Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންމަޖާދީނީލޯބި

ރިމާލް… ތިންވަނަބައި (ރީމާލްގެ އަސްލު ބަލި އެގުން)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
December 21, 2025 5 Mins Read
4 Comments

ދުޅަހެޔޮ ހަށި ހެޔޮ ސިޚަތެއްގައި ހުރުމަށް  ކަސްރަތުކުރުމަކީ މުހިންމު ކަމެކެވެ.   ޤަވައިދުން ކަސްރަތުކޮށް ހެދުމަކީ ރަނގަޅު ކަމެކެވެ.  ތަފާތު ބަލިތަކުން މީހާ ސަލާމަތްކޮށްދޭނެއެވެ. އެގޮތުން ހިތުގެ ބަލި  ފާހަގަކޮށްލެވެ. ބަރުދަން ލުއިކޮށްދީ އެއްވަރެއްގައި ބަހެއްޓުމަށްވެސް އެހީވެދޭނެއެވެ. ހާސްކާމައި ފިކުރުތަކުން މިހާ މިންޖުކޮށްދޭންނެވެ. ކަށިތައް ފީވުން ފަދަ ބަލިތަކުން އުމުރުން ދުވަސްވާއިރު ރައްކާތެރިކޮށްދޭނެއެވެ.

 

ހޫނު ކޮފީއެއް ގިރައިގެން ރީމާލް ތުމުގައި ޖަހާލިއެވެ. ދުވަމުން މިދިމާލަށް ދެމީހަކު އަންނަމުންދިޔައެވެ.  ކައިރިވިއިރު ފެނުނު ސޫރައަކުން ދޫ ފިހުނެވެ. ރީމާލްމެން ކައިރީ އައިސް އެ ހުއްޓާލީ ކޮންބައެއް ބާއެވެ. އެވަރަށް  ރީމާލް އެ ސިހުނީ ކީއްވެ ހެއްޔެވެ؟

**********************************

 

“ދަރިފުޅާ އާނޫ ހާދަ ހެނދުނާ މިއަދު ހޭލީ” އާނޫ ފެނުމާއެކު މަންމަ  އަހާފިއެވެ. ވާނީވެސް އެހެންތާއެވެ. މިހާ ހެނދުނާއި އާނޫ ހޮނިހިރު ދުވަހު ހޭލައެއް ނޫޅޭނެއެވެ.

 

“އާ ކުޑައްތާ، މަންމަ ކަންތައް މީ” މޫނު ކުނިކޮށްލަމުން އާނޫ ބުނެލިއެވެ. ނިދިކަން އެމޫނުން ފިލައިނުދެއެވެ. ހީވަނީ ދެންމެ ދެންމެ ނިދި ދާނެހެންނެވެ.

 

“ރުހައިސް، ކަޅު ކޮފީއެއް ބޮއެގެންނު ދާންވާނީ. މަސްރޮސިވެސް ފިހެމިނިމުނީއޭ” އެއަޑަށް އަހަންނަށް ފަހަތަށް ބަލާލެވުނެވެ. އެއްގޮތަކަށްވެސް އަޑު އިވިފައި ނުވާފަދަ ރީތި ނަމެކެވެ. އެވާނީ އެޒުވާނާގެ ނަމަށެވެ.  ސިފައާއި އަތްވަރަށް ނަންވެސް އެހާ ފުރިހަމައެވެ. ހިތާ ހިތާ އަހަންނަށް ބުނެލެވުނެވެ.

 

 

ކޮފީ ބޮއެގެން އާނޫއާއި ރުހައިިސް ދިޔަދިމާލަށް އަހަރެން ބަލަން ހުރީމެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ހަމަ ބެލެނީއެެވެ. ދިޔަލެއް މާ އަވަސްހެން ހީވީއެވެ. ދެން ދިމާވާނެ އިރަކަށް އިންތިޒާރު ކުރެވެން ފެށުނެވެ.

