Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ކަލާއަށް އެދޭތީ 2

Ara
Ara Level 210 Stories100 Comments
January 4, 2026 3 Mins Read
5 Comments

ޒިޔާންގެ ރަހުމަތްތެރިން ކަމައްވާ އިއްކޮއާއި ބޮޑޭ، ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. އެމީހުންގެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމާއި ބަދަލުހިފުމުގެ ރޫހެވެ. “ކަޅޭ. ކިހިނެއް؟” އިއްކޮ އައިސް އެނދުގެ މަގަތުގައި އިށީނދެލިއެވެ. “މަށަށް އިނގޭ ކައޭ ސަލާމަތްވާނެކަން. އެކަމަކު އެ ސޮރުމެން ތިކަން ކުރި ގޮތުން މަގޭ ލޭ ކެކެނީ.” ޒިޔާން އެއްޗެކޭ ނުބުނެ ސީލިންގަށް ބަލަހައްޓައިގެން އޮތެވެ. އޭނާގެ މުޅި ހަށިގަނޑު ބަލިކަށިވެފައި އޮތް ނަމަވެސް އެކަން ދައްކާކަށް އޭނާ ބޭނުމެއް ނުވިއެވެ. “އިއްކޮ.. ކައޭ ހޯދަބަލަ އެރޭ ގޯޅިގަނޑަށް މަ ފޮނުވި މީހާ. އޭނާ އެކަން ކުރީ ގަސްތުގަ.”

އެ ދަނޑިވަޅުގައި ޝިފާ އެތެރެއަށް ވަނީ ޒިޔާންގެ އައިވީ ބަދަލުކުރާށެވެ. އެތެރޭގައި ތިބި މީހުން ފެނުމުން އޭނާގެ މޫނުމަތިން ފޫހިކަން ފާޅުވިއެވެ. “މިތަނުގައި ތިހާ ގިނަ މީހުން ތިބުމަކީ މަނާކަމެއް. ބަލިމީހާ އަރާމުކުރަން ޖެހޭނެ. ދެން ތިބި ބޭފުޅުން ބޭރަށް ވަޑައިގަންނަވާ.” ޝިފާ ވަރަށް މަޑުމައިތިރިކޮށް ބުންޏެވެ. “އޭ ނަރުސް ކުއްޖާ! މަޑުން ހުރޭ.” ބޮޑޭ ޝިފާއާ ދިމާލަށް ބުނެލިއެވެ.

ޝިފާގެ ކެތްތެރިކަން ކޮޅުންލިއެވެ. އޭނާ ޒިޔާންގެ ރަހުމަތްތެރިންނަށްވުރެ ބޮޑަށް އެމީހުންނަށް އެފުރުސަތު ދީގެން އޮތް ޒިޔާން ދެކެ ފޫހިވިއެވެ. “ޒިޔާންގެ ރަހުމަތްތެރިންނަށް ބުނެދީ މިތަނުގެ ގަވާއިދަށް އިހުތިރާމްކުރަން. އެހެން ނޫނީ ސެކިއުރިޓީއަށް ގޮވަން ޖެހިދާނެ.” މިފަހަރު ޝިފާ ވާހަކަދެއްކީ ސީދާ ޒިޔާނާއެވެ. “ކައޭ މާ ގަދަ ނުވެބަލަ. މަގޭ މީހުން މިތަނުން ނިކުންނާނީ މަ ބުނީމަ. މަށަށް އުސޫލު ކިޔައިދޭނެ ކަމެއް ނެތް. ކައޭގެ ވަޒީފާ އަދާކޮށްފަ ނައްޓާލާ މިތަނުން.” ޒިޔާން ވަރަށް ބާރަށް ބުނެލިއެވެ. ޝިފާގެ ލޮލަށް ކަރުނަ ޖަމާވާން އުޅުނެވެ. އެއީ ބިރަކުންނެއް ނޫނެވެ. އެއީ އޭނާ ކުރާ އިޚްލާޞްތެރި މަސައްކަތަށް އެއްވެސް ގަދަރެއް ނެތްކަން އިހުސާސްވުމުންނެވެ. އައިވީ ބަދަލުކޮށްލުމަށް ފަހު އަވަސް އަވަހަށް އެތަނުން ނިކުންނަން އޭނާ ހިނގައިގަތެވެ.

