Skip to content
އެސްފިޔަ

ސިހުރު 1

އިރާކޮޅު ވަގުތެވެ. ހަމަ ހިމޭން ކަމާއި އަމާން އޮމާން މަގުތަކުގައި ވަނީ އަނދިރި ކަމުގެ ތެރެއިން ވާ ނާމާން ކަމެވެ. ބިރުވެރި ކަމެވެ. އެކަނި ހުރެ އަހަރެން ކާށިދޫ ބޮޑު މަގުން ފުއްޓަރު ފަރާތަށް ހިނގަމުން ދިޔަ އިރު ކުރެވެނީ ބިރުވެރި އިހްސާސެކެވެ. އަހަރެންގެ ކުރިމަތިން ވެސް ކުރެވެނީ ނާމާން ކަމުގެ އިހްސާސެވެ. ހަމަ އެގޮތަށް އަހަރެންގެ ފުރަގަހުން އެ އިހްސާސް ކުރެވޭލެއް މާ ބޮޑަށް ވެސް ބިރުވެރިއެވެ.

އެ ނާމާން ކަމުގެ ތެރެއިން ވެސް އަހަރެން ހިނގަމުން ދިޔައީ ހިތްވަރު ގަދަ ފިރިހެނެއްގެ ގޮތުގައެވެ. އަބަދުވެސް ޖެހިލުން ކުޑަ އަހަންނަކީ ރަށު ތެރެއަށް މަގުބޫލު މީހެކޭ ވެސް ބުނެވިދާނެއެވެ. އާނ އެކެވެ. އަހަންނަކީ ހަރު މީހުންނާއި ޒުވާން އުމުރުގެ ކުދިން ގަދަރު ކުރާ ވިރާޝްއެވެ. ކުޑަ ކުދިންގެ މެދުގައި އަހަރެން މަގުބޫލު ވެފައި ވާނީ ފަޅޯ ފަތު ހޮޅިން މަގު ތަކުގައި ބޮކި އަރުވާ މީހެއްގެ ގޮތުގައެވެ.

އަހަރެން ހިނގަމުން ގޮސް ވަނީ “ޕެންޒީ” އެވެ ކިއުނު ގެއަށެވެ. އެއީ އަހަރެންގެ މައިންބަފައިންގެ މުސްކުޅި ގެއެވެ. އެ ގޭގައި ދިރި އުޅެނީ އަހަރެންގެ މަންމަ އާއި ބައްޕަގެ އިތުރުން އަންހެން ކޮއްކޮ އިރާޝާ އެވެ.

އިރާޝާއަކީ ދުވަސް ދުވަސް ކޮޅުން ޖިންނި މޮޔަވާ ކުއްޖެކެވެ. ނޫނީ ޖިންނި ޝައިޠާނުންގެ އުނދަގުލުގެ ސަބަބުން އެކަމުގެ ވޭނުގައި އުޅެމުންދާ ކުއްޖެކޭވެސް ބުނެވިދާނެއެވެ. މިރޭވެސް އަހަރެން އެގެއަށް މި އައީ އިރާޝާގެ ދަތި އުނދަގޫ ހާލަތަށް ހަމްދަރުދީ ވުމުންނެވެ. އެހެން ނުވާންވީ ކީއްވެހެއްޔެވެ؟ އަހަރެންގެ ކޮއްކޮ އިރާޝާ، ގިނަ ރޭރޭ އުޅޭ ވޭނުގެ ސަބަބުން ބަލަން ހުންނަން އަހަންނަކަށް ކެތެއްނުވެއެވެ.

އަހަރެން ގޮސް އެގެއަށް ވަނީމެވެ. ކޮއްކޮ އޮތް ކޮޓަރި ދޮރުގެ ތަޅުގައި ހިފާލީ ތެޅިތެޅި އޮތް ހިތަކާއި އެކުއެވެ. އޭރު އިރާޝާ ގާތުގައި އިނދެ ރާޤީ އޭނާގެ ބާރު އަޑުން ރުޤްޔާ ކުރަމުން ދެއެވެ. އިރާޝާ ހިފަހައްޓަން ތިބި ހަތަރު ވަރަކަށް ފިރިހެނުން އޭރު ވެސް ތިބީ ވަރުބަލިވެފައެވެ.