 

އެގާރަގަޑި ބައިވަންދެން ހުޅުވާފައި ބެހެއްޓީމެވެ. ވިޔަފާރި އެހާ ރަނގަޅެވެ. މެންދުރުގެ އަވިބާރު ވަގުތު ގެއަށް ދިޔައީ ހިތްހަމަޖެހިގެންނެވެ. އަނެއްކޮޅުން ހަވީރު ހުޅުވާ ގޮތަށެވެ.

 

އަހަރެންގެ ސިކުނޑީގައި ވަކި ހިއްޕާލާފައި ވަނީ އެ ސޫރައެވެ. ޚިޔާލްތަކުގައި ރަސްކަން ކުރަމުން ދިޔައީ އެނަމެވެ. ރުހައިިސް އެވެ. މާކުރިންވެސް ދެމީހުން ދަންނަށް ކަމުގެ އިހްސާސެއް ކުރެވޭ ކަހަލައެވެ. ކުޑައިރު އެއީ ވަރަށް ގިނައިން ގޮސް އުޅުނު ރަށެކެވެ. ދެމީހުން ދިމާނުވެ ނުދާނެއެވެ. ކާކުން އެއީ މަންމައަށް އެނގެއެވެ.

 

ރީމާލްއަށް ވުރެ ރުހައިސް ބޮޑުވާނީ ހަމަ އެންމެ ހަތަރު އަހަރެވެ. ރުހައިސްއަށް އެދަނީ މިއަހަރު އަށާވިސް އަހަރަށެވެ. މިއަހަރު ރީމަލްއަށް ވާނީ ސައުވީސްއަހަރެވެ. އެއުމުރުފުރައިގެ ގިނަކުދިންތަކެއް މިހާރު އުޅެނީ ކައިވެނިކޮށްގެނެވެ. ކުއްޖަކު ދެ ކުއްޖަކު ލިބިފައި ތިބި ކުދިންވެސް އެބަތިއްބެވެ.

 

 

މިއަހަރުގެ ފަހުކޮޅު އާނޫގެ ކައިވެނިވެސް އޮންނާނެއެވެ. އިންނަށް އުޅެނީ ޕައިލެޓަކާއެވެ. އާނޫއަކީ ދިވެހި މުދައްރިސެކެވެ. ކިޔެވައިދެމުން ދަނީ ގުރޭޑު އަށަކުން މައްޗަށްށެވެ. ހެނދުނު އެއްކޮން އާނޫ އުޅޭނީ ސުކޫލުގައެވެ. ޓެސްޓު ދުވަސްވަރުވެސް އެދަނީ ބޯމަތިވަމުންނެވެ. ކުރިއަށް އޮތްތައި ވާނީ ހައްތަހައި ބުރައެވެ. ކުދިން ޓެސްޓަށް ތައްޔާރުކޮށް ޕޭޕަރުތައް ހަދާ ނިންމަން ޖެހޭނެއެވެ. ކައިވެންޏަށް ތައްޔާރުވުންވެސް އަދި އޮތީއެވެ.

 

 

އެ ހަފްތާ ދިޔައީ އެކަހަލަ މިކަހަލަ ގޮތަކަށެވެ. ގިނަ ވަގުތު އެތަނުގައި ހޭދަކުރަން ޖެހުމުން ރީމާލް ކުޑަކޮން ހަމަޖެހެން ފެށިއެވެ. ފުރަތަމަ ދުވަހު ވީ ފަދަ ގޮތެއްވެސް އޭނގެފަހުން ދިމާނުވެއެވެ. ހާސްވުމުގެ ބައިވެސް ދިޔައީ ރަނގަޅުވަމުންނެވެ. މަދު މަދުން ވާހަކަ ދައްކައި ކުޑަކުދިންނާއި މަޖާވެސް ކޮށްލައެވެ. އެއިން ކޮންމެ ކަމަކުން ރުހައިސްއަށް އިންތިހާ އުފާ ލިބެމުންދިޔައެވެ. މިރަށަށް އޭނާ އައުމުގެ އެންމެ ބޮޑު ބޭނުމަކީ އެއެވެ. ކުޑައްތައަށް  ރީމާލް ރަނގަޅު ކޮށްދިނުމެވެ.