ކޮޓަރިން ނިކުމެ ދޮރު ލެއްޕުމަށްފަހު ޝިފާ ފުން ނޭވާއެއްލިއެވެ. އޭނާގެ އަތްތިލަ ތުރުތުރުލަމުން ދިޔައެވެ. އޭނާގެ ހިތަށް އެރިއެވެ. މަރުގެ ތުންފަތްމަތިން މި މީހާ ސަލާމަތްކުރަން އަހަރެން ކުރި މަސައްކަތުގެ އަގަކީ މިއީ ހެއްޔެވެ؟ އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް މި މީހާގެ ހިތުގައި ނެތީ ހެއްޔެވެ؟

އޭނާ ނަރުހުންގެ ސްޓޭޝަނަށް ގޮސް އިށީނދެ ފައިލްގައި ލިޔަން އުޅުނު ނަމަވެސް ޒިޔާންގެ އެ ރުޅިވެރި ބަލާލުމާއި އޭނާގެ ރަހުމަތްތެރިންގެ ފުރައްސާރަ ޝިފާގެ ސިކުނޑީގައި ގުގުމަމުން ދިޔައެވެ. އެވަގުތު އޭނާ ނިންމީ ޒިޔާންގެ ފަރުވާއިން އޭނާގެ ނަން އުނިކޮށްދިނުމަށް ހެޑް ނަރުހުގެ ކިބައިން އެދުމަށެވެ.

“ޝިފާ؟ ކިހިނެއްވީ؟” ކައިރީގައި ހުރި ސީނިއާ ނަރުސް އައިންތު ޝިފާގެ ނުތަނަވަސްކަން ފާހަގަވެގެން އަހާލިއެވެ. ޝިފާ އިސްޖަހާލިއެވެ. އޭނާގެ ލޮލުން ކަރުނަ ފާއްދާލަން އުޅުނު ނަމަވެސް އޭނާ އެކަން ހިފެހެއްޓިއެވެ. “އަޅުގަނޑަކަށް ބެޑް 4 ގެ ޕޭޝަންޓަށް (ޒިޔާންއަށް) ފަރުވާއެއް ނުދެވޭނެ. އޭނާގެ ބަސްމަގާއި އެތަނަށް އެއްވެފައި ތިބި މީހުންގެ އަމަލުތައް ހުރީ ވަރަށް އިހުތިރާމް ކުޑަ ގޮތަކަށް. އަޅުގަނޑުގެ ސޭފްޓީއަށްވެސް ނުރައްކާވާ ފަދަ އިހުސާސެއް ކުރެވެނީ.” ޝިފާގެ އަޑު ތުރުތުރުލަމުން ދިޔައެވެ. އޭނާގެ ހިތުގައި ހިނގަމުންދިޔައީ ވަރުގަދަ ހަނގުރާމައެކެވެ. އެއްކޮޅުން ކޮންމެ ފަދަ މީހަކަށްވިޔަސް ފަރުވާ ދިނުމަށް އޭނާ ވެފައިވާ ވައުދެވެ. އަނެއްކޮޅުން އިންސާނަކަށްވީތީ ލިބެންޖެހޭ ގަދަރާއި އިހުތިރާމް ފުނޑުފުނޑުވެގެން ދިއުމުން ކުރެވޭ ހިތްދަތި އިހުސާސެވެ.

“އެންމެ ރަނގަޅު ދެން އެކަމާ މާ ބޮޑަށް ހާސްނުވޭ. އަހަރެން ހެޑް ނާރސްއަށް މިކަން އަންގާލާނަން.” އެހެންބުނެފައި އައިންތު ހިނގަތެވެ.

ކޮޓަރި ތެރޭގައި ޒިޔާން އޮތީ ހިމޭންވެފައެވެ. އޭނާގެ ރަހުމަތްތެރިން ސަމާސާކޮށް ހެމުން ދިޔަ ނަމަވެސް އޭނާގެ ސިކުނޑީގައި އެނބުރެމުންދިޔައީ ޝިފާ ނިކުމެގެން ދިޔައިރު އޭނާގެ ދެލޮލުން ފެނުނު ކުލަވަރެވެ. އެއީ އޭނާ އާދަވެފައިވާ މީހުންގެ ކިބައިން ފެންނަ ބިރުވެރިކަމެއް ނޫނެވެ. އެއީ ފޫހިކަމާއި ހިތާމައެވެ.

