފަހު، ދުންޔާ ކައިރީ ހުރި މޭޒުގައި އަތްއަޅުވައިލާ އޭނަޔާއި މޭޒާ ދެމެދު ދުންޔާ ހައްޔަރުކޮށްލިއެވެ. ދުންޔާ ސިހިފައި ތެޅިގަތެވެ. ދުންޔާ އަޅައިގެން ހުރި ފެހިކުލައިގެ ބުރުގަލުގެ މަތިން އަޒީން އޭނަގެ ކަރުގައި ތުންފަތް ޖައްސައިލިއެވެ. “އަޒީން މޮޔަވީޔަ؟ އަހަންނަކީ މީހެއްގެ އަނބެކޭ.. ދުރުގަ ހުރޭ!” އަޒީން އާއި ދުރުވާން މަސައްކަތް ކުރަމުން ދުންޔާ ބުންޏެވެ. “އަހަރެން އަދި ވެސް ޔާޔާދެކެ ލޯބިވޭ.. ޔާދިން ކައިރިން ވަރިވެގެން އަހަރެންނާ ކައިވެނިކޮށްބަލަ ޔާޔާ..” ދުންޔާގެ އުނަގަނޑުގައި ހިފައިލަމުން އޭނަޔާއި ވީކޮޅަށް އަނބުރައިލަމުން އަޒީން ބުންޏެވެ.

އަޒީންގެ އަޑުގައިވި އަސަރުން ދުންޔާގެ ހިތް ނުބައި ގޮތަކަށް ތެޅިގަތެވެ. “ނޫން ދޫކުރޭ.. އަހަރެން ދިންދެކެ ވަރަށް ލޯބިވޭ.. ދުވަހަކު ވެސް ދިންއަކާ ވައްކެއް ނުވާނަން.. އަޒީންއަށް ވެސް އަހަރެން ދިންއަކާ ވައްކެތް ނުކުރެވޭނެ..” އަޒީންގެ މޭމަތީގައި ތަޅަމުން ދުންޔާ ބުންޏެވެ. ދުންޔާގެ އަތުން އަޒީންއަށް ތަދުވިހެނެއް ހިއެއް ނުވެއެވެ. “ނުކުރާނަން ދުލެއް.. ތިއީ އަހަރެންގެ މީހެއް.. އަހަންނާ ވަކިވިތާ ހަފްތާއެއް ނުވޭ އެ ފިރެހެނާޔާ ޔާޔާ ކައިވެނި ކުރީ.. އަހަރެންނަށް ފިލަން ވަރަށް މަސައްކަތް ކުރެވިއްޖެއެއްނުން.. ދެން ފެނުނީމަ ދޫކޮށްލާނީ ތި މަލުގެ ފޮނިކޮޅުބޯލާފަ..” ދުންޔާގެ ހަށިގަނޑު އޭނަގެ އަތުތެރޭ ތާށިކޮށްލަމުން އަޒީން ބުންޏެވެ. އަޒީންގެ ޖުމުލައިން ދުންޔާގެ ހިތުގެ ތެޅުން ބާރުވެގެން ދިޔައެވެ. ބިރުން ގޮސް އޭނަގެ ހަށިގަނޑުގައި މަޑު ތުރުތުރެއް އުފެދުނެވެ.