 

 

އާދައިގެ މަތިން މިއަދުވެސް ރީމާލް ހުރީ އުންމީދެއްގައެވެ. ވާނީވެސް އެހެންތާ އެވެ. ދެދުވަސް ފަހަނައަޅައި ދިޔައިރުވެސް ރުހައިސްގެ ޚަބަރެއް ނުވެއެވެ. ފެނި ނުލައެވެ. އެހެންޔާ ކޮފީބޯން ތިން ހަތަރު ބުރު އަންނާނެއެވެ. އެހާ ސަމާސާކޮށް ހަދާނެއެވެ.

 

“ދަރިފުޅާ ހާދަ ފިކުރުބޮޑުވެފައި” ކިތަންމެ ކުޑަ ބަދަލެއް ދަރިންނަށް އަޔަސް މައިންބަފައިންނަށް ފާހަގަވާނެއެވެ. ޚާއްސަކޮން މައިމީހާއަށް ދެނެގަނެވޭލެއް އަވަސްވާނެއެވެ.

 

“ނުވޭ ކަމެއް” ކަމެއް ނުވާކަމަށް ބުންޏަސް ކަމެއްވެއްޖެކަން ރީމާލް މަންމައަށް ޤަބޫލުކުރެވުނެވެ. ހިއްސާކުރުމުގެ ބައި ރީމާލްގެ ވަރަށް ނުހުންނާނެއެވެ. ކަންކަން ހިއްސާކޮށް ނަހަދާނެއެވެ.

 

 

ލޯތްބަކީ ވަގުތީ އުފަލެއްދޭ ދާއިމީ ވޭނެކެވެ. ލޯބީގެ ކުރީ ކޮޅު އެފެންނަނީ ހަގީގަތެއް ނޫނެވެ. މީހަކު ދައްކާ ދަޅަތަކެކެވެ. ފަހުން ހިތާމަކުރަން ޖެހިދާނެކަމުގެ އަލާމާތްތަކެކެވެ. ކުޑަ އުފަލަކަށްޓަކައި އެއީ ބޮޑު ވޭނެއް އުފުލަން ޖެހޭކަމުގެ ފެށުމެވެ.

 

 

އިތުބާރު ކުރުމަކީ އަމިއްލައަށް ހަލާކުވުން ފަދައެވެ. އަމިއްލަ އަތުން ތިމާގެ ހިތް ކޮށާލަން ވަޅިއެއް ދިނުން ކަހަލަ ކަމެކެވެ. ލޯބިން ލިބޭ ދެރަ، އެކަކަށްވެސް ފޫނުބެއްދޭނެއެވެ. އެހާ ފަސޭހައިން އެއީ ކުރެވޭނެ ކަމެއް ނޫނެވެ. އަލަތު ލޯބިން ލިބޭ ހިތްދަތިކަން އަހަރުތަކަކަށްވެސް ދިގުލައިދެއެވެ. މުޅި މީހާ ބަލިކަށިކޮށްލައެވެ. މިވަނި ރީމާލްއަށްވެސް އެފަދަ ގޮތެއް ވެފައެވެ.

 

 

އަބަދުވެސް ގަބޫލުކުރަންވީ ވަކި މީހެއް ނޫނެވެ. ކޮންމެ މީހަކުވެސް ފުރުސަތެއް ލިބުމުން ބަދަލުވާނެއެވެ. މާކުރިއަށް ވިސްނަން އޭނާގެ ސިކުނޑީގައި ވާނީ ބިންވަޅު ނަގާފައެވެ. ކަންކަން ނުވިސްނެނީ އަހަރުމެންނަށްށެވެ.