“އޭ ކަޅޭ! ކޮބާ އެ ނަރުސް ކުއްޖާ؟ ފިލީތަ؟” ބޮޑޭ ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ. ޒިޔާން އެއްޗެކޭ ނުބުންޏެވެ. އޭނާގެ ހިތަށް ނޭނގޭ އުނދަގުލެއް ވަމުންދިޔައެވެ. އޭނާ ބޭނުންވީ އެންމެންގެ ކުރިމަތީގައި އޭނާގެ ގަދަކަން ދައްކާށެވެ. ނަމަވެސް ޝިފާ އެތަނުން ދިޔަ ގޮތުން ޒިޔާންއަށް އިހުސާސްކުރެވުނީ އޭނާއަށް ބޮޑު ގޯހެއް ހެދިއްޖެ ކަމެވެ. އެކަމަކު އެއީ ކީއްވެގެން ކަމެއް ނުވަތަ އެކަން ރަނގަޅު ހަދާނީ ކިހިނެއް ކަމެއް އޭނާގެ ބާރުގަދަ ހަރުކަށި ސިކުނޑިއަކަށް ނުވިސްނުނެވެ.

ޒިޔާންގެ ކޮޓަރީގެ ތެރޭގައި އޮތް ފޯރި މަޑުމަޑުން ކެނޑެން ފެށިއެވެ. އޭނާގެ ރަހުމަތްތެރިން ބޭރަށް ދިޔައީ ކޮންމެވެސް ކަމެއް ނިންމާލަން ކަމަށް ބުނެފައެވެ. ކޮޓަރި ތެރެއަށް ވެރިވީ މަރު ފަދަ ހަމަހިމޭންކަމެކެވެ. ގަޑިއެއްހާއިރު ފަހުން ކޮޓަރީގެ ދޮރު ހުޅުވާލާފައި ވަނީ ފިިރިހެން ނަރުހެކެވެ. އޭނާގެ ހަރަކާތްތައް ހުރީ ވަރަށް އާދައިގެ ގޮތަކަށެވެ. ޝިފާގެ ކިބައިން ފެނުނު ފަދަ އޯގާތެރިކަމެއް ނުވަތަ ބަލިމީހާއަށް ބަހައްޓާ ފަރުވާތެރިކަމެއް އޭނާގެ ފަރާތަކުން ނުފެނެއެވެ. އޭނާ އައިސް ޒިޔާންގެ ޒަހަމްގައި ހުރި ބޭސްގަނޑު ނައްޓާލީ ވަރަށް ބާރަށެވެ.

“އާހް!” ޒިޔާންގެ އަނގައިން ވޭނީ އަޑެއް ބޭރުވިއެވެ.

“މަޑުން އޮވޭ” އެ ނަރުސް މީހާ ފަރުވާކުޑަ ރާގަކަށް ބުންޏެވެ. “މިތަނަކީ ކަލޭމެންގެ ގަދަކަން ދައްކަން އޮންނަ ތަނެއް ނޫން. މަށަށް އެނގޭ ކަލޭމެންގެ ކަންތައް ހުންނަ ގޮތް.” ޒިޔާން އެއްޗެކޭ ނުބުނެ ދަތްކުނޑިވިކައިލިއެވެ. އޭނާގެ ހިތަށް އެރިއެވެ. އެ އަންހެން ކުއްޖާ ކޮބައިބާވައެވެ؟ ޝިފާގެ އަތުގެ މަޑު ބީހުމާއި އޭނާގެ އޯގާތެރިކަން ޒިޔާންގެ ހަނދާނަށް އައެވެ. ޒިޔާންއަށް ފުރަތަމަ ފަހަރަށް އެކަނިވެރިކަން އިހުސާސްވިއެވެ. އޭނާގެ ބާރާއި ގަދަކަމަކީ ހޮސްޕިޓަލުގެ މި ފާރުތަކުގެ ތެރޭގައި އެއްވެސް އަގެއް ހުރި އެއްޗެއް ނޫންކަން އޭނާއަށް ވިސްނުނެވެ. އޭނާ ބޭނުންވީ ޝިފާ ދެކެލާށެވެ. އެކަމަކު އޭނާގެ ބޮޑާކަމާއި ހަރުކަށިކަން އެކަމަށް ހުރަސްއެޅިއެވެ.