އަހަންނަކީ ޖަޒްބާތީ މީހެކެވެ. އަހަރެންގެ ލޮލުން ނީރާލި ކަރުނަތައް ވަގުތުން އަހަރެންގެ ދެ ލޯ ތެންމަމުން ދިޔައެވެ. އިރާޝާ ކޮއްކޮއަށް ވާ ވަރު ބަލަން ހުރުމަކީ އަހަންނަށް ކުޅަދާނަ ކަމެއް ނޫނެވެ. އެ ވޭނީ މަންޒަރު ފެނި އަހަރެންގެ ހިތުގައި އުފެދެމުން އައީ ހަމައެކަނި ހިތާމައިގެ އިހްސާސްތަކެއް ނޫނެވެ. ކޮއްކޮއަށް ގިލަންވެރިކަން ޖެއްސި މީހަކީ ކާކުކަން ނޭނގުނަސް އަހަރެންގެ ހިތުގައި އުފެދެމުން އައީ އިންތިހާ ދަރަޖައިގެ ރުޅިވެރި ކަމެވެ. އެމީހަކީ ކާކުކަން އެނގޭ ދުވަހަކު އަހަންނަށް މަޑުން ހުރެވިދާނެ ބާއޭ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ.

ރާޤީގެ ކިޔެވުން ނިންމާލިއިރު އިރާޝާ މުޅިން ހަމަ އަކަށް އެޅިއްޖެއެވެ. އެހެނަސް ލޯ މަރައިގެން އޮތް އިރާޝާގެ ހަށިގަނޑުގައި އެއްވެސް ހަކަތައެއް ބާރެއް ނެތެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. މުޅި ހަށިގަނޑު ކުރީ ވަރުގަދަ ހަނގުރާމައެކެވެ. މިވަގުތު ފެންނަ ފެނުމަށް އެ ހަށިގަނޑެކޭ މަރުވެފައިވާ މައްޔިތެކޭ އެއްވެސް ތަފާތެއް ނެތެވެ.

“ވިރާޝް! މިތަނުން ބޭރަށް ނުކުމެލަން ހިނގާ..” ރާޤީ އެދުނީ އެ ކޮޓަރިން ބޭރަށް ނުކުތުމަށެވެ. އެހެންވެ އެތަނުގައި އެވަގުތު ތިބި އެންމެން ބޭރަށް ނުކުތެވެ.

“ވިރާޝް! މިރޭ އިހަށް އިރާޝާ ބާއްވާލާ.. މިކަމާ ގުޅުން ހުރި އެއްވެސް ވާހަކައެއް އޭނަ ގާތު މިރޭ ދައްކާނެ ކަމެއް ނެތް. މިހާރު މިރޭ މީ ރުޤްޔާ ކުރާތާ ތިން ވަނަ ރޭ ދޯ؟ ކުރިން ދެ ރޭވެސް ހުވަފެނުގަ އޭނައަށް މީހަކު ފެނުނެއްނު. ފުރަތަމަ ރޭ ކާކު ކަމެއް ނޭނގުނު … އެކަމު ރޭގަ އޭނަ އަށް ކުޑަކޮށް ޝައްކު ވީ އެއީ ކާކުކަން. ދެން ވަރަށް ބޮޑަށް ހީވޭ މިރޭ އޭނާއަށް ވަރަށް ސާފުކޮށް ދައްކައި ދޭނެހެން އެއީ ކާކުކަން. އެކަމު އަހަރެން ކޮންމެހެން ބޭނުން ކަމެއް ނޫން އެއީ… އެއީ ކާކުތޯ ބަލާ… އެމީހަކު އެނގި މީހުން ތެރޭ ފަސާދަ އުފެއްދުމަކީ.. އެހާ ރަނގަޅު ކަމެއް ނޫނެއްނު…” ރާޤީ ބުނެލީ އިސް ޖަހައިލަމުންނެވެ.

