Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredއުފެއްދުންތެރި ލިޔުންލޯބި

ފުރާނަ 2

inan ahmd
inan ahmd Level 2
January 3, 2026 2 Mins Read
0 Comments

ފެހުރިހި ރިސޯޓުގެ ފާލަމަށް ގާތްކޮށްލި ލޯންޗުން ފޭބި ޒުވާނާއަށް އެންމެންގެ ނަޒަރު ހުއްޓެމުން ދިޔައެވެ. ކޯޓު ފަޓުލޫނުގައި ހުރިއިރު އޭނާ އެ އައީ ރަސްމީ ކަމަކުކަން ހާމަވެއެެވެ. ހައިޒަލް އަކީ މަޑުމައިތިރި މިޒާޖެއްގެ މީހެކެވެ. ނަމަވެސް ރައްޓެހިންނާއެކު އުޅޭއިރު އެއީ އެންމެން ދަންނަ މަޝްހޫރު ވިޔަފާރިވެރިޔެކޭ ނުވެސް ބުނާނެއެވެ. އެހައިވެސް ސަކަވެފައި އެންމެނައި ގުޅޭނެއެވެ. އޭނާ އަކީ ފެހުރިހި އައިލެންޑް ރިސޯޓުގެ ސީ.އީ.އޯ އެވެ.

” ސަރ! މީޓިންގް ހޯލް ރެޑީ ކަމަށް އަޅުގަނޑަށް އަންގާފި. މިވަގުތު ހުރިހާ އެންމެން ހާޒިރު ކަމަށްވެސް ވިވިއެން ބުނި”

” ހިނގާ ދޯ ދަމާ. މި މީޓިން ވެސް ނިމުނީމަ ދެން ސަރ އަށް ވޯރކް އެންވަޔަރުމެންޓް އާއި ދުރަށް ޖެހެލެވެން އޮތީ. އަލްސަން ކޮން އިރަކުން ޗުއްޓީ ހަދާލަނީ؟”

“އަދި ނުވިސްނަން ޗުއްޓީއެއް ނަގާކަށް އެކަމަކު ސަރ ޗުއްޓީ އަށް ދިޔައީމަ އަނެންހެން ކުރަން މާކަ ބައިވަރު މަސައްކަތްތަކެއް ނޯންނާނެތާ ދޯ؟ ފަހަރެއްގަ ދެތިން ދުވަހަށް ސްވިޓްޒަލެންޑަށް މާމަމެން ގާތަށް ދެވިދާނެ”

“އޯލްރައިޓް ލެޓްސް ގޯ”
*********************************

“ސަރޖެންޓް ޒެހެކް އެންޑް ސަރޖެންޓް ޒައިއެލް، މަރުހަބާ! ސަރ އުންމީދުކުރަން ތި ލިބުނު ކުރިއެރުމާމެދު ވިސްނާ، ލިބިފައިވާ ރަނގަޅު އަޚްލާގާއި ސުލޫކު ދަމަހައްޓާ ބަޔަކަށް ވާނެކަމަށް! ވަންސް އެގެއިން، ކޮންގްރެޓްސް.”

ލިބުނު ކުރިއެރުމާ މެދު ހިންހަމަ ޖެހިފައިހުރެ ދެ މީހުން ގެއަށް ދިޔުމަށް ހިނގައިގަތީ މާދަމާ ދިޔުމަށްހަމަޖެހިފައިވާ މަސް ދަތުރަށް ތައްޔާރުވާން ރޭގަނޑު ދިމާވާން ކިޔާފައި އޮތުމުންނެވެ. މި ދަތުރުގައި ބައިވެރިވަނީ ޒައިއެލް އާއި ޒެހެކް އާ އެކު ދެތިން ރައްޓެހި ކުދިންނެވެ.