މުޅި ރޭގަނޑު ޒިޔާން ހޭދަކުރީ ވޭނުގައެވެ. އޭނާގެ ގަޔަށް ޖެހި އިންޖެކްޝަނުން ނިދި އައި ނަމަވެސް ކޮންމެ ފަހަރަކު ލޯ މަރާލުމުން އޭނާއަށް ފެންނަނީ ޝިފާ އެތަނުން ނިކުމެގެން މަންޒަރެވެ.

ޖެހިގެން އައި ދުވަހު ހެނދުނު، ޒިޔާން އޮތީ ދޮރާ ދިމާލަށް ބަލަހައްޓައިގެންނެވެ. އޭނާ އުންމީދު ކުރީ ޝިފާ ފެންނާނެ ކަމަށެވެ. ނަމަވެސް ޑިއުޓީ ބަދަލުވެގެން ދިޔައިރުވެސް ޝިފާގެ ހިލަމެއް ނުވިއެވެ.”

އޭ… ކޮބާ އިއްޔެ ހުރި ނަރުސް ކުއްޖާ؟” ޒިޔާން ކައިރިއަށް އައި އެހެން ނަރުހެއްގެ ގާތު އޭނާ އަހާލިއެވެ.

“ޝިފާތަ؟ އޭނާ މިހާރު މި ވޯޑަކު ނޫޅޭ. އޭނާ އެދިގެން މިހާރު ހުރީ އެހެން ބައެއްގަ” އެ ނަރުސް ކުއްޖާ ކުރުކޮށް ބުންޏެވެ. ޒިޔާންގެ ހިތަށް ސިހުމެއް ލިބުނެވެ. އޭނާގެ ހަރުކަށި ބަސްތަކުގެ ސަބަބުން އޭނާއަށް ހަމައެކަނި އަޅާލި އިންސާނާވެސް އޭނާގެ ދިރިއުޅުމުން ދުރަށް ދިޔައީއެވެ. ޒިޔާންގެ ހިތުގައި ފުރަތަމަ ފަހަރަށް ލަދުވެތިކަން އުފެދުނެވެ. އޭނާ ބޭނުންވީ ޝިފާގެ ކިބައިން މާފަށް އެދޭށެވެ. އެކަމަކު “ކަޅޭ” މާފަށް އެދޭނީ ކިހިނެއް ހެއްޔެވެ؟

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Ara
Follow Me Written By

Ara

Level 210 Stories100 Comments

A girl with a passion for reading and writing. Check out my story's "Hiy Nuruhenee Ey" "Loabi Vaavaru Neyngenee Hey" "Laika" "E Biruveri Rey" "Kaiveni" "Dhathuru" "Maidhaitha" "Meesmedia" "Loabi" "Inthizaaru" "Masthu" Don't miss my latest series "Hiy Kalaa Ah Edheythee" A dangerous love story between a criminal and a nurse. "Bodyguard": A journalist seeking justice and a bodyguard sent to silence her. Share your feedback to help me improve in the future. .ފާޑުކިޔުމަކީ ލިބޭ ކުރިއެރުމެކެވެ

Other Articles

Previous

ލޮތްބެއް މަ ނޭދެން ޔާރު ނޫން – 11

Next

ހިތް އެދޭހާ ކަމެއް.. (22 ވަނަބައި)

Next
January 4, 2026

ހިތް އެދޭހާ ކަމެއް.. (22 ވަނަބައި)

Previews
January 4, 2026

ލޮތްބެއް މަ ނޭދެން ޔާރު ނޫން – 11

5 Comments!

  1. Fiza says:
    January 4, 2026 at 2:46 pm

    Vrh reethi. hama shauguverikan ithuru mivanee. Next part maadhan dhoa! thankolheh dhigukolla dhehcheyyy

    1. Ara Ara says:
      January 4, 2026 at 3:50 pm

      Yes next part tomorrow. Thank you 😊🫶🏻

  2. Anonymous says:
    January 4, 2026 at 2:49 pm

    Aneh nunimey vaahaka jahaalaafa inihyaa vrh faseyha vaane….

    1. Ara Ara says:
      January 4, 2026 at 3:50 pm

      Ok rangalhu kohlaanan 😊

  3. Shaba_73 says:
    January 5, 2026 at 11:35 am

    Mi part vx vrh reethi MA!
    Curiously waiting for the next part when’s next??

Comments are closed.

Next Episodeހިތް ކަލާއަށް އެދޭތީ 3←


All Right Reserved!