“ފަސާދައޭ؟… އަހަރުމެން އެބަ އުޅެންތަ ފަސާދަ އުފައްދަން.. އަހަންނަށް އިނގޭ ކޮއްކޮއަށް އުނދަގޫ ޖައްސާ މީހާ އެނގުނީމަ މަށަށް މަޑަކުން ނުހުރެވޭނެކަން.” އަހަރެން ބުނެލީ ހިތްހަމަ ނުޖެހިފައި ހުރެއެވެ.

“ތިއޭ މައްސަލަ އަކީ ވިރާޝް… ކަންކުރި މީހަކު ކަން ކުރީ… ދެން އެމީހާ ހޯދައި އެކަމާ ދެބަސްވެ ޒުވާބު ކުރަން ބޭކާރު ކަމެއްނު.. އެހެން ނޫނަސް ކާކުތަ ނުބައި ކަމެއް ކޮއްފަ ބުނަނީ ތިކަން ކުރީ އަހަންނޭ؟ ނުބުނާނެ… އެކަކުވެސް ނުބުނާނެ.. ވިރާޝް!… އިރާޝާ ފަރާތުން އެއީ ކާކުކަން އިނގުނަސް މަޑުމަޑުން ހުރެވޭތޯ ބަލާތި!” ރާޤީ ދިނީ އަހަންނަށް ކުޑަވަރެއްގެ އިންޒާރެކެވެ.

ގެއަށް އައުމަށް ފަހު އެރޭ އަހަރެން ނިދަން އޮށޯތީމެވެ. އޭރު އަހަރެންގެ ސިކުނޑީގައި އެނބުރެމުން ދަނީ ކޮއްކޮގެ ހާލަތެވެ. ރާޤީ ދެއްކި ވާހަކަތަކެވެ. އަހަރެން އަޒުމު ކަނޑަ އެޅީމެވެ. ނިދާ ހޭލައިން އެންމެ ފުރަތަމަ ވެސް އަހަރެން ދާނީ އިރާޝާ ގާތަށެވެ.

ހެނދުނުގެ އެންމެ ހަމަހިމޭން ވަގުތެވެ. ސައި ތައްޔާރު ކުރުމަށް ފަހު މަންމަ އަހަންނަށް ގުޅިއެވެ. ކޮންމެ ދުވަހަކު ވެސް ހެނދުނުގެ ސައި ބޯން އަހަރެން ދަނީ މަންމަ ގެއަށެވެ. ހާއްސަކޮށް އިރާޝާ ބަލިވި ފަހުން ގަވައިދުން އަހަރެން އެގެއަށް ދަމެވެ.

“އިރާޝާ!” ގެއަށް ވަނުމަށްފަހު އެންމެ ފުރަތަމަވެސް ދޮރު ކައިރި ހުއްޓި ހުރެ އަހަރެން ބަލައިލީ އިރާޝާގެ ކޮޓަރިއެވެ.

“އިރާޝާ!” ދެވަނަ ފަހަރަށް އެތެރެއަށް ވަދެ  އަހަރެން ގޮވާލީ ރަޖާ އަޅައިން އޮތް އިރާޝާގެ ހަބަރެއް ނުވުމުންނެވެ.

“ދޮންބޭ!… އަހަރެން … އަހަރެން ބިރުން … ބިރުން ހަލާކު… ރޭގަ ހުވަފެނުގަ ފެނިއްޖެ.. ހާދަ ރީތިކޮށް ފެނުނޭ…” އިރާޝާ ފެން ކަޅިވެފައި އިނދެ ބުނެލިއެވެ.

“ކާކު؟.. ކާކުތަ ފެނުނީ؟ މަންމަ މެން ގާތު ބުނާނެ ކަމެއް ނެތް.. އެއް ވެސް މީހެއް ގާތު ތިވާހަކަ ނުދައްކާތި.. ބުނެބަލަ… ކާކުތަ ފެނުނީ؟” ވަރަށް ޝައުގުވެރި ކަމާއެކު އަހަރެން އަހާލީމެވެ..

ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. އަހަރެންގެ މިސްރާބު ހުރީ އުތުރު އަވަށަށް ދިއުމަށެވެ. ބޮޑު ބޭބެ އިލްޔާސް އަކީ އުތުރު އަވަށުގައި ދިރިއުޅޭ، މަންމަގެ އެއްބަނޑު އެއްބަފާ ބޭބެއެވެ.

އަހަންނަށް އެގެއަށް ދެވުނު އިރު ގާތްގަނޑަކަށް ފަހެއް ޖަހަނީއެވެ. އެ ގެއަށް ވަނުމުގެ ކުރިން އަހަރެން ދޮރުމަތީގައި ހުރެ ވަރަށް ރަނގަޅަށް އެގެއަށް ބަލައިލީމެވެ. އެއަށްފަހު ހިތްހަމަ ޖެހުމުގެ ނޭވާއެއް ލަމުން އަހަރެން އެތެރެއަށް ވަނީމެވެ.

“އައްސަލާމް ޢަލައިކުމް ބޮޑޭ… ކޮބާ ފަހަރިއްތަ؟” ހިނިތުން ވަމުން އަހަރެން ބުނެލީމެވެ.

“ކަލޭތަ؟.. ވިރާޝް!… ހާދަ ޒަމާނެއް ކޮށްފަ މިގެއަށް ތިއައީ؟ އަހަރެން އެކަނި މިދުވަސްކޮޅު މި އުޅެނީ.. އެހެން މީހުން މާލޭގަ… އާދޭ އެތެރެއަށް..” ނިއްކުރިޔަށް ރޫ ބޮނޑި ކޮށްލަމުން އިލްޔާސް ބުނެލިއެވެ.

“ނަސީބެއް އެކަކުވެސް ނެތް ކަން.. އަހަރެން މި އައީ ކަމަކުއޭ… އެކަމު އެއީ ސިއްރެއް.. މިވާހަކަ ވާނެ ސިއްރު ކޮށްދޭން.. އޭރުން އަހަރެންވެސް ބޮޑޭ ބުނާ ކަންތައްތައް ކުރާނަން..” މަޑު މަޑު އަޑަކުން އަހަރެން ބުނީމެވެ.

“ހާދަ ސިއްރުންނޭ ތި ވާހަކަ ދައްކަނީ؟ މިތާ މީހަކު ހުރީކީ ވެސް ނޫން.. ދެން ރަނގަޅަށް ބުނެބަލަ.. ކޮންކަމެއް ބޭނުމީ؟” އިލްޔާސް އަހައިލިއެވެ.

“ކަން ނިމުނީމަ، ރަނގަޅު އުޖޫރަ އެއް ދޭނަން…. ބޮޑޭ!… މަށަށް ދަސްކޮށްދީ ބަލަ ސިހުރު ހަދަން. ވާނެތަ؟” އަހަރެން އަހައިލީމެވެ.

“ކަލޭ.. މަގޭ ކައިރިއަށް… ސިހުރު ދަސްކުރަންނޭ؟” އިލްޔާސަށް ލިބުނު ހައިރާން ކަމުގައި އަހާލިއެވެ.

“އާނ!… މި ބުނީނު ބުނި ވަރަކަށް ފައިސާ ދޭނަމޭ.” އަހަރެން ބުނެލީމެވެ.

“އަހަރެން ދުވަހަކު ވެސް ހިއެއް ނުކުރަން ކަލޭމެން މީހަކު އަހަރެން ކައިރިއަށް ކަމަކު އައިސްފާނެ ކަމަކަށް.. އަމުދުން ސިހުރުގެ ކަމެއްގަ. މިވީހާ ދުވަހުވެސް ކަލޭ މަންމަ އުޅެމުން އެދަނީ އަހަންނަށް ވުރެ ތަނަވަސް ކަމުގަ.. ކުޑައިރު އަހަރެން އަބަދު ވެސް ބުނަން ކަލޭ މަންމަ ގާތު، އަހަރެން ވާނީ މުއްސަންޖަކަށޭ.. އެކަމު އަހަންނަށް ވުރެ ކުރިން ކަލޭ މަންމަ ކައިވެނި ކުރީ މަހުޖަނަކާ..” ހީލަމުން އިލްޔާސް ބުނެލިއެވެ.

