Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެން

ޖަވާހިރުގެ ބާރު – 6

leafy Level 210 Stories100 Login
January 30, 2026 5 Mins Read
2 Comments

ލޯހުޅުވާލެވުނީ ހުސް ބިމަކަށެވެ. މަތިން ފަނޑު އަލިކަމެއް ލިބެން ހުއްޓެވެ. އެ ފޮތް ވާހަކަ ދައްކަން ފެށިއެވެ. “މިއީ ޖާދޫގެ ބާރުތައް ތަޢާރަފުކޮށްދޭ ފޮތެއް! މި ފޮތުގައި ހިމެނިގެންވާނީ ހަމައެކަނި އާދައިގެ މައުލޫމާތު! ޖާދޫ ބޭނުންކުރެވޭނީ މީހެއްގެ ހަށިގަނޑުގައި ‘ސަބިޝް ރެރިޑެން’ (ޖާދޫގެ ނާރުތައް) ހުރެގެންނެވެ. އެހެންނޫންނަމަ، އެމީހަކަށް ޖާދޫއެއް ނެހެދޭނެއެވެ.”

“އެންމެފުރަތަމަ ވަނީ އިރުގެ ޖާދޫއެވެ. އިރަކީ އޭގެ ޒާތުގައި އަލިކަމުގެ ބާރުތައް ގެނެސްދޭ އެއްޗެކެވެ. އެގޮތުން އިރުގެ ބާރު ބޭނުންކޮށްގެން ކުރާ ހުރިހާ ޖާދޫއެއްގައި އަލިކަން ގެނެސްގަތުމުގެ ބާރު އޮންނާނެއެވެ. އަލި ބޭނުންކޮށްގެން ލޮލަށް ފެންނަ ގޮތް ބަދަލުވެސް ކުރެވޭނެއެވެ. މިއާ ހިލާފަށް ހަނދުގެ ބާރަކީ އަނދިރިކަން ގެނައުމާއި، ހިޔަނި އުފެއްދުންފަދަ ކަންކަން ކުރާ ޖާދޫއެވެ. ހަނދާއި އިރު މިއީ އިދިކޮޅު ދެ ބާރެވެ.” އަހަރެންގެ ވަށައިގެން ހަނދާއި އިރުގެ ބާރުތައް ސިފަވިއެވެ. މީގެ އިތުރުން އޭގެ ޖަވާހިރުވެސް ފެނުނެވެ. އިރުގެ ޖަވާހިރަކީ ރީނދޫ ކުލަ ގަދަ ވަށް އަލިމަހެކެވެ. މި އަލިމަހުގެ އެއްފަޅިވަށާ ހަނދުފަޅިއެއްގެ ބައްޓަމަށް ކަނޑުނޫކުލައިގެ ހަނދު ޖަވާހިިރުވެއެވެ. މި ހުރިހާކަމެއް އަހަރެންގެ ލޯ ކުރިމަތީ ސިފަވާތީވެ، ވަރަށް ފަސޭހައިން ދޭހަވިއެވެ.

“ދެން އާއްމުކޮށް އެކުލެވިގެން ވަނީ ހަތަރު އުންސުރެވެ. އެއީ ގިންޏާއި، ބިމާއި، ވަޔާއި، ފެނެވެ.” އިރުކޮޅަކުން ފޮތް ވާހަކަދައްކަން ފެށިއެވެ. މިއާއެކު މަންޒަރުތައް ފެންނަމުން ދިޔައެވެ. “ގިންޏަކީ އަލިފާނުގެ ބާރެވެ. ހުރިހާ ވައްތަރެއްގެ އަލިފާނެއް ގެންގުޅެވޭނެއެވެ. މިއީ އަލިފާން އުފެއްދުމާއި، ވިރުވުމާއި، އަދި ހަނގުރާމަ ކުރުމަށްވެސް ނުހަނު މުހިންމު ބާރެކެވެ. މިއާ ޚިލާފަށް ފެނުގެ ބާރަކީ، ފެން އުފެއްދުމާއި، ގަނޑުއުފައްދާ ޖާދޫގެ ބާރެކެވެ. ދެން އެކުލެވިގެން ވަނީ ވައިގެ ބާރެވެ. މިއީ ވައިގެ ހުރިހާކަމަކާއި ބެހެވޭ، ތޫފާންވެސް އުފެއްދޭފަދަ ބާރެކެވެ. ބިމަކީ މަޢުދަންތަކާއި، ނުމަޢުދަން ފަދަ ތަކެތި އުފައްދާ، މަޢުދަނީ ޖާދޫއެވެ. މައިގަނޑު ބާރުތަކަކީ މިއީއެވެ. ނަމަވެސް މި ބާރުތަކުން އިތުރު ބާރުތަށް އުފަންވެސް ކުރެވޭނެއެވެ. މި ފޮތުގައި މި ގެނެވުނީ މައިގަނޑު ޖާދޫގެ ވައްތަރުތަކެވެ.” މިހެން ބުނުމާއެކު، އުދަރެސް ފަނޑު ރަތް ފިޔާތޮށި ކުލައަކުން ދިއްލުނެވެ.