“ނޫން އަޒީން ތިހެން ނަހަދާ… އަޒީންއަށް އެނގޭނެ އަހަރެން އަޒީންއާ ވަކިވީ ކީއްވެކަން.. ޔޫ ޓްރައިޑް ޓު ފޯސް މީ.. އަޒީންއަށް އެނގޭނެ އަހަރެން މީ އަޒީން އޭރު ގެންގުޅުނު ކުދިން ކަހަލަ ތަންމަތި ފަޅު ފިލުވައިދޭ މީހެއް ނޫންކަން.. މެރީކޮށްގެންނޭ ބުނީމަ ވެސް އަޒީން އެގޮތެއް ބޭނުމެއްނުވި… ތެޔޮނާށި ކާޅު ޖަހާގަތީމަ ވީގޮތް ތީ.. މިހާރު އަހަރެން މީ މީހެއްގެ ހައްގެއް.. އަހަރެން ރިޕޯޓުކޮށްފިއްޔާ އަޒީންގެ ވަޒީފާ ވެސް ގެއްލިގެން ދާނެ އަޒީންގެ މިނިވަންކަމާއެކު..” އަޒީންގެ އަތުތެރޭން ސަލާމަތްވާން މަސައްކަތް ކުރަމުން ދުންޔާ ބުންޏެވެ. ދުންޔާގެ ވާހަކަތަކުން އަޒީން ގާތަށް ރުޅިއައެވެ. އަތް ދަމާފައި އަތުގައި ހުރި ބާރެއްލާފައި ދުންޔާގެ މޫނުމަތީ އަޒީން ޖެހިއެވެ.

(ނުނިމޭ)

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

ބޮޑީގާޑު 1

Next

ތި ސޫރަ ނޫން 29

Next
January 13, 2026

ތި ސޫރަ ނޫން 29

Previews
January 13, 2026

ބޮޑީގާޑު 1

60 Comments!

  1. QueenB says:
    January 13, 2026 at 3:46 pm

    Mi part ves varah reethi curiously waiting for next part??

    1. Maash Maash says:
      January 13, 2026 at 4:02 pm

      Thanks QueenB insha’Allah next part soon💜🦋

  2. Anonymous says:
    January 13, 2026 at 3:47 pm

    this story is so unrealistic.. reporter eh ge athuga bidi alhuvaigen dhaairu ehen reporters madakun nuthibeyneh… adhi police meehun ves ehenneh nugendhaane professionalism huri meehaku… adhi haasa koh ekahala muhinmu scene eh gai…. maa romantic kuran beynun viyas bodu varu… n genetic kiyaairu ihnaany javiyani… balaes nulaa vaahaka liyaa author eh kan faahgavey varah…. mikahala bai thah ahnaathy story hama nujehe…

    1. Anonymous says:
      January 13, 2026 at 3:53 pm

      Yeah i also got stuck on that prt. I dnt think anybody wud do that in a real life situation. i always found this story a bit over the top with cheesy lines and cringeness. but this was cherry on top. its so bad

    2. Maash Maash says:
      January 13, 2026 at 4:06 pm

      I get what Ur coming from anonymous.. this is just a story.. real life ga hageegathuga higaafa oii kameh noon.. ehenve unrealistic vumaky vedhaane kameh.. adhi rukainmenge scene ehkoh nunime.. reporters ge reaction dhen oii ep ga onnaane.. genetic ge bai eii typing mistakes eh.. and Ur right maash ah ragalhah balaanula up kurevifa eyny.. story kiyaalaafa feedback eh dhinyma thankyou.. Insha Allah dhen oii Bai thakuga ebai thah ragalhukohlaanan💜🦋

    3. Maash Maash says:
      January 13, 2026 at 4:07 pm

      Thankyou for the feedback Anonymous 💜🦋

    4. Anonymous says:
      January 13, 2026 at 4:11 pm

      realistic vaan jehey dho kommes varakah…ehen liyelaaha otheema varah sakaraai… thihen veeya e ai buri es amilla ah harakaai kuran veenu🤔🤔

    5. Maash Maash says:
      January 13, 2026 at 4:18 pm

      Thibuny vx thedheh.. realistic komme vx varakah vaanjeheyne.. dhen oii baiga ragalhukohlaanan💜🦋

    6. Shishashu says:
      January 13, 2026 at 4:12 pm

      Ey bunan vaahakaeh.. Konmehen maash liyaa vaahaka eh v ma maash ah bully kuraane kameh ney!! If you are so perfect typing mistake eh nujassa vaahaka eh liyelabala.. We r humans, HUMANS CAN MAKE MISTAKES. HUMANS ARE NOT PERFECT. Recheck kuriyas sometimes loluga alhaey nugannaane e thankolhey, eiy amilla meeha liyunu eycheh v ma. Mashah vx mi kala kanthakaa vrh ginain jehunu. Important project eh ga vx. This proves that humans are not perfect. Vaahaka hadi viyya nukiya hurey!!
      Maash ah Abadhuves support dhey i will be there!! You r one of my favs!! Abadhuves mi story ah inthizaaru kurevey. Story dhaa goiy alhugan’dah vrh kamufhey. Maasha Allah!!
      Alway wish you a brighter future!!
      Takr care💗💗 lots of luv maash