“ބޮޑޭ! ތީ އަހަންނަށް ވަރަށް ބޭކާރު ވާހަކަ ތަކެއް. އަހަރެން ބޭނުންވަނީ ސިހުރު ހަދަން ދަސްކުރަން. މަންމަގެ އަތުން ނަގައިން ނަމަވެސް މި ބުނީނު ފައިސާ ދޭނަމޭ…” އަހަރެން ބުނެލީމެވެ.

“ހަމަ ހުވާ؟ ރަނގަޅު އެއްޗެއް ދޭންވާނެ… އެންމެ ރަނގަޅު!.. އެކަމު މިކަމަށް ރަނގަޅު ވާނީ ކޮންމެސް ހުސް ތަނެއް.. އިންސާނުންގެ އުނދަގޫ ނުފޯރާ ހިސާބެއް..” އިލްޔާސް ބުނެލިއެވެ.

“އަހަރެން މިއުޅެނީ ގޭގަ އެކަނި.. އަހަރުމެން ގެއަށް ދަމާ..” އަހަރެން ބުނެލީމެވެ.

“އެންމެ ރަނގަޅު.. އެހެންވިއްޔާ މިރޭ އިޝާ ނަމާދު ފަހުން ދާނަން. ކަލޭވެސް ބަލަންވާނެ ގަވައިދުން ނަމާދު ކުރެވޭތޯ.. މިކަން ކުރާ މީހެއްގެ ވެސް ހުންނަންް ވާނެ ޝަރުތު ތަކެއް.. އެކަންކަމަށް ބޯލަނބައިގެން ވަރަށް ޖެހިލުން ކުޑަވެގެން އުޅުނިއްޔާ މިކަން ވެދާނެ.” އިލްޔާސް ކޮންމެވެސް ވަރަކަށް ކިޔައިދިނެވެ.

އެރޭ އިޝާ ނަމާދުން ފައިބައިން އަހަރެން ފުރަތަމަ ދިޔައީ “ޕެންޒީ” އަށެވެ.. އިރާޝާގެ ހާލު ކިހިނެއްތޯ ބަލައިލުމުގެ މަގްސަދުގައެވެ. އޭރު އިރާޝާ އިނީ ކޮޓަރީގައެވެ. ދިއްލާފައިވާ ބޮކިން ކޮޓަރީގެ ފަނޑު އަލީގެ ތެރެއެއިން އަހަންނަށް އިރާޝާ ފެނުނީ ދެފައި ވައްކޮށް ލައިން އިށީންދެ އިންދައެވެ. އޭރު ކޮންމެސް ވަރަކަށް އިރާޝާގެ ހަށިގަނޑު އުނދޯއްޔެއްހެން ހެލެމުން ދިޔައެވެ.

އަހަރެން ކޮޓަރިއަށް ވަނުމަށްފަހު ބޮކި ދިއްލާ މުޅިތަން އަލިކޮށް ލީމެވެ. މުޅި ތަން އަލި ވުމާއި އެކު އިރާޝާގެ ހެލެމުން ދިޔަ ހަށިގަނޑު ކުއްލިޔަކަށް ހުއްޓުނެވެ. އެހެނަސް އިރާޝާ އިސް އުފުލާ ބަލައިވެސް ނުލައެވެ.

“އިރާޝާ!… ކޮއްކޯ..” އަހަރެން ގޮވާލީމެވެ.

“އިލްޔާސް އެބަ ދޭ ތިގެއާއި ދިމާލަށް. ކަލޭ ގޭގަ ނެތިއްޔާ ކިހިނެއް އޭނަ ސިހުރު ދަސްކޮށްދޭނީ..؟” އިރާޝާ ބުނެލީ އިސްޖަހައިން އިނދެއެވެ.