އަހަންނަށް ޒައިލީ ފެނުނެވެ. އޭނާ ކައިރިއަށް ދިޔުމަށް ދުއްވައިގަތީމެވެ. އަހަރެން ސުވާލުކޮށްލީމެވެ. “މިއީތަ ތިބުނާ ބާރުތަކަކީ؟” ޖަވާބުގައި ޒައިލީ ބުންޏެވެ. “ނޫން. އެއީ މައިގަނޑު ބާރުތައް. އެހެން ބާރުތަކެއްވެސް ވާނެ، މިސާލަކަށް ހިތަށް އަރާ ދުރުތާކަށް އަވަހަށް ދެވުމުގެ ޖާދޫ. އެއަށް ދެވިފައިވާ ނަމަކީ ‘ޓެލިޕޮފްޓި’. އެއީ މިނާލްގެ ބައްޕަ ފަރާތުން ވާރުތަކޮށްފައިވާ ބާރެއް. މިނާލްގެ ގައިގަ ޖާދޫގެ ނާރުތަށް ވާނެ. އެހެންވީމަ ބާރުތައް ބޭނުންކުރަން ފަސޭހަވެސް ވާނެ! އަހަންނަށް ހީވަނީ ޤަރޫތު ދިން އަލިފާނުގެ ބާރާއިއެކު މިނާލްގެ ނާރުތައް ހޭލައްވާލީހެން.”

އަހަރެން ދެން ވިސްނަމުން ދިޔައީ އެ ބާރުތައް ބޭނުން ކުރާނޭ ގޮތާއި މެދުއެވެ. “މި ރަށުގައި ޖާދޫގަރެއް ވާނެބާ؟” ކުއްލިއަކަށް ޒައިލީ ސުވާލުކޮށްލިއެވެ. “ހިއެއްނުވޭ. ވަރަށް ގިނަ މީހުން އުޅެނީ ފިލައިގެން. މައުލޫމާތު ހޯދަން ދިޔަޔަސް ދުވެ ފިލަނީ. އެހީތެރިޔަކަށް އުޅޭ ސަނީޒާވެސް އެގޮތް!” ޔަގީންކަމާއެކު އަހަރެން ބުނީމެވެ. ޒައިލީވެސް އެކަމާ އެއްބަސްވިއެވެ. މާގިނައިރުތަކެއްނުވެ އަހަރެން ފަނޑުވަމުންދާކަމަށް ޒައިލީ ބުންޏެވެ.

އަހަންނަށް ހޭލެވުނެވެ. “ ‘ހުވަފެނީ ހަވަނަ މިނަށް’ ނުދިޔައީ ކީއްވެބާ؟” އަހަރެންގެ ހިތާ ސުވާލުކުރެވެމުން ދިޔައެވެ. އެ ކުތުބުޚާނާ ތެރޭގައި ހުރި ފަނޑު އަލިކަން ގަދަވެފައިވާކަން އިނގުނީ ދެނެވެ. މެންދުރުކަމުން ހޫނުވެސް ގަދައެެވެ. ތަންތަން ހޯދާ ބަލާލީމެވެ. ނަމަވެސް ކުރިއެކޭ އެއްފަދައިން މީހެއްގެ ހިލަމެއް ނުވެއެވެ. ތަނުގެ ބޮޑުކަން ރަނގަޅަށް ފެނުމުން ހާސްވާގޮތްވިއެވެ. މަތީގައި އިތުރު ހަރުފަތްތައްވެއެވެ. މައްޗަށް އަރަން ސިޑިބަރިއެއްވެސް ހުއްޓެވެ. ވަށައިގެންވާ ހަރުތަކުގައި އެތައް ހާސް ފޮތެއް ވާނެކަން ޔަގީނެވެ.

