Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredއުފެއްދުންތެރި ލިޔުންލޯބި

ފުރާނަ 1

inan ahmd
inan ahmd Level 2
January 1, 2026 2 Mins Read
2 Comments

ރޭގަނޑުގެ އަރާމު ވަގުތެވެ. އާންމު ގޮތެއްގައި މި ގަޑިޔަކީ ރަށުތެރެ އެހައި އަަމާން ވަގުތެއް ނޫން ނަމަވެސް މިރޭ އެއްވެސް އިންސާނެއްގެ ހިލަމެއްނުވާ ތާނގައި ބުޅަލެއް ކޯޅެލާ އަޑުވެސް ނީވެއެވެ. އެނދުމަތީ ރަޖާ އަޅައި ފޮރުވިގެން އޮތް ޒެހެކްގެ ލޮލުން ފަހަރަކު ކަރުނަތިއްކެއް ވެއްޓެމުންގޮސް ބެޑްޝީޓް ދިޔައީ ފޯކުރަމުންނެވެ. އޭނާގެ ޚިޔާލުތަށް ގުޅިފައިވަނީ ދެލޯނޭދި ދުށުމަށް އެދެމުންދާ ހަމައެކަނި ފަރާތާއެވެ. ކަންފަތަށް ޖަހާފައި އިން އިއަރ ބަޑުން އިވެމުންދާ ލަަވަޔާއި އެއްވަރަށް އެކުގައި ހޭދަ ކުރެވުނު އުފާވެރި ވަގުތުތަށްް ދެލޯކުރިމަތީގައި ރޯލުވަމުންދާހެން ހީވެއެވެ.

“ލޯ މަރާލާ ހިނޑަކު ހީވެޔޭ ކަންފަތް ބުޑުގާ”
“ލޯބިން ގޮވާލާހެން ތި އަޑުން ކަލާ”
“ނިދިފަ ހޭލެވި ބެލޭތީ ކޮބާތޯ ކަލާ”
“ކީއްވެތޯ ގާތުގާ ދެން ނެތީ ލޯބިވާ”

ފުންމައިގެން ތެދުވެފައި އިސްކޮޅު ހަމަޔަށް ހުރި ދިގު ލޯގަނޑު ކުރިމަތީ ހުއްޓިހުރެ އަމިއްލަ ނަފްސަށް ބަލާލިއެވެ. އަމިއްލަ ސޫރަ ލޯގަނޑުން ފެނުމާއެކު އިތުރަށް ދެރަވެ ހިތުގައިޖެހުނެވެ. ގިސްލުމުގެ އަޑު ބާރުވަމުންގޮސް ކޮޅަށްހުރުމަށް ދަތިވާ ވަރަށް މީހާ ތުރުތުރު އަޅަން ފެށުމާއެކު ކަކޫ މަށްޗަށް ތިރިވެވުނެވެ. “ވަޓް ހޭވް އައި ޑަން ރޯންގް ޑެނީ؟ ވައި ޑިޑް ޔޫ ލީވް މީ އޯލް އެލޯން؟”.

***************************

އިރު އެރުމާއެކު ރަށުތެރެ ހަލަބޮލިވާން ފަށައިފިއެވެ. އިލޮށިފަތިތަކާ ދަތިގަނޑުތަށް ހިފައިގެން ކުނިކަހަން ނިކުމެ އުޅޭމީހުން އެ މަސައްކަތައިގެން އުޅެމުންދާއިރު ކަސްރަތަށް ދުވަން ނުކުމެއުޅޭ މީހުން ދުވުމައިގެން އުޅެއެވެ. އާދައިގެ މަތިން ޒެހެކް މިއަދުވެސް ނިކުތީ އޮފީހަށް ދިޔުމުގެ ކުރިން ދުވެލަން ދިޔުމަށެވެ.  ރަށުގެ އެކި މަގުތަކުން ދުވަމުން އަންނައިރު ފެންނަ ކޮންމެ މީހަކުވެސް އޭނާއަށް ހިނިތުންވުމެއް ދެއެވެ. ބަދަލުގައި ޒެހެކްވެސް ރީތި ހިނިތުންވުމެއް ރައްދުކޮއްލައެވެ. އެއީ ކޮންމެ އުމުރުފުރަޔެއްގެ މީހެއް ކަމަށް ވިޔަސްހެވެ.