 

އަމިއްލަ ނަފްސުގެ މިނިވަންކަން މުހިންމުވާން ވާނެއެވެ. ލޯބީގެ ގުޅުމެއްގައި އުޅުނަސްމެއެވެ. ލޯބިން ލިބޭ މާޔޫސްކަމަށް ކުރިމަތި ލެވެންވާނެއެވެ. ހިތްވަރެއް ހުންނަށްވާނެއެވެ. އަހަރުމެންނަށް މިފެންނަނީ އޭގެ އިދިކޮޅެވެ.

 

އަބަދު ރުހުން ހޯދަން އުޅޭކަށް ނުޖެހޭނެއެވެ. އެކަނި ހުރުމުން ލިބޭ ހަމަޖެހުން މާ ބޮޑު ކަމަށް ރީމާލް ދެކެއެވެ. އެހެން މީހެއްގެ އިހުސާސްތަކަށް ޒިންމާވުމުގެ ބުރަ އުފުލަން އޭނާ މިހާރު ބޭނުމެއް ނުވެއެވެ.

 

 

ލޯބި ދެކެ ރީމާލް ފޫހިވެއެވެ. ލޯތްބަކީ ހަމައެކަނި ފިލްމުތަކާއި ވާހަކަތަކުގައި އުޅޭ “ޚިޔާލީ” އެއްޗެކެވެ. ހަގީގީ ދުނިޔޭގައި އޮތީ ބޭނުން ފުއްދުމެވެ. އަމިއްލަ އެދުންވެރިކަމެވެ. އަނެކާގެ އިހްސާސްތަކަށް އިހްތިރާމުކުރުމެއް ނޯވެއެވެ.

 

“ކަމަނާ، ކަޅުކޮފީއެއް” މުޅިން އެހެން ދުނިޔެއެއްގައި ހުރި ރީމާލް ދިޔައީ އެއްލިގެނެވެ.

 

” ހޭލާ ހުރެގެން ހުވަފެން ބަލާކަށް ނުވާނެ” ރުހައިސް ބޭނުންވި ގޮތްވިއެވެ. ރީމާލް ލަދުން އިސްޖަހާލިއެވެ.

 

 

އަތްމަތި އަވަސްކޮން ކޮފީ ގިރާލި އިރު ރުހައިސް އެތެރައަށް ދެމިގަތްފިވެ. ރީމާލްގެ ނޭވާ ތަށި ވިއެވެ. މުޅި މީހާ ތުރުތުރު ލާން ފެށިއެވެ. ކަންބޮޑުވެގެން ރުހައިސް ކައިރީ ހުރި ފެންފުޅި ދިއްކޮށްލިއެވެ.

 

އޭގެފަހުން ކައިރިން ފިރިހެނަކު ފެނުނަސް އެއީ އޭނާގެ ހާލެވެ. ފިރިހެނުންނަށް އޭނާ އިތުބާރެއް ނުކުރެއެވެ. އެމީހުން ކޮންމެ ފަދަ ކަމެއްވެސް ކުރާކަށް ޖެހިލުމެއް ނުވާނެއެވެ.

 

 

ހުރިހާ ވަގުތަކާއި، އަޅާލުމެއް ދިނުމުން އެއަށް ލިބުނު އުޖޫރަ މިފެންނަނީއެވެ. ބަދަލުގައި ލިބުނީ ރީމަލްއަށް އިންތިހާ ހިތްދަތިކަމާއި ވޭނެވެ. ދެވުނު ލޯބީގައި އަގެއް ވީ ކަމަކަށް ނުވިއެވެ. ކުޑަމިނުން ރީމާލްވީ ގުރުބާނީތަކުގެ އަގު ވަޒަނެއްވެސް ނުކުރެވުނެވެ.