އަތުގައި އޮތް ފޮތް ހަރުގަނޑަށް ލުމަށްފަހު، އެހެން ހަރުގަނޑަކާއި ދިމާއަށް ދިޔައީމެވެ. އެހަރުގަނޑުގެ ނަމަކަށް ޖަހާފައިވަނީ ‘ނުރް: ޕޮވެފިން’ އެވެ. އެއާޖެހިގެން ކަނާތަށްހުރި ހަރުގައި ހުރީ ‘ސޫރް: ޕޮވެފިން’ އެވެ. ޖަހާފައިވާ ނަންތައް ދޭހައެއް ނުވިއެވެ. މައްޗަށް އަރަން އޮތް ސިޑިބަރިން އެރީމެވެ.

މުޅި އެތަނުގައި ވަނީ ފޮތެވެ. ހަރުތަކާއި ބިންމަތީގައިވެސް ވަނީ ފޮތެވެ. ބިންމައްޗަށް ވެއްޓިފައިވާ ފޮތެއް ނެގީމެވެ. ‘ނިޕިފިޓިން’(ރޫޙުތައް) އެ ފޮތުގެ ބަނޑޭރިގަނޑުގައިވެއެވެ. ބިންމަތީގައި އިށީނުމަށްފަހު ފޮތް ހުޅުވާލީމެވެ. މިފަހަރު ފޮތް ހުޅުވާލުމާއެކު އެއްވެސްކަމެއް ނުވިއެވެ. ހައިރާންވެ އިނދެ ފޮތުގެ ފިހުރިސްތު ހުޅުވާލީމެވެ. އޭގެން ދޭހަވަނީ މަދު ބަހެކެވެ. ލޮލުގައި އަޅައިގަތީ އަށްވަނަ ބާބެވެ. ‘ރޫޙު ގެންގުޅެވޭނެ ގޮތްތައް’ ލިޔެފައިވާ ބާބަށް އަވަސްއަވަހަށް ގަނޑުއުކާފައި ދިޔައީމެވެ.

އޭގައި ލިޔެފައިވާގޮތުން “ ރޫހެއް ގެންގުޅެވޭނެ ތިން ގޮތެއްވޭ. އެއީ މާއްދީ ހަށިގަނޑަކަށް އެ ރޫހު ބަދަލުކުރުން. ނުވަތަ ހަށިގަނޑުގައި ދިރިއުޅެ، ހަށިގަނޑުން ބޭރުވެވޭނޭގޮތައް. މިނޫންނަމަ، ހަވަނަ މިނުގައިވެސް ގެންގުޅެވޭނެ.” ދެން އޮތް ފޮޅުވަތް ކިޔާކަށް ނޭނގުނެވެ. އެތަނުން ދެވަނަގޮތުގެ ތަފްސީލުކިޔުމަށް ގަނޑުއެއްލީމެވެ.

އެ ސަފުޙާގައި ވަނީ އިރުޝާދުތަކެކެވެ. “އެންމެ ފުރަތަމަ ބޮލުގައި ދެއަތް ބޭއްވުމަށްފަހު މި ކިޔެވެލި ކިޔަވާށެވެ. ‘ނެޓި ނިޕިފިޓިން ޖިފީ’.” ފުން ނޭވާއެއްލުމަށްފަހު އެ ފޮތުގެ އިރުޝާދަށް ތަބާވީމެވެ. ނަމަވެސް އިތުރު އެއްވެސްކަމެއް ނުވިއެވެ. “އެ ކީއްވެ؟ ގައިމު އަހަރެން ހުރިހާ ކަމެއްކުރީ ރަނގަޅަށް” އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. “އަނ. މިނާލް ހުރިހާކަމެއް ތި ކުރީ ހަމަ އެންމެ ރަނގަޅަށް” ފަހަތުން ޒައިލީގެ އަޑުއިވުނެވެ. ނަމަވެސް ޒައިލީ ފެންނާކަށް ނެތެވެ. “މިނާލްގެ ބޯމަތީގައި” ޒައިލީ ތަންކޮޅެއް ބާރަށް ބުންޏެވެ. އެއާއެކު އަހަރެން ކިޔަން އިން ފޮތް މައްޗަށް ޒައިލީ ފުންމާލިއެވެ. އޭނާ ހުރީ ސާމަރާދޫނީގެ ސިފައިގައެވެ. ފަނޑު ނޫކުލައެއްގައެވެ. އަހަރެން ޒައިލީ ފެނުމުން އުފާވިއެވެ.

