
އަބަދުވޭ ހިތުގާ މަގޭ 2 (25)

ޝިވާން އެރޮނީ ނިޔާލް ކޮޓަރީގައި އިނީމާކަން ޝިވާއަށް އެނގެޔެވެ. ޝިވާންއަށް ވެސް ނިޔާލް މިހާރު އެހާ އަނިޔާ ކުރެޔެވެ. އެކަމުގެ ސަބަބުން ނިޔާލް ފެންނަން ހުއްޓަސް ޝިވާން ބިރުން ރޮއެއެވެ.
“ނިޔާ އިނީމަ… ބިރުން…” ޝިވާ އަށް ބުނެވުނެވެ. ނިޔާލް ޖަހާލީ ނުލަފާ ހިނިގަނޑެކެވެ. “އަހަރެން މިއީ އަޅެ ބިރުވެރި ފުރޭތައެއްތަ؟ އަހަރެން ފެނިގެން ބިރުން އުޅެން” ނިޔާލް ބުނެލިއެވެ. އަދި ފޮތާއި ގަލަން ބާއްވާލަމުން ރަބަރު އަންގި އަތަށް ލައްވާލިއެވެ. އެއާއި އެކު ތެޅި ގަތީ ޝިވާގެ ހިތް އެކަންޏެއް ނޫނެވެ. ޝިވާންގެ ވެސް މެއެވެ.
(25 ވަނަ ބައި)
ގަދަކަމުން ކަހަލަ ގޮތަކަށް ޝިވާގެ އަތުން ނިޔާލް ޝިވާން އަތުލިއެވެ. އެއާއި އެކު ޝިވާންގެ ރުއިމުގެ އަޑު ބާރު ވިއެވެ. ޝިވާންގެ ބޮލުގެ އިސްތަށިގަނޑުގައި ހިފާ ދަމަމުން ގޮސް ކޮޓަރި ކަނަކަށް ޝިވާން ހޫރާލީ ކުޅޭ އެއްޗެއް ފަދައިންނެވެ. އެމަންޒަރު ފެނި ޝިވާއަށް ހަޅޭ ލަވައިގަނެވުނެވެ. ނިޔާލް މިއީ ހަމަ އިންސާނެއް ހެއްޔެވެ؟ ކުޅޭ ބުދެއް ހެން އެ އުކަނީ ނިޔާލްގެ އަމިއްލަ ދަރިއެއްނުން ހެއްޔެވެ؟
“މި ކުއްޖާ ގަނޑާއި ހުރެ މަގޭ މުޅި ދިރިއުޅުން ހަލާކު ވެއްޖޭ. މިއަދު ޖެހޭނީ މިކަން ނިމެން. ލައްކަ ދުވަހު ކެ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.