    7. Maash Maash says:
      January 13, 2026 at 4:24 pm

      Thanks darl I appreciate Ur support but please be respectful to others.. I’m happy U liked the story.. love you more darl💜🦋

  3. Aanaa says:
    January 13, 2026 at 3:48 pm

    heyy maash dhahthaaaaaa
    masha allah mi part vrhhh reethi
    Aaiiitherii rukain haadha varakashey dhw aina fahathun e ulheny..aina ah dhww mi notice v eh ingili madhukan vs….azeen kyh e kury…haadha goahey…dhin r dhunya r dhemedhah vahnann dhwww e ulheny???
    eyru dhunya dhiyaee….ethaaga dhiyaee eh noahnaane…dhn enme first paragraph ga eyny karuthanakuge…karunathakuge liyan vgn eyny ehn liyevifa…
    Lyyysmmm🫶🏼

    1. Maash Maash says:
      January 13, 2026 at 4:10 pm

      Heyy Aaanaa..
      Thankyou darll.. vrh ufaa vejje mi part reethi v kan enguneema.. hehe yeah rukain vrh Aina fahathun ulhey dhw eba.. hingaa azeen kurany keehtho balaalan dhww.. thanks mistakes bunelan dhineema.. Insha Allah ebai thah ragalhukohlaanan..
      Love you more darl💜🦋

  4. kaloo says:
    January 13, 2026 at 3:56 pm

    Maash aky hama aslu koh ves rude author eh.. kiuntherin eha varah bunaa iru improve eh nukureve. Thankolheh nubaa viyya excuse dhahkaany abadhu. thimanna male dhaan jehuneemaey kiyaafa. accept your mistakes sweet heart.. mulhi story feshunu iru ves reecheh nun ekamaku mihisaaba aissa maa hadi

    1. Maash Maash says:
      January 13, 2026 at 4:13 pm

      I’m sorry U think like that.. maash abadhuvx masaikai kuran liyuntherin bunaa kankan ragalhu kohleveytho.. and I do accept my mistakes darl, midhiya ep ga ehaa mistakes hury aslah vx mal’e dhiyaama.. mihaaru vrh vaguthu vx nuvey vhk liyan.. thankyou for Ur feedback 💜🦋

  5. Anonymous says:
    January 13, 2026 at 4:09 pm

    Maash as one of ur longest readers i am disappointed in this story 🙁 u cn do better than ts..
    mi stry heevany maash maa avas aruvaalaigen liyaa story eh hn
    hama nujehey baivaru than than eba huri kuree readers faahaga kolli fadhain

    1. Maash Maash says:
      January 13, 2026 at 4:15 pm

      I’m sorry if u feel that way darl.. yes maash gaboolu kuran mi Bai thah avas aruvaalaagenkan geneveny eii mihaaru time nuvaathy.. Insha Allah dhen faharakun ragalhukohlaanan.. thankyou for Ur feedback💜🦋

  6. p says:
    January 13, 2026 at 4:12 pm

    Can u plx just check dhelolun story lumuge kurin.. Hus kuh bas.. aadha aa hilaafu etha kameh.. boa govaane meeheh

    1. Maash Maash says:
      January 13, 2026 at 4:15 pm

      Will keep that in mind next time.. thankyou for Ur feedback💜🦋

    2. Anonymous says:
      January 13, 2026 at 4:16 pm

      I was goin to saythe same thing…Ehen authors ah hate kuraa meeheh mi.. Darkqueen story ah ves maash fake comment koffa othi amilla story ah kuraahn