ކިޔަން އިން ފޮތް ލައްޕާލުމަށްފަހު، އަހަރެން ދިޔައީ މަތީގައި ވާ ހަރުފަތަށެވެ. ޒައިލީ އަހަރެންގެ ފަހަތުން އުދުހިފައި އައެވެ. އިރުގެ އަލިކަން ގަދަވާންފެށިއެވެ. މިއީ އެންމެ ފަހު ހަރުފަތްކަން އެނގުނެވެ. ޒައިލީ ގޮސް ހަރުގަނޑުތައް ބަލަން ފެށިއެވެ. ފޮތްތަކުގެ ނަންތައް ކިޔަމުން ގޮސް އަހަރެންނަށް ގޮވަން ފެށިއެވެ. “މިނާލް އާދެބަލަ. މިއޮތީ އަލިފާން ޖާދޫގެ ފޮތެއް.” މަޑުމަޑު ހިނގުމެއްގައި ޒައިލީ ހުރި ހަރުގަނޑާ ދިމާއަށް ދިޔައީމެވެ. އެބުނާ ފޮތެއް ނަގާ ބަނޑޭރިގަނޑު ބަލާލީމެވެ. ރީތި އަލިފާންގަނޑެއްގެ މަންޒަރު ކުރެހިފައިވެއެވެ. ތިރީ ކަނުގައި މުޞައްނިފުގެ ނަން ލިޔެވިފައިވެއެވެ. އަހަންނަށް އެ ނަން ކިޔާކަށް ނޭނގުނެވެ. ޒައިލީ ބުންޏެވެ. “އެއީ.. ކިޒަން ޥަޓެފިޖަލިލް” އެހެން ބުނުމާއެކު އަހަންނަށް ނުހުރެވިގެން ހިނިގަނޑު ފަޅައިގެން ދިޔައެވެ. “ހާދަހާ މަޖާ ނަމެކޭ! ދުވަހަކުވެސް ނާހަން ތި ފާޑުގެ ނަމެއް! ހަހަހަހާ.”

ހިނިގަނޑު މައިތިރިކުރުމަށްފަހު އެ ފޮތް ހުޅުވާލީމެވެ. އެ ފޮތުގެ ފިހުރިސްތުގައި އަލިފާނުގެ އެކިވައްތަރުތައް ހުއްޓެވެ. ގިނި އަދި ރުޅީގެ ގުޅުމާއި، އަލިފާން ފަރުބަދައިގެ އަލިފާނާއި، އެކި ކުލައިގެ އަލިފާންވެސް ލިޔެފައި އޮތެވެ. އަަލިފާން އުފެއްދުމާއި ދެމެހެއްޓުމަށްވެސް ލިޔެފައި ވެއެވެ.