ދުވެ ނިންމާލުމަށްފަހު މޫދު ކައިރީ ރާޅުޖަހާ ހިސާބު މަޑުކޮށްލައިގެން ހުރީ ދުވަސް ފެށުނު ގޮތާމެދު ހިންހަމަޖެހިފައި ހުރެއެވެ. އިރުގެ ރަން އަލި ޒެހެކްގެ ދޮން ހަންގަނޑަށް އެޅިފައިވާއިރު އޭނާގެ ހަނީ ބްރައުން ކުލައިގެ ދެ ލޮލުގެ ވިދުން ގަދަވެފައިވީހެން ހީވެއެވެ. ރާޅު ޖަހަމުންދާ ހިތްގައިމު މަންޒަރު ފޯނުގައި ރައްކާކުރަމުން ދިޔަ ވަގުތު މީހެއްގެ ނަޒަރު އޭނާއަށް ހުއްޓިފައިވާހެން ހީވެ ފަރާތް ފަރާތަށް އެނބުރެނިކޮށް އެއްގަމުގައި ހުރި ހިރުނދު ގަހެއްގެ ބުޑުމަތީ އިށީނދެލާ އޭނާއާ ދިމާލަށް ބަލަން އިން ޒައިއެލް ލޮލުގައި އަޅައިގަތެވެ. އަތުން ހަނަ އަޅާލުމާއެކު ހިތްގައިމު ހިނިތުންވުމަކާއެކު ޒެހެކް އާއި ގާތަށް އައިސް އަރާ ހަމަކޮށް ވާހަކަ ދައްކަން ފެއްޓިއެވެ.

“ބޮސް މޭމް މިިއަދު ކީއްވެ ޒެކް އަންނަންދެން މަޑުނުކުރީ؟”

“ޔޫ ނައިސް ލަސްވާން ފެށީމައޭ އައީ ދެން މީނާ ހުރެގެން ޑްރާމާ ބޮޑުކުރަން އުޅޭނެ. ޑްރާމާ ކުއީން ހަހަހަ”

ދެމީހުން އެކުގައި ވާހަކަ ދައްކަމުން އެއްގަމަށް އަރަންދިޔަ ވަގުތު އުދުހިލާފައި އައި މާކަނާއެއްފެނިގެން ޒައިއެލްގެ އަތުގާ ހިފާ ދަމައިގަނެ ސްނެޕެއް ނަގަން ކަމަށް ބުނެ އައި ކޮޅަށް ދުއްވައިގަތެެވެ. ހިންހަމަޖެހޭ ވަރަށް ފޮޓޯ ނަގައި ސްނެޕް ކުރެވުމުން ދެމީހުން ގެއަށް ދިޔުމަށްޓަކައި މިސްރާބު ޖެހިއެވެ.

“ހޭ މިއަދު ސީޕީ އާދެޔޯ މެލް ބުނި އާރ ޔޫ ނާވަސް؟ ޒީ އަކަށް ހިޔެއްނުވޭ ޕްރޮމޯޝަން ލިބޭނެ ހެނެއް”

” ގާރލް ޔޫ ކުޑަކޮށް މޮޔަ ދޯ؟ ތި ނޫން މީހަކަށް ޕްރޮމޯޝަން ހައްގެއްވެސް ނުވާނެ މިފަހަރަކު ޑޫ ޔޫ އީވަން ރިއަލައިޒް ހައު ހާޑް ޔޫ އާރ ވޯކިންގް އެވެރީޑޭ؟”

“ޓްސްކްކްކް. ޒެކް އައި ގަހަށް އަރުވާނެ ކަމެއް ނެއެތް އިނގޭ”

މަޖަލާ ސަކަރާތުގައި ގެއާ ހަމަޔަށް ދެވެންދެން ވާހަކަ ދެއްކުމަށްފަހު ދެމީހުން ވަކިވެލީ 7:45 ގެ ކުރިން ނިކުންނަން ވައުދުވެފައެވެ. ކީ ގަޑީގެ ފަނަރަ މިނެޓު ކުރިން ޒައިއެލް ނިކުމެ ހުރިއިރު ޒެހެކްގެ މަންމަ ޒާވިޔާ ގެއިން ނުކުންނަތަން ފެނި ހިނިތުންވެލާ ހާލު އަހުވާލު އަލާލިއެވެ.