 

 

” މިހާރު ތިޔަވާ ގޮތްތަކަށް ފަރުވާ ކޮށްދޭން މިހިރީ ތައްޔާރަށް. އަހަންނަށް އިތުބާރު ކުރޭ. އެހީ ވެދޭނަން. ތިކަމުން ސަލާމަތްކޮށްދޭންނަށް.”

ދެރަވެފައި ހުރި ވަރު އެއަޑުވެސް ހެކިދެމުންދިޔައެވެ. ކުޑައްތަށް ބުންޔަސް އެވަރު ވާނޭކެ ރުހައިސް ހިތަށްވެސް ނާރައެވެ.

 

“ދިރިއުޅުމުގައި ވަރަށް ބޮޑެތި ކަންތައްތަކެއް ހިނގާފައި ހުރިކަން އެނގޭ. އެކަމަކު ނާހާނަށް ކޮން ކަމެއްތޯއޭވެސް. ހަމަޖެހިގެން ކިޔައިދޭނެ ދުވަހަކަށް ކެތްކޮށްލާނީ”

އެއަޑުގައި މަޑުމައިތިރިކަމާއި ކުލުނު ވިއެވެ. ހިތްހެޔޮ ގޮތެއްގެ ވެރިއެއް ކަން ހާމަވިއެވެ. ރުޅިވެރިކަމާއި މަލާމާތްކުރުމެއް އޭނާގެ ނެތެވެ.

“ޝުކުރިއްޔާ”  ފަސްޖެހިފައި ހުރެވެސް ރީމާލް  ޝުކުރުއަދާކުރިއެވެ. އޭނާއަށް އެވެދުނީ ވަރަށް ބޮޑު އެހީއެކެވެ.

“ކޮންމެހެން ޝުކުރުއަދާކުރާނެ ކަމެއް ނެތް”    ފުޅާ ހިނިތުންވުމާއެކު ރުހައިސް ބުނެލިއެވެ. އެހެން ނޫނަސް އެއީ އޭނާގެ އެވަގުތުގެ ޒިންމާއެވެ.

ކައުންސިލަރަކަށް އޭނާވީ ވަރަށް މާތް މަގުސަދެއްގައެވެ. އެހެން މީހުންނަށް އެހީވެދޭށެވެ. މާޔޫސްކަމުގައި އުޅޭ ޒުވާނުން ގިނަކަމުންނެވެ. އެކުދިން މުޖްތަމައަށް ނެރެދޭށެވެ. ކޮންމެ ކުއްޖަކީ މީހަކީވެސް ޤައުމަށް ބޭނުންތެރި ދަރިއެއްކަން އަންގާށެވެ.

މިއަދު ރީމާލް އެހުރީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. ހާސްވެ ކަންބޮޑު އެވަނީ “އެންޒައިޓީގެ” ސަބަބުން މެވެ.

އެންޒައިޓީ އަކީ މާބޮޑަށް ފިކުރުބޮޑުވުމުން ޖެހޭ ބައްޔެކެވެ. ނޫނީ އާއިލާގެ ފަރާތުން  ވާރުތަވާ ބައްޔެކެވެ.    އެހެނަސް ސިކުނޑީގައި އުފެދޭ ކެމިކަލް އަކުން ވެސް މިބަލި ޖެހިދާނެއެވެ.  މިއީ އިންސާނާގެ ހަށިގަނޑުން ދޭ ބިރުވެރި ރައްދެއް ކަހަލައެވެ.

“ދިރިއުޅުމުގައި ދިމާވާއި ހިތްދަތި ހާދިސާއަކާއި ގުޅިގެން ކަން އިނގޭ ރީމާލްއަށް މިބަލިޖެހުނީ” ރުހައިސް ވާހަކަ ދައްކަމުން ދިޔައީ ކުޑައްތައާއެވެ. އެތައް ގޮތަކުން އޭނާ ރީމާލް ދިރާސާކޮށްފިއެވެ. އެންމެ ބޮޑަށް ޤަބޫލުކުރެވުން ސަބަބަކީ މިއެވެ.