    3. Maash Maash says:
      January 13, 2026 at 4:21 pm

      I don’t hate on other authors.. I even read ehen authors ge story thah.. I said it before and I said it again I never fake comment in any story.. this id ga maash comment kuriyas kurany.. that author story liyegen ulhun iru exam dhuvaskolhu v ma I didn’t even check esfiya.. please ehen meehunge boluga dhogu thuhumathu elhuvun huttaala

  7. Maash Maash says:
    January 13, 2026 at 4:37 pm

    I’m deleting rashu soruge comments hadi ehchehi Kiya vhk aa evvex gulhumeh noanna comments kuraathy.. argument eh viyya fashan haadha beynun vey rashu soru🤦🏻‍♀️ please don’t make this comment section an argument and be respectful towards eachother.. at least insaanakah v thi kuran jehey respect kohla💜💜

  8. 😶‍🌫️Raajiha 😶‍🌫️ says:
    January 13, 2026 at 5:04 pm

    Mi part vx v v v reethi MA!!!
    curiosity waiting for next part!!
    When is next??

    1. 😶‍🌫️Raajiha 😶‍🌫️ says:
      January 13, 2026 at 5:24 pm

      Maash,you can do this batter…vaahaka liyaa iru thankolheh laslahun,visnaigen liyuneema ok vaane…i don’t hate you like others pls echeh hee nukurachey..n I also know u don’t do fake comments 😭…I am just telling u what you did wrong…
      Ly maash!!

    2. YoU NeVeR KnOw ME Y'alll says:
      January 13, 2026 at 9:45 pm

      Urrr Name is That

    3. Maash Maash says:
      January 14, 2026 at 9:57 am

      Thankyou dear.. I’m happy U liked it💜🦋

    4. Maash Maash says:
      January 14, 2026 at 9:59 am

      Thankyou for Ur feedback dear.. yes I’ll try to do better than this in the future.. thankyou for sharing Ur opinion and telling me what to correct.. love you more darl💜🦋

  9. 💜Rai 💜 says:
    January 13, 2026 at 5:37 pm

    Yes,I thikamaa bahay gothun evves echeh nubunaanan💜
    Aslu vx readers v rude koh vaahaka dhekkee…
    Maash ah vx adhi rangalhu kirevayne !!
    U can do this!!

    Readers,pls pls pls keep some respect for her…Thi huri haa echeh kiyaa iru vx she didn’t say anything u guys don’t want to hear..so pls keep some respect…thank you !!!💜

    1. 😶‍🌫️Raajiha 😶‍🌫️ says:
      January 13, 2026 at 5:38 pm

      U are right!!

    2. Maash Maash says:
      January 14, 2026 at 10:00 am

      Thankyou Rai.. Insha allah will do better💜🦋

  10. Your fav bab Your fav bab says:
    January 13, 2026 at 5:56 pm

    Loved this part so much💗
    Aslu maash thikuraa hih varah saabas!
    ehaa busy koh ulhemun ves vhk up kohdheythee vrh ufaa vey!😁
    Rukain ainaa ah hith kee anekka.. He’s so desperate!! aina aa eyna ge athuga hand cuffs alhuvan😂😹
    Azeen bruh🤦don’t he dare hurt her
    When next?
    ly💗💗

    1. Maash Maash says:
      January 14, 2026 at 10:01 am

      Thankyou darll I’m happy U like it.. hehe let’s see what happens dhww.. love you more darl💜🦋

  11. Thiththi says:
    January 13, 2026 at 7:15 pm

    Mi vaahakaige mibayah mihaa vareh mi eri sababeh hama nuvisnun! Hama yageenun ves maash hurey ran’galhu kuran masakkaiy koffa! E 2 meehun bidi nattan ulheynee konfadha haaleggabaa!