********************************

“އެންޖޯއީ ޔޯ ޓްރިޕް ޓު ދަ އާފްޓަރ ލައިފް ހަހަހަ” ސިއްސައިގެންގޮސް މައިރާއަށް ހޭލެވުނީ މޫނު މައްޗަށް ލޭތަކެއް ބުރައިގެން ދިޔަތަން ފެނުމުންނެވެ. މާނޭވާލެވި މީހާގެ ނޭވާ ކޮޅުވާން އުޅޭހެން ހީވާން ފެށުމާއެކު ބެލްކަންޏަށް ނިކުމެލީ ސާފު ވައިކޮޅެއް ހޯދާލުމުގެ ނިޔަތުގައެވެ. ފަހަރެއްގައިވެސް ނޭވާ ހަމަަޔަކަށް އެޅިދާނެކަމަށް ވިސްނާފައެވެ.
ގަޑިން މެންދަމު 12 ޖަހާފައިވުމާއެކު މަގުމަތި ފުދޭވަރަކަށް އަމާންކަމަށް ދެއްކި ނަމަވެސް މަދުމަދުން އުޅަނދުތަށް ދުއްވާތަން ފެންނަމުންދިޔައެެވެ.

“ވަޓްސް ގޮއިންގް އޮން؟ ކަމެއްވާން އުޅެނީބާ؟ ޖެހިޖެހިގެން ދެވަނަ ދުވަހު މިހެން މިވީ. މި ދެން ކޮން ކަންތައްގަނޑެއް؟”

ރޭގަނޑުގެ ދެން އޮތްބައި ހޭދަކުރަން ޖެހޭނީ ހޭލާކަން އިނގޭތީ އޮށޯތުމުގެ ބަދަލު ބިިލިގާ ފުރާ ފެން އަޅާ ފުރާލައި ފެންވެރުމަށް ތައްޔާރުވެލިއެވެ. ދޭއް ޖަހާއިރަށް އެލާމް ކުރުމަށްފަހު ބިލިގާއަށް އެރި ހަމަޖެހިލާފައި އައިޕެޑުން ރީތި ލަވައެއް ޖަހާލުމަށްފަހު ދުރުގައި ބާއްވާލިއެވެ.
ފެންވަރާ ނިމިގެން ބާތްރޯބުން ހަށިގަނޑު ނިވައި ކޮއްލާފައި އަލަމާރިން ސްވެޓްޕޭންޓް އަކާއި ސްވެޓްޝާޓެއް ލައިގެން ބޭރަށް ނުކުތް ވަގުތު ބަނޑުން އަޑު ކިޔަން ފެއްޓިއެވެ.

“ގެސް އައި ނީޑް ޓު ފިލް ޔޫ އަޕް ޓަމް ޓަމް”

ފްރިޖު ހުޅުވާލުމަށްފަހު ޕާސްތާ ކެއްކުމަށް ބޭނުންވާ ހުރިހާ އެއްޗެއް މޭޒު މަތީ އަތުރާލައި، ވައިރަލް ޖީޖީ ހަދީދްގެ ޕާސްތާ ރެސިޕީ އާއި އެއްގޮތަށް ކައްކަން ފެއްޓިއެވެ. ތަވާ އަތުތެރޭ އަނބުރާލައި ގެންގުޅޭލެއް ފަރިތަކަމުން މީހަކު އާޝޯޚު ވާނެކަން ގައިމެވެ. ކަލިނަރީ ސްކޫލުން ދަސްވި ހުރިހައި އުކުޅެއް ކެއްކުމުގައި އަދިވެސް އޭނާ ބޭނުންކުރެއެވެ.

އިސާހިތަކު ބަދިގެ ތެރެއިން ޕާސްތާގެ މީރު ވަސްގަނޑު ދުވަން ފައްޓައިފިއެވެ. އެންމެ ފަހު ކަމެއްއެއްގެ ގޮތުން އަތުގައި އޮތް ޗީޒް ޕެކެޓުން ޗީޒް ކޮޅެއް ނަގައި ޕާސްތާތަށް މައްޗައް ބުރުވައިލިއެވެ. ފޯނު ނަގައައި ޗަމެރާ އަށްވަދެ ޕާސްތާ ތެލީގެ ފޮޓޯއެއް އިންސްޓަގްރާމް ސްޓޯރީ އަށް ލާފައި ލުއި ފިޔަވަޅުތަކެއްގައި ގޮސް ބެލްކަނީ ދޮރު ހުޅުވައިލިއެވެ. އެއިރު ބޯކޮށް ވާރޭ ވެހެމުންދިޔަ ނަމަވެސް އެކަމުން މައިރާގެ ހިތަށް ލިބެމުންދަނީ ހިންހަމަޖެހުމެވެ..