“ދޮންކަލޯ ދައްތަމެން ގެއައް މިހާރު ނާންނަނީ ކީއްވެގެން؟ އަނެއްކާ ދައްތަ ދެކެ ރުޅީތަ؟”

“ނޫނޭ ދައްތާ ހެހެ މިހާރު ހަމަ ބިޒީ ކަމުން ނުދެވެނީ، އިން ޝާ ﷲ މިހެން އުޅެލާފަ ދާނަން ހުސް ދުވަހެއް ލިބުނީމަ. ކޮބާ ޒީ؟”

ޒެހެކް ކޮބައިތޯ އެހިވަގުތު އެއްލި ކަޅިޔަކުން އޭނާ މަގަށް ނުކުންނަން އައިތަން ފެނިއްޖެއެވެ. ފުލުސް ޔުނީފޯމުގައި ހުރިއިރު އޭނާގެ ހައިބަތާއި ޝަޚްސިއްޔަތުގެ ވަރުގަދަކަން ހާމަވަމުން ދިޔައެވެ. ތުންފަތުގައިވީ ހިނިތުންވުން ޒެހެކްގެ ރީތިކަން އިތުރު ކުރުވާފައިވެއެވެ.

ޒައިއެލް ވެސް ވަކި ޒެހެކްއަށް ދޫނުކުރެއެވެ. ޒެހެކްއާއި އެއްފަދައިން ފުލުސް ޔުނީފޯމުގައި ހުރިއިރު އޭނާގެ ވަރުގަދަ ހަށިގަނޑާ ނިކަން ގުޅެއެވެ. އާއްމުކޮށް ހުންނަ ވަރަށްވުރެ އިސްތަށިގަނޑު ކުރުކޮށް ކޮށާފައިވުމުން ހަމުގެ ކުލަ އަލިވެފައި ދެލޮލުގެ ވިދުން ގަދަހެން ހީވެއެވެ. ޒައިއެލްގެ އެންމެ ހާއްސަ ސިފައަކަށް ފާހަގަ ކުރެވެނީ އޭނާއަށް ލިބިފައިވާ ފެހިކުލައިގެ ކަޅިއެވެ. ހިނިތުންވެލާ ކޮންމެ ފަހަރަކު ދެކޮލަށް އެޅޭ އަޑިކޮޅުފެނި އާޝޯޚުވާ އަންހެން ކުދިންތަށް މަދެއް ނޫނެވެ. މުޅި ރަށުގައިވެސް ގިނަވާނީ ޒައިއެލްއަށް ހިތްކިޔައިފައި ތިބޭ އަންހެން ކުދީނެވެ.

ރީތި ހިނިތުންވުމެއް ދީފައި ޒެހެކް ޒާވިޔާ ގައިގާ ކުޑަކޮށް ބައްދާލާފައި މިއަދު އާދެވޭނީ ލަހުން ކަމަށްބުނެ ދެމީހުން އެކުގައި ސްޓޭޝަނާ ދިމާލަށް މިސްރާބު ޖެހިއިރު ގަޑި ޖެހެން މާ ގިނައިރެއް ނެތެވެ .

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

inan ahmd
Follow Me Written By

inan ahmd

Level 2

Welcome to my inked world 🫶🏼

Other Articles

Previous

އަބަދުވެސް ހަނދާންވޭ 4

Next

އަބަދުވޭ ހިތުގާ މަގޭ 2 (9)

Next
January 1, 2026

އަބަދުވޭ ހިތުގާ މަގޭ 2 (9)

Previews
January 1, 2026

އަބަދުވެސް ހަނދާންވޭ 4

2 Comments!

  1. 🎀 says:
    January 1, 2026 at 8:49 am

    Masha Allah mi part vrh reethi ❤️💯
    When’s next??
    First part in vx mi vaahaka ah vrh shaugu ufedhihhjje….
    Curiously waiting for the next part 🤍✨
    Btw, happy New year 🎊🎊
    Keep it up 👍

    1. inan ahmd inan ahmd says:
      January 1, 2026 at 2:24 pm

      Thank you sm. In Sha Allah next part varah avahah kiyaalan libeyne. Happy new year to you too 🤍

Comments are closed.

Next Episodeފުރާނަ 2←


All Right Reserved!