
އަބަދުވޭ ހިތުގާ މަގޭ 2 (26)

މަޑު މަޑުން ހުރި ޒީނާގެ ހަށިގަނޑަށް ކުއްލިއަކަށް ލިބުނީ ކޮންކަހަލަ ބާރެއް ކަމެއް ބުނަން ވެސް ދައްޗެވެ. ބަރުހެލި ފިޔަވަޅުތަކެއްގައި ގޮސް ޓެކްސީ އަކަށް އެރިއެވެ. “ވަރަށް ބާރަށް ދައްޗޭ” ދާންވީ ގޭގެ ނަން ބުނެފައި ޒީނާ ބުންޏެވެ. އަދި ދަތްކުނޑިވިކައިލަމުން ކާރު ސީޓުގައި ހަމަ ޖެހިލިއެވެ.
“ދައްތަ ހާދަ ރުޅި އައިސްފަ؟ ފިރިމީހާ އާއި މައްސަލައެއް ޖެހުނީތަ؟” ކާރު ދުއްވަން އިން ޒުވާނާ އަހައިލިއެވެ. “ބޭކާރު ވާހަކަ ނުދައްކާ ތި ދުއްވަބަލަ. އަހަރެން ކަލެއަށް ރުފިޔާ ދޭނަމޭ! މަ ނުޖެހޭ ކަލެއަށް ވާހަކަ ދައްކާކަށް” ތުރުތުރުލަމުން ދިޔަ ދެއަތް ހަމަ އަކަށް އަޅުވަން އޭނާ މަސައްކަތް ކުރަމުން ދިޔަ އިރު އެދެލޮލުގައިވީ ބަދަލު ހިފުމުގެ ރޫހެވެ. ރުޅިވެރިކަމުގެ އަނގުރު އަލިފާނެވެ.
(26 ވަނަ ބައި)
ސޯފާގައި ޕީ އެސް ކުޅެން އިން ޔުއެލް އަނގައިން މަޑު ރާގެއް ލައްވާލަ ލައްވާލާ އޮތެވެ. ކައިރީގައި ޔުނާލް އިން އިރުވެސް ދެބަފައިންގެ ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެޔެވެ. އެދެމެދުގައި ނުފެންނަ ފާރެއް އެޅިފައިވާ ފަދައެވެ.
“ދަރިފުޅާ ނަމާދު ކޮއްފިންތަ؟” ދެބަފައިންގެ މެދުގައިވީ ހަމަ ހިމޭންކަމުގެ އަޑުން އުނދަގޫވެގެން އެންމެ ފަހުން…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.