ކުއްލިއަކަށް އަހަރެމެން ތިބި ހަރުފަތުގެ މަތިން އަޑެއް އިވެންފެށިއެވެ. ބިރުން ހުރެ ސިޑިބަރިން އެރީމެވެ. ޒައިލީވެސް އަހަރެން ފަހަތުން އައެވެ. ސިޑިމަތިން ބޯ ހިއްލާ ބަލަލީމެވެ. އެ ތަނުގެ ސަތަހަ ހީކުރިވަރަށްވުރެ ފުޅަލެވެ. ގަހުގެ މައިގަނޑު ފުޅާކަމުން ގޮފިތައްވަނީ އަރިމަތިތަކުގައި އެކަންޏެވެ. އެ އަޑެއް ގަދަވަމުން ދިޔައެވެ. ހީވަނީ ނިދާފައި އޮތް މީހަކު ގުގުރި ދަމާހެންނެވެ. ސިޑިން މައްޗައް އެރުމަށްފަހު ހުރިހާ ދިމާއެއް ބަލާލީމެވެ. އެތަނުން ގޮފިގަނޑެއްގައި ނިދާފައި އޮތީ ނޫކަށިފުރާގެ ޒުވާނެކެވެ. އޭނާގެ މޫނުމަތީގައި ވަނީ ފޮތެއް އަޅާފައެވެ. ހީވަނީ އޭނާވަނީ ގަދަ ނިދީގައިހެންނެވެ. އޭނާ ލައިގެން އޮތީ ފުޅާ އަދި އަތްދިގު ހެދުމެކެވެ. ހެދުމުގެ ފަސްބައިން ފައި ނިވާވެފައި ވެއެވެ. އުނަގަނޑާ ހިސާބުގައިވާ ކަމަރު ވަނީ ނެއްޓިފައެވެ. ވައިގެ ސަބަބުން މަތީކޮޅު ވަނީ މޭމައްޗާ ހަމައަށް ކަޝްފުވެފައެވެ. އޭނާއާ ކައިރިވީ ވަރަކުން އޭނާގެ ކަސްރަތީ ހަށިގަނޑު ފެނިދިޔައެވެ. އޭނާ ކިޔަން އޮތް ފޮތް ނަގަން މަސައްކަތް ކުރީމެވެ. އެ ފޮތުގައި އަހަރެންގެ އަތްޖެހުނުތަނާހެން އޭނާ ފުންމައިގެން ތެދުވިއެވެ. އަހަރެން ސިހިގެންގޮސް ފަހަތަށް ޖެހެވުމާއެކު ހަޅޭއްވެސް ލަވައިގަނެވުނެވެ. އަތުގައި އޮތް ފޮތްވެސް ދޫކޮށްލެވުނެވެ. ‘ޓެލިޕޮފްޓި’ ބާރު ބޭނުންކޮށް އަހަރެން ކޮޓަރިއަށް ދިޔުމަށް ހިތުލީމެވެ. އެއާއެކު ގައި ވަށައިގެން ރަތްް ފިޔާތޮށި ޖާދޫގެ ފުއްތަކަކާއެކު އަހަރެން އެތަނުން ގެއްލިގެން ދިޔައީމެވެ.

އަހަރެންގެ ކޮޓަރިތެރެއަށް ފާޅުވެ، ބިރުން މާނޭވާލެވެން ފެށުނެވެ. ގަނެފައި ހުރި ބިރުގެ ސަބަބުން ފާހާނާއަށްވަދެ ފެންވަރަން ފެށީމެވެ. ފެންވަރާ ނިމިގެން ކޮޓަރިއަށް ނިކުންތަނާހެން ޒައިލީ ފާޅުވިއެވެ. އަހަންނާ ދިމާއަށް ހީހީފައި މަޖާނަގަން ފެށިއެވެ. އަހަންނަށް އަދިވެސް އެ ކުއްލި ސިހުމަކުން އަރައެއް ނުގަނެވެއެވެ. ޒައިލީ ދޫކޮށްލާފައި އަހަރެން ދިޔައީ ކުޑަދޮރާ ދިމާއަށެވެ. ކަޅިޖަހައިނުލާ އެ ގަހަށް ބަލަން ހުރެވުނެވެ. “އެއީ ކާކުބާ؟ ގައިމު އެތަނުގައި އެހެން އެއްވެސް ފަރާތެއްގެ ހިލަމެއްނުވޭ!” މޭމަތީ އަތް އަޅާލަމުން އަހަރެންގެ ހިތަށް އަރަމުންދިޔައެވެ.

ޒައިލީ އުދުހެމުން އައިސް ބުންޏެވެ. “ނޫނޭ. ތީދެން ހަމަ ބޮޑުވަރު. އެ މީހާ ތެދުވިކަމަށްޓަކައި އެ ތަނުން ގެއްލުނީމަ އޭނަ ހިތައް އަރާނީ ކީކޭ؟” ޒައިލީ ބުނި ބުނުމަށް އަޅައިނުލާ އަހަރެން ބުނީމެވެ. “އޭނާއާ ފިލައިގެންހުރެ ފާރަލެވޭނެގޮތެއް ހޯދަން އެބަޖެހޭ!”