    1. Maash Maash says:
      January 14, 2026 at 10:03 am

      Shukriyya thiththi.. dhen oii baiga kiyaaleema engeyne emeehun bidi vattaalan ulhey haaleh💜🦋

  12. YoU HaVe To AnSwEr iF YoU WaNnnA LEaVe iT aLoNe says:
    January 13, 2026 at 9:43 pm

    Are u from Huvadhu Atoll island or from North Atoll island ?Dude 😎

    1. 🥀mishh🥀 says:
      January 13, 2026 at 9:50 pm

      Thi suvaal7 kuraanee kaakaa?!?
      Kiyuntherin tha?!?
      or maash ?!?

    2. Attention to Dear Readers & Authors says:
      January 13, 2026 at 10:05 pm

      Aslaam Alaikum 🥀🖤🖤🖤
      I joined as a Reader in this site since Last Year ,But Vrh Vrh fahaaga kohlevey kameh Author’s stories ga eba hureyyy Aslu Vrh hurt vaa Kahala comments…I feel ecomments thah kiyaafa Very sad… Actually Mi dhuvas kolhu Miee Holidays So Yrhhh Authors ves rest beynunvaane I totally understand!!! Dhen ,Baeh faharu Huredhaane kithamme Talent people’s ves aslu ga hunaane dhw mistakes….It means No one in this world is better.. It’s a true asluga…Dhen ,Maash ge stories akeyy hama Vrh Vrh mi site ga popular Vrh hihgaimu Descriptions ves hama emme furihama stories thakuga himeney stories…So She’s so talentive.. MaashaAllah 🖤🥀So ,Kudakudha mistakes including Reader’s Negative comments in it would make her feel Heartbroken 💔or upset I ReaLly don’t know how to say That… Inshallah🖤🥀 You guys respect her…She not just write stories…We even doesn’t know the life she spent a day…I wish You all will get a good information,epically Authors & Readers 🖤🖤🖤

    3. Maash Maash says:
      January 14, 2026 at 10:51 am

      Thankyou darl.. I’m happy U understand.. I’m happy U like my stories.. actually even if it’s school holidays I’m not free cause I still have to go to job.. and I’m a bit stressed lately.. ig that’s why there are many mistakes in my writing.. I’m thinking of taking a break and uploading the story after I finish writing it💜🦋

    4. YoU HaVe To AnSwEr iF YoU WaNnnA LEaVe iT aLoNe says:
      January 13, 2026 at 10:06 pm

      Who u

    5. Maash Maash says:
      January 14, 2026 at 10:07 am

      I can’t answer that question in public sorry

    6. YoU HaVe To AnSwEr iF YoU WaNnnA says:
      January 14, 2026 at 6:02 pm

      Thi Kon mishh eh

  13. Anonymous says:
    January 13, 2026 at 10:39 pm

    Why do you wanna know ?!?

    1. YoU HaVe To AnSwEr iF YoU WaNnnA says:
      January 13, 2026 at 10:54 pm

      ^cuxx You said that Actually it’s not for The readers only to Autor^With respect

  14. އަސްމާ says:
    January 14, 2026 at 12:01 am

    ލޮތްބެއް ނޫން. ލޯތްބެއް
    މާޝް ވަރަށް ރަނގަޅު ކުރަން އެބަ ޖެހޭ
    އަޅުގަނޑުމެންނަށް މާ ރަނގަޅު މާޝް ޗެކްކޮށްފަ ރަނގަޅަށް ލިޔެފަ އަޕްލޯޑު ކުރިޔަސް އޭރުން މިހާރު ފަދަ ކުށްތައް މަދުވެ ކިޔުންތެރިންނަށް ކިޔަން ފަސޭހަ ވާނެ އަދި ވާހަކަ އާއި މާޝްއާ ދޭތެރޭ ހިތްހަމަޖެހޭނެ