“ވަރަށް ބައިވަރު ކަންކަން ފާހަގަވި ރީމާލް ކައިރިން”  ކުޑަކޮން ރުހައިސް މަޑުޖެހިލިއެވެ.

” އަތްފައި ތުރުތުރު ލުން، ހިތް ބާރަށް ތެޅުން، އަދި މީހާ ހާސްވުން” މިއީ ހުސް ރީމާލްގެ ކިބައިން  ފެނުން ކަންތައްތަކެވެ.

“އެ ދަރިފުޅު ރަނގަޅު ކުރެވޭނެތޯ؟ ކިހާ ނާޒުކު ހިސާބެއްގަ ތޯ އެހުރީ މިހާރު” ކުޑައްތަށް  ހުރީ ފެންކަޅިވެފަ އެވެ.  އަންހެން ދަރިއެއް އަދާ ކުރި ބުރަ މަސައްކަތުން ލިބުން އެއީ ހަމައެކަނި ދަރިއެވެ. ރީމާލްގެ ދޮށްޓަށް އަދި ދެ ފިރިހެން ކުދިން ތިބޭނެއެވެ. އެކަކު އުޅެނީ މާލޭގައެވެ. އަނެކަކު  ފުވައްމުލަކުގައެވެ.  ދޮރީ ދަރީގެ ދެކުދިން ތިބޭނެއެވެ. ކުރިއަށް އޮތް އާނޫގެ ކައިވެންޏަށް އެކުދިންވެސް އަންނާނެއެވެ. ހަގު ފިރިހެން ދަރީގެ އަންހެނުން އިނީ ވިހަންވެފައެވެ. މާމަ ކުދިން އުރާލާ ހިތުން އޭނާއަށް މިހާރު ހުރެވެނީ އެއް ނޫނެވެ.

 

“ކުޑައްތަށް މެން ހާސް ނުވޭ. މާތް ﷲ ގެ ތަނަވަސް ރަޙުމަތުން ރީމާލް ރަނގަޅުކޮށްދޭނަށް.” ރުހައިސް ޔަޤީންކަން ދިނެވެ.

” ފުދޭ ވަރަށް ބޮޑުވަރު ވެފައި ހުރިކަމަށް ބެލެވެނީ. ރޭގަނޑުގެ ނިދި ވެސް ލިބޭ ހެން މޫނުމަތިން ހީނުވޭ.” އެއީ އަދި ރީމާލްގެ މަންމައަށް ވެސް އަޅާނުލެވި ވާ ކަމެކެވެ.

ދުވަހެއް ދުވަހަކަށް އެދެލޯކައިރި ދިޔައީ ކަޅުވަމުންއެވެ. މިކަމުގެ ސިއްރަކަށް ހަމަ ނިދި ނުލިބުން ވެދާނެއެވެ.  އެހެންނޫނަސް ރުއިމަކީވެސް ލޯކައިރި ކަޅުވާން މެދުވެރިވާނެ ސަބަބެކެވެ.

ނަފްސާނީ ފިއްތުންތައް ކުރިމަތިވުމުން، މާބޮޑަށް ފިކުރުކުރެވޭ ގޮތްވާނެއެވެ. މީހާގެ އުފާވެރިކަން ގެއްލޭނެއެވެ. ވަރުބަލިކަން އިހްސާސް ކުރެވޭނެއެވެ.

އެންމެ ގިނައިން ރަހައިން ވިކޭ އެއްޗަކަށްވީ ކަޕްކޭކެވެ. ކުޑަކުދިން ނިކަން އެޔަށް ފޯރިހުރެވެ. ހިޔާދޭ ކުޑަ ޖަހާފައި ހުންނަ އިރު ތަފާތުގޮތެއް އޭގައި ހުރެވެ. ޒުވާން ފުރާގެ ކުދިން ވެސް  އެ ބޭނުންވެއެވެ. އޯޑަރުވެސް އެހާ ބައިވަރު ކޭކަށް ލިބެމުންދިޔައެވެ. މިކަމާ ރީމާލްގެ މަންމަ ހުންނަނީ އުފަލުން ފޮޅިފައެވެ.