“އިލް…އިލްޔާސް އޭ..؟؟ ކޮއްކޮއަށް ކިހިނެއް އިނގެނީ އޭނަ ހުރި ތަނެއް؟ ކޮޓަރިން ވެސް ނުނިކުމެ އެއްނު ތި އޮންނަނީ…” ކޮންމެސް ވަރަކަށް ޖެހިލުން ވެފައި ހުރެ ނިއްކުރިޔަށް ރޫ ގިނަކޮށް ލަމުން އަހަރެން އަހައިލީމެވެ.

“ހެހެ… މަށަށް އިނގޭތީ މިބުނީ… ޝްޝްޝް!! ހާސް ނުވޭ… މަ ނުބުނާނަން އެއްވެސް މީހެއް ކައިރި ކަލޭ ތި ކުރަން އުޅޭ ކަމެއް.. އަވަހަށް ދޭ… ދޭ… ދޭ…. ނަފީސާ އެބަ އާދެ މިތަނަށް ވަންނަން.” އަހަރުމެންގެ މަންމަ އެ ކޮޓަރިއަށް ވަންނަން އަންނަ ވާހަކަ ބުނަމުން އިރާޝާ އަނެއްކާވެސް ހެލެން ފެށިއެވެ.

ނުނިމެ

ނޯޓް.. މިއީ ހިލޭ ކިޔައިލެވޭނެ ކުރު ވާހަކައެއް ކަމުގައި ދަންނަވާލަން… ވާހަކަ ރީތި ވާނެކަމަށް އުންމީދު ކުރަން.

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (8)

  1. Anonymous

    Biruveri vaahaka eii dhw…
    Vrh reethi..
    Kon dhuvas thakehga nukunnaany.?

    1. Shaleen
      Anonymous

      Aslu dhen ehaa biruveri eh nuvaane..
      Mi part ga kiyunu thankolhun dhen evarahves liyelaafa e inee…
      Thank you 👍 mi part reethi kamah buneleema. ♥️♥️♥️
      Next part maadhan Rey up kollaanan in sha Allah.
      Inthizaaru kollahche

  2. 🥀

    Shaleen, vaahaka varah reethi ingey maa sha Allah. Next part avahah kiyaalan libeyne kamah ummeedhu kurn. Always love your stories. Shaleen thee teacher eh tha

    1. Shaleen
      🥀

      “Always l♥️ve your stories” so
      Varah bodah shukuriyyaa ingey..
      V ufaavejje vaahaka reethi kamah buneleema. 🙂
      Alhamdh lillah
      Yes next part mirey kiyaalan libeyne in sha Allah..
      Quran Teacher eh kurin… Dhen mihaaru baeh kankan hunna gothun geyga Hama madukollaigen hunnany. 👍

  3. Your fav bab

    Haadha reechey mi story ge first part MA👏👏
    Viraash ah ekamaku vaa dhw! sihuru noon ehen gotheh hama nethyba eyna ah! So curious to know what’s gonna happen next!
    Btw I’m always a fan of you😏
    When next?
    Ly💗

    1. Shaleen
      Your fav bab

      Alhamdh lillah
      Shukuriyyaa shukuriyyaa v bodah shukuriyyaa
      Viraash ves sihuru hadhan… Pispis Hama sihuru ge vaahaka eh mee ingey..
      Ok.. let’s read last part mirey
      Dhen ingeynennu vaahaka ah vaagoi..
      “Your fav bab” ves thee Hama v haassa reader eh 😎
      Again thankssss

  4. Maash

    Heyy sheleen..
    mi vaahaka vx vrh reethi.. feshun plus sifa kurunthahvx vrh reethi maasha allah.. curiously waiting for the next part💜

    1. Shaleen
      Maash

      Hi Maash
      V v baru koh shukuru…
      Coz Alah kannenge mi libunee sifa kurun thakah haassakoh in comment eh.
      Aslu shaleen v Eba try kuran sifa kurumuge Bai rangalhuolleveytho.
      Nikah Ufaa vejje ingey Maash ☺️☺️☺️
      Mirey next part in sha allah

Comments are closed.