    1. އަސްމާ says:
      January 14, 2026 at 12:06 am

      މިހާރު ކިޔުންތެރިން ހިތްހަމަނުޖެހެނީ ކީއްވެގެން ކަން ވެސް އެބަ އިނގޭ ދެއްތޯ. އަޅުގަނޑަށް ވެސް ކުރީ ބައި ތަކުން ފާހަގަ ކުރެވުނު މާޝް ވާހަކަ ދައްކަނީ ކިޔުންތެރިންނާ ވާހަކަ ދައްކަން ޖެހޭ އެންމެ ރީތި ގޮތަކަށް ނޫން ކަން.. އެކަމަކު މާޝްއަށް ހުތުރުކޮށް ވާހަކަ ދެއްކި މީހުން އެ ކުރީ ރަނގަޅު ކަމެކޭ ވެސް ނުބުނާނަން.. މިއީ ވާހަކަ ކިޔަން ހާއްސަ ސައިޓެއް. ކަމުނުދަންޏާ ވާހަކަ ނުކިޔާ ދޫކޮށްލުމުގެ އިޚްތިޔާރު ހުރިހާ ފަރާތްތަކަށް ވެސް އޮވޭ. އެހެންވެ އަޅުގަނޑުގެ ވެސް އެދުމަކީ ހުރިހާ ބޭފުޅުން އެކަކު އަނެކަކަށް އިހްތިރާމް ކުރުން އަދި އެންމެ ރީތި ގޮތުގައި ވާހަކަ ދެއްކުން.. މާޝް ވެސް ކިޔުންތެރިން ވެސް. މާޝް ކުރިމަގުގަ ރަނގަޅު ކުރާނެ ކަމަށް އުންމީދު ކުރަން.. ޕޮޓެންޝަލް ހުރި ކުއްޖެއް ތީ. މި ސައިޓް ގައި ގުނާލެވޭ ވަރުގެ ލިޔުންތެރިއަކަށް ވެވިދާނެ. ކުރިން އުޅޭ އިފޫ ރީން ލިއާޝާ ޔޫން ޝައި ޝީޒް ހިމީ މެން ފަދަ ލިޔުންތެރިއަކަށް ވެވޭނެ އިރާދަކުރެއްވިއްޔާ. އުންމީދު ކަނޑާނުލާ ކުރިއަށް ދިޔުމަކީ އަޅުގަނޑުމެން އެދޭ ގޮތް

    2. Maash Maash says:
      January 14, 2026 at 10:56 am

      Labba mihaaru ingijje kiyuntherin hiyhama nujehunu sababu.. Insha Allah kuriah oii tha ragalhukuran masaikai kuraanan.. maasha vrh bodah maafah edhen evves kiyuntheri aka hadikoh vhk dhehkifa othiyya.. maash ge ummeedhaky comment section vhk ah ihthiraam aa eku hiyaalu faalhu kura thanakah hedhun.. Insha Allah iraadha kurehviyya ragalhu kuran masaikai kuraanan.. 💜🦋

    3. Maash Maash says:
      January 14, 2026 at 10:53 am

      Insha allah kuriah oii Bai thakuga ragalhu kohlaanan..

  15. 🦋NUXUFER🦋 says:
    January 14, 2026 at 12:43 am

    V bodu thedeh..
    Mee vaahaka vaahaka kiyan onna site eh …huthuru bahun vaahaka dhakkaakah noon.. maash vaahaka dhekkee kiyuntherinnah huthuru kosheh noon.ekam emme baynun vaa gothakah vx noon..of coz evves meehskasheh 100 % emmen baynun vaahaka gothakasheh vaahaka nudhekkayne..ekan alhugandu gaboolu kuran… Ekam kiyuntherinnah huree v huthuru bahun vaahaka dhekevifa(baeh kiyuntherin)
    Vaahaka hadheeya vaahaka nukiyaanee… maash ge haters ah mi site ga dhen huri hurihaa vaahaka eh kamudheytha?!?
    Keehve ehen authors ah thihen huthuru bahun vaahaka nudhakkanee?!
    E authors vakin inxaareh dheefatha onnanee e miihunge vaahaka ah echeh kiyaigen nuvaaneey kiyaafa?!?