ބަންދުކޮށްފައި ގެއަށްދާން އުޅެނިކޮށް ރުހައިސް އާ އާނުވެސް އަތުވެއްޖެއެވެ. ބައްޕައާއެކު މަންމަ ސައިކަލު ނައްޓާލިއެވެ. އާނޫމެންނާއި އަހަރެން ހަވާލުކޮށްފައެވެ. ހޫނު ކޮފީ ހަދައިގެން ތިން މީހުން ދިޔައީ ވާޓަރަށެވެ.

އެތަނުގައި ތިބެލާފައި ގެއަށް ދާން ތެދުވީ ބާރަޖެހުމުންނެވެ. ބައިވަރު ވާހަކަތައް ރުހައިސް ކިޔައިދިނެވެ.  އޭނާ އަނގަ ހުއްޓައިލީ އަހަރެން ގެއަށް ވަދުމުންނެވެ.

ކިތަންމެ ލަސްވެފައި ހުއްޓަސް ފެންވަރަށް ތައްޔާރު ވީމެވެ. އެނދުގައި އޮށޯތުމުގެ ކުރިން ތާޒާވެލަން ބޭނުންވާތީއެވެ. ދަނބުކުލައިގެން ނިދާ ހެދުން އެނދުމަތީ ބާއްވާލީމެވެ. ރީތިވާ ސާމާނުތައް ކައިރީ ބަހައްޓާލީމެވެ. ތުވާލި ހިފައިގެން ފާޚާނާއަށް ވަދުނީމެވެ. ފެންވަރާ ނިމިގެން ނިދަން އުޅެނިކޮށް  ފޯނު ރިންގުވާން ފެށިއެވެ. ގުޅަމުން ދިޔައީ ސޭވް ނުކުރާ ނަންބަރަކުންނެވެ. ގަޑިން  އޭރު އެއްގަޑިބައިވެ ބޮޑުވެއްޖެއެވެ. އެހާ ދަންވަރު ރީމާލްގެ ފޯނަށް ގުޅާނީ ކާކު ހެއްޔެވެ؟ ކީއްކުރަން ހެއްޔެވެ؟ އެފޯނަށް ރީމާލް ޖަވާބު ދާރީ ވާނެ ހެއްޔެވެ؟

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

ސާރާ 5

Next

އިސްލާހު 1

Next
December 22, 2025

އިސްލާހު 1

Previews
December 21, 2025

ސާރާ 5

4 Comments!

  1. lye says:
    December 22, 2025 at 4:21 am

    poor reemaal im glad her family realizes her situation and is trying to get her help a lot of people deal with anxiety and im glad you are trying to represent someone like that in a story

    1. Isnaa says:
      December 22, 2025 at 8:58 am

      Thank you (Iye) 🥰
      Yes I’m trying to represent someone like that in this story ♥️
      Hope you like this story 😊
      Mi vaahaka dhaa goeh reethi thw Iye ? 🫶

  2. Iye says:
    December 22, 2025 at 11:32 am

    Konmes varakah reethi but not that much

    1. Isnaa says:
      December 22, 2025 at 12:19 pm

      Labba
      Alhugadu ah ves adhi ehaa reechey noon mi vaahaka liyevey goeh
      IA kuriya oehthaa reethi vamun dhaanee
      🫶😊🥰🫶

Comments are closed.

Next Episodeރީމާލް… ހަތަރު ވަނަބައި (އެހަށިގަނޑުގައި ހުރީ އެންމެ ފަސްޕޮއިންޓް ލޭ)←


All Right Reserved!