ފައިވާންތަށްލާ ކަބަޑު މަތީަގައި އޮތް ރަގް ނަގާ ވާރޭ ނުވިއްސާނޭ ހިސާބެއްގައި އަޅާލާފައި ޕާސްތާ އެޅި ތަށި ގެނެސް ބަހައްޓާލިއެވެ. ފުރިޖުން ކޯކު ފުޅިޔަކާއި މެންގޯމިސޫ ތަށި ގެނެސް ހަމަކޮށްލިއެވެ. ވާރޭ ވެހޭތަން ބަލަމުން ކެއުމަކީ މައިރާ އަބަދުވެސް ވަރަށް ފޯރި ހުންނަ ކަމެކެވެ.

“މައި ގުޑްނެސް މުޅި ތެލި އެއްކޮށް ކެޔަސް ބަނޑު ނުފުރޭނެ ދިސް އިޒް ސޯ ގުޑް”

*************************************

ހުދު ކުލައިގެ ފަރުނީޗަރު ތަކުން ފަޅުފިލުވާލައިފަވާ ކޮޓަރީތެރެ އިތުރަށް ފުރިހަމަ ކޮށްދެނީ ފާރުގައި ހަރުކުރެވިފައިވާ އަޅިކުލައިގެ ވޯލްޕޭޕަރ ތަކުންނެވެ. މި ކޮޓަރިޔަށް ބަލާލުމުން މިތާ ދިރިއުޅެނީ ހުދުކުލަޔަށް ލޯބިކުރާ މީހެއްކަން ހާމަވެއެވެ. ކިންސައިޒް އެނދުގެ އަރިޔަށް އައިސް ވެއްޓޭ ހިސާބު އެ އޮތީ ޒެހެކް ނޫން ދެވަނަ މީހެއް ނޫނެވެ.

ފޯނުން ފަަތިހު ހަތަރެއް ޖެހިއިރު ވާންފެށި އެލާމު ނިއްވާލައިފާ އެނދުގެ ހެޑްބޯޑުގައި ލެނގިލިއެވެ. ފޯނުގެ ޑިސްޕްލޭ ދިއްލުނުތަން ފެނި ބަލާލިއިރު ޒައިއެލް ގުޅާތަންފެނި ރުޅިގަދަ ވެފައި ހުރެ ހަޅޭލަވައިގަތެވެ.

“ޒެކް އަޅެ އަޖައިބެއް ނުވާނެތަ އަދި ކިިރިޔާއޭ މި ހޭލެވުނީ”

“ގުޑް މޯރނިންގް އެންގްރީ ބަރޑް. އައި ވިލް ގިވް ޔޫ ތަރޓީ މިނިޓްސް އޭގެފަހުން ޒީ މަ ކާލިޔަސް ހެޔޮ ތިގެޔަށް ގޮސް ދަމާފަ ނެރޭނަން”

“ޕްސްޓްޓްޓް މި ދަނީ ރެޑީވާން. ހޫން ބަހައްޓާނަން ގޭ ދޮރުގެ ތަޅު ހުޅުވާފަ ފިފްޓީން މިނިޓްސް އަށްވުރެ ގިނައިރު ނަގަންޏާ ވަންނަށްޗޭ އޯކޭ؟”

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

inan ahmd
Follow Me Written By

inan ahmd

Level 2

Welcome to my inked world 🫶🏼

Other Articles

Previous

ހިތް އެދޭހާ ކަމެއް.. (21 ވަނަބައި)

Next

މުޅި ހިތް ބޭޤަރާރު ވެއްޖޭ-6

Next
January 3, 2026

މުޅި ހިތް ބޭޤަރާރު ވެއްޖޭ-6

Previews
January 2, 2026

ހިތް އެދޭހާ ކަމެއް.. (21 ވަނަބައި)



All Right Reserved!