    Alhugandah varah bodah huree faahaga kurevifa @maash and @darkqueen ah huthuru bahun vaahaka dhakkaakan
    Pls stop..e meehunge vx hitheh onnaane ey haters!!!!kiyan baynun nuvannaa nukiyaa!!
    And alhugandah varah bodah huree faahaga kurevifaMAASH EY KIYAIGEN DHOGU VAAHAKA THAH EHEN MEEHUN LIYAA VAAHAKA THAKUGE COMMENTS GA LIYAAKAN
    misaalakan Ara,Yoon ge vaahaka THAKUGE comments ga….pls stop that ..it will hurt others hearts too …
    For the last thing, comments kuraairu pls pls MIND YOUR LANGUAGE ..ik mi vaahaka dhekkuneevx emmen baynun vaa gothakah noon kan…ehen kamah vejjeyaa v v sorry 😔

    MAASH,YOU ARE DOING A GREAT JOB!!!

    KEEP IT UP!! 💝

    1. Maash Maash says:
      January 14, 2026 at 11:14 am

      Maash maafah edhen kiyuntherinna hadikoh vhk dhehkifa othiyya.. thanks for understanding dear💜🦋

  16. Maryam says:
    January 14, 2026 at 1:12 am

    Vrh Gina dhuvas kollaafa mi comment kollani anekka. Gavaaidhun vhk Kiyan igey comment nukuriyas😊 I don’t get why there is so many hates . Anyways I love this story. Mi ep vx vrh salhi hama 💯this is actually one of the best stories aslu
    Maash u are my fav 🫶🏽
    I’ll always support u
    Love u 🫶🏽🫶🏽

    1. Maash Maash says:
      January 14, 2026 at 11:16 am

      Thanks a lot Maryam.. vrh ufaavejje dhuvasgadakah fahun maryamge comment eh libuneema.. vrh ufaavejje vhk reethikan enguneema.. aww thank you so much for Ur kind words.. love you more darl💜🦋

  17. Gurl 🩷 says:
    January 14, 2026 at 10:43 am

    This part was very pretty 🤍😊
    Curiously waiting for the next part 😊

    1. Maash Maash says:
      January 14, 2026 at 11:17 am

      Thankyou girl.. I’m happy U liked it.. 💜🦋

  18. Gurl 🩷 says:
    January 14, 2026 at 10:44 am

    When next???? 😊❤

    1. Maash Maash says:
      January 14, 2026 at 11:17 am

      Soon Insha allah💜🦋

  19. darkqueen38 darkqueen38 says:
    January 14, 2026 at 3:16 pm

    Varah reethi mi part ves keep writing waiting for next part

    1. Maash Maash says:
      January 14, 2026 at 5:29 pm

      Thankyou darkqueen.. I’m happy u liked it. 💜🦋

  20. Shimmer says:
    January 14, 2026 at 3:51 pm

    Hey maash 🦋
    How are you ??? Are you ok????
    Story hama vv reethi…. It’s amazing
    Don’t think too much …. Anyone can make mistakes…. I read stories from other dhivehi websites as well as international reading platforms…. Even the best authors there also make mistakes when writing….
    Mistakes aren’t bad then make you realise that you are not perfect and you don’t even need to be perfect …. It reminds you you are a human being 😊
    And about the mistakes…. Now you know it so you should try to improve it…. That’s how life works
    Anyways…. WHAT did rukain do ??? I mean it’s unbelievable 🤣🤣🤣🤣… I was shocked and in trauma 😳 poor aina 😂
    When is next???
    Curiously waiting
    Take care sissy 💜
    Lot of love 💕
    Bye

    1. Maash Maash says:
      January 14, 2026 at 5:32 pm

      Hey shimmer
      I’m fine alhamdhulillah..
      Thankyou so much.. vrh ufaa vejje story reethikan enguneema.. mistakes happen in everyones lives.. its best not to repeat it..
      hehe rukain ulheyny ehen dhen.. lets see what happens dhw.. next part libeyny dhen story liye nimuneema.. Take care darl.. love you more💜🦋

  21. Me says:
    January 14, 2026 at 4:59 pm

    Actually why is rashu soru having beef with you? Personal or..

    1. Maash Maash says:
      January 14, 2026 at 5:33 pm

      I don’t think i know him/her..

Comments are closed.



All Right Reserved!