ޒައިލީ އަހަރެންގެ ލޮލަށް ބަލައިލުމަށްފަހު ބުންޏެވެ. “ޤަރޫތުގެ ބާރު ހަނދާން ނެތުނީތަ؟” އަހަރެންގެ ހީވީ ގަޔަށް އަވަސް ހިނި އަރައިގެން އުޅުނު ހެންނެވެ. އިރުގެ ބާރު ބޭނުންކޮށް އެހެން މީހުންގެ ލޯތަކަށް ގެއްލޭގޮތް ހެދީމެވެ. މިއާއެކު އެތަނަށް ދިޔުމަށް ހިތައްއެރުވީމެވެ. ޖާދޫގެ ފުއްކުނޑިތަކާއެކު، އެތާގެ ތިންވަނަ ހަރުފަތައް ފާޅުވީމެވެ. ނަމަވެސް އެހެން ލޯތަކަށް އަހަރެން ވާނީ ވަންހަނާވެފައެވެ. މަޑުމަޑުން ސިޑިބަރިން މައްޗައް ބޯ ހިއްލާލައި ބަލާލީމެވެ. މަޑުމަޑުން ސިޑިބަރިން އަރާ މުޅި އެތަނަށް ލޯ ހިންގީމެވެ. އެ މީހާ އޮތީ ފޮތް ކިޔާށެވެ. ނޭވާލާ އަޑުވެސް ނީވޭހާ މަޑުމަޑުން އަހަރެން އޭނާއާ ގާތްވެލީމެވެ. އޭނާ ކިޔަން އޮތީ އަހަރެން ކިޔަންނެގި ފޮތެވެ. އޭނާ އޮތް ގޮފިގަނޑު ކައިރީގައި މަޑުކޮށްގެން ހުރީމެވެ. އޭނާ އެ ފޮތްކިޔާ ނިމޭނެ އިރަކަށެވެ. އޭރު ޒައިލީވެސް އަހަރެންގެ ފަހަތުގައި އުދުހި އުދުހިފައި އުޅެއެވެ. “ވާހަކަ ނުދައްކާތި ޒައިލީ!” ސިއްރުސިއްރުން އަހަރެން ޒައިލީ އާ ދިމާއަށް ބުނީމެވެ. “އޭނައަކަށް އަހަރެން ކިތަންމެ ގޮތެއް ހެދިޔަސް ނުފެންނާނެ. އަޑެއްވެސް ނީވޭނެ. ދެން ކީތް ކުރަކަށް ވާހަކަ ނުދައްކާ ހުންނަންވީ!” ޒައިލީ ޔަގީންކަމާއެކު ބުންޏެވެ.

އިރުއޮއްސެން ގާތްވަނީއެވެ. ރަތްފިޔާތޮށި ވިލާތައް އުދަރެހުން ފާޅުވާން ފެށިއެވެ. “އިރުވެސް އޮއްސެނީ މިހާރު. އަދިވެސް އޭނާ އެފޮތް ނިމޭކަށެއް ނޫޅެއެވެ.” އަހަރެން ހިތާހިތުން ކިޔާލީމެވެ. މިހެން ބުނެ އިރުކޮޅެއް ނުވެ އޭނާ އޮތްތަނުން އަހަންނާ ދިމާއަށް އުދުހިގަތެވެ. އޭނާ ގޮސް ވަނީ ތިންވަނަ ހަރުފަތަށެވެ. އެއަށްފަހު ނިކުމެ، އަތުގައި އޮތް އަސާގަނޑުން ވައިގެތެރޭ ވިހުރާލިއެވެ. އެއާއެކު އޭނާ އަހަރެންނާ ދިމާއަށް ބަލާލިއެވެ. ހަތަރުކަޅި ހަމަވުމަށްފަހު ރީތި ބަރު އަޑަކުން އޭނަ ބުންޏެވެ. “ކާކު ތީ؟ ކީއްވެ އޭރު ގެއްލުނީ މިތަނުން؟” އަހަރެން މޫނުމަތީ އަތްއަޅާ ގެއައް ދިޔުމަށް ހިތުލީމެވެ. ނަމަވެސް ޖާދޫގެ ބޭނުމެއް ނުކުރެވުނެވެ. “އެ ކީއްވެ؟ ޖާދޫ ބޭނުންނުކުރެވުނީ!” ބޭއިޚްތިޔާރުގައި އަހަރެންނަށް ބުނެވުނެވެ. އޭރު އޭނަ އަަހަރެންނާއި ދިމާއަށް އާދެއެވެ. އޭނާ އިތުރަށް ސުވާލުކުރިއެވެ. “ކޮން ނަމެއް ކިޔަނީ؟”

އޭނާ ކީ އެއްޗަކާމެދު ނުވިސްނާ، އަހަރެން ދުވެފައި ދިޔައީ އެތަނުން ނިކުމެވޭތޯއެވެ. ބާރު ދުވެލީގައި ގޮސް ތިން ހަރުފަތުން ތިރިއަށް ފޭބުނެވެ. ހަމަ އެބާރުމިނުގައި ހުޅުވިފައިހުރި ދޮރުން ބޭރަށް ނުކުތުމާއެކު ކުރިމަތިން ފާޅުވީ އެއްކަލަ މީހާއެވެ. އަހަރެން އަނެއްކާވެސް ‘ޓެލިޕޮފްޓި’(ޖާދޫ ދަތުރު)ގެ ބާރުބޭނުން ކުރުމަށް މަސައްކަތް ކުރީމެވެ. އޭނާ ބުންޏެވެ. “ޖާދުލެއް ނެހެދޭނެ. އެއީ އަހަރެން ހަދާފައިވާ ޖާދޫގެ ސަބަބުން. އަވަހަށް ބުނޭ ތިއީ ކާކު؟”

ދެންވެސް އަހަރެން މަސައްކަތްކުރީ އޭނާ ދޫކޮށްފައި ދެވޭތޯއެވެ. ބޯ ޖަންގަލީގެތެރެއިން އަހަރެން ދުވެފައި ދިޔައީ އެހާވެސް ހަލުވިކޮށެވެ. އެ މީހާ އަހަރެންގެ ފަހަތުން އުދުހިފައި އާދެއެވެ. ދުވެދުވެ މާނޭވާލާންފެށުނެވެ. ގައިގެ މަސްތަކާއި، ކަށިތަކުގައި ރިއްސަންފެށިއެވެ. އަދިވެސް އޭނާ އަހަރެންގެ ފަހަތުން އާދެއެވެ. ވަރަށް ދުރަށް ދެވުނުތަނާހެން ހަށިގަނޑުން ވާގި ދޫވެ ވެއްޓެން ދިޔައެވެ. ފަހަތުން އައި މީހާ އުދުހިފައި އައިސް އަހަރެން އުރާލައިގެން މައްޗަށް އެރިއެވެ. އޭރު މާނޭވާލަމުންވެސް އަހަރެން އޭނާގެ މޫނާއި ގައިގެ އެތައްމިތަނުގައި ތެޅީމެވެ. ޖެހި އެންމެ ފަހަރަކުވެސް އޭނާއަކަށް ގޮތެއްނުވިއެވެ. އޭނާގެ އަތަކުން ސަލާމަތެއްނުވިއެވެ. މާގިނައިރުތަކެއްނުވެ އަހަރެން ހޭނެތުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

leafy

Level 210 Stories100 Login

Other Articles

Previous

ހިތް އެދޭ މަންޒިލަކީ… 25

Next

ދެވުނީ ވޭނޭ 40

Next
January 30, 2026

ދެވުނީ ވޭނޭ 40

Previews
January 30, 2026

ހިތް އެދޭ މަންޒިލަކީ… 25

2 Comments!

  1. Anonymous says:
    February 5, 2026 at 3:45 pm

    It was so awesome. I love it. When next

    1. leafy says:
      February 6, 2026 at 7:53 pm

      Thank you! Next part submitted already! Hopefully tomorrow.

Comments are closed.

Next Episodeޖަވާހިރުގެ ބާރު – 7←


All